އަހަރެން އޭނާގެ ގޭގެ ދޮރުމަތީ މަޑުކުރީމެވެ. މާތް ﷲ ގެ ޙަޟްރަތަށް ބިރުވެތިވާހާލު އެހެން މީހެއްގެ މުދަލަކަށް ނުހައްގުން އަރައިގެންފައި މަޢާފު ނުހޯދާ ދާކަށް އަހަންނަކަށް ނުކެރޭނެއެވެ. މާތް ﷲ އަށް ދުޢާ ދަންނަވަން އަހަރެން މަޑުކުރީމެވެ. އަހަންނަށް މަޑުކޮށްގެން އިނދެވުނުއިރު ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އިރުކޮޅަކުން އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވިއަޑެވެ. ނަމަވެސް، އަހަރެން މަޑުކުރީމެވެ. އަހަރެންގެ ހިތްހަމަޖެހުމަކަށް ފެނުނީ ދަނޑުގެ ވެރިފަރާތް ގެއިން ނުކުންނަތަނެވެ. އަހަރެން އޭނާގެ ފައިދޮށަށް ތިރިވެ […]
އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ އިސްކަމެއްދީގެން ކުރެވޭ އެއްކަމަކީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމެވެ. ކިޔެވުމުގެ މަރުޙަލާގައި، އަޙުލާގީ އަދި ދީނީގޮތުން މޮޅެތި އަދި ރަނގަޅު ކުދިންތަކެއް ތަރުބިއްޔަތުކުރުމުގެ ބޭނުމުގައެވެ. މި ވަގުތީ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިވެ އީމާންތެރިކަމާއެކު އެ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތުން މި ދުނިޔޭގައި އެއްވެސް އިންސާނަކަށް އެ މީހަކަށް ތަހައްމަލު ނުކުރެވޭވަރުގެ ތަކުލީފެއް އެކަލާނގެ ނުޖައްސަވާނެއެވެ. ‘ހަމަކަށަވަރުން މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.’ މިއަދު […]
ވާހަކަ ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާޙީމް ގިނަދުވަސްތަކެއް ނުވަނީސް އަހަރެން މަސައްކަތް ކުރާތަން މަންމައަށް އެނގުނެވެ. އެތަށްފަހަރަކު އެމީހުންނާއިއެކު މަސައްކަތް ނުކުރުމަށް އަހަންނަށް ނަސޭޙަތްތެރިވިއެވެ. އެބުނި ބަސްތަކެއް އަހަންނަކަށް މުހިންމެއް ނުވިއެވެ. އެހެންކަމުން އަހަރެން މަސައްކަތްކޮށްދޭ މީހުންގެ ގާތަށްގޮސް ހަޅޭއްލަވާވެސް ހަދައެވެ. ޖެހިގެން އަންނަ ދުވަހު މަސައްކަތައް ދިއުމުން އެމީހުން ބުނާނެއެވެ. “ފައުޒާންގެ މަންމަ އަނެއްކާވެސް އައިސް ހަޅޭއްލަވާފަ ގޮއްސި. ކޮންމެ ދުވަހަކު އާދޭ. ކުރާނެކަމެއް ނެތީތަ؟” މިހެން ބުނާއަޑު އަހާފައި އަހަރެން ވަރަށް ލަދުގަނެއެވެ. އަހަންނަށް […]
