Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ 11

Ninnu Level 210 Stories
September 25, 2018 6 Mins Read
23 Comments

“ރޫހީ… ޔަލާ އިޒް ހިއަރ…” ބުނާނެ އެއްޗެއް ނޭނގުނު އައްރާދު އެހެން ބުނެފައި ރުހާނީއާއި ދިމާލަށް އެނބުރުނެވެ. ނަމަވެސް މިބުނެވުނީ މިދަނޑިވަޅުގައި ބުނެގެން ނުވާނެ އެއްޗެއްކަން އެނގުނީ ދެނެވެ.

“ސީރިއަސްލި…” ރުހާނީ އެނދުން ތެދުވަމުން ބުނެލިއެވެ. މޫނުގައި އަތްހާކާލަމުން ރުހާނީ ދުރަށް ބަލާލީ އޭނާ ގަނެފައިވާ ލަދު ފޮރުވޭތޯއެވެ.

“ރޫހީ…” އެކަން ފާހަގަ ކުރެވުނު އައްރާދު އެނދުން ތެދުވަމުން އައިސް ރުހާނީގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ރުހާނީ ޖެހެމުން ގޮސް އަލަމާރީ ކައިރީގައި ހުއްޓިއްޖެއެވެ.

“ހައު ލޯންގް؟ އޭނާ އައިސްގެން އުޅޭތާ ކިތަށް ދުވަސް….” ރުހާނީ އަދިވެސް އިނީ އައްރާދަށް ނުބަލަންށެވެ. އޭނާ ލޯބިވެއޭ ބުނެވުނު މޮޔަ ހިތަށް އަރާފައި އަނެއްކާވެސް ރުހާނި ފިނި ނޭވާއެއް ދޫކޮއްލިއެވެ.

“ވަން މަންތް…” އައްރާދުވެސް އައިސް ސޯފާގައި އިށިންނަމުން ބުނެލިއެވެ. ކުއްލިއަކަށް ރުހާނިއަށް ހުރިހާ ކަމެއްވެސް އެނގުނެވެ. މިވީ އެއްމަސް ތެރޭގައި އައްރާދު އެހައި އޭނާއާއި މެދު ފަރުވާ ކުޑަކުރީ އެހެންވެ ހެއްޔެވެ؟ ލޮލުން ދިލަ ނަގައި ގަތުމުން ރުހާނީ ފާހާނައާއި ދިމާއަށް ހިނގައި ގަތެވެ. ނަމަވެސް އައްރާދު އައިސް އޭނާގެ އަތުގައި ހިފައި މޫނަށް ބަލާލިއެވެ.

“ސޮރީ…” އައްރާދު އެހެން ބުނިއިރު އެއަޑު ގައިވީ ތެދު އޭނާއަށް އެނގެއެވެ.

“ރާދު އޭނާއާ މެރީ ކުރަނީތަ…” އަހަން ބޭނުންނުވި ވާހަކަ އެންމެ ފަހުން ރުހާނީ އަހާލިއެވެ. އައްރާދަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ނޭނގެ… އެކަމް ބޭނުން…” ދޮގު ހަދަން ބޭނުން ނުވާތީ އޭނާ ހާމަ ކުރީ ތެދެވެ. ދޮގެއް ހަދައިގެން އެއްވެސް މީހަކު އުފަލުގައި ބަހައްޓާކަށް އޭނާ ބޭނުމެއް ނުވެއެވެ. ރުހާނީގެ މޫނަށްވި ގޮތް ފެނުމުން ދެރަވި ނަމަވެސް ދޮގެއް ހަދައިގެން އުފަލުގައި  ބެހެއްޓުމުގެ މާނައެއްވެސް ނެތެވެ.

ރުހާނީ ދެދުވަހެއް ވަންދެއް އުޅުނީ މުޅިންވެސް އައްރާދާއި ދުރުންނެވެ. އޭނާ އެއްވެސް ވަރަކަށް ޔަލާގެ ވާހަކަ އަހާކަށް ބޭނުމެއް ނުވެއެވެ. އެއީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެނދުގައި އިށީނދެގެންއިން ރުހާނީ ވިސްނަމުން ދިޔައީ މިވީ ދުވަސްތަށް ވޭތުވެގެން ދިޔަ ދޮތެވެ. އޭނާ ހީކުރީ އައްރާދާއި އެކު އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަން ބަދަލުމިވީ ވަރަށް އަވަހަށެވެ.

