ރާސްތާ 44
ހަތަރު އަހަރު ފަސް…..
ރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ކުޅިވަރު ކަމަށްވާ ވޯލްޑްކަޕަށް ދިވެހި ރާއްޖެ ކޮލިފައިވެގެން ދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ފުޓުބޯޅަވަނީ ހީނުކުރާހާ ބޮޑަށް ކުރިއަރާފައެވެ. އިންޑިއާ ވަށްޓާލުމަށްފަހު އެންމެ ފަހުން ބޭއްވުނުދެ ދެ ސާފްޗެމްޕިއަންޝިޕް ވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެ ބަލިވީ އޮސްޓްރޭލިއާ އަތުން އެންމެ ލަނޑެއްގެ ތަފާތުންނެވެ. ތިންވަނަ ހޮވި މެޗުގައި ސައުދީ އަރަބިއްޔާއާ ވާދަކަށް ދޭއް އެކަކުން މޮޅުވެގެން ރާއްޖެވަނީ އެޝީއާގެ ތިންވަނަ ހޯދާފައެވެ.
އޭޝިއާ ކަޕްގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުލަބުތަކުގެ ކޯޗުންގެ ލޮލުގައި އެކުޅުންތެރިން އަޅައިގަތެވެ. އޭރުވެސް ރާއްޖޭގެ ފަސްވަރަކަށް ކުޅުންތެރިން ޔޫރަޕުގެ ނަންމަޝްހޫރު ނޫން ލީގުގައި ކުޅެމުން ދިޔައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބު ކަމަށްވާ ރިއަލް މެޑްރިޑުން އާރާޝް ގަތުމުން ދުނިޔޭގެ މީޑިއާގެ ސަމާލުކަން މުޅި ރާއްޖެއަށް ހުއްޓުނެވެ. އެ ޓްރާންްސްފާ ވެގެން ދިޔައީ ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް އަރައިގެން ދިޔަ ސަބަބަކަށެވެ. ރާއްޖޭ ލީގު އިހުނަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވެން ފެށުނެވެ. ރާއްޖޭގެ ކުލަބު ތަކުގެ އަޑުވެސް މުޅި އޭޝިއާގައި ގަދަވާން ފެށިއެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފުރަތަމަ ކުޅުނު ދިވެހި ކުޅުންތެރިޔާގެ ޝަރަފު އާރާޝަށް ލިބިގެން ދިޔައެވެ. މުޅި ރާއްޖެ އޭނާއާ މެދު ފަޚުރުވެރިވެގެން ދިޔައެވެ. އެމެޗުގައިވެސް އާރާޝް ތަފާތު ދެއްކިއެވެ. ޅައުމުރުގައި ފެންވަރު ރަނގަޅު ތަމްރީންތައް ލިބިފައިވުމާއެކު އާރާޝްގެ ހުނަރު ތަރައްގީވެގެން ދިޔައެވެ. އާރާޝެކޭ އެއްފަދައިން އެހެން ދިވެހި ކުޅުންތެރިންނަށްވެސް ޔޫރަޕުގެ ނަންމަޝްހޫރު ކުލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބުނެވެ.
އެފްއޭ ކަޕުގެ މެޗު ތަކުގައި އާސެނަލްގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު އަކްމަލަށް ލިބެމުން ދިޔައެވެ. އޭނާއަށް ލިބެމުން ދިޔަ ފުރުސަތުގެ ބޭނުން ވަރަށްވެސް ރަނގަޅަށް އަކްމަލް ހިފަމުން ދިޔައެވެ.
އަހުސަމް އަބަދުވެސް އެންމެ ސަޕޯޓްކުރާ ކުޅުންތެރިއަކީ ނޭމާއެވެ. ނޭމާއާ އެއްކޮށް މެޗެއްކުޅުމާކީ އަހުސަމް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. މިއަދު އަހުސަމް ކުޅެމުން އެދަނީ ނޭމާއާ އެއްކޮށް ޕީއެސްޖީގައެވެ.
