Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ދެވަނަބައި)

InaaSh Level 210 Stories100 Comments
October 1, 2018 4 Mins Read
37 Comments

ނޫރް ނިކަންހާސްވެފައި މުނާޒްއާއި ދިމާއަށް ބަލާލިއިރުގައި އަނގަފެޅި ލެއި އަންނަމުންދިޔައެވެ. ނަމަވެސް މުނާޒް އެއްވެސް އެއްޗެކޭ ހިތަށްއެރި ހެނެއް ހީއެއްނުވެއެވެ.
“ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ހުރެ އިނގޭ ލޯބީ….ތިހެން ގަދަހަދަން ޔާ…..”
މުނާޒްބުނަން އުޅުނު ޖުމްލަފުރިހަމަ ނުވީ މޫނުމަށްޗަށް އަރައިގެން ދިޔަ ހަމަލާއެއްގެ ސަބަބުންނެވެ. މުނާޒް ނޫރްގެ ގައިން ދޫކޮށްލަމުން ބަލާލިއިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ.
“ހަަބަރު ދާރު މަގެ ދަރިފުޅުގައި ދެން އިނގިލި ކުރި ޖައްސާލިއަސް ނިމުނީ…..”
ރިޔާޒްއައިސް ނޫރްގައި ކުޑަކޮށް ބައްދާލައިގެން ހުރި އިރުގައި ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ރިޔާޒް އެތަނަށް އައީ ޕޮލިހުންނަށް ގުޅުމަށް ފަހުގައެވެ. ޢޭރު ޓެރަސްގައި ހުރި ރިޔާޒްއަށް މުނާޒްއާއި ނޫރްގެ ހުރިހާ މަންޒަރެއްވެސް ރީތިކޮށް ފެނުނެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕޮލިހުންގެ ޖިޕްގެ އަޑު އިވެންފެށުމުން މުނާޒް އުޅުނީ ދުވެފިލާށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. ޕޮލިހުން މުނާޒް ހަތްޔަރު ކޮއްގެން ގެންދިއުމުން ރިޔާޒް ނޫރް ގޮވައިގެން ގޭތެރެއަށް ވަދެގެނެ ދިޔައެވެ. ގޭތެރެއަށް ވަދެވުމާއިއެކުހެން ރިޔާޒް ނޫރްގައިން ދޫކޮއްލި ގޮތުން ރިޔާޒްއައިސްފައި ހުރި ރުޅިހާމަވެގެންދިޔައެވެ.
“ނާހިދާ……ނާހިދާ…..”
ރިޔާޒް ނިކަންބާރަށް ނާހިދާއަށް ގޮވަންފެށިއެވެ. ރިޔާޒްގެ އަޑަށް ކޮޓަރިން ނިކުމެގެންއައި ނާހިދާގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ.
“ކިހިނެއްވީ މާ ބަރަށް ތި ގޮވަނީ….”
“އިހަށް ގޮސް ނޫރްގެ އަނގަކައިރި ސާފުކޮއްލައިގެން އާދޭ…އަހަރެން މިހިރީ އިންތިޒާރުގަ…..”
މިހެންބުނެ ނޫރްއަށް ބަލާލުމެއްވެސް ނެތި ރިޔާޒްދިޔައީ ޓެރަސްއަށެވެ. ނާހިދާއަށް ނޫރްހުރި ގޮތްފެނުނީ އަދި ކިރިޔާއެވެ. ނާހިދާ ނޫރްގާތުގައި ވީ ގޮތް އޮޅުން ފިލުވަން އުޅެއުޅެ ވެސް ނޫރް ކިޔައެއް ނުދިނެވެ. ރިޔާޒް އެދުނު ގޮތަށް ނޫރްއަނގަ ފެޅިފައި އިންތަނުގައި ބޭސްކޮޅެއް ހާކައިލައިގެން ނާހިދާ ދިޔައީ ނޫރްގޮވައިގެން ޓެރަސްއަށެވެ. އޭރު ރިޔާޒް ދެއަތް ފަހަތަށް ލައިގެން ބޭރު ބަލަހައްޓައިގެން ހުއްޓެވެ. ނާހިދާ ގޮސް ރިޔާޒްއާއި ސުވާލު ކޮއްގެންވެސް ޖަވާބެއް ނުލިބުނެވެ.
