Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ލައިޝާ

rainy Level 1
September 23, 2018 6 Mins Read
34 Comments

މިއަދަކި 2017ވަނައަހަރުގެ އޭލެވަލް ކިޔެވުން ފެށޭދުވަހެވެ. ގަޑިން ހެނދުނު 6.00 ޖެހީއެވެ. ލައިޝާ އެތެދުވީ މަދަރުސާއަށް ދިއުމަށް ތައްޔާރުވާށެވެ. އެއީ މިއަހަރު ‘ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލް’ގައި ކިޔަވާ އައުބެޗްގެ ދަރިވަރެކެވެ. މަދަރުސާގައި ކިޔެވުމުގެ ޖާގަ ލިބުމަށްފަހު ބޭއްވުނު އޮރިއެންޓޭޝަންތަކުގައި ލައިޝާ ބައިވެރިވެފައިނުވާތީ ލައިޝާގެ ކްލާހުގައި އުޅޭނީ ކޮން ކުދިންނެއްކަމެއް ލައިޝާއަށް އެނގިފައެއްނެތެވެ. މިހެންވެ، ލައިޝާ ގަސްތުކޮށްގެން އެހުރީ ފުރަތަމަ ދުވަހު މަދަރުސާއަށް އަވަހަށް ދިއުމަށެވެ. ލައިޝާއަކީ އެހެންމީހުންނާއި ކުރިމަތިލާން ލަދުގަންނަ ކުއްޖެކެވެ.ލައިޝާގެ ފުރަތަމަ މާއްދާ ފެށެނީ ހެނދުނު 8.00ޖަހާއިރުއެވެ. މަދަރުސާއަށް ދެވުނުއިރު ގަޑިން 7.45ވެއްޖެއެވެ. ހެންވޭރުގެ ދުރު ހިސާބަކުން ހިނގާފައި މަދަރުސާއަށް ދިއުމަށްފަހު ވަރުބަލިވެފައިވާ ލައިޝާ ނިންމީ ލިފްޓު ބޭނުންކުރުމަށެވެ. މަދަރުސާގެ ދެ ލިފްޓުުވެސް ހުންނަނީ މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށެވެ. ލައިޝާ ލިފްޓަށް އެރުމަށްފަހު 4ވަނަ ނަމްބަރަށް އޮތްބާލިއެވެ. 3މިނެޓް ތެރޭގައި ލިފްޓް ގޮސް 4ވަނަ ފަންގިފިލާއަށް ހުޅުވުނެވެ. ލައިޝާ ލިފްޓުން ފައިބައިގެން ހިނގައިގަތް ވަގުތު، ހުއްޓުންއެރީ ފިރިހެން ކުއްޖަކު “މަންޖެ ހާދަ ރީތިވެގެން މިއަދު؟” މިހެން ބުނި އަޑަށެވެ. ފަސްއެނބުރި ބަލާލިތަނާ ލައިޝާއަށް ފެނުނީ ހަތަރުވަނަ ފަންގިފިލާގެ ފާހާނާތައް ކައިރިން ތިން ފިރިހެންކުދިންވެެގެން އަންހެން ކުއްޖަކަށް ހަނގާކުރަނިކޮށެވެ. އެމީހުންގެ މެދުގައި ކަންހިނގާދާގޮތް ބެލުމަށް ލައިޝާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އިރުކޮޅަކުން އެތަނުން ފިރިހެންކުއްޖަކު އަންހެން ކުއްޖާގެ މޫނާހަމައަށް އަތް އުފުލާލިތަން ލައިޝާއަށް ފެނުނެވެ. އިތުރަށް އެމަންޒަރު ބަލަން ނުހުރެވިގެން ލައިޝާ އެމީހުންނާއި ހަމަކުރުމަށްފަހު ބުންޏެވެ. “މިތާ ކިހިނެތްވަނީ؟” އެވަގުތު އެކުދިން ލައިޝާއާއި ދިމާއަށް އެނބުރި ބަލާލުމަށްފަހު އެހިއެވެ. “ތީ ކޮންކުއްޖެއް؟ ކަމެއް ބޭނުންވީތަ؟”ލައިޝާއަކީ ބަސްމަދު، ލަދުރަކި ކުއްޖަކަށް ވިނަމަވެސް އެހެންމީހަކަށް ގެއްލުމެއް ލިބޭތަން ބަލަންހުރުމަކީ ލައިޝާއަށް ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ގްރޭޑް 7ގައި ދިމާވި ހިތި ތަޒުރިބާއަކަށްފަހު ފިރިހެންކުދިންނާއި ދެބަސްވުމަކީ ލައިޝާ ގަޔާވާ ކަމެއްނޫނެވެ. މިހެންވެ، ލައިޝާ އެކުދިންނާއި ވާހަކަދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ. “ކަމެއް ބޭނުންވީކީނޫން. އެކަމު… ކުއްޖަކާ ދިމާކުރާތީ އެއީ ރީތިގޮތެއްނޫންކަން ހަނދާންކޮށްލަދެނީ.” މިހެން ބުނެފައި ލައިޝާ ކްލާހަށް ދިއުމަށް ހިނގައިގަތެވެ.

