Skip to content
އެސްފިޔަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 2

މައުސޫމް ކަމާއެކު ނިދާފަ އޮތް އެ އަންހެން ކުއްޖާގެ ލޮލުގައި އަޅާފައިވާ ވަށް އައިނު އޮތީ ނޭފަތް މައްޗަށް ވެއްޓިފައެވެ. އީމާން އެ އައިނު ރަނގަޅު ކޮށްދިނެވެ. އިސްތަށިގަނޑު ކުރު އަދި އެހާމެ ދޮން އެ ޒުވާނާ މި ކަޅުފޮއެ ރޭގަނޑު އަލިކޮށްދިނީ ހަނދެއް ފަދައިންނެވެ. އެކުއްޖާގެ މޫނާ އީމާންގެ މޫނު ކައިރިކޮށްލީ އައިރާގެ ހަނދާންތަށް އާވުމުންނެވެ. އީމާންގެ ނަފްސު އަމިއްލަ ބާރުން ދޫވި ފަދައެވެ. ލޫޅާފަތި މަންޖެ ކައިރީގައި އީމާންވެސް އިށީނދެލިއެވެ. ނޭވާ އިހްސާސް ވާހާ ކައިރީގައި ދެ ޒުވާނުންނަށް ތިބެވުނެވެ. ނަމަވެސް އީމާންގެ ހިތަށް ކުއްލި ސިހުމެއް ގެނުވީ އެކުއްޖާ ދެލޯ ހުޅުވާލުމުންނެވެ.

ސިހިފައި އީމާންއަށް ދުރަށް ޖެހިލެވުނެވެ. ދެލޯ ހުޅުވާލި ގޮތަށް ހައިރާންވެފައި އިނީއެވެ. ގަތް ލަދުން އީމާން އިސްޖަހާލިއެވެ. “އަމް..ޕެހެޕްސް އާރ ޔޫ އައިރާ..” އީމާން އެއްސެވެ. “މަށަށް ކިޔަނީ ހުދާ،..އެން މިސްޓާރ ވަޓް ދަ ހެލް ވާރ ޔޫ ޑުއިން މަ ނިދާފަ އޮތްވާ..” ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުދާ ބުނެލިއެވެ. އީމާންގެ ސިކުނޑިއަށް ތޫނު ތަދެއް އެރިއެވެ. “ހުދާ” އަކީ ކޮންމެވެސް ތަނަކުން މިއަދު އިވުނު ނަމެއްކަން ހަނދާންވިއެވެ. ނަމަވެސް އެއީ ކޮންތަނަކުން ކިހިނަކުން އިވުނު ނަމެއްކަން ހަނދާން ކުރަން ކުރި މަސަތްކަތް ވީ ބޭކާރެވެ.

“އޯހް ސޮރީ ދަންނަ ކުއްޖެއްހެން ހީވީމަ ބަލާލީ..އެކަމު މިހާ ދަންގަޑިއެއްގަ އަންހެން ކުއްޖަކު އެކަނި ބޭރުގަ އުޅުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” އީމާން އޭނާ ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. “މި ބަހުގެ އިންތިޒާރުގަ އިންދާ ނިދުނީ..” ދެއަތް ދެއަތާ މޮޑެމުން ހުދާ ބުނެލިއެވެ. “މޮޔަޔާ..އެގާރައިގެ ފަހުން ކޮންބަހެއް ތަ އަންނަނީ..” ހިނިގަނޑެއް ޖަހާލަމުން އީމާން ބުނެލިއެވެ. ހުދާ ތުންދަމާލީ ދެބަމަ ގޮށް ޖަހާލިއެވެ. ކުޑަ ކުއްޖެކޭ ތަފާތެއް ނެތެވެ. އީމާންގެ ހިތް އެ މައުސޫމްކަމަށް ލެނބުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. “ހެއި މިސްޓާރ މަމިދަނީ ދާން ބާއީ..” ގޮނޑިން ތެދުވަމުން ހުދާ ބުނެލިއެވެ. ނަމަވެސް ފިޔަވަޅެއް ކުރިއަށް އަޅާލެވުމުގެ ކުރިން ހޮނު ގުގުރިއެއް ޖަހާލިއެވެ. ކުޑައިރުއްސުރެއް ގުގުރި އަޑަށް ސިހޭ ހުދާއަށް ވެއްޓި ގަނެވުނީ ގޮނޑިއަށެވެ. ސިހުން ގެނުވިވަރުން ބައްދައިގަތީ އީމާންގެ ކަރުގައެވެ. އޭނާގެ އަނގައިން މަޑު ހަޅޭކެއް ނިކުތެވެ.

