Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 12

Anjal Level 210 Stories100 Comments100 Login
September 23, 2018 12 Mins Read
31 Comments

ގަމުން މާލެ ދަތުރުކުރި ފްލައިޓް މާލެ އިންޓަނެޝަނަލް އެއާޕޯރޓް ގައި ޖެއްސީ ހެނދުނު ނުވަގަޑި ބައިގައެވެ. މަޑުހިނގުމެއްގައި ލަގެޖް ހިފައިގެން ފެރީޓަމިނަލް އާ ދިމާލަށް ދިޔަ އީން ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުރިމަތީ ގައި ހުއްޓި ހުރި މީހާ ފެނުމުންނެވެ.

ހުދުކުލައިގެ ގަމީހަކާ އެކު ކަޅުކުލައިގެ ޖީންސެއްލާފައި ހުރި ޒިން މަޑު ހިނގުމެއްގައި އައިސް އީން ކައިރިއަށް ހުއްޓުނެވެ.ވަރުގަދަ ހަށިގަނޑުގެ ވެރި ޒިން ފެނުމުންވެސް އީން ބިރުގަތެވެ. ޒިން އަޅައިފައި ހުރި ކަޅުކުލައިގެ އަވިއައިނު ނަގަމުން އީން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ހިތާމައިން ފުރިގެންވީ އީން ގެ މޫނު ފެނި ޒިން ގެ ހިތަށް ޒާތަކަށް އުނދަގޫވިއެވެ. ސިކުނޑި އެއްބަސް ނުވިޔަސް ހިތްބުނަމުން ދިޔައީ މި މައުސޫމް އަންހެން ކުއްޖާ ކައިރިން މާފަށް އެދުމަށެވެ. އަލްޔާން ބުންޏަސް ހަގީގަތް ވާނީ ހަގީގަތަށޭ ޒިން ގެ ހިތަށް އެރިއެވެ.އޭނާގެ އަމިއްލަ ކޮއްކޮ އަށް ވުރެ ހަގީގަތުގައިވެސް އީން ރީއްޗެވެ. އެއްވެސް މޭކަޕެއް ނުލާ ހުރި ގުދްރަތީ ސާފު ދޮން އޮމާން މޫނެކެވެ. ކަޅުކަން ގަދަ ދެލޮލާ މަޑުލޭ ކުލައިގެ ތުންފަތެކެވެ. ފުރަތަމަ އީން ފެނުނު ދުވަހުވެސް ޒިން އަށް އޭނާގެ ރީތިކަން ފާހަގަވިއެވެ. އެހެނަސް ރޭގެ ހާދިސާެ ފަހުން ތަފާތު އަސަރު ތަކެއް ހިތަށް ކުރުވަނީއެވެ. ޒިން ބަހެއް ނުބުނެ އޭނާގެ މޫނަށް  ބަލަން ހުރި ގޮތުން އީން ހުރީ ބިރުން ނޭވާ ލާންވެސް ނުކެރިފައެވެ. މި ނުލަފާ މީހާ އަނެއްކާވެސް އޭނަ ކިޑްނެޕް ކުރަން އުޅެނީބާއެވެ. އީން އަވަސް އަވަހަށް ހިނގައިގަންނަން އުޅުމުން ޒިން ކުރިމައްޗައް އަރާ ހުއްޓުވިއެވެ.”ލިސެން އީން..އައި ނީޑް ޓު ޓޯކް ޔޫ..ޕްލީޒް ކަމް ވިތް މީ” އާއްމު ގޮތެއްގައިވެސް ހަރުކަށިކޮށް ވާހަކަ ދައްކާ ޒިން ނުހަނު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ބިރުން ހުއްޓަސް ޒިން ގެ އޯޑަރަށް އީން އާމެދު ކަންތަށް ކުރިގޮތުން އީން ހުރީ ރުޅިއައިސްފައެވެ. “ނޯ ވޭ..ބުނަން ތީ ވަރަށް ނުލަފާ ނުބައި މީހެއް..އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް ދައްކަން ..އަހަރެން އަމުދަކުން ބިރެއް ވެސް ނުގަނޭ ކަލޭ ދެކެ” އީން އެހެން ބުނެ ކުރިއަށް ހިނގައިގަތުމުން ޒިން ހިނިއައެވެ. ބިރު ނުގަންނަ މީހާ ރޭގަ ކުޑަކޮށް ބިރު ދައްކާލުމުން ރޯންފެށި ގޮތަކަށް ހުއްޓާލަންވެސް ނޭގުނޭ ޒިން ގެ ހިތަށް އެރިއެވެ. ހިނގާފައި ގޮސް މަގަށް ނިކުމެވުނު ތަނާ އީން ގެ ކުރިމައްޗައް އައިސް މަޑުކުރީ ރަތް ކުލައިގެ ޖޫކް ކާރެކެވެ. ލިބުނު ހައިރާން ކަމާއެކު އީން އަށް ބަލާލެވުނީ ޒިން އާ ދިމާލަށެވެ. އެވަގުތު ޒިން އާދައިގެ ގޮތަކަށް ހިނގާލާފައި އީން އާ ދިމާލަށް އައިސް އީން އަތުގަ ހިފާ ގެންގޮސް ކާރަށް އެރުވިއެވެ.” އަހަރެން ގެ ފޮށި..” ޒިން ގެ ހަރަކާތް ތަށް ހުރި ގޮތް އަވަސް ކަމުން އީން އަށް ވިސްނާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. އެއޮތް މީހުން ގަނޑުގެ ތެރެއިން ވެސް ޒިން އީން ގެންދިޔައީ ނުރުހުމުގައި ކަމެއް އެކަކަށް ވެސް ނޭނގޭހާ ހާ އަވަސް ގޮތަކަށް ކަންތަށް ވީ އިރު އީން އަށް އެހުނީ ހަމަ އެކަނި ފޮށީގެ ވާހަކަ އެވެ.” އެކަމާ ހާސް ނުވޭ ..ފޮށި ސޭފްލީ އީން އުޅޭ ގެއަށް ރީޗް ވާނެ.” ކާރު ދުއްވަން އިން ރިޝްވާން ކާރުން ފޭބުމާއެކު ޒިން ކާރަށް އަރައި ދުއްވާލަމުން ކުޑަކޮށް ހެވިފައި ބުނެލިއެވެ.ބާރު ސްޕީޑް ގޮސް ޒިން ކާރު މަޑުކޮށްލީ ހުޅުމާލޭގެ ފަސް ބުރީގެ ރީތި އިމާރާތެއްގެ ކުރިމައްޗަށެވެ. “މިއީ އަހަރެެންގެ ފްލެޓް..ހިނގާ އެތެރެއަށް..މުހިއްމު ވާހަކަ އެއް ދައްކަން ބޭނުން “ހަށަން ބަނދެގެން ރޮވިފައި ކަހަލަ ގޮތަކަށް ހުރި އީން އާ ދިމާލަށް ބަލަން ހުރެ ޒިން ބުނެލިއެވެ.”ނުދާނަން..ބުނީމެއްނު އެއްވެސް ވާހަކަ އެއް ދައްކަން ބޭނުން ނެތޭ! ޒިން އަށް ހަމަ ހީވަނީތަ ތިހެން މަޖްބޫރު ކުރީމަ އަހަރެން ހިތުން އަލްޔާންގެ ލޯބި ފިލާނެޔޭ..ނޫން ދުވަހަކުވެސް އަހަންނާ އަލްޔާން އާ ވަތްކެއް ނުވާނެ..ލޯތްބަކީ ވާ އެއްޗެއް ނޫން..ވެވޭ އެއްޗެއް” ހިތްހަމަ ނުޖެހިފައި ދުރު ބަލަން ހުރެ އީން ދެއްކި ވާހަކަ އިން ޒިން ގެ ހިތަށް އުނދަގޫވެ އެކަމާމެދު ވިސްނާލިއެވެ.ސީޓު ކުޑަކޮށް ފަހަތަށް ޖައްސާލަމުން ބޯ ދޮށަށް އަތް ލައިގެން ސީޓުގައި ހަމަޖެހިލައިގެން ލެނގިލަމުން ފުން ނޭވާ އެއް ލިއެވެ.އީން އަލްޔާން ދެކެލޯބިވާ ވާހަކަ ބުނުމުން އޭނައަށް އުނދަގޫ މިވީ ކީއްވެބާއެވެ. ރޭގަ ވެސް އަލްޔާން އެހެން މީހަކަށް އީން ނުދައްކަން އީން ބުރުގާ އަޅާށޭ ކިޔާފައި އުޅުނު ގޮތުން ޒިން ހިތުގައި ޖެލަސީ ފީލް އެއް އުފެދުނީ ކީއްވެބާއެވެ.ލޯތްބަކީ އީން އެބުނާހެން އިންސާނާގެ އިޚްތިޔާރުން ބޭރުގަ ވާ ކަމެއް ނަމަ އަހަންނަށް އަނެއްކާ އީން ދެކެ؟؟ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ ޒިން ބަލާލީ އީން ގެ މޫނަށެވެ.ފުން ހިމޭންކަމުގެ ވަގުތު ކޮޅެއް އެދެމެދަށް ވެރިވިއެވެ. ޒިން ބަލާކަން އެނގި އީން އަށް އުނދަގޫވެ އެތަނުން ދާން ބޭނުންވިއެވެ.އަވަސްއަވަހަށް ދޮރު ހުޅުވަން އުޅުނެވެ. އެކަމަކު ދޮރު ހުރީ ތަޅުލާފައެވެ.”އީން..އަހަރެންނަށް އީން އާ މެދު ކަންތަށް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން.އައި އޭމް ރިއަލީ ސޮރީ ފޯ ދެޓް..އެކަމަކު އަހަރެން މައި ދެކެ ވަރަށް ލޯބިވޭ ..މައި އަށް އަލްޔާން އެހާބޮޑު ދެރައެއް ދިނީމަ ..ރުޅި އަންނާނެ ދޯ ކޮންމެ މީހަކުވެސް..ބަލާބަލަ މީ މިހާރު މައި ހުރި ގޮތް” ޒިން ފޯނު އީން އާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. މައިރީން ގެ ބޯ ޓްރިމް ކޮށްފައި ހުރި ފޮޓޯ ފެނި އީން ހައިރާންވިއެވެ.” ހައިރާންވެއްޖެ ދޯ..މީ ހަމަ އަލްޔާން ގެ ސަބަބުން ވީ ގޮތް..މިހާރު މައި މިހިރީ ދުނިޔެއިން މޮޔަވާވަރު ވެފަ..މައި އަށް ހެލްޕް ވެވޭނީ ހަމަ އެކަނި އީން އަށް..ޕްލީޒް ހެލްޕް މީ ޓު ސޭވް ހާ” ޒިން ވާހަކަ ދެއްކީ އީން އަށް ވިސްނޭތޯ ވަރަށް މަޑުމައިތިރި ކަމާއެކުގައެވެ.މައިރީން ގެ ތަސްވީރު ފެނި އީން އަށް އުދަނގޫ ވިއެވެ. ހިޔާލަށް އައީ ކުރިން ރޭ ޝޯ އިން ފެނުނު އިރު މައިރީން ގެ ރީތި ކަމެވެ. “ނޫން..އަލްޔާން އެހެނެއް ނަހަދާނެ..އަލްޔާން އުޅުނީ މައިރީން އާ ރައްޓެހިވެގެންނެއް ވެސް ނޫން” ގަބޫލް ކުރަން ދަތިވެފައި ހުރެ އީން ވާހަކަ ދެއްކިއެވެ.

