މޫނުމައްޗަށް އެރި ނިޒާމް އަތުގެ ހޫނު ހަމަލާއާއެކު ހުދާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލިއިރު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެދިމާލަށް ބާރު ހިނގުމެއްގައި އައި އީމާންއެވެ. އީމާންއައި ބާރުމިނުގައި އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް ނިޒާމްގެ މޫނު މައްޗަށް އަރުވާލީ ހޫނު އެތިފަހަރެކެވެ. “ހައު ޑެއަރ ޔޫ ހިޓް ހަރ..” އީމާން ހަޅޭއްލަވައިގަތެެވެ. އޭނާގެ ބާރު އަޑު މުޅި މަގުގައި ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ. ހައިރާންވެފައި ދެލޯ ބޮޑުކޮށްގެން ހުދާ […]
މައުސޫމް ކަމާއެކު ނިދާފަ އޮތް އެ އަންހެން ކުއްޖާގެ ލޮލުގައި އަޅާފައިވާ ވަށް އައިނު އޮތީ ނޭފަތް މައްޗަށް ވެއްޓިފައެވެ. އީމާން އެ އައިނު ރަނގަޅު ކޮށްދިނެވެ. އިސްތަށިގަނޑު ކުރު އަދި އެހާމެ ދޮން އެ ޒުވާނާ މި ކަޅުފޮއެ ރޭގަނޑު އަލިކޮށްދިނީ ހަނދެއް ފަދައިންނެވެ. އެކުއްޖާގެ މޫނާ އީމާންގެ މޫނު ކައިރިކޮށްލީ އައިރާގެ ހަނދާންތަށް އާވުމުންނެވެ. އީމާންގެ ނަފްސު އަމިއްލަ ބާރުން ދޫވި ފަދައެވެ. ލޫޅާފަތި މަންޖެ ކައިރީގައި އީމާންވެސް އިށީނދެލިއެވެ. ނޭވާ އިހްސާސް ވާހާ […]
ރޭގަނޑުގެ ފިނި ފިނި ވަގުތެވެ. ބޯ ރަޖަލެއްގެ ދަށުގައި ނިދާލަން މި ވިއްސާރަ ރޭގަނޑު ވަރަށް ފުރިހަމައެވެ. ވާރޭގެ މުތީތަށް ފުރާޅުތަކުގައި ޖެހިލާ އަޑު އަހާލަން ހިތްގައިމެވެ. ބިއްލޫރުގަނޑު ތަކުގައި ވާރޭ ތިކިތަށް ބީހޭ ގޮތް ބަލާލަން ރީއްޗެވެ. ނަމަވެސް މި އޮއްފަދަ ރޭގަނޑުވެސް އަރާމު ނިދި ގުރުބާން ކުރަމުން ދިޔަ ޒުވާނާއަށް ތަޢުރީފު ހައްގެވެ. އޮފީހުގެ މޭޒު ދަށުގައި ގަނޑުތަށް ބަލައިގެން ޓައިޕްކުރަމުން ދިޔައިރު ކޮފީ ތަށިން ކޮފީ ފޮދެއްވެސް ބޯލައެވެ. އިސްތަށިގަނޑު ތެރެއަށް އަތް […]