ފަތިހުގެ ފިނިފިނި ހިތްގައިމު ވަގުތެވެ. އިރު އެރުމުގެ ކުލަވަރު އުޑުމަތިން ފެންނަން ފެށިގޮތް ގަލަމަކުން ބަޔާން ކުރެވޭވަރަށް ވުރެ ފުރިހަމައެވެ. މާތް ﷲގެ ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެކެވެ. އިރުގެ ރަންދަޅަތަށް މޫދަށް އެޅިފައިވާ ވާއިރު ދޫނި ސޫފާސޫފި އެ އެއްޗެހީގެ ތަންމަތިތަކުން ތެދުވިކަން ޢިޢުލާން ކޮށްލިއެވެ. ސިނަމާލެ ބްރިޖް މަތިން މި މަންޒަރު ފެންނަގޮތް އަދި މާ ހިތްގައިމެވެ. އުޑުގައި ހުރި ހުދު ކަފަތަކެއް ފަދަ ވިލާތަށްވެސް ގެއްލި ނޫކުލައިގެ އުޑުމަތި ސާފުވިއެވެ.
ބޫޓުގެ ނާޑުވާ އައްސާލަމުން ބްރިޖުގެ އެއްއަރިމަތީގައި ހިނގަން ޙާއްސަކޮށްފައިވާ ތަނުގައި ޖޮގިން ކުރުމުގެ މަސަތްކަތް ފެއްޓި ޒުވާނާގެ މޫނުަމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ގުުދުރަތްތެރިކަމުގެ ފުރިހަމަކަށް އެވްލީންގެ ހިތުން އޮހެމުން ދިޔައީ ތަޢުރީފުގެ ބަސްތަކެވެ. އޭނާގެ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލީ އެ މަންޒަރު ސާފުކޮށް ބަލާލުމަށްޓަކައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ އަރާމުކަން ބަޔާން ކުރަން ދައްޗެވެ. އެ ވައިރޯޅިތަކަށް ކިޔަމަން ގަންނަމުން އޭނާގެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ.
ޜާޅު ގޮތަކަށް އޮތް މުށި ކުލައިގެ އިސްތަށިގަނޑާއި ދޮން ހަނގަނޑެއްގެ ވެރި އެވްލީންއަށް ލިބިފައިވަނީ ބައްޓަން ރީތި ލޫޅާފަތި ހަށިގަނޑެކެވެ. އަޅި ކުލައިގެ ކަޅިވަރަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދެނީ އޭނާގެ މޫނާ ގުޅޭ ނަންބަރު އައިނެވެ. ވަކި ހިސާބަކަށް ދުވުމަށްފަހު ފެންފުޅި އެތިކޮޅެއް ބޯލިއެވެ. ހުޅުލެއާ ހަމައަށްދާން ނިޔަތް ގަންނަމުން އޭނާގެ ފިޔަވަޅުތަށް ކުރިއަށް ދިޔައެވެ. މޫދަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ބަޔާން ކުރަ ދައްޗެވެ. ހިތުގެ އުދާސްތަށް މަތިން ހަނދާން ނެތިފައި ހުރީ އަމިއްލަ ނަފްސަށް ހަމަޖެހިލުމަށް ވަގުތު ކޮޅެއް ލިބުމުންނެވެ.
ހުޅުލެއިން ފެށިގެން ބުރިޖް މަތިން ޔާއިން ދަތުރު ފެއްޓީ މާލެ ދިރުމަށެވެ. އޭނާގެ ކަޅު ކުލައިގެ ޕްރައިވެޓް ކާރުގެ ސީޓުގައި އިށީނދެ ހަމަޖެހިލިއެވެ. ސީޓު ބެލްޓު އަޅުވާލިއެވެ. އަތްދިގު ގަދަ ނޫކުލައިގެ ޓީޝާރޓާކައި މަޑު ނޫކުލައިގެ ކަުކުލުން މައްޗަށް ހުރި ސޯޓުގައި އޭނާގެ ހިކި ހަށިގަނޑު ފިރިހެންވަންތައެވެ. ތުނބުޅިއެއް ނެތަސް ސްޕައިކް ޖައްސާފައި ހުރި އިސްތަށިގަނޑުން ފިރިހެންވަންތަ ކަމަށް އުނިކަމެއް ނާދެއެވެ.