ވާހަކަ ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާހީމް އެކިމީހުންގެ ދިރިއުޅުމުގައި ޖެހިދާނި އެކި ކުލައެވެ. އެކި މިޖާޒުގެ އެކުވެރީންނެވެ. ދީލަތި އެކުވެރިންނާއި ހަސަދަވެރީންނެވެ. އަފަދަ މީހުން ދެނެގަނެވޭނީ އެންމެ ފަހުވަގުތުއެވެ. ބޭނުމެއްޖެހޭ ދުވަހުއެވެ. އަހަރެން ވަށައިގެންވީ ފަނަރަ ފޫޓުުގެ ދިގުމިނުގެ ހަތަރު ޓިނެވެ. ބޮލުގެ މަތީ ހިޔާ ކުރުމަށް އެޅިފައިވާ ޓިނުގައި ހެދިފައިވާ ކުދި ލޯވަޅުތަކުން މި ކޮށިތެރެއަށްވަނީ އަލި އެޅިފައެވެ. ގަދައަށް ވިއްސާރަވާ ދުވަހެއްނަމަ މި ކޮށިތެރެއެކޭ ފެން ނުހިނދޭ ފަސްގަނޑެކޭ އެއްވަރެވެ. މެންދުރުގެ ގަދަ ހޫނުން […]
ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާޙީމް ގަޑިން 1ޖަހާ ބޮޑުވީއެވެ. ދުވަހަކީ ހޫނުގަދަ ދުވަހެކެވެ. މަސައްކަތް ބުރަ ދުވަހެކެވެ. ދުވަހުގެ ކިޔެވުން ނިންމާލުމަށްފަހު މަދަރުސާގެ ގޭޓުދޮށަށް ނިކުމެ، ފޯނުނަގައި ގުޅާލީމެވެ. “ރިންގް… ރިންގް” ކުޑައިރުކޮޅަކަށް ފޯނު ރަނގަބީލުވުމަށްފަހު އެކޮޅުން ޖަވާބުދިނެވެ. “ކީކޭ ދޫންޏާ؟ އެންމެ ބިޒީވާގަޑީގައޭ ތި ގުޅީ” އަނެއް ފަރާތުން ޖެނިފާރ ފޯނުނަގައި ވާހަކަ ދެއްކިއެވެ. “އޭ ޖެނީ، ލައިލާގެ ގެއައް ދަންތަ މިއަދު؟ ބުންޏެއްނު އަންނަން!” ކުރު ގޮތަކަށް އަހަރެން ސުވާލުކުރީމެވެ. “ލައްބަ 20ރުފިޔާ…” “އާނ، ދާންވާނެ. މަ ހަވީރު […]
މިއަދަކި 2017ވަނައަހަރުގެ އޭލެވަލް ކިޔެވުން ފެށޭދުވަހެވެ. ގަޑިން ހެނދުނު 6.00 ޖެހީއެވެ. ލައިޝާ އެތެދުވީ މަދަރުސާއަށް ދިއުމަށް ތައްޔާރުވާށެވެ. އެއީ މިއަހަރު ‘ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލް’ގައި ކިޔަވާ އައުބެޗްގެ ދަރިވަރެކެވެ. މަދަރުސާގައި ކިޔެވުމުގެ ޖާގަ ލިބުމަށްފަހު ބޭއްވުނު އޮރިއެންޓޭޝަންތަކުގައި ލައިޝާ ބައިވެރިވެފައިނުވާތީ ލައިޝާގެ ކްލާހުގައި އުޅޭނީ ކޮން ކުދިންނެއްކަމެއް ލައިޝާއަށް އެނގިފައެއްނެތެވެ. މިހެންވެ، ލައިޝާ ގަސްތުކޮށްގެން އެހުރީ ފުރަތަމަ ދުވަހު މަދަރުސާއަށް އަވަހަށް ދިއުމަށެވެ. ލައިޝާއަކީ އެހެންމީހުންނާއި ކުރިމަތިލާން ލަދުގަންނަ ކުއްޖެކެވެ.ލައިޝާގެ ފުރަތަމަ މާއްދާ ފެށެނީ […]
“ވިލާ ދައުރުކުރާފަދައިން އިންސާނާގެ ހަޔާތަކީވެސް ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލާ މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީވެސް ހަމަ ތަޤްދީރުގައި ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.” ދުވަސް ފެށިގެން ދިޔައީ ވަރަށްވެސް އުޖާލާކޮށެވެ. މަންމަގެ ލޮބުވެތި އަޑުން ފެށުނު އުފާވެރި ދުވަސް ނިންމާލީ އެކުވެރިޔާއެވެ. 13 އަހަރުގެ އެކުވެރިޔާއެވެ. “އަލްޔާ، އަލްޔާ، ނުހޭލާނަންތަ؟ ރިޔާސާ އަންނަންއުޅޭނެ […]