“ލީން ދަރިފުޅާ އަދިވެސް ސުކޫލަށް ދާން ތައްޔާރު ނުވެވެނީތަ؟ މިހާރު އެއޮއް ސުކޫލަށް ދާ ގަޑި ޖެހެނީ” ލީންގެ މަންމަ ނަށާޔާ ގޮވާލިއެވެ. “ލައްބަ މަންމާ މި ނިމުނީ މިހާރު” އެހެން ބުނަމުން ލީން ކޮޓަރިން ބޭރަށް ނިކުމެ ބޫޓަށް އަރިއި މަންމަ ގާތު ދަނީކަމުގައި ބުނެ ގެއިން ބޭރަށް ނިކުތެވެ. ********************************************** ލީން އަކީ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. ލީންއަކީ ގުދުރަތީގޮތހުނ ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ދިގު ފަން ރަން ކުލަ […]
ދެލޯ ބޮޑުކޮށްލާފައި ދެން އީން އަށް ބަލާލެވުނީ ފަހަތުން ހިނގާފައި އެދިމާލަށް އައި އަލްޔާން އަށެވެ. އޭރު އަލްޔާން އާ ދާދި ގާތުން އީން ދުވަހަކުވެސް ނުދެކޭ އެހެން މީހަކުވެސް އައެވެ. ވާނުވާ ނޭނގި އީން ހުއްޓުން އަރާފައި ހުރިއިރު އީން ކުރިމަތީގައި މަޑުކޮށްގެން ހުރި ޒިން ފެނި އަލްޔާން ގެ ހިނގުން ބާރުވިއެވެ….. އީން ހައިރާންވެ ކުރިމައްޗައް ބަލަން ހުރުމުން ޒިން ވެސް ފަސް އެނބުރި ބަލާލިއެވެ. އޭރު އަލްޔާން ބާރު ހިނގުމެއްގައި އައިސް އެމީހުންނާ […]
ޔާނާ ކުރިން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ޔާނާ މިސްރާބު ބަދަލުކޮއްލިއެވެ. ރާދިންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލު އޭނާގެ ކޮޓަރި ތެރެ ބަލައިލުމުގެ ޝައުގު އުފެދުނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ތަނާ ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވެ އަތް މުއްކައްވައިލެވުނެވެ. ” ހަމަ މިހާރު ތިހެދުން ބާލާ..” ކޮޓަރިތެރެއަށް ވަންނަމުން ޔާނާ ވަރަށް ބާރަށް ބުނެލިއެވެ. ލޯގަނޑު ކުރިމަތީ ފަރި ބަލަން އިން މަލްކާ ދިޔައީ ސިއްސައިގެންނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމައްފަހު ޔާނާއާއި ވީކޮޅަށް […]
ނޫރްގެ ދެލޯބޮޑުވެގެން ދިޔައީ އެއީ ކާކުކަން އިނގުނީމައެވެ. އެއީ ދެވަނަ އެހެންމީހެއްނޫނެވެ. އެއީ ކުރީ ރޭގައި އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިންޒުވާނާއެވެ. ނޫރްއަށް އެއީ ކާކުކަން ޔަގީންވިއިރުގައި މާހިލްއިނީ ނޫރްކޮންމެވެސް ތަނަކުން ފެނުނުހެން ހީވެގެން އެކަމާއި ވިސްނާށެވެ. ނަމަވެސް މާހިލް ހަދާންވާ ގޮތެއްނުވިއެވެ. “ހިނގާ ސައިބޯން ދަމާ…..ސަޔަށް ފަހު ދެންއިތުރަށް ވާހަކަ ކުރިއަށް ގެންދާނީ ދޯ…..” ރިޔާޒް އަނިލްމެން ގޮވައިގެން މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ޝާމާ ނޫރްްއާއި އެކީގައި ދިޔައިރު ދަރިފުޅާއޭ ކިޔާ ވަރަށް ލޯބިން […]