ކުލާހަށްދާން ތައްޔާރުވާން ހުރި ރުހާނީ ބޮލުގައި އަޅަން ހުރި ޝޯލް ނައްޓާލީ ބޯ އަނބުރަން ފެށުމުންނެވެ. މިހާރަކަށް އައިސް އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ބުރުގާ ނައްޓާލަމުން ރުހާނި ބެލީ ކައިރީގައި ހުރި ގޮނޑީގައި އަތްއަޅުވާލެވޭތޯއެވެ. މާބޮޑަށް އަނބުރަން ފެށުމުން ތަންތަނުގައި ހިފަހައްޓައިގެން އައިސް ރުހާނީ އެނދުގައި އޮށޯވެއްޖެއެވެ. ލޮމަރާލުމާއެކު ލޮލަށް ކަރުނަ ޖަމާވެ ފައިބަން ފެށުމުން އިތުރަށް ބޮލުގަ ރިއްސާ ހޮނޑު ލަވާގޮސްވެސް ވިއެވެ. ނަމަވެސް ހޮތަވރު ކޮއްލައިގެން އޮތީ އައްރާދު އަންނަން ދެނެވެ. އައުމުން ޑޮކްތަރަށް ދައްކަން ދެވިދާނެތާއެވެ.

ޔަލާ އާއިއެކު އެޕާޓްމަންޓަށް އައިސް ވަތް އައްރާދުގެ މޫޑުހުރީ ސަކަރާތްވެފައެވެ. ޔަލާގެ އާދައަކީ އަބަދުހެން ގެއަށް ގެންނަން ބުނުމެވެ. މިއަދު ކޮންމެހެން ގެނައީވެސް މިގަޑީގައި ރުހާނީ ކުލާހުގައި އުޅޭނެތީއެވެ. ޔަލާ ކައިރީގައި މީހަކާއި އިން ވާހަކަ ބުނިފަހުން ގަޔަށް އަތްލަން އުޅޭލެއްވެސް ގިނަހެން މިހާރު އައްރާދަށް ފާހަގަ ކުރެވެއެވެ. އެކި ތަންތަނަށް ބަލާލަމުން ޔާލާ އައިސް އައްރާދުގެ ކޮނޑުގައި އަތް އަޅުވާލިއެވެ. އަދި ކޮރާލަމުން އައްރާދުގެ ކޮލަށް ބޮސްދިނެވެ. ނަމަވެސް އެބީހުމުގައި އެއްވެސް ރުހާނީ ކަމެއް ނުހުރެއެވެ. އެހެން ހިތަށް އެރި އައްރާދު ހިނިތުންވެލީ ރުހާނި މަތިން ހަނދާން ވުމުންނެވެ. ޔަލާ ދެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް އައްރާދު އޭނާ އެތަނަށް ވައްދާކަށް ބޭނުމެއް ނުވިއެވެ. އެއީ ރުހާނީގެ ކޮޓަރިއެކެވެ. ޔަލާއާއި އިނުމަށްފަހުގައި ނޫނީ އޭނާ ޔަލާ އެތަނަކަށް ނުވައްދާނެއެވެ.

“އޯ.ކޭ… ނުވަންނާނަން…” ޔަލާ ދެއަތް މައްޗަށް ނަގަމުން ހިނގައިގަތީ އައިސް އަލަމާރިއާއި ދިމާލަށެވެ.

“ލެޓްސް ކުކް އަމް ސްޓާވިން…” އައިސް އަލަމާރީގެ ތެރެއަށް ބޯ ދިއްކޮށް ލައިގެން އިން ޔަލާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އައްރާދު ގަމީހުގެ އަތްކުރި އޮޅާލަމުން އައިސް ޔަލާގެ ފުރަގަހުގައި ހުއްޓެމުން އެއްޗެހި ދޭށޭ ބުނެލިއެވެ. ކެއްކުމަކީ އިންޑިއާއި އުޅުނު އިރުގައި ޔަލާއާއި އައްރާދު އަބަދުވެސް އެކީގައި ކުރާ ކަމެކެވެ.

“ހެހެހެ.. މަންމަ ހުރިނަމަ މިހާރު ހަޅޭ ލަވާނެ…” ޔަލާ ސުހޭލާ މަތިން ހަނދާންވުމުން ބުނެލިއެވެ. އައްރާދުވެސް ހެމުން ޕަކެޓު ކަނޑާލަމުން އޭގާއި ހުރި ޕާސްތާއަށް ހޫނު ފެނަށް އަޅާލިއެވެ.