ދުނިޔޭގެ އެންމެ ހުނަރުވެރި އެއް ޑިފެންޑަރަކަށް މާއިޒް ވެގެން ދިޔައެވެ. އެހެނަސް ރޯމާއަށް ކުޅެމުން ދަނިކޮށް ފަޔަަށް ލިބުނު އަނިޔާއަކާ ގުޅިގެން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގަ ހުންނަން ޖެހުނެވެ. އެހެނަސް މާއިޒްގެ ބުރަމަސައްކަތުން އިހުނަށްވުރެއްވެސް ވަރުގަދަކޮށް އަނބުރާ ކުޅުމުގެ ތެރެއަށްއައެވެ. އިޓަލީގައި އެވަގުތު ކުޅެމުން ދިޔަ އެންމެ މޮޅު ޑިފެންޑަރަކީ މާއިޒްއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ކޮލިފައިން މެޗައްފަހު ރާއްޖެ އާދެވޭތީވެ ހުރިހާ ކުޅުންތެރިންވެސް ތިބީ ނުހަނު އުފަލުންނެވެ. މާއިޒާއި އަކްމަލް އަދި ކެތްތެރިކަމެއް ނެތި އިންތިޒާރު ކުަރަމުން ދިޔައީ އަމިއްލަ ވަޒަނަށް ދެވޭތީއެވެ. އެކުދިންނާ ޚިލާފަށް އާރާޝް ރާއްޖެދާން ފޫހިވިއެވެ. ރާއްޖެ ގޮސްފިނަމަ އޭނާ ޖެހޭނީ އަންހެން ކުދިން ތުއިވާތަން ބަލާށެވެ. މަގުމަތިން އޭނާ ފެންނަ ހިނދު މީހުންގަނޑު ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ.
ތިން އަހަރު ދުވަހުގެ ޑިގްރީއަށް ފަހު މާނީ އެނބުރި ރާއްޖެއައިސް ވަޒީފާއަށް ދާންފެށިއެވެ. ކައިވެނީގެ ވާހަކަ ޒަހީނު ދެއްކުމުން މާނީ ބުނީ ވަޒީފައިގައި ހަމަޖެހިލުމުން ކައިވެނި ކުރާނެކަމަށެވެ. އެހެނަސް ހަގީގަތަކީ އެކައިވެނި ކުރާކަށް މާނީގެ ހިތްނޭދޭކަމެވެ. އިވާންވެސް އޭނާ ބުނި ބަސް ގަބޫލުކޮށްގެން އިންތިޒާރުގަައި ދުވަސްތައް ގުނަމުން ދިޔައެވެ.
އެއް އަހަރު ދުވަސް ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން މާނީ ވަނީ ހޯދާފައެވެ. ފިރިހެން ނޫސްވެރިން ވައްޓާލުމަށްފަހު ކުޅިވަރު ޚަބަރުތައް ގެނަސްދިނުމުގައި މާނީވަނީ ކުރި ހޯދާފައެވެ. އޭނާއަކީ މާއިޒްގެ ކޮއްކޮއަށް ވީތީވެސް ގިނަބަޔަކު އޭނާއަށް ތައުރީފު ކުރެއެވެ. މާނީ ގަބޫލު ކުރާ ގޮތުގައި އޭޭނާާއަށް ނޫސްވެރިކަމުގެ ދާއިރާއިން ކުުރިައަށް ދެވުނީވެސް ދޮންބެއާއި އާއިލާ މީހުން ދިން ހިއްވަރުންނެވެ. އެހެނަސް އޭނާއާ އާރާޝްގެ ގުޅުން ވޭތުވެ ދިޔަ ހަތަރު އަަހަރުދުވަސް ތެރޭގައި ވަނީ ހީނަރު ވެފައެވެ. އެކަމާ މާނީ ކިތަންމެ ހިތަާމައެއް ކުރިއަސް ކުރެވޭނެ ވަކި ކަމެއް ނެތެވެ.
ތަނަވަސް އެނދުގައި ނަވްޔާއަށް ނިދިފައި އޮތްއިރު ނަވްޔާގެ މޫނު މަތިން ވަރުބަލިކަމުގެ އަސަރަތައް ފެންނަން ހުއްޓެވެ. ނަވްޔާގެ ކަނާއަތް ފަރާތުގައި ދެލޯބޮޑުކޮށްގެން ދިހަ ވަރަކަށް މަހުގެ ފިރިހެން ކުއްޖެއް އޮތެވެ.