ފުރަތަމަގަޑީގެ ކިޔެވުން ފެށުމާއިއެކު ކުދިންތައް ކްލާހަށް ވަންނަންފެށިއެވެ. ލައިޝާއިނީ އެންމެ ފަހަތު ސަފުގެ ކަނެއްގައެވެ. އެއްލިކަޅިއަކުން ލައިޝާއަށް ފެނުނީ ދޮރު ހުޅުވާލާފައި ފިރިހެންކުއްޖަކު ކްލާސްތެރެއަށް ވަތްތަނެވެ. އެއީ ކުޑައިރުކޮޅެއް ކުރީން ފާހާނާތައް ކައިރިން ފެނުނު ކުއްޖާއެވެ. ލައިޝާގެ ދެލޯ ބޮޑުވިއެވެ. ލައިޝާ އެކުއްޖާއާއި ދެބަސްވީ އެއްވެސް ހަމަނުޖެހުމެއް އުފެއްދުމުގެ ނިޔަތުގައެއްނޫނެވެ. އަދި އޭރު އެކުއްޖާއަކީ ލައިޝާގެ ކްލާސް ކުއްޖެއްކަންވެސް ލައިޝާއަކަށް ނޭނގެއެވެ. އެކުއްޖާ ނުފެންނަކަމަށް ހަދާފައި ލައިޝާ ވަގުވަގަށް ބޯ ތިރިކޮށްލިއެވެ.

އެކުއްޖާއަށް ލައިޝާ ފެނުމުން ހިނިގަނޑެއް ޖަހާލިއެވެ. ފަސޭހަކަމާއިއެކު އޭ ލެވަލް ނިންމުމަށް ލައިޝާ ކުރި ފޮނިއުންމީދުތައް ބިމާއި ހަމަވި ކަހަލައެވެ. އެއީ ފުރަތަމަ ގަޑިކަމުން ހުރިހާ ކުދިންނަށް ޖެހުނީ އެކުއްޖެއްގެ އަމިއްލަ ތަޢާރަފެއް ދިނުމަށެވެ. އެ ތަޢާރަފްގެ ތެރެއިން ލައިޝާއަށް އެފިރިހެން ކުއްޖާގެ ނަންވެސް އެނގިގެން ދިޔައެވެ. އެއީ ރިޝްވާން ނަމަކަށްކިޔާ، ރީތިވަރަކަށް ފަލަ، ރަނގަޅު އިސްކޮޅެއް ހުންނަ ދޮންކުއްޖެކެވެ.

ފުރަތަމަ ގަޑިނިމިއްޖެއެވެ. އެއްވެސް ފިލާވަޅެއް ދީފައިނެތުމުން ފޫހިކަމާއެކު މޭޒުމަތީ ލައިޝާ ބޯ ޖަހާލައިގެން އޮތެވެ. ބޯ ހިއްލާލެވުނީ ސިއްސައިގެންގޮހެވެ. މީހަކު ‘އެކްސްކިއުޒް މީ’ އޭ ބުނި އަޑަށެވެ. ފަސްއެނބުރި ބަލައިލިވަގުތު ރިޝްވާނު ފެނުމާއިއެކު ހިތާހިތުން ލައިޝާއަށް ބުނެވުނެވެ. “ހަންޑިއާ ޖެހުނީ މިދެން” އެއީ ލައިޝާގެ ހިތުގައި އެކުއްޖާއަށް ދެވިފައިވާ ނަމެވެ. ރިޝްވާން ލައިޝާގާތު އަހާލިއެވެ. “ކޮން ނަމެއް ކިޔަނީ؟” ލައިޝާއަށް އެސުވާލަށް ޖަވާބެއްނުދެވި އުޅެނިކޮށް އިތުރު ދެ ފިރިހެން ކުދިން ކްލާހުގެ ދޮރު ހުޅުވާލިއެވެ. “ރިޝްވާން ކޮބާ؟” ކްލާސްތެރެއަށް ބޯދިއްކޮށްލަމުން އެތަނުން ކުއްޖަކު ގޮވާލިއެވެ. އެއީ ކުރިން ރިޝްވާނާއެކު އުޅުނު ދެކުދިންނެވެ. އެކުދިންނާއެކު ކްލާހުން ނިކުންނަންދަމުން ރިޝްވާން އަހާލިއެވެ. “ލައިޝާ ދޯ ކިޔަނީ؟ ރީތި ނަމެއް.” ލައިޝާގެ މޫނަށް ލުއިހިނިތުންވުމެއް ވެރިވިއެވެ. އަދި ޖަވާބުގައި ބުންޏެވެ. “ނަން އެނގުނީމަވެސް ތިއެހީ ނަން.” މީގެ އިތުރަން ރިޝްވާނާއި އެއްވެސް ވާހަކައެއްދެއްކުމެއްނެތި ފުރަތަމަ ދުވަސް ނިމިގެންދިޔައެވެ.