ކޮޓަރީގައި އޮތް ރުހާނީއަށް ހޭލެވުނީ ބޭރުގައި އަު ގަދަވާން ފެށުމުންނެވެ. ލޯ ހުޅުވާލުމާއެކު އަދިވެސް ބޯއަނބުރާކަން ރުހާނީއަށް ފާހަގަވިއެވެ. ބުރުގާ އަޅާލައިގެން ރުހާނީ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ދޮރު ކުޑަކޮށް ހުޅުވާލުމުން ރުހާނީ ހުއްޓުނީ ބޭރުން ފެންނަންހުރި އަންހެން ކުއްޖާ ރީތި ކަމުންނެވެ. އައްރާދު އާ ކުރިމަތި ލައިގެން ހުރި އެކުއްޖާ ހިނިތުން ވެލަމުން އައްރާދުގެ އަތުގައި ހިފައި ފިތާލިއެވެ. ދިގު ފަންފަން އެއިސްތަށިގަނޑު ފުރަގަހަށް ވާގޮތަށް އޮތްއިރު ހަމަ ގައިމުވެސް އުނަގަނޑުން ރިތިއަށް ހުންނާނެއެވެ. އެދިގު އެސްފިޔަތަށް އެހާ ދުރުންވެސް ރުހާނީގެ ލޮލުގައި އަޅައިގަތެވެ. ދޮންދޮން ހަންގަނޑައީ ހިނިތުން ވެލާގޮތުން ކޮންމެ ފިރިހެނަކުވެސް ދިވާނާ ވެދާނެއެވެ. ރުހާނީގެ އަތުގައި އޮތް ފޯނަށްވެސް ރިންގުވާންފެށީ އެގަޑީގައެވެ. ޔަލާއާއި އައްރާދުއާއި ދެމީހުން ސިހިފައި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ.

“ރޫހީ….” އައްރާދު އިންތަނުން ތެދުވަމުން ރުހާނީއާއި ދިމާލަށް ބަލާލިއެވެ. ވަގުތުން އެއީ ޔަލާކަން ރުހާނީއަށް އެނގުނެވެ. އެދެމީހުން އެހެން ތާކަށްވެސް ދެވިދާނެ ނޫން ހެއްޔެވެ މިގެއަށް އޭނާ ދިރިއުޅޭ ތަނަށް ގެނައުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.

“ހައި… ޔަލާ…” ޔަލާ ހީލަމުން އެހެން ބުނި ނަމަވެސް ޔަލާއަށް އެއީ ހަމަ ރަނގަޅަށްވެސް ކާކުކަން އެނގުނެވެ. އަދި ރުހާނި ހުރިގޮތުން ދެރަވެފައިކަންސް އެނގުނެވެ. އެހެން ނޫންނަމަ އެހެން ނުހުންނާނެއެވެ.

“ރޫހީ… އައި ޑޯންޓް…” އައްރާދަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އެއްވެސް ވަރަކަށް އެމަންޒަރު ރުހާނީއަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. އެއީ އނާ އެއްވެސް އިރެއްގައި ބޭނުންވި ގޮތެއްވެސް ނޫނެވެ.

“ރާދު އަކަށް ނޭނގެ ރުހާނީ ގޭގަ ހުރި ކަމެއް…” ޔަލާ ޓިޝޫއަކުން ތުން ފުހެލަމުން އައިސް އައްރާދުގެ އަތުގައި ހިފާލިއެވެ. ދެމީހުން އެކުގައި ފެނުމުން ހީވަނީ ދުނިޔޭގެ ހުރިހާ ރީތިކަމެއް އެއްތަނަކަށް ޖަމާވެފައި ވާހެނެވެ.

“ލީވް…” ރުޅިއައި ރުހާނީ ބަލަހައްޓައިގެން ހުރީ ޔަލާއާއި އައްރާދުގެ އަތަށެވެ. ދެން ރުހާނީ ބަލާލީ ޔަލާގެ މޫނަށެވެ.

“ކީކޭ؟” ރުހާނީ ބުނި އެއްޗެސް ނޭނގުނު ޔަލާ އަދިވެސް އެއްފަހަރު އަހާލިއެވެ. ރުހާނީ އެޕާޓްމެންޓް ދޮރު ހުޅުވާލަމުން ޔަލާ ނިކުންނަން ހިނގައިގަތީ އައްރާދު އެއްޗެކޭ ނުބުނުމުންނެވެ.

