ވާނަން އެކީ 6
“ކައިލް.. މިރޭ ބައްޕަ އެބަ ދުރުވޭ.” މެންދުރު ކެއުމުގެތެރެއިން ސާމިޔާ ދިން ހަބަރަކުން ކައިލްއަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. އޭނާގެ ބައްޕަ އާރިޒަކީ އަބަދުވެސް ވިޔަފާރިދަތުރުތަކުގައި ރަށުންބޭރުގައި ނޫނީ ރާއްޖެއިން ބޭރުގައި އުޅެންޖެހޭ މީހެކެވެ. އެހެންކަމުން ކައިލްމެނާ ބައްދަލުވެވެނީ މަހަކު ގިނަވެގެންވެސް ދެހަފްތާއަށެވެ.
“އަސްލުވެސް؟ ގްރޭޓް ނިއުސް.” ޔަނާލްގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކައިލްއަށް އުނދަގޫކުރަން ފުރުސަތެއް ލިބުނީއެވެ. އާރިޒަކީ ސަމާސާ މިޒާޖެއްގެ މީހެއްކަމުން އެކުދިން ޖަހާ ސަކަރާތަކާ އަޅައެއްނުލާނެއެވެ. ކައިލްއާއި ޔަނާލްގެ އޮންނަނީ އެފަދަ ގުޅުމެކެވެ. ކައިލް ދެކެނީ ޔަނާލްއަކީވެސް އޭނާގެ ކޮއްކޮއެއް ކަމަށެވެ.
“އައި ރިމެމްބަރ ދި ލާސްޓް ޓައިމް ޔަންތައާ ބައްޕައާ ދިމާވިފަހަރު. ދޮންބެ ރޮއްވާފަ އެފަހަރު އަހަރެމެން ދޫކުރީ. ދޯ ޔަންތާ.” ޒީން ހެވިފައިހުރެ ވާހަކަދެއްކިއެވެ. ކައިލް މޫނަށް ޖައްސާލި ވައްތަރުން އޭނާގެ ރީތި މޫނުގެ ރީތިކަން އިތުރުވީފަދައެވެ. ޔަނާލްވެސް، ސާމިޔާވެސް ހުރީ ހެވިފައެވެ. ވާނުވާ ނޭނގިހުރިީ އަރޫނާ އެކަންޏެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމުން އޭނާއަށް އުނދަގޫވިއެވެ. އެވަގުތު ފޯނު ރިންގުވާންފެށީ އޭނާގެ ނަސީބުންނެވެ.
“އެކްސްކިއުޒް މީ.” އަރޫނާ ނިކުމެގެން ދިޔައެވެ. ގުޅީ ޒީކާއެވެ. ވާހަކައިގައިހުރެ އޭނާއަށް ނިކުމެވުނީ ބަގީޗާއަށެވެ. އެތާނގައި ހަދާފައިވާ ބެންޗެއްގައި އޭނާ އިށީނެވެ.
“ޒީކް. އައިމް ސީރިޔަސް. އަހަރެން ހަނދާންނެތުނީ. އެނޫނަސް މިއަދު ވަރަށް ބިޒީ. ދެ އެސައިންމެންޓް ނިންމަން އެބައޮތް. ޒޫދައްތަގާތު ބުނޭ ސޮރީއޭ. ބިސައިޑްސް، ޔަންއަށް ނުދެވެންޏާ އައި ކާންޓް ގޯ. އެންޑް އައި ޑޯންޓް ތިންކް ޝީ ކޭން ގޯ ޓުޑޭ.” ޒީކާ ގުޅީ އެގެއަށް އަންނަން ބުނެފައި ނައިސްގެނެވެ.
“ވަޓް އެބައުޓް ޓުނައިޓް؟” ޒީކާ ހުރީ އޭނާގެ ގޮތުގައެވެ. އޭނާގެ މަންމަ ހުރިީ އަރޫނާ އަންނަންވާއިރަށް ކައްކާވެސްފައެވެ. އެހެންކަމުން ކުރި މަސައްކަތް ބޭކާރަށް ދާކަށް ޒީކާ ބޭނުމެއް ނޫނެވެ.”މަ ގޮސްފާނަމޭ ބަލާ.”
