ރާސްތާ 43
ގޭތެރެއަަށް ވަދެގެން އައީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ނޫކުލައިގެ ޖިންސެއްގައި އިވާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ސޫރަ ކިތަންމެ ރީއްޗަސް އިވާންގެ ހިތް އެހާ ރީއްޗެއް ނޫނެވެ.
އޭނާގެ ހުވަފެނުގައި އިވާން ފެނުނީ ކީއްވެކަން އާރާޝަށް ވިސްނުނެވެ.
ހައިރާންވެފައި ހުރެ އަހުސަމް އަދި އަކްމަލްވެސް އިވާނާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
މާނީގޮވައިގެން ކޮޓަރިން ނުކުތް އިސްރާގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތިން އިވާން ފެނުމުންނެވެ. އިސްރާ ހުއްޓުމާއެކު އިސްޖަހައިގެން އިން މާނީ އިސް އުފުލާ ބަލާލިއެވެ. އިވާން ފެނުމާއެކު މާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މާނީއާ ބައްދަލުކުރަން އުޅޭނެވެސް ކަމެއް ނެތް. ނާޔާ މާނީ ގޮވައިގެން އެތެރެއަށް ވަދޭ. އަހަރެން ދިރި ހުއްޓާ މި ކަލޭގެއާ މާނީއަކާ ނީންދެވޭނެ” ރުޅިއައިސް ރަތްވެފައި ހުރެ މާއިޒް ބުންޏެވެ. “މާއިޒް އަހަންނަށް އެނގޭ ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން. އެކަމު މިހާރު އަހަންނަށް ވިސްނިއްޖެ. މިހާރު އަހަރެން ބޭނުމީ މާނީ ކަހަލަ ކުއްޖަކާ އެކީ އާ ދިރިއުޅުމެއް ފަށަން. މާއިޒް ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަންނަކަށް އެހީއެއް ނުވާނަންތަ؟” ވަރަަށް އަސަރާއެކު އިވާން ބުންޏެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
އިވާންގެ އަސަރު ގަދަ ވާހަކައިން މާއިޒްގެ ހިތަށް އަސަރު ކުރިއެވެ. ހަގީގަތުގައިވެސް އިވާން އިސްލާހްވީ ކަމަކަށް މާއިޒަށް ނިންމުމެވެ. އިސްރާ ހުރި ގޮތް ފެނިފައި ކުރިއަށް ދާކަށެއް މާނީއާކަށް ނުކެރުނެވެ. “އިޓްސް އޯކޭ މާނީ” ވައި އަޑުން އިސްރާ އެހެން ބުނުމަށްފަހު ބޯ ޖަހާލިއެވެ. ނަވްޔާ މާނީ ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ. މާނީ ރީތި ހިނިތުންވުމެއް އިވާނަށް ހަދިޔާ ކުރިއެވެ. އިވާންވެސް ބަދަލުގައި ހިނިތުންވެލިއެވެ.
އާރާޝްގެ ހިތް މޭފަޅައިފައި ނިކުނެދާނެހެން ހީވިއެވެ. އޭނާގެ ލޯ ކުރިމަތީގައި އެންމެ ލޯބިވާ ފަރާތުގެ ކައިވެނި އެދަނީ ހަމަޖެހެމުންނެވެ. ލޮލުން ފެންނައެއް ކަމަކު އާރާޝްގެ ހިތް ރޮނީއެވެ.
“މާނީ ތައްޔާރު ވިއިރަކުން ކައިވެނި ކުރަން ތައްޔާރަށް އަހަރެން ތައްޔާރު” “އަޅުގަނޑު ބޭނުމީ ކިޔަވާ ނިމިގެން އަމިއްލަ ފައި މައްޗަށް ތެދުވެވުނީމަ ކައިވެނި ކުރަން.”މާނީގެ ޖަވާބުން ޒަހީނު ހިތްހަމަ ނުޖެހުނެވެ. އެހެނަސް އެއްވެސް ޝަކުވާއަކާ ނުލާ އިވާން އެއްބަސް ވުމުން ޒަހީނަށް ދެކޮޅު ހަދާކަށެއް ނުކެރުނެވެ.
