ބުނާށެ ލޯބި ނުވަނީހޭ 10
” އަހަރެން މިދަނީ ރާޔާ ގޮވައިގެން ގެޔަށް..” ރާދިން ބުނެލިއެވެ. ” ރާދިން ޕްލީޒް.. އަހަންނާއި ރާޔާ ވަކިކުރަން ނޫޅެބަލަ.. އަހަރެން ކިހިނެއް ރާޔާއާއި ނުލައި އުޅޭނީ..” ރާދިން އެގެއިން ނިކުތީ ޔާނާ ގޮވައި ގޮވައި ހުއްޓައެވެ. އިރުކޮޅަކު ހުއްޓުން އަރައިފައި އިނުމައްފަހު ޔާނާ ދުއްވައިގަތީ ރާދިން ހުއްޓުވަން ދިޔުމަށެވެ.ޔާނާ މަގުމައްޗައް ނިކުތް އިރު ރާދިން ރާޔާ ގޮވައިގެން ކާރުގައި ދަނީއެވެ. ޔާނާ ގޮވުމުންވެސް މަޑެއް ނުކުރިއެވެ. ރާޔާ އޭ ގޮވައި އިންތަނަށް ރޮމުން ޔާނާއަށް ތިރިވެވުނުވެ. މޫނުގައި ދެއަތް އަޅައި ބާރަށް ރޮއިގަނެވުނެވެ.
އައިރާ ނިކުތްއިރު ޔާނާ ހުރީ މަގުގެ މެދުގައި ކަކޫމައްޗަށް ތިރިވެގެންނެވެ. ބާރުބާރަށް ރޮމުންގެންދިޔައެވެ. ޔާނާ އެހާލުގައި ފެނުމުން އައިރާއަށް ރޮވުނެވެ. ހިތްވަރުކޮއްލައިފައި އޭނާ ޔާނާ އިންތަނުން ނަގަަން އުޅުނެވެ. ޔާނާ ނުތެދުވާންވެގެން ގަދަ ހަދަންފެށިއެވެ. ” އިރާ ޕްލީޒް.. އަހަންނަށް ރާއްކޮ ގެނެސްދީ.. ޕްލީޒް އިރާ އާދޭސްކޮއްފަ ބުނަން އޭނަ ކައިރީ ބުނެބަލަ އަހަރެންނާއި ރާއްކޮ ދުރުނުކުރާށޭ.. 4 އަހަރު އަހަރެން ދިރިހުރީ ހަމައެކަނީ ރާއްކޮއަށް ޓަކައި.. ކިހިނެއް އަހަރެން ރާއްކޮއާއި ނުލައި އުޅޭނީ.. ނުވާނެ އަހަންނަކަށް އިރާ.. ޕްލީޒް އަހަރެންގެ ދަރިފުޅު ގެނެސްދީ.. އަހަރެން މޮޔަވެދާނެ އިރާ ޕްލީޒް.. ” އައިރާ ޔާނާ ނެގުމުން އައިރާގެ ދެއަތުގައި ހިފައި ޔާނާ އާދޭސްކުރަން ފެށިއެވެ. އައިރާ ގެނެސްދޭނަމޭ ބުނެފައި ޔާނާ ގޮވައިގެން އެތެރެއަށް ވަނެވެ. ޔާނާ އިނީ ހުއްޓުން އަރައިފައެވެ.
ގޭތެރެއަށް ވަދެ އޭނާގެ ކޮޓަރިއަށް ގޮސްވަނީ ސިޓިންރޫމްގައި ހުރި ޝަރްވާން ގޮވަގޮވައި ހުއްޓައެވެ. އައިރާ ޝައުންނާއި ޝަރްވާންއާއި ދެމީހުންނަށް ވީގޮތް ކިޔައިދިނެވެ. ރާދިން އެގޮތަށް ކަންތައް ކުރުމުން ޝަރްވާން ރުޅިއައި އައިއިރު ޝައުން ބުނީ އެއީ ރާދިންގެވެސް ދަރިއެއް ކަމުން އޭނާއަށް ރާޔާ ގެންދިޔުން އެމީހުންނަށް މަނާ ނުކުރެވޭނެ ކަމަށެވެ. އިރުކޮޅަކު އެމީހުންނާއި ވާހަކަ ދައްކަން ހުރެފައި އައިރާ ޔާނާގެ ކޮޓަރިއަށް ދިޔައީ އޭނާގެ ހާލު ބަލައިލުމަށެވެ. އެނދުގައި ކުރުގެޅިގެން އޮތް ޔާނާއަށް އޮތީ ނިދިފައެވެ. އޭރުވެސް އޭނާއަށް ގިސްލެވުމުން ދެއެވެ. ކޯތާފަތްވަނީ ކަރުނުން ތެމިފައެވެ. އައިރާ ޔާނާގެ ކޮތާފަތް ފުހެލުމައްފަހު ގައިގައި ރަޖާ އަޅައިލިއެވެ. ޔާނާގެ ނިތްކުރީގައި ބޮސްދިނުމައްފަހު އޭނާ ނިކުތީ ޔަސީރާއަށް ގުޅައި ޔާނާގެ ހާލަތު ކިޔައިދިނުމަށެވެ. ދެތިން ފަހަރު ގުޅުމުންވެސް ޔަސީރާ ފޯނެއް ނުނެގިއެވެ.
