ކުށަކާނުލައި- 18ވަނަބައި
ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އާލިމްއާއި އައިކާ ތިބިއރު ލޯތަށް އެދިމާލަށް އަމާޒުވަމުންދިޔައެވެ. ”ސޯ ކީއްވެ ދިމާވާންބުނީ.” ވަރަށް ހިތްވަރުކޮށްފައި އައިކާ އަހައިލިއެވެ. އާލިމްގެ ނަޒަރު އެވަގުތު ސީދާ އަމާޒުވީ އައިކާގެ މޫނަށެވެ. ލަދުން އައިކާ އިސްޖަހައިލިއިރު އެމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ. ”އައި ލަވްޔޫ”
ކަންފަތަށް އިވުން ބަސްތައް ގަބޫލުކުރަން ނޭނގިފައި އައިކާ ދެލޯ ބޮޑުކޮށްގެން އާލިމްއަށް ބަލަންއިނެވެ. ހިތް އުފަލުން ނަށަމުންދިޔައިރު ދުލަށް އެންމެ ބަހެއްވެސް ނައެވެ. ހަގީގަތަކީ އާލިމްގެ ލޯތްބަށް އައިކާއަށްވެސް އެދެވެއެވެ. ފުރަތަމަ ފެނުނީންސުރެއް އެހިތުގައިވަނީ އާލިމްގެ ސޫރަ ބިންވަޅު ނެގިފައިއެވެ. އެލޯތްބަށް ހިތްއެދި ގޮވައެވެ. “އައިކާ… ކޮންމެސް އެއްޗެއް ބުނެބަލަ ޕްލީޒް. ” އައިކާ އެއްޗެއްނުބުނެ އިންނަންފެށުމުން އާލިމްގެ ހިތްދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ކެތްތެރިކަން ކުޑަވެފައި އާލިމްއިނީ އެލޯތްބަށް ފެންބޮވައިގަނެފައިއެވެ. “އާ.. އާލިމް.. އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން. އަހަރެންނަށް އާލިމްއެއް ރަނގަޅަކަށް ނޭނގޭ.” އާލިމްގެ އެބުލުމުން ލަދުގަނެފައި އިން އައިކާއަށް ވާހަކަ ދެއްކުނީވެސް އުނދަގުލުންނެވެ. އާލިމްގެ މީހަކަށް ވާން ބޭނުންވިޔަސް އައިކާއަކަށް އާލިމްގެ ގޮތެއް ނޭނގެއެވެ. ޖެހިލުން ވެވެނީ އެހެންވެއެވެ. “އައިކާ ބޭނުންވަރަކަށް ޓައިމް ނަގަންވީ. އައި ވިލް އޯލްވޭސް ވެއިޓް.. ޖަވާބެއް ދެވެންދެން އަހަރެން ބަލާނަން އައިކާގެ ރައްޓެއްސެއްގެ ގޮތުގައި ހުރެވޭތޯ. އޯލް އައި ނޯ އިޒް އައި ލަވް ޔޫ. އެންމެ ފުރަތަމަ ފެނުނީންސުރެއްވެސް އަހަރެންގެ ހިތް އައިކާއަށް ވަނީ ދެވިފައި.” އަސަރާއެކު އާލިމް ބޭރުކުރަމުންދިޔަ ބަސްތަކުން އައިކާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. “ހިނގާ ދޯ އަނެއްކާ އިންޓްރޮޑިއުސް ވަމާ އެހެންވީމަ. ހާއި. އައި އެމް ޔޫނުސް އަލަން ޝާކިރު.” ހެވިފައި އާލިމް ސަލާމަށް އަތްދިއްކޮށްލިއެވެ. “އައިކާ ޝަރީފް..” ލަދުރަކި ހިނިތުންވުމަކާއި އެކު އައިކާ ޖަވާބު ދިނެވެ. މިގޮތުގައި ދެމީހުން ވާހަކަދައްކަން ވަރަށް ގިނައިރު ތިއްބެވެ. އާލިމް އޭނާގެ ހަޔާތާއި ބެހޭގޮތުން އައިކާއަށް ކިޔައިދެމުންދިޔައެވެ. އައިކާވެސް މަޑުމަޑުން ވާހަކާގައި ބައިވެރިވަމުން ދިޔައީ އާލިމްގެ ގުޅޭ މިޒާޖުފެނިފައެވެ.