ހަރަކާތެއް ކުރަން ނޭނގިފައި އީމާންއަށް އިނީ ހުއްޓުން އަރާފައެވެ. އޭނާގެ ހިތުގައި ތަފާތު ޖަޒުބާތުތަކެއް އުތުރި އަރަން ފެށިއެވެ. އެ އިޙްސާސްތަށް ކޮންޓްރޯލް ކުރަން ނެތް ހިތްވަރު ނެރެގެން އީމާން ހިތް މަަސަތްކަތް ކުރަމުންނެ ދިޔައެވެ. ހިނދު ކޮޅަކަށް ފަހު އީމާންގެ ކަރުން ހުދާ ދޫކޮށްލިއެވެ. “ސޮރީ މިސްޓާރ..މަ ވަރަށް ބިރުގަނޭ ގުގުރި ދެކެ..” ގޮނޑިން ތެދުވެފައި ބައްތިރީސް ދަތްޕިލަ ފެންނަވަރަށް ހީލަމުން ހުދާ ބުނެލިއެވެ. އީމާން ހައިރާންވިއެވެ. އެހެން އަންހެން ކުއްޖެއް ނަމަ ގަންނާނީ ލަދެވެ. މި އަންހެން ކުއްޖާ ހަމަ ތަފާތީއެވެ. “ބާއީ.” އަތް ހޫރާލަމުން ވާރޭގެ ތެރެއަށް ހުދާ ހިނގައިގަތެވެ.

ވަކި ހިސާބަކުން ދުއްވައިގަތެވެ. ހުދާގެ ކަރުގައި އަތްސާފައި އޮތް ސްކާފް ހޫރާލިއެވެ. ވާރޭގެ ތެރޭގައި ދިދައެއް ފަދައިން ވިހުރާލިއެވެ. ހީހީފައި ވާރެއާ ތެމެމުން ދިޔައިރު ހުދާ އުޅެމުން ދިޔައީ އޭނާގެ އަމިއްލަ ދުނިޔޭގައި ކަހަލައެވެ.

ހޫރުޕަރީ އެކޭ ތަފާތެއް ނެތި އުދުހެމުން ދިޔަ ހުދާއަށް ގެއްލިފައި އީމާން ހުރީ އޭނާގެ ކާރުގައި ލެނގިލައިގެންނެވެ. ދެ ޖީބަށް އަތްޖަހާލައިގެން ހުރި އިރު ވާރެއިން ތެމި ފޯވާއިރުވެސް ފަރުވާލެއް ނެތެވެ. ހުދާގެ ހަށަގަނޑުގައި ބީހެމުން ދިޔަ ވާރޭ ތިކިތަކަށްވެސް އީމާންގެ ހިތް ހަސަދަވެރިވިއެވެ. އައިރާގެ ހަނދާންތަށް ހުދާއާ ގުޅުވާލެވުނީ ކީއްވެކަމެއް ޙުދު އީމާންއަކަަށް ނޭނގުނެވެ. މާޒީގެ ހިޔާލުތަށްވެސް އާވާން ފެށިއެވެ. އެހަނދާން ތަކުން ފުރި އީމާންގެ ހިތް ރޮމުން ދިޔައެވެ. އައިރާ އާއެކު ވާރޭގައި ތެމުނު ދުވަސް ހަނދާން ވުމުން އޭނާގެ ލޮލަށް ކަރުނަ ބޮނޑިވިއެވެ. ނަަމަވެސް ވާރޭގެ ތިކިތަކާ އެކުވުމުން އެ ކަރުނަތަށް ކަޝްފުވިއެވެ.

“މިސްޓާރ ކަމް އެން ކެޗް މީ..” ހުދާ ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ. “މިސްޓާރ” އެނަމުން ހުދާ މުޙާތަބު ކުރާތީ އީމާންއަށް މަޖާވިއެވެ. އޭނާވެސް ހުދާ ފަހަތުން ދުއްވައިގަތެވެ. ހެމުންނެވެ. ހިތުގެ އުދާސްތަށް އެކީގައި ފިލައިދިޔަ ފަދައެވެ.