*****************************
ހެނދުނުގެ ނާސްތާއަށްފަހު ރައިހާންގެ ދެމަފިރިން ތިބީ ސިޓިންރޫމްގައެވެ. އެކި އެކި ވާހަކައިގައެވެ. ރާދިން ރާޔާ ގޮވައިގެން ގެޔަށް އައިސްވަނީ އެދެމީހުން އޮލަ ވާހަކައެއްގައި ތިއްބައެވެ. ރާޔާ އެތެރެއަށް ވަތްގޮތަށް މާމާ އޭ ކިޔައި ގޮވައިލައި ގޮސް ޔަސީރާގެ އުނގަންއެރިއެވެ. މާމަ ދަރިފުޅު ފެނުމުން އުފަލުން ގޮސް ރާޔާ އެއައީ ރާދިންއާއި އެކު ކަމެއްވެސް ޔަސީރާ އަކަށް އަޅައިއެއް ނުގަތެވެ. އެކަމާއި ސުވާލު ކުރީ ރައިހާންއެވެ. ރާޔާ ރާދިންއާއި ދިމާވި ގޮތެއް އެހިއެވެ. ޔަސީރާއަށްވެސް އެކަން ވިސްނި ސުވާލުކުރަން ފެށިއެވެ.
” ބައްޕާ.. މަންމާ.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް..” ޔަސީރާމެން ކައިރީގައި އިށީންނަމުން ރާދިން ބުނެލިއެވެ. ރައިހާން ބުނެލީ އަވަހަށް ބުނުމަށެވެ.
” ރާޔާއަކީ އަހަރެންގެ ދަރިއެއް..” ރާދިން ބުނެލި އެއްޗަކުން ޔަސީރާއަށް އަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހައިރާންވި ވަރުންނެވެ. ރައިހާންވެސް އިނީ ގަބޫލު ނުކުރެވިފައެވެ.
” ޔާނާ ދަރިފުޅު ކައިރީގައި ބުނީތަ.. ކީއްވެ ކުރިން ބައްޕަމެން ކައިރީ ނުބުނީ..” ރައިހާން ބުނެލިއެވެ.
” ރޭގަ ބުނީ.. ރާޔާ ފުރަތަމަ ފެނުނު ދުވަހުވެސް ބުނަން ނޭންގޭ ކަހަލަ ގޮތްތަކެއްވި.. ހީޔެއްނުކުރަން އެދުވަހު ކާރު ތެރެެއިން ފެނުނު ކުއްޖަކީ އަހަރެންގެ ދަރިއަކަށް ވެދާނެ ކަމެއް.. ޔާނާގެ ކުއްޖެއްކަން އެނގުމުންވެސް އަހަންނަށް ޝައްކެއްނުވި..” ރާދިން ކިޔައިދިނެވެ.
” މިމަންޖެ މާ ކުޑަކޮއް ހުންނާތީ ޝައްކެއްވެސް ނުވާނެއެއްނު.. އަހަރެންވެސް ނާހަން އުމުރެއް.. 3 އަހަރަށް ދާ ކުއްޖެއްހެން ވިއްޔަ ހީވަނީ.. އަދި އަހަރެން އެހީމޭ ޔާނާ ކައިރީ ރާއްކޮގެ ބައްޕަ ކޮބާހޭ.. ބުނީމަ ބުންޏޭ ވަރިވެގެންނޭ އުޅެނީ.. ހިތަކަށް ނާރާ އެބުނީ އަހަރުމެންގެ ރާދްގެ ވާހަކަކަމެއް.. އަހަރެން ވަރަށް ނަސޭހަތްވެސް ދިނިން ކައިވެންޏަކީ ކުޅިވަރެއް ނޫނޭ ކިޔާފަ.. އަހަންނަށް ލިބިފަ އެހުރީ ވާ ބޯހަރު ދަރިއެއް.. އެވަރު ބޮޑު ކަމެއް ސިއްރު ކޮއްގެން އެއުޅުނީ.. ކުޅަދާނަ ދަރިއެއް އެއީ..” އުފަން ދަރިއެއް ކަމަކު ޔަސީރާއަށް ޔާނާއާއި އެއްކޮޅަށް ވާހަކައެއް ނުދެއްކުނެވެ. ޔަސީރާ އެހުރިހާ އެއްޗެކޭ ކީ އިރުވެސް ރާޔާ ހުރީ އިސްއުފުލައިގެން ޔަސީރާގެ މޫނަށް ބަލާށެވެ.
” ކާފަގެ ދަރިފުޅު އައިސްކުރީމް ބޯނަންތަ.. ” ރާޔާ އެހުންނަނީ ދެރަވެފައިކަން އެނގުމުން ރައިހާން ބުނެލިއެވެ. ރާޔާ އާއެކޭ ބުނުމުން ރައިހާން ރާޔާ ގޮވައިގެން ދިޔައީ ކާގެއަށެވެ. ކާމެޒުމަތީގައި ރާޔާ ބަހައްޓައިފައި ރައިހާން ވަނީ ބަދިގެއަށެވެ. އެނބުރި އައީ ތައްޓަކަށް ޗޮކްލެޓް އައިސްކުރީމް އަޅައިގެންނެވެ.
