އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1
ރޭގަނޑުގެ ފިނި ފިނި ވަގުތެވެ. ބޯ ރަޖަލެއްގެ ދަށުގައި ނިދާލަން މި ވިއްސާރަ ރޭގަނޑު ވަރަށް ފުރިހަމައެވެ. ވާރޭގެ މުތީތަށް ފުރާޅުތަކުގައި ޖެހިލާ އަޑު އަހާލަން ހިތްގައިމެވެ. ބިއްލޫރުގަނޑު ތަކުގައި ވާރޭ ތިކިތަށް ބީހޭ ގޮތް ބަލާލަން ރީއްޗެވެ.
ނަމަވެސް މި އޮއްފަދަ ރޭގަނޑުވެސް އަރާމު ނިދި ގުރުބާން ކުރަމުން ދިޔަ ޒުވާނާއަށް ތަޢުރީފު ހައްގެވެ. އޮފީހުގެ މޭޒު ދަށުގައި ގަނޑުތަށް ބަލައިގެން ޓައިޕްކުރަމުން ދިޔައިރު ކޮފީ ތަށިން ކޮފީ ފޮދެއްވެސް ބޯލައެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލާފައި އުޅަނބޮށި މޭޒުގައި ވިއްދާލިއިރު އީމާންނެ މޫނުމަތިން ފެންނަނީ ވަރުބަލިކެމެވެ. އާފުރިލަމުން ނެތް ކަށިން ހިތްވަރު ނެރެގެން ދެވަނަ ފައިލުގެ މަަސަތްކަތްވެސް ފެއްޓިއެވެ. ދެލޯ މެރެމުން ދިޔައިރުވެސް އެ ފައިލު ނިންމާފަ ނުނީ ނުނިދަން އީމާން އިނީ އޭނާގެ އަމިއްލަ ނަފްސަށް ހުވާކޮށްގެންނެވެ.
ދެތިން ގަޑިއިރު ފަހެވެ. ގަޑިން ރޭގަނޑު އެގާރަ ޖެހިއެވެ. ދަންވިވަރަކަށް ވާރޭގެ ކެރިގަނޑު އިތުރަށް ބޯ ކުރަމުން ދިޔައެވެ. އީމާން އޭނާ ބޮމުން ގެންދިޔަ ކޮފީ ތަށި ހުސްކޮށްލާފައި އެއްފަރާތްކޮށްލިއެވެ. ލެޕްޓޮޕް ލައްޕާލަމުން ފައިލްވެސް ލައްޕާލިއެވެ. ގައިގައި ހުރި ބާރެއްގެ ލާފައި ގޮނޑިއަށް ވެޑުވެ ގަތް ވަގުތު އެ ގޮނޑިން އަޑުވެސް ގޮވިއެވެ. ނަމަވެސް ފަރުވާލެއްނެތެވެ. މަސަތްކަތް ނިމުމުން އީމާންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެެވެ.