ކާރު ދުއްވާލީ އަމާން ކަމާއެކީގައެވެ. އިތުރު އުޅަނދެއްގެ އުނދަގޫ ނުޖެހުމުންނެވެ. ބުރިޖް އޮތީ އެއްކޮށް އަމާންކޮށެވެ. ހިތްހަމަ ޖައްސާލުމަށްޓަކައި އޭނާ އާންމުކޮށް ކުރާ ކަމަކީ މިއީއެވެ. އެޑް ޝީރަންގެ “ފޭރފެކްޓް” ލަވައިގެ އަޑު އޭނާގެ ކާރުތެރޭ ގުގުމަމުން ދިޔައެވެ. ޔާންގެ ބޯ ވެސް އެއާ އެއްވަރަށް ހެލުމެވުން ދިޔައެވެ. އެއީ އޭނާގެ މާޒީއާ ގުޅިފައިވާ ލަަވައެއްކަމުން އެ ހިތުގައި އުފެދެމުން ދިޔައީ ތަފާތު ޖަޒުބާތްތަކެކެވެ. ނަމަވެސް ކުަޑަ ދޮރުން ބޭރަށް ބަލާލި ވަގުތު އޭނާ ލާން އުޅުނު ނޭވާ ތާށިވިކަހަލައެވެ. ހަރަކާތްތަކާއެކު ހިތުގެ ހިނގުން ހިނދު ކޮޅަކަށް ހުއްޓުނު ފަދައެވެ. އެސްފިޔަ ޖަހާލަން ހަނދާން ނެތިފައި ހުރެވުނީއެވެ.
މޫދަށް ނަޒަރު ހުއްޓާލައިގެން ބުރިޖުގެ ކަނާތް ފަރާތުން ހިނގާފައި ދިޔަ އަންހެން ކުއްޖާ އޭނާގެ ވިންދާ ގުޅިގެން ދިޔައެވެ. އެތަށް އަހަރަކަށްފަހު އެ ސޫރަ ފެނުމުން ޔާންގެ ލޮލަށް ބޮނޑިވީ އުފާވެރިކަމުގެ ކަރުނައެވެ. ބުރިޖު މަތީގައި ކާރު ހުއްޓައިގެން އިނުމަކީ މަނާކަމެއްކަން ހަނދާން ނެތިފައި އޭނާއަށް އިނދެވުނެވެ. ޔާންއަށް ފަސްދީފައި އެ އަންހެން ކުއްޖާ ދާން ފެށުމުން މަޑުކުރާށޭ އެ ހިތް ގޮވަމުން ދިޔައެވެ.
ކާރުގެ ކުޑަދޮރު ހުޅުވާލަމުން ދުވުން ބާރުކޮށްލި އެ އަންހެން ކުއްޖާއަށް ބަލަން ޔާން އިނެވެ. ދޮރު ހުޅުވާލަމުން ބޭރަށް ނިކުންނަން ހިތް އެދުނަސް ގަވައިދާ ޙިލާފަށް ޢަމަލުކޮށްގެން ނިކުންނަ ނަތީޖާ ހިތި ވެދާނެކަމަށްޓަކައި ޔާންގެ ހިތް ރޯލިއެވެ. އެ ހިތުގެ މަލިކާ ފަހަތުން ދާން ބޭނުންވިޔަސް އެ މަގު ވަނީ ބަންދުވެފައެވެ.
“އެވްލީން..” މުޅި މާހައުލުގައި ގުގުމާލީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތް ޔާންގެ އަޑެވެ. ދުވަމުން ދިޔަ އެވްލީންވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓާލަމުން ފަހަތަށް އެނބުރިލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުވިއެވެ. ޔާންގެ ކާރާ ދިމާލަށް ދުއްވައިގަތެވެ. ބިރުން ހުރެއެވެ.
(ނުނިމޭ)
22 Comments!
Comments are closed.

Hey reader buddies ❤❤❤ ❤❤❤my first story “Evelyn” ge first part hurihaa readers ah ves kamudhaane kamah ummedhukuran ??????????? and mistakes thah faahaga kohdhinumakee ?????alhugandah libeyne varah bodu kurierumeh ??????????? and special thanks to my fellow writer ifoo ????????????? cux ur the reason why I’m here today ??? thanks for giving me the courage???? and inspiring???? meh ❤???? hoping to see some nyc?????comments and next part insha allah tommorow what do yall think is gonana happen next? And what do u think bout the cover????? luv u all ???????????
luv u 2 dear…………maasha allah mi part hudher hykuri varah vureves rythi…….nd adhives ehfaharu bunelan maasha allah v v v furihama…. 🙂 🙂 🙂
Awwwn???????vrh ufaavejje sis ah kamudhiyaeema ❤❤❤❤❤ so sweet ???????it means a lotto meh ?????thank u so much vvvvvvvvvvvvvv much ??????????
nd me first dhw yahhhhh 🙂
nd one thing…….cover pic v v v v rythi v v v habeys
Ooooh so happe to hear ???????that u like the pic cux I spent 3 hours on that??? yh u first next time wes e sharafu hoadhachey ??????????????
