Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 20

hygge Level 510 Stories100 Comments100 Login500 Comments
September 26, 2018 8 Mins Read
38 Comments

“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ.

ކުރިމަތީގައި ހުއްޓި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނި ދެމީހުންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ. “ކާފާ.. ބުރައޭ ބުންޏަކަސް ވާ ބުރަ ދުވަހެއް މިއަދު.. ނޭވާއެއް ލާނެ ވަގތެއްވެސް ވީ ކިރިޔާ..” އަޒާން ވަރުބލިވެފައި ހުރެ ބުނެލިއެވެ. އެވަގުތު މަނިކު ގާތަށް ހިނި އައެވެ. އެ ތިން ފިރިހެނުން އެކުގައި ވާހަކަ ދައްކަން އިރުގަނޑެއް ވާންދެން ތިބުމަށްފަހު ވަކިވީ އާދިންއާއި އަޒާން އަރާމުކޮށްލަން ދިއުމުންނެވެ.

އާ ދުވަހަކަށް އެރި އިރާއިއެކު މުޅި މާލެތެރެ ހަލަބޮލިވެގެން ދިޔައެވެ. ދާނިޔަލް ހެނދުނު ޑިއުޓީ އޮތުމުން އަވަހަށް ތައްޔާރުވެލައިގެން ނިކުމެ ކާރަށް އަރާ ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކުރިމަތީގައި އޮތް ކަންތައްގަނޑުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލު ދާނިޔަލް ހިނިތުންވެލައިގެން އިނދެ ކުރިޔަށް ދިޔައެވެ.

ވިލާރޮއްޖެއްހާ ހިސާބުވެސް ނެތް އުޑުމަތި މަޑުމަޑުން ކަޅު ވިލާތަށް އަތްގަދަ ކުރަމުން ގޮސް މުޅި އުޑުމަތި ބަނަކޮށްލިއެވެ. އެ ވިލާތަކުގެ ސަބަބުން އިރު ފޮރުވި ދުނިޔެ މަތި އަނދިރިވެފައި ވެއެވެ. ދާނިޔަލްވެސް މަޑުމަޑުން ކާރު ދުއްވާލައިފައި ދިޔައެވެ. ބަނަކޮށް އޮތް ދުވަހެއް ކަމުން އެ ހިތަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިފައިވެއެވެ. ވާރެއަށް އެހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

ހޮސްޕިޓަލަށް ވަދެ މުވައްޒަފުންގެ ކާރުތަށް ޕާކު ކުރާ އޭރިއާއަށް ގޮސް ކާރު ޕާކު ކޮށްލައިފައި ދާނިޔަލް ނިކުތެވެ. އެހެން ނަމަވެސް އެވަގުތު ވެގެން ދިޔައީ ބަނަކޮށް އޮތް ވިލާތަށް ފޫ އަޅުވާލައިފައި މުތީތަކެއްފަދަ ވާރޭގެ ތިކިތަށް އޮއްސައިގަތް ވަގުތަކަށެވެ. އެތަނުން ނިކުމެއްޖިއްޔާ ތެމޭނެކަން އިނގޭތީ ދާނިޔަލް އިރުކޮޅެއް ވާންދެން މަޑުކޮށްލިއެވެ. ނަމަވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ގަޑިޖެހޭތީ އެންމެ ފަހުން އެތަނުން ނިކުމެ ހޮސްޕިޓަލްތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ.

“ބައްޕާ.. އޯކޭ ވާނޭ.. ކުޑަކޮށް ތެމުނަސްވެސް ދެން ރަނގަޅުވާނެ.. އެންމެ ދުވަހެއްނު.. އެހެން ނޫނަސް ދެން ނުގޮހެއްވެސް ނެތޭ ވާކަށް.. ގަޑި ޖެހޭނެ އެހެން ނޫނީ.. އިރުކޮޅެއް ވީމަ ހިކޭނޭ.. މާ ބޮޑަށް ނުވެސް ތެމޭނެ.. ދަނީ އޭ..” ހޮސްޕިޓަލް ކުރިމައްޗަށް މަޑުކޮށްލި އަރީފްގެ ކާރު ތެރޭގައި އިނދެފައި އާލާ ބުނެލީ އަރީފް އިހަށް މަޑުކޮށްލަން އެދުމުންނެވެ. އާލާއަކީ ފަސޭހައިން ރޯގާ ޖެހޭ ކުއްޖަކަށް ވާތީ އަރީފް ކަންބޮޑު ވީއެވެ. އެހެން ނަމަވެސް ދަރިފުޅުގެ އެތަށް އާދެހަކާއެކު އޭނާ ދިޔަދިނީއެވެ. އާލާ ކާރުން ނިކުތުމަށްފަހު އަތުން މޫނުމަތި ހިޔާ ކޮށްލަމުން ކުޑަކޮށް ދުވެލައިފައި ހޮސްޕިޓަލް ތެރެއަށް ވަންނަން ދުއްވައިގަތެވެ. އަރީފް ކާރުގައި މަޑުކޮށްލައިގެން އިނީ އާލާ އެތެރެއަށް ވަންނަން ދެނެވެ. އެހެން ނަމަވެސް ކުރިޔަށް ވާން އޮތް ކަމެއް އޭނާއަށްވެސް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

މަޑު ދުވެލީގައި ދިޔަ އާލާ ހޮސްޕިޓަލް ތެރެއަށް ވަތް ވަގުތު އެތަނަށް އެޅިފައި ހުރި ފެނުގެ ސަބަބުން ކައްސާލިއެވެ. މުށިތަކު މައްޗަށް ފެން އެޅިއްޖެ ނަމަ ފަސޭހައިން ކައްސާލާނެ ނޫންހެއްޔެވެ. އާލާއަށްވެސް ވީ އެހެންނެވެ. ދެލޯ މަރާ ތަގުޅި ކޮށްލީ ވެއްޓޭ ވަގުތު ހަށިގަނޑަށް ވާނެ ތަދު ތަސައްވުރު ކޮށްލެވުމުންނެވެ. އެހެން ނަމަވެސް ބާރުގަދަ އަތަކުން އޭނާ ހިފަހައްޓާލި ކަމުގެ އިޙުސާސް އާލާއަށް ކުރެވުނެވެ.