” ތީ ރާއްކޮގެ ކާފަ ތަ..” އައިސްކުރީމް ބޮމުން ރާޔާ އަހައިލިއެވެ. ރައިހާން ލައްބައޭ ބުނެލިއެވެ. ” ކީއްވެތަ ހުރިހާ ކުދިން ރާއްކޮ މަންމިއާއި ދިމާއަށް އެއްޗެހި ކިޔަނީ އެ.. މަންމި ވަރަށް ދެރަވެފަ ހުންނަނީ.. އަބަދު މަންމި ރޯނެ.. ރަށުގައި އުޅުނުއިރުވެސް މިހާރުވެސް.. ރާއްކޮ މަންމިއަކީ އެކަމް ވަރަށް ބަސްއަހާ ކުއްޖެކޭ.. ރާއްކޮ ހެން.. ރާއްކޮ ވަރަށް ދެރަވޭ މަންމި އަބަދު ރޯތީ..ބައްޕިވެސް މިއަދު މަންމި ރޮއްވާލި.. ކާފަ މަންމި ނުރޮއްވައްޗޭ އިނގޭ.. ރާއްކޮ ބޭނުންވަނީ މަންމި އަބަދުވެސް ސްމައިލް ވެގެން ހުންނަން.. ކާފަ އިނގޭތަ މަންމިގެ ސްމައިލް ވަރަށް ތިއްތިވާނެ..ކާފައަށް ދައްކާނަން އިނގޭ.. ” ކުޑަ ކުޑަ ރާޔާގެ ވާހަކަތަކުން ރައިހާންއަށް ޔާނާއާއި މެދު ވިސްނާލެވުނެވެ.
ޔާނާއަށް ހޭލެވުނީ މެންދުރުފަހު 2 ޖަހައި ބޮޑުވި ފަހުންނެވެ. ހޭލެވުމާއި އެކު ރާޔާ ހޯދަން ފެށިއެވެ.ރާޔާ އަދިވެސް ނުގެންނަކަން އެނގުމުން އަނެއްކާވެސް ރޮއެގަތެވެ. އައިރާމެން އެންމެން އޭނާ ހަމަޔަކަށް އަޅުވަން ކުރި ހުރިހާ ކަމެއްވީ ބޭކާރެވެ. އާދޭސްކޮއްގެންވެސް ކާާންވެސް ނުނިކުތެވެ. ކޮޓަރިއަށް ކާއެއްޗެހި ގެނެސްދިނުމުންވެސް ކެވޭ ކަމަކަށް ނުވިއެވެ. ހުއްޓުމެއްނެތި 2 ގަޑިއިރު ރުއިމައްފަހު ޔާނާ އިނީ މުޅިން ހުއްޓުން އަރާފައެވެ. މީހަކާއި އަނގައިންވެސް ނުބުނެއެވެ. ޔާނާގެ ހާލަތު ހުރިގޮތުން އައިރާ ވަރަށް ކަންބޮޑުވިއެވެ. ޔަސީރާއަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ރާދިންއާއި ވާހަކަ ދައްކައިގެން ރާޔާ ގެޔަށް ގެނައުމައް އެދުނެވެ. ޔަސީރާ ބުނީ ރާދިން ގެޔަށް އައުމުން އެވާހަކަ ދައްކާނެކަމަށެވެ.
” ޔާނާއަށް ކިހިނެއްވީ.. އެމަންޖެ ރަގަނޅުތަ..” ޔަސީރާ ފޯނު ބާއްވަންދެން އިންތިޒާރުގައި ހުރި ރައިހާން އަހައިލިއެވެ. ޔަސީރާ ރައިހާންއަށް އައިރާ ދެއްކި ވާހަކަތައް ކިޔައިދިނެވެ.
” ޔަސީރާ އަހަރެންގެ ހިތް ބުނަނީ ޔާނާ ރާދް ކައިރިން ވަރިވީ ވަރަށް ބޮޑުކަމެއް ވެގެންނޭ.. ކުރީގައި އަހަރުމެން އެކަމާއި ބެހޭގޮތުން ރާދްއާއި ސުވާލެއް ނުކުރަމެއްނު.. ޔާނާ ބޭނުން ވެގެން ވަރިވީ ކަމަށްނު ހީކުރީ.. ޔަސީރާ ބުނެބަލަ ރާދްގެ އެއްވެސް ކުށެއްނެތި ވަރިވިނަމަ އެވަރުގެ ބޮޑު ވާހަކައެއް ސިއްރުކުރާނެތަ.. ރާއްކޮގެ ވާހަކަތަކުން ހީވަނީ ޔާނާ ވަރަށް ހިތާމަ ކުރާހެން.. އެރަށުގައި އުޅުނުއިރުވެސް އެހާލެއްގަ އުޅުނީ.. އަހަންނަށް ހީވަނީ ޔާނާ އަދިވެސް ރާދް ދެކެ ލޯބިވާހެން.. ރާދްވެސް ލޯބިވޭ.. އަހަރެން ރާދްއާއި އަދި މިވާހަކަ ދައްކާނަން.. އެދެމެދުގައި ކަމެއްނުވާ ކަމަކަށް އަހަރެން ގަބޫލެއްނުކުރާނަން..” ޔަސީރާއަށްވެސް އެކަމާއި މެދު ވިސްނަން މަޖުބޫރުވިއެވެ.
