ުދުނިޔެ އަކި އެކި ދުވަހު އެކި ކުލަތަށް ޖެހެމުން އަންނަ ތަނެކެވެ . އެކި ދުވަހު އެކި ކުލައެވެ . އެއްދުވަހު އުފާވެރި ކަމެއެވެ . އަނެއްބާ ދުވަހު ހިތްދަތި ކަމެވެ . އެއްދުވަހު މުއްސަދި ކަމެވެ ، އަނެއްބާ ދުވަހު ނިކަމެތި ކަމެވެ . 2 ލޯބިވެރިން ދުރުވެއެވެ . އަނެއްބާ ދުވަހު 2 ލޯބި ވެރިން ދެއެވެ . ކައިވެނި ރޫޅިގެން ދެއެވެ . މި ވާހަކަ އަކީ ހިޔާލީ ވާހަކައެކެވެ . މި […]
ކުރިމަތިން މި ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެ ޝައިރާގެ އަތުން ފޯނު ދޫވެގެން ވެއްޓުނުއިރުވެސް ޝައިރާއަށް ރޭކާލީހެނެއްހިޔެއްނުވެއެވެ. ކުޑަ ހިނދުކޮޅަކަށް ޝައިރާ ހުރީ ވާނުވާނޭނގި ގަބުވެފައެވެ. އަމިއްލަ ދެލޮލަށްފެނި ކަންފަތުން އަޑުއިވުންއިރުވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޫނީ އަންނާންވީ ރުޅިކަމެއްވެސް ނޭނގިފާ ޝައިރާއަށް ހުރެވުނީ އެތަނަށް ޖެހި ތަނބެއްހެންނެވެ. “ކި….ކިހި…ކިިހިނެއް؟” އަމިއްލަ އިހްސާސްތައް ހަމަޔަކަށް އަޅުވަމުން ޝައިރާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. “ބިރެއްފެނުނީތަ” އަޔާންގެ ބަނޑުތެރަށް ހިންދާލައިގެން ހުރި ހިނިގަނޑު ދެން […]
ބެލްކަނީގެ ދޮރު ކައިރީގައި މަންޒަރު ބަލަން ހުރި ރިފްޝާ އާއި ޝައުނާވެސް ހުރީ ހައިރާންވެފައެވެ. ދުވަހަކުވެސް އައިލީންގެ ފަރާތުން ނުފެންނަ ފަދަ ސިފައެއް ފެނިގެން ދިޔުމުން ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” ޔޫން… އާރް ޔޫ އޯކޭ… ” ރިފްޝާ ގޮސް ޔޫހާންގެ ކޮނޑުގައި އަތް ބާއްވާލަމުން އެހެން ބުނުމާއެކު ޔޫހާންއަށް ސިހިފައި ބަލާއިލެވުނެވެ. އޭނާ އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އައިލީން އޭނައަށް އެހެން ހަދާފާނެކަމަކަށް ޔޫހާންއަށް އެއްވެސް ވަރަކަށް ގަބޫލެއްނުކުރެއެވެ. އޭނައަށް […]
“ރޫހީ ވަޓްސް ގޮއިން އޯން.. ޓެލްމީ ހީއިޒް ލައިން…” ރުހާނީ ގަބުވެފައި އިންނަން ފެށުމުން ރައްޔާން އޭނާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ރުހާނީ ހުރީ އައްރާދުގެ މޫނަސް ބަލަހައްޓައިގެން ދެލޯބޮޑު ކޮއްލައިގެންނެވެ. އެއްފަހަރު ނަމަވެސް އޭނާއާއި ދިމާލަށް ބަލާލާއި އެއީ ދޮގެކޭ ބުނެބަލާށޭ ރުހާނީގެ ހިތަށް އަރަމުން ދިޔައެވެ. ބައެއް ފަހަރު ދޮގުކަން އެނގޭއިރުވެސް އަހަރުމެންނަށް އެއްޗެކޭއެއް ނުބުނެވެއެވެ. ލޯބިވާ މީހާގެ ފަރާތުން ކަންތަކަށް އެދެވޭލެއް އިތުބާރުކުރެވޭލެއް ބޮޑުކަމުން ރުހާނީއަށްވެސް ވީއެހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން އައްރާދު އެއީ […]
ވޭނީ އުދާސް މުސައްނިފާ ރޯޒް 1 އޮކްޓޯބަރ 2018 އެއީ މާޒީގެ ސޮފްހާތަކޭ ކިޔާފަ ވަފާ އަށް އޭނާގެ ޑައިރީގެ ގަނޑުތަށް އުކައެއްނުލެވޭނެއެވެ. މިވަގުތު އޭނާ ލިޔަމުންދާ ސޮޕްޙާތަށް އޭނާގެ ކަރުނައިން ފޭދެމުން ދިޔައީ އޭނާގެ ޙަޔާތުގެ ފަލްސޮފާއެކެ އެއްގޮތަށެވެ. ހިތްދަތި ހަނދާން ތަށް އޭގައި އެކުލެވިގެންވާފަދައިންނެވެ. ވާފާ އޭނާގެ ފޮތްލައްޕާ ލުމަށްފަހު އެނދުގައި ފުރޮޅީގޮތުން ހީވީ ދެން އޭނާ އެފޮތުގައި އަތްނުލާނެހެންނެވެ. ވަފާއަކީ ވަރަށް ދީންވެރި އަންހެންކުއްޖެކެވެ. އޭނާއެވަގުތު އެތެދުވީ ފަތިސް ނަމާދު ކުރުމަށެވެ. އާއެކެވެ. […]