އެކުގައި ކްލާސްތައް އޮންނަ ކޮންމެ ދުވަހަކު ލައިޝާއާއި ވާހަކަދެއްކުމަށް ރިޝްވާނު ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކު މާބޮޑު ސަމާލުކަމެއްނުދީ ލައިޝާ އެހެންކުދިންްނާއި ވާހަކަ ދައްކާހަދައެވެ. އެހެންނޫނީ، މުހިންމުކަމަކުއޭބުނެ ދަނީއެވެ. ރިޝްވާނުއަށް ނުފެންނަ ހިސާބަށެވެ. މަދަރުސާއިން ރިޝްވާނާއި ދިމާވާތާ 3ހަފްތާ ވެއްޖެއެވެ. ލައިޝާއާއި ވާހަކަދެއްކުމަށް ރިޝްވާނުކުރާ މަސައްކަތައް ނިމުމެއްއައެވެ. މަޑުމަޑުންު ވާހަކަދެކެވެން ފެށިއްޖެއެވެ. ގާތްގުޅުމެއް ނެތްކަމުގައިވިޔަސް ރިޝްވާނާއެކު ހޭދަކުރެވޭ ވަގުތުތަކާމެދު ލައިޝާ ހިތްހަމަޖެހިފައެވެ.
އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން ރިޝްވާނު ލައިޝާގާތު ބުންޏެވެ. “ތީ އަސްލު ވަރަށް ސަކަރާތްބޮޑު ކުއްޖެއް ދޯ؟ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އެނގިއްޖެ ތީ އާދައިގެ ކުއްޖެއްނޫންކަން. އަދައިގެ ކުއްޖެއްނަމަ އެކަހަލަ ކަމަކަށް އަމިއްލައަށް އައިސް ނުބޭނޭނެ. ލައިޝާ ކޮންމެއަކަސް ބިރުކުޑައޭ މަށަށް ބުނެވޭނީ”
ރިޝަވާނު މިހެންބުނީ ތައުރީފެއްގެ ގޮތުއެވެ. ނަމަވެސް، ރިޝްވާނަށް އެހެން ބުނެވުނުފަހުން ލައިޝާ އޭނައާއި ވާހަކަދެއްކުން މަދުކުރިއެވެ. އެއީ ރިޝްވާނު އޭނައާއި ވާހަކަދައްކަނީ ކޮންބޭނުމެއްގައިކަން ލައިޝާއަށް ޔަގީން ނުވާތީއެވެ. ގްރޭޑް 7ގައި ދިމާވިކަހަލަ ކަމެއް ދިމާވެދާނެތީ އެކަމުގެ ބިރުންނެވެ.