” އަހަރެން ޔާނާއާއި ވާހަކަ ދައްކާނަން.. ރާޔާއައްޓަކައިވެސް އެދެމީހުން އަލުން ގުޅެން ކިހާ ރަގަނޅު.. ” ޔަސީރާ ބުނެލިއެވެ. ރައިހާން އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
” މަންމީ..” ކޮޓަރީގެ ދޮރު ހުޅުވަފައި އެތެރެއަށް ވަންނަމުން ރާޔާ ގޮވައިލިއެވެ. އޭރު ޔާނާ އިނީ އެނދުގައި އިށީންދެގެންނެވެ. ރާޔާ ފެނުމާއި އެކު ތެދުވެ ގޮސް ރާޔާ އުރާލިއެވެ. އެއައްފަހު މަންމިގެ ދަރިފުޅު އައީ ހޭ ކިޔަމުން ރާޔާގެ މޫނުގައި ބޮސް ދޭން ފެށިއެވެ. ފަހަތުން މީހަކު ކަރުކެހިލި އަޑަށް ބަލައިލިއިރު ރާދިން ދޮރުމަތީގައި ހުއްޓެވެ. ޔާނާއަށް ބާރަށް ރާޔާގެ ގައިގައި ބައްދައިލެވުނެވެ.
” ރާއްކޮ ދޭބަލަ ދޮންތި ކައިރިއަށް ބައްޕި މަންމިއާއި ވާހަކަ ދައްކާލަން ވެގެން.. ” ރާދިން އެހެން ބުނުމުން ޔާނާ ރާޔާ ތިރިއަށް ބޭލިއެވެ. ” ބައްޕި މަންމިއާއި ދިމާއަށް އެއްޗެހި ނުކިޔައްޗޭ އިނގޭ..” ކޮޓަރިން ނިކުމެގެން ދަމުން ރާޔާ ބުނެލިއެވެ.
” އަހަރެން އެންމެ 6 ގަޑި އިރަށް ރާއްކޮ ޔާނާއާއި ދުރަށް ގެންދިޔައީމަ ވެފަ ހުރިވަރު ތިހުރީ.. ޔާނާ ވިސްނާލަބަލަ އަހަރެން ދެރަވާނެވަރު.. އަހަންނަށް އަހަރެންގެ ދަރިއަކު ހުންނަކަން މިއެނގުނީވެސް އެކުއްޖާއަށް 4 އަހަރަށް އޮތްވާ.. މިހުރިހާ ދުވަހު ރާޔާ އަހަންނާއި ވަކިން ތިގެންގުޅުނީ.. ބައްޕައަކާއި ދަރިއަކާއި ވަކި ކޮއްގެން ތިގެންގުޅުނީ..” ރާދިން ބުނެލިއެވެ. އަދިވެސް ހިތްހަމަނުޖެހިފައި ހުރެއެވެ.
” އަހަންނަށް ރާޔާއާއި ނުލައެއް ނޫޅެވޭނެ.. ރާދިން ރާޔާ ބޭނުމިއްޔާ އަހަރެން މަރާލައިފައި ގެންދޭ.. އެންމެ ދުވަހަކުވެސް ރާޔާ ނުފެނި އުޅެން ވެއްޖިއްޔާ އަހަރެން މޮޔަ ވެދާނެ.. ” ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމް ދޫކޮށް ޔާނާގެ ކޮލުގައި ރޮނގެއް ކުރަހާލިއެވެ. ރާދިން ދެތިން ފިޔަވަޅު ކުރިޔަށް ޖެހިލައި ޔާނާގެ އަތުގައި ހިފައިއެވެ. ޔާނާ އަވަހަށް އޭނާގެ އަތް ދަމައިގަތެވެ.
” ޑޯންޓް ކުރައި.. ޕްލީޒް.. އަހަރެން މިގޮތަށް މިކަންތައް ކުރީ ކުޑަކޮއްވެސް ޔާނާ ދެރަކުރާކަށެއްނޫން.. ޔާނާއަށް އެއްޗެއް ވިސްނޭ ތޯ.. ޔާނާއަށް ތިވަރު ވާނެކަން އެނގޭނަމަ އަހަރެން ރާއްކޮ އެގޮތަކަށް ނުގެން ދިޔައިމުސް.. އެއީ އަހަރެންގެވެސް ދަރިއެއް.. އެދަރިފުޅާއި އެކު ވަގުތު ހޭދަ ކުރުމުގެ ހައްގު އަހަންނަށްވެސް އޮންނަން ވާނެ.. ރާޔާގެ ވަރަށް ބައިވަރު ކަންތައް އަހަންނަށް މިސް ވެއްޖެ.. ދެން އިތުރަށް އެއްވެސް ކަމެއް މިސްވާކަށް އަހަރެން ބޭނުމެއް ނޫން.. އެދަރިފުޅަށް ބައްޕައެއްގެ ލޯބި އެންމެ ފުރިހަމައަށް ދޭން އަހަރެން ބޭނުން.. އަހަރެން އަދިވެސް ޔާނާ ދެކެ ލޯބިވަން.. އަހަންނަށް ހީވަނީ ޔާނާވެސް އަހަރެން ދެކެ ލޯބިވާހެން.. އެހެންނޫންނަމަ އަހަރުމެންގެ ދަރިފުޅަށް ރާޔާގެ ނަމުން ނަމެއް ނުކިޔީސް.. ނޭންގޭ އެއްޗަކީ ޔާނާ އަހަރެން ދޫކޮއްލި ސަބަބު.. ޔާނާ ބުނަން ބޭނުން ނުވަންޏާ އޯކޭ ނުބުންޔަސް .އަހަރެން މިހުރީ މާޒީގައި ވީކަމެއް ހަނދާން ނައްތާލައިފައި އަލުން ޔާނާއާއި އެކީ އާ ފެށުމަކުން ދިރިއުޅެން ފަށަން.. އަހަންނަށް ކުރެވުނީ ކޮން ކުށެށް ކަން ނޭންގުނަސް ޔާނާ ބޭނުންވާ ގޮތަށް އެންމެން ކައިރީގައި ބުނެފާނަން އަހަރެން ކުށުންނޭ ވަރިވީ.. ވިލް ޔޫ މެރީ މީ .. އަހަރުމެންގެ ދަރިފުޅަށް ޓަކައި ނަމަވެސް މެރީ މީ.. ” އަނެއްކާވެސް ޔާނާގެ އަތުގައި ހިފައި މެޔާ ކައިރިކޮއްލަމުން ރާދިން ޔާނާގެ ކައިވެންޏަށް އެދުނެވެ. ހަމަ އެކަނި ދަރިފުޅަށް ޓަކައި އެއް ނޫނެވެ. އޭނާ އަދިވެސް ޔާނާ ދެކެ ލޯބިވާތީއެވެ. ޔާނާވެސް ލޯބިވާހެން ހީވާތީއެވެ.
