Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (9)

Ninnu Level 210 Stories
September 23, 2018 4 Mins Read
3 Comments

ހެނދުނުގެ އަލިން އެންމެ ފުރަތަމަ ހޭލުއްވާލީ އައްރާދެވެ. އޭނާ ތެދުވެ ހިންދެމިލަމުން ނިދިފައި އޮތް ރުހާނީއަށް ބަލާލީ ލޯބިން ފުރިފައިވި ނަޒަރަކުންނެވެ. ރުހާނީއާއި އެދެމެދުގައި ހިނގި ކަންތައް އޭނާގެ ލޮލަށް ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާ މޫނަށް ވަރަށް ފުރިހަމަ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ރުހާނީގެ ފައި ކައިރީގައި ހުރި ލޭތަށް ފެނުމުން އައްރާދު ކަންބޮޑުވިއެވެ. އަވަހަށް ބެޑްޝީޓް ހިއްލާލަމުން އޭނާ ބަލާލިއެވެ. އެނދުގައި އަޅާފައިވާ ބެޑްޝީޓުގެ ވަކި ހިސާބަކުން ލޭ ހޭކިފައި ހުރުމުން އައްރާދު ބޮޑަށް ހިނިތުންވެލިއެވެ. އަންހެން ކުއްޖަކަށް ވާނެ ތަދު އިހްސާސް ނުވިއަސް އެއީ ކިހާވަރެއްގެ ކަމެއްކަން އައްރާދަށް އެންގެއެވެ. އަދި ރުހާނީ ގަޔަށް ތަދުވާނެކަންވެސް އޭނާ ދަނެއެވެ.

ރުހާނީ ނަގައި ސޯފާގައި ބާއްވާލަމުން އައްރާދު ބެޑްޝީޓު ބަދަލު ކޮއްލިއެވެ. ގަދަ ނިދީގައި އޮތް ރުހާނީއަށް އެނާ އެނދުން ނެގިކަމެއްވެސް ނޭނގެއެވެ. އައްރާދު ސޯފާގައި ރުހާނީ ބާއްވާފައި ތައްޔާރުވެލީ އޮފީހަށް ދާށެވެ. އޭނާ ތައްޔާރުވެގެން ނިކުންނަމުން ރުހާނީގެ މުނަށް ބަލާލީއެވެ. އެމޫނުގައިވި މައުސޫމުކަމުން ގޮވާހިތެއްވެސް ނުވިއެވެ.

“ބައި މަރިޔަމް ރުހީ..” އައްރާދު ހިނިތުން ވެލަމުން ރުހާނީގެ ލޮލުގައި ތުންފަތް ޖައްސާލިއެވެ.

އޮފީހުގައި ކޮފީތަށި ތުނބުގައި ޖަހައިގެން އިން އައްރާދުގެ ދޮލުގައި އެނބުރެމުން ދިޔައީ ހިޔާލެވެ. އޭނާއަށް ކަންތައް ކުރެވެމުން މި އަންނަނީ ރަނގަޅަށް ހެއްޔެވެ؟ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިން އައްރާދު ސިހުނީ އޭނާގެ ފޯނަށް މީހަކު ގުޅަން ފެށުމުންނެވެ. އޭނާ ފޯނަށް ނެގިގޮތަށް ލިފްޓާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ. މޫނުން ބިރުވެރިކަން ފެންނަން ހުރި އައްރާދު ހީވަނީ ލިފްޓް ތެރޭގައި ހުރެފައިވެސް އުދުހިގަނެފާނެ ހެންނެވެ. އަވަސް ހިނގުމެއްގައި ގޭޓުން ނިކުމެގެން އައި އައްރާދު ހުއްޓުނީ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމުންނެވެ.

“ޔަލް..” ގުދުވެ ކަކުލުގައި އަތްޖައްސާލަމުން އައްރާދު ބުނެލިއެވެ. ނޭވާލާން މަސައްކަތް ކުރަމުން އައި އައްރާދު އޭރު ހުރީ އަސްލުވެސް ބިރުގަނެފައެވެ.

*******

ރުހާނީ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ރަހުމާ އަންނާނެ ވާހަކަ ބުނުމުންނެވެ. މިވީ އަހަރެއްގެ ތެރޭގައި އެދެމެދުގައިވި ގުޅުންވެސް އައީ ރަނގަޅު ވަމުންނެވެ. އާރާ ޝަރޫނާ ކައިރީގައި ބެހެއްޓުމަށްފަހު ރުހާނީ ތައްޔާރުވެލީ ދެގަޑީރަށް ބޭރަށް ދާށެވެ.