“ސޫން އައި ވިލް ބީ ހިއަރ ބިޗް….” އެހެން ބުނެފައި ޔަލާ ތިރިއަށް ހިނގައި ގަނެއްޖެއެވެ. ރުޅިއައި ޔަލާގިސް ޖެހުނީ ސިބަތުގެ ގައިގައެވެ. ސިބަތު ވަގުތުން ޔަލާގެ އުނަގަނޑުގައު އަތް އަޅުވާލަމުން ޔަލާ ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ.

“ރޫޙީ…” ޔަލާ ދިޔަކަން ޔަޤީން ވުމުން އައްރާދު ގޮސް އަހާލިއެވެ. އޭނާ ރުންކުރުވީ ރުހާނީ އެހެން ޔަލާއާއި މެދުގައި ކަންތައް ކުރުމުންނެވެ.

“ރޫހީ އަކަށްވެސް އެހެނެއް ނުހެދޭނެ ޔަލް އަކަށް…”

“ޔަ.. އަހަރެން މީކާކު… ދޯ…” ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފައިބައި ގަތުމުން ރުހާނީ ބުނެލިއެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް މިހާރު އޭނާ ދެރަވަނީ މާއަވަހަށެވެ.

“ރޫހީ އެހެން ނުހަދާ ރީތިކޮށްވެސް ވާހަކަ ދެއްކި ދާނެ ދޯ.. ހަމަ އެހާ ރޫޑްވާން ޖެހޭތަ….” ރުޅިއައި އައްރާދު މޭޒުމަތިގައި ހުރި ތަށީގައި އަތުން ޖަހައި ބުރުވާލިއެވެ.

“މީ އަހަރެންގެ ގެ.. އޭނާގެ ގެއެއް ނޫން” ރުހާނީ އައްރާދުއަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“ކުޑަދުވަސް ކޮޅަކަށް….” އައްރާދު އެހެން ބުނުމުން ރުހާނީ ދެއަތް ތިރިއަށް އެލުވާލިއެވެ. ރުހާނީ އެހެން ހަދާލުމުން ކުއްލިއަކަށް އައްރާދު ހަނދާންވީ ރުހާނީ އެގެއަށް އައި ދުވަހު އޭނާއަށް ވީގޮތެވެ. މިއަދުވެސް ރުހާނީ އެހުރީ އެހެންނެވެ. އެއްވެސް ތާކުން ބޭނުން ނުވެފައެވެ.

ރުހާނީއާއި ދިމާލަށް ހިނގާފައި ދިޔަ އައްރާދު އައިސް ރުހާނީގެ އަތުގައި ހިފާލިއެވެ. އެއާއެކު ރުހާނީ ހަބަރު ހުސްވެއްޖެއެވެ. ދެރަވީ ކަމެއް ނޫނީ އިތުރަށް އަޑު ނޭހުނީ ކަމެއް ނޭނގުނެވެ. އެނދުގައި ރުހާނީ ބާއްވައިގެން އޮތް އައްރާދުގެ މޫނުގައިވީ ކަންބޮޑުވުމެވެ. ރުހާނީއާއި ދިމާލަސް އެހެން ބުނެވުމުން ދެރަވިއެވެ. ހިކިފައިވި ރުހާނީގެ ތުންފަތަށް ބަލާލަމުން އައްރާދު އަނެއްކާވެސް ރުހާނީގެ މޫނުގައި ފެންފޮދެއް އުނގުޅާލިއެވެ. އުނދަގުލުން ލޯހުޅުވާލި  ރުހާނީ ކައިރީގައި ބަލަހައްޓައިގެން އޮތް އައްރާދު ފެނުމުން އެނބުރުނީ އަނެއް ފަރާތަށެވެ. އައްރާދު ޑޯކްޓަރަށް ދައްކަން އެދުމުންވެސް ރުހާނި ދާކަށް ބޭނުމެއް ނުވިއެވެ. އިތުރަށް ވާހަކަ ނުދައްކައި ދެމީހުންވެސް ތިބީ އެނދުގައި އޮށޯވެގެންނެވެ. ދޭތެރެއަކުން ޔަލާ ގުޅާތީ އައްރާދު ފޯނު ނިއްވާލީ ޔަލާ ގުޅާތަން ރުހާނީއަށް ފެނިދާނެތީއެވެ. އައްރާދުއަށް ދާނެކޮޅެއް ނޭނގުނެވެ. ރުހާނީ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އަދި ޔަލާވެސް ދެރަ ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އައްރާދު ދެއަތްބަށް އިންނާކަށްވެސް ބޭނުމެއް ނޫނެވެ.