ފްލެޓުތަށް ކައިރީން ޕޭވްމަންޓަ މަތީގައި ދެ ޒުވާނުން ދުވަމުން ދިޔައިރު އަންހެން ކުއްޖާކާ ބަލާފައި ހުދާގެ ދުވުން ބާރެވެ. ހުދާ ކުރީގައި އުޅޭ ސަބަބަކީ ހަމައެކަނީ ދުވުން ބާރުވުމެއް ނޫނެވެ. އޭނާއަށް ފުރުަސަތު ދިނުމުގެ ގޮތުން އީމާންވެސް ދޭތެރެއަކުން ދުވުން މަޑުކޮށްލާފައި ހިނގައެވެ. ނަމަވެސް ހުދާ މާ ދުރަށް ދާން ފެށުމުން އީމާން އޭނާގެ ދުވުން ބާރުކޮށްލިއެވެ. ބާރު ދުވުމެއްގައި ދިޔުމުން ހުދާއަށް ވުރެ ކުރިއަށް އެރުމުގެ ފުރުަސަތު ބޮޑުވިއެވެ. ލައިގެން ހުރި ކޯޓު ހުޅުވާލަމުން ފަހަތުން ގޮސް ހުދާގައިގައި ބައްދާލިއެވެ. ކޯޓު ތެރޭގައި އޭނާ ފޮރުވާލިއެވެ.

ހުދާ ހިނިގަނޑެއް ޖަހާލިއެވެ. “މިސްޓާރ ހާދަ ފާސްޓޭ..” ހުދާ ބުނެލިއެވެ. “މަށަށް ކިޔަނީ މިސްޓާރ އެއް ނޫން..މަގޭ ވެސް ނަމެއް އޮވެޔޭ..” އެއްމިޔަކުން ހީލަމުން އެނބުރި ކާރާ ދިމާލަށް ދިޔަ އީމާން ބުނެލިއެވެ. “އިބްރާހިމް މިސްޓާރތަ ނުނީ އަހްމަދް މިސްޓާރ ތަ..” އީމާން ފަހަތުން ހިނގަމުން ހުދާ ކޮށްލި ސުވާލުން އީމާންގެ ހިނިގަނޑު ހިފެއެއްޓުން ނާކާމިޔާބު ވިއެވެ. “ފުރިހަމަ ނަމުގެ ވާހަކައެއް ނުދައްކަމޭ.” ހިނިގަނޑުގެ ތެރެއިން އީމާން ބުނެލިއެވެ. ” އައި ސީ… އެހެންވީމަ ކޮންނަމެކޯ މިކިޔަނީ މިސްޓާރ އަށް..” ބޯ ޖަހާލަމުން ހުދާ އެއްސެވެ. މީ ކަޑަވެސް ނުވާ އަންހެނެއްހޭ އީމާން ހިތަށް އެރިއެވެ. “އީމާން…” މަޑުމަޑުން އީމާން ޖަވާބު ދާރީވިއެވެ. ” އޯހް މާން ދޯ..” ވާރޭގެ އަޑާ އޭނާގެ އަޑު އެކުވުމުން ހުދާއަށް އަޑު އިވުނީ ނުބައިކޮށެވެ. ހުދާއާ ދިމާލަށް އީމާން ބަލާލީ އަސަރެއް ނެތްގޮަތަކަށެވެ. އައިރާ އޭނާއަށް ހެދި ވަނަން  އެހެން މީހަކު ކިޔާކަށް ހިތްހަމައެއް ނުޖެހެއެވެ. ނާއިންވެސް އެހެން ކިޔަނީ އީމާން ރުހުމުގައެއް ނޫނެވެ.

“ވަނަން ކިޔުމަކީ މަށަށް އެހާ ކަމުދާ ކަމެއް ނޫން..” އީމާން ހިނގުން ބާރުކޮށްލިއެވެ. ހިތްހަމަ ނުޖެހެވުނީ ކީއްވެކަމެއް ނޭނގެއެވެ. ” އޭން..އެއީ މިސްޓާރގެ އަސްލު ނަމެއްނު..މަ ނަހަދަން ވަނަމެއް..” ހުދާ ހައިރާންވިއެވެ. “މަ ބުނީ މަށަށް ކިޔަނީ އީމާންއޭ..” ތަންކޮޅެއް ބާރަށް އީމާން ބުނެލިއެވެ.