“ހޫނ އޯކޭ. ސީ ޔާ ދެން. ހަވީރު އެކަމަކު ނިކުންނާނީ.” ޒީކާ ގޮތްދޫނުކުރާނެކަން އެނގުމުން އެންމެފަހުން އަރޫނާ އެއްބަސްވުމަށްފަހު ފޯނު ކަނޑާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ކައިލް ފެނިފައި އޭނާ ދިޔައީ ސިއްސައިގެނެވެ. ހިތުގެ ހިނގުން އަވަސްވެލިއެވެ.
“މައިންޑް އިފް އައި ޖޮއިން؟” އެއްކޮލަށް ހީލަމުން ކައިލް އަހާލިއެވެ. އެވަގުތު ކައިލް އަރޫނާއަށް ރަނގަޅަށްވެސް ވައްތަރުވީ މޮޑެލްއަކާއެވެ. ހަމަޖެހިލަން މަސައްކަތްކުރަމުން އަރޫނާ ބޯހޫރާލިއެވެ. ކައިލް އަރޫނާގާތު ބެންޗުގައި އިށީނެވެ. ދެން އެދެމެދަށް ވެރިވީ ހިމޭންކަމެވެ.
“ކެއުން ހުއްޓާލާފައި ތިއައީ ކީއްވެ؟” އަރޫނާއަށް އަހާލެވުނެވެ. އެވަގުތު ކައިލްގެ ތުންފަތްމަތީ ދުވެލީ ސިއްރު ހިނިތުންވުމެކެވެ. ނަމަވެސް އަރޫނާ ނެތުމުން ކާހިތް ކެނޑުނީއޭ އޭނާ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟
“ބަނޑުފުރުނީމައެއް ނުކާނެ ދޯ؟” ކައިލް ސީދާ އަރޫނާގެ މޫނަށް ބަލާލިއެވެ.
“އޯހް.” އަރޫނާ ކައިލްގެ ނަޒަރުން އުނދަގޫވެގެން ދުރުބަލަންފެށިއެވެ. ކައިލްއަށް ވަރަށް ކަމުދިޔައެވެ.
“ކޮންތާކަށް ދާވާހަކައެއް ތިދެއްކީ؟” ކައިލް އިޝާރާތްކުރީ ފޯންކޯލަށެވެ.
ސްޓޯލްކްވެސް ކުރަންފެށީތަ؟” ސަމާސާ ހުނުމަކާއެކު އަރޫނާ އަހާލިއެވެ. ކައިލްގެ މޫނު ރަތްވެގެން ދިޔައެވެ.
“ނޯވޭ. އަރޫވެސް ދޯ ދެން. އަހަރެން މިތަނަށް އައި އިރު މާވަރަކަށް ތަނަކަށްދާން ޕްލޭންކުރާތީ އިވުނީ.” ކައިލް ކުޑަކޮށް ރަކިވެފައިހުރެ ވާހަކަ ދެއްކިއެވެ.
“ޑޯންޓް ޓޭކް އިޓް ޕާސަނަލް. މަޖަލަކަށް އެހެން ކީ. މިރޭ ޒީކާމެން ގެއަށް ދާ ވާހަކަ އެއީ. މާލެ އެމީހުން ބަދަލުވީތާ މަހެއް ވާއިރުވެސް އެގެއަށް ނުދެވޭތީ.” އަރޫނާ ބުނެލިއެވެ.
“ޒީކާ އަކީ؟” ކުރިން ނީވޭ ނަމަކަށްވުމުން ކައިލްއަށް އަހާލެވުނެވެ.
“ރަށު ކުއްޖެއް އެއީ. އަހަރެން ހަނދާން ހުންނަން ފެށިއިރުއްސުރެ ވީ އާރ ލައިކް ބެސްޓް ފްރެންޑްސް.” ކުޑަކޮށް ޒީކާއާއި ބެހޭގޮތުން އަރޫނާ ކިޔައިދިނެވެ. ކައިލްއަކަށް އެވަރުން ފުދޭނެހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ސީދާ އަރޫނާއާއި ބެހޭގޮތުން ސުވާލުކުރާކަށް ކައިލްއަކަށް ނުކެރޭނެއެވެ. އަރޫނާއާއި އެކު މިވީ މަސްދުވަސް ތެރޭވެސް މާކަބޮޑު އެއްޗެއް ނޭނގެއެވެ. ޔަނާލްވެސް އަރޫނާގެ ވާހަކަ ދައްކާނީ ވަރަށް މަދުންނެވެ. އެހެންކަމުން އަރޫނާއާއި ބެހޭ އެއްޗެއް ކައިލްއަކަށް އެނގޭގޮތެއް ނުވެއެވެ.