ރާދިންގެ ވާހަކަތައް އަޑުއަހާފައި ޔާނާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ދާދި ދެންމެ އަކާއި ޖެހެންދެން ލޮލުގައި ފުނިޖެހިފައިވާ ކަރުނަތައް އެތެރަށް ހިދި އެދެލޮލުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ” ރާދިން ކައިރީ އަހަންނަކަށް ނުބުނެވޭތަ އަހަރެން މިއުޅެނީ ޝަރްވާންއާއި އިންނާށެކޭ.. ރާދިންވެސް ތިއުޅެނީ މީހަކާއި އިންނާށެއްނު.. ރާދިން ލޯބިވާ މީހަކާއި.. އަހަރެން މިއުޅެނީ އަހަރެން ދެކެ ލޯބިވާ މީހަކާއި އިންނަން ވެގެން.. ރާޔާއަށް މަންމައާއި ބައްޕަގެ ލޯބި ބޭނުންވާނެކަމަށް އަހަރެންވެސް ގަބޫލު ކުރަން..އެކަމަކު އޭގެ މާނައަކީ އަހަރުމެން ދެމީހުން އުޅެން ޖެހޭނީ މެރީކޮއްގެންނޭ އެއްނޫން.. ދެމީހުން ވަކިން އުޅުނަސް ރާޔާއަށް ފުރިހަމައަށް ލޯބި ދެވިދާނެ.. ރާދިން ބޭނުން ކޮންމެ ވަގުތަކު ހަމަ ރާޔާ ކައިރިއަށް އަންނަންވީ.. ބޭނުމިއްޔާ ތިގެޔަށް ގެންގޮސްވެސް ހެދިދާނެ.. އެކަމަކު އަހަރެން އަލުން ރާދިންއާއި ގުޅޭކަށް ބޭނުމެއްނޫން.. އެކަމަށް އުއްމީދުވެސް ނުކުރާތި.. އެންޑް ޕްލީޒް ލޯބިވެޔޭ ކިޔައިގެން އިތުރަށް ދޮގު ހަދަން ނޫޅެބަލަ.. އަހަންނަށް އެނގެޔޭ ރާދިން އަހަރެން ދެކެ ލޯބިނުވާކަން..” ޔާނާ އަނެއްކާވެސް ބުނެލީ ރާދިން ލޯބިނުވާ ކަމަށެވެ.
” ކީއްވެތަ އަހަރެން ލޯބިނުވެޔޭ ތިބުނަނީ.. އަހަރެން ތަ ޔާނާ ވަރިކުރީ.. ނޫނީ އަހަރުމެން މައްސަލަ ޖެހިގެން އުޅެނިކޮއްތަ ޔާނާ ވަރިވެގެން ދިޔައީ.. އަަހަރެން ލޯބިނުވާ ކަމަށް ތިބުނާ ސަބަބެއް އަޅެ އަހަންނަށް ބުނެދީބަލަ.. ” ރާދިން ހުރީ ސީދާ ޔާނާގެ ލޮލަށް ނަޒަރު ހުއްޓައިލައިގެންނެވެ. ” ރާދިންއަށް ކުރެވުނު ކަންތައް ނޭންގޭތީތަ ތިއަހަނީ..” ޔާނާ އިރުކޮޅަކު ރާދިންއަށް ބަލަން ހުރެފައި ނަޒަރު ވަކިކޮއްލިއެވެ. އެދެލޮލަށް ގިނައިރު ބަލަން ހުރުމަކީ ޔާނާއަށް ކުޅަދާނަ ކަމަކަށް ނުވާތީއެވެ.