“އީން ވިސްނަބަލަ..މިވީ ތަނަށް މައި ދުވަހަކުވެސް އަދި އެހެން މީހަކާ ލޯބީގެ ގޮތުން ނުގުޅޭ..އަބަދުވެސް ދައްކާނީ އަލްޔާން އާ މެރީ ކުރާ ވާހަކަ. އީން އައުމުގެ ކުރީން އެއްވެސް މައްސަލައެއް ނުޖެހޭ..އަލްޔާން ގެ ހަމަ އެއްވެސް ކޮމިޓްމެންޓެއް ނެތީސް ތަ ދެން މިއޮތް ހުރިހާ ދުވަހު މައި ހުރީ..ނުކުރެވޭ އަހަންނަށް ގަބޫލު..ކިހާ ހާރޓް ވީމަ މައި މިހާ އެކްސްޓްރީމް އަށް ދާނީ” ޒިން އަދިވެސް އުޅުނީ ރީތި ކޮށް ވާހަކަ ދައްކައިގެން އީން އަލްޔާން އާ ދުރު ކުރެވޭތޯ އެވެ. ޒިން އެބުނާހެން އަލްޔާން އުޅުނީ އަސްލުވެސް މައިރީން އާ ރައްޓެހި ވެެގެން ބާ؟ އަހަރެން ފެނުމުން މައި އާ ބްރޭކް އަޕް ވީ ބާ؟ އަލްޔާން އަސްލުވެސް އެހެން ހަދާފާނެ ބާ؟ ކުރެވެމުން ދިޔަ ހިޔާލް ތަކާއެކު އީން އަށް ރޮވޭގޮތްވެ ފެން ކަޅިވިއެވެ.އޭނާގެ ސިކުނޑި ހާސްވަނީއެވެ. ބޭނުންވަނީ އަލްޔާން އާ ބައްދަލު ކޮށް ހުރިހާ އެއްޗެއް އޮޅުންފިލުވުމަށެވެ. “ޕްލީޒް ޒިން އަހަރެން ގެއަށް ދާން ބޭނުން ..”އީން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. އީން އަށް ކޮށްފައި ހުރި އަސަރު ފެނި ޒިން ވެސް އިތުރުވާހަކައެއް ނުދައްކާ ކާރު ދުއްވާލިއެވެ.

*****

ގެއަށް ވަންނަން ދޮރޯށި ހުލުވާލި އީން އަށް ސިޑިބަރި މަތީގައި އިށީނދެ އިން އަލްޔާން ފެނުމުން މަޑުޖެހިލިއެވެ. އީން ހަމަ ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އަލްޔާން އައިސް އީން ގައިގައި ބާރަށް ބައްދާލަމުން އީން ގެ ނިތުގައި ދެތިން ފަހަރަކު ބޮސް ދިއެވެ.”އައިމް ސޮރީ އީން..އައި ލަވް ޔޫ..ލަވް ޔޫ ސޯ މަޗް..އައި ކާންޓް އެވާ ފޮގިވް މައި ސެލްފް ފޯ ވަޓް ހެޕެންޑް ވިތް ޔޫ..”އަލްޔާން ހިތަށް ވަނީ އަސްލުވެސް ވަރަށް އަސަރު ކޮށްފައެވެ.ރޭގަވެސް ނުވެސް ނިދެއެވެ.”އިރާދަކުރެއްވިޔާމު ދެން އެކަހަލަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން..ހިނގާ އަހަންނާއެކު..އަަހަރެންގެ އެޕާރާޓްމަންޓް ގަ އީން ހުންނާނީ..ޔޫ ވިލް ބީ ސޭފް ދެއަރ..ވީހާ ވެސް އަވަހަކަށް މެރީ ކުރަން ވެސް ބޭނުން..”އަލްޔާން އަވަސް އަވަސް ކޮށް ވާހަކަ ދައްކަމުން ދިޔަގޮތުން ހީވަނީ ހަމަ މިވަގުތުން މިވަގުތަށް ހުރިހާ ކަމެއް ކުރަން ބޭނުންވާ ހެންނެވެ.