ދަން ގަޑިއެއް ކަމުން މާއިޒް ވަރަަށް މަޑުން ގޭގެ ދޮރު ހުޅުވިއެވެ. އޭރު ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ލެޕްޓޮޕެއް އިނެވެ. މުޅި މޭޒުމަތި ވަނީ ކަރުދާހުން ފުރިފައެެވެ. ސޯފާގައި އޮށޯވެލައިގެން ވަރަށް އަރާމުކޮށް ނިދާފައި މާނީ އޮތެވެ. މާއިޒް ލަސް ފިޔަވަޅުތަކެއްގައި ގޮސް މާނީއަށް ގޮވިއެވެ. ފަސްވަރަކަށް ފަހަރު ގޮވުމުންވެސް މާނީ ނުތެދުވިކަމަށް މާއިޒް އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ގޭދޮރު ހުޅުވިހާ މަޑުން ކޮޓަރީގެ ދޮރުވެސް މާއިޒް ހުޅުވިއެވެ. ދެލޯ ބޮޑުކޮށްގެން ދޮރާ ދިމާއަށް ބަލަން އޮތް ޔާޒް ފެނުމުން މާއިޒަށް ހިނިތުންވެވުނެވެ. އޭނާގެ ލޯބިވާ ދަރިފުޅު މަހެއްހާ ދުަވަސް ފަހުން ފެނުމުން އެހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ. މާއިޒް ގޮސް ޔާޒް އުރާލުމާއެކު ޔާޒް ހީލިއެވެ. “ޝްޝްޝް. މަންމިއަށް ހޭލެވިދާނެ.” ޔާޒްގެ ތުންފަތުގައި އިނގިލި ޖައްސާލަމުން މާއިޒް ބުންޏެވެ. ޔާޒް ެެާެެެެާެެެާެެެެާެެާެެެެާެެެާެެެެެެާެެެެާެެެާެެެެާެެާެެެެާެެެާެެެ އާފުރެން ފެށުމާއެކު މާއިޒް އޭނާގެ ކޮނޑުގައި ޔާޒް ބާއްވައިގެން ކޮޓަރީގެ ދެކޮޅަށް ހިނގާލިއެވެ. ޔާޒް ނިދުމާއެކު ކުޑަ އެނދަށް ލުމަށްފަހު މާއިޒް ވަނީ ފާޚާނައަށެވެ.
ނަވްޔާއަށް ހޭލެވުނުއިރު އޭނާ ގާތު ޔާޒް ނެތުމުން ފުންމައިގެން ތެދުވެވުނެވެ. “ޔާޒް” ތުރުތުރު އަޅާ އަޑަކުން ނަވްޔާއަށް ޔާޒަށް ގޮވާލެވުނެވެ. އޭރު ފާޚާނަ ދޮރު ހުޅުވައިފައި މާއިޒް ނުކުންނަނީއެވެ. “ނާޔާ. ހަމަޖެހިބަ. ޔާޒް އެނދަށް ލައިފިން.” ނަވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “މާއިޒް ވަރަށް ބޮޑަށް ސޮރީ.ޔާޒް ނިންދަވަން އޮއްވަ މަށަަށްވެސް ނިދުނީ. ކާން ހަދަންވީތަ” ނާޔާ އިޓްސް އޯކޭ. ނާޔާ ތިހިރީ ވަރަށް ވަރުބަލިވެފައެއްނު. އަހަރެންގޮސް ކާލަފާނަން. ނުންނުވެސް އެބޮތް ސޯފާގަ ނިދާފަ” ހަރުގަނޑުގައި ތުވާލި އަޅުވާލަމުން މާއިޒް ބުންޏެވެ. “ކުރިން އިންނާނީ ޓެރަހުގަ. ތިއްތައާ ކުއްބެ ވަރަށް ކިޔައިގެން ތިރިއަށް މިރޭ މައްޗަށް އެނުދިޔައީ”