ލައިޝާމެން ގްރޭޑް 11ގައި ކިޔަވަން ފެށިތާ 1މަސް ވެއްޖެއެވެ. އެކަމަކުވެސް އިތުރު ކުދިން މަދަރުސާއަށް ވަންނަމުންދެއެވެ. އެގޮތުން، ލައިޝާމެންގެ ކްލާހަށްވެސް އައު ކުއްޖެއް އަންނަކަމަށް އެމީހުންނަށްވަނީ އެންގިފައެވެ. އެކުދިންނަށް މަދަރުސާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރެވުނީ އެކްލާހެއްގެ ކްލާސް ރަމްޒުކޮށްދޭ ކުއްޖާއަށެވެ. އެއީ އެކްލާހެއްގެ ހުރިހާކުދިން އެއްބަސްވެގެން ހޮވާފައިވާ ކުއްޖަކަށް ވާންވާނެއެވެ. ލައިޝާގެ ކްލާސް ރަމްޖުކޮށްދޭ ކުއްޖަކީ ރިޝްވާނެވެ.
ފިލާވަޅު ހެދުމަށް ދަންވަރު ހޭލާހުރުމުން ހެނދުނު ލައިޝާއަށް ކްލާހަށް ދެވުނީ ގަޑިޖެހިގެންނެވެ. ހަތަރުވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުނުއިރު ގަޑިން 8.00ޖަހައިފިއެވެ. ކްލާހަށް ވަނުމަށް ދޮރު ހުޅުވާލުމަށްފަހު ލައިޝާ ހުއްޓުންއެރިއެވެ.
ލިބުނު ޝޮކާއެކު ދޮރުގެ އަތްގަނޑުން އަތްދޫކޮށްލަން ނޭނގިފައިހުރި ލައިޝާ ފެނުމުން ރިޝްވާން ގޮވާލިއެވެ. “އޭ ލައިޝާ…”  ބަހެއް ބުނާކަށް ލައިޝާގެ ކަރުން އަޑެއް ނުނިކުތެވެ. ގްރޭޑް 7ގެ ހާދިސާ އިއްޔެ ވީކަމެއްފަދައިން ހަނދާނުގައި ސިފަވިއެވެ. ލައިޝާގެ ނުތަނަސްވުމުގެ ސަބަބަކަށްވީ ކްލާހަށް އަލަށް އައިކުއްޖާއެވެ. ލައިޝާގެ ކުރިމަތީ އެހުރީ ހިޝާމެވެ. ހިޝާމަކީ ލައިޝާގެ ގްރޭޑް 4 އަދި 7ގެ ކްލާސް ކުއްޖެކެވެ. ހިތި ހަނދާންތަކުގެ އިސް ރޭވުންތެރިއެއްވެސްމެއެވެ. ހިޝާމްގެ މޫނުމަތީވީ ލާނެތް ހިނިތުންވުން ދެކިފައި ލައިޝާގެ ގައިން ހީބިހި ނަގައިގަތެވެ. ހަމަހިމޭންވެފައިވާ ކްލާހަށް ވަނުމުގެ ބަދަލުގައި ލައިޝާ ނިކުމެގެން ދިޔައީ ކެންޓީނު ދޮށަށެވެ. ލައިޝާގެ ފަހަތުން ރިޝްވާނުވެސް ހިނގައިގަތެވެ.
އަވަސްހިނގުމެއްގައިގޮސް ލައިޝާ އިށީނީ ކެންޓީނުގެ އެންމެ ފަހަތުގައިން މޭޒެއްދޮށުގައެވެ. ލައިޝާގެ ފަހަތުން ގޮސް ރިޝްވާނުވެސް ގޮސް އެމޭޒުދޮށުގައި އިށީނެވެ. “ލައި ކިހިނެތްވީ؟ ލައި އަށް އެނގޭތަ އެކުއްޖާ؟ ވާހަކަ ދައްކަބަލަ…” ނުރޮއެ އިނދެވޭތޯ ހިތްވަރުކޮށްލައިގެންއިން ލައިޝާ ފެނިފައި ރިޝްވާނު ސުވާލު ކުރިއެވެ. “އަހަންނަކަށް ނޭނގޭ ލައިޝާ ކީއްވެކަމެއް ކްލާހައް ނުވަދެ ތިއައީ. ކޮންމެމީހަކު ފެނުނަސް ލައިޝާއަކީ ބިރުގަންނަ ކުއްޖެއްނޫން. ލައިޝާއަކީ އެޔަށްވުރެއް ހިތްވަރުގަދަ ކުއްޖެއްނު. ވަކިމީހަކު ހުރީމައޭ ކިޔާފައި އެއްވެސް ކްލާހެއް ނުކަޓުވާތި” ލައިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރިޝްވާނު ކްލާހަށް ދިއުމަށް ހިނގައިގަތެވެ.
ލައިޝާގެ ކްލާހަށް ހިޝާމް އަންނަން ފެށިތާ ހަފްތާއެއްވީއެވެ. ހިޝާމް ކްލާހަށް އަންނަ ދުވަހެއްގައި ލައިޝާގެ ވާހަކަ މަދުވެފައި ސަކަރާތް ކުޑާއެވެ. ލައިޝާގެ އުޅުމަށް އަންނަންފެށި ބަދަލު ރިޝްވާނަށް ފާހަގަކުރެވުނެވެ. ނަމަވެސް، އެކަމާއި ބެހޭގޮތުން ރިޝްވާނު ސުވާލުކުރާ ކޮންމެފަހަރަކު ލައިޝާ މަޢުލޫ ބަދަލުކޮށްލައެވެ. ރިޝްވާންގާތުގައި އެވާހަކަ ބުނާކަށް ލައިޝާ ބޭނުމެއް ނުވެއެވެ.

އެއްދުވަހު ދިވެހިގަޑީގައި ބަހުސްކުރުމުގެ މުބާރާތެއް ކުރިޔައްދިޔައެވެ. އެބަހުސް ކުރިއަށް ގެންދިޔައީ އަންހެންކުދިންނާއި ފިރިހެން ކުދިންގެ މެދުގައެވެ. މައުލޫއަކަށް ލިބުނީ ‘މަދަރުސާތަކުގައި ހަނގާކުރުމުގެ މައްސަލައަށް ފިޔަވަޅުއަޅަން ފެނޭހެއްޔެވެ؟’ އެ ބަހުސް ފެށުމުގެ ފުރުސަތު ލިބުނީ ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށްފަހު، ދެން ބަހުސްކުރުމަށް ފިރިހެންކުދިންގެ ތެރެއިން ކޮޅަށް ތެދުވީ ހިޝާމެވެ.
“މަދަރުސާތަކުން އެފަދަ މައްސަލަތައް ބަލާކަމުގައިވާނަމަ އެމަދަރުސާއެއްގެ ނަމަށް ހުތުރުއަރާނެ. އެފަދަ މައްސަލަތައް ހުންނަކަމުގައިވާނަމަ ބެލެނިވެރިން ހިތްހަމަނުޖެހޭނެ. އެއީ އެއްވެސް މަދަރުސާއަކުން އެދޭނޭ ގޮތެއް ނޫން. އެހެންވީމާ އެފަދަ މައްސަލަތައް ބެލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑަކަށް ނުފެނޭ”
ހިޝާމްގެ ވާހަކައަށް ގޮންޖަހަމުން ބަހުސް ކުރިޔަށް ގެންދިޔައީ ލައިޝާއެވެ. “ތިދަންނަވާ ވާހަކައަކީ މުޅީން ހަމަނުޖެހޭ ވަހަކައެއް. އެއްވެސް މަދަރުސާއަކުން އެފަދަ މައްސަލައެއް ނުބަލައި ދޫކޮށްލައިގެން ނުވާނެ. މަދަރުސާގެ ނަމަށް ހުތުރު އެރިޔަސް، އެކަންތައްތައް ނުބަލައި ދޫކޮށްލުމުން ހަނގާކުރުން އިންތިހާއަށް ގިނަވެގެންދާނެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ހިޝާމަކަށްނޫންތަ؟” ލައިޝާ އިޝާރާތްކުރީ ގްރޭޑް 7ގައި ތަހައްމަލް ކުރަންޖެހުނު ކަންތައްތަކަށެވެ.