**********
ލޯގަނޑު ކުރިމަތީގައިހުރި ލާނާ އަމިއްލަ މޫނަށް ބަލައިލިއެވެ. އަލަންގެ އަތުގެ ހަމަލާ އެރިތަން އަދިވެސްހުރީ ރަތްވެފައެވެ. އަތްލުމުން ކުޑަކޮށް ތަދުވާހެންވެސް ހީވެއެވެ. ލޮލުން ވެއްޓުން ކަރުނަތިކި ލާނާ ފޮހެލީ އަމިއްލަ ބަދުނަސީބުކަން ހިތަށް އެރުމުންނެވެ. “އަދިވެސް ތައްޔާރު ނުވެވެނީތަ އަޅެ. މިހާރު ކިހާ އިރެއްވެއްޖެ.” އެނދުމަތީގައި ފޯނާއި ކުޅެން އެއްލާފައިއޮތް އަލަން ހިތްހަމަ ނުޖެހިފައި ބުންޏެވެ. ދެލޯ ފޮހެލަމުން ލާނާ މޫނުގައި ފައުންޑޭޝަން އުނގުޅަންފެށީ ރަތްވެފައިހުރިތަން ފޮރުވުމަށްޓަކައިއެވެ. މޫނުގައި ފައުންޑޭޝަން އުނގުޅުމަށްފަހު ފުށްކޮޅެއް ޖަހައިލަމުން ލާނާ ނިންމައިލިއެވެ. ދަނބުކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހާއި ނޫކުލައިގެ ޖިންސުގައި ލާނާ ފެންނަނީ ވަރަށް ރީތިކޮށެވެ. “ނިމުނީ..” ތައްޔާރުވެ ނިމުމުން ލާނާ ބުނެލިއެވެ. ހިތްހަމަ ނުޖެހިފައިހުރި އަލަން ކުސްތަޅަމުން ލާނާގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ދިޔައެވެ. އިތުރަށް ގަދަނުހަދައި ލާނާވެސް އަލަންއާއި އެކީގައި ދިޔައީ ގެއަށް ދެވޭތީ ހިތްހަމަ ޖެހިފައި ހުރެއެވެ. ތިރިއަށް ފައިބައި އަލަން ކާރު ނެރުމުން ލާނާ ކާރަށް އަރައި ހަމަޖެހިލިއެވެ. ހަވީރު ކަންތައްވީގޮތުން ލާނާ އަދިވެސްހުރީ ނެގިމަޑުވެފައެވެ. މިކަމުން އަލަންގެ ހިތަށް އުނދަގޫވަމުން ދިޔައީ އޮބިނޯންނަވަރަށެވެ. “ޕަޕީފޭސް ކީއްވެތަ ވާހަކަ ނުދައްކަނީ..” ހިތަށް އުނދަގޫ ވުމުން އަލަން ފަށައިގަތެވެ. ބަދަލުގައި ލާނާ ފިނިގޮތަކަށް އަލަންއަށް ބަލައިލިއެވެ. ނަމަވެސް ދުލުން އެންމެ ބަހެއްވެސް ބޭރެއްނުކުރިއެވެ. “ކީއްވެހޭ ވާހަކަ ނުދައްކަނީ.. މަ އެއްޗެއް އެބަ އަހަމޭ ޕަޕީފޭސް ކައިރީ” ހިތްހަމަ ނުޖެހިފައި ލާނާގެ އަތަށް ފިތައިލަމުން އަލަން ބުންޏެވެ. “އަހަރެން އިތުރަށް ދައްކާނެ ވާހަކައެއްނެތް.” އަތްދަމައިގަންނަމުން ލާނާ ޖަވާބުދިނެވެ. ލާނާގެ މި ފަރުވާކުޑަ ޖަވާބުން އަލަންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލާނާއަށް އުނދަގޫކޮށްލަން ބޭނުންވިއެވެ. އަލަން ވަގުތުން ލާނާގެ އަތުގައި ހިފާ ގަޔާއި ދިމާލަށް ދަމައިލިއެވެ. ނުވިސްނައި އިން ލާނާ އައިސްޖެހުނީ އަލަންގެ މޭމަތީއެވެ. އެވަގުތު އިސްތަށިގަނޑުންބައެއް ލާނާގެ މޫނު މައްޗަށް އެޅުނެވެ. ފަރުވާތެރިކަމާއެކު ލާނާގެ މޫނުމައްޗަށް އެޅިފައިހުރި އިސްތަށިކޮޅު އަލަން އެއްފަރާތްކޮށްލިއެވެ. ފަރުވާތެރިކަމާއިއެކު ލާނާގެ މޫނަށް ބަލަމުންދިޔަ އަލަންގެ ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. “ލާލާ ހާދަ ލޯތްބޭ.” ބޭއިހްތިޔާރުގައި އަލަންއަށް ބުނެވުނެވެ. މިއީ ދުވަހަކުވެސް އަލަން ވާހަކަ ދެއްކި ގޮތެއް ނޫނެވެ. ހައިރާންވެފައި ލާނާއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިނދެވުނީ އެހެންވެއެވެ. ދުރަށް ޖެހެން ގަދަ ހަދަމުން ދިޔަ ލާނާގެ ސިކުނޑި ހީވަނީ ‘ބްލޭންކް’ ވެފައި ހުރިހެންނެވެ. ގުޑާލަންވެސް ނޭނގިފައި އިނދެވުނީ އަލަންގެ މިފަރާތް އަދި ފެނިފައި ނުވާތީ ހައިރާންވެގެންނެވެ. ބުނެވުނީ ކޮންއެއްޗެއްކަން ރޭކައިލުމުން އަލަން ރަކިވާގޮތްވިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ލާނާގެ އެ ލޭކުލައަރާފައިވާ ތުންފަތުގައި އަލަން ބޮސްދިނުމަށްފަހު ދޫކޮށްލިއެވެ. އައިރުޅީގައި ލާނާއަށް ވަގުތުން މޫނު އަނބުރައިލެވުނެވެ. “ކާމް ޑައުން ލާނާ. ހީ އިޒް ޔުއާރ ހަޒްބަނޑް” އަމިއްލަ ނަފްސަށް ވިސްނައިދެމުން ލާނާ މަޑުންބުނެލިއެވެ.