“ވީ ގޮތެއް ކިޔާދިނީމަ ދޯ މަށަށްވެސް އިނގޭނީ…..”
ނާހިދާ ރިޔާޒްގެ ކޮޑުގައި އަތްބާއްވައިލަމުން ބުނެލިއެވެ.
“އަހަރެން މިދައްކާ ވާހަކަ ނާހިދާއާއި ނޫރްވެސް ރަނގަޅަށް އަޑުއަހާ …..މިރޭ މީ ނޫރްއަށް އެގޮތަށް ބޭރަށް ދެވޭނެ އެންމެ ފަހުފަހަރު…. ނޫރްއަށް އެއަށްވުރެ ބޮޑު ބޮޑިއެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން….މިހާރު ވެސް ދޫ ދެވިފަ ވާވަރު މާ ބޮޑީ….ދެންއަދި އޮތީ އެންމެ މުހިއްމު ވާހަކަ..”
މިހެން ބުނެ ރިޔާޒް ނޫރްއާއި ދިމާއަށް އެބުރުނު އިރުގައި ނޫރްހުރީ އިސްޖަހައިލައިގެނެވެ.
“އަނިލްގެ ދޮށީ ފިރިހެން ދަރިފުޅު މާހިލްއާ ނޫރްގެ ކައިވެނި މިހާރު ވަނީ ހަމަޖެހިފަ….ވީ ހާވެސް އަވަހަކާ މިކައިވެނި ކުރެވިގެން ދާނެ…..މިރޭ މި ދިމާވި ކަންތަކަށް ފަހު އަހަރެން ބޭނުމެއްނޫން ދެން އެންމެ ދުވަހެއްވެސް ލަސް ކުރާކަށް…..”
ރިޔާޒް އެތަނަށް ކުޑަވަރެއްގެ ބޮމެއް ގޮއްވާލިފަދައެވެ. ނޫރް ދެލޯ ބޮޑުކޮއްލަމުން ރިޔާޒްއަށް ބަލާލިއިރުގައި ނާހިދާވެސް ހުރީ ބުނާނެއެއްޗެއް ނޭންގިފައެވެ. ރިޔާޒް އެފަދަ ނިންމުމެއް ނިންމާނެ ކަމަކަށް ނޫރް ދުވަހަކުވެސް ހީއެއް ނުކުރެއެވެ.
“ބަޓް ޑޭޑް……”
“އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން….ދެން އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ….ނޫރް ދުވަހަކުވެސް ބައްޕަ ބުނާ ކަމެއް ކޮއްދެންޔާ މިކަންތައް ކޮއްދިނިއްޔާ ބައްޕަ ވަރަށް އުފާވާނެ….”
ރިޔާޒު ގޮސް ނޫރްގެ ބޮލުގައި ފިރުމާލި އިރުގައި ދެލޯވަނީ ފެންކަޅިވެފައެވެ.
ފުރަތަމަ ފަހަރަށް ބައްޕައެހާ ދެރަވެފައި ވާތަން ފެނުމުން ނޫރްއަށް ފާޅުގައި ދެބަސްވާކަށް ވެސް ނުކެރުނެވެ. ނާހިދާވެސް އެއްވެސް އެއްޗެކޭ ނުބުނީ ރިޔާޒްގެ މިފަހަރުގެ ނިންމުން ބަދަލު ނުކުރާނެ ކަން އިނގޭތީއެވެ.
“ދަރިފުޅަށް ދެރަގޮތެއް ވާކަށް ބައްޕައެއް ނޭދެން….ބައްޕަ މި ހޯދީ ވަރަށް ރަނގަޅު ކުއްޖެއް…ދަރިފުޅު އުފަލުގަ ގެންގުޅޭނެ….މާދަމާ އެމީހުން މިގެއަށް އަންނާނެ ނޫރްއާ ބައްދަލު ކޮއްލަން….ބައްޕަ ހީކުރަން ބައްޕަގެ މި ނިންމުމަށް ދަރިފުޅު އިހްތިރާމް ކުރާނެކަމަށް…..ބައްޕަގެ އަގު ވެއްޓޭފަދަ ކަމެއް ނުކުރައްޗޭ…..”