“އެހެން ދޯ. ހޭވް ފަން.” ކައިލް އިސްޖަހާލަމުން ބުނެލިއެވެ.
“ހާދަ މޫޑީވީ؟” ކައިލްއަށް އައި ބަދަލު އަރޫނާއަށް ފާހަނގަވިއެވެ.
“އެ ދެން.. މާބޮޑު ކަމެއް ނޫން.” ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. “މިރޭ ބައްޕަ ބަލާދާއިރު ޔަންކީއާ އަރޫ ގޮވައިގެން ދާންކަމަށް އުޅުނީ. އެކަމަކު ދެން. ފަހުންވެސް އަރޫ އިންޓްރޮޑިއުސް ކޮށްދެވިދާނެ ދޯ.”
އަރޫނާގެ ބަސް ހުސްވިއެވެ. ކައިލް ދެރަވެފައިހުރިކަން އެނގުމުންނެވެ. އެއީ ކީއްވެގެން ވީކަމެއްބާއޭ އަރޫނާގެ ހިތަށް އެރިއެވެ.
“އައިމް ސޮރީ.” އަރޫނާއަށް ބުނެވުނެވެ.
“އިޓްސް އޯކޭ.” ކައިލް ގަދަކަމުން ހިނިތުންވެލިއެވެ. އަރޫނާއަށް އެއްވެސްގޮތަކުން ކައިލް އޭނާއާއިމެދު ދެކޭގޮތް އެނގޭކަށް އަދި ބޭނުމެއް ނޫނެވެ.
“ޒީކް ވަރަށް ގޮތް ދޫނުކުރާނެ. އެހެންވެ ދާން މަޖްބޫރުވީ. އެނީވޭސް، ޔަން ހުންނާނެ ސޯ ޔޫ ކޭން ޓޭކް ހާ.” އަރޫނާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެ މައުސޫމް ހިނިތުންވުމުން ކައިލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
“ޔާ..” ކައިލް ބުނެލުމުން އަރޫނާ ތެދުވެގެން ދިޔައީއެވެ. ކައިލް އަރޫނާ ދިޔަދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން ހެވިފައި ހުއްޓެވެ.
“ޒީކާ އަރޫނާ ބަލާދިޔައީ ހަވީރު ފަހެއްޖަހަނިކޮށެވެ. ތައްޔާރުވެގެން ނިކުމެވުނުއިރު ފަސްގަޑިބައި ވެއްޖެއެވެ. ކައިލްމެންގޭ ހުންނަނީ މައްޗަންގޯޅީގައިކަމުން ހިނގާފައި ދާންޖެހެނީ ހެންވޭރަށެވެ. ޒީކާމެން އުޅޭ ގެ ހުންނަނީ އޭޑީކޭ ހޮސްޕިޓަލް ހުންނަމަގުގައެވެ. އެކި ވާހަކަތަކުގައި ތިބެގެން އެމީހުން ގޮސް އެމަގަށް އެޅުމާއެކު ހައިރާންވީ އެމަގު ބަންދުކޮށްފައި ވާތީއެވެ.
“ކިހިނެތް ވެގެން މިއުޅެނީ؟” އަރޫނާއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
“އެކްސިޑެންޓެއް ވީ. އަންހެންކުއްޖަކު މަގުހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހުނީ. އެކުއްޖާއަކީ ކާކުކަންވެސް ނޭނގޭވަރު ވެފައި އޮތީ. ހޮސްޕިޓަލަށް ގެންގޮސްފި މިހާރު.” ކައިރީގައި ފާރަށް ލެނގިލައިގެން އެތަނަށް ބަލަހައްޓައިގެން ހުރި މީހަކު ކިޔައިދިނެވެ.
“ކާކުބާ؟” އަރޫނާ ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އޭނާއަށް ފައި ނެގުނީ އެއްޗެއްގައި ފައި އެޅުނުހެން ހީވެގެނެވެ. އެއީ ރަތްކުލައިގެ ޕާހެކެވެ. އިޚްތިޔާރަކާނުލާ އަރޫނާއަށް ޕާސް ހުޅުވާލެވުނެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އޭގައި ހުރި އައިޑީކާޑެވެ. އެއާއެކު ނޫނެކޭ ބުނެވުނީ ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ.