ފިރިހެނަކަށް ވިއަސް އާރާޝަށް ރޮވުނެވެ. ޓެރަހުގެ ރެއިލިންގައި އަތް އަޅުވައިގެން ހުރިއިރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް ރާއްޖެ ދޫކޮށް ދާށެވެ. އޭނާގެ އެޖެންޓަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް އާރާޝް އަވަސްވެގަތެވެ.
އެނދުގައި އޮށޯވެގެން އޮތް އިރު މާނީގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އާރާޝް ނޫންފަރާތަކާ އޭނާގެ ދިރިއުޅުން ހިއްސާ ކުރާކަށެއް މާނީ ބޭނުމެއް ނޫނެވެ.
ކައިވެންނަށް މާނީ އެއްބަސް ވުމުން އަރްޝާދް ވެސް އެއްބަސް ވިއެވެ. އެހެނަސް އިވާން ހަމަ ރަނގަޅަށްވެސް އިސްލާހުވީތޯ ބަލަން އަރްޝާދް ބޭނުންވިއެވެ. އެހެންކަމުން އެކަކަށްވެސް ނޭންގޭނެހެން އަރްޝާދް އޭނާގެ މަސައްކަތް ފެށިއެވެ.
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް މާނީމެންގެ އޭލެވެލް ނަތީޖާ ލިބުނެވެ. އިސްރާއާއި މާނީއަށް ހުރިހާ މާއްދާއަކުން އޭސްޓާ ލިބުނެވެ. ނަވްޔާއާއި އިޝްމާއަށް އެސްޓާ ނުލިބެނީ އެއް މާދާއިިންނެވެ.
އިސްރާ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވީ އާލާ ފަދައިން ސައިކޮލޮޖިސްޓަކަށް ވާށެވެ. ސޮކޯލާޝިޕްގެ ދަށުން މެލޭޝިޔާއިން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު އިސްރާއަށް ލިބުނެވެ.
ސްކޯލާޝިޕްގެ ދަށުން ނަވްޔާވެސް ކިޔަވަން ދިޔައީ މެލޭޝިޔާއަށެވެ. އިސްރާއާ ޚިލާފަށް ނަވްޔާ ކިޔަވަން ގަސްދު ކުރީ އައިޓީގެ ދާއިރާއިންނެވެ.
އިޝްމާ މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވީ ރާއްޖެއިންނެވެ. ޓީޗަރަކަށް ވުމަކީ ކުޑައިރުއްސުރެ އިޝްމާ ދެކެމުން އައި ހުވަފެނެކެވެ. ރާއްޖޭގައި ހުރެގެން މަތީ ސާނަވީ ފިޒިކިސް ޓީޗިން ހަދަން އިޝްމާ ނިންމިއެވެ.
މާނީ ބޭނުންވީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާށެވެ. ކުޅިވަރުގެ ދާއިރާއަށް ޚާއްސަ ވާން އޭނާ ބޭނުންވިއެވެ. ސްކޯލާޝިޕްގެ ދަށުން މާނީ ކިޔަވަން ދިޔައީ އިނގިރޭސި ވިލާތަށެވެ.
މެލޭޝިޔާ ލީގުގައި ކުޅެން ފުރުސަތު ލިބުމުން ނަވްޔާއާ އެއްކޮށް މާއިޒް މެލޭޝިޔާއަށް ބަދަލުވިއެވެ.
ޔޫރަޕްގެ ލީގެއްގައި ކުޅެން އަހުސަމާއި އަކްމަލްގެ އިތުރުން އާރާޝަށް ވެސް ފުރުސަތު ލިބުނެވެ. ފުރުސަތުގެ ބޭނުން ހިފައިގެން ތިން ކުދިންވެސް ތިން ގައުމަށް ދިޔައެވެ. ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ބޭރު ގައުމުތަކުގައި ކުޅުމުގެ ފުރުސަތު ލިބެމުން ދިޔައެވެ.
ހަތަރު އަހަރު ފަސް……..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.