ގަޑިއަށް ބަލާލަމުން ރުހާނީ ރަހުމާއަށް ގުޅާލިއެވެ. އެއީ އޭނާގެ އަބަދުވެސް އާދައެވެ. ލައިގެންހުރި ބޮޑު ރަތްކުލައިގެ ހެދުމާއި ރަންކުލައިގެ ޝޯލްގައި އެމޫނުގެ ފުރިހަމަކަން ދެގުނައަށް ދާހައިވެއެވެ. ރަހުމާ ޓެކްސީއެއްގައި އައުމުން ދެމީހުން ރެސްޓޯރެންޓަށްވެސް ހަމަ އެޓެކްސީގައެވެ. ދެމީހުން އެކުގައި އައިސް އެތަނުގައި އިށީންނަމުން ވެއިޓަރަށް އިޝާރާތް ކޮއްލިއެވެ. ރުހާނި ހިނިތުންވުމުން މޭޒުގެ އަނެއް ފަރާތުގައި ރަހުމާވެސް ހީލިއެވެ. އަދި ރުހާނީގެ އަތުގައި ހިފާލަމުން ފިތާލިއެވެ. ދުރުގައި އެމަންޒަރު ބަލަންއިން ޔަލާގެ ލޭކެކިގަތީ ރުހާނީ ހިނިތުންވި މަންޒަރު ފެނުމުންނެވެ. ދެވަނަ ފަހަރަށްވެސް އޭނާގެ އަތުން އައްރާދު ބީވެގެންދާ ތަން ބަލާކަށް އޭނާ ނުހުންނާނެއެވެ. ސިބަތުއައިސް ޔަލާގެ ކޮނޑުގައި ޖަހާލަމުން ދުރުގައި ހުރި  ރުހާނީ ޔަލާއަށް ދައްކާލިއެވެ. އަދި ނުބައި ފާޑަކަށް ހީލަމުން ޔަލާއާއި ޖެހިގެން އިށީނދެއްޖެއެވެ.

ދެމީހުން ކައިގެން އަވަދިވެގެން ނިކުންނަން ހިނގައިގަތް ތަނާހެން ފަހަތުން މީހަކުއައިސް ކޮނޑުގައި އަތް ޖައްސާލުމުން ރުހާނީ އެދިމާލަށް ބަލާލިއެވެ. އަދި އަވަހާއި ކޮނޑުމަތި ފޮޅާލިއެވެ. ހީވީ ނަޖިހެއް ޖެހިގެން އެހެން ހަދާލިއެވެ. ކުރިމަތީގައި ހުރި ސިބަތު ފެނުމުން ވަގުތުން ރުހާނީގެ މޫޑު ސަކަރާތް ވެއްޖެއެވެ.

“ރުހާނީ…” ސިބަތް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ބޭނުންވީ ކޮންކަމެއް ކަމެއް ނޭނގެއެވެ. ރަހުމާ ތަންކޮޅެއް ދުރަށް ދިޔައީ ރުހާނީ ބުނުމުންނެވެ. ނަމަވެސް އޭނާ ހުރީ އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައެވެ.

“ކިހިނެއްވީ….” ރުންކުރު ގޮތަކަށް ރުހާނީ ބުނެލިއެވެ.

“ބުނިންދޯ ކުރިންވެސް ތިކުޅި ހުއްޓާށޭ… އަހަންނާ އިންނާށޭ އޭރުން ތިހާލު އުޅޭކަށް ނުޖެހޭނެ އެއްނު… ރާދު ކަލޭ ވަރި ކުރަންށޭ އެއައީ… ކުރިންވެސް އަހަރެން ކަންތައް ކުރިގޮތަށް ކަންތައް ކުރަންވީތަ..” ސިބަތް އޭނާގެ ފޯނުގައި ހުރި ފޮޓޯއެއް ދައްކާލަމުން ބުނެލިއެވެ.

“އޭރުވެސް ސިބަތުތަ އެކަން ކުރީ…” ރުޅިއައި ރުހާނީގެ ލޮލަށް ކަރުން ޖަމާވާން ފަށައިފިއެވެ.

“އަހަރެމެންގެ ރޭވުމެއް އެއީ.. ދެންވެސް ކަލޭމެނަކަށް ނުކެރޭނެ ގުޅޭކަށް..”