ބުދެއް ހެން ހުއްޓިލައިގެން ހުރި އީން އަނގައިން ވެސް ނުބުނެއެވެ.ސިކުނޑީގައި ވަނީ ޒިން ދެންމެ ދެއްކިވާހަކަތަކެވެ. ލޯ ކުރިމަތިން ސިފަވަމުން ދިޔައީ މައިރީން ގެ މޫނެވެ. މައިރީން ގެ ހާލަތުގެ ޒިންމާ ނަގަން ޖެހެނީ އޭނާ ބާ އޭ ހިތަށް އަރަމުން ދިޔައެވެ. “އީން..ކިހިނެތްވީ ދޫނި” އަލްޔާން އީން ގައިން ދޫކޮށްލަމުން އީން ގެ މޫނަށް ބަލާލިއެވެ. “ކެން ޔޫ ފޮގިވް ޔުއާރ ސެލްފް ފޯ ވަޓް ހެޕެންޑް ވިތް މައިރީން؟” ސީދާ އަލްޔާން ގެ ލޮލަށް ބަަލަން ހުރެ އީން ކުރި ސުވާލުން އަލްޔާން ހައިރާންވިއެވެ.”ވަޓް!! މައިރީން އޭ” ބުމަ ގޮތްޖަހާލަމުން އަލްޔާން އަށް އަހާލެވުނެވެ. “އާން..މައިރީން..އޭނާ ގެ ހާލަތުގެ ޒިންމާ ނަގަން ޖެހެނީ އަލްޔާން އެއް ނޫންތަ؟ އަލްޔާން އުޅުނީ އަހަރެން ފެނުމުގެ ކުރީން އޭނަޔާ ރައްޓެހިވެގެން ނޫންތަ؟..އަހަންނަށް އޮޅުވާލީ ކީއްވެ އަލްޔާން؟..ކިހާ އިތުބާރެއް ކުރިން” ރޮވިފައި ފާޑަކަށް ހުރެ އީން ކުރިމަތި ކުރަމުން ދިޔަ ސުވާލުތަށް އިވި އަލްޔާން ގެ ސިކުނޑި ސުމަކަށް ދިޔައެވެ. “ކޮން ކަމެއްތަ އަހަރެން އޮޅުވާލީ އީން…އަހަރެން އޭނަޔާ ރައްޓިއްސެއް ނުވަން..ދުވަހަކުވެސް ނުވަން ހަމަ ތެދެއް މިބުނީ..އީން ފެނުމުގެ ކުރިން  އެހެން އަންހެން ކުދީންނާ ރައްޓެހިވީން ބަޓް ނޮޓް ހާ..އަހަރެންގެ ކުރީގެ ލައިފް ސްޓައިލްގެ ހުރިހާވާހަކަ އެއް ކިޔައިދިނީ މެއްނު..ވީއިރު މިހާރު ތި ސުވާލު ތައް ކުރަންވީ ކީއްވެ؟ އީން އަށް މައިރީން ފެނުނީ ކިހިނެތް..ދޮގުނުލާ ބުނޭ!” އަލްޔާން އީން ގެ ދެކޮނޑުގައި ހިފަހައްޓއިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ކުއްލިއަކަށް އީން އެ ސުވާކުތަށް ކުރަން ޖެހޭނީ ކޮންމެވެސް ކަމެއްވީ ކަން އަލްޔާން އަށް ވަގުތުން ވިސްނުނެވެ.

“އަލްޔާން.އަހަރެންގެ ސަބަބުން މީހަކަށް އެހާބޮޑު ގެއްލުމެއްވާކަށް ނޭދެން..އަހަރެން އެހާ ސެލްފިޝް އެއް ނުވާނަން..ޔޫ ހޭވް ޓުބީ ވިތް ހާ..އަހަރެން ފެނުމުގެ ކުރީން ވެސް އުޅުނު ގޮތަށް..”އިސްދަށަށް ޖަހާލަމުން އީން ބަޔާން ކުރީ އޭނާގެ ނިންމުމެވެ.މައިރީން އާމެދު ކަންތަށް ވީގޮތުން އީން އަސްލުވެސް ވަރަށް ދެރަވިއެވެ.އެހާ ވަރު ވާނީ ގައިމު އަލްޔާން ދެކެ ހާދަ ލޯތްބެއްވާތީއޭ އީން ގެ ހިތަށް އެރިއެވެ. “އާ ޔޫ އައުޓް އޮފް ޔޯ މައިންޑް އީން..ކީކޭތަ ތި ކިޔަނީ..އޭނަ އަހަރެންނާ ހެދި މޮޔަވިއޭ ކިޔާފަ އަހަރެންގެ ކުށަކީ ކޮބާ؟ ޝީ ނީޑްސް ހެލްޕް ފްރޮމް އަ ސައިކޭޓްރިސްޓް..ނޮޓް މީ..އަހަރުމެން ނުޖެހޭނެ ޒިއްމާ ނަގާކަށް..” އީން އެގޮތަށް ބުނުމުން އަލްޔާން ވާހަކަ ދެއްކީ ހިތްހަމަނުޖެހި ހުރެގެންނެވެ.އަލްޔާން އީން ގެ ދަތްދޮޅީގައި އިނގިލި ޖައްސާ މޫނު މައްޗައް ހިއްލާލިއެވެ.” ޒިން ތަ ތިހުރިހާ ވާހަކަ ދެއްކީ.. އޭނަ އީން އާ ބައްދަލު ކުރީތަ؟” އަލްޔާން އަށް ޝައްކުވާތީ އަހާލިއެވެ. އަލްޔާން ގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އީން ހިނގައިގަތީ އަލްޔާން ގެ އަތް ދުރުކޮށްލަމުންނެވެ.އީން ބޭނުންވަނީ ވިސްނާލާށެވެ.ކޮންމެ ގޮތެއްވިޔަސް އެކަކަށް ހިތާމައެއްދީފައި އަނެކަކަށް އުފަލުގަ ނޫޅެވޭނެއެވެ. އީން ކަންތަށް ކުރި ގޮތުން އަލްޔާން ގެ މޭގައި ރިއްސާލިއެވެ. ހިތަށް ވީތަދުން ރުޅިގަދަވިއެވެ. ހިނގައިގަތް އީން ގެ އަތުގައި ހިފާ ހުއްޓުވަމުން އަލްޔާން އީން ގެ ކުރިމައްޗައް އެރިއެވެ. “އަހަރެން މި އަހަނީ ޒިން އީން އާ ބައްދަލު ކުރިހޭ؟؟” އެއްވެސް ޖަވާބެއް ނުދީ އީން ދުރަށް ބަލާލުމުން އަލްޔާން ވަރަށް ދެރަވިއެވެ. އަލްޔާން އިރުކޮޅެއްވަންދެން އީން އަށް ބަލަހައްޓައިގެން ހުއްޓެވެ.އެދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ.އަލްޔާން އޭނާ ހިފައިގެން ހުރި އީން ގެ އަތަށް ކުޑަކޮށް ބާރުކޮށްލިއެވެ.އެހެނަސް އީން ހަމަ ހުރި ގޮތަށް ހުރީއެވެ.” ޕްލީޒް އީން..އަހަންނަށް ތިހެން ނަހަދަބަލަ..ވަރަށް..ވަރަށް ލޯބިވޭ އީން ދެކެ..ޕްލީޒް މިހިތަށް ތިހާ އަނިޔާ ނުދީބަލަ..”އަލްޔާން ހިތަށް ކޮށްފައި ހުރި އަސަރު އޭނާގެ އަޑުން ރަނގަޅަށް ހާމަވެއެވެ.އީން ވެސް އަލްޔާން ދެކެ އިންތިހާ އަށް ލޯބިވެއެވެ. އެހެނަސް މައިރީން އަލްޔާން ގެ ލޯބީގައި ފަނާވަމުން ދާކަން އެއީ ވެސް ހަގީގަތެކެވެ. އަދި އޭނައަށް އެހާބޮޑު ހިތާމައެއް ދެމުން އަލްޔާން އާ އެކު އީން ލޯބީގެ ގަނޑުވަރު ބިނާ ކުރަންވީހެއްޔެވެ. އީން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.”އަލްޔާން ޕްލީޒް ލެޓް މީ ގޯ..ވަރަށް އެބަ ރިއްސާ ބޮލުގަ..މާދަން ކޮލެޖް ވެސް ފެށޭ..ކުރިއަށް އޮތް ދެދުވަހުގަ އަހަރެންެ އެގްޒާމް..ރެޑީވާން ޖެހޭ” އީން ވާހަކަ ދެއްކީ އަލްޔާން ގެ މޫނަށް ނުބަލާ ބޮލުގައި ހިފަހައްޓައިގެން ހުރެއެވެ. ރޭއްސުރެން އީން އާމެދު ކަންތައްވީ ގޮތް ހިތަށް އެރުމުން އަލްޔާން ވެސް ބޭނުންވީ މިވަގުތު އީން ރެސްޓް ކުރާށެވެ.އެކަމަކުވެސް އަލްޔާން ގެ އެޕާރޓްމެންޓަށް އީން ގެންދަން ބޭނުންވާތީ އަނެއްކާވެސް އައުމަށް އެދުނެވެ. އެކަނި ދާން ބޭނުން ނުވާނަމަ އަލްކާ އާއި ދޮންތަމެން ގޮވައިގެންވެސް ޝިފްޓް ވާން އަލްޔާން އެދުނެވެ. އަލްޔާން އެހާ ފަސޭހައި ދޫނުކުރާނެ ކަން އިނގޭތީ ތިކަމާ ވިސްނާނަމޭ ބުނެ އީން ހިނގައިގަތެވެ.އީން ސިޑިން މައްޗައް އަރައިގެންގޮސް ގެއަށް ވަންނަން ދެން އަލްޔާން ބަލަހައްޓައިގެން ހުއްޓެވެ. އީން އަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު އެނގިގެން ނޫނީ ދޫނުކުރާން އަލްޔާން ނިއްމިއެވެ.