ލައިޝާ ދެއްކި ވާހަކައިން މުޅި ކްލާސްތެރެ ވަގުތުކޮޅަކަށް ހަމަހިމޭންކޮށްލިއެވެ. އެހަމަހިމޭންކަން ފިލުވާލާ ރިޝްވާނު ބަހުސް ކުރިޔައް ގެންދިޔައެވެ. އެދުވަހު ބަހުސް ނިމެންދެން ލައިޝާ އިނީ ވާހަކަ ނުދައްކާ ވަރަށް މަޑުންނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ރިޝްވާނަށް އެނގުނެވެ. ކްލާސް ނިންމާލާފައި ލައިޝާއާ އެކަމާއި ބެހޭގޮތުން ސުވާލު ކުރަން ރިޝްވާންހުރީ ކެތްމަދުވެފައެވެ.
ދިވެހިގަޑި ނިމިގެން ކްލާހުން ނިކުންނަމުން ހިޝާމް، ލައިޝާއާ އަރާ ފައިތިލަ ހަމަކުރިއެވެ. “މަނަމަވެސް ކަޑަވާނެ.” މިހެން ބުނެ ހިޝާމް ހިނިގަނޑެއްޖަހާލި އަޑު ރިޝްވާނަށް އިވުނެވެ. “މައްސަލައަކީ ކޮބާތަ؟ އެއީ އަސްލެއް ނޫނެންނު. ދިމާކުރާކަމެއް ނުވެއެންނު…” ރިޝްވާނަށް ބޭއިޙްތިޔާރުގައި އަހާލެވުނެވެ.
“ހާދަ ވަރެއް ތިވީ؟ ލޯބިވެރިއަކީތަ؟ ހައްހަހާ” ދިމާކުރުމުގެ ރާގެއްގައި ހިޝާމް އަހާލިއެވެ.