“އަދި ތިހާ އަވަހަށް މާޔޫސްވާާކަށް ނުވެއެއްނު…ކެތްކޮށްބަލަ…އަދި ރީޝާ ދާނިޝްއަށް މަޢާފު ކުރާނެ…އަހަންނަށް ހަމަ ޔަޤީން…” މޮޅިވެރި ގޮތަކަށް އިން ދާނިޝްއަށް ބަލާލަމުން އަޒީލް ބުނެލިއެވެ. ދާދި ކުޑައިރުކޮޅެެއް ކުރިން, ބަނދަރު ތެރޭގައި އޮވެ ރާޅާއި ދެފަރާތަކަށް ހެލުވެެމުންދިއަ ލޯންޗު ތެރޭގައި ހުރެ ދާނިޝް ޙިއްޞާކޮށްލި ވާހަކަ އަޑުއަހައިފައި އަޒީލް ބުނެލިއެވެ. ފަރާތްފަރާތުުން ޖެހެމުން އައި ވައިރޯޅިން ހަށިގަނޑަަށް ފިނިކަން ލިބިލިބި ހުއްޓަސް ދާނިޝްގެ ހިތަކަށް އޭގެ އަސަރެއް ނުކުރެއެވެ. ދާނިޝްއަށް މަޢާފު ނުކުރާނެ ކަމަށް ރީޝާ ބުނިބުނުން […]
އިރު އެރުމުގެ ކުލަތަށް އުޑުމަތިން ފާޅުވާން ފެށިއިރު އެ މަންޒަރުގެ ފުރިހަމަކަން ގަލަމުން ބަޔާންކުރަން ދަތިވާނެއެވެ. ދުލަކުން ބަޔާން ކުރަން ނުކުޅެދޭހާވެސް ފުރިހަމައެވެ. ހިތްތަކަށް ހަމަޖެހުން ގެނުވާ މި ފުރިހަމަ މަންޒަރު ބަލަން ޢިމާރާތުގެ އަށްވަނަ ބުރީގެ ބެލްކަނީގެ ހުރި ޔަލްވީގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ހުޅުމާލޭގެ އުސް ޢިމާރާތްތަށް އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކޮފީ ތަށިން އެތިފޮދެއް ދަމާލިއިރު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާގިނަ އިރުތަކެއް ނުވެ […]
ނޫރް ނިކަންހާސްވެފައި މުނާޒްއާއި ދިމާއަށް ބަލާލިއިރުގައި އަނގަފެޅި ލެއި އަންނަމުންދިޔައެވެ. ނަމަވެސް މުނާޒް އެއްވެސް އެއްޗެކޭ ހިތަށްއެރި ހެނެއް ހީއެއްނުވެއެވެ. “ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ހުރެ އިނގޭ ލޯބީ….ތިހެން ގަދަހަދަން ޔާ…..” މުނާޒްބުނަން އުޅުނު ޖުމްލަފުރިހަމަ ނުވީ މޫނުމަށްޗަށް އަރައިގެން ދިޔަ ހަމަލާއެއްގެ ސަބަބުންނެވެ. މުނާޒް ނޫރްގެ ގައިން ދޫކޮށްލަމުން ބަލާލިއިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ. “ހަަބަރު ދާރު މަގެ ދަރިފުޅުގައި ދެން އިނގިލި ކުރި ޖައްސާލިއަސް ނިމުނީ…..” ރިޔާޒްއައިސް ނޫރްގައި ކުޑަކޮށް […]
” އަހަރެން މިދަނީ ރާޔާ ގޮވައިގެން ގެޔަށް..” ރާދިން ބުނެލިއެވެ. ” ރާދިން ޕްލީޒް.. އަހަންނާއި ރާޔާ ވަކިކުރަން ނޫޅެބަލަ.. އަހަރެން ކިހިނެއް ރާޔާއާއި ނުލައި އުޅޭނީ..” ރާދިން އެގެއިން ނިކުތީ ޔާނާ ގޮވައި ގޮވައި ހުއްޓައެވެ. އިރުކޮޅަކު ހުއްޓުން އަރައިފައި އިނުމައްފަހު ޔާނާ ދުއްވައިގަތީ ރާދިން ހުއްޓުވަން ދިޔުމަށެވެ.ޔާނާ މަގުމައްޗައް ނިކުތް އިރު ރާދިން ރާޔާ ގޮވައިގެން ކާރުގައި ދަނީއެވެ. ޔާނާ ގޮވުމުންވެސް މަޑެއް ނުކުރިއެވެ. ރާޔާ އޭ ގޮވައި އިންތަނަށް ރޮމުން ޔާނާއަށް ތިރިވެވުނުވެ. […]