******

މަންމަ ފޮނުވި ހަދިޔާ ތަށް ދޮންތަ އަށް ދީފައި ރަށުގެ ވާހަކަ ދައްކަން ހުރުމަށްފަހު އީން ދިޔައީ ކޮޓަރިއަށެވެ.އީން އަށް އެކަނިވެރިކަން އިހްސާސް ކުރެވުނީ އަލްކާވެސް ނެތުމުންނެވެ. އަލްކާ އީން އާ އެކު މާލެ އަންނަން އުޅުމުން އަލްކާގެ މަންމަ ކުޑަ ދުވަސްކޮޅަކަށް މަޑުކުރަން އެދުމުން މަޑު ކުރަން ޖެހުނީއެވެ. ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލުމާއެކު އިސާހިތަކު ހެން އީން އަށް ނިދުނެވެ.

“އީން ވަރަށް ޗޭންޖް..އަހަރެން ބޯ ހަލާކު..ޔަގީނޭ އެވާނީ އެއުޅޭ ޒިން ގެ ކަމަކަށް ކަން” ސްޓޫޑިއޯގެ ސޯފާގައި ލެޕް ހިފަގެން އިން އީތަން އާ ވާހަކަ ދައްކަމުން އަލްޔާން ބުނެލިއެވެ. އީން ދެއްކި ވާހަކަ ތަށް ކިޔާދިނުމުން އީތަން ވެސް ވިސްނާލިއެވެ. “ބްރޯ ބައްޕަ ޔާ ތިކަމުގަ ވާހަކަ ދައްކަން ވީނު..ބައްޕަ ކައިރީ ބުނޭ މޮޔައަކާ މެރީ ކުރާކަށް ބޭނުމެއް ނޫނޭ.” އީތަން ދެއްކި ވާހަކަ އިން ކުއްލިއަކަށް އަލްޔާން ގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. މައިރީން ކައިރިއަށް ގޮސް އޭނަޔާ ރީތިކޮށް ވާހަކަ ދައްކަން ވީއޭ ހިތަށް އެރިއެވެ.މައިރީން އަށް ވިސްނަދޭންވީ އޭނަގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމާއި އެކަން ކަން ރަނގަޅު ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އަދި އިސްތަށިގަނޑުވެސް ދިގުވެ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ލިބި ބަލިވެސް ރަނގަޅުވުމުން ދެމީހުން ގުޅެން ވިސްނާނީ ކަމަށް ބުނާނީ އެވެ. އޭރުން މިހާރުން މިހާރަށް ކައިވެނިި ނުކޮށް ހަމަޖެއްސިދާނެއެވެ.ހަގީގަތުގައިވެސް ފަހަރެއްގައި ދުވަސް ގަނޑަކަށް އަލްޔާން އާ ދުރުވެ ސައިކޭޓްރިސްޓެއްގެ އެހީ ހޯދުމުން މައިރީން ރަނގަޅުވެ އަލްޔާން ދޫކޮށްލާނެ ކަންނޭގެއެވެ. ކޮއްކޮ ރަނގަޅުވުމުން އޭރުން ޒިން ގެ ރުޅިގަނޑުވެސް މައިތިރި ވެދާނެއެވެ. އަލްޔާން އަމިއްލަ ނަފްސަށް ހީލަމުން އެ ހިޔާލު އީތަން އާ ހިއްސާ ކުރިއެވެ. “ހަބޭސް..ގަދަ ކަލޭ..އެހެންވެޔޭ މަބުނަނީ ހަމަޖެހިގެން ވިސްނީމަ ގޮތެއްފެންނާނެޔޭ..ކަލޭ އަބަދު އުޅޭނީ ކެތްނުލަވައިގެން ވިއްޔަ..” އީތަން ގެ ވެސް ސަޕޯރޓް ލިބުމުން ހަމަ މިރޭ މައިރީން އާ ބައްދަލު ކުރުމަށް އަލްޔާން ނިއްމިއެވެ.

އިރު އޮއްސެން ގާތްވެފައިވަނިކޮށް އީން އަށް ހޭލެވުމުން އަވަސް އަވަަހަށް ތެދުވެ ނަމާދު ކޮށްލައިގެން އެއްޗެއް ކާލިއެވެ. ރަނގަޅަށް ނިދާލެވުމުން ކޮންމެވެސް ވަރަކަށް ސިނކުޑިވެސް ތާޒާ ވެފައި ވުމާއެކު އީން އަވަހަށް ފޮތްތަށް ނަގައިގެން ދަސްކުރަން އިށީނެވެ. 7 ޖަހަން ގާތްވި ފަހުން އީން ކިޔަވާ ނިންމާލަމުން ފޯން ބަލާލިއެވެ. މިހާރު ފޯން އޮން ކުރިތާ އެތަށް އިރެއްވީ އެވެ. އަދިވެސް އަލްޔާން ނުގުޅައެވެ. އީން ގެ ހިތަށް އުނދަގޫވިއެވެ. އަލްޔާން ނުގުޅުމުން މިހާ ދެރަވާ އިރު މައިރީންގެ ހައްގުގައި އަލްޔާން އާއި ވަކިވާން ކެތްވަނެބާއޭ އީން ގެ ހިތަށް އެރިއެވެ.”ވައި ސޯ ކޮންޕްލިކޭޓެޑް..ވައި ޑޫ އައި ލަވް ޔޫ ސޯ މަޗް އަލްޔާން..