“ދަރިފުޅާ..” ގެއަށް އައިސްވަތް ލާނާފެނި ފާހިރާ ލޯބިން ބައްދައިލިއެވެ. “ދަރިފުޅު ނައިސްގެން މަންމަ މިހާރު ކޮންއިރެއް. ހަސީނޫ.. ހަސީނޫ.. އާދެބަލަ. ލާލާ އައިހޭ މިހުރީ.” ފާހިރާ ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ. ކޮޓަރީގައިއޮތް ހަސީނުވެސް ދުންޖަހާފައި ނުކުތީ ލާނާއައި ވާހަކަ ބުނުމުންނެވެ. “ބައްޕަގެ ލާލާ..” ލާނާގެ ގައިގައި ބައްދައިލިއެވެ. ލާނާގެ ލޯފުރި ބަންޑުން ވެގެންއައީ މަންމައާއި ބައްޕަގެ ލޯބި ފެނިފައެވެ. ބައްޕަގެ އެ ހިމާޔަތާއި މަންމަގެ އެ ލޯތްބާއި އޯގާތެރިކަމަށް ލާނާ ވަނީ ބޭނުންވެފައެވެ. “ދަރިފުޅު ކީއްވެ ރޮނީ. ބައްޕަގެ ޕްރިންސަސް ނުއެއް ރޯނެ.” ލާނާގެ ލޯ ފޮހެދެމުން ހަސީނު ލޯތްބާއެކު ބުނެލިއެވެ. “މަންމައާއި ބައްޕަމަތިން ލާލާ ވަރަށް ހަނދާންވޭ..” ހަސީނު ގައިގައި ބައްދާލަމުން ލާނާ ބުންޏެވެ. މަންޒަރު ބަލަންހުރި އަލަންގެ ހިތަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ހަސީނުމެން ލާނާދެކެ އެވަނީ ހާދަ ލޯތްބެކެވެ. ނަމަވެސް އަލަންގެ ފަރާތުން ލާނާއަށް ލިބެނީ އަނިޔާއެވެ. އަލަންއަށް މިދެވެނީ ލާނާއަށް ހައްގު އަނިޔާބާވައެވެ. “އަހަނ ދަރިފުޅާ އަލަން. ހާދަ ދުރުގަ. ހިނގާ ކާން..” އަލަން ދުރުގައިހުރިތަން ފެނުމުން ހަސީނު ގޮވައިލިއެވެ. ބަދަލުގައި އަލަން ބޯޖަހައިލިއެވެ.
ކައިނިމިގެން ހަތަރު މީހުން ތިބީ ސޯފާގައި ވާހަކަ ދައްކާށެވެ. “މޯމް.. ލާލާގެ ރޫމްގައިހުރި އެއްޗެހި ގެންދަން ބޭނުން.. ” ފާހިރާއަށް އިޝާރާތްކުރަމުން ލާނާ ބުންޏެވެ. “ދަރިފުޅު ދިޔައިރުވެސް ހުރިގޮތަށް ހަމަ ހުންނާނެ. އެއީ އަބަދުވެސް ލާލާގެ ކޮޓަރިއޭ. ހިނގާ މަންމަވެސް އެހީ ވާނަން އެއްޗެހި ޕެކް ކޮށްދޭން.” ލޯތްބާއިއެކު ލާނާގެ ބޮލުގައި ފިރުމާލަމުން ފާހިރާ ބުންޏެވެ. “ބައްޕަ އަންނާނަން ފޮށިގަނޑުކޮޅެއް ހޯދައިގެން.” ސޯފާއިން ތެދުވަމުން ހަސީނު އިއްވައިލިއެވެ. ލާނާއާއި ފާހިރާ މިސްރާބުޖެހީ ލާނާގެ ކޮޓަރިއަށެވެ. ފަހަތުން އަލަންވެސް އެއްޗެއްނުބުނެ ދިޔައެވެ. ކޮޓަރިއަށް ވަނުމާއެކު ލާނާ ވަށައިގެން ބަލައިލިއެވެ. އެއްވެސް އެއްޗަކަށް ބަދަލެއްގެނެސްފައެއް ނެތެވެ. ލާނާ ބެހެއްޓިގޮތަށް ހުރިހައި އެއްޗެއްވެސް ހުއްޓެވެ. އެވަގުތު ކައިރިއަށް އައިސް ހުއްޓުން އަލަންއަށް ލާނާގެ ނަޒަރު ހުއްޓުނެވެ. ކަންބޮޑުވެފައި ކޮޓަރީގެ އެކި އެއްޗިއްސަށް އަލަން ބަލަންހުރި ގޮތުން ލާނާގެ ގާތަށް ހިނިއައެވެ. ވަގުތުން އަލަންއަށް ޖެއްސުންކުރަން މޮޅު ޕްލޭނެއް ރާވައިލިއެވެ. އިރުކޮޅެއްނުވެ ހަސީނުއައީ ފޮށިގަނޑުތަކެއް ހިފައިގެންނެވެ. ލާނާ ވަގުތުން އަލަމާރި ހުޅުވައި އޭނާގެ އެއްޗެހި ޕެކްކުރުމައިގެން އުޅެގަތެވެ.