ރިޔާޒް ނޫރްއާއި ނުހަނު ލޯބިން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެތަށް ނަސޭހަތެއްދިނެވެ. ނަމަވެސް ނޫރްއެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމަ އެކަނި އިސްޖަހައިލައިގެން ހުރީއެވެ. ނިދަން އޮށޯވެގެން އޮތް ނޫރްއަށް ވިސްނެމުންދިޔައީ ރިޔާޒްދެއްކި ވާހަކަ ތަކާއި މެދުގައެވެ.
“މާ….މާ….ވޮޓް؟….ސީރިއަސްލީ ޑޭޑް އެރޭންޖް މެރިޖް… ޑޭޑް އެގޮތަށް ކަމަކު އެދުނު މީ ފުރަތަމަ ފަހަރު ވީމަ ދެކޮޅު ހަދާކަށް ވެސް ނުކެރޭނެ…..އޯހް….ވަޓް އޭމް އައި ގޮނަ ޑޫ…..ބޯ ހަލާކު…..”
ނޫރް އެދުމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅިލާ އޮތީ އެ ކައިވެނި ނުކޮށް ވާނެ ގޮތެއް ވިސްނާށެވެ.
“ޑޭޑްގެ ހެޕިނަސް އައްޓަކާ މެރީ ކުރިއަސްވެސް އައި ކާންޓް ލިވް ވިތުއަ މޭން ހޫ އައި ޑޯންޓް ނޯ…..މި ވެޑިން ލަސްވީއްޔާ އޯ އެއްކޮށް ކެންސަލް ވާނެނަމަ ކިހާ ރަނގަޅު….”
ނޫރް އެކި ގޮތްގޮތައް ވިސްނަން އޮވެފައި ނިދުނީ ފަތިސް ވެސް ވީފަހުންނެވެ. އަނެއްދުވަހު ނޫރްއަށް ހޭލެވުނީ މީހަކު ވަރަށް ބާރަށް ދޮރުގައި ތަޅާއަޑަށެވެ. ނޫރް ނިދިމޫނަކާއި އެކު ގޮސްދޮރު ހުޅުވާލިއިރުގައި ދޮރުމަތީގައި ރާއިން ހެވިފައި ހުއްޓެވެ.
“ގޯ އަވޭ….ލެޓް މީ ސްލީޕް….”
ނޫރްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރާއިން އެކޮޓަރިއަށް ވަދެ ގޮސް އެދުގައި އޮށޯވެލިއެވެ.
“ހަމަ މިހާރު ނިކުމޭ…..”
ނޫރްހުރީ އުކުޅުވަޅުގައި އަތް ވިއްދާލައިގެނެވެ.
“ސްލީޕިން ޓައިމް އޯވަރ….ދޮންތައަށް އިނގޭތަ ގަޑިންވި އިރެއް….
ޑޭޑް ބުނީ ދޮންތައަށް ގޮވާށޯ ރެޑީވަން….”
ރާއިންއަދި ބޮޑަށް އެދުގައި ހަމަޖެހިލީއެވެ. ނޫރްވެސް އައިސް އެދުގައި އިށީނެވެ.
“ސީރިއަސްލީ ސިސީ….ޔުއާރ ގެޓިން މެރިޑް ސޫން….އައި ލަވް އިޓް….ކިހާ އެކްސައިޓިން…މަށަށް ވެސް ޅިޔަނެއް ލިބެންދޯ އެއުޅެނީ އިންޝާ ﷲ….”
“ކީކޭ….ތިއުޅެނީ އަހަރެން އަތުން ބޮޑިއެއް ބޯން އިނގޭ…..”
މިހެންބުނެ ނޫރްއެތަނުން ބާލިހެއްނަގާ ރާއިންގެ ގައި ތަޅަންފެށިއެވެ. ރާއިންވެސް ބާލިހެއް ނަގާ ނޫރްގައި ތަޅަންފެށިއެވެ. ދެމީހުންގެ ސަކަރާތް ގަޑު ހުއްޓުނީ ލޮޑުވީ ފަހުންނެވެ. ދެމީހުން އެދުމަތީގައި އޮށޯވެލައިގެން ތިބީ ސީލިންގަށް ނަޒަރު ހުއްޓާލައިގެނެވެ.
“ސީރިއަސްލީ ޑޭޑް އެނެގީ ވަރަށް ރަނގަޅު ޑިސިޝަންއެއް….އެޓްލީސްޓް ދެން އަހަންނަކާވެސް ދޮންތަ އާ ދޭތެރޭގަ ވިސްނާކަށް ނުޖެހޭނެއެއްނު….އެން ޑޭޑް ދޮންތައަށް ހޯދާނީ އެއްވަނައިގެ ކުއްޖެއް ކަން ޔަގީން…..”
ރާއިންހަމަ އެއޮތް ގޮތަށް އޮވެ ބުނެލިއެވެ.