މާއިޒް ގޮސް އަނެއްކާވެސް މާނީއަށް ގޮވިއެވެ. މިފަހަރު ވަރަށް ފަސޭހައިން މާނީ ހޭލިއެވެ. “ދޮންބެ ކޮންއިިރަކު އައީ؟” މާއިޒް ފެނުމާއެކު މާނީއަށް އަހާލެވުނެވެ. “ދޮންބެ އައިރެއް ނޫން ބަލަންވީކީ. ތި ރީއްޗަށް ގޮސް އެނދުގަ ހަމަޖެހިގެން ނިދާބަ” މާއިޒް އެހެން ބުނިއިރު ނަވްޔާ ކޮޓަރިން ނިކުންނަނީއެވެ. “ޔާޒް ނިދީ؟” ޔާޒް ނިދީކަން ޔަގީން ވުމާއެކުވެސް މާނީ އަހާލިއެވެ. “އާނ. މިރޭ ނިދައިފި. އެކަމު ޔާޒް ނިދުމުގެ ކުރިން މަށަށް ނިދިއްޖެ” ނަވްޔާ ދެން އަވަސްވެ ގަތީ މާއިޒަށް ކާން ހަދާށެވެ. މާނީވެސް އަތަށް ލެޕްޓޮފާއީ ގަނޑުތައް އަޅައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
އަކްމަލް ގެއަށް ވަންއިރު އިޝްމާ އުޅެނީ ތިންމަހުގެ އަލައިކާ ނިންދަވާށެވެ. އަނގައިން އެކި އަޑުލެއްވުމުންވެސް އަލައިކާ ނިދާގޮތެއް ނުވިއެވެ. “އިޝްދީބަ މަގޭ އަތަށް” އިޝްމާ އުުޅުނު ހާލު ފެނުމާއެކު އަކްމަލް ދެރަވިއެވެ. އަކްމަލް އުޅެގެންވެސް އަލައިކާ ނުނިދިއެވެ. “އާމް. ދެން ބާއްވާ. އެނދުގަ ބޭއްވީމަ ފަހަރެއްގަ ނިދާފަނެ. ނޫނީ ވެދާނެ އާމް އަންނާތީވެ ކަމަށް ހޭލާ އެއޮތީ.އެހެން ރޭރޭގަ ވަރަށް އަވަހަށް ނިދާނެ ދޯ ދަރިފުޅު” އިޝްމާ އަލައިކާގެ ނިތުގައި ބޮސް ދިނެވެ. “ތޭންކްސް އިޝް.” އިޝްމާ އޭނާގެ ގަޔާ ކައިރިކޮށްލަމުން އަކްމަލް ބުންޏެވެ.
އަހުސަމް ގެއަށް ވަންއިރު އިސްރާއާއި އެދެމީހުންގެ އެއް އަހަރުގެ ދަރިފުޅު އައިރާ ލޯބިކޮށް ނިދާފައި ތިއްބެވެ. ދެމައިންނަށް ހޭލެވިދާނެތީވެ އަހުސަމް ވަރަަށް މަޑުން ގޮސް ފާޚާނައަށް ވަނެވެ.
އާރާޝް ގެއަށް ވަން އިރު އައްޒާމާއި އަފްރާ ނުނިދާ ތިއްބެވެ. އައްޒާމާއި އަފްރާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އެއްވެސް ވާހަކައެއް ނުދައްކާ އާރާޝް ގޮސް ކޮޓަރިއަށް ވަނެވެ. “ޒާމް. އަހަންނަށް ވަރަށް ހީވޭ އާރާޝް ކޮންމެސްކަމަކާ ހިތާމަ ކުރާހެން ޒާމްއަކަށް ހިއެއް ނުވޭތަ؟” އާރާޝްގެ ބަދަލުވަމުން ދިޔަ މިޒާޖާ ދޭތެރޭ އަފްރާ ކަންބޮޑުވަމުން ދިޔައެވެ. “މަށަށްވެސް ތިހެން އެބަ ހީވޭ. މާދަމަ އަހަރެން އާރާޝާ ވާހަކަ ދައްކާނަން ދެން ހިނގާ އަހަރުން ނިދަންދާ” އައްޒާމް އޭނާއާއި އަފްރާގެ ދަރިފުޅު ޒިވާ ހުއްޓެއް ކަމަކު އަދިވެސް އަމިއްލަ ދަރިއެއް ފަަދައިން އާރާޝް ދެކެ ލޯބިވެއެވެ.