“އޯހ ގޯޑް. މިހާ ސާމާނު.” ބަންދުކޮށްފައިހުރި ފޮށިތަށް ފެނުމުން އަލަންގެ މޭނުބައިވިއެވެ. އެހުރިހައި އެއްޗެހި ގެންގޮސް އަޅާނީ ކޮންތާކަށްބާއޭ އަލަންގެ ހިތަށް އެރިއެވެ. އޭރުން އަލަންގެ އެއްޗެހި ބަހައްޓަން ޖެހޭނީ ކޮޓަރިން ބޭރުގައި ބާއެވެ. އަލަންގެ ސިކުނޑިއަށް ބާރުވިއެވެ. ދުރުގައި މަންޒަރު ބަލަންހުރި ލާނާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ފޮނިވެވޭތޯ ބަލާނަމޭ ލާނާގެ ހިތަށްއެރިއެވެ. ޕިކަޕަށް ގުޅައިގެން އައުމުން ހުރިހައި ސާމާނެއް އެއަށް އެރުވުމަށްފަހު ގެންދަންވީ އެޑްރެސް އަލަން ކިޔައިދިނެވެ. ދިއުމުގެ ކުރިން ލާނާގޮސް މަންމައާއި ބައްޕަ ގައިގައި ބައްދާލުމަށްފަހު އަލަންއާއި އެކީގައި ކާރަށް އަރަން ދިޔައެވެ.
*********
ރަސްފަންނުގައި ވާހަކަދައްކަންތިބި އައިކާއާއި އާލިމްގެ ނުތަނަވަސްކަން މިހާރުވަނީ ފިލާފައެވެ. އައިކާގެ މޫނުމަތިން ހިނިތުންވުން ފެންނަ ކޮންމެފަހަރަކު އާލިމްގެ ހިތް އުފަލުންފުރެއެވެ. “ކަމަނާ ނަމްބަރ ލިބިދާނެތޯ. އޭރުންނެންނު ގުޅޭނީ ތާކަށް ދާންވިޔަސް.” އެއްލޯ މަރައިލަމުން އާލިމް ބުނިގޮތުން އައިކާގެ މޫނު ރަތްވެގެން ދިޔައެވެ. “ލަދުގަތީމަ އަދި މާބޮޑަށް ލޯބި” އާލިމްއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. އެވަގުތު އައިކާގެ ހުނުމުގެ އަޑު އެތަނުގައި ހިފައިލިއެވެ. ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުން ހިނގައިގަތީ އައިކާއަށް ލަސްވާތީއެވެ. ކާރުގައި އައިކާ ގެއަށްލާން ދިޔައިރު އާލިމްއަށް ވަނީ އައިކާގެ ފޯނު ނަމްބަރުވެސް ލިބިފައެވެ. ދެހިތް އުފަލުންފޮޅިފައި ތިބިއިރު އަންނަންއޮތް ތޫފާނުގެ ހިލަމެއް އެއްވެސް މީހަކަށް ނުވާކަހަލައެވެ.
ކޮޓަރީގައި ނުނިދިފައިއޮތް އިދާންގެ ސިކުނޑީގައި އެނބުރެމުންދިޔައީ މިއަދު ހިނގައިދިޔަ ކަންތަކެވެ. ފިލްމެއްހެން އަދިވެސް ލޯކުރިމަތީގައި އެތަން ސިފަވާ ކަހަލައެވެ. ލާނާ ރޮއެގަންނަ އަޑު އަދިވެސް ހީވަނީ ކަންފަތުގައި ހަރުލާފައި ހުރިހެންނެވެ. “ލާލާ.. ކީއްވެތަ ނުބުނަނީ ތިވެގެން އުޅޭ ގޮތެއް. ވައި އާރ ޔޫ ސަފަރިންގް ލައިކް ދިސް”. މައްޗަށް ބަލަހައްޓައިގެން އޮތް އިދާންގެ ސިކުނޑި ހީވަނީ ސުމަކަށް ގޮސްދާނެ ހެންނެވެ. ލާނާއާއި އަލަންގެ ކައިވެނި ކުރެވުނީ ލޯބިންކަމަށް ހީކޮށް ހުއްޓައި މިއަދު ފެނުން މަންޒަރުން އިދާންއަށް އެކަން މިހާރު ގަބޫލެއް ނުކުރެވެއެވެ. އެކައިވެނީގެ ފަހަތުގައި މުޅިން އެހެން ކަމެއް އެބައޮތޭ އިދާންގެ ހިތްދިޔައީ ބުނަމުންނެވެ. އެކަމަކު ކޮންކަމެއް ހެއްޔެވެ. ލާނާއަކީ އެހައި ފަސޭހައިން ގޮތްދޫކުރާނެ ކުއްޖެއް ނޫންކަން އިދާންއަށް އިނގެއެވެ. ވިސްނައި ވިސްނައި އިދާންގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ލާނާ އެކަމުން ސަލާމަތްކުރަން އިދާން ބޭނުންވެއެވެ. މުޅިއުމުރަށް އޭނާގެ މިލްކަކަށް ލާނާ ހަދަން އިދާންހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. ވަރަށް ވިސްނުމަށްފަހު ފޯނުނަގައި އިދާން ނަމްބަރަކަށް ޑައިލްކޮށްލިއެވެ.