“އީން އަށް މޭޒުގައި ބޯއަޅާލެވުނީ މާޔޫސް ކަމާއެކުގައެވެ.

*****

ބާރުބާރަށް ހިނގާފައި ގޮސް އަލްޔާން ވަނީ މައިރީން މެންގެއަށެވެ.ޒިން ފެންނަން ނެތްއިރު ރިޝްވާން ސޯފާގައި ވަރަށް ހަމަޖެހިލާފައި ފޯނުން މީހަކާ ވާހަކަ ދައްކަންއިނެވެ.އޭނާއަށް ބަލާލުމެއް ނެތި އަލްޔާން ގޮސް މައިރީން ގެ ކޮޓަރިއަށް ވަންނަން ދިޔައިރު ބާރު އަޑުފަތްގަނޑެއް އިވުނެވެ. އަވަހަށް ވަދެ ބަލާލިއިރު އެއީ މައިރީން ރުޅި އައިސްގެން އޭނާ އަށް ކާން ގެންދިޔަ ތަބަކުގެ ތެރޭގައި އިން ޖޫސް ތަށި ނަގާ ބިންމައްޗައް އެއްލާލިއަޑެވެ. ކުއްލިއަކަށް އަލްޔާން ފެނުމާއެކު މައިރީން މޫނުގައި ބާލީސް އަޅާލިއެވެ. ކާ އެއްޗެހި ގެނައި އެގޭގައި ގެން ގުޅޭމީހާވެސް ހާސްކަމާއެކު އަލްޔާން އަށް ބަލާލަމުން ނިކުންނަން ހިނގައިގަތެވެ.އަލްޔާން ގޮސް މަޑުމަޑުން މައިރިން ކައިރީ އިށީންނަމުން ގޮވާލިއެވެ. “މައި..ކިހިނެތް.؟ އަހަންނާ ވާހަކަ ނުދައްކާނަންތަ؟” އަލްޔާން އޯގާތެރިކަމާއެކު އަހާލުމުން މައިރީން މަޑުމަޑުން ބާލީސް ނަގާލިއެވެ. އިސްދަށަށް ޖަހައިގެން އިން އިރު މައިރީން ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އަލްޔާން ވިސްނި ވާހަކަ ތަށް ނިކަން ލޯތްބާއެކު މައިރިން އާ ހިއްސާކުރިއެވެ. އަލްޔާން ގެ ފަރާތުން އެފަދަ އޯގާތެރި ކަމެއް ފެނުމުން މައިރީން ހިތްފުރި ބަންޑުންވިއެވެ. ފުއްމައިގެން އައިސް އަލްޔާން ގެ ގައިގައި އޮޅުލައިގަނެގެން ރޮއެގަތެވެ. އަލްޔާންގެ ލޯބި ހާސިލް ކުރުމަށް ބުނާ ހުރިހާ ގޮތަކަށް ހަދާނެކަމާއި މިވަގުތަށް ކައިވެނި ކެންސަލް ކޮށް ވީހާ ވެސް އަވަހަކަށް ފުރުމަށް އެއްބަސް ވިއެވެ. އަދި ނަފްސާނީ މައްސަލައެއް ހުންނަ ކަން އަމިއްލަ އަށްވެސް ގަބޫލް ކުރެވޭކަމަށް ވެސް ބުންޏެވެ. އީން ނޫން އެހެން އަންހެންކުއްޖަކު އެ ހަށިގަނޑާ ކައިރިވުމަށް އަލްޔާން ގެ ހިތެއް ނޭދެއެވެ. އެހެނަސް މިވަގުތު މައިރީން ދުރު ކުރުވާކަށް އަލްޔާން ނޫޅުނެވެ.އެއަށް ވުރެބޮޑަށް އޭނަ ހުރީ އުފާވެފައެވެ.މައިރީން އެހާ ފަސޭހައިން އެއްބަސްވެގެން އޭނާ އާ ދުރަށް ހިނގައިދާނެކަމަށް ހީވެސްނުކުރެއެވެ.ކޮންމެއަކަސް އަލްޔާން އަށް ނޭގުނީ އޭނަ ޖެހިމަޅީގައި އަމިއްލައަށް ވެސް ބެދެމުން ދިޔަކަމެވެ.މައިރީން އަލްޔާން ގައިގައި ބައްދާލައިގެން އިން ވަގުތު ކޮޅުގެ އެތަކެއް ފޮޓޯތަކެއް އެކި އެންގަލް ތަކުން ރިޝްވާން ނެގިއެވެ.އެދެމީހުން ދެއްކިވާހަކަ އެހާ ރަނގަޅަށް އަޑުނީވުނު ކަމުގައިވިޔަސް އެ ފޮޓޯތަށް ނަގަން ލިބުމުން ވަރަށް އުފާވިއެވެ. އަވަސް އަވަހަށް ފޯވާޑް ކޮށްލީ ޒިން އަށެވެ.

******

ރޭގަނޑު 10 ޖަހަން ގާތްވީ އިރުވެސް އީން އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.އިންތިޒާރުގައި ހުރެ ހުރެ ވަރުބަލިވެއްޖެއެވެ. ހެނދުނު އަލްޔާން އާ އެހާ ރޫޑްކޮށް ވާހަކަ ދެއްކުމުން އަނެއްކާ އަސްލުވެސް ރުޅިއައީބާވައެވެ.ބެލްކަނީ އަށް ނިކުމެ އެތަށް ފަހަރަކު ބޭރުވެސް ބަލާލެވިއްޖެއެވެ. އަލްޔާން ގެ ހިލަމެއް ނުވުމުން އީން މާޔޫސް ވިއެވެ.އަލްޔާން ގެ ހަބަރެއް ނުވެ ގިނަ އިރު ވާވަރަކަށް އީން ގެ ހިތުގެ ހައިޖާނުދިޔައީ ބޮޑުވަމުންނެވެ. އެކިގޮތްގޮތަށް ހިޔާލް ކުރެވުނެވެ. އަނެއްކާ ޒިން އަލްޔާން އަށް ކަމެއް ކުރީ ބާވައެވެ. ރެއިލިންގްސް ގައި އަތް އަޅުވާއިގެން ހުރި އިރު އީން ގެ ލޯ އެދެމުން ދިޔައީ އަލްޔާން ފެނުމަށެވެ. މޭޒުމަތީ އޮތް ފޯނުގެ ސްކްރީން ދިއްލުނުތަން ފެނުމާއެކު އީން ގެ ހިތް އުފަލުން ތެޅުނެވެ. އަވަހަށް ދުވެފައި އައިސް ބަލާލިއިރު ވައިބަރ މެސެޖެކެވެ.ސޭވް ނުކޮށް އިން ނަންބަރަކުން ފޮނުވި އެމެސެޖް ހުޅުވާލުމާއެކު އީން ހުއްޓުން އެރިއެވެ. މޫނު މަތީގައި މީހަކު ހޫނު އެތިފަހަރެއް ޖެހިކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ.ދެލޯ ބޮޑުކޮށްގެން އީން އަށް ބެލެމުން ދިޔައީ އެފޮޓޯތަކަށެވެ. އަލްޔާން ގައިގައި މައިރީން ބައްދާލައިގެން ހުރި އިރު އަލްޔާން ގެ މޫނުމަތީން ނުރުހުމުގެ އެއްވެސް ކުލަވަރެއް ފެންނަން ނެތެވެ.ފޮޓޯ ޒޫމް ކޮށްލަމުން އަލްޔާން ގެ މޫނަށް ބަލަން އީން އަށް ހުރެވުނެވެ. މީ ހަމަ އޭނާ ހިތާ ފުރާނައިންެ ލޯބިވާ އަލްޔާން ބާވައެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އެމީހަކަށް އިތުބާރު ކުރެވުނު އަލްޔާން ބާވައެވެ. ހޯސްލާފައި އީން ގެ ލޮލުން ކަރުނަ އައެވެ. “އަ..އަހަރެން ހަމަ..އެން..މެ ފަހަރަކު ދާށޭ..ބުނުމުން އަލްޔާން އަހަރެން ދޫކޮށްލީތަ؟؟” ފޮޓޯ އަށް ބަލަން ހުރެ އެހެން ބުނެވުނު އިރު އީން ގެ ލޮލުން ފައިބަމުން ދިޔަ ކަރުނުން ފޯން ގެ ސްކްރީން ވެސް ތެމެމުން ދިޔައެވެ. އީން އަށް އަމިއްލަ ނަފްސު ދެކެ ވެސް ރުޅި އާދެވުނެވެ. ފޯން ނަގާ އެނދު މައްޗައް އެއްލާލަމުން ކައިރީގައި ހުރި ގޮނޑީގައި ބާރަށް ހިފަހައްޓައިގެން އީން ހުއްޓެވެ.އޭނާގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ އަލްޔާން ގެ ލޯބި ގަބޫލް ކުރި ރޭގެ ހަނދާންތަކެވެ. ލޯބިވެޔޭ އަލްޔާން އެކި ފަހަރު މަތީން ބުނި އެކި ވަގުތުކޮޅުތަށް މަތީން ހަނދާންވުމުން އީން ގެ ހިތަށް ކެތްކުރަން އުނދަގޫވިއެވެ. ބޭނުންވީ ރޯލާށެވެ. ބާރަށް ރޯލާށެވެ. ހިތުގެ ގައި އުފެދެމުން ދިޔަ އުދާސް ތަށް ބޭރުކުރާށެވެ. އީން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި ލޮލުގައި ހުރި ކަރުތަކާއެކު ދެއަތުން މޫނު ފޮހެލިއެވެ. ޝޯލް ރަނގަޅު ކޮށްލަމުން އީން ނިކުތީ ބޭރަށެވެ. ވަކި މަންޒިލެއް ނެތި ހިނގައިގަތް އީން ފެނި ތަންކޮޅެއް ދުރުގައި ކާރުގައި މަޑުކޮށްލައިގެން އޮތް ޒިން އީން ގެ ފަަހަތުން އަޅުވާލިއެވެ.