“ސޮރީ..އީމާން ” އީމާން ރުޅިއައުމުން ހުދާގެ ހިތް މާޔޫސްވީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ގޮތް ނޭނގޭ އީމާންއާ މެދު އެ ހިތުގައި އުފުދެން ފެށި ގޮތް ނޭނގޭ އިހްސާސްތަކެވެ.

ހުދާ ދެރަވީހެން ހީވުމުން އޭނާ ހެއްވާލަން އީމާން ހިނިގަނޑެއް ޖަހާލިއެވެ. ހުދާގެ ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ.

ކާރުގެ ދޮރު ހުޅުވާލަމުން ދޮރު ކައިރީގައި އީމާން މަޑުކޮށްލިއެވެ. ހުދާ ހުރީ އޭނާއަށް ބަލަހައްޓައިގެންނެެވެ. “ނާރާނަންތަ..” ހިމޭންކަމަށްފަހު އީމާން ބުނެލިއެވެ. ވާރޭގެ ކެރިގަނޑުވެސް އޭރުވަނީ ތުނިކޮށްލާފައެވެ. ނަމަވެސް އީމާންމެން ތިބީ ރަނގަޅަށްވެސް ތެމިފައެވެ.

“އުހުން..އަރާނަން..” އަވަސް ހަރަކާތާއެކު ހުދާ ކާރަށް އެރިއެވެ. “ދިސް ގާރލް އިޒް ސޯ ސްޓްރޭންޖް..” އަމިއްލަ ނަފްސަށް އިވޭވަރަށް އީމާން ބުނެލިއެވެ. ބޯ ކަހާލަމުން އޭނާވެސް ޑްރައިވަރު ސީޓަށް އެރި އިރު އެ ތުންފަތް މަތިން ފިިރިހެންވަންތަ ހިނިތުންވުން ނުފިލައެވެ. ކާރު ދުއްވާލީ ހިތްހަމަ ޖެހިފައި ހުރެއެވެ. ކާރުގެ ދެ ސީޓު ތެމެމުން ދިޔައީ ދެ ޒުވާނުންގެ ގައިން ފައިބަމުން ދިޔަ ވާރޭ ފެނުންނެވެ.

** ** ** ** **

“ކައެ ކޮބާ ހުދާ މަންޖެ..” ހިޔާކޮށްފައިވާ ފާރު ކައިރީގައި ހުރި ޒުވާނާގެ ކޮނޑުގައި ޖަހާލަމުން ސަލީމް ބުނެލިއެވެ. “ނޭނގޭ މިއޮއް ފަދަ ރޭގަ ދިޔަ ތަނެއް މަގޭ ކުޅުވެސް ހިއްކައޭ ގައިވެސް ހިރުވައޭ. އައި ނީޑް ހާރ ކަމެއް އޭނާއަށް ނޭނގޭތަ..” ހިތްހަމަ ނުޖެހިފައި ނިޒާމް ބުނެލިއެވެ. ދިގުކޮށްފައިވާ އޭނާގެ މުޅި އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕާލަމުންނެވެ. ސަލީމް ޖަހާލީ ހިނިގަނޑެކެވެ.

“އެޕާރޓު މަންޓުގަ އުޅެނީ ހުދާ އެކަނިތަ..” ކާރު ތެރެއަށް ވެރިވެފައިވާ ހީމޭންކަން ފޫއަޅުވާލަމުން އީމާން އެއްސެވެ. މަގުމައްޗަށް ގެއްލިފައި އިން ހުދާ ދިޔައީ ސިއްސައިގެންނެވެ. “އޭން..ނޫން..އައި ހޭވް ޓޫ ސިބްލިންގްސް މަގޭ ދައްތަ ބަދަލުވީ އޭނާގެ ފިރިމީހާއާއެއްކޮށް މެލޭއަށް..ދެން މަށަށް ތިން އަހަރުގަ ބައްޕަ ނިޔާވީ..މަންމަވެސް މީގެ އެއްއަހަރު ކުރިން މަރުވުމުގެ ކުރިން އަހަންނަށާ ދޮންބެއަށް މަންމަގެ ގޯތި ދިނީ..ދެން މަށާ ދޮންބެއާ އުޅެނީ އެތާނގަ ދެމީހުން އެކަނި..ދޮންތަޔާވެސް މިހާރު ދުރުގަ އުޅޭތީ މާ ބޮޑު ގުޅުމެއް ނޯވޭ..” ބޭރަށް ބަލަހައްޓައިގެން އިނދެ ހުދާ ވާހަކަ ދައްކަމުން ދިޔައިރު ކާރު ދުއްވަމުންވެސް އޭނާއާ ދިމާލަށް އީމަންގެ ނަޒަރު ދަތުރުކުރެއެވެ.