ހެނދުނު އައްރާދު އޮފީހަށް ދިޔައީ ކޮންމެހެން ކަމެއް ޖެހުނީޔާ ނޫނީ ތިރިއަށް ނުދާން ބުނެފައެވެ. ރުހާނީ ދަތް އުނގުޅާލައިގެން ތިރިއަށް ފޭބީ މިލްސިއާ އުޅޭތޯ ބަލާށެވެ. މިހާރު މާބޮޑަށް ބޮލަށް އުނދަގޫ ވެއެެވެ. ދުރުގައި ހުރި ސިބަތުހުރީ ރުހާނީގެ އަމަލުތަކަށް ބަލާށެވެ. އެހެން ހުރުމަށްފަހު އެންމެފަހުން ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަން ފަށައިފިއެވެ. ރުހާނީ އެދިމާލަށް އަންނަތަން ފެނުމުން ސިބަތު އެތަނުން ތެދުވެގެން ގެއިން ނިކުންނަން ހިނގައިގަތެވެ. ރުހާނީ ކާމެޒުކައިރީގައި ކޮޅަށް ހުރިއިރު ކައިރީގައި ހުރި އެއްޗެހިވެސް ހީވަނީ ވަށައިގެން އެނބުރެނީ ހެންނެވެ. ލެޕްޓޮޕް ހިފައިގެން ވަދެގެން އައި ޒަޔާނަށް ރުހާނީގެ މޫނު ހުރި ގޮތުން ކަމެއްވެފައިހެން ހީވުމުން ތަންކޮޅެއް ބާރަށް ހިނގާފައި އައިސް އެތަނާއި އަރައި ރުހާނީގެ މޫނަށް ބަލާލިއެވެ.

ދެލޯމަރައި ބާރުކޮށްލައިގެން އިން ރުހާނީ ހުރީ ކައިރީގައި ހުރި މޭޒުގައި ހިފަހައްޓާލައިގެންނެވެ. ޒަޔާން ގުދުވެ ރުހާނީގެ މޫނަށް ބަލާލަމުން ރުހާނީގެ ކޮނޑުގައި އތް ޖައްސާލިއެވެ. ވަރަށް ވަރުން ލޯހުޅުވާލި ރުހާނީ ކައިރީގައި ހުރި ޒަޔާން ފެނުމުން އެއްޗެކޭ ބުނަން އުޅުނު ކަހަލައެވެ. ނަމަވެސް ނުއެއް ބުނެވުނެވެ. އަނެއްކާވެސް ބޮލުގައިވި ތަދުވީ އިތުރެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި ސިބަތުވެސް އެތަނަށްއައީ އެވަގުތުގައެވެ. ފޯނު ކަނޑާލުމަށްފަހު އަވަހަށް ފޮޓޯއެއް ނަގާލަމުން އޭނާ ނުބައި ގޮތަކަށް ހީލިއެވެ.

“ރޫހީ…” ޒަޔާން ދެތިން ފަހަރަކު ގޮވާލުމުންވެސް ރުހާނީ ހުރީ އެހެންނެވެ. ގުޑިލަންވެސް ނުކެރިފައެވެ.

“މައި ހެޑް ހާޓްސް.. ވަރަށް ބޮޑަށް…” ޒަޔާން އެހެން ބުނެފައި ރޫހީގެ އަތްތިލަ ނަގައި ކުރިއަށް ހިނގައި ގަތެވެ. ގޭތެރެއަށް ވަށައިގެން ބަލާލި ޒަޔާނަށް މީހަކު ނުފެނުމުން ރުހާނީ ގޮވައިގެން މައްޗަށްދާން ހިނގައިގަތެވެ. ދޮރާއި ނިވާވެއިން ސިބަތު އެމީހުން މައްޗަށް ދާހައި އިރުން މަޑުމަޑުން އައިސް ހުޅުވިފައިވާ ކޮޓަރީގެ ދޮރުކުރިމަތީގައި ހުއްޓެމުން ބަލާލީ ޒަޔާނަށެވެ. އަދި ފޯނު ނަގައި ބަލާލިއެވެ. އެނދުގައި އޮށޯވެގެން އޮތް ރުހާނީއަށް ނިދުނީ ކަމެއް ނުނީ ހެއައަށް ގޮތްވީ ކަމެއް ނޭނގުނެވެ. އެނދުގައި ބުރަކަށި ޖެހުމާއެކު ނިދިފައިފިއެވެ.