“ކީއްވެ މިތަނަށް އަންނާށޭ ބުނީ..” ކުއްލިއަކަށް ގުޅާފައި ދިމާވާން އިދާން ބުނުމުން ހުޒާމް އަދިވެސް އިނީ ސުވާލުމާކެއް ހެންނެވެ. ހުޒާމްއާއި އިދާންތިބީ ސިޓްރަންގެ މަތީގައި ކޮފީއަކަށް އަރައެވެ. ކުއްލިއަކަށް އިދާން ގުޅާފައި އެތަނުން ދިމާވާން ބުނުމުން ހުޒާމް ހުރީ ވާނުވާގައެވެ. “ޒިމީ.. އަހަރެންނަށް އިނގޭ މިދިޔަ ދުވަސްތަކުގައި އަހަރުމެންގެ ގުޅުންވަނީ ހީނަރުވެފައިކަން. އެކަމަކު އަހަރެން ޒިމީގެ ހެލްޕް ބޭނުން މިކަމަށް. ” އިދާން ހީވަނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ. “އިދީ.. ތި ބުނަންއުޅޭ އެއްޗެއް ބުނެބަލަ ތަންކޮޅެއް ސާފުކޮށް.” ބޮލަށް އުނދަގޫވެގެން ހުޒާމަށް އަހައިލެވުނެވެ. “އަހަރެން ބޭނުން ލާނާއާއި އަލަންގެ ކައިވެނީގެ ހަގީގަތް ހޯދަން.” ކުއްލިއަކަށް އިދާން ބުނެލި ވާހަކައިން ހުޒާމް ކޮށިއަރާގޮތްވިއެވެ. އެކައިވެނީގެ ފަހަތުގައި ކަމެއް އުޅޭކަން ހުދު ހުޒާމްއަށްވެސް އިނގެއެވެ. ނަމަވެސް އެކަހަލަ ކަމެއް އުޅޭކަން އިދާންއަށް އިނގުނީ ކިހިނެއްބާވައެވެ. ސުވާލުން ފުރިގެންވާ ގޮތަކަށް ހުޒާމް ބަލައިލީ އިދާންގެ މޫނަށެވެ. “އޯހ ކަމްއޯން ޒިމީ. މަށަށްވެސް އެނގޭ ލާލާ ހަމަ އެގޮތަށްހުރެފައި އެއްބަސް ނުވާނެކަން. ކޮންމެވެސް އެހެން ކަމެއް އެބައުޅޭ.. ޒިމީއަށް އެނގޭތަ.” ހިނގައިދިޔަ ކަންތައް ސިއްރުކުރަމުން އިދާން ކިޔައިދިނެވެ. “ނޫން. އަހަރެންކައިރީ އަލަންއެއް ނުބުނޭ ކިހިނެއްކަމެއް. އެހީމައި ވާހަކަ އޮޅުވައިލީ. އަހަރެންވެސް ބޭނުން ކިހިނެއްކަން ބަލަން. މިކަމުގައި އަހަރެން އިދާންއަށް އެހީ ވާނަން. ބަޓް ޕްލީޒް ކީޕް ދިސް ބިޓްވީން އަސް.” ބަދަލުގައި ހުޒާމްވެސް އެކަމަށް އެއްބަސްވީ އެކަމުގެ ހަގީގަތް ހޯދުމުގެ ޝައުގު ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. އަލަން އެކައިވެނި ކުރިގޮތެއް ހުޒާމްވެސް ބަލަން ބޭނުންވެއެވެ. އެންމެގާތް ރަހުމަތްތެރިޔާގެ އެސިއްރު ހޯދަން ހުޒާމް ހުރީ އަތުކުރި އޮޅާލައިގެންނެވެ.
ޕިކަޕުގައި އެއްޗެހިތައް ގެއަށް ގެނައުމަށްފަހު އެޕާރޓްމެންޓަށް އެރުވުމުގައި އަލަންއާއި ލާނާ ހަރަކާތްތެރިވަމުން ދިޔައެވެ. ފޮށްޓަކަށްފަހު ފޮށްޓެއް އަރުވަމުންގޮސް ހުރިހައި ފޮށްޓެއް އެރުވުމުން ޑްރައިވަރަށް ރުފިޔާ ދެއްކުމަށްފަހު ލާނާ ގޮވައިގެން އަލަން މައްޗަށް އެރުމަށްޓަކައި ލިފްޓަށް އެރިއެވެ. “އަލަން..މަންމަމެން ބަޔަކަށް ނުދަމެންނު އަދި މިއަދަކު. ރޭގައިއެންނު އެންމެ ފަހުން ފެނުނީވެސް. ދިއުމުގެ ކުރިން އެބަޔަށް ގޮސްލަންވީއެންނު”. އާސިމާމެންގެ ކައިރިއަށް ނުދެވޭތީ ލާނާ ބޭނުންވީ ނިދުމުގެ ކުރިން އެބަޔަށް ގޮސްލާށެވެ. “ހޫމ.. މައްސަލައެއްނެތް… އަދި ވަރަށް މަންމަ ދެކެ ލޯބިވާކަމަށް ހެދިގެން އެބަ އުޅެއެންނު.. މިހާރުވެސް ލާލާ ފީވާރ ޖެހިފައެތިބެނީ އެންމެން.” ފޫހިވެފައި އަލަން ބުނިގޮތުން ލާނާގެ ރުޅިގަނޑު ގަދަވިއެވެ. ނަމަވެސް އެއްޗެއް ނުބުނެހުރީ ލިފްޓު ތެރޭގައި ފަށައިނުގަންނަން ވެގެންނެވެ. ހަތްވަނަ ބުރިއަށް ލިފްޓު ހުޅުވުމާއިއެކު ލާނާގެ އަތުގައި ހިފައިގެން އަލަން އެޕާރޓްމެންޓަށް ވަނެވެ. އެތެރެއަށްވަތް ލާނާއާއި އަލަންފެނި އާލާގެ މޫނުމަތި އުޖާލާވިއެވެ. ވަގުތުން ދުވެލާފައިގޮސް ލާނާގެ ގައިގައި ބައްދައިލީ އުފަލުންނެވެ. “ހޭއި ލާލާ. ހައު އާރ ޔޫ..” ދަތްތައް ސޭލްއަޅުވައިގެންހުރެ އާލާ އަހައިލިއެވެ. ބަދަލުގައި ލާނާ ހީލަމުން ރަނގަޅޭ ބުނެލިއެވެ. “އާލު ކޮބާތަ މަންމަ. ނިދަންވަނީތަ މިހާރު..” އާލާގެ ފަހަތުން ސޯފާގައި އިށީންނަމުން ލާނާ އަހައިލިއެވެ. އަލަންވެސް ދެކޮޅު ހޯދައިލީ އާސިމާއާއި ޝާކިރުގެ ހިލަމެއް ނުވާތީއެވެ. “މަންމައާއި ބައްޕަ ނިދަން ވަދެއްޖެ. މާ ލަހުންނޭ ތިއައީ. އަހަރެން ބުނިން މިއަދު ކާން އަންނަން ގުޅާށޭވެސް. އެކަމަކުވެސް މަންމައާއި ބައްޕަ ބޭނުންވީ ކައިވެނިކޮށްގެން ފުރަތަމަ ދުވަސްވީމަ އުނދަގޫ ނުކުރަން. ” މޫނަށް ވައްތަރުޖައްސައިލަމުން އާލާ ބުންޏެވެ.