“ވެއިޓް އަހަރެމެން…” ރުހާނީ ޝަހާދަ އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. މިބުނެވުނީ ގޯސްއެއްޗެއްކަން އެނގުމުން ސިބަތް އަވަހަށް އެތަނުން ދާން ހިނގައި ގަނެއްޖެއެވެ. މޫނުގައި އަތް ހާކާލި ގޮތުން އޭނާހުރީ ހާސްވެފައިކން ރުހާނީއަށް ފާހަގަ ކުރެވުނެވެ.

“ސިބަތް…” ރުހާނީ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އޭނާގެ ދިރިއުޅުމަށް އައި ތޫފާނަކީ ބައެއްގެ ރޭވުމެއް ހެއްޔެވެ؟ އިސްޖަހާލި ރުހާނީ ކައިރިއަށް ދިޔަ ރަހުމާ އޭނާގެ ފޯނުން ކުރަމުން ދިޔަ ރިކޯޑިން މެދު ކަނޑާލިއެވެ. ކޮންމެވެސް ދުވަހަކުން އެއިން އޭނާއަށް ނޫނީ ރުހާނީއަށް ފައިދާއެއް ވެދާނެއެވެ.

އައްރާދު ބަލަމުން ދިޔައީ އޭނާގެ އަތުގައި އޮތް ފޯމަށެވެ. އެ ކޯޓަށް ލުމަށްފަހު އެދެމުގައި އެއްވެސް ގުޅުމަށް ނޯންނާނެއެވެ. މިޙާރުވެސް ވަކިއޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ކިތަންމެ ފަހަރަކު ރުހާނީ އަނބުރާ އެގެއަށް ގެންނަން އޭނާ ބޭނުންވެއެވެ. ނަމަވެސް އާރާ ފެނުމުން ރުޅި އަންނަނީއެވެ. އާރާއަކީ އޭނާގެ ކުއްޖެއް ހެއްޔެވެ؟ ހިޔާލުތަކުގައި އޮތް އައްރާދަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ހޭލެވުނީ ގައިގަ އަތްލާތީއެވެ. ބިރުން ދުރަށްދިޔަ އައްރާދު ވަގުތުން ކައިރީގައި ހުރި ފިހިގަނޑު ނަގަމުން މަޅައިގަތެވެ.

“ރާދު އިޓްސް މި..” ޔަލާ ބިރުން ހަޅޭއްލަވައިގަތެވެ.

“ޔަލާ ކައިރީގަ ބުނެފަ ދޯ އޮންނާނީ އަހަރެން ގައިގަ އަތް ނުލާށޭ އެހެން.. ތީ އަހަރެންގެ އަންހެނުންނެއް ނޫނޭ…” ރުޅިއައި ވަރުން އައްރާދު އޭނާގެ އަތުގައި އޮތް ފިހިގަނޑު ކޮތަރީގެ ތެރެއަށް ޖަހަމުން ބުނެލިއެވެ.

“ކިހާ ދެރަކަމެއް ދެން ރާދު… އަހަންނާ އިނީމަ ދޯ އަހަރެންވެސް އަންހެނުންނަށް ހެދޭނީ..” ޔަލާވެސް ހުރީ ދޫކުރާ ގޮތަލަށް ނުނެވެ. ބޮލުގައި އަތް ހިންގާލި އައްރާދު ތުންފަތް ތެންމާލަމުން ގޮނޑިމަތީގައި އޮތް ޓީޝާޓް ބޮލަށް މަހާލިއެވެ.

“އަހަރެން…” އައްރާދުއަކަށް ނުބުނެވުނެވެ. ހީވީ މީގެ އެއް އަހަރު ކުރިން ރުހާނީގައި ހުއްޓިފައިވާ މޫނު ފެނުނު ހެންނެވެ. ކަރުތެރެއަށް ތަދެއް އަރައިގެން ދިޔަ އައްރާދު ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ކަރަށް ވަމުންދިޔަ ތަދެއް ކުޑައެއް ނުވިއެވެ.

“ރާދު.. ނައު ވަންއިޔަރ މިވީ.. އެފޮޓޯތަކެއް ފެނުނު ފަހުން ރާދުގެ ތިނޫން މޫނެއް އަހަންނަކަށް ނުފެނޭ.. ވައި؟ އަހަރެންގެ އެއްވެސް ކަމެއް އުނިތަ؟ އަހަރެން ހަޑިތަ؟….” ޔަލާ އެހެން ބުނެލިއެވެ. ނަމަވެސް ރުޅިއައިސްފައި ހުރި އައްރާދުގެ މޫނުން ހުރިހާ ރުޅިއެއް ފިލި ކަހަލައެވެ. ބުމަ ކައިރި ކޮއްލަމުން ބޯއަރިކޮއްލި އައްރާދު ކަރުގައި އަތް ހިންގާލިއެވެ. އަދި ޔަލާއާއި ދިމާލަށް ބަލާލީ ދުވަހަކުވެސް ނުދަންނަ މީހަކު ފަދައިންނެވެ.