ރުހާނީގައި މަތީގައި ރަޖާގަނޑު އެޅުމަށްފަހު ޒަޔާން އެތަނުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ސިޓިންރޫމުގައި ހުރި ސިބަތު ފެނުމުން ހިނިތުންވެލާފައި މިލްސިއާކައިރީގައި ރުހާނީ ބަލި ވާހަކަ ބުނެލުމަށް އެދުނެވެ.  ސިބަތު އަތުގައި އޮތް ކޮފީތަށިން ތުނބުގައި ޖަހާލުމާއެކު އޭނާ ކިނބިއްސެއް އަޅައިލިއެވެ. ކައިރީގައި ހުރި ޒަޔާން ލައިގެން ހުރި ގަމީހަށާއި މޫނަށް ކޮފީ ދިއުމުން އަވަހަށް ޒަޔާން ދުރަށް ޖެހިލިއެވެ.

“އަޅެ އައިމް ސޮރީ…” ސިބަތު ވަރަށް މައުސޫމު ވެލާފައި ބުނެލިއެވެ. ނަމަވެސް އޭމޫނުގައިވި ނުބައި ހިނިތުންވުން ޒަޔާނަކަށް ފާހަގައެއް ނުކުރެވުނެވެ.

“ތީތި ބައިލަން ވީނު.. އެބައަންނަން ޓީޝާޓްއެއް ހިފައިގެން… ރޫހީވެސް ނިދާފައެއްނު..” ނިދިފައި އޮތް ރުހާނީގެ ވާހަކަ ބުނުމުން ޒަޔާން ގަމީހުގެ ގޮށްތަށް ނައްޓަމުން ކޮޓަރީގެ ހުރި ފާހާނައަށް ވަނެވެ. ސިބަތު ދިޔައީ އެހުރިހާ މަންޒަރު ތަކަކާއި އޭގެ ކުރީގެ މަންޒަރުތައްވެސް ފޮޓީ ނަގަމުންނެވެ. ސިބަތު ޓީޝާޓެއް ގެނެސް ދިނުމުން ޒަޔާން އެލައިގެން ތިރިއަށް ފައިބައިގެން ދިޔައީ ވަރަށް ހަމަޖެހިފައެވެ.

އައްރާދު އޮފީހުގައި ހުރެފައި ފޯނަށް ބަލާލީ ނުދަންނަ ނަންބަރަކުން ވައިބަރ ކުރާތީއެވެ. އެވަރަށް ނުވިސްނާ ހުރެ ހުޅުވާލުމާއެކު ފުރަތަމަވެސް ފެނުނީ ޒަޔާން ހުސްގަޔާއި ހުރި ފޮޓޯއެވެ. ދެން ފެނުނީ ރުހާނީ އެނދުގައި އޮތްއިރު ރަޖާ އަޅައިދޭ ފޮޓޯއެވެ. ރުޅިއައި އައްރާދު ވަގުތުން އަތުގައި އޮތް ފޯނު އޮފީސް ތެރެއަށް މަޅައިޖެހިއެވެ. އެއަޑަށް އެވަގުތު އެތަނަށް ރާމިޒާއި ރިޔާޒުވެސް ދުވެފައި ކަހަލަ ގޮތަކަށް އައިސް ވަނެވެ. ރުޅިއައިސް ރަތްވެފައި ހުރި އައްރާސު ގަމީގެ އަތުކުރީގެ ގޮށްތަށް ނައްޓާލަމުން މޫނުގައި ދެއަތްއަޅައި އިރުކޮޅަކު މަޑުކޮއްލިއެވެ. ރިޔާޒު އަނގަ ހުޅުވާލުމުގެ ކުރިން އައްރާދު ތިރިއަށް ދާން ހިނގައި ގަނެއްޖެއެވެ.