ފޯނުގެ އެލާމްގެ އަޑަށް މާނީ ފުންމައިގެން ތެދުވިއެވެ. އޭރު ޔާޒް ހޭލައިގެން އަޑު ލައްވާއަޑު ސިޓިންރޫމުން އިވެމުން ދިޔައެވެ. ފަތިސްނަމާދުކޮށްގެން ކޮފީތަށްޓެއް ބޯލަން މާނީ ކޮޓަރިން ނުކުތެވެ.
“ޔާޒް ކަމް ބޭބީ ކަމް” ޔާޒް ބިމުގައި ބަހައްޓައިގެން އޭނާ ގާތަށް އާދޭތޯ ދެއަތް ފުޅާކޮށްގެން މާއިޒް ޔާޒްއަށް ގޮވަމުން ދިޔައެވެ. ވަރަށް ނުފަރިތަކޮށް ޔާޒް މާއިޒް ގާތަށް ހިނގަމުން ދިޔައެވެ. ނަމަވެސް މާނީ ކޮޓަރިން ނުކުތުމާއެކު ޔާޒް މާނީއާ ދިމާއަށް ދާންފެށިއެވެ. “އޯ ދޮންތިގެ ޔާޒް. ދޮންބޭ ޔާޒް ނުންނުދެކެ މާ ލޯބިވޭ” މާއިޒާއި ދިމާއަށް ދޫނެރިލަމުން މާނީ ބުންޏެވެ. ޔާޒް އޭނާއާ އަރާ ހަމަވުމުން ޔާޒް އުރާލާފައި އޭނާގެ ކޮލަށް ދޮންދިނެވެ. “ޔާޒް ދޭ ބައްޕި ކައިރިއަށް. ބައްޕި ދެރަވާނެއްނު ކޮއްކޮ ނުދައްނާމުން ދޮންތި ގެންގޮސްދޭނަން” މާނީ ޔާޒް އުރައިގެން މާއިޒް ގާތަށް ގެންދިއައެވެ. “ނުންނު ދޭބަ ޔާޒް ގޮވައިގެން ޓެރަހަށް” މާއިޒް އެހެން ބުނުމާއެކު މާނީ ލާނެއް ގޮތަކަށް ހީލިއެވެ. “ހިނގަދާން ޔާޒް.ނާޔާ މަށަށް ކޮފީއެއް ހަދާދެއްޗޭ އޯކޭ” މާއިޒައީ ނަވްޔާއަށް ވަގުތު ދެމުން ޔާޒް ގޮވައިގެން މާނީ ޓެރަހަށް އެރިއެވެ.
މާނީގެ ކުޑަކުއްޖެއްހެން އުޅުމުގެ މިޒާޖު އާދިވެސް ނުކެނޑެއެވެ. ޔާޒާއެކީ ކުޑަކުއްޖެއް ފަދައިން މާނީ ޓެރަހުގައި އުޅެމުން ދިޔައެވެ. މާނީއާއި ޒިވާ ޖެހުނަސް މާނީ އުޅޭނީ އެހެންނެވެ.
ބޯހަމަޖައްސާލުމަށްޓަކައި ޒިވާ ގޮވައިގެން އާރާޝް ޓެރަހަށް ދިޔައެވެ. ތިން އަހަރާ ބައި ވެފައި ވި ޒިވާ ވަރަަށް އަނގަގަދައެވެ. ޒިވާގެ ކުޑަކުޑަ އަޑުން އާރާޝާއި ވާހަކަ ދައްކަަމުން ދިޔައެވެ. ގިނަފަހަރު ކިޔާ އެއްޗެއް އާރާޝަކަށް ނުވެސް އެނގެއެވެ.