” ޔާނާއަށް އިނގޭތަ އަހަރުމެން އެެއްކޮއް އުޅުނީ ކިތައް ދުވަހުކަން.. އެންމެ 9 ދުވަހު.. އެ 9 ދުވަހުގެ ތެރޭ އަހަރެން ޔާނާ ހިތްހަމަނުޖެހޭ ވަރުގެ ކަމެއް ނުކުރަން ހަމަ ގައިމުވެސް.” ރާދިން ބުނެލިއެވެ. ޔާނާ އިތުރު އެއްޗެކޭ ނުބުނެއެވެ. ” ވެޑިން ނައިޓް.. އެ ނޫނިއްޔާ.. އެކަމާއި ހިތްހަމަ ނުޖެހިގެންތަ އެހެން ތިކިޔަނީ.. އެރޭގަ އަސްލު އަހަރެން ދިޔައީ އެ ޝަ…” ރާދިން ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ އެވާހަކައަކީ ޝަމީލް އެކަކު ކައިރީވެސް ނުބުނަން ބުނެފައިވާ ވާހަކައަކަށް ވާތީއެވެ.
” ހަހް.. ރާދިންއަށް ހީވަނީ އަހަރެން އެކަމާއި ރުޅިއައިސްގެން ކަމަށް..” ޔާނާ އަހައިލިއެވެ.
” އެނޫން ކަމެއް ނުވޭ.. ” ރާދިން ޖަވާބު ދިނެވެ.
” ދެން އެހެން ވިއްޔާ އަހަރެން ރުޅިއައީ އެރޭގައި ކަންތައް ކުރި ގޮތުން ކަމަށް ނިންމައިގެން ހުރޭ.. އިތުރަށް ރާދިންއާއި ދައްކާނެ ވާހަކައެއް ނެތް.. ހަމަ މިހާރު އަހަރެންގެ ކޮޓަރިން ނިކުމޭ.. ” ދޮރާއި ދިމާލަށް އަތް ދިއްކޮއްލަމުން ޔާނާ ބުނެލިއެވެ. ރާދިން ނިކުތެވެ.
************************
ދުވަސްތައް ފާއިތު ވަމުން ދިޔައީ ނުހަނު އަވަހަށެވެ. އެޔާއި އެކު ޔާނާއާއި ރާދިންގެ ގުޅުންވެސް ދަނީ މަޑުމަޑުން ރަގަނޅު ވަމުންނެވެ. ރާޔާއާއި އެކުގައި ދެމީހުން ވަގުތު ހޭދަކުރަން ފެށުމުން ދެމީހުން އަރާރުންވެ ޒުވާބު ކުރާލެއް މަދުވިއެވެ. ދެމީހުން ވާހަކަ ދައްކައިގެން ރާޔާ ސުކޫލްއަށް ލާން ދިޔުމައި ބަލައި ދިޔުންވެސް ވަނީ ދެމީހުންނަށް ބަހައިލައިފައެވެ. ހަފްތާ ބަންދު ދެދުވަސް ރާޔާ ހޭދަކުރަނީ ރާދިންގެ ގޭގައެވެ. ހަވީރު ގަޑީގައި ޔާނާ އެގެޔަށް ގޮސް ހަދައެވެ.
އެދެމީހުންގެ ބަދަހިވަމުންދާ ގުޅުން ފެނި އެންމެ ކަންބޮޑުވަނީ ޝަރްވާންއެވެ. ޔާނާ ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އަބަދުވެސް އޮވެއެވެ. ޔާނާއަށް ލޯބި ހުށަހެޅިތާ މަހެއް ވާން ކައިރި ވެފައިވީއިރުވެސް ޔާނާގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.
މަލްކާ ގާތުގައި ރާޔާއަކީ އެނާގެ ދަރިއެއްކަމަށް ރާދިން ބުނި ދުވަހު އޭނާއަށް ހުރީ ގަބޫލުވެސް ނުކުރެވިފައެވެ. ޝަރްވާންގެ ފަހަތުން އޭނާ އުޅުން ހުއްޓައީ ދޮންމަންމައަކަށް ވާން ބޭނުންނުވާތީއެވެ. ނަމަވެސް މިހާރު މިވީ ކީއްހެއްޔެވެ. ޝަރްވާނެގެ ދަރިއެއް ކަމަށް ހީކުރި ކުއްޖާ މިވީ ރާދިންގެ ދަރިއަކަށެވެ. ރާދިންއާއި ގުޅުން ކަނޑައިލާން ހިތައް އަރައިފައިވެސް ހިޔާލު ބަދަލުވީ ރާދިންގެ މުއްސަނދިކަމާއި މެދު ވިސްނާލައިފައެވެ.
މިއަދަކީ ރާޔާ ބަލައި ޔާނާ އަންނަން ޖެހޭ ދުވަހެއް ކަމުން 10:30 ވީ އިރު އޭނާ ހުރީ ސުކޫލް ކައިރީގައެވެ. އެވަގުތު ކާރުން ފައިބައިގެން އައި ރާދިން ފެނިފައި ޔާނާ ދެލޯ އަޅައިލިއެވެ. ” ރާދިން މިތާ ކީއްކުރަނީ..”
” އަހަރެންވެސް ތިހެން އަހަންވެގެން މިއުޅެނީ.. އަހަރެންގެ ދުވަހެއް ނޫންތަ މިއަދު މީ..” ރާދިން އަހައިލިއެވެ. ޔާނާ އާއެކޭ ބުނެލިއެވެ.