“އައި ނެވަރ ޓޯލްޑް ޔޫ އެބައުޓް ދަ ފޮޓޯސް..” އައްރާދު އެހެން ބުނުމުން ޔަލާ ދެލޯ ބޮޑުކޮށްލިއެވެ. ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަން ރެއަކާއިލީ ދެނެވެ. ތިރިއަށް ބަލާލަމުން ޔަލާ ދެއަތް ދެއަތާއި މޮޑެން ފެށިއެވެ. ހިތުގައި ބިރުވެރިކަމެއް ހިނގަން ފެށީދެނެވެ.

” އަހަރެން ނުބުނަން ޔަލް ކައިރީގައެއް” އަދިވެސް އެއްފަހަރު އައްރާދު ތަކުރާރު ކޮއްލިއެވެ.

 

*****

ޔަލާ އައިތާ މިހާރު މަހެއްވީއެވެ. ނަމަވެސް ރުހާނީ ކަރީގައި އެވާހަކައެއް ނުބުނެވުނެވެ. ބުނަން މަސައްކަތް ކުރި ދެފަހަރު ހެދުނީ ގޯހެވެ. އައްރާދު ކައިރީގައި ނިދިފައި އޮތް ރުހާނީގެ ގައި ފެންނަން އޮތުމުން ކްއިލްޓް އޭނާ އެ ރީތި ކޮށްލަމުން ރުހާނީގެ މޫނާއި ކައިރިވެލިއެވެ. އަދި މަޑުމަޑުމަޑުން ރުހާނީގެ ނޭފަތު ކުރީގައި ތުންފަތް ޖައްސާލަމުން އޭމޫނުގައި ބޮސްދިނެވެ. ކޯއްވެ ހެއްޔެވެ؟ އަވަސްވަމުން ހިތާއެކު އައްރާދު ފަހަތަށް ޖެހުނީ ޔަލާ މަތިން ހަނދާން ވުމުންނެވެ. އަވަހަށް ފަހަތަށް ޖެހުނު އައްރާދު މޫނުގެ ދެފަރާތުގައި އަތުން ޖަހާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް އެހަށިގަނޑަށް ހަރު ކަމެއް އައީ ރުހާނީގެ ފިނިއަތް އެމޭމަތީގައި ޖެހުމުންނެވެ.

“ރާދު..” ރުހާނީ ތެދުވެ އައްރާދުގެ މޭމަތީގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ކުރިން ބީރައްޓެހިވި ރުހާނީގެ އަމަލުތަކުން ހަށިގަނޑަށް މަސްތުކަން ވެރިވަމުން ދިޔަ އައްރާދު ހީލިއެވެ. ކުއްލިއަކަށް ޔަލާގެ ހިޔާލުތަށް ފިލައިގެން ދިޔަކަހަލައެވެ.

“ޔެސް…” ރުހާނީގެ ކަންފަތް ކައިރީގައި ތުންފަތް ޖައްސާލަމުން އައްރާދު ބުނެލިއެވެ. އަދި ދުރަށް ޖެހިލަމުން އެނދުން ތެދުވީ އަތުން ފައިން އަނެއްކާވެސް ގޯހެއް ހެދިދާނެތީއެވެ.

“އާދެބަ…” ރުހާނީ އެނދުގައި ފިރޮޅުލަމުން ބަނޑުންޖެހި ދަތްދޮޅީގައި އަތް ވިއްދާލަމުން ބުނެލިއެވެ. އެމްނޒަރު ފެނުނު އައްރާދި ހިނިތުން ވެލަމުން ބޯހޫރާލިއެވެ. ތުން ދަމާލި ރުހާނީ ދުމައަރުވާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ.

ގެއިން ނިކުތް ރުހާނީ މަޑުކޮށްލައިގެން ހުރީ އައްރާދު މެންގެ ގޭގެ ދޮރުމަތީގައެވެ. ކުލާހަށްދާ ގަޑި ކައިރި ވަމުން ދިޔަ ވަރަކަށް ރުހާނީގެ ކޯލްތައްވެސް ދިޔައީ އިތުރު ވަމުންނެވެ. ކުރިން އައްރާދަކީ އޭނާގެ ކޯލުތަކަށް ފަރުވާކުޑަ ކުރި މީހެއް ނޫނެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކުހެން ދާން ޖެހޭނީ ގަޑި ޖެހިގެންނެވެ. އައްރާދުއަށް އާދެވޭއިރު ހުންނާނީ ބައިގަޑިއިރު ގޮސްފައެވެ. މޫނުމަތިން އަބަދުހެން ވަރުބަލިކޮޑް ހުންނައިރު އަބަދުވެސް އެއްޗެއް ނުބުނެވިގެން އުޅޭހެން އައްރާދު ހީވެއެވެ.