އެދުވަހު މަދަރުސާ ނިންމާލާފައި ލައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވާކަމަށް ރިޝްވާނު ބުންޏެވެ. ލައިޝާގެ އުޅުމަށް އައިބަދަލާއި ބެހޭގޮތުން ރިޝްވާނުހުރީ ވަރަށް އެނގެން ބޭނުންވެފައެވެ. އެސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައި ޖެހިގެން އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުން ދިމާވުމަށް ނިންމިއެވެ.
ހުކުރު ދުވަހައް އަލިވިލުނުއިރު މަދަރުސާއަށް ދާން ނުޖެހުމުން ލައިޝާހުރީ ހަމަޖެހިލާފައެވެ. ހިޝާމް ނުފެންނާނެކަން އެނގޭތީއެވެ. އިރު އޮއްސުމުން ރިޝްވާނާއި ބައްދަލުކުރަން ލައިޝާ އާޓިފިޝަލް ބީޗަށް ދިޔައެވެ. ލައިޝާހުރި މަތިން ގަޔަށޤ ހެޔޮވަރު މަޑު ނޫކުލައިގެ އަތްދިގު ޓީޝާރޓެއް އަދި ތިރިން ގަދަ ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. ކަޅު ކުލައިގެ އުސްކުރި ފައިވާނަކަށް އަރާފައި ހުރިއިރު، ލައިޝާގެ ދިގު ބުޅި އިސްތަށިގަނޑުވަނީ ރީތިކޮށް ނިއުޅުވާލެވިފައެވެ. “ތީ ލައިޝާތަ؟ ހާދަ ހީނުވޭ.” މިދެއެކުވެރިން ބައްދަލުވުމުން ލޯބިވެރިން ދިމާކުރާ ރާގަކަށް ރިޝްވާން އަހާލިއެވެ.
“ހަމަ އެހާވެސް ދިމާކުރާހިތްވޭތަ ކުދިންނާ؟” ލައިޝާވެސް ސަމާސާ ރާގަކަށް އަހާލިއެވެ. “ނޫނޭ. އެގަޑީގަ އެއީ ސަކަރާތަކަށް. އަންހެން ކުދިންނާ އަހަރެން ދިމާކޮށް ނޫޅެން.” ހިނިގަނޑެއްޖަހާފައި ޖަވާބުގައި ރިޝާވާން ބުންޏެވެ. އިތުރު ވާހަކަ ގިނަނުކޮށް ބައްދަލުކުރަން ބޭނުންވި ސަބަބު އެނގެން ރިޝްވާންގާތުގައި ލައިޝާ ސުވާލުކުރިއެވެ..
ސުވާލުގެ ޖަވާބަކަށްވެސްވީ ސުވާލެކެވެ. “ލައިޝާ އާއި ހިޝާމާ އޮތީ ކޮންގުޅުމެއް؟ އެހެންމީހަކާ ދިމާލަށް އެއްޗެއް ބުނަންކެރޭ، އެކަމު… ހިޝާމާއި ދިމާއަށް އެއްޗެއް ބުނަން ނުކެރެނީ ކީއްވެ؟” ރިޝަވާން އަހާލިއެވެ.
“ތިހާ ވައިކަމަކުތަ ބައްދަލުކުރަން ބުނީ؟ ކީއްކުރަން ރިޝްވާނުގާތު އެވާހަކަ ބުނަންވީ؟ ލައިއަށް ކޮން ފައިދާއެއް ވާނީ؟” ފޫހި ރާގަކަށް ލައިޝާ ސުވާލުފަތި އަމުނާލިއެވެ.
“ކިޔާބާ… އަޑުއަހާ ހިތުންދޯ އަހާނީ. ކިތަންމެ ދިގުވިއަސް ހެޔޮ އަހަރެން އަޑުއަހާނަން.” ރިޝްވާން އެހާ ގިނައިން ސުވާލު ކުރަންފެށުމުން އެވާހަކަ ކިޔައިދޭންވީތޯ ވިސްނަން އިނދެފައި ލައިޝާ ފެއްޓިއެވެ.
“އެއީ ވަރަށް ކުރީގައި ހިނގާފައިވާ ކަމެއް. ހިޝާމަކީ ލައިއާއެކު ގްރޭޑް 4 އަދި 7ގައި ކިޔަވަން އުޅުނުކުއްޖެއް. ލައީއަކަށް ނޭނގޭ އޭނަ ލައީދެކެ އެހާ ރުޅިއަންނަނީ ކީއްވެގެންކަމެއް. ގްޜޭޑް 4ގެ ދެވަނަ ޓާރމުގައި ދިމާކުރަންފެށީ. ގްރޭޑް 7ގެ ފުރަތަމަ ޓާރމް ދިޔައީ ވަރަށް ރަނގަޅަށް. އެކަމަކު އެޓާރމްގެ ފަހުކޮޅު އަނެއްކާވެސް ކުއްލިއަކަށް ލައީއާ ދިމާކުރަންފެށީ. އެ ކްލާހުގައި ހަމައެކަނި ކަޅުކުއްޖަކަށް ހުންނާނީ ލައީ… އެހެންވެ ލައިއަށް ކިޔާނީ ކޭބީ.”