ޔަލާ އޭނާގެ އެޕާޓްމެންޓްގެ ދޮރު ހުޅުވާލަމުން ކުރިމަތީގައި ހުރި އައްރާދަށް ހީލިއެވެ. އައްރާދު ވަގުތުން ޔަލާގެ ކޮނޑުގައި  ދަތްދޮޅި އަޅުވާލިއެވެ. އަދި އެތެރެއަށްވަދެ ދޮރުލައްޕާލިއެވެ. ރޭގަނޑު ނުވައެއް ޖާާހާއެހާއިރު ގެއަށް ވަތް އައްރާދުގެ މޫޑު އަދިވެސް ރަނގަޅު ނުވެއެވެ. އެންމެންގެ ތެރޭގައި ހުރި ރުހާނީގެ އަތުގައި ހިފައިގެން އައްރާދު ކުރިއަށް ހިނގައި ގަތުމުން ރާމިޒުއާއި މިލްސިއާ ތަންކޮޅެއް ބާރަށް އައްރާދަށް ގޮވާލިއެވެ. ނަމަވެސް ފަހަތަށް ބެލުމެއްނެތި އެދިޔަ ގޮތަށް މައްޗަށް ގޮސްބާރަށް ދޮރު ލައްޕާލަމުން ރުހާނީ އެޕާރޓްމެންޓް ތެރެއަށް ހޫރުވާލިއެވެ. ބިރުގަތް ވަރުން ރުހާނީ ނުވެއްޓުނީވެސް ކިރިޔާއެވެ. ކައިރީގައި ހުރި ގޮނޑީގައި ޖެހިފައި ތިރިވި ރުހާނީ ހެޔަށްވެސް ގޮތްނުވީ ކިރިޔާއެވެ.

“ރާދު..” ތުރުތުރު ލަމުންދިޔަ އަޑުން ރުހާނީ އެހެން ބުނިއިރު އޭނާ ހުރީ ވަރަށް ބިރުގަނެފައެވެ.

“އެންމެ ފަހަރަކު ބުނެލި ނަމަވެސް އަހަރެން ރުހާނީ ދޫކޮށްލާނަމޭ.. ހަމަ އެންމެ ފަހަރަކު އަހަރެންގެ ކައިރީގައި ބުނެލަން ޖެހޭނީ..” އައްރާދުގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަ ތަކާއެކު އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

“ކޯއްޗެއް ބުނަން…” ވާނުވާ ނޭނގިހުރި ރުހާނީއަށް ކޮއްލެވުނީ ސުވާލެކެވެ. އައްރާދު ކުރިއަށްވުރެ ބޮޑަށް ރުޅިއައީ އެހައި ހިސާބުންނެވެ.

“ޔޫ އެންޑް ޒަޔާން..” އައްރާދު އެހެން ބުނެފައި އައިސް މޭޒުމަތީގައި ހުރި ތަށިތައް އުކާލިއެވެ.

“ތިދެމީހުން ރައްޓެހިވާން ބޭނުންނަމަ ބުނެލިނަމަ.. އަހަރެންގެ ފަރާތުން ބަދަލު ހިފަންތަ ތިއުޅެނީ…އުމް…” އައްރާދު އައިސް ރުހާނީގެ ކޮލުގައި ހިފައިބާރު ކޮއްލަމުން ބުނެލިއެވެ. އައްރާދުގެ އަތް ނައްޓުވާލާފައި ވާހަކަ ދައްކަން މަސައްކަތް ކުރި ރުހާނީއަށް އެފުރުސަތުވެސް ނުދިނެވެ. އޭނާއަށް ވީ ކަމެއްވެސް އެނގުނީކީ ނޫނެވެ. އައްރާދު ކިޔާނެހައި އެއްޗެކޭ ކިޔާފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ.

*****

ދުރުގައި ޔަލާ އަދިވެސް ހުރީ ދެލޯ ބޮޑުކޮއްލައިގެންނެވެ. އައްރާދު ލޯމަރާލަމުން އައިސް ޔަލާގެ ކޮނޑުގައި ހިފަހައްޓާލަމުން އެމޫނަށް ބަލާލީ ވަރަށް ފަރުވާތެރި ކޮށެވެ. އަދި ކޮނޑުތަޅުވާލަމުން އަދިވެސް އެއްފަހަރު އަހާލިއެވެ. ޔަަލާއަށް  ބުނާނެ އެއްޗެއް ނޭނގުނެވެ. ލޯބޮޑު ކޮއްލައުގެން  ހުރީއެވެ. އައްރާދަށް އޭނާގެ ހީވުން ޔަޤީނާއި ކައިރި ވެއްޖެއެެވެ. ނަމަވެސް އޭނާ ޔަޤީންނުކޮށް އެއްވެސް ތާކަށް ދާކަށް ބޭނުމެއް ނުވިއެވެ.

“ޔަލް.. އައި ޑިންޓް ޓެލް ޔޫ ދެޓް…” އައްރާދު ވަރަށް އޯގާތެރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ޔަލާގެ މޫނުގައި ފިރުމާލިއެވެ.