 

ރުޅިއައި ވަރުން ފޯނު ނިއްވާލުމަށްފަހު ރުހާނީ ހިނގާފައި ދާން ނިންމިއެވެ. ގެއިން ނިކުމެގެން ތަންކޮޅަކަށް ދިޔަ ރުހާނީގެ ފަޔަށް މަޑުޖެހުމެއް އައީ ޒަޔާން ފެނުމުންނެވެ. ކާރުގެ ދޮރުފަތް ހުޅުވާލައިގެން ހުއްޓިލައިގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. ނަމަވެސް އައްރާދަށް ވުރެންނެއް ނޫނެވެ. ރުހާނީ ސިހުނީ ކުއްލިއަކަށް ޒަޔާންއާއި އައްރާދު އަޅުވައި ކިޔުމުންނެވެ. ޒަޔާން މަޑުމަޑުން އައިސް ރުހާނީގެ ކައިރިއަށް ހުއްޓެމުން ހީލިއެވެ. އިސްޖަހާލަމުން ރުހާނީ ކުރިއަށް ހިނގައި ރުހާނީ މަޑޫ ޖެހުނީ އަނެއްކާވެސް ޒަޔާންއައިސް ކުރިމައްޗަށް ހުއްޓުމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރުހާނި މޫނު ހަދާލިއެވެ.

“ހެހެހެ.. ޔޫ ޑިންޑްޓް ޗޭންޖް އެ ބިޓް…” ޒަޔާން ހީލަމުން އެހެން ބުނިއިރު ރުހާނީ ބަލާލިއެވެ. ނަމަވެސް ރުހާނީއެއް ނުހެއެވެ.

“ވައި ވުޑް އައި ޗޭންޖް؟؟” އަނގައަށް ގޮތެއް ހަދާލަމުން އެހެން ބުނި ރުހާނީ ބަލާލީ ޒަޔާންގެ އަތުގައި އަޅާފައިވާ ގަޑިއަށެވެ. ގަޑި ކުޑަތަން ވަމުންދާޓި އޭނާ އަނެއްކާވެސް ހިނގަތެވެ. ނަމަވެސް އެމަންޒަރު ފެނުނު ޒަޔާން ކާރުގައި ދާން އާދޭސް ކުރަން ފެށުމުން ރުހާނީ އަރައި ހަމަޖެހިލިއެވެ. މަގުމަތީގައި މީހުން ބަލާކަށް އޭނާ ނޭދެއެވެ.

“ރޫހީ ކުޑަކޮށް ފަލަވެއްޖެ ދޯ..” ޒަޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ދޮރާއި ހަމައަށް އައިސް ހުއްޓުނު އައްރާދަށް ރުހާނީއާއި ޒަޔާން ކާރަށް އެރިތަން ފެނުމުން ގައިން ލޭކެކި ގަތެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ދެމީހުންގެ ފަހަތުން ސައިކަލުގައި ދުއްވާލިއެވެ.

“އާރ ޔޫ ޕްރެގް…” ޒަޔާން އެހެން އަހާލުމުން ރުހާނީ ދެލޯ ބޮޑުކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ރާސްތާ 43

Next

ރާސްތާ 44

Next
September 23, 2018

ރާސްތާ 44

Previews
September 23, 2018

ރާސްތާ 43

3 Comments!

  1. Shaina says:
    September 23, 2018 at 12:53 pm

    So damnn waiting for this story…. Really the best…. When next part

  2. Hudher says:
    September 23, 2018 at 2:56 pm

    Maasha allah dear….nyc part……srry kuryge part ge v gothaa medhu……I’m so srry dear…….???

  3. Livee says:
    September 23, 2018 at 3:35 pm

    Mi kihineh va vaahaka eh
    Ninnu pls mihaar mi vaahaka aissa oiy hisaabah feshigen vaagoiy saafu vaagothah khulaasaa kohladhyba pls
    Varah reethi vaane hen heevey
    But vaanuvaa eh neynge

Comments are closed.

Next Episodeވީމޭ މަ ކައިރީގާ (10)←


All Right Reserved!