ދެލޯ މަރައިލައިގެން އޮތްވާ މީހަކު ކެބިންގެ ދޮރުގައި ޓަކި ޖަހާ އަޑުއިވުނެވެ. މިހާ ދަންގަޑިއެއްގައި އޮފީހުގައި އެ އުޅެނީ ކާކުބާއޭ އީމާންގެ ހިތަށް އެރިއެވެ. “ކަމިން..” ދޮރުވާނު އޮފީސް ބަންދުކުރަން އައީ ކަަމަށް ހީކޮށް އޭނާ ބުނެލިއެވެ. ނަމަވެސް ހީކުރި ގޮތާ ޙިލާފަށް ދޮރު ހުޅުވާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނާއިންއެވެ. “އޯހް ނާނު..ކައެ ހާދަ ލަސްވަންދެން ކީއްކުރަނީ ގެއަށް ނުދަނީތަ..އަނބި ގޮއްޔެ އިންނާނެއެއްނު އިންތިޒާރުގަ..” ގޮނޑިން ތެދުވެލެމުން އީމާން ސަމާސާ ކޮށްލިއެވެ. ހިނިގަނޑެއް ޖަހާލަމުން އީމާންގެ މޭޒު މަތީގައި ނާއިން ބާއްވާލީ ފައިލެކެވެ. “މީ ކޯއްޗެއް..” ފައިލުގައި އަތްލުމުގެ ކުރިން އީމާން އެއްސެވެ. “ކަލޯ ގަޔާ ތިހިރީ ރަނގަޅަށްވެސް ހަނދާން ނެތޭ ބަލި ޖެހިފައެއްނު ދާންވީ މި ސޮރު ގޮވައިގެން ޑޮކްޓަރަށް..ތީ މިއަދު އޮތް ޖޮބް އިންޓަވިއުގެ ފޯމްތަށް..ދެންމެ އެ ނިމުނީ އިންޓަވިއު..” ނާއިންގެ ބަހާއެކު އީމާން ފައިލް ހުޅުވާލިއެވެ.
“ޢާއިޝަތް ނިއުމާ..އައިމިނަތު ފިރާޝާ..މަރިޔަމް އާދަމް..އާއިޝަތް ހުދާ..މީ ހުސް އަންހެން ނަމެއްނު ކަލޯ” ލިސްޓުގައި ހުރި ނަންތަށް ކިޔަމުން އޭނާ ބުނެލިއެވެ. “އާން ތީ ވެއިޓްރެސް ޖޮބަށް ހޮވި ކުދިންނޭ..ވެއިޓްރެސް އެކަންޏެއްވެސް ނޫން..ސާފުކުރުމާ ހުރިހާ ކަމަކަށް..ކޮފީވެސް އޭރަށް އަހަރުން އަމިއްލައަށް ހަދާކަށް ނުޖެހޭނެއެއްނު..” ސޯފާއަށް ވެއްޓިގަންނަމުން ޓައީ ދޫކޮށްލި ނާއިން ބުނެލިއެވެ.
“ޢާއިޝަތް ހުދާ..” އެއްނަމެއް ދެތިން ފަހަރު އީމާން ކިޔާލިއެވެ ބޭޢިހްތިޔާރުގައެވެ. އެ ނަން އޭނާގެ ވިންދާ ކުޅެލިހެން ހީވިއެވެ. ނަމަވެސް އެއީ އޭނާގެ މޮޔަ ހިތް ކޮށްލި ސަމާސާއަކަށްވެސް ވެދާނެއެވެ. “ބުރޯ ތި ނަމާ އަޅައިގަތީތަ..” ހެވިފައިއޮތް ނާއިން ލާނެއްވެލިއެވެ. “އޭންން..ނޫން މި ހަމަ ރީތިކަމުން ކިޔާލީ ބައި ދަ ވޭ..އައި ހާރޑް ވަރަށް ގުޑް ނިއުސްގެ އަލާމާތެއް..” ފައިލް ލައްޕާލަމުން އީމާން ވާހަކަ އޮޅުވާލިއެވެ. ގޮނޑީގައި އިށީނދެ ސޯފާގައި އޮތް ނާއިންއަށް ބަލާލީ އެއްމިޔަކަށް ހީލަމުންނެވެ. “ކޯއްޗެއް ހިއާރވީ ޔޫ ގެ ކަންފަތަށް..” ނާއިން ބެލީ ސަމާސާ ކުރެވޭތޯއެވެ. “މައެ މަންމަ ކައިރީ ކައެ މައިދަތި މި ވާހަކަ ދެއްކި އަޑު އިވުނީ..” ސީދާ މަޢުލޫއަށް ދާކަށް އީމާން ނޫޅުނެވެ. “ހޫމްް މަގޭ މައިދައިތަ ހިސާބަކަށް އަނގަގަދަ ވާނެ..ކީކޭތަ އެކަމަނާފާނު މިކީ” ނާއިން ސީރިއަސް ވެލިއެވެ.