“ހޫމް ތިއުޅެނީ ދޮންތަ މިގެއިން ނުގޮސްގެން ވިއްޔަ ދޯ….”
ނޫރް ފާޑަކަށް ތުން އަބުރާލަމުން މިހެން ބުނުމުން ރާއިންއަށް ހިނިތުންވެލެވުނެވެ. ރާއިން ނޫރްދެކެ ކިތައްމެ ހާވެސް ލޯބިވެއެވެ. ނޫރްއަށް ރަނގަޅު ގޮތް ވުމަށް ރާއިންއަށް އަބަދުވެސް އެދެވެއެވެ. ނޫރްގެ ދިރިއުޅުން ރަނގަޅު ކުރައްވާ ދީނަށް ލޯބި ޖައްސަވާތޯ ރާއިންއަށް ދުއާކުރެއެވެ. ރާއިންގެ ދުއާ އަކީ މިކައިވެނީގެ ސަބަބުން ނޫރްގެ ދިރިއުޅުމަށް ހެއު ބަދަލެއްއައުމެވެ.
“ދެން އަވަހާ ރެޑީ ވެލައިގެން އާދެބާ އިނގޭ ޅިޔަންބެ އަންނަން ވާއިރަށް…..ހީ ޝުޑް ނޯ ހައު ބިއުޓިފުލް އިޒްދަ ވުމެން ހީއިޒް ގޮއިން ޓޫ މެރީ…..ޝޯ ހިމް ހައު ލަކީ ހީ އިޒް ޓޫ ހޭވް ޔޫ ސިސީ…..”
ރާއިންދަމުން ނޫރްއަށް އެއްލޯ މަރާލަމުންބުނެލިއެވެ. ރާއިން ދިއުމުން ނޫރްގޮސް ލޯގަނޑު ކުރިމަތީގައި މަޑުކޮއްލަމުން ރާއިންބުނި ބަސްތަކާއި މެދުގައި ވިސްނާލިއެވެ. ނޫރްއަކީ ރީތި ކުއްޖެކެވެ. ފަންދިގު އިސްތަށިގަނޑު އޮނަގަޑާއި ހަމައަށް އަރާއިރު އޮތީ ރީތި ގޮތަކަށް ކޮށާލެވިފައެވެ. ހަމުގެ ކުލަ އަލިވެފައި ލިބިފައިވަނީ ލޫޅާފަތި ހަށިގަނޑެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ވަށްމޫނެއްލިބި ފައިވެއެވެ. އަދި އެ ކަޅުކަން ގަދަ ލޮލުގެ ޖާދޫގައި ނުޖެހޭ މީހެއް ވަރަށް މަދުވާނެއެވެ. ނޫރް ފަރިގޮތަކަށް ހުއްޓިލި އިރު މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ. ރާއިންގެ ސަބަބުން ނޫރްއަށް ހިޔާލެއް އައީއެވެ.
……
“ދޮންބެ ކޮބާ ރެޑީ ތަ؟… ފަހަރި އާ މީޓް ކުރަން ދާން….”
ދުވެފައި ކަހަލަގެ ގޮތަކަށް މާހިލްގެ ކޮޓަރިއަށް އައިސް ވަތް ނުއުމާންހުރީ އަވަސް އަރުވާލާފައެވެ.
“އަމް ރެޑީ….ކޮބާ ޑޭޑް މެން؟…ދާންވީ ތަ؟…”
“ދޮންބެ ހަމަ ސީރިއަސްތަ؟…އައި މީން ނުވެސް ދަންނަ ނުވެސް ފެންނަ ކުއްޖަކާ މެރީ ކުރަންތަ ތިއުޅެނީ ހަމަ؟…އައި ސްޓިލް ކާންޓް ބިލީވް ދިސް…”
ނުއުމާން ކުރިންވެސް ކުރަން ބޭނުންވެފައި އިން ސުވާލު ކޮއްލީ މާހިލްގެ ހިޔާލު ހުރިގޮތް ބަލާލުމުގެ ބޭނުމުގައެވެ.
“ބައްޕަ އެދިލައްވާ ކަމެއް ވިއްޔާ ކޮއްދެން ދޮންބެ މިހިރީ….އެ ގޯސް ކަމަކަށް ނުވާހާ ހިދަކު ދޮންބެއަށް އޯކޭ…..އެހެން ނޫނަސް ދޮންބެ ބޭނުން ވަނީ ވެސް ރައްޓެހި ނުވެ ސީދާ މެރީކުރަން…..ބައްޕަ ވެސް ދޮންބެއަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ ކަން ޔަގީން….ހީ މަސްޓް ހޭވް ޗޫސެން ދަ ބެސްޓް ގާރލް ފޯމީ….”