“ކޭބީ؟ އެއީ ކޯއްޗެއް؟” ލައިޝާގެ ވާހަކަ މެދުކަނޑާލަމުން ރިޝްވާނުއެހިއެވެ. ލައިޝާ ކުޑަވަގުތުކޮޅަކަށް ހިމޭންވެލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެއީ ކަޅު ބަބުރު. އެނަން ކުރުކޮށް ބުނީމަ ކިރިޔާވެސް އަޑުއަހަން ކެރެނީ.” ރޮވެން ކައިރިވެފައިހުރި ލައިޝާ ކިޔައިދިނެވެ. “ލައީ ޓީޗަރުން ގާތުވެސް ޝަކުވާކުރިން. ޕްރިންސިޕަލްއާއި ހަމައަށް އެމައްސަލަ ހުށަހެޅުނު، ނަމަވެސް ހިޝާމަށް ލިބުނު އެންމެ ބޮޑު އަދަބަކީ ހަފްތާއަކަށް ސަސްޕެންޑްކުރުން. އެ ހަފްތާގައި ވަރަށް އަޑުމަޑުވި ކްލާސްތެރެ. ކިރިޔާވެސް ހިތްހަމަ ޖެހިލެވުނީ އެދުވަސްކޮޅު.”
ލައިޝާ ހިތްވަރުކޮށްލާފައި ވާހަކަ ކުރިޔައް ގެންދިޔައެވެ. “އެކަމަކު އަނެއްކާވެސް ހަފްތާއެއްކޮށްފަ ކްލާހައް އައުމުން ކަންތައް މާގޯސްވި. އެއްދުވަހު ކްލާސް ކުއްޖެއްގެ އުފަންދުވަހު ދީފައޮތް ޗޮކޮލެޓެއް ގެއްލިގެން ހޯދުނު. ހިޝާމް ބުނީ ލައިޝާޔޯ އެޗޮކޮލެޓް ވަގަށްނެގީ. އެހެންކިޔާފައި ދަބަސްވެސް ހޯދާބެލި ތިންފަހަރު. އެވަރުންވެސް ގަބޫލެއްނުކުރި ޗޮކޮލެޓުނެގީ ލައިއެއް ނޫންކަން. އަސްލު ހިޝާމް އެނެގީވެސް.”
“ކިހިނެތް އެކަން އެނގުނީ؟ އެވާހަކަ ބުނިންތަ؟” މިފަހަރުވެސް ލައިޝާގެ ވާހަކަ މެދުކަނޑާލަމުން ރިޝްވާނު އެހިއެވެ. “ހިޝާމް އަމިއްލައަށް ލައީގާތު ބުނީ. އެވާހަކަ އެހެން މީހުންގާތު ބުނީމަ ގަބޫލެއްނުކުރި. ސަބަބަކީ އެޗޮކޮލެޓަކީ ހިޝާމްގެ ބެސްޓީ އެކުއްޖާއަށް ދިން ޗޮކްލެޓަކަށްވަތީ.”
“އަހަރެން ހިޔެއްނުކުރަން ހިޝާމަކީ އެކަހަލަ ކުއްޖެއްކަމަށް. އާން… ހުންނަ ގޮތުން ހޮޓުވިޔަސް އަހުލާގު ރަނގަޅު ނުވެދާނެތާ ދޯ!” ރިޝްވާން ކުޑަ ސަމާސާއެއް ކޮށްލިއެވެ.
“އާން. ހޮޓަކަސް އެއީ ހުސް ގަލެއް. ދެވަނަ ޓާރމްގައި އެންމެދުވަހެއްވެސް ދޫނުކުރާނެ ދިމާކުރާކަށް. ޓީޗަރުން އަޅައެއް ނުލާ އެމީހުން ކޮންމެގޮތަކަށް އުޅުނަސް. ވަރަށް ފޭކުވާނެ ކަލާފާނު ސްކޫލް. އެހާވަރަށް ދިމާކުރަންފެށީމަ ފާޑަކަށް ވައިވެފަހުރީ. އެކަކާވެސް އޭގެފަހުން ވާހަކަދައްކާހިތެއްނުވޭ. މުޅިކްލާހުގައިވެސް ލައީއާއި ވާހަކަދައްކާނީ 3ކުދިން. މިހާރު ހިޝާމް ފެނުނީމަ އަންނަނީ ނުލަފާ ރުޅިއެއް.” ލައިޝާއަށް ކޮށްފައިވާ އަސަރު ރިޝްވާނަށް ފާހަގަކުރެވުނެވެ.
“ޓީޗަރުން އެކަމާމެދު ފިޔަވަޅު އެޅިނަމަ ކަންތައް އެހާ ބޮޑެއްނުވީސް. އަމިއްލަ ކްލާސް ކުދިން އެކަމުގައި އެއްބައިނުވިނަމަ ހިޝާމަށް އެވަރުގެ ކަމެއްކުރާކަށް ފުރުސަތެއް ނުލިބޭނެ. އެވަރުގެ ހިތްވަރެއް ނުހުންނާނެ. އެކަމު އެމީހުނަށް ވިސްނޭނީ ހުރިހާކަމެއް ވެނިމުނީމަ.”
ލޮލުން ކަރުނަތިއްކެއް ނިރާލައި ފުން ނޭވާއެއްލަމުން ލައިޝާ ވާހަކަ ނިންމާލިއެވެ. “އަޅާނުލާ.. އަހަރެން ހުރިއްޔާ އެކަކަށްވެސް ދެނެއް ނުކެރޭނެ ލައީއާ ދިމާކުރާކަށް. ހިޝާމަކަށްވެސް ނުކެރޭނެ.” ލައިޝާގެ އަތުގައި މަޑުމަޑުން ފިތާލަމުން ރިޝްވާނު ބުނެލިއެވެ.
~ނިމުނީ~