އާލާއާއި ލާނާ ސޯފާގައި ވާހަކައަށް ގެއްލިފައި ތބިއިރު އަލަންއިނީ ދެބުމަގާތްކޮށްގެންނެވެ. ވާނީވެސް އެހެންތާއެވެ. އާލާއާއި ލާނާ ހީވަނީ ޒަމާންވީ ދެރަހުމަތްތެރިން ހެންނެވެ. ވާހަކަ ދައްކާގޮތުން ހީވަނީ ކުޑައިރުން ފެށިގެން އެކީގައިއުޅޭ ދެރަހުމަތްތެރިން ހެންނެވެ. ލާނާއާއި އާލާގެ އެގާތްކަންފެނި އަލަން ‘ޖެލަސް’ ވާގޮތްވިއެވެ. ލާނާ އަދި މިގެއަށް ބަދަލުވިތާ މިވީ އެންމެ ދުވަހެކެވެ. މިހާރުން ފެށިގެން ގޭގެ އެންމެންނަށް ޖާދޫ ޖައްސަންފެށީއެވެ. “އާލު ދޮންބެ މަތިން މިސްއެއް ނުވޭދޯ..” މޫނުހަދައިގެން އިން އަލަންއަށް މަޑަކުނެއް ނީނދެވުނެވެ. އަލަންގެ ވާހަކަ އިވިފައި އާލާއާއި ލާނާ ފެށީ ހޭށެވެ. “ހަހަ.. ދޮންބެ ޖޭ ވީ ދޯ…” އާލާވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. އަލަންގެ ފޫހިކަން އިތުރުވީ މަލާމަތުގެ ޒާތަކަށް ހެވިފައި އިން ލާނާ ފެނުމުންނެވެ. ކޮން ހުނުމެއް ހޭކަށް ހެއްޔެވެ. “ހޫނ.. ދެން ތިމާ ވަރުގެ މީހެއް ނެތިގެން. ބަލާނަމޭ ގެއަށް ގޮއްސަ ހެވޭތޯ.. އާލާއަށްވެސް ލާލާ ފީވާރ ޖެހިފައި މާ ބޮޑަށް. ފީވާރއެއް ނޫން ކަންނޭނގެ. ލާލާ ސިންޑްރޯމް ޖެހިފަ. މިވެސް ދެން ބޮޑު އުނދަގުލެއް.. ރަނގަޅުވެސް ވާ ބައްޔެއް ނޫނޭ މިއީ އަދި. އަހަރެން އެކަނި ކަންނޭނގެ ސަލާމަތުންހުރީ.” ހިތާހިތުން އަލަން ދިޔައީ ލާނާއަށް އެތިވަރު ގޮވަމުނެންނެވެ.