ބާރު ސްޕީޑް ގައި ދުއްވާފައި ދިޔަ ސައިކަލް މަޖީދީ މަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދާ ދިމާލަށް މަގުހުރަސް ކުރަން އުޅުނު އީން ގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.ކަން ދިމާ ކުރި ގޮތުން އެ ސައިކަލް ދުއްވަން އިނީ އީތަން އެވެ. ކުއްލިއަކަށް އައިސް އަންހެން ކުއްޖަކު ކުރިމައްޗައް އެރުމުން ބުރަކި ހިފާލުމުން ސައިކަލު ދުއްވަން އިން އީތަން ކުޑަކޮށް ކަހާލިއެވެ.  ” އޭތް!!ހޭ ބަލި…”އީތަން ރުޅި އައިސް ގެން ކިޔަން އުޅުނު ބަސް ހުއްޓުނީ ކުރިމަތީން ހުރަސް ކުރި އީން ފެނުމުންނެވެ.މަޑުވެސްކޮށްނުލާ އެއްވެސް ހިޔާލެއްނެތި އީން މަގުހުރަސްކޮސް ދިޔައެވެ. ފަހަތުން ޓްރެފިކް އޮތުމުން އީތަން އަށް މަޖްބޫރުވީ ކުރިއަށް ދުއްވާލާށެވެ.ހައިރާންވެފައި ހުރެ ވަކި ހިސާބަކަސް ގޮސް މަޑުކޮށްލާފައި ބަލަލިއިރު އީން ފެންނާކަށް ނެތެވެ. އީތަން އަވަސް އަވަހަށް އަލްޔާން އަށް ގުޅާ އެ ޚަބަރު ދިނެވެ.

އީން ގޮސް މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ. އެއްވެސް ހަރަކާތެއް ނެތި ހަށަން ބަނދެލައިގެން މޫދާ ދިމާލަށް ބަލަން ހުރި އިރު  އީން ހީވަނީ ހަމަ ސްޓެޗޫ އެއް ހެންނެވެ.އެހެނަސް އޭނާގެ އެތެރެހަށީގައި ވަރުގަދަ ތޫފާނެއް ހިނގަމުން ދިޔައެވެ. ދިރިއުޅުމުގައިވެސް އަލަށް މީހަކު ދެކެ ވެވުނު ލޯބީގެ ބޭވަފާތެރި މަންޒަރު ލޮލުން ފެނުމުން އެ ހިތުން ލޭކަރުނަ އޮހެމުން ދިޔައިރު ދިލަ ހޫނެއް ގެ އިހްސާސް ކުރެވުނެވެ.ހިތާ ހިތުން އެތަކެއް ޝަކުވާ ކުރެވެމުން ދިޔައެވެ. އަލްޔާން ގެ މޫނު މަތީން އެހާ ހިތްހަމަ ޖެހުމުގެ އަސަރު ފެންނަން ހުރީ ކީއްވެބާއެވެ.އަސްލުވެސް އަލްޔާން ގެ ލޮލުން މީގެ ކުރީން އީން އަށް ފެނުނު ލޯތްބަކީ ހަމަ ހުސް ދޮގު ހެއްޔެވެ.އެ ދީވާނާ ކަން…އީން އާ ހެދި އުޅުނު ވަރު…ވާރެޔާ ތެމިގެން ކުރި އިންތިޒާރު..އެއީ ހަމަ ހުސް ދޮގު ހެއްޔެވެ؟ އަލްޔާން ހަަމަ އޭނާ ބާކީ ކޮށްލީހެއްޔެވެ؟ ސިކުނޑި ފަޅާއިގެން ދަނީހެން ހީވުމުން އީން އަށް ލޯމަރާ ބާރު ކޮށްލެވުނެވެ. ވޭނީ އާހެއްގެ އަޑު އީން ގެ އަނގައިން ބޭރު ވީއިރު  އެދެލޮލުން ހޯސް ލާފައި ކަރުނަ އޮހެނީއެވެ. “ކީއްވެ..އަލްޔާން …ކީއްވެ..” އީން އަށް ގިސްލެވެން ފެށުނެވެ. އެކަނިވެރިކަމާއި އަނދިރިކަން ވަށައިލެވިފައިވީ އެވަގުތު ދާދި ގާތުގައި މީހަކު ހުރި ކަހަލަ އިހްސާސެއް ވުމުން އީން ފަހަތް ބަލާލިއެވެ. ފުން ނަޒަރަކުން އީން އާ ދިމާލަށް ބަލަން ޒިން ހުއްޓެވެ. އީން ރޯތަން ފެނުމުން ޒިން ގެ ހިތަށް ވަމުން ދިޔަ އުނދަގޫ ފޮރުވަން އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.ހަމަ ޖެހިލާގޮތް ދައްކަމުން ކުޑަކޮށް ކަރުކެހިލާފައި މިތާ މިގަޑީގަ އެކަނި ކީއް ކުރަނީ ހޭ އަހާލިއެވެ. ޒިން ކުރި ސުވާލުން އީން އިތުރަށް ދެރަވިއެވެ.ދުވަހަކުވެސް ދެރައެއް ނުދޭނަމޭ ބުނެ އޭނާ ކައިރީ ވައުދުވި އަލްޔާން ގެ އަތު ތެރޭގައި މިއަދު ހުރީ އެހެން މީހަކެވެ. އޭނާ އަސްލުވެސް ކިހާ އެކަނިވެރި ހެއްޔެވެ. އީން އަށް ބާރަށް ރޮއިގަނެވުނެވެ. “ނޮޓް އެގެއިން ޕްލީޒް..ޑޯންޓް ކްރައި..އައިމް ގެޓިން ހާރޓް” ތުންފަތުގައި ދަތް އަޅާލަމުން ޒިން އަށް ހިތާހިތާ ކިޔާލެވުނެވެ. އީން އަށް މިހާ އަސަރު ކުރާނެ ކަން އިނގޭނަމަ ހަގީގަތުގަވެސް ޒިން އެ ފޮޓޯތަކެއް ނުފޮނުވީހެވެ.ހިތަށް ކުރި އަސަރާއެކު ދެފައިން ވާގިދޫވާހެން ހީވެ ހުރިތަނަށް އީން އަށް ތިރި ވެވުނެވެ. އެވަގުތު ކައިރީގައި ހުރި ޒިން ހުށިއާރުކަމާއެކު އީން ގެ ގައިގައި ހިފެހެއްޓިއެވެ. މި ނިޔަނެތި އަންހެން ކުއްޖާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް އޮހޭކަށް ވެސް ޒިން ބޭނުމެއް ނުވިއެވެ. އެއާއެކު އީން ގެނެސް އޭނާގެ މޭގާ ޖައްސާލިއެވެ.