Assalaamu alikum. Mi part fudheyvarakah kuruvaane eiky mi part aky aslu 42 vana baige aneh half.
Mi bai ves hurihaa kiyuntherinnah kamudhiya kamah ummedhu kuran
Woww!!! salhiii vrh mi prt vx!!! me first dhww ??
Thanks akuusher. Yes ure first
WOOOOOOWWWWWW.. HAADHA REEEHCHEY!!!! KIYAA YOU’RE THE BEST! JAZAKILLAH KHAIRAN FOR PUBLISHING 3 PARTS IN JUST ONE DAY… HEHE..
Barakillah feeki. ???????
Alheyy thanx kiyaa..? maany ah dhn aaraash nulibenya iyaa ah dheyn vynu..?? anyways story hama great
Hingaa dhoo aaraaah libeny kaakah tho balamaa. Ure welcome ingey.
plxxxx eevaaann and maanee marry kuriya nudheyythi…plxxx…vaahaka varah reethi…..ekam edhemeehun nugulhuvaathi…plxxxxxx
Ivaan aai maanyah vaagoii balamaa. Hama maany marry kohffane ivaanaaves.
Thank you so much kiyaa…??????ehaa avahah mihaaru up kohdheythy…????ur the best..masha allah..??mi part kuruviyas v nyc…kuryge part thahves….alhey dhn aaraash ah maany eh nulibeynetha???????plx kiyaa aaraash and maany gulhuvabaa…don’t break their heart…❤❤❤❤❤❤❤may allah protect your talent from evil ? eyes…. Whn next part???❤❤❤❤❤❤
Welcome and thank you. Dhen oii part ves genesdheveytho mibalany miadhu. Maany and aaraashah vaane gotheh hama ehgothakaves neynge. Dhekudhin hurihaa kameh sirru kuryma vaany ehennudho. Lets see what happens to maany and aaraash
So sweet of you you kiyaa sis ❤❤❤❤❤Thank you so much for 3parts in one day ??????next prt kondhuvahakun? ? Can’t wait ingey ?????alhe maany and araash vaki nukurahcheyy ????I’ll be so sad??????? but I’m hoping for the best cux kiyaa is the best ????gud luck dear ?????????????overall koh story hama habeys and obi??????I have a question mi vaahakaiga cover ga ahusam ge namuga inna boy ???ah kiyaanan bunedheeba ???????love yah ????? ???????
Awwwn welcome dear. Dhen oii bai ves miadhu genesdheveytho mi masahkkai kurany. Varah ufaavey thikudhinnah vaahaka kamudhaathyve. Ahusamge pic ga inna boy ah kiyany Mayank marakande. Hes an indian cricketer.Ly2 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Wow.. Vrah salhi. Umeedhu kuran then oi part ves avaha neredheyne kamah…☺☺☺
Awwwn thank you. Will try my best???
Heyo nuvaane that fellow ah maanee nudheythi.. she has to b with aaraash at the end of the story..
keep it up dear????
Thank you.hingaa dho dhen vaagoii balamaa
vvv Reethi.plx Aarash n maany gulhuva ba
Thanks airah. Hingaaba vaa goii balamaa
Alhey dear miadhu kihaa irakah genesdheynee? Waiting waiting………………☺️☺️☺️☺️☺️☺️☺️
Faharehga miadhu nugenesdhevi dhaane. Ekam varah eba masaikkah kuran miadhu adhi ehbai up kureveytho
alheyhh kiyaa vvv nice mi part vx.. maasha allah… u r the bst kiyaa… may allah protect this amazing talent from evil eyes??????
Aameen. Thanks naash???♥️♥️♥️❤️❤️❤️??
Stry v v v v v rythi…maasha allah…..whn next…luv yahh???????
Thanks In sha Allah miadhuves liyevuniyya up kihdheynan
Alhey aaraash aa maany aa gulhuvaaba I cant wait anymore… plx plx plx…. ivan aa nugulhuvaa thi… Emme fahun e hury zaheen dhw Varah foohi vey… Any way story varah rythi… Maa Sha Allah