“ހިނގާ ކޮފީ ބޯން. އެބަހުރި ވަރަށް މީރު ބިސްކޯދެއްވެސް.” ވާހަކަ ދައްކަން އިނދެފައި އާލާ ހިޔާލެއް ދިނެވެ. ބަދަލުގައި އަލަން ބޯހުރުވައިލީ ދެ އަންހެންވެރިން ގޮވައިގެން ކޮފީ ނުބޯންވެގެންނެވެ. ފަށައިފިކަމެއް ހުއްޓަން އެނގޭބައެއްނޫން ވިއްޔާއެވެ. “ނޫން. ވަރަށް ފަހުން ކައިގެން މިއައީ. އާލު ކޮފީ ބޯލާ.. އަހަރެން އިންނާނަން ބަލަން.” މާފަހުން ރޭގަނޑު ކެއުމުން ކޮފީ ބޯކަށް ލާނާ ބޭނުމެއް ނުވިއެވެ. ނަމަވެސް ހުއްޓާނުލައި އާލާ ކިޔަން ފެށުމުން އެކަމަށް އެއްބަސްވިއެވެ. ކޮފީބުއިމަށްޓަކައި އާލާއާއި ލާނާ ބަދިގެއަށް ދިޔައެވެ. ކޮފީ މެޝިނަށް ކޮފީ ތައްޔާރުކުރަން ޖެއްސުމަށްފަހު ދެމީހުން ކާމޭޒުކައިރީގައި އިށީނދެލައިގެން ތިބީ ކޮފީ ތައްޔާރުވަންދެންނެވެ. އިރުކޮޅަކު ތިބުމަށްފަހު ކޮފީ ތައްޔާރުވުމުން ޖޯޑަށް އަޅައިގެން ކާމޭޒުކައިރީގައި އިށީނެވެ. އާލާވެސް ބިސްކޯދު ދަޅު ހިފައިގެން އިށީނީ މާމީރު ބިސްކޯދެކޭ ކިޔަމުންނެވެ. “ލާލާ.. ގެސް ވަޓް. މިއަދު ޑޭޓަކަށް ދާން އަންހެން ކުއްޖެއްހެން އުޅުނީ ކާކުކަން އިނގޭތަ.. ” ހިނިގަނޑު މަތަކުރަމުން އާލާ ބުންޏެވެ. ބަދަލުގައި ލާނާ ހެވިފައި އެއްބުމަ އަރުވައިލީ ކާކުހޭ އަހާކަހަލަ ގޮތަކަށެވެ. “ބޭބެ އެންނު.. ޑޭޓަކަށް ދާން ވެގެންނޯ. ލާނެ ގަމީހެއް ނޭނގިގެން މުޅި ކޮޓަރި އެފުށް މިފުށަށް ޖެހިއޭ.. ވަރަށް ނާވަސް ވެފަ ހުރީ..” އާލިމް އުޅުނުގޮތް އާލާ ކިޔައިދެމުންދިޔައިރު ލާނާގެ ހިނިގަނޑު މަތަވަނީ ކިރިޔައިއެވެ. އާލިމް ކަހަލަ މީހަކު އަންހެންކުއްޖަކު ފެނިގެން އެވަރުވެދާނެ ކަމަކަށް ލާނާވެސް ހިއެއްނުކުރެއެވެ. “އޯހ މައި ގޯޑް. އަސްލުވެސްތަ.. ބޭބެ އެކަމަކު ހާދަ ރޮމޭންޓިކްއޭ ދޯ.. އާލު ނުހުރޭތަ ލައިކް ވާ ކުއްޖެއް. ނޫނީ ބޯއީ ފްރެންޑެއް.” އާލާގެ ވާހަކަ ނިމުމުން ލާނާ ސުވާލުކޮށްލިއެވެ. އާލާގެ ހަޔާތުގައި އެކަހަލަ މީހަކު ހުރިތޯ ލާނާ ބަލައިލަން ބޭނުންވީ އަލަންގެ ކޮއްކޮއަށް ވީމައެވެ. އާލާއަށް ދެރަގޮތެއްވާން ލާނާ ބޭނުމެއްނޫނެވެ. ލާނާގެ ސުވާލުން އާލާގެ މޫނު ރަތްވެގެންދިޔަތަން ލާނާއަށް ރީއްޗަށްވެސް ފެނުނެވެ. ލަދުރަކި ހިނިތުންވުމެއް އެމޫނުމަތީގައި ވީއިރު ބަލާބެލުމަށް ވިސްނަމުން ދިޔައީ ކޮންމެވެސް މީހަކާއި ދޭތެރޭއެވެ. “އާލު.. ” އެއްޗެއްނުބުނެ ހެވިފައި އާލާ އިނުމުން ލާނާ އަނެއްކައިވެސް ގޮވާލިއެވެ. ރަކިހިނިތުންވުމެއް ބަދަލުގައި އާލާ ހަދިޔާކޮށްލީ އިދާންގެ ވާހަކަ ލާނާ ކައިރީގައި ބުނަންވީބާއޭ ހިތަށް އަރަމުންނެވެ. “ޔެސް.. އައި ލައިކް ސަމްވަން. އައި ރިއަލީ ލައިކް ހިމް.” ލަދުން އިނދެ އާލާއަށް ބުނެވުނީ މިވަރަށެވެ. އިދާންގެ ނަން ބުނާކަށް އާލާ ބޭނުމެއްނޫނެވެ. ނަމަވެސް ލާނާ ވަކިހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. ކާކުކަން ބުނެދޭށޭކިޔައި އުނދަގޫކުރަން ފެށިއެވެ. ވަރަށްގިނައިރު އެހެން ކިޔުމުން އެމީހެއްގެ ނަންބުނަން އާލާ އެއްބަސްވިއެވެ. “ކަމްއޯން އާލު. ޓެލް މީ. އޭރަށް ދޯ ހެލްޕެއްވެސް ވެވޭނީ ތިމީހަކު ހޯދައިދޭން. ” ކޮފީތަށިން އެތިކޮޅެއް ބޯލަމުން އުފަލުން ލާނާ ބުނެލިއެވެ. “އޯކޭ ފައިން.. ލާލާއަށްވެސް ފެނިފައި ކަންނޭނގެ ހުންނާނި. ބޭބޭގެ ފްރެންޑް ޑރ.އިދާން.. އައި ލައިކް އިދާން..”
ނުނިމޭ
48 Comments!
Comments are closed.



Nice..ginain laalaa and alan ge bai genes dheeba..mifaharu thankolheh short..but interesting…❤️
Thankyou naa. Dhen burakun insha allah miyah vuren dhigu kohlaanan ingey. Loves?❤
Salhi . Hama naa bunihen short.