“ދޮންބެ އުޅެނީ ކޮން ވަޒީފާއެއްގަ..އެން ހުދާޔޯ ޖޮބަކަށް ނުދަންތަ..” އީމާން އޭނާގެ ހިތުގައި އޮތް ސުވާލު ދުލުން ބޭރުކޮށްލިއެވެ. “ވަޒީފާއަަކަށް ހޮވިއްޖެ ދެން ނިކުންނަން މިއުޅެނީ..” ދޮންބެގެ ވާހަކަ ދައްކާކަށް ހުދާ ބޭނުމެއް ނުވިއެވެ. އެ ތަންކޮޅު އީމާންއަށްވެސް ފާހަގަވިއެވެ. ނަމަވެސް ހުދާ ނުބުނަން އުޅޭ އެއްޗެއް ހޯދާކަށް ނޫޅޫނެވެ.

އަނދި ގޯޅިގަނޑެއްގައި ޕާކު ކޮށްފައި ހުރި ސައިކަލު މަތީގައި ނިޒާމް އިނީ ފޯނާ ކުޅޭށެވެ. ކަނާއަތުގައި ރަބަރު ތަކާ އެއްޗެހި އަޅާފައި ހުއްޓެވެ. ނަމަވެސް ވާއަތުގައި އޮތް އަތުކުރީ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު ބާރަ ޖެހީއެވެ. “ކޮބާތަ އެ ހުދާ؟؟ އަމިއްލަ ނަފްސާ އޭނާ ސުވާލު ކޮށްލިއެވެ.

ނަމަވެސް ނިޒާމްގެ އިންތިޒާރު ނިމުމަކަށް އައެވެ. ގޯޅިގަނޑު ކައިރިއަށް މަޑުކޮށްލި ކަޅު ކުލައިގެ ކާރުން ހުދާ ފޭބިއެވެ. ހުދާގެ ތެމިފައިވާ ހެދުމުގެ ސަބަބުން ގައިގެ ވަނާތަށް ވަރަށް ރީއްޗަށް އެނގެއެވެ. ނިޒާމް އެ ހަށިގަނޑަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. ހުދާއަށް ބިރުން ފަހަތަށް ޖެހެވުނެވެ.

ހުދާއަށް ފޯނު ނަންބަރު ދެވުމުން އީމާން އިނީ ވަރަށް އުފަލުންނެވެ. މިހާރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހުދާއާއި ނިޒާމުގެ ހަރަކާތްތަކަށެވެ. ނިޒާމް ހުދާއަށް ބަަލަން އިންގޮތް އޭނާއަކަށް ކަމަކު ނުދިޔައެވެ.

ކާރު ދޮރުހުޅުވާލަމުން އީމާން ކާރުން ފޭބިއެވެ. “އެއީ ދަންނަ މީހެއްތަ..” ހުދާގެ ކަންފަތް ބުޑަށް ގުދުވެލަމުން އީމާން އެއްސެވެ. މި މަންޒަރު ފެނުނު ނިޒާމްގެ ދެބުމަ ގޮށްޖެހުނެވެ. ސައިކަލު މަތިން އޭނާ ފޭބިއެވެ. “ނޫން ނުދަންނަން..މަމި ވަންނަނީ ގޭތެރެއަށް އިނގޭ..ގުޑް ނައިޓް” އަވަސް އަވަހަށް ހުދާ ބޯ ހޫރާލިއެވެ. ނިޒާމްއާ ދިމާލަށް ހުދާ ހިނގައިގަތްއިރުވެސް އެހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ.

ކަމެއް ގޯސްވާން އުޅޭ ކަމުގެ އިންޒާރު ހިތުގެ ކަމަކުން ދެމުން ދާ ހާލު އީމާން ފަސް ހުދާއަށް ފަސް ދިނެވެ. ކާރުގެ ދޮރު ހުޅުވާލި ވަގުތު އިވުނު އަޑަކުން ފަސް އެނބުރި ބަލާލިއެވެ. ފެނުނު މަންޒަރުން ދެބުމަ ގޮށްޖެހުނެވެ.