އީތަން ގެ ކޯލް އާއެކު އާރޓިފިޝަލް ބީޗް ސަރަހައްދަށް އައިސް އީން ހޯދަމުން ދިޔަ އަލްޔާން އަށް  ފެނުނު މަންޒަރުން މުއްކަވާލެވުނެވެ. އަތުގެ ނާރުތަށް ފުއްޕާފައި ހުރި ގޮތުން ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ޒިން އީން ގައިގައި ބައްދާލައިގެން ހުރި އެ މަންޒަރު ފެނުމުން އަލްޔާން ގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ހިނގާފައި ގޮސް އީން ގެ އަތުގައި ހިފާ އަމިއްލަ ގަޔާ ދިމާލަށް ދަމާއިގަތެވެ. އަދިހަމަ އެ ސިކުންތުކޮޅުގައި ޒިން ގެ މޫނަށް ވަރުގަދަ އެތިފަހަރެއް އެރިއެވެ. އެއާއެކު އެފަދަ ވަރުގަދަ ހަމަލާއަކަށް ނުވިސްނާ ހުރި ޒިން ފަހަތަށް އަރި އަޅާލާ ވެއްޓުނެވެ.” ހައު ޑެއާރ ޔޫ ޓު ޓަޗް ހާ” އަލްޔާން ހީވަނި ރުޅިއައިސްފައިވާ ވަރުގަދަ ސިންގާއެއް ހެންނެވެ.އެ ދެލޮލުން އަލިފާން ކަނިބުރަމުން ދިޔަހެން ހީވިއެވެ.އެވަރުން ވެސް އަލްޔާން ދުލެއް ނުކުރިއެވެ.”ކަލޭ ކައިރީ މަ ބުނިން އީން އާ ދުރުގަ ހުންނާށޭ!!!” ޒިން ވެއްޓުނު ވަގުތު އޭނާގެ ބަނޑާ ދިމާލަށް ތިރިވެ ދެވަނަ އެތިފަހަރެއް މޫނު މަތީގައި ޖެހިއެވެ.”ޑޭމް އިޓް އަލްޔާން…ސްޓޮޕް އިޓް!” އަލްޔާން ގެ އަތް ފޮޅުވާލަމުން އީން ގޮސް ވެއްޓިފައި އޮތް ޒިން ތެދުވުމުގައި އެހީވިއެވެ. އޭރު ޒިން ގެ ތުންފަތް ކައިރިން ލޭގެ އަސަރު ހުއްޓެެވެ.އީން ގެ އެ ހަރަކާތުން އަލްޔާން އަށް ލިބުނު ހައިރާންކަމުގެ ދެގުނަ ޒިން އަށް ލިބުނެވެ. އޭނާ އަލްޔާން ގެ ދެކެ އައި ރުޅިގަނޑުވެސް މައިތިރިވެ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ހައިރާންވެ ހުއްޓުން އަރާފައި އަލްޔާން އަށް ބެލުނީ އީން އާ ދިމާލަށެވެ.” ކިހިނެތް ވެގެންތަ ތި އުޅެނީ..؟ ކޮންކަމެއްތަ އަލްޔާން ބޭނުންވެގެން ތި އުޅެނީ؟ ކީއްވެތަ އަހަންނަށް ދިރިއުޅުނަ ނުދީގެން ތި އުޅެނީ؟ އޮޅުވާލެވުނު ވަރު އަދިވެސް މަދީތަ؟” ރޮވިފައި ހުރެމެ ރުޅިއައިސްގެންހުއްޓުމެއް ނެތި އީން ކުރަމުން ދިޔަ ސުވާލުތަކުން އަލްޔާން ގެ ހިތް ކުދިކުދިވިކަހަލައެވެ.”އީން…ކިހިނެތް ވީ؟” ލަސްލަހުން އެހެން އަހާލަމުން ގަބޫލު ކުރަން ދަތިހާލުގައި  އަލްޔާން އަށް ބަލަހައްޓައިގެން ހުރެވުނީ އީން ގެ މޫނަށެވެ. އީން ގެ ދެލޮލުގައިވީ ހިތާމަޔާއި ރުޅިވެރިކަމެވެ.” އޯ މައި ގޯޑް އަލްޔާން..އަދިވެސް އަހަރެން ކައިރީގަ ތަ ތިއަހަނީ ވީ ކީއްހޭ..؟ ވީ ގޮތް ބުނެދެންތަ؟ ވީ ގޮތަކީ އަލްޔާން ގެ ރިއަލް ފޭސް އަހަންނަށް ފެނުނީ..ދެއްކި ވާޙަކަ ތަކުގެ ފޭކް ކަން އެނގި ސާބިތުވީ..ލޯބިވެޔޭ ކިޔާފަ ޖެއްސި ގޭމް އޯވަރ ވީ..މިހާރު އެނގިއްޖެ!!” އީން އެހެން ވާހަކަ ދެއްކީ ކީއްވެ ކަމެއް އަލްޔާން އަކަށް ނޭގެނުނެވެ. އެހެނަސް އެ ރުޅިވެރި ބަސްތަކުން ހިތްކަތިލެވެމުން ދިޔައެވެ.އީން އަށް ޓަކައި އެ ހިތުގައި ޖަހާ ވިންދު ހަމަ އިހްސާސް ނުވަނީބާއޭ އަހާލަން ބޭނުންވިއެވެ.އެހެނަސް އަރުތެރެބެދި އެންމެ ލަފްޒެއް ވެސް ބޭރުނުވިއެވެ.ފެންކަޅިވެފައިވާ ހާލު ހަމަ އީން އާ ދިމާލަށް ބަލަން ހުރެވުނީއެވެ.”ފޭކް..ތީ ހުސް ފޭކް..އަލްޔާން ތީ ހަމަ މޮޅު އެކްޓަރެއް” އަލްޔާން ގެ ލޮލުން ފެންނަމުން ދިޔަ ޖަޒްބާތު ތަކުން އީން ހައްތަހާ ރުޅިގަދަވިއެވެ. މައިރީން ގައިގައި ބައްދައިގެން ހުރިއިރުވެސް ހުރީ ހަމަ ނުލާހިކު އުފަލުން ވިއްޔާއެވެ.އިތުރަށް އަލްޔާން ގެ މޫނަށް ބަލަން އުނދަގޫވުމުން އީން އެތަނުން ދާން ދުއްވައިގަތެވެ. ޒިން ވެސް އަލްޔާން އާ ދިމާލަށް ފާޑަކަށް ބަލާލަމުން ދިޔައެވެ. އެވަގުތު ޒިން ގެ މޫނު މަތިން އަލްޔާން އަށް ފެނުނީ ހިތް ހަމަޖެހުމުގެ އަސަރެވެ. އީން ގޮސް ލޯމަތިން ގެއްލެންދެން އަލްޔާން އަށް ބަލަން ހުރެވުނީއެވެ. ދެންމެ ހިނގާދިޔަ ކަންތަކާ އީން ދެއްކި ވާހަކަތަށް ވަކިވަކީން ސިކުނޑިއަށް ގެނެވޭތޯ އަލްޔާން މަސައްކަތް ކުރަމުން ދިޔައެވެ.ކައިރީގައި ހުރި ގަހަކަށް ލެނގިލަމުން އަލްޔާން އިސްތަށިގަނޑުތެރެއަށް އަތް މަހާލިއެވެ.”ނޯވޭ އީން..ޔޫ އާރ މައިން..އައި ވޯންޓް ލެޓް ޔޫ ގޯ ސޯ އިޒިލީ” އަސަރާއެކު އަމިއްލަ ނަފްސަށް އަލްޔާން ބުނެލިއެވެ