“އަމް… ސޮރީ.. ޕްލީޒް…” ޔަލާގެ ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް އައްރާދު ދުރަށް ޖެހިލިއެެވެ. ސިކުނޑީގެ އެއްކަނުން ފެންނަމުން ދިޔައީ ކުޑަކުޑަ އާރާގެ މޫނުކޮޅެވެ. އަދި ރުހާނީއެވެ. މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައްރާދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ކީއްވެ ހެއްޔެވެ؟ އެންމެ އިތުބާރުކުރި މީހާ މިދިނީ ކޮންފަދަ ލަނޑެއްބާއެވެ. އާރާއަކީ އޭނާގެ ދަރިއެއް ހެއްޔެވެ؟

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 18

Next

ކުށަކާނުލައި- 18ވަނަބައި

Next
September 25, 2018

ކުށަކާނުލައި- 18ވަނަބައި

Previews
September 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 18

23 Comments!

  1. Naana says:
    September 25, 2018 at 6:18 pm

    Wow mi part vx varah reethi.. waiting for the next part

  2. vaan says:
    September 25, 2018 at 6:26 pm

    nice ☺????

  3. Ninnu says:
    September 25, 2018 at 7:21 pm

    I kindly request (Fayaa & Hudher) to not to comment unnecessary things. I really respect you guys. I think you guys shouldn’t give out your private information in a platform like this. Please think about it..
    Thank you

  4. nas says:
    September 25, 2018 at 7:43 pm

    Varan reethi.Koniraku next part

  5. Admin says:
    September 25, 2018 at 8:45 pm

    This comment is to the person who comment under the name Fayaa & Hudher…..
    Please stop commenting about things not related to the story. If you continue to do this I will have to no choice but to block you from Esfiya. Consider this as your last warning.

    -Admin-

  6. Aki says:
    September 25, 2018 at 9:01 pm

    pls pls araa aky raadh ge kid kan angabala … raadh sihrun DNA hadhaabaa.. varah reethi mi part ves

  7. Shafoo says:
    September 25, 2018 at 9:32 pm

    Vv reethi mi story… waiting for next part..

  8. Fayaa says:
    September 25, 2018 at 10:42 pm

    Sry ingey varah. Dhen eh kanthakeeii reapeat eh nuhvaahneh. Aslu block nuhveh kuhreh veyyneh dhw.. Lol..

  9. Hudher says:
    September 25, 2018 at 10:47 pm

    Fayaa inster id hadhaafa avahah hudha ah fonuvaalaba eyrun private koh vaahaka dhekkeynennu………anwy hudha ge faraathun v v v v v v v v v v bodah srry…..hudha vx dhn ekahala kameh nukuraanan…….stry v rythi maasha allah

  10. Fayaa says:
    September 25, 2018 at 11:29 pm

    Yah.

  11. Aish says:
    September 26, 2018 at 2:46 pm

    Next part avahah up kohdheeba

  12. Nivy says:
    September 26, 2018 at 11:17 pm

    When next dear waiting waiting

  13. Aish says:
    September 27, 2018 at 2:31 pm

    Koba tha next part

  14. Hai says:
    September 27, 2018 at 3:46 pm

    Koba next part

  15. ?☹ says:
    September 27, 2018 at 3:59 pm

    When next part..waiting?

  16. ?☹ says:
    September 27, 2018 at 3:59 pm

    When next part..waiting?

  17. ?? says:
    September 27, 2018 at 4:18 pm

    Ninnu dear comnt thakah reply kohbba pls☺

    1. Ninnu says:
      September 27, 2018 at 4:45 pm

      in shaa allaah will try to upload asap
      🙂

  18. Aish maaya says:
    September 27, 2018 at 7:31 pm

    Waiting waiting❤

  19. Gold says:
    September 27, 2018 at 9:15 pm

    Ninnu dear mirey nulibeynetha part eh kiyaalakah kiyaahithun iru irukolhaa eba beley… iyye aa miadhuves mi story upvefa intho belunu adadehves neyge…pls avahah upkohdeeba kiyaahithun nuhurevign hama?☺?❤

  20. Gold says:
    September 27, 2018 at 9:37 pm

    Mirey nulibeynetha part eh kiyaalakah…eha inthizaaru nukuruvabaa ninnu dear?mihaaruves story kiyaahitun hurevenyeh noon…waiting?❤

  21. ?? says:
    September 28, 2018 at 9:21 am

    Still waiting

  22. ?? says:
    September 28, 2018 at 2:53 pm

    Ninnu

Comments are closed.


All Right Reserved!