Share Article

Follow Me Written By

rainy

Level 1

Other Articles

Previous

ވާނަން އެކީ 6

Next

ދުވަހަކުވެސް މާފެއް ނެތް – 5

Next
September 23, 2018

ދުވަހަކުވެސް މާފެއް ނެތް – 5

Previews
September 23, 2018

ވާނަން އެކީ 6

34 Comments!

  1. Phiusha says:
    September 23, 2018 at 6:39 pm

    Woww varah salhi vaahaka eii❤❤❤

    1. esfiyaholic says:
      September 23, 2018 at 8:58 pm

      congrats phiusha , you are the first .

    2. rainy says:
      September 25, 2018 at 12:20 am

      thank you for reading my story, phiusha. i hope my next update would be great as well. 🙂

  2. Hudher says:
    September 23, 2018 at 6:57 pm

    NYC stry dear maasha Allah………..???

  3. Hudher says:
    September 23, 2018 at 7:05 pm

    woooooow dear v v v salhi ngey….maasha allah….luv yahh

    1. rainy says:
      September 25, 2018 at 12:19 am

      thank you for reading. i hope my next update would be great as well. 🙂

  4. esfiyaholic says:
    September 23, 2018 at 8:59 pm

    won’t you say THANKQ

    1. esfiyaholic says:
      September 23, 2018 at 9:08 pm

      eiy add kohli baeh story ah . rilvaan buna gothah laisha ah . hihi lol , btw story was nice

    2. rainy says:
      September 25, 2018 at 12:21 am

      thank you for reading my story nd sorry for the delayed reply. havent accessed to this site since i uploaded the story as i was a bit busy. but i hope my next update would be great as well. 🙂

  5. esfiyaholic says:
    September 23, 2018 at 9:18 pm

    konirakun tha next story annany rainy . i think you are a good author

    1. rainy says:
      September 25, 2018 at 12:23 am

      very soon insha allah. do stay tuned for it. 😀 “laisha”

  6. Phiusha says:
    September 23, 2018 at 9:18 pm

    Esfiyaholic keekey tha thikiyanii

  7. phiusha says:
    September 23, 2018 at 9:23 pm

    i said congrats ey first person ah v ma story kiyaa . are you new to esifya? . igeytha esfiya mee vaa site eh ingey

  8. esfiyaholic says:
    September 23, 2018 at 9:24 pm

    oops its an error ,m esfiyaholic . this auto correct ufff….

  9. Phiusha says:
    September 23, 2018 at 9:26 pm

    Ma nan mathee comment nukoh amilla anan jahaabala esfiyaholic??✌✌

  10. Phiusha says:
    September 23, 2018 at 9:30 pm

    Ehn nunas i mee esfiya ah aa kuhjjeh nun ???

  11. £@@!g@ says:
    September 23, 2018 at 10:40 pm

    Wooow… varah loabi vaahaka eii… keep going ??

    1. rainy says:
      September 25, 2018 at 12:25 am

      i am glad you liked it. hope my next updates would be great for u as well. 🙂

  12. lila? says:
    September 24, 2018 at 1:01 pm

    Oh just stop this guys. Hadi kameh thee.. Mee public thaneh.. Private thaneh noon. Emmenah thi chats fennaane.. Kiyaa hadi nameh libeynee. Koi anga!! Amilla ah ladheh ga bedheynee.. This is public thimeehunge geyeh nooney ?

  13. esfiyaholic says:
    September 24, 2018 at 2:04 pm

    rainy , ves mikamaa ehchekey buneba , we love ur story ehnve mi story choose kuryves chat kuran , alhe miogathah ves baivaru friends libeyne dw , already libihje friends like hudher , mad , n others except lila n her friends

    1. rainy says:
      September 25, 2018 at 12:28 am

      thank you for commenting and reading “laisha” and i am happy u all loved my story. i hope i can get more comments and likes in the future. bt pls do refrain from commenting like these next time in my storie. this is a bit disturbing to read.

    2. Editor says:
      September 25, 2018 at 12:50 am

      Please refrain from using the comment section as a chat log. It’s against esfiya rules. Please respect others and the purpose of the comment section.
      If you have any questions please contact admin team
      7997991
      Thank you

  14. rainy says:
    September 25, 2018 at 12:33 am

    i read all the comments… in this case, some comments and others… i dnt knw what to call them. bt please readers, refrain from making the comment log into a chat log. and others dnt support.
    once again, thank you for all the readers of “laisha”

  15. Mad says:
    September 25, 2018 at 8:02 am

    Eh hurihaa comment thah kbr

  16. No one says:
    September 25, 2018 at 8:16 pm

    Mi story thankolheh dhigukohli nama this would have been a lot better. I mean story vehjiyyaa kunnuah fahu massala ah hahlu liben jeheyne ehnu… As to this story, laisha ah justice libumahfahu ninmaala nama vr perfect vaane.. overall koh vr nice story.. u do have the talent.. maasha allah

    1. rainy says:
      September 30, 2018 at 12:54 pm

      that is a gud idea. ill try to bring season 2 of this insha allah. hope then all the readers will love the ending. 🙂

  17. Anonymous says:
    September 25, 2018 at 11:58 pm

    Vahaka nimuny tha?

    1. rainy says:
      September 28, 2018 at 11:11 pm

      yes. mihisaabun story ninmaaly.. hope u liked it though. bt do tell if u have an idea on how to improvise it. 🙂

  18. Hello says:
    September 26, 2018 at 2:20 pm

    Masha allah v nice ??

    1. rainy says:
      September 28, 2018 at 11:13 pm

      hi hillo. hehe. im happy u liked this. do keep on reading my stories. hope they will be nice too. 🙂

  19. rainy says:
    September 28, 2018 at 11:13 pm

    hi hillo. hehe. im happy u liked this. do keep on reading my stories. hope they will be nice too. 🙂

  20. Leen says:
    September 29, 2018 at 2:58 pm

    Vv salhi Ekm nimun reethi nama miah vure reethi version kaneyge

  21. someone says:
    October 2, 2018 at 9:13 pm

    Salhi vaahaka ehh!!!

  22. Kitty says:
    February 16, 2019 at 8:18 am

    Hama habeys???

Comments are closed.



All Right Reserved!