މިރޭ މި ކުރެވުނު ކައިވެންޏަކީ މާލޭގެ މުއްސަނދި، ޤަދަރުވެރި ދެމަފިރިއެއްކަމަށްވާ އަބްދުލް ޢަޒީޒްއާ އާމިނަތު ޝަފީގާގެ ދެކުދިން ކަމުގައިވާ އަދުހަމް އަބްދުލް ޢަޒީޒާ މިހުރާން އަބްދުލް ޢަޒީޒްގެ ކައިވެންޏެވެ. ކައިވެނީގެ ކަންތައް ޢަޒީޒުމެން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިކަހަލަކަމެއް ކުރެވޭނެ އެންމެ ފުރިހަމައަކަށެވެ. މުޅި ސަރަހައްދު ތައްޔާރުކޮއްފައި ވާލެއް ފުރިހަމަކަމުން ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުން ތިބީ އާޝޯޚުވެފައެވެ. މުޅި ސަރަހައްދު ޒީނަތްތެރި ކޮއްފައިވަނީ އެކިކުލަކުލައިގެ މާތަކުގެ ފިޔަތަކުންނެވެ. ހީވަނީ މަލުގެ ތޫފާނެއް އައިސްފައިފައި ވާހެންނެވެ. މީހުންތަށް އަންނަން […]
އެހައި ކައިރިން ރުހާނީގެ މޫނަށް ވިގޮތް ފެނުމުން އައްރާދުގެ ހިތުގައި ކާމިޔާބު ކުރާން އޮތް ހިތްވަރު އިތުރުވެގެން ދިޔައެވެ. އާރާ ގަޔާއި ކައިރި ކޮއްލަމުން އައްރާދު ރުހާނީގެ މޫނަށް ބަލާލީ ސީރިއަސްވެފައެވެ. “ޔޫ ސިޓްލް ހޭވް ފީލިންގްސް ފޯރ މީ..” އައްރާދު އެހެން ބުނަމުން އާރާގެ މޫނުގައި އަނެއްކާވެސް ނޭފަތް ޖައްސާލިއެވެ. އަދި އެކުޑަ ހަށިގަނޑުގައި ބައްދާލަމުން ސިޑިން ފައިބަން ހިނގައި ގަނެއްޖެއެވެ. “ރާދު އަހަންނަށް އާރާދީ…” ހާސްވި ރުހާނީ ވަގުތުން އާރާގެ އަތުގައި ހިފާލިއެވެ. އައްރާދު […]
ނޫން އަރޫ, އަހަރެމެންގެ ލައިފްއަށް ވަންނާނެ މީހުން ހުސްވީކީ ނޫން, އަދި ކުރިއަށް އޮތީ, ނަޢުފަލް އާ ހިސާބުން ނުނިންމާ, ވަރަށް ބޮޑު ތޫފާނެއް އަންނަން އުޅޭ ކަމުގެ އިހްސާސް ކުރެވޭ, ސާރާގެ ކޮންމެ ލަފްޒެއް ވީ އޭނާގެ ހިތުގައެވެ. ދުލުން ބޭރުކުރާހާ ހިތްވަރެއް ސާރާއަކަށް ނުލިބުނެވެ. ދެމީހުންގެ ދެމެދަށް އިސާހިތަކު ހަމަ ހިމޭންކަން ވެރިވެގެންދިޔައެވެ. އަރުޝްވެސް އެއްޗެކޭ ބުނުމަށް ސާރާއަށް ގޮވާލުމަށްފަހު އިސްޖަހާލައެވެ. ދެ ފަހަރަކު އެގޮތަށް ކަންތައް ކުރުމުން ސާރާއަށް މަޑަކުން ނީނދެވުނެވެ. ” […]
“ނޫރް” މާހިލްއެނަށް ހިތާހިތުން އެނަން އެތައްފަހަރަކު ކިޔައިލިއެވެ. މާހިލް އުމުރުން ހަތާވީސް އަހަރު ވާންއުޅޭއިރުވެސް ޒަވާޖީ ހަޔާތެއް ނުފެށިފައި ހުރީ މާހިލް ބައްޕަގެ ވިޔަފާރިއާއި ހަވާލުވިފަހުން މާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުންނެވެ. އެހެންނޫނަސް މާހިލް ބޭނުންވަނީ ކުއްޖަކާ ރައްޓެހިވުމުގެ ބަދަލުގައި ސީދާ ކައިވެންޔަށްދާށެވެ. މާހިލްއަށް އެތައް އަންހެން ކުދިންނެއް ލޯބި ހުށައެޅިނަމަވެސް އެއްވެސް ކުއްޖަކާ އާބަސްނުބުނެއެވެ. ބައްޕަގެ އެދުމުގެ މަތިން މިކައިވެންޔަށް އާބަސް ބުނީ ބައްޕަގެ ނިންމުން ރަގަނޅުވާނެކަން އިނގޭތީއެވެ. ކުޑަ އިރުކޮޅެއްގެ ދަތުރަކަށްފަހު ކާރު ގޮސް […]
އަރީން ހުރީ ފުން ހިނިތުންވުމަކާއެކު އާއިލާގެ މީހުން ތިބި ދިމާއަށްވުރެ މާދުރަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ޔާނިއުވެސް އަރީން އެބަލާ ދިމާލަށް ބަލާލިއެވެ. އެއާއެކު ޔާނިއުއަށް ލިބުނު ހައިރާންކަމުގެ ސަބަބުން ޔާނިއުގެ އަނގަ ހުޅުވި ހުއްޓުންއެރިއެވެ. އަރީން ބަލަން ހުރި ދިމާލުގައި ހުރީ ފައިހާ ނޫން ދެވަނަ މީހެއް ނޫނެވެ. “މަގޭ ކައިރީ ނުވެސް ބުނެ ހާދަ ކުރިއަކަށް ދިޔަ ގެންދިޔައީ” އަރީން ފައިހާ ހުރި ދިމާލަށް ބަލަންހުރި ގޮތަށްހުރެ ބުނެލިއެވެ. “އަރީންއަށް ވަގުތެއް ވެއްޖެތަ މީހަކު ވާހަކަ […]