އާރާޝް ޓެރަހަށް އެރިއިރު މާނީވެސް ޔާޒް ގޮވައިގެން ހުއްޓެވެ. ކުޑަކުއްޖެއް ފަދައިން ޔާޒާއި ވާހަކަ ދައްކަމުން ދިޔަ މާނީ ފެނި އާރާޝް ރުޅިގަދަވިއެވެ. އޭނާގެ ހިތް ހަލާކުކޮށްފައި މާނީ އެހާ އުފަލުގައި އުޅެނީ ކިހިނެއް ބާއޭ އާރާޝްގެ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ރުޅި ފިނިވީ މާނީއަށް އޭނާ ލޯބިވާކަން ނުވެސް އެނގޭނެކަން އާރާޝަށް އެނގުމުންނެވެ. މާނީ އުފަލުން ހުރިއްޔާ އޭނާވެސް ހުންނާނީ އުފަލުންނޭ ހިތަށް އަރުވާލިއެވެ. މާނީގެ އެރީތި ހިނިތުންވުން ހަމަ ލޮލަަށް ނުފެންނަތާ ފުދޭވަރަކަށް ދުވަސްކޮށްފައި ފެނުމުން އާރާޝަަށް ހިލެވުނެވެ.
“އިވާން މިހާރު ހަތަރު އަހަރު މިވީ. ކިހިނެއް ތިކަން ކުރާނީ؟” އިވާންގެ ކުރިމަތީގައި ހުރި ފިރިހެން މީހާ ބުނެލިއެވެ. އެމީހާ ހުރީ ފޮތިގަނޑަކުން މޫނު ފޮރުވައިގެންނެވެ.
“ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.






Slm alaikum. Alhugadah engey mi baiga varah sikundi gaboolu kuran dhathi kanthah hurikan. Ekam my hama alhugandu ge khiyaaly vaahakaeh vyma egothah liyuny. Hurihaa kudhinnah ves mi bai kamudhiya kamah ummedhu kuran. Kudhinge nanthah readers ah kamudheytha? Mihaaru in cover pic oktha?
Alhe nooney dear.. Vrh kamudhey egothah genesdheefa inyma.. Raahjeyga ves ebathibi hama Iraadhakurehviyya ehisaabah dhevidhaane kulhuntherin.. Plus raajjeyge Qaumee team ah ves Hama dhevidhaane ehaa hissaabah.. Masahakaiyy kuri varehnu onnaanee ekamuga.. Dhw?? Vrh salhi I part.. Maa sha Allah.. ????☺️☺️☺️☺️?????????????? good job dear.. And keep it up..????
Aslu Maldives kulhuntherinnaa medhu kurevey ummeedhu aavey mikahala liyunthakaa stories thah kiyuneema.. Hehe..
Osam kiyaa dear ❤❤❤❤❤ nope sikundi gaboolu kurevey hama ??? I think that’s going to happen in a near future ???n ur imagination is very interesting ????? aslu eyee eem ge ves vrh bodu dream eh ??? anyways mi part ves hama habeys like obiness to the max ?????????? yes my favorite couple akee ahusam And israa but hurihaa couple ehves vrh salhi ???? ur pretty good at editing tooh hama perfect ?????when next prt? Avahah genesdhehchey…I’ll be waiting curiously loabs ?????❤????
Thanks dear. Dhen oii part maadhama In sha Allah. Ly2♥️♥️♥️❤️
OMG!! Mi part vrh vrh vrh salhi !!! YAAZ AIRAA and ALAIKA ! ALAIKA is my favourite name ?. hehe… and.. Cover pic hama habeys.. All the best Kiyaa. Ly ?
Thanks ly2
Wooooooow dear……v v v v v v loabi mi part…..maasha allah…..ekam haadha avahakashey dhw…….next part miadhu liyaanantha…….dhn nuliyeveyne dhw mihaaru liye liye aiii vaalhu vejje dhw dear heheh?? luv yahh
Thanks dear. Dhen oii part maadhama In Sha Allah. Ly2
Nd me second dhw
Alhey thanks kiya me first dhw
Sorry kurin huru comments thah nufenuny me third dhw
Kiya u r the best
E ok vaane. Thanks dear ly♥️♥️♥️
Saabahey thikuraa hivvara.. keep it up
Thanks lotus
Wow kiyaa….this part is amazingly perfect. ..??❤haadha avahah kids??…hehehe…but issok…U r the best kiya…???❤❤
Akmal and ishmaa thankolheh cute kujjakah change kohladheeba….plx?
Thanks dear balaanan ingey change kureveytho akmal aa ishmaa dhekudhin ves change kuranvytha?