Yahhhh iraadhakurevviyya….ur welcome dear……luv u more
Ly2m ??
Best of luck dear ???
Thank you very much ❤❤❤❤❤????
Eemrnal ❤️❤️❤️❤️????… Hws u dear??? ???… Ifoo v v v v ufaavehje dear ge story eh mihaa avahah kiyaalan libunyma ??????… Thankyou dear ❤️❤️❤️??????… N v v v ufaavehje ifoo ge faraathun inspire v ma n comment ga ifoo ge bai faahaga kohleema vx v v v ufaavehje ❤️❤️❤️??????… V bodah shukuriyya Eemrnal ifoo ge faraathun inspire vegen story feshyma ???… Story ge beginning v v v reethi n sifakurunthah vx hama v v reethi ❤️❤️❤️??????… Cover vx v v reethi ???… Dhn ifoo ah faahaga vi baeh mistakes like “fenfulhin ethikolheh” eyge badhaluga “fenfulhin ethifodheh” aee ragalhu goi n dear ebain ethankolhuga liyevifa “esfiya jahaalanvx neyngifaa hurevuny eve”… At that time yaain was sitting in the car so” esfiya jahaalanvx neyngifa indhevuny eve” cause he was sitting… N some typing mistakes faahaga kohlevun… N story liyaa iru yaain ge nick name yaan ehen use kuraairu odd henn heevey ifoo ah… Dialogues ga egothah nickname use kuryma salhi vaane… In my opinion… Dear ehchekey heenukurahchey ingey… Ifoo ah faahaga vi mistakes thah bunely hama ???… Ifoo bunelaany thigothuga dear kuriah dhaashey… Eyrun In Sha Allah Eemrnal successful writer akah vaane ???❤️❤️❤️???…. I wish you all the best dear ???❤️❤️❤️… Keep up the good work ❤️❤️❤️??????… In Sha Allah u can do it ❤️❤️❤️???… I’m with you ???… If u need any help just let me know ???… If I can I will ???… Once again thankyou so much dear n ifoo v v ufaavehje miadhu ❤️❤️❤️?????????…
Assalaamu alaikum..???Masha ﷲ..☺☺first part vrh reethi ingey..☺☺cvr pic is Just awesome ey..???Next part avahah up kohdheyne kamah heekuran..???Dear ah dandelion ge faraathun dheyne happy news eh ebeh..???Assu bunan miulhey vhk aky dear masahkaiy kohlani koh ‘professional writer’akah vevidhaane ey..???ehennu?????..Masha allah ?Eemrnal dear ge emoji ves vrh salhi ingey..Good night?????..One more thing..Adhi cina male bridge sifakohfa inleh vrh furihama..much luvs????❤❤?????
Masha allah**
Not bad at all after all this is your first time dho so good luck and yeah cover pic is awsome igey i think story kuriyah dhaa varakah intrest vaane hen waiting for the upcoming part once again good luck and keep going dear
Lots of loves❤?????❤???
Yaah my very first time ❤❤❤ awwwn so sweet and kind of u my dear cherry kolhu??? ??? thanks a lot in bundles ???????? yesh insha allah it will be interesting ingey ????????yh once again thank you so much ❤???? love more deah ??????
Maasha allah v v furihama?
Thank youuuuu so much d.koral ❤❤❤
Hey dear why cover pic change kolly……ekam v v rythi??
Eyee…boy ge pic ehves fennanee eyrakhannu ??hehe rom kohlan ?? thanks ❤❤❤
OMG woww…??? hama out of words ingey ❤❤❤ it’s so beautiful and I’m so curious to know what happens next ???? ur such an amazing writer and may Allah bless u ?????? next part konirakun ???? thankolheh dhigu kohlaanan genesdheycheyy e bai???? next part kiyaalan I’m so impatient ?????? avahah genesdhehchey and cover pic ves hama habeys obiness to the max ????????? luv yuh eemrnal dhoonyya ????????????❤?????
Riithi n next part ??
Thank qeu illy deah ❤❤❤❤ 2nd prt I’ve submitted ????vrh avahah kiyaalan libeynehen heevanee.?? Maybe today or tomorrow insha allah ???