މާހިލްއައިސް ނުއުމާންއަށް ހިނިތުންވެލަމުން ބުނެލިއެވެ.
“ބަޓް ސްޓިލް…..ދިސް އިޒް 2018….ނޮޓް ދަ ނައިންޓީސް…..”
ނުއުމާން އަނގައަށް ވައްތަރެއް ޖައްސާލަމުނެބުނެޔެވެ.
“ކީއްތަ ވީ؟….އެރޭންޖް މެރިޖް ފަހުން އިންޝާ ﷲ ވާނެ އޭ ލަވް މެރިޖް އަކަށް…..ކޮއްކޮ ހާސް ނުވެބަލަ….އަމް ޓޯޓަލީ ހެޕީ……އެހެންނޫނަސް ނައު ދޮންބެ އަށް ޓުވެންޓީ ސެވެންވަނީ އެ…..މިހާރު ވެއްޖެ އެއްނޫންތަ ދެން މެރީ ކުރަން…..”
މާހިލް ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ހެއްހޭ ތީ ތަ ލަސްވެގެން އައި މީހާ އެއްނު…..ހިނގާ ދަމާ….ކޮބާ ނާވީ…..”
“ކުޑަބެ ވެސް އެބަހުރި….އެންމެންވެސް ތިބީ ދޮންބެއަށް ވެއިޓް ކޮއްގެން…..ލެޓްސް ގޯ….”
ނުއުމާންއާއި މާހިލް އައިއިރުގައި އެންމެން ތިބީ އިންތިޒާރުގައެވެ.
“މާޝަ ﷲ…..މަންމަގެ ދަރިފުޅު ހާދަ ހޭންޑްސަމް އޭ ދޯ…ލުކިން ސޯ ސްމާރޓް….”
“ވަޓް އެބައުޓް މީ….އަހަރެން ހޭންޑްސަމް އެއްނޫންތަ؟…”
ނުއުމާންއައިސް ރީތި ގޮތަކަށް ހުއްޓިލަމުން އަހައިލިއެވެ.
“ނޫނޭ….މަންމަގެ ތިން ކުދިންވެސް ހަމަ އެހާ ހެންޑްސަމް….”
ޝާމާ ނުއުމާންގެ ބޮލުގައި ފިރުމާލީ ނިކަން ލޯބިންނެވެ. ޝާމާހުރީ އެގޭގައި ކައިވެންޔެއް ކުރެވެން އުޅޭތީވެ ވަރަށް އުފަލުންނެވެ. އަދި އެވެސް އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިވެންޔެވެ. އަނިލްއާއި ޝާމާގެ ތިބެނީ ތިންފިރިހެން ކުދިންނެވެ. އެއީ މާހިލްއާއި ނުއުމާންއާއި ނަވީލްއެވެ. ތިންކުދިންގެ އިތުރުން ޝާމާގެ ދައްތަ ޝާޒިޔާވެސް އުޅެނީ އެގޭގައެވެ. އަނިލްއަކީ ވެސް ރިޔާޒް ފަދައިން ނަންމަޝްހޫރު ވިޔަފާރިވެރިއެކެވެ. ރިޔާޒުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިއަށްދާއިރު މިހާރު ވިޔަފާރިއާއި ހަވާލުވެގެން ހުރީ މާހިލްއެވެ. ނަވީލްވެސް ކިޔަވަމުންދަނީ ބިޒްނަސްގެ ދާއިރާއެވެ. މިކަމުގައި އެއްވެސް ވަރަކަށް ޝައުަގުވެރިކަމެއް ނުހުންނަނީ ނުއުމާންގެއެވެ.
“ޙިނގާ ދަމާ އަވަހަށް ދެންވެސް….އިޓްސް ގެޓިން ލޭޓް….”
އަނިލްވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެންމެން އެކީގައި “ވައިލެޓް” ގެއަށް މިސްރާބުޖެހި އިރުގައި މާހިލްއަށް ވިސްނެމުން ދިޔައީ ދިމާވަން އުޅޭ އަންހެން ކުއްޖާއާއި ދޭތެރޭގައެވެ. މާހިލްއަށް އިގެނީ ހަމައެކަނި އެއަންހެން ކުއްޖާއަށް ކިޔާނަމެވެ. “ނޫރް..” މާހިލް އެނަން އެތައްފަހަރަކު ހިތާހިތުން ކިޔާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 10