“އެ ކުއްޖަކު ވިއްސައިގެން ދިޔަތަ؟” އަރޫނާ އެ އަންހެންމީހާއާއި ސުވާލުކުރިއެވެ.
“އާނ. އެހެރަ ނޫކުލަ ލާފައި އިން ގޭގެ ފާރުގައި ޖެހުނީ. ޖެހުނު ގޮތަށް ބޯ ފަޅައިގެން ދިޔައީ.” އެމީހާ ކައިރީހުރި ގެއެއް ދައްކާލަމުން ބުންޏެވެ. އެދިމާލުގައި ހިކިފައިވާ ލޭގެ ކޯރެއް ވެއެވެ. އަރޫނާގެ އިތުރުން ޒީކާގެ ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ.
“ޒީކް. ވީ ނީޑް ޓު ގޯ ދެއާރ. ނައު.” އަރޫނާއަށް ތެޅިގަނެވުނެވެ.
“އޭ އަރޫ. ކިހިނެތް ވީތަ؟” ޒީކާވެސް ބިރުގަތެވެ.
“ސުވާލުނުކުރޭ އިހަށް. އޭޑީކޭ އަށް ހިނގާށޭ.” އަރޫނާގެ އަޑުންވެސް އޭނާ ހާސްވެފައިވާ ވަރު ހާމަވެއެވެ.
ޒީކާއަކީ މާލެ ދަސް ކުއްޖެއްކަމުން އެކި މަގުމަގުން ހިނގަމުންގޮސް އެހިސާބަށް ދެވިއްޖެއެވެ. އޭރުވެސް މީހުންގަނޑު އެތާގައި އޮތެވެ.
އަރޫނާ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.
“ޑޭމްން އިޓް!” ފޯނު ނުނެގުމުން އަރޫނާއަށް ބުނެވުނެވެ. އޭނާ އަނެއްކާ އެހެން ނަންބަރަކަށް ގުޅާލިއެވެ.
“އަލް. އިޒް ޝީ ހޯމް؟” ފޯނު ނެގުމާއެކު އަރޫނާއަށް އަހާލެވުނެވެ.
“ނޯ. ކޮލެޖް ކަމަކުއޭ ކިޔާފަ މެންދުރު ނިކުތްގޮތަށް ހަބަރެއް ނުވޭ. އަލް ގުޅައިވެސްފިން. ފޯނު ނިއްވާލާފަޔޯ ބުނަނީ.” ޢަލްޔާ ކިޔައިދިނެވެ.
“އޯހް ނޯ.” އަރޫނާއަށް ބުނެވުނެވެ.
“ކިހިނެތް ވީތަ؟” ޢަލްޔާއަށްވެސް އަރޫނާގެ އަޑުގައިވާ ހާސްކަން ފާހަނގަވިއެވެ.
“އަލް. ވަރަށް އަވަހަށް އާދެބަލަ އޭޑީކޭއަށް. ޖީވެސް ގޮވައިގެން. އައީމަ އެނގޭނެ ވީގޮތް.” އަރޫނާ ބުނެފައާއި އެކު ފޯނު ކަނޑާލައިފިއެވެ. އޭނާ ހިނގައިގަތީ ހޮސްޕިޓަލުގެ އެތެރެއަށެވެ. ޔަގީން ކުރާށެވެ. ގަބޫލުކުރަން ހިތް ދެކޮޅުހަދާތީއެވެ.
ޢަލްޔާގެ ހިތް ބިރުން ފޯވެއްޖެއެވެ. ޝީންއަށް ކިހިނެތްވީބާވައެވެ؟ ޔަގީނުންވެސް ބޮޑުކަމެއް ނުވާނަމަ އަރޫނާ އެހާ ހާސްވެފައެއް ނުހުންނާނެއެވެ. އޭނާ ޖީޒާންއަށް ގޮވަން ދިޔައިރު އޭނާ އޮތީ ނިދާފައެވެ. އަރޫނާ ބުނިވާހަކަ ބުނަމުން އޭނާ ތިރިއަށް ދިޔައީ ޓެކްސީއެއް އަތުގައި ޖެއްސޭތޯއެވެ. ޖީޒާންވެސް ވާނުވާގައިހުރެ ތައްޔާރުވެގެން އައެވެ.