އިސްދަށަށް ޖަހާލައިގެން ގަމީސް ފޮޅަމުން އައި ދާނިޔަލްއަކަށް އެއްފަރާތުން އައި އާލާއެއް ނުފެނެއެވެ. ތެމުމުގެ ސަބަބުން ގައިގައި ގަމީސް ތަތްލަވައިފައި ހުރުމުން އޭނާ ދިޔައީ އެ ހިތްކުމުގެ ބޭނުމުގައި ގައި ފޮޅަމުންނެވެ. އެހެން ނަމަވެސް އިސް އުފުލާލި ވަގުތު ނުހަނު ގާތުން ކައްސާލި އާލާ ފެނިފައި ބޭއިޚްތިޔާރުގައި އޭނާއަށް އާލާ ހިފަހައްޓާލެވުނެވެ. އޭނާގެ ބާރުގަދަ ދެއަތް އާލާގެ އުނަގަނޑުގައި ވަށާލެވިފައި ވި އިރު އާލާގެ ދޮން ވަށް މޫނަށް އޭނާގެ ނަޒަރު ހުއްޓާލެވިފައި ވެއެވެ.

މަޑުމަޑުން އާލާ އޭނާގެ ދެލޯ ހުޅުވާލި އިރު ނުހަނު ގާތުގައި ހުރި ދާނިޔަލް ފެނި އޭނާގެ ނޭވާވެސް ކަރުގައި ތާށިވިހެން ހީވިއެވެ. ދާނިޔަލްގެ އިސްތަށިގަނޑު ތެތްވެފައި ވާއިރު ބައެއް އިސްތަށި ނިތްމަތީގައި ތަތްވެފައި ހުއްޓެވެ. މޫނުމަތީގައި ވާރޭގެ ތިކިތަށް ވިދަމުން ދިޔަ ގޮތުން އެ މޫނުމަތި ފެންނަލެއް ނުހަނު ހިތްގައިމެވެ. ދާނިޔަލްއާއި އާލާގެ ހަތަރުކަޅި ހަމަވީ ހިނދު އާލާގެ ހީބިހި ނަގައިގެން ދިޔައެވެ. އެ ދެލޮލުން ބުނެދެނީ ކީކޭކަމެއް އާލާއަކަށް ހަމަ ހިލާ ނޭނގެއެވެ. ހިނދުކޮޅަކަށް ނަމަވެސް އާލާއަށް ދާނިޔަލްއާއި މެދު ވިސްނާލެވުނެވެ. އޭނާގެ އެތަކެއް ރަނގަޅު ސިފަތަކެއް އެ ކުޑަ ވަގުތު ކޮޅު ތެރޭގައިވެސް އާލަގެ ސިކުނޑީގައި ބުރު ޖަހަމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ.

ހަމަ ހޭވެރިކަން ވުމުން އަވަސް އަވަހަށް ދާނިޔަލް އާލާ ތެދުކޮށްލުމަށްފަހު އޭނާ ގައިން އަތް ދޫކޮށްލިއެވެ. އަދި ވެދިޔަ ކަންތަށް ހިތަށް އައުމުން ހިތާ ހިތުން ﷲއަށް ދުޢާ ދެންނެވީ އޭނާގެ ފާފަ ފުއްސެވުމަށް އެދިއެވެ. “ސޮރީ..” އިސް ތިރިކޮށްލަމުން ދާނިޔަލް އަވަސް އަވަހަށް އެތަނުން ދިޔައީ އާލާއަށް ވާހަކަ ދައްކަން އިތުރު ފުރުސަތެއްވެސް ނުދީއެވެ.

ދާނިޔަލްގެ އެ ކުޑަކުޑަ ޢަމަލުންވެސް އާލާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިގެން ދިޔައެވެ. އިރުކޮޅެއް ވާންދެން ހައިރާންކަމުގައި އެތާ ހުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔަ އާލާއަށްވެސް އަދި ދާނިޔަލްއަށްވެސް ނޭނގުނު ކަމަކީ އެ ދެމެދުގައި އެ ހިނގި ކަންތަށް ތިންވަނަ ފަރާތަކަށް ފެނުނު ކަމެވެ.

ބާރުބާރަށް ގޮސް ކެބިންއަށް ވަތް ދާނިޔަލް އޭނާގެ ގޮނޑީގައި އިށީނުމަށްފަހު ދެ އަތް އިސްތަށިގަނޑު ތެރެއަށް މަހާލިއެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އާލާ ފެންނަ އިރަށް އޭނާގެ ނަފްސު އޭނާގެ އަމިއްލަ ދެއަތުގެ ކޮންޓްރޯލުން ނައްޓައިގެން ދަނީ ކީއްވެހެއްޔެވެ؟ ބޮލުގައި އުފެދެމުން ދިޔަ ވަރުގަދަ ހައިޖާނުގަނޑުގެ ސަބަބުން ދާނިޔަލް ކެތްކުރަމުން ދިޔައީ އޭނާއަށް ކެތްކުރެވޭނެ އެންމެ މައްޗަކަށެވެ. އެއިރުއްސުރެ އޭނާ ހިތާހިތުން ކުރަމުން ދިޔަ ދުޢާ އަކީ އޭނާގެ ފާފަ ފުއްސެވުމެވެ. ފިކުރު ބޮޑުވެފައި އިން ދާނިޔަލް ސިހުނީ ކެބިންގެ ދޮރު މީހަކު ހުޅުވާލި އަޑަށެވެ.

“އައްދޭ.. ކިހިނެތް ވެފަ؟” އިޝާން ދާނިޔަލްގެ ކުރިމަތީގައި އިން ގޮނޑީގައި އިށިނދެލަމުން ލާނެއް ފާޑަކަށް ސުވާލު ކޮށްލިއެވެ. “ނުވޭ ކަމެއް..” ދާނިޔަލް އާދައިގެ ރާގަކަށް ބުނެލިއެވެ. އެހެން ނަމަވެސް އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. “ގައިމު ކަމެއް ނުވަންޏާ ތިހާ ފިކުރު ބޮޑުވެފަ ނީންނާނެ..” އިޝާން ދޫދޭކަށް ބޭނުމެއް ނުވިއެވެ. “ދެން ދުނިޔޭގަ އުޅެންޏާ ކަންތައްތައްވެސް ދިމާ ވާނެއްނު.. މާބޮޑު ކަމެއް ނުވޭ..” ދާނިޔަލް ހިނިތުން ވެލަމުން ބުނެލިއެވެ. އޭނާ އާލާގެ ވާހަކަ އަދި އެކަކު ގާތުގައިވެސް ދައްކާކަށް ބޭނުމެއް ނުވެއެވެ.