” އޯކޭ ވާނެ ދެން.. އަހަރުމެން ދެމީހުން އެއްކޮށް ބަލައި އައިމަ ރާއްކޮ ވަރަށް ހެޕީވާނެ..” ރާޔާވެސް އެކަމައް އެއްބަސްވިއެވެ. އެމީހުމް ހީކުރި ގޮތަށް ރާޔާ ހުރީ ވަރަށް އުފާވެފައެވެ.
” މިއަދު ދާނީ ބައްޕިމެން ގެޔަށް.. މަންމީ އޯކޭތަ މާމަ ކައިރިއަށް ދިޔަޔަސް މިއަދު..” ޔާނާ ވަރަށް ފަސޭހައިން އެއްބަސް ވެއްޖެއެވެ.
” ޔާނާވެސް ދާން ވީއެއްނު ރާއްކޮއާއި އެކީ ގޭގައި މަޑުކުރަން.. އަހަރެން އޮފީހުން ނިމިގެން އައިސް ގެޔަށް ލައިދޭނަން.. ” ރާދިން ބުނިއެވެ. ޔާނާ ބުނީ އޭނާ ދާނީ ގެޔެއް ކަމަށެވެ. ހަވީރުން ރާޔާ ގެޔަށް ގެނައުމަށް ބުނެފައި ގެޔަށް ދާން ހިނގައިގަތެވެ.
” މަލްކާ އާންޓީވެސް އަންނާނެ އިނގޭ މިއަދު ގެޔަށް.. ” ރާދިން އެހެން ބުނި އަޑަށް ޔާނާ ފަހަތަށް އެނބުރެނެވެ. ” ރާދިން އަހަރެން އެބަ ޖެހޭ މަންމައާއި ކުޑަ ވާހަކައެއް ދައްކައިލާން.. ” ޔާނާ ދޮގެއް ހަދައިލިއެވެ. މަލްކާ އެގޭގައި ކުރާކަމެއް ބަލަން އޭނާ ބޭނުން ވާތީއެވއ. ރާދިން ހަމަ އަންނަންވީ އޭ ބުނުމުން ޔާނާވެސް އެމީހުންނާއި އެކުގައި ގޮސް ކާރަށް އެރިއެވެ. ޔާނާއާއި ރާޔާ ގެޔަށް ލައިދިނުމައްފަހު ރާދިން ދިޔައީ އޮފީހަށެވެ. ރާދިންގެ ކޮޓަރިއަށް ވަދެ ރާޔާގެ އެއްޗެހި ބަދަލުކޮށް ދިނުމައްފަހު ޔާނާ ދިޔައީ ޔަސީރާގެ ކޮޓަރިއަށެވެ.
***********************
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އޮފީސް ނިންމައިލައިފައި ޝައުން ގެޔަށް އައީ ޝަރްވާންއާއި އެކު ކޮފީއަކަށް ގޮސްފައެވެ. ކޮޓަރިއަށް ވަނުމުން އޭނާއަށް ފެނުނީ އާމަންޒަރެއް ނޫނެވެ. އެނދުގައި އިށީންދެގެން އައިރާ އިނީ ރޯށެވެ. އައިރާގެ ކައިރިއަށް ގޮސް އިށީންދެލަމުން މިހާރު ކިހިނެއް ވީހޭ އަހައިލިއެވެ.
” ޝައުން މީ..މީ..” ” ޔަންނުއަށް ކަމެއް ވީތަ އަނެއްކާވެސް..” އައިރާގެ ވާހަކަ މެދުކަނޑައިލާފައި ޝައުން އަހައިލިއެވެ. އައިރާ ނޫނެކޭ ބުނެލިއެވެ. ” ޝައުން އަހަރެން.. އަހަންނަށް ހީވަނީ އަހަރެން.. އަހަރެން ޕުރެގްހެން..” އައިރާ ދިނީ އެހަބަރެއް އަޑު އެހުމައްޓަކައި ޝައުން އިންތިޒާރު ކުރަމުންދާ ހަބަރެވެ.
” އިރާއަށް ޔަގީންތަ މިފަހަރު ޕުރެގް ކަން..” ޝައުން އަހައިލިއެވެ.
” ޔެސް އަހަންނަށް ޔަގީން.. 3 ފަހަރު ޓެސްޓްކޮއްފިން.. ދެން މާދަމާ ހޮސްޕިޓަލަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލާނީ..” އައިރާ ބުނެލިއެވެ. ” ކީއްވެ މާދަމާ.. އަހަރެން ބޭނުން ހަމަ މިހާރު މިވަގުތު ޓެސްޓު ހަދަން..ހިނގާ އަހަންނާއި އެކު ހޮސްޕިޓަލްއަށް ދާން..” އައިރާވެސް ބޭނުންވީ ވީހާވެސް އަވަހަކަށް އެކަން ޔަގީން ކުރާށެވެ. އެހެންކަމުން އަވަހަށް ހޮސްޕިޓަލްއަށް ދާން ރެޑީ ވިއެވެ.