********

ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އީން އެނދު މައްޗަށް ވެއްޓިގަތެވެ.އިރުކޮޅެއް ނުވަނީސް ރިންގްވާން ފެށި ފޯން ބަލާލިއިރު ގުޅަނީ އަލްޔާން އެވެ. “މިހާރު ގުޅަނީ ކޮން ދޮގެން ހަދަން ” ރުޅި އައިސް އީން ފޯން އެއްލާލިއެވެ. އަނެއްކާވެސް ގުޅަން ފެށުމުން އީން ފޯން ނެގިއެވެ.”އަހަންނަށް ނުގުޅާ !!އައި ޑޯންޓް ވޯންޓް ޓު….” އީން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗެއް އަޑު އިވުމުންނެވެ. އެއީ އަލްޔާން ގެ އަޑު ނޫންކަން އެނގުނު އިރު އެމީހާ ބުނި އެއްޗަކުން އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

އެވްލީން (1)

Next

ވާނަން އެކީ 6

Next
September 23, 2018

ވާނަން އެކީ 6

Previews
September 23, 2018

އެވްލީން (1)

31 Comments!

  1. Zeek says:
    September 23, 2018 at 6:35 pm

    Yay me first dho

    1. Anjal says:
      September 23, 2018 at 10:43 pm

      ??? zeek

  2. ? Unknown ? says:
    September 23, 2018 at 7:35 pm

    V nice. Masha Allah.?? Whn next part???

  3. ??? says:
    September 23, 2018 at 7:35 pm

    Whatttt……. no way…. alyaan ah gotheh nuhadhaathi….. stry vrh reethi❤?

    1. Anjal says:
      September 23, 2018 at 10:45 pm

      Thanxx.. ???? alyaan ah vaa gotheh balama dhw?

  4. ? says:
    September 23, 2018 at 7:39 pm

    Alyaan accident v tha anehkaa?? Plxx alyaan aa een aa dhuru nukuruvahchey??story is nice.. when next part?

    1. Anjal says:
      September 23, 2018 at 10:46 pm

      Thanx.. Alhe eha sad nuveba☺️☺️☺️☺️ keep smiling. Next insha allah wed

  5. Lotus says:
    September 23, 2018 at 8:29 pm

    Saabahey writer ah.. hama saabahey.. hama speechless..
    Curiously waiting for the nxt part ???

    1. Anjal says:
      September 23, 2018 at 10:48 pm

      Oww??? thanks lotus???.. So happy to c ur comment. Insha allah wed ga

  6. Nunnu says:
    September 23, 2018 at 9:16 pm

    Een vess dho dhenn.. meehaku hama ehchekey bunairah veytha gaboolukurann.. amudhunn mi fadha dhandivalhehga. Story hama v habeysss

    1. Anjal says:
      September 23, 2018 at 10:50 pm

      Thanx nunnu☺️… Een ah foto fenunyma nuh eha hurt v dhw??

  7. Hudher says:
    September 23, 2018 at 9:53 pm

    Wooow dear…..v v v v v rythi mi part vx…..maasha allah ???? whn next…..luv yahh ????

    1. Anjal says:
      September 23, 2018 at 10:51 pm

      Hey hudher ?? thanx… Next insha allah wed. Mch lov?

  8. zeek says:
    September 23, 2018 at 10:37 pm

    vrh habeysss mi paatuves … thankxx angal ????❤?❤❤❤❤dhigukohladhinyyma .. luv this stry & u too????

    1. Anjal says:
      September 23, 2018 at 10:53 pm

      Awwww???? haadha rangalhey..ur welcome hama. Mch love???

  9. maya says:
    September 23, 2018 at 10:57 pm

    dhen een haadha shahku kureyey dhw..dhen ehen dhw vaany ves..alhe no alyaan ah dhera gotheh nuhadhaathi ingey..anehkaa accident vy thr alyaan?? ..story is awesome..alhe zin een ah fall vany dhw..vv reethi hama rovijje ..ehaaves sifakurun and kiyaidhinun baraabaru…mashaallah…knme scene eh hyvany kurimathin fennahen…vv asaru gadha storymy..vv curious to read the nxt part..avahah up kohdhehchey..luv yuh

    1. Anjal says:
      September 24, 2018 at 9:20 am

      Thank you for de lovely comment?? alyan ah vaa gotheh balamaa..??

  10. Reader says:
    September 24, 2018 at 2:16 am

    ANJAL ABADHU ROHVANY ?. Avahah upload please… E Ethan vaahaka dhakkany, Alyaam accident vee.. Is it?
    I think…..

    1. Anjal says:
      September 24, 2018 at 9:22 am

      Hehe.. Kevve hurihaa kudhin alyan accident kuruvany??… Keep smiling ????

  11. Hai says:
    September 24, 2018 at 6:36 am

    Pls alysn gotha nuhadathi….
    Alsy and even guluvaba….
    Msireen maralaba nikan

    1. Anjal says:
      September 24, 2018 at 9:24 am

      Alsu.. Maireen hama dhn maruvaan v tha☺️☺️☺️

  12. kiuntheriyaa says:
    September 24, 2018 at 7:44 pm

    nooney maireen rangalhu kollaafa magumathin namaves salhi kujjaku dhakkabala

    1. Anjal says:
      September 24, 2018 at 9:17 pm

      Hehe ??
      Noted ingey kiuntheriyaa?

  13. unknown says:
    September 24, 2018 at 9:07 pm

    whn next part?????????? maireen ah reethi kujjaku dhahkaalaba dhw. so she can leave alyaan 😉

    1. Anjal says:
      September 24, 2018 at 9:20 pm

      Hey unknown… Haadha digu suvaalu mark faccheh theee… ?Insha allah wed ga upkohdeyn v try eba kuran ingey

  14. Anonymous says:
    September 24, 2018 at 10:03 pm

    Alhey next part plxxx ??
    I can’t wait ??
    Alyan amilla ah maruvee kaneyge ??

    1. Anjal says:
      September 25, 2018 at 11:20 am

      oh..alhe hurihaa kudhin maa varah roveny dhw..keeep smiling plssss..next insha allah tmrw

  15. Aisha says:
    September 25, 2018 at 7:55 am

    V, V Rythi Masha Allah

    1. Anjal says:
      September 25, 2018 at 11:22 am

      Thank you aisha…mch love

  16. Niha says:
    September 26, 2018 at 5:23 pm

    MI part ves hama habeys Masha Allah ??Alhe kobaatha next part.??? Cant wait eyy ???????.

  17. Airah says:
    September 26, 2018 at 8:19 pm

    When Next Part???

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 13←


All Right Reserved!