Ehn kudhin ok cute?…
Wow kiyaa…????haadha rangalhey…????????mi part ves v nyc as hama ehn part thakey ehgothah….?????ivaan anehkaa eulheny keehkuran baa??????????dhn avahah maany and aaraash couple akah hadhaadhyba kiyaa..eyrun edhemyhun haadha cute vaaney….❤❤❤❤❤❤❤❤u have a bright future in writing stries…. Insha allah ❤❤❤❤❤❤lysm…whn next part?????plus comments thakah reply kuraathy thanks….
Thanks u and welcome. Kiyara busy kamun kuryga part thakah reply nukureveny ekam kiyan comments thah varah ufaavey hurihaa kudhinge support libeythyves. Ivaan kuran ulheny kytho balamaa hingaa dho. Ly2
Awwwwwwwwnn… ????????☺️☺️☺️☺️☺️????????????????????????????????????????????????? just love this part!!!! Haadha haadha reehchey.. Maa sha Allah.. Haadha cute ey kudhi kudhi kudhinathah.. Aww.. ???? jazakillah khairan kiyaa.. Yo’re the best! And this story is one of the best stories I’ve ever read.. ??????
Thanks dear.lysm
Awwwwwwwns ?…..thanks dear …v reethi mi stry ….thihaa ginain up kohdheythii v happy
Want more parts of maani n aaraash♥️
Thank you and welcome. Lets see what happen to maany and aaraash
awwwwwwn..vvv sweet mi part..and now they have babies,,so cute…haadha haadh haadh reyhcheyb mipart ves ..mashaallah..u re the best kiya..alhe dhen ehaa varah nuthalhuvaa aaraash and maany couple akah hadhaaba kiya..alhe ivaan avahah bust kohlaba and stop that marriage plyxx…vv curious and luv u kiya
Thank you. Hingaa dho ivaan ah vany kihinehtho balamaa.
asian cup ga saudi arabia & australia?
Yes ana. Saudi aky asia ge country eh. Football ga australia balany asia ge gaumeh gothah.
Yeah 2 kudhinvx change kohliyya rangalhi?☺?????
That’s me
Ahsam vx change kohlaa ingey
Ahusam okay nun tha?
Maa sha allah.. vrh vrh vrh furihama mi bai ves.. 🙂 konme part eh noor mi annanee mi vaahaka feshunyssure kiyamun.. maa shaa allah.. vrh furihama vaahaka eh.. 🙂 mi vaahaka eh gothakun ehaa reethi sababakah vedhaane noor aky football fan akah v ma kamah ves.. lol.. hehehe.. 🙂 maa sha allah kiyaa.. vrh kamudhey kiyaa vaahaka liyumuga thi gengulhey style.. noor ah buneveynee kiyaa aky vrh molhu kuhjekey vaahaka liyan.. 🙂 ummeedhu kuran mi dhaairaa in kuriyah dhaane kamah.. kiyaa ah mi dhaairaa in kuriyah dheveyne, in sha allah.. e qaabil kan ebahuri kiyaa ge.. 🙂 konme part eh ves emme kuree baiga kiyeytho noor balan.. hehe.. noor miee kiyaa ge vrh bodu fan eh.. 🙂 maaiyy allah kiyaa thikuraa masahkathugai barakaaiy lavvaashi.. adhi thibaage thi hunaru rahkaatheri kohdhevvaashi.. aameen.. 🙂 and yeah, noor ah ‘kiyara’ ah vure ‘kiyaa’ kiyan faseyha.. ehnve ehn kiyanee ingey.. 🙂 ehchekey hee nukurahchey.. 🙂 thi kuraa masahkathah hama saabas.. mihaa reethi vaahakaeh genesdheythee jazakillah khairan dear.. 🙂 you’ve done a good job and keep it up dear.. 🙂
Awwwwn thanks noor. Varah ufaavehjje noor ge comment fenifa. Noorge dhigu commenta ah ehaa dhigukoh kiyara ah reply nukurevidhaane. Kiyara ves bunelan beynumy even i am a very big fan of you.i just luvvv ur stories. Time hunna gothun comment nukuriyas baraabarah hama kiyan. Noor ge masakkathugai ves maai Allah barakai lahvvashie. Allahumma baarak laki. Ameen. LYSM ♥️♥️♥️