*****************************
ރާދިން އޮފީސް ނިންމައިގެން ގެޔަށް އައިއިރު އައީ މަލްކާ ގޮވައިގެންނެވެ. މަލްކާ އުޅޭ ގޮތުން ޔާނާ ހުންނަނީ ވަރަށް ފޫހިވެފައެވެ. އެންމެ ސިކުންތު ކޮޅަކުވެސް ރާދިންއާއި ދުރުގައި ހުރެވޭ ކަމަކަށް އޭނާއަކަށް ނުވެއެވެ. ޔަސީރާގެ ކޮޓަރީގައި ހުރެފައި ރާދިން ނިކުތުމުން މަލްކާވެސް އޭގެ އިރުކޮޅެއް ފަހުން ނިކުތެވެ. ޔާނާ ހީކުރީ އޭނާ ދިޔައީ ރާދިންގެ ފަހަތުން ކަމަށެވެ. ޔަގީން ކުރަން ވެގެން ރާޔާގެ ސުކޫލް އެއްޗެހި ބަލައި ދިޔުމުގެ ބަހަނާގައި ރާދިންގެ ކޮޓަރިއަށް ދާން ނިކުތެވެ.
ޔާނާ ކުރިން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ޔާނާ މިސްރާބު ބަދަލުކޮއްލިއެވެ. ރާދިންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލު އޭނާގެ ކޮޓަރި ތެރެ ބަލައިލުމުގެ ޝައުގު އުފެދުނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ތަނާ ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުގެ އަތް މުއްކައްވައިލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.




Varah reethi vaahaka dhaa goiy❤❤ yaanaa aah Raadhin gulhuvah chey pls.
Keeve eyhaa lahun up vany
Thank yuh so much Azuna ?
Yaana and Raadhin gulheythw balamaa dhw
Lahun up vany midhuvas kolhu maa busykoh ulheythy.. plus story publish vaanves varah gina iru eba nagaa mihaaru
V nice. Whn next?
Salaam all..
Varah las vehje dhw..
I am sorry for that. Busy koh ulheythy fridayga up nuvy.. saturday night ga submit kohfa in part eh miee..adhi publish evy..
Hope yuh guys will like it..
Mistakes huredhaane. Bunedhehchey ingey mistakes thah..
Next partves thankolheh las vedhaane ingey..
??
Mi partves varah varah reethi..
Dhn Yaana Raadhin ah yes ey buninama dhw
Avahah edhemyhun gulhuvabala
Thank yuh so much Ana Darling
Hehe Yaana mee v boaharu kuhjekey dhw
Lets see edhemyhunnah vaa gotheh ??
Mashah Allah varah salhi
Waiting for next part ?❤
Thank yuh Ira
Keep waiting ??
Wow varah reethi
When next dear
Thank yuh dear ??
Next part up kohdheveyne dhuvaheh bunaakah neynge
ތިޔަމަލްކާގެ ހަގީގަތް ރާދުއަށް އަންގައިދީބަލް ތަންކޮޅެއްއަވަހަށް
Malkaage hageegaiyves varah avahah engigen dhaane ??
sharuwan ge hageegai ves angaalaba.story vv reethi.up vaanea duvahea bunealaba plx
Sharwaange hageegaiyves adhi engeyne dear
Thanks a lot ?
Next uo kureveyne dhuvaheh neynge but I will try thursday ah ninmeythw
Mi partvx vvvvv reethi
Waiting for the next part
Thanks a lot dear
Keep waiting ??
Vvvv reethi
Thanks a lot dear ??
Varah reethi vaahaka eh ❤
Mi partves habeys..when next part dear
Thanks a lot dear ?
Next part thursdayga Insha Allah
Haadha reehchey mi partves
Waiting for thursday ?
Thank yuh Ninni ?
Keep waiting
Very nice..
My favourite story mihaaru site ah up kuraa
Yuh are doing a great job dear.
Keep it up..waiting for the next part ?❤
Aww thank yuh so much Dear
Keep waiting ??
Varah varah varah reethi. Curiously waiting for the next part ❤️
Thanks love
Keep waiting ?❤
Wow just Amazing ???❤❤
Thank yuh Gurey ??
Ehera Yaana eh dhw dhen.. rulhi aisgen gosves Raadhin ah hurihaa vaahaka eh kiyaadheykah neyngunehnu.. eyrun Raadhin misunderstanding clear kohdhinis ehnu
Story hama habeys dear.. avahah dhemynun gulhuvadhy ❤❤
Sharwaan dho aslu nubai hadhany haha? spoiler alert ?? like the way you present the story ♥️
Darling balamaa dhw Sharwaan ge kameh thw aee
Thanks ?❤
Kuda kuda mistake eh faahaga kurevunu..typing mistake eh. Huhtaalyge badhalu liyevifa iny huhtaee dhw
Story hama habeys ?❤
Yes ehndhe einy liyevifa
Thank yuh so much dear ??
Varah varah reethi mi partves ?❤
Thank yuh so much dear ??
Masha Allah vvv reethi ❤❤❤
Thank yuh so much dear ??
I love this story ??
Just wow. Waiting for thursday ?❤
Thank yuh so much dear ???
Thank yuh so much dear ??
Keep waiting
J for jealous… Haahaha yaana v j vaane dhw… Avahah gulhuvaba yaana and raadhin..????????????love this part too. Avahah nxt part up kohdhehchey….. Curiously waiting for next part ????????????????
Heheh lets see edhemyhun gulheythw
Thank yuh so much ???
Next part thursdayga ingey ??
Waaah??Masha Allah Hama habeys mi story??? I love this story ❣️????❤️❤️❤️??
Thank yuh so much dear ???
Waaah???Masha Allah Hama habeys story eh miey ???? Waitingssss ??❤️?❣️