Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ 13

Ninnu Level 210 Stories
October 2, 2018 5 Mins Read
18 Comments

“ރޫހީ ވަޓްސް ގޮއިން އޯން.. ޓެލްމީ ހީއިޒް ލައިން…” ރުހާނީ ގަބުވެފައި އިންނަން ފެށުމުން ރައްޔާން އޭނާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ރުހާނީ ހުރީ އައްރާދުގެ މޫނަސް ބަލަހައްޓައިގެން ދެލޯބޮޑު ކޮއްލައިގެންނެވެ. އެއްފަހަރު ނަމަވެސް އޭނާއާއި ދިމާލަށް ބަލާލާއި އެއީ ދޮގެކޭ ބުނެބަލާށޭ ރުހާނީގެ ހިތަށް އަރަމުން ދިޔައެވެ. ބައެއް ފަހަރު ދޮގުކަން އެނގޭއިރުވެސް އަހަރުމެންނަށް އެއްޗެކޭއެއް ނުބުނެވެއެވެ. ލޯބިވާ މީހާގެ ފަރާތުން ކަންތަކަށް އެދެވޭލެއް އިތުބާރުކުރެވޭލެއް ބޮޑުކަމުން ރުހާނީއަށްވެސް ވީއެހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން އައްރާދު އެއީ ދޮގެކޭ ބުނަން ދެކަށް އިނދެވުނީއެވެ. ރުހާނީ އައްރާދުގެ ލޮލަށް ބަލަންއިނީ ކުޑަވެސް ލޯބީގެ މިންވަރެއް އޭނާއަށްޓަކައި ފެނޭތޯއެވެ. ދެންމެ ދެންމެ ހަށިގަނޑުން ފުރާނާ ދަމައިގަނެފައި އިން މީހެން ފަދައިން ގަބުވެފައި އިނދެވުނީއެވެ. ރޯކަށްވެސް ހަނދާނެއް ނެތެވެ. ނޭވާލާންވެސް ހަނދާންނެތެވެ. އައްރާދު ތީ ދޮގެކޭވެސް ނުބުނެވުނެވެ. ހަމައެކަނި އައްރާދުގެ ލޮލަށް ބަލަހައްޓައިގެން އިނީއެވެ. ލޮލުން ފުރަތަމަ ކަރުނަ ތިކި ވެއްޓުނީ އައްރާދު ރުހާނީގެ