ޢަލްޔާމެންނަށް އެހިސާބަށް ފޯރިއިރު މީހުންގޮސް ހުސްވެއްޖެއެވެ. ކަމެއް އެތާނގައި ހިނގިހެންވެސް ހީނުވާހާ އެތަން އޮތީ އަމާންކޮށެވެ. ޓެކްސީއިން ފައިބައިގެން ޢަލްޔާގެ ދެލޯ ހޯދައިލީ އަރޫނާއެވެ. ވަންނަ ދޮރުކައިރީ ހުރި އަރޫނާ ފެނުމުން އޭނާ ހިނގައިގަތެވެ. ޖީޒާންވެސް ފަހަތުން ދިޔައެވެ.
“ކިހިނެތް ވެގެން މިއުޅެނީ؟” ޢަލްޔާއަށް ވަގުތުން ސުވާލުކުރެވުނީ ބިރުން ހުރި ވަރުންނެވެ. އަރޫނާ ފެންކަޅިވެފައިހުރެ ކިޔައިދިނެވެ. އޭނާ އައިޑީކާޑް ދެއްކުމުން އެއީ ޝީންކަން ޑޮކްޓަރު ޔަގީން ކޮށްދެއްވިއެވެ. ޢަލްޔާގެ ލޮލުން ކަރުނަތައް އޮހިގަތްއިރު ޖީޒާން ހުރީ ދެލޯ ބޮޑުކޮށްގެން އަރޫނާއަށް ބަލާށެވެ. އަރޫނާ ދޮގެއް ނަހަދާނެކަން އެނގޭއިރުވެސް އޭނާއަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. ލޯބިނުވިޔަސް ޝީންއަކީ އޭނާގެ ނުލާހިކު މުހިންމު އެކުވެރިއެކެވެ. ޝީންއަށް އެފަދަކަމެއް ވެދާނެޔެކޭ އެހިތް ގަބޫލެއް ނުކުރެއެވެ.
އަވަސްފަރުވާދޭ ރޫމްގެ ކުރިމަތީ އަރޫނާއާއި ޢަލްޔާ އަދި ޖީޒާންއާއި ޒީކާގެ އިތުރުން ޝީންގެ ބޭބެ ޝައިލް ތިބިއިރު ކޮންމެ މީހެއްގެ ހިތްވެސް ބާރުބާރަށް ތެޅެމުން ދެއެވެ. ޑޮކްޓަރުގެ ޖަވާބު ލަސްވާތީ ކޮންމެވެސް ކަމެއް ވެއްޖެކަމަށް އެ ކުދިންގެ ހިތް ބުނަމުން ދިޔައެވެ.
އެމީހުންގެ އިންތިޒާރަށް ނިމުމެއް އައީ ނިކުމެގެން އައި ނަރުސްކުއްޖާ ފެނިފައެވެ. އެކުއްޖާއަށް ބަލާލުމުންވެސް ކަންތައްތައް ރަނގަޅެއް ނޫންކަން ހާމަވެއެވެ.
“ޝީން ޝަރީފްގެ އެހީތެރިން؟” އެކުއްޖާ އެމީހުންނަށް ބަލާލަމުން އަހާލިއެވެ. އެންމެންވެސް ބޯޖަހާލިއެވެ.
“އިޒް ޝީން އޯކޭ؟ ކޭން ވީ މީޓް ހާ؟” ޝައިލް ކުރިއަށްޖެހިލައި އެތެރެއަށް އިޝާރާތްކުރަމުން ވާހަކަދެއްކިއެވެ. ޝައިލްގެ އެ އަމަލުން ނަރުސްކުއްޖާ ފެންކަޅިވެގެންދިޔަތަން ފެނުނެވެ.
“ސޮރީ. ބަޓް ޝީ..” ނަރުސްކުއްޖާއަށް އެވާހަކަ ބުނާނެ ގޮތެއް ނުވިސްނުނެވެ.
“އަޅެ ޝީން އަށް ކިހިނެތްވީތަ؟ ތި ސޮރީ ސޮރީއެއް ކިޔައިގެނެއް ވީގޮތެއް ނޭނގޭނެ ދޯ.” ޖީޒާންއަކަށް ހިމޭނަކުން ނުހުރެވުނެވެ.
“މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ބުނަން މިއުޅޭ އެއްޗަކީ ޝީން އިޒް ނޮޓް ދެއަރ އެނީ މޯ އޭ. އެކްސިޑެންޓްގައި ބޮލަށް ވީ އަނިޔާގައި ސިކުނޑިއާއި ގުޅިފައިވާ ނާރެއް ފަޅައިގެން ދިޔައީ. ހޮސްޕިޓަލަށް ގެނެވުނުއިރުވެސް، ޝީ ވޯޒް ނޮޓް އެލައިވް.” ނަރުސްކުއްޖާގެ ވާހަކަތަކާއެކު އެންމެންގެ ހިތްތަކަށް އަސަރުކުރިއެވެ. ކިތަންމެ ބޮޑުކަމަކަށް އުންމީދުކުރެވުނަސް ޝީން އުމުރަށް ވަކިވެދާނެކަމަކަށް އުންމީދު ކުރެވިފައި ނުވާތީއެވެ.
ޢަލްޔާއަށް ހުރިތަނަށް ތިރިވެވުނެވެ. އޭރު އެދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންދިޔައެވެ. ޖީޒާންވެސް ޝައިލްވެސް އެހާލެވެ. ޒީކާވެސް ޝީން ދުވަހަކު ނުދެކުނަސް އެމީހުންނަށް ކޮށްފައިވާ އަސަރުގެ ސަބަބުން ހުރީ ރޮވިފައެވެ. އަރޫނާއަށް ވެފައިހުރީ އެހެންކަހަލަ ގޮތެކެވެ. ހުއްޓުން އަރާފައި ހުރީއެވެ. ފެންކަޅިވެފައި ހުރިނަމަވެސް އެލޮލަކުން ކަރުނައެއް ނުފައިބައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ މިއީ ކަންތައްގަނޑެއްގެ ފެށުން ކަމުގައެވެ. ޝީން ކޮންމެވެސް ކަމެއް ސިއްރުކުރީ ކަން ނޭނގެއެވެ. ޝީންގެ ޕާސް އޮތްތަނުގެ ސަބަބުން އެހިތް އެއީ އިއްތިފާގުން ވީ އެކްސިޑެންޓެއް ކަމަށް ގަބޫލުނުކުރަނީއެވެ.
ކައިލް ހުރީ ބެލްކަނީގައެވެ. ފޯން ހިފައިގެން ހުރިއިރު އޮއްސެމުންދިޔަ އިރުގެ ދޯދިތައް ފަނޑުވަމުންދާކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެތެރޭގައެވެ. އެހެން ހުރެފައި އޭނާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.
“ހަލޯ.” އެކޮޅުން އިވުނީ އަންހެން އަޑެކެވެ. އެ އަޑު އިވުމުންވެސް ކައިލްގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވިއެވެ.
“ލަޔާލް. އަހަރެން ނިންމައިފިން މިގުޅުން ދެން އޮންނާނެ ގޮތާމެދު.” ކައިލް ވާހަކަދެއްކިއެވެ. ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އޭނާ މަސައްކަތްކުރީ އަޑުން އެކަން ނާންގާށެވެ.
“ތިބުނީ؟” ލަޔާލްއަކަށް އޭގެ މާނަ ނަގާނެގޮތެއް ނޭނގުނެވެ.
“މިބުނީ؟ ބައްޕަ މިރޭ ދުރުވީމަ ދޭނެ ޖަވާބެއް އަހަރެން ނިންމައިފީމޭ. ހޭވް އަ ގުޑް ލައިފް ލަޔާލް. ބާއި.” ކައިލް ޖަވާބުދިނުމަށްފަހު ފޯނު ކަނޑާލަން އުޅުނެވެ. ނަމަވެސް ލަޔާލްގެ އަޑުއިވިފައި އޭނާއަށް ހުއްޓެވުނެވެ.
“ވެއިޓް އަ މިނިޓް.ކައިލް. ކީކޭ ތި ކިޔުނީ؟” ލަޔާލްއަށް ގަބޫލުކުުރަން ދަތިވިއެވެ.
“ވީ އާރ ޑަން އޭ.” ކައިލްގެ ޖަވާބު ކުރެވެ.
“ކައިލް. ޔޫ ކާންޓް ގެޓް އަވޭ ވިތް ދިސް. އަހަރެންގެ އެއްވެސް ކުށެއް ނެތީސް ތި ދޫކޮށްލީ. އާރިޒްބެ ތިކަމަކާ އެއްބަހެއް ނުވާނެ.” ލަޔާލް ފޮނިވެލާފައި ބުނެލިއެއްޗަކުން ކައިލްއަކަށް ރުޅިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.