“ހެހެ.. އޯކޭ..” އިޝާން އެހެން ބުނެލުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. އާދައިގެ މަތިން ދުވަސް ފާއިތުވަމުން ދިޔައެވެ. ދާނިޔަލް ބޭކާރު ވިސްނުން ތަކުން ދުރުވުމަށްޓަކައި ކުރެވެން އޮތްހާ ކަމެއް ކުރަމުން ދިޔައެވެ. ލިބޭ ކުޑަ ވަގުތުކޮޅުގައިވެސް ފޯނުން ޤުރުއާނުގެ މާނަ ކިޔަމުން ދިޔައީވެސް އެ ބޭނުމުގައެވެ. ނަތީއްޖާއަކަށް ވެގެން ދިޔައީ އަމިއްލަ ނަފްސާމެދު އިހުނަށްވުރެވެސް ބޮޑަށް ވިސްނި ނަފްސު އިސްލާހު ކުރަން އިތުރު ބާރެއް ލިބިގެން ދިޔުމެވެ. އަދި އެހިތަށް ކުރިއަށްވުރެ ބޮޑަށް ހިތްހަމަޖެހުން ލިބިގެން ދިއުމެވެ.

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ވަތް ދާނިޔަލްގެ ކަންފަތުގައި ޖެހުނީ ބަންގީގެ އަޑެވެ. އެހެން ކަމުން ލަސްތަކެއް ނުކޮށް އަވަސް އަރުވާލައިފައި ތައްޔާރުވެގެން މިސްކިތަށް ދާން ނިކުތެވެ. މިސްކިތް ހުރީ ގެއާއި މާ ދުރުގައި ނޫން ކަމުން ދާނިޔަލް ދިޔައީ ހިނގާލައިފައެވެ.

ޢަޞުރު ނަމާދުން ފައިބައިގެން މިސްކިތުން ނިކުންނަން ދަނިކޮށް ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ފޯނު ވައިބްރޭޓް ވުމުންނެވެ. ޖީބުން ފޯނު ނަގައި ބަލައިލި ވަގުތު ސްކްރީނަށް އަރައިފައި އިން ނަން ފެނި އޭނާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. “އައްސަލާމް ޢަލައިކުމް ބޭބޭ..” އިސްލާމީ ރިވެތި ސަލާމުން ދާނިޔަލް އަރީފް އާއި ސަލާމް ކޮށްލިއެވެ.

އެހިނދު އަރީފްވެސް އޭގެ ޖަވާބު ދިނުމަށްފަހު އޭނާއާއި ބައްދަލު ކޮށްލަން ބުނެ ފޯނު ބޭއްވިއެވެ. ދާނިޔަލްވެސް ދުވަސްކޮޅަކަށްފަހު އަރީފްއާއި ބައްދަލުވެވޭތީ އުފާކުރާ ހާލު ހިތްހަމަ ޖައްސާލައިގެން ހުރެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ހޫމް ހޫމް ކިހިނެތް ވީއޭ..” ގޭގެ ބޮޑު ބަގީޗާތެރޭގައި އިން ދެ ގޮނޑީގައި ރުކާ އާއި އާލާ އިށީނދެލައިގެން ތިއްބެވެ. ދެމީހުން ވެސް ތިބީ އޮލަ ވާހަކައެއްގައި ޖެހިފައެވެ. “ވީ ގޮތަކީ އެކްސިޑެންޓެއް ހިނގީ މިއަދު.. އެ ދާނިޔަލް އާ..” އާލާ ދެބުމަ ގޮށްޖަހާލަމުން ރުޅި އައިސްފައި ބުނެލިއެވެ. އޭނާ ދާނިޔަލް ދެކެ އެހާ ރުޅި އަންނަ އިރު ރުކާ ގާތު އެވަރަށް ދަނިޔަލްގެ ވާހަކަ ދެއްކޭތިވެސް އާލާ އަޖައިބުވެއެވެ.

އޭނާއަށް ވަނީ ކިހިނެއް ކަމެއް މިހާރު އޭނާއަށްވެސް ނޭނގެއެވެ. “އެހެންވެޔޭ މަ މިބުނަނީ.. އަދި ތިހެން އުޅެފަ ތި ދެމީހުން އެއް ދުވަހަކުން އިންނާނެ.. އެހެންޏަ ފަހެ..” ރުކާ މަޖަލަކަށް ހަދައިފައި ބުނެލި ވާހަކައިން އާލާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައީ ބަސްބުނާހާ ހިނދު ކޮޅެއްގެ ތެރޭގައެވެ.

ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. ދާނިޔަލްފަދަ މީހަކާއެކީ އޭނާގެ ދިރިއުޅުމުގެ ބާކީ އޮތްބައި ހޭދަކުރާނީ ކިހިނެތް ހެއްޔެވެ؟ އަދި އަމުދުން އެކަހަލަ އެކަނިވެރިޔަކާއެކުއެވެ. އާލާ ދާނިޔަލްއާއެކު އުޅެން ވެއްޖެނަމަ އޭނާ މޮޔަވެދާނެ ނޫންހެއްޔެވެ؟ ރުކާ ދެއްކި ވާހަކައިން ނެގި މަޑުވެފައި އިން އާލާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

“އޭތް އާލް.. ކޮން އިރެއް މިހާރު ގޮވާތާ.. ކިހިނެތް ވީތަ؟” ރުކާ އާލާގެ އަތުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. އެހިނދު އާލާ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ.

***

އަރީފް ބުނި ކެފޭއަށް އައިސް ދާނިޔަލް އޭނާގެ ކާރު ޕާކު ކޮށްލިއެވެ. އެޔަށްފަހު އެތެރެއަށް ވަދެގެން ގޮސް ފަރާތް ފަރާތް ހޯދާލީ އަރީފްގެ ހިލަމެއް ވޭތޯއެވެ. ކުއްލިޔަކަށް އެއްޗެއް ހަނދާންވީ ފަދައަކުން ދާނިޔަލް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

މައްޗަށް އެރުނު ހިނދު ދާނިޔަލްގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ ރެއިލިންގް އާއި ފުދޭވަރަކަށް ކައިރީގައި ހުރި މޭޒެއްގައި އިން އަރީފް ހަނާ އަލާލިތަން ފެނުމުންނެވެ. ހިތްގައިމު މަންޒިލެކެވެ. މަތީގައި ތިބޭއިރު މުޅި މާހައުލު ފެންނަނީ ވަރަށްވެސް ހިތްގައިމު ކޮށެވެ. މޫދު ކައިރިކަމުން ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި މޭޒުތައް ކައިރީގައި ތިބި މީހުންގެ ގައިގައި ބީހެމުން ދިޔައެވެ.

“ދާނިޔަލް.. ކޮބާ ކިހިނެތް؟” ގޮނޑިއެއް ދަމާލައިފައި އިށީން ދާނިޔަލްއާއި އަރީފް ހިނތުންވުމަކާއެކު ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލް އޭގެ ޖަވާބު ވަރަށް ފުރިހަމައަށް ދިނެވެ. ދެމީހުން އިރުކޮޅެއް ވާންދެން ވާހަކަ ދައްކާލަން ތިބުމަށްފަހު މަޑުކޮށްލީ ވެއިޓަރ އެތަނަށް އައުމުންނެވެ. ދެ ކޮފީއަށް އޯޑަރ ދިނުމަށްފަހު އަނެއްކާވެސް އެމީހުންގެ ވާހަކަތަކައިގެން ކުރިޔަށް ދިޔައެވެ.

“ދާނިޔަލް އާއި ދޭތެރޭ ބޭބެ ދެކެނީ އަމިއްލަ ދަރިއެއް ފަދައިން.. ފަހަރުގަ ދާނިޔަލް އަށް ހީވެދާނެ ބޭބެ މި ކުރަން އުލޭ ސުވާލުގެ ގޮތުން ބޭބެ ކީތްކުރަން ބާވައޭ އެކަހަލަ ސުވާލު ކުރަނީ.. ހެހެ.. އެއްގޮތަކަށްވެސް ގޯސްކޮށް ހީ ނުކުރާތި އިނގޭ.. ބޭބެ ޤަބޫލު ކުރާ ގޮތުގައި މިއަދު ބޭބެއަކީ ދާނިޔަލްގެ އެންމެ ގާތް އެއް ފަރާތް.. އެހެންވެ މި ވާހަކަ ދައްކާލަން މިއުޅެނީ..” އަރީފް ވާހަކަ ދައްކަން ފެށިލެއް ދުރުކަމުން ދާނިޔަލް އަށް އިނީ ވާނުވާ ނޭނގިފައެވެ. އޭނާ ދެބުމަ ގާތްވެފައި ވީގޮތުންވެސް އެކަން ދޭހަވެއެވެ.

“ދާނިޔަލް އަމިއްލަ ދިރިއުޅުމެއް ފަށާކަށް ގަސްދެއް ނުކުރަންތަ؟” ލާން އުޅުނު ނޭވާވެސް ދާނިޔަލްގެ ކަރުގައި ތާށިވީހެން ހީވި ދެން އަރީފް ބުނެލި އެއްޗަކުންނެވެ. ނުވިސްނާ ހުއްޓާ ކުއްލިޔަކަށް އަރީފް ދައްކަން އެ ފެށީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ “ހާސްނުވޭ.. ބޭބެ ހަމަ ހަނދާން ކޮށްލަދިނީ އެކަންތައް.. ދާނިޔަލްވެސް ތިއީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފަ ހުރި ޒުވާނެއް.. ދިރިއުޅުމެއް ފަށަން އަވަހެއް ނޫން ތި އުމުރުވެސް.. އެހެންވީމަ ބޭބެ މި ބުނެލީ.. ވީހާވެސް އަވަހަކަށް އަމިއްލަ ދިރިއުޅުމެއް ފެށުން މުހިއްމީ.. ދާނިޔަލްގެ އެކަނިވެރިކަން ފިލަން ދާނިޔަލްގެސް ބޭނުންވާނެއްނު..” އަރީފް މަޑުމައިތިރި ކަމާއެކު ދާނިޔަލްއަށް ނަސޭޙަތްތެރިވަމުން ދިޔައެވެ.

އަނގައިން ބަހެއް ބޭރުނުވިތާ ދާނިޔަލްއަށް ހަމައެކަނި ކުރެވުނު ކަމަކީ އަރީފް ބުނިހާ ބަހަކަށް ބޯ ޖަހާލުމެވެ. އިތުރު އެންމެ ލަފްޒެއްވެސް އޭނާގެ ދުލުން ބޭރެއް ނުވިއެވެ. ނަމަވެސް އިރުކޮޅަކު ވިސްނަން އިނދެފައި ވަރަށް ހިތްވަރު ކޮށްލުމަށްފަހު ވާހަކަ ދައްކަން އޭނާ ނިންމިއެވެ.

“އަޅުގަނޑަކަށް އަދި ނުފެނޭ ރަނގަޅު ކުއްޖެއް.. ވެދާނެ އެކަމާ ނޫޅެވޭތީ ކަމަށްވެސް.. އަޅުގަނޑަށް މައްސަލައެއް ނެތް ބޭބެ އަޅުގަނޑަށް ކުއްޖަކު ހޯދައިދިނަސް.. ހަމައެކަނި ބޭބެއެއް ނޫން އަޅުގަނޑާއި މެދު ގާތްކޮށް ދެކެނީ.. އަޅުގަނޑަށްވެސް ބޭބެއާއި މެދު ދެކެވެނީ ވަރަށް ގާތްކޮށް.. ބައްޕައެއް ފަދައިން.. އެހެން ވީމަ ބޭބެ ދައްކާ ކުއްޖަކާވެސް އަޅުގަނޑު ކައިވެނި ކުރާނަން.. އިން ޝާ ﷲ.. ބޭބެ ކޮށްދިން ހުރިހާ ކަމެއްގެ ބަދަލުގަ ބޭބެގެ އެންމެ އެދުމެއް ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ ނަޒަރުގަ ގޯސްކަމެއް ނޫން..” އިސްދަށަށް ޖަހާލައިގެން އިނދެ ދާނިޔަލް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

ދާނިޔަލްގެ ޖަވާބުން އަރީފްއަށް ހީވީ މިއޮށް ހުރިހާއިރު ބޭނުންވެގެން އިން ޖަވާބު ލިބުނީހެންނެވެ. އޭނާގެ މޫނުމަތި އުޖާލާވީ އިރު ފުޅާ ހިނިތުންވުމެއް އެ މޫނުމަތީގައި ވިއެވެ. ދާނިޔަލް އިސްދަށަށް ޖަހާލައިގެން އިނުމުން އޭނާއަށް އެމަންޒަރު ނުފެނުނީއެވެ. “ވަރަށް އުފާވެއްޖެ މިއަދު ބޭބެ..” އަރީފް ދާނިޔަލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. އެހިނދު ދާނިޔަލް އިސް އުފުލާލުމަށްފަހު އަރީފްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ދެމީހުން އެތަށް އިރެއް ވާންދެން ވާހަކަ ދައްކަން ތިބުމަށްފަހު ވަކިވީ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. ދާނިޔަލް އޭނާގެ ކާރުގައި ގެއަށް މިސްރާބު ޖެހި އިރު ހިނިތުން ވެފައި އިނދެ އަރީފްވެސް އޭނާގެ ކާރުގައި ގޮސް ގެއަށް ވަނެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކެއުމަށް އިންސާފުކުރުމަށްފަހު އައިސް އެނދުގައި އޮށޯވެލައިގެން އަރީފް އޮތެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އޮތް ގޮތުން ހީވަނީ ވަރަށް ބޮޑު ކަމަމާއި ވިސްނާހެންނެވެ. “ހާދަ ބޮޑު ފިކުރެއްގަ؟” ކޮޓަރިއަށް ވަދެގެން އައި ޝަޒިއްޔާ އެނދުގައި އިށީނދެލަމުން އަރީފް ގާތު ސުވާލު ކޮށްލިއެވެ. “ހޫމް.. މި ވިސްނާލީ އާލާ އާ މެދު.. މިހާރު އޭނާ ކިޔަވާވެސް ނިމުނީ.. ވަޒީފާވެސް އަދާކުރަމުން އެ ދަނީ.. އަލްޙަމްދުލިއްލާހް.. އަނެއްކޮޅުން އެއީ ފުރާ ފުރިހަމަވެސް ހުރި އަންހެން ކުއްޖެއް.. އަހަންނަށް ހީވަނީ އާލާ މިހާރު ކައިވެންޏަކާއި ހަމައަށް ދާންވެއްޖެހެން.. ކީކޭ ޝަޒިއްޔާ ބުނަނީ؟” ޝަޒިއްޔާގެ މޫނަށް ބަލައިލަމުން އަރީފް ބުނެލިއެވެ.

ޝަޒިއްޔާ އިރުކޮޅެއް ވާންދެން އެއްޗެކޭ ނުބުނެ އިނެވެ. ހީވާގޮތުން އެކަމާއި މެދު އޭނާ ވިސްނާލީއެވެ. “މުޅިއަކުން ދޮގު ވާހަކައެއް ނޫން އަރީފް ތިބުނީވެސް.. އަހަރެމެން އޭނާ ދޫކޮށްލަން ކިތަންމެ ބޭނުން ނުވިޔަސް އޭނާވެސް އަމިއްލަ ދިރިއުޅުމެއް ފަށަން ވާނެ.. މިހާރު ފަންސަވީސް އަހަރު ވެފަ އެހުރީ.. އަހަންނަށްވެސް މިކަމުގަ އަރީފްއާއި ދެކޮޅެއް ނެހެދޭނެ ކަންނޭނގެ މިފަހަރު..” ޝަޒިއްޔާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

ޝަޒިއްޔާ ވާހަކަ ދެއްކި ގޮތުން އަރީފްއަށް ހައިރާންކަންވެސް ލިބުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މީގެ ކުރިން ޝަޒިއްޔާގެ ވާހަކަ ހުންނާނީ ތިރީސް އަހަރު ވުމުގެ ކުރިން އާލާ މީހަކާ ނީންނަ ގޮތަށެވެ. އޭނާގެ ޚިޔާލު ބަދަލުވީ ކީއްވެކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.

“އާލާއާއި މިކަމުގަ ވާހަކަ ދައްކާލަމާ.. މާދަމާ އަނެއްކާ އޭނާ އޮފް ދުވަހެއްނު.. އެހެންވީމަ ގޭގަ ކަންނޭނގެ އުޅޭނީވެސް..” އަރީފް ޝަޒިއްޔާއަށް ބުނެލުމަށްފަހު އެނދުގައި ހަމަޖެހިލަމުން ދެލޯ މަރާލީ ނިދީގެ ތެރެއަށް ގެނބިގެން ދިއުމަށެވެ.

***

ގޭގެ ގޯތިތެރޭގައި އޮތް ބަގީޗާތެރޭގައި އާދިން އިނީ އެކަނިމާއެކަނިއެވެ. ތަންތަންކޮޅުން ބަހައްޓަލައިފައި ހުރި ގާޑެން ލައިޓްތަކުގެ ސަބަބުން މުޅި ތަނަށް ފަނޑު އަލިކަމެއް ވެރިވެފައި ވެއެވެ. ކުޑަކޮށް ކުރިމައްޗަށް ގުދުވެފައި އިން އިރު ދެއަތް ވަނީ ޖޯޑު ކޮށްލެވިފައެވެ.

“އާދިން.. ކިހިނެތް ވެފަ މިތާ ތިއިނީ؟” ފުން ޚިޔާލެއް ތެރެއަށް ގެއްލިފައި އިން އާދިން ސިހިގެން ދިޔައީ ނުހަނު ގާތުން އިވިގެން ދިޔަ އަންހެންވަންތަ އަޑުންނެވެ. އެއްފަރާތަކަށް އެނބުރިލީ އިރު ގާތުގައި އޭނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ހުރި ވިޝާމާ ފެނި އޭނާގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބިގެން ދިޔައެވެ.

އާދިންގެ މޫނަށް ބަލައިލައިފައި އޭނާ އެއިނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައިކަން ވިޝާމާއަށް ދެނެގަނެވުނެވެ. އެހެން ކަމުން އާދިން އާއި ޖެހިގެން އިށީނދެލުމަށްފަހު ކުރިން ހުރި ގޮތަށް އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ކިހިނެތް އަހަރެން އެ ދުވަސްތައް މަތިން ހަނދާން ނެތޭނީ؟ މިރޭ.. އެތަށް އަހަރަކަށްފަހު މިއީ ހަމަ އެރޭ.. އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ރޭ.. ކިހިނެތް އެކަންތަށް އަހަރެން ހަނދާން ނައްތާލާނީ ވިޝް..” އާދިންގެ އަޑުގައި ވީ ރިހުން އެކަކަށްވެސް ނުފޮރުވޭނެއެވެ. އޭނާގެ ލޮލުން ކަރުނަ ނުއޮހޮރުނަސް އޭނާގެ ހިތުން ދިޔައީ ހުއްޓުމެއްނެތި ލޭކަރުނަ އޮހޮރެމުންނެވެ.

“އެހާ ހަމަޖެހިގެން އުޅެނިކޮށް ހަމަ ކުއްލިޔަކަށް.. ބައްޕަ ކީއްވެ ވަކި ދޮންބެއަށް އެހެން ހެދީ؟ ކީއްވެ؟ ދޮންބެ ބޭނުންވާ ގޮތަކަށް ދޮންބެގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ނިންމެން ވާނެއްނު؟ ބައްޕަވެސް ޖެހޭނެ އެކަން ޤަބޫލު ކުރަން.. ދޮންބެ އެހާ އުންމީދާ އެކީ އެރޭ ބައްޕަ ގާތު ކައިވެނީގެ ވާހަކަ ދެއްކީ.. އެކަމަކު ބަދަލުގަ ބައްޕަ ދޮންބެއަށް ދިނީ ކޮންފަދަ އަނިޔާއެއް؟

ކުޑަކުޑަ ކަމެއްގެ ސަބަބުން ދޮންބެއާއި ގުޅުން ކަނޑާލީ.. އަދި އަހަރެމެންވެސް ދޮންބެއާއި ވާހަކަ ދެއްކުމަށް މަނާކުރީ.. ކިހިނެއް އަހަރެން އަހަރެންގެ ދޮންބެއާއި ވަކިން އުޅޭނީ.. ކުޑައިރުއްސުރެ އެއްކޮށް އެހުރިހާ ދުވަހެއް ހޭދަކޮށްފަ.. ހުރިހާ އުފަލަކާއި މަޖަލެއްގައި އެކުގައި ބައިވެރިވެފަ..” އާދިން ކިތަންމެ ކެތްކުރި ނަމަވެސް އޭނާގެ ލޮލުން ކަރުނަ ހިލުނެވެ.

އާދިން ވިޝާމާގެ ކޮނޑުގައި ބޯ އަޅާލީ އޭނާއާއި އެކީ ދެގޮތެއް ނުވެ އަބަދުވެސް ހިތްވަރުދޭން ހުރި މީހަކީ އެއީ ކަމުގައި ވާތީއެވެ. “ވިޝާމާ.. އިނގޭތަ؟ އަހަރެމެންގެ ހޮސްޕިޓަލާއި މީގެ އަހަރެއް ވަރު ކުރިން ޖޮއިން ކުރި ޑޮކްޓަރެއް.. އެއީ.. އެއީ ހަމަ ދޮންބެގެ މޫނު.. ހަމަ އެ މޫނުމަތި.. އެއްވެސް ތަފާތެއް ނެތް.. އެ ބުމައާއި އެ އިސްތަށިގަނޑު.. އަހަރެން އޭނާގެ ނަންވެސް ބެލިން.. އަޙްމަދު ދާނިޔަލް އަދީލް އޭނާއަށް ކިޔަނީ.. ވިޝް.. އެއީ ދޮންބެގެ ކުއްޖަކަށް ނުވާނެތަ؟” ކުއްލިޔަކަށް ތެދުވަމުން އާދިން އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލިއެވެ.

އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ.

“އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ މި އާއިލާ އާއި ގުޅުން ހުރި ކުއްޖެއްތޯ ޔަގީން ކުރާނަން.. އިން ޝާ ﷲ..” ވަރުގަދަ ޢަޒުމަކާއެކު އާދިން ބުނެލި އިރު އޭނާގެ ހިތަށް ނޭނގޭ ހަމަޖެހުމަށް ލިބިފައި ވެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

Next

ބުނާށެ ލޯބި ނުވަނީހޭ 09

Next
September 26, 2018

ބުނާށެ ލޯބި ނުވަނީހޭ 09

Previews
September 25, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

38 Comments!

  1. aish noor says:
    September 26, 2018 at 3:38 pm

    assalaamu a’laikum my dear readers.. 🙂 kobaa hurihaakudhinge haalu kihineh? 🙂 anyway, miothee vaahakaige 20 vana bai.. hurihaakudhin mi part aa medhu bunanee keekey? hehe.. 🙂 ummeedhu kuran mi part thikudhinnah kamudhaane kamah.. 🙂 vaahaka aai medhu ehves suvaaleh ufedhifa othas noor gaathu bunelahchey ingey.. adhi rangalhu kohlan v kanthah thah ves noor ah bunedhinumakee noor vrh bodah edhey kameh.. 🙂 dhn oiyy bai maadhamaa up kohla dheveytho noor try kuraanan, in sha allah.. 🙂 hurihaa kudhin noor ah thi dhey support ah vrh bodah shukuriyyaa.. jazakumullah khairan everyone! 🙂 maaiyy allah alhemnge faafa fuhsavaa heyo rahmaiyy lavvaashi.. aameen.. jazakumullah khairan and LY all.. 🙂

  2. Nash says:
    September 26, 2018 at 3:46 pm

    Thanks Noor… varah reethi…keep it up…when next…ly…

    1. aish noor says:
      September 27, 2018 at 8:42 pm

      marhabaa Nash.. 🙂 jazakillah khairan dear.. sorry ingey mihaa lahun reply kurevunyma.. 🙁 21st part up vefa innaanee mihaaru.. 🙂 aww.. <3<3<3<3<3

  3. lotus says:
    September 26, 2018 at 4:03 pm

    Wait a sec.. anekka aalaage dad e ulhenee edhemeehun marry kuruvanbaa… HAHA.. fakkaa vaane ehen vejjiyaa asluvx??? really looking forward to the nxt parts.. pls upload soon.. keep it up dear???

    1. aish noor says:
      September 27, 2018 at 8:43 pm

      haha.. balamaa dhw dear.. 🙂 hehe.. jazakillah khairan dear.. 21st bai mihaaru innaanee up kohlaafa ingey lotus dear.. 🙂

  4. Maree says:
    September 26, 2018 at 4:07 pm

    V asaru gadha vaahakaeh thee hama enme best vaahaka liun therieh next part kon irakun kiyaaln libeynee

    1. aish noor says:
      September 27, 2018 at 8:44 pm

      awww.. jazakillah khairan dear.. vrh vrh vrh ufaavehe dear thihen bunelyma.. 🙂 btw, dear ves thee hama emme best ingey.. 🙂 noor ge hurihaa readers ves aee hama emme best.. 🙂 up vefa innaanee mihaaru Maree.. 🙂

  5. Riyaa says:
    September 26, 2018 at 4:12 pm

    Aalaa kairee bunedheeba thihaa rulhi anaakah nuvaane eyy ?
    Aalaa ah 25 years Eve iru ves ulhun hunanee kuda kuhjeh ge gothah hahaha so funny ???
    Next part avahah up kohdhehcheyy and good job noor ??

    1. aish noor says:
      September 27, 2018 at 8:46 pm

      hehehe.. aalaa ah adhi hama rulhi control nuvanee ey dear.. 🙂 hahaha.. baeh kudhin ulhey gothekey aee hama Riyaa dear.. hahaha.. aalaa ves hama goiyy dhoo nukuranee dhw? hehe.. lol.. 🙂 up vefa innaanee mihaaru.. 🙂 jazakillah khairan dear.. 🙂

  6. Shaya says:
    September 26, 2018 at 4:17 pm

    Va alaikum salaam noor sis…shaya ge haalu hama ragalhu…noor sis kihineii tha?? BTW story is just awesome????..keep it up

    1. aish noor says:
      September 27, 2018 at 8:47 pm

      oh.. 🙂 al’hamdhulillaah, noor ves hama baraabaru.. 🙂 vrh ufaavehje dear thihen bunelyma.. jazakillah khairan dear.. 🙂

  7. Naash says:
    September 26, 2018 at 4:51 pm

    Naash hithah arany keehvebaey 25 aharu vee iruvess aala meehaka rahtehi nuvy ehen meehaku dheke loabi vee vaahakaehvess nethehnun .. Dhaniyal dhn ingey Allah haram kurevvikamkah araigannan beynun nuvaathykan jury.. Ekm aalaa kahala zamaanah ulhey kuhjaku varahvess nuhunnanea dhw meehaka rahtehinuvea..atleas crush eh vess hunnane ehnun 25 vee iru. Dhw.. Ehenvea heevany maa kurinvess hama ea dhemeehun gulhuvan nimmafa oyhen.. Mee hama hithah eri ehcheh bunely..
    Anyways ma sha Allah vvv reethi story.??? thank you noor mihaa reethi vaahakaeh genesdheythi❤️❤️❤️❤️. Ly

    1. Anonymous says:
      September 27, 2018 at 12:00 am

      No.. Kurin inehnu bunefa aalaa aa ruka aa dhekudhin rasfannah dhiya dhuvahu aalaa ah fenunu zuvaanehge vaahaka.. Edhuvahah fahu e zuvaanaa dheke aalaa ah loabi vevunu vaahaka ves inehnu.. Dear ah adhi ves olhun aranyaa kuree ge part thah kiyaalumun handhaan aa edhaane.. Hama bunely ingey.. ☺️☺️☺️☺️?

    2. aish noor says:
      September 27, 2018 at 8:51 pm

      nooney dear.. innaane kuree baehga aalaa ah kuhjeh dheke loabi vevunu vaahaka bunelaifa.. haha.. 🙂 dear handhaan nethuny kanneynge dhw? aee aalaa rukhaa aa vaahaka dhakkamun ai gothah ais dhaaniyal gaiga jehey scene inna part.. daaniyal ah aee aalaa kan ingeyne, ekam aalaa ah nufennaane dhaaniyal eh.. 🙂 hehe.. mihaaru dear handhaan vehjetha? 🙂 it’s ok.. dear ah olhun eryma ehnu dhw thi ahaaly.. vrh ufaavehje dear ah e kanthah olhun filuvai dhevunyma.. 🙂 ehentha? jazakillah khairan dear.. 🙂 .. marhabaa dear.. 🙂 aww.. <3<3<3<3<3

  8. Nunnu says:
    September 26, 2018 at 4:57 pm

    Heyyyyy.. dhaniyal and Aala dho … V ry nice.. i love this storyy

    1. aish noor says:
      September 27, 2018 at 8:56 pm

      hahaha.. 🙂 jazakillah khairan dear.. vrh ufaavehje dear ah mi part kamudhiya kan inguneema.. 🙂

  9. Someone? says:
    September 26, 2018 at 5:37 pm

    Noorrr sis. Kihinehthaa? Someone ge haalu varah best alhamdhulillah.❤
    Anehkkaaa areef eulhenee aalaa aa dhaan aa kaiveni kuruvantha? omggg? caantt waaiitt ehen dhaan kairee bunaa dhuahu dhaan ge reaction ah❤?
    But maybe dhen undhagoo vedhaane dhw areef ah dhaan aa aalaa aa gulhuvan cux dhaan ge uncle eulhenee dhaan kairee bunaakahnu so probably dhaan would want eyna uncle bunaa gothah hadhan. Wellll letsss seee what happeeenssss. Waiting curiouslyy❤
    Ass always. You be the best. Varh varah interesting mi part ves. Ma Sha Allah. Can’t wait for the next parttt☺❤
    Dhen avahah dhaan aa alaa aa gulhuvaba dhw? dhaan ahves mihaaru konmes varakah ehem ehem feeling eh aadhey dho eba. Haha?
    Aalaa already feel vey ekam aalaa deny kuranee dhw. Aalaa ge character in hama sifa vanee someone kurin ulhun goiy? varah kuda kuda kuhjjjeh hen abadhu rulhi aissa bodaa haakaafa. Haha?.
    Updaateee soonnnn❤
    Caan’t waaitt?
    Ly❤

    1. Waiting says:
      September 26, 2018 at 7:04 pm

      Hei someone.. it’s been a while.. as u said m also v curious abt dhaniyal’ s reaction n asluvx edhemeehun marry kuruvan dhw e ulhenee.. v balaalaa hivvey those two ulhey goi..
      And one more thing aalaa n dhan ge accident e fenunee kaakabaa.. who do u think.. just asking cox u r pretty gud at guessing ???

    2. Someone? says:
      September 26, 2018 at 7:55 pm

      Omg heyy❤ we meet again?❤
      Yess someone ves wait kuranee mi emeehun marry kuraane dhuahakahh?
      Hmmm. Someone ah heevanee eii ekkala rukaa ge sister henn. I guess egothah vaanee. Eyrah fahun rukaa ge sister rulhi annaane ehnu dhw aalaa dheke and eyrah plot twist eh annaanee and something. Idk. Maybe? vedhaane hama ehen meehakahves like umm areef ahves vedhaane. Dhen letss see dhw. Someone ah guess eh kolleveyynee. Answers othee noor sis athuga. So letss wait❤☺

    3. Waiting says:
      September 26, 2018 at 9:09 pm

      Hehe ?yaa thihenvx vedhaane dhw let’s see?
      Salaam dear

    4. aish noor says:
      September 27, 2018 at 8:55 pm

      al’hamdhulillaah noor ves hama baraabarey.. 🙂 alhey dear.. dhekudhin haadha bodakah guess kohlee ey dhw? hehe.. dhn balamaa dhw.. 🙂 awww.. asluvestha someone dear? vrh ufaavehje dear thihen bunelyma.. 🙂 dear ah ingeytha? dear ves thy hama best ekey.. 🙂 jazakillah khairan dear.. 🙂
      ahahaha.. dhn balamaa dhw vaagotheh.. 🙂 ehentha dear? hehehe.. mihaaru anehkaa eheneh noon dhw ulheny? hahaha.. 🙂 awww.. <3<3<3<3<3

  10. Reen says:
    September 26, 2018 at 5:54 pm

    Masha allah vvvvvvvvvvv reethi mi part…next part kiyaalaa hithun hama keh madhuvefa mi huryy….waiting..waiting…❤❤❤

    1. aish noor says:
      September 27, 2018 at 8:57 pm

      jazakillah khairan Reen dear.. 🙂 hahahah.. dhn keiyy kohlaakah nujeheyne.. al’hamdhulillaah, mihaaru innaanee story up vefa.. 🙂

  11. riya says:
    September 26, 2018 at 6:14 pm

    masha allah.i am trying to kei kureveytho next part akah. but i dont know. and mi part ves varah reethi. sis ge stories thakun hama varah gina morals thah libey. and eygein hudu alhugandah ves faidhaa kurey. and my sisters like them too and they appreciate your stories. may allah help you to get happiness

    1. aish noor says:
      September 27, 2018 at 8:59 pm

      jazakillah khairan dear.. 🙂 ehentha? haha.. aww.. vrh vrh vrh ufaavehje dear thihen bunelyma.. 🙂 maa sha allah.. vrh ufaavehje.. 🙂 awww.. maaiyy allah thibaa aai thibaa ge aailaa ah heyo rahmaiyy lavvaashi.. adhi ufaaveri faagathi dhuvasthakeh minvaru kohdhevvaashi.. aameen.. 🙂 baarakallah feeki and jazakillah khairan dear.. 🙂

  12. Ishaan says:
    September 26, 2018 at 6:17 pm

    hehr…. 🙂 heevanee hama e aalaa innaanee e dhaniyal aa kanneyge…. 🙂 vrh foari hunnaane dhw…… 🙂 & this part is OSM……..waiting

    1. aish noor says:
      September 27, 2018 at 9:00 pm

      haha.. balamaa dhw dhn.. 🙂 ehentha? jazakallah khair Ishaan.. 🙂

  13. Anee says:
    September 26, 2018 at 6:25 pm

    V v salhiey mi story thanks Noor

    1. aish noor says:
      September 27, 2018 at 9:01 pm

      aw ehentha? vrh vrh vrh ufaavehje.. jazakillah khairan dear.. 🙂

  14. Maya says:
    September 26, 2018 at 7:47 pm

    Vv reethi MashaAllah ????????????????Yageen e aalaa marry kuran jeheyne dhaaniyal aahen.????????. Curiously waiting for next part avahah up kohdhehchey plyxx luv yuh?‍❤️‍?‍???‍❤️‍?‍???‍❤️‍?‍??☺️?☺️????☺️☺️??‍❤️‍?‍???‍❤️‍?‍???‍❤️‍???‍❤️‍???‍❤️‍??

    1. aish noor says:
      September 27, 2018 at 9:02 pm

      jazakillah khairan Maya dear.. 🙂 hehehe.. balamaa dhw dhn.. 🙂 up vefa innaanee mihaaru maya dear.. avahah kiyaalaa ingey.. 🙂 aww.. <3<3<3<3<3

  15. Kiyara says:
    September 26, 2018 at 7:49 pm

    މާޝާﷲ މިބައިވެސް ވަރަށް ރީތި. ނޫރު ތިކުރާ ބުރަ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށިއެވެ. އާމީން

    1. Ishaan says:
      September 27, 2018 at 4:17 pm

      aameen 🙂

    2. aish noor says:
      September 27, 2018 at 9:03 pm

      jazakillah khairan Kiyara dear.. 🙂 aameen.. 🙂 kiyara vaahaka liyumahtakaa kuraa bura masahakathugai ves maaiyy allah barakaaiyy lavvaashi.. adhi thibaa ge faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂

  16. Kokee says:
    September 26, 2018 at 8:36 pm

    maasha allah…vrh vrh nice…aalaa n dhaniyaal dhw…ohh..shalhi vaane…hehe…waiting 4da next part…lysm sis

    1. aish noor says:
      September 27, 2018 at 9:05 pm

      jazakillah khairan Kokee.. 🙂 hehe.. balamaa dhw .. 🙂 mihaaru innaane 21st part up vefa, ingey dear.. 🙂 avahah kiyaalaa.. 🙂 aww.. <3<3<3<3<3

  17. R says:
    September 26, 2018 at 9:15 pm

    Buvahahaha.. ??? mivanee ragalha avaha those two marry kuruvan v eyrun aalaa hunaane rathuga n dhaniyal hunaane bo haas vefa but in the end they will fall for each other deeply..hahaha v fakkaavaane those two ge story gadu..
    Writer ge masakatha saabas dhen.. kuriya kuriya!!!

    1. aish noor says:
      September 27, 2018 at 9:06 pm

      hehehe.. balamaa dhw dhn vaagotheh.. hama heenukuraa gothakah ves kanthah badhaluvegen gosdhaanennu dhw dear? hehe.. 🙂 jazakillah khairan dear.. thi dhey support ah vrh vrh vrh bodah shukuriyyaa. 🙂 vrh ufaavehje hageegathugai ves.. 🙂

Comments are closed.

Next Episodeދުޢާ 21←


All Right Reserved!