“ބުނީ ޔޯ މައިދައިތައަށް ހިވަނީ އޭނާގެ ދަރި ޕްރެގް ހެންނޯ..” އީމާން ބުނެލިއެވެ. އޭނާ ބެލީ ނާއިންގެ ހިތް އަވަސް ކުރެވޭތޯއެވެ. “ވަޓް މަގޭ މައިދައިތަގެ ދަރިއޭ އެ ކާކު..” ނާއިން ހުރީ ވާނުވާގައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އޭނާގެ އެކުވެރިޔާ އީމާން އޭނާ ވާނުވާގެ ތެރެއަށް ވައްދައިފި ވިއްޔާއެވެ.
“މަ މިކިޔަނީ ކަލޭ އަންހެންނުން ޝިޔާޒާ މުހައްމަދުގެ ވާހަކަ..” އަކުރުތަކަށް ދަމާފައި އީމާން ބުނެލިއެވެ. އެއާއެކު ހައިރާންވީވަރުން ނާއިންގެ ދެލޯ ބޮޑުވިއެވެ. ވާނުވާ ރޭކާލުމުންވެސް ޑްރާމާ ބޮޑުކުރަން އޭނާ އަނގަވެސް ހުޅުވާލިއެވެ. އެ ހަރަކާތަތްތަށް ބަލަން ދެ ޖީބަށް އަތްޖަހައިގެން ކެބިންގެ ބޭރު ފެންނަ ބިއްލޫރު ފާރު ކައިރީ ހުރި އީމާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އަނގަޔަށް މެއްސެއް ވަދެދާނެ..” ހުނުމުގެ ތެރެއިން އީމާންއަށް ބުނެވުނެވެ.
“ތިބުނީ މަގޭ އަންހެންނުން ބަނޑުބޮޑޭ ތަ..” ނާއިންއަށް އުފަލުގެ ކޮޅެއް ނެތެވެ. “އާން ކައެގެ މައިދައިތަ ކީ އެކަަހަލަ އެއްޗެއް މަގޭ މަންމަ ކައިރީ އެކަމު އެ ވާހަކަ އަޑު އިވުނީ މަ އޮފީހަށް ދާން ލަސްވެގެން ގެއިން ނިކުންނަން އުޅުނު ވަގުތު އެހެންވެ އަޑު އަހާކަށް ނުހުރެވުނު..” އީމާން ތަފްސީލަކަށް ދިޔައެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ހިތުންވެސް އުފާފާޅުކުރަމުންނެވެ. ” އަޅެ ގެއަށް ގޮއްސަ ކައެ މަންމަ ކައިރީ އަހައްޗޭ..” ބައްތިރީސް ދަތްޕިލަ ދައްކައިގެން ކޮލްގެޓް އިސްތިހާރު ކުރަން ތައްޔާރު ވެގެން ހުރި ނާއިން ބުނެލިއެވެ. “ހޫނނނ ސާބަސް ކަލޭ ގޮއްސަ ޝިޔާ ކައިރީ އަހާބަލަ ދޯ..” އީމާން ޖެއްސުން ކޮށްލިއެވެ. އެނާ ހުރީ ނިކަން ހެވިފައެވެ. ނާއިން ތުންއަނބުރާލިއެވެ.
“ދެން މާން މީހަކާ އިންނަނީ ކޮން ދުވަހަކުންތަ..ކައެ ބައްޕައަކަށް ވާ ދުވަސް ބަލާލަން މަ ވަރަށް ބޭނުން..” ނާއިން ފެއްޓި ވާހަކައިން އީމާންގެ މޫޑު އޮފްވިއެވެ. ހަޔާތުގެ އެއްފަހަރު ލޯބީގެ ކެހިވެރިކަން އިހްސާސްކޮށްފައި ހުރި އީމާންއަކީ މިހާރު ހަގީގީ ލޯބި ގަބޫލުކުރާ މީހެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ލޯބިވުމަކީ ހިތަށް ދެވޭ އަނިޔާއެކެވެ.