Next

ވާނަމޭ އުމުރަށް އެކީ ޔާރާ (ޓްރެއިލަރ)

Next
October 1, 2018

ވާނަމޭ އުމުރަށް އެކީ ޔާރާ (ޓްރެއިލަރ)

Previews
October 1, 2018

ބުނާށެ ލޯބި ނުވަނީހޭ 10

37 Comments!

  1. Erum says:
    October 1, 2018 at 12:21 am

    Salhiey ??
    Keep going ??

    1. InaaSh says:
      October 1, 2018 at 6:19 am

      Jazakillah khairan Erum ?

  2. Reader? says:
    October 1, 2018 at 6:16 am

    Salhi mi bai wes..
    Noor kihineh baa hadhaany?…heheh waiting for the next part… ?

    1. InaaSh says:
      October 1, 2018 at 6:20 am

      Jazakillah khairan…insha allah next part wedmesdayga… ?

  3. No one says:
    October 1, 2018 at 6:27 am

    Wowww… Maahil must be the guy she met on the way to her home..right? BTW this part is awesome.. maasha allah♥️♥️

    1. InaaSh says:
      October 6, 2018 at 6:04 am

      Jazakillah khairan No one…? v molhu igay guess kuran… ?

  4. Shiha says:
    October 1, 2018 at 8:57 am

    Saabahey vvvv riithi I love the story ❤️

    1. InaaSh says:
      October 6, 2018 at 6:05 am

      Jazakillah khairan ?

  5. No one says:
    October 1, 2018 at 9:17 am

    Ma Sha Allah vrh reethi mi story wanna read ehkh.. alhe avahah up khdhehchey plx..

    1. InaaSh says:
      October 1, 2018 at 11:53 am

      Jazakillah khairan ? insha allah next part wednesdayga… ?

  6. lotus says:
    October 1, 2018 at 9:49 am

    Nice.. pls upload soon???

    1. InaaSh says:
      October 1, 2018 at 11:54 am

      Jazakillah khairan ? insha allah wednesdayga upload kohladheynan ?