Thankyou dear. Dhen faharakun dhigu kohlaanan ingey?
omg..dhen kihineih baa vaany..alhe enme curious va hisaabun thi ninmaaly..vvv reethi mashaallah..nxt part avahah up kohdhehchey..vv curious..luv yuh much
Thankyou maya.. hingaa dhw dhen vaa gotheh balaalamaa.. next part on friday. Loves?❤
Alhey haadha short ey??? varah kiyaa hithun indhaa enimunee???? laalaa ge reaction hunnani kihineybaa alaa like vani idhaan aakan buneema she will be so sad poor girl ekam idhaan ah vure laalaa aa gulheni alan❤?????? bodha edhemeehuge bai genes dheycheyn nxt part ga and please dhen inn part thankolhey avaha up kohdheebala please please
Thankyou cherry.. dhen burakun miyah vuren ves dhigu kohlaanan ingey. ? hingaa dhw laala ah vaa gotheh ves balamaa.. next part on friday. Loves?❤
Hello everyone.. heres the 18th part.. hope you all will like this part too.. let me knw what you all think of this part.. thankyou for all the love and support.. insha allah next part on friday.. ?❤ this part is also 7 pages long.. i normally upload 6 or 5 pages. But dhen burakun miyah vuren ves dhigukureveythoa balaanan ingey. Loves❤
next part please
high level of curiosity
cant wait
Thankyou sasha.?
Story is nice but all the names are so similar ehnve v undhagu kiyaairu understand vaan. Bolah undhagu gotheh hunnany. Names thah different kohlinama v rythivys. This is my opinion.
Thankyou iba. Its okay. Dhen ehen story eh liyaa iru thikamah ves balaanan ingey?
Alhey haaadha lobii ey ?❤
Plx up next part…
Thankyou sam. Next part on friday.?❤
Oh shit……. dhn kihineh baa vaanyyyy….. stry varah reethi… keep it up❤❤
Thankyou dear. Hingaa dhw dhen vaagotheh balamaa.. next part on friday. Keep reading❤?
Varah reethi
Oh varah reethi keep it up anha ??whn next part??? Can’t wait.. ginain laalaa aai Alan ge bai genesdhehchey ..pls..☺???❤?
V riithi but too short. Pls dhigu koh genesdhii n avahah up kohdheh chey.??
Hello all. I have already finished writing 19th part of the story. But laptop ga massalaeh jehigen miulheni wifi ge. I use my laptop to write the story. Maadhan fix kohfa i will try to upload as soon as possible. Really sorry for that.. ?
Alheyy so sad
Vrh kiyaahithun indhaa
Awas kolladhehchey
As soon as possible. ?
Kobr next part?
vvv reethi.sooo touching⛤⛤⛤?
Anha kobaa tha? Let us know kihaa dhuwaheh waanekan
Kobaatha next part! Friday ga up kuran buny??????????
Ana gey fahu comment kiyaabala
Kobaa next part v.kiyaalaahithun mihuree konirakunthr next part genesdheny
Anha dear pls, we r waiting
Varah gina liyuntherin jahsaa technique eh mi. Lap halaaku vun internet massala.
We are waiting anha
At least phn in wadhefa mithaaga comment eh kolleema we will get updated dhw waanuwaa
Dhen alhefahe kobaathaaaaa….. up nukurevenyaa nukurevey vaahaka bunelyma thaa dhw..???eyrun we won’t wait dhw… nd rulhi naannaathi ngey hama bunelee
Thiya maadhama eh nayeynun manje akah..
Naanaane Hana reethikon bunan v ennu dhn mihisaabun nuliyan vegen huttaalee eyh
Haadha lahey
Varah gina liyun therin hadhaa gotheh vaahaka liyanfashaafa emme Foriegn gadhavaa hisaabun komme ves ehchekey kiyaafa huhtaalun. Commitment nudhevey kamuga vayyamun nufeshun buhdhiveri gothakee. Kiyuntherin vaa goh nahadhaa
Hey..mi vrhaka hama vrh salhi…adhi miadhu hurihaa parteh ekkh mi kee…hama perfect story eh..???dhn aneh part kn irakun tha up vrnee…alhe avaha up kh dyba…plx plx… good job..ur 1 of my favorite..???????
Alhe haadha lahey up vrleh..avas kh dhy plx..cant wait
Alhey kba thr nxt part….. Reply kohlaba alhe
mivarun meehunah vaaaka liye veytha ? nuliyevenyaa bunelaa eyrun dhw wait nukuraan vex egeyni.and story kuriyah gendhan beynun nuvihyya beykaaru dhogu hadha bune bala ithurah story liumuge hiyy vareh nethey …varah vaahaka mee???
mivaahaka mithurah nuliyevenyaa reethi koh kiyuntherin gaathu bunan vee ehnu. I’m sure lap halaaku vegeney kiyaafa online nuve ves nuhunnaane kan. Phone in viyas online vefa meehunge comments thakah reply eh dheveyne kanneyge. beynun vanee kiyuntherin thalhuvan dho
I can’t wait next part ???
Mi vaahaka dhen ithurah kuriah nugendhaneetha?☹️
1 month v dho
mi manje ah v gotheh balan vehjje ehnnun admin ge faraathun ves
Alhey dhn mi vaahakaigey eneybai nugeynaaneytha… plx liyefa in vaahaka buni 19 part dhn alhey up kodheebala plx plx
pls pls vaahaka ge next part up kohla dheebaa
Vaahaka liyefa nimman neyngenytha? Kihaa dhera kamehdhen mii.?