މޫނުމައްޗަށް އެރި ނިޒާމްއަތުގެ ހޫނު ހަމަލާއާއެކު ހުދާ ދެލޯ މަރާލިއެވެ. ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލިއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެދިމާލަށް ބާރު ހިނގުމެއްގައި އައި އީމާންއެވެ. އީމާން އައި ބާުރުމިނުގައި އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް ނިޒާމްގެ މޫނުމައްޗަށް އަރުވާލީ ހޫނު އެތިފަހަރެކެވެ. “ހައު ޑެއާރ ޔޫ ހިޓް ހާރ..” އީމާން ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

 

Comments (18)

  1. bachan

    im first dhw …..kiyey fey comment kohlaanah

    1. EL
      bachan

      Yes u first ☺☺ okk kohalcheyy ???

  2. 3348

    Vrh reethi man me second vrh curious waiting for next part

    1. EL
      3348

      Thanks lots man ❤❤❤ yh miadhu upu kohdheynan insha allah ??

  3. maya

    salhi masha allah///eii anehkaa hudh age beybe baa????vv curious..avahah nxt part up kohdhehchey..luv u

    1. EL
      maya

      Thank you so much love ❤❤❤ ehenves hama vedhaane dhw let’s see ??.yh miadhu insha allah ?? luv more maya sis

  4. EL

    Assalam alaikum…”ITHURAH HAMA LOAIBBEY VEVENY ” mi vaahakaiga 2nd part hurihaa readers ah ves kamudhaane kamah ummedhukuran.?? n mi part ga ves huri mistakes point out kohladhinumakee alhugandah libeyne vrh bodu kurierumeh ????.n what do you all think is gonna happen next? Comment kohlachey heevaa ehcheh ??next part tommorow insha allah. luv yuh all lots in loads ❤❤❤❤❤gud nite ???

  5. Shaya

    Masha allah????….I can see lots of improvements compare to previous part…Sifakurun hama masha allah varah furihama❤❤???…I could really see all things happening infront of my eyes☺☺??…BTW hudhaa ulheyy goii varah majaaa??????..keep it up???? …curiously waiting?? for nxt part

    1. EL
      Shaya

      Awwn I’m so happy to know luw ❤❤❤ yes sifakurevenyya my mission complete vee ?? hudhaa dho hehe I wanted to make her a funny charecter ???. Yup insha allah ???. That’s good. paitents show good results dhoo ??

  6. naash

    maasha allah maasha allah maasha allah….. vvvvvvv nice.. ur the bst dear… neii hama bunaane echeh vx.. ehaa reethi… keep up the gud work dear???????????????????????????????????????❤❤❤❤???❤❤❤❤❤❤❤❤??????

    1. EL
      naash

      Thank thank you so much naash loab ❤❤❤oh no u are the best ??? I’m outta words u are too sweet love. Yes insha allah ????

  7. ham ham

    v v reethi..but ey emaan ge office ah alah hovunu kujja dhww?…v heevey ey hudhaa hen..btw wen next buro/..next part ge inthixaaru ga,,hehe

    1. EL
      ham ham

      Thank you very much bro❤❤❤ ehenves hama vedhaane dhw let’s see ??. Yh inthizaaru kurahcheyy ??????

  8. Aalaa yo bffff

    Bro kobaa
    next part

    1. EL
      Aalaa yo bffff

      Bro vrh bali ekamu fridayga up kureveytho mi ulheny ??

  9. ham ham

    ey..k buneemeh nu maadhama ey…ehen bunefa inee 26th ga…n mihaaru mee 28th ey…dhen avas kohbala dhariyaa…magey ah ketheh nuvaane kan u will know bro…plx plx

    1. EL
      ham ham

      Eyy ham srry k big big koh my ah maafukuraa vahtharu hunnaneenu ?? vrh sick vehjje can’t get off the bed. Ekamu miadhu insha allah kudakoh okk so I’m trying miadhu up kureveytho ?

  10. Star

    Plx avaha up khdhy… can’t wait…vrh reethi mi bai vx maashaa allah …? Mihaaru im a huge fan of yours..gud job keep it up??n GWS

Comments are closed.