“ލަޔާލް ބުނަން. ބައްޕަ އަހަރެންގެ ނިންމުމަކާ ދެކޮޅެއް ނަހައްދަވާނެ. އަހަރެން ލަޔާލްއާ ގުޅުނީވެސް ބައްޕަ އެދިލައްވައިގެން. ބައްޕަ ފުރަތަމަވެސް ބުނުއްވީ ތިމަންނަ ބޭނުންވިޔަސް ކައިލް ރުހެންޏާއޭ ގުޅޭނީ. އޭރު އައި ހޭޑް ނޯ އިންޓްރެސްޓް އޮން ގާލްސް. އެކަމަކު މިހާރު އަހަރެންނަށް ކަމުދާ ކުއްޖެއް ފެނިއްޖެ. އެންޑް އައި ޑޯން ވޯން ޓު ޓޯކް ޓު ޔޫ އަގެއިން. މަށަށް ނޭނގޭނެކަމަށް އެހެން ފިރިހެންކުއްޖަކާ ގުޅުން ބާއްވާކަން މަށަށް ރަނގަޅަށްވެސް އެނގޭ.” ކައިލް ފޯނު ކަނޑާލީ އޭނާ ލަޔާލްއަށް ނަފްރަތުކުރާ ސަބަބު ރަނގަޅަށްވެސް އަންގާލާފައެވެ.
“ޔޫ ކާންޓް ގެޓް އަވޭ ވިތް ދިސް ކައިލް އާރިޒް. ޔޫ ބިލޯންގްސް ޓު މީ. އަހަރެން ތި ކުއްޖަކަށް ހަދާލާގޮތް ބަލައްޗޭ.” ލަޔާލް އައި ރުޅީގައި ފޯނު ހޫރާލިއެވެ. އޭނާ ކޮންމެހެން ކައިލް ބޭނުންވެގެން އުޅެނީކީ ލޯބިވާތީއެއް ނޫނެވެ. ކައިލްގެ މުއްސަނދިކަމަކީ ލަޔާލްގެ ހުރިހާވެސް ބޭނުމެވެ. އެކަމަށް އޭނާގެ މައިންބަފައިންނާއި ބޭބެ އެދިއެދި ތިއްބާ ކައިލް އެނެގި ފިޔަވަޅުގެ ސަބަބުން ބަދަލުހިފުމުގެ ރޫހު އޭނާގެ ހަށިގަނޑުގައި ހިފާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


Woooooow salhi mi part vx…….whn next……maasha allah….???????
v v v v v v habeys mi part vx maasha allah………whn next….luv yahh
Thanks?. Tuessay ga next
nd me first dhw
Nice ?… waiting for the next part☺..
Thanks?
ᗯOᗯ ᐯ ᑎIᑕE ???????????????
Thanks ☺
alhey v v mysteriuos dhw..mihaaru mi story ….vv reethi bt lahy up vaaleih,..avahah nxt part up kohdhehchey..vv curious..masha allah..luv yah.me second dhw
ooops swry maya kuri comment eini anonymous ge name ga publish vefa..swry
Thanks ingey?❤ last week ga we had our schedule tests ehve las v
ooops swry maya kuri comment eini anonymous ge name ga publish vefa..swry
ooops swry maya kuri comment eini anonymous ge name ga publish vefa..swry ingey..plyx maaf
It’s okey ey?
Hi Aruu☺??I amspeechless..masha allah..vrh reethi mi part..????sifakurunthah vrh habbu nge..??☺??Ehnma Tuesday ah wait kuran dhw mi jehuny..BTW..I mean overall koh hama salhi ey..☺☺????cvr pic vrh salhi nge..????????Alheyyy..Aruna ah dhera gotheh nuhadhahchey..plxx ey dhoonya..????Can’t wait to see wat’s gonna happen nxt..Alhe kon moyaeh vegen ulhey layaal eh tha aee?haadha foohsey eyna ulhey gothun..??????Avas reply eh dhehche buddy..☺☺?????much loves❤❤??????♥♥Insha allah..we will meet on Tuesday dhwww..☺?????
Thanks thanks thanks??❤
masha allah varah reethi. i love this story. and girl keep it up okay. so when is the next part???
Thanks darl.❤ Tuesday or wedges day insha allah?
Wow v nice ????