  7. Some1? says:
    October 1, 2018 at 10:21 am

    Salhi???
    waiting for the next.

    1. InaaSh says:
      October 1, 2018 at 11:54 am

      Jazakillah khairan ?

  8. Min Holly says:
    October 1, 2018 at 12:45 pm

    Nice story….keep it up ??

    1. InaaSh says:
      October 1, 2018 at 1:05 pm

      Jazakillah khairan min holy ?

  9. yoonmin says:
    October 1, 2018 at 12:47 pm

    Awesome

    1. InaaSh says:
      October 1, 2018 at 1:05 pm

      Jazakillah khairan ?

  10. flower says:
    October 1, 2018 at 12:48 pm

    Nice story

    1. InaaSh says:
      October 1, 2018 at 1:06 pm

      Jazakillah khairan ?

  11. Jenna says:
    October 1, 2018 at 1:03 pm

    Varah higaimu mi baeves❤??
    I wonder noor kon kame baa kuran eulheneyy???

    1. InaaSh says:
      October 1, 2018 at 1:07 pm

      Hehe dhan noor wes balaany knme wes gotheh veytho.. ?
      Anw jazakillah khairan ?

  12. Nnnnnnnnn says:
    October 1, 2018 at 1:47 pm

    How old are u??? Btw mi part vess vrh salhi nge..waiting ❤️??

    1. InaaSh says:
      October 1, 2018 at 3:23 pm

      Hehe… umuru dho e ee secret eh…?
      Anw jazakillah khairan… ?

  13. bong soon says:
    October 1, 2018 at 4:34 pm

    ?Awesome
    Maahil ?

    1. InaaSh says:
      October 1, 2018 at 7:51 pm

      Jazakillah khairan bong soo ?

  14. Nunnu says:
    October 1, 2018 at 5:37 pm

    Reethi varah. Waiting for the next part

    1. InaaSh says:
      October 1, 2018 at 7:52 pm

      Jazakillah khairan ?

  15. Hafeez says:
    October 1, 2018 at 8:40 pm

    Nice, but since this is a dhivehi story avoid engish words. Fudhey varakah ginain english words use kurevifa hureema heevanii english story eh kiyey hen. But anyways story is just awsome. So l hope you’ll make it right. Insha allah. Waiting for next part on wednesday.

    1. InaaSh says:
      October 2, 2018 at 8:12 am

      Jazakillah khairan… ? insha allah thi kanthah ragalhu kohleweytho balaanan kuri ah huri part thakuge… jazakillah khairan for your feedback.. ?

  16. Anonymous says:
    October 2, 2018 at 4:58 pm

    Maa sha Allah.. This story is awesome.. Feshunyssure kiyamun mi annanee.. Mi dhe part ves Hama varah kamudhey.. Vrh reethi.. Kuriyah huri part thah ves Vrh reethi vaanehen heevey.. miulhey basnaahaa noor aa eky maahil ah keiyykohleveyne baavaey mi hithah aranee…?☺️?❤️?? btw writer miee girl eh tha boy eh tha? Name in heevanee boy eh hen. ????

    1. Anonymous says:
      October 2, 2018 at 5:03 pm

      When next???? 🙂

    2. InaaSh says:
      October 2, 2018 at 10:27 pm

      Jazakillah khairan…? insha allah next part wednesdayga… and writer mee girl eh.. wahaka thiha kamudhaathy varah ufaa wehje..ekam wahaka kuri ah dhaa warakah thi hykura ha goiy gothah wes kuri as nugos wes faane.. anw jazakillah khairan once again ?

  17. Shine says:
    October 3, 2018 at 10:42 am

    Wow..gud job..keeo goin…vrh salhi

    1. InaaSh says:
      October 4, 2018 at 1:16 pm

      Jazakillah khairan ?

  18. Shine says:
    October 3, 2018 at 1:48 pm

    When is nxt part… can’t wait..??

    1. InaaSh says:
      October 4, 2018 at 1:17 pm

      Next part up wefa ihnaane ?

Comments are closed.

Next Episodeނޭދެން ވަކިވާކަށް(ތިންވަނަބައި)←


All Right Reserved!