ދެ ޖީބަށް އަތްޖަހާލަމުން ނާއިންއަށް ފުރަގަސްދެމުން ބިއްލޫރިގަނޑުން ބޭރު ފެންނަ ގޮތަށް އޭނާ އެނބުރުނެވެ. ކެބިންގެ ހަތަރު ފާރުން އެއްފާރުގައި ބިއްލޫރި ޖަހާފައި ހުރުމުން ދިހަވަނަ ބުރި މަތިން ހުޅުމާލޭގެ މާހައުލު ވަރަށް ހިތްގައިމެވެ. ވާރޭ ވެހެމުން ދިޔައިރުވެސް ފަހަރަކު ޢިމާރާތެއްގެ އަލި ނިވެމުން ދިޔައެވެ. ނިދީގެ ތެރެއަށް ފީނާ މީހުންގެ އަދަދު ގިނަވަމުން ދާކަމުގެ ނިޝާނެކެވެ. ފުން ނޭވާއެއް ލަމުން އެ ފުރިހަމަ މަންޒަރަށް އީމާން ނަޒަރު ހުއްޓާލިއެވެ.
އީމާން ކުރަން އުޅޭ ކަމެއް ނުވަތަ ބުނަން އުޅޭ އެއްޗެއްގެ ހިލަމެއް ނުވެފައި ނާއިން ސޯފާގައި އިނެވެ. އެކުވެރިޔާއަށް ގެއްލިފައެވެ.
“ޑޫޑް..ޔޫ ނޯރ މީ..މާޒީގެ އައިރާގެ ކެހިވެރިކަމަށްފަހު ލޯތްބަކީ މަ ގަބޫލުކުރާ އެއްޗެއް ނޫން..ހުރިހާ އަންހެނުންނަކީވެސް އެއްކަހަލަ ބައެއް..އުފާ ހޯދުން ނޫންކަމެއް އެމީހުން ބޭނުމެއް ނުވާނެ..މަ މިހާރު އަންހެނަކާ ދިމާލަށް ބަލާ ނުލާ ތާނގަ ވާހަކަވެސް ނުދައްކާކަން އެންމެ ރަނގަޅަށް އިނގޭނީ ނާނުއަށް..ސޯ ޕްލީސް ޑޭޓިންއާ މެރިއޭޖް އެން ކިޑްސް ހޯދާ ވާހަކަ މަގޭ ކައިރީ ނުދައްކާ..” އެސްފިޔަ ޖަހާނުލާ އެއް ނޭވާއެއްގައި އީމާން ކިޔާލިއެވެ. “އައިރާ މިހާރު މީހަކާވެސް އިނދެފި އޭނަގެ ތިބޭ ދެކުދިންވެސް…އެކަމަކު ދެން މީހަކާ ނީންދެ މާންއަށް މުޅި ޢުމުރު ތިހެނެއް ނުހުރެވޭނެއެއްނު…ހުރިހާ އަންހެންނުން އެއްގޮތެއް ވިއްޔާ ޝިޔާވެސް މަށާ އިނދެގެނެއް ނޫޅޭނެ ދޯ..” އީމާންއަށް ވިސްނައިދެވޭތޯ ނާއިން މަސަތްކަތްކުރިއެވެ
.”ނާނު ޕްލީސް ސޮޓޮޕް އިޓް..ދެން ދޭ ގެއަށް..ޔޯ ވައިފް ވިލް ބީ ވެއިޓިން..” ފަސް އެނބުރި ބެލުމެއް ނެތި އީމާން ބުނެލިއެވެ. ނާއިންގެ ނަސޭހަތްތަށް ފެންނަށްވިއެވެ. “މާދަން އާ މުއައްޒަފުން ވަޒީފާއަށް ނިކުންނާނެ..ގުޑް ނައިޓް” މިހެން ބުނުމަށްފަހު ކެބިން އިން ނިކުންނަން ނާއިން މިސްރާބުޖެހިއެވެ. އީމާންވެސް ރޭގަނޑުގެ ސަލާންކޮށްލިއެވެ. މޫޑު ކަޓާފައި ހުރެ މޭޒުމަތީގައި ހުރި ފައިލްތަށް ކަބަޑަށް އަޅާލިއެވެ. ލެޕްޓޮޕް އޭނާގެ ދަބަހަށް ލަމުން ކެބިންއިން ނިކުންނަން މިސްރާބުޖެހިއެވެ. މުޅި ފްލޯރ އެކީގައި އޭނާ ނިވާލިއެވެ.
އިނދިރިކަމުގެ ސާލެއް އޮޅިފައިވާ އޮފީހުން ނިކުމެގެން އޭނާ ބާރު ހިނގުމެއްގައި އެރީ ކާރަށެވެ. އެ ވަގުތު ކޮޅު ތެރޭގައިވެސް ލައިގެން ހުރި ކަޅު ކޯޓާ ފަޓުލޫނު ހިސާބަކަށް ތެމުނެވެ. ފަރުވާލެއް ނެތެވެ. ނާއިން ދެއްކި ވާހަކައިން އޭނާގެ ހިތް މިލާ މޯޅިވިއެވެ. ހުނގާނުގައި އޭނާ ބޯ އަޅާލިއެވެ. ނަމަވެސް އޭނާގެ ފަހަތުގައި އޮތް ކާރު ބަރުގޮނު އަޅަން ފެށިއެވެ. ހައިރާންވެފައި އީމާން ކުޑަދޮރު ކަހާލަމުން ފަހަތް ބަލާލިއެވެ. ހިނިތުންވެފައި އީމާންގެ ފަހަތުގައި ޕާކު ކޮށްފައި ހުރި ކާރުގައި އިނީ ނާއިންއެވެ.
އެއްމިޔަކުން ހިނިތުންވެލަމުން ނާއިން އެއްބުމަ އަރުވާލިއެވެ. އޭނާ އިނީ އޭނާގެ ކާރު ހުނގާނުގައި ހިފާއްޓައިގެންނެވެ. ފިރިހެންވަންތަ ހިނިތުންވުމެއް ނާއިންއަށް ދެމުން އީމާން އޭނާގެ ކާރު ދުއްވާލިއެވެ. ނާއިން އާދޭތޯ ބަލާވެސް ނުލައެވެ. ރުޅިއަކުން ނޫނެވެ. އެކަނިވެލަން ވަގުތު ކޮޅެއް އިމާން ބޭނުންވުމުނެވެ.
ތާރު އެޅި މަގުތަކުގައި ކާރު ދުއްވަމުން ދިޔައިރު އޭނާ ނަޒަރު ހުއްޓިފައި ވަނީ ކުރިމަގަށެވެ. ވައިގަދަ ކަމުގެ ސަބަބުން ގަސްތަށް ހެލެމުން ދިޔަގޮތް ހިސާބަކަށް ބިރުވެރިއެވެ. ނަމަވެސް ހިތަށްހަމަޖެހުން ގެނުވާ ވާރޭ ތިިކިތަކަށް އެ ބިރުވެރިންކަމުން އަރައިގަތުމަށް އެހީވެދެއެވެ. މަގުމަތީގައި އިތުރު އުޅަނދެއް ނުފެނެއެވެ. ގަޑިން އެގާރަ ގަޑި ބައިވިއިރު ބަސްތަކެއްވެސް ނުފެނެއެވެ. މީހެއްގެ ހިލަންވެސް މަދުން ނޫނީ ނުވެއެވެ. މަގު މެދަށް ބަލަން އިނދެފައި އީމާންް އޭނާގެ ކަރު ކަނާތް ފަރާތަށް އަނބުރާލީ ކަރަށް ތަދެއް އަރައިގެންނެވެ.
އެވަގުތު އޭނާގެ ކާރު ބަސް ސްޓޮޕެއް ފަސްދީފަ ދިޔައެވެ. ބަސް ސްޓޮޕުން ފެނުނު މަންޒަރުން އީމާންގެ ދެބުމަަަ ގޮށްޖެހުނެވެ. ބޭއިޙްތިޔާރުގައި ކާރުގެ ބުރަކި ޖައްސާލެވުނެވެ. ފަސް އެނބުރި ބަސް ސްޓޮޕަށް ބާލާލެވުނެވެ. “އައިރާ..” އީމާންގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އަވަސް ހަރާކާތާއެކު ކާރު ޕާކް ކޮށްލަމުން އީމާން އޭގެން ފުންމާލިއެވެ. ބޯ ވާރޭގެ ތެރޭގައި ބަސް ސްޓޮޕާ ދިމާލަށް ދުއްވައިގަތެވެ.
ބަސް ސްޓޮޕްގެ ގޮނޑިއެއްގައި އިށީނދެގެން ނިދާފައި އިން އަންހެން ކުއްޖާ ކައިރީ ދެފައި މައްޗަށް އީމާން އިށީނެވެ. ހީވާގޮތުން އެކުއްޖާ ނިދާފައި އެއިނީ ބަހުގެ އިންތިޒާރުގައި ވަގުތުތަށް ގުނުމުގެ ތެރޭގައެވެ. އެގާރައިގެ ފަހުން ބަސް ނާންނާނެކަން އޭނާއަށް ނޭނގޭ ހެއްޔެވެ. އެކުއްޖާގެ މޮޔަކަމާ ހެދި އީމާން ގާތަށް ހިނިއައެވެ.
ކުޑަކޮށް ތެމިފައި އޮތް އެ ލޯބި ކުއްޖާގެ މޫނުގައި އީމާްން ފިރުމާލިއެވެ. އައިރާގެ ސޯޅަ ސަތާރަ އަހަރުގެ ކޮޕީއެއްހެން ހިވާ އެއްއަންހެން ކުއްޖާއާ މެދު ހޯދަން އީމާން ހިތް ފެންބޮވައިގަތެވެ. ދުވަހަކުވެސް އަންހެނަކަށް ބަލާނުލާ އީމާންގެ ހިތުގައި މި ނިޔަނެތި އަންހެން ކުއްޖާއާ މެދު ޝައުގުވެރިކަން އުފެދުނީ އެކުއްޖާ އައިރާއާ ވައްތަރު ކަމުންނެވެ. އެކުއްޖާގެ މޫނުގައި އީމާންގެ ހިތް ދަމައިގަަންނަ ކަހަލަ ބާރެއްވެއެވެ.
މައުސޫމް ކަމާއެކު ނިދާފައި އޮތް އޭނާގެ ލޮލުގައި އަޅާފައިވާ ވަށް އައިނު އޮތީ ވެއްޓިފައެވެ. އީމާން އެ އައިނު ރަނގަޅު ކޮށްދިނެވެ. އިސްތަށިގަނޑު ކުރު އަދި އެހާމެ ދޮން ޒުވާނާ މި ކަޅުފޮއެ ރޭގަނޑު އަލިކޮށްލާފަދައެވެ. އެ ކުއްޖާގެ މޫނާ އީމާންގެ މޫނު ކައިރިކޮށްލީ އައިރާގެ ހަނދާންތަށް އާވުމުންނެވެ. އީމާންގެ ނަފްސު އަމިއްލަ ބާރުން ދޫވެފައިވާ ފަދައެވެ. ހަނދެއްފަދަ މޫނަށް ގެއްލިފައި އީމާންވެސް އެއްކުއްޖާ ކައިރީ އިށީނދެލިއެވެ. ނޭވާ އިހްސާސްވާހާ ކައިރީގައި ދެ ޒުވާނުންނަށް ތިބެވުނެވެ. ނަމަވެސް އީމާްންގެ ހިތަށް ކުއްލި ސިހުމެއް ގެނުވީ އެކުއްޖާ ލޯ ހުޅުވާލުމުންނެވެ.
(ނުނިމޭ)
24 Comments!
Comments are closed.

Assalam alaikum readers? writing stories is what I do as a hobby but my dream has always been to become a successful writer. And Konme kaamiyaabee ehge fahathuga Baivaru meehunge Faadu kiyun vaanekan alhugandu gaboolu kuran☺️ So I hope binaakuranivi plus supportive comments Thakeh my first story ah libeynekamah. It would be a big help to fulfill my dream of becoming a successful writer????? ly all❤️ Gud nite??
Nice..ekamu kudhi kudhi mistakes eba huri..improve kohleema v nice vaane
Thank you lam dear ❤❤❤ yes insha allah kuriah oithaaga improve kohlaanan ??
Masha Allah…hama varah furihama????..keep it up???When nxt part
Thanks a lot shaya ❤❤ happy to know.?? next part insha allah maadhan but miadhuves up kureveytho I’m trying ???
Nice starting.. keep it up n best of luck dear.. Pls upload regularly ?
Thank you 4 da sweet comment ❤❤❤ mi dhuvaskolhu regular nuvedhaane ekamu next week in feshigen insha allah regular koh genesdheynan ??????
V interesting start. Ma sha Allah
feshun vv reethi..unmeedu kuran story imendhen genes dheyne kamah..smal mistakes ebahuri bt improve kohlanikoh it’ll be perfect..luv yuh…masha allah..may allah filfill ur dreams..dnt loose hope …u can do it..
Thank you so much maya love ❤❤❤yes I will insha allah. Thanks improve kohlaanan kuriah huri baithakuga but can u point the mistakes out. Eyrah it will help. Luv you too??n may Allah accept ur dua’s and fullfill ur dreams yuh ??? yh insha allah I can ???
v habeys feshun..ummeedhukuran EL ge stry nimendhen genesdheyne kamah..buddy good luck 4 the match..aharunna ehkoh dhw..ehehe…anyway waiting 4 next
Thank you very much loaibaa..❤❤❤ yh insha allah genesdheynan. Ahah k ahves goodu luck .?.k men gadhayah kulhehcheyy ?? today or tomorrow second prt ??
first stry ge first part r balaafa hama superb… vvv nice maasha allah.. may allah protect this amazing talent frm evil eyes… and , may allah filfill ur dreams…. best of luck dear???????????????
Awwn thank you so much ❤❤❤ so loabi of u. May Allah accept ur dua’s protect u from evil eyes and fulfill ur dreams too ???????
Nice starting eh??????
Thank youuuuu so much kaii ❤❤❤ kurukoh ehen kiyas okkki dho ????
Vrh reethi waiting for next part man??
O my my new best friend ❤❤❤ hehe..first best friend on this site ??. Yh insha allah miadhu or maadhan kiyaalan libeyne ingey ?????
tanks……. bro
anytime broh ?
aalaa ei u ge best buddy eh noontha? ma heekuree ey kamah u ge bst buddy akii..magey hee yagee nakah nuvithaa…???loabivaa…v v v goas aharun dhahkollee dhw…ey ekala rayya n EL ge konmes kujjaku hutteh nu?shalhi dhw..ekem noolhen bust kuraakah…sukuru kuraathi
Eyyn..eii mithanun libunu frnd ekey kalo…uhun k men thee abadhuves mahcehnu emme evareh hama. Magey R ey nukiyaa it over hah.? so ehaa salhi eh noon. Ehen konkujje baa? ? BTW mee chat kuran ehaa rangalhu thaneh noon kane. So I’ll meet you maadhan.?????
Varah varah reethi waiting for next part….
Varah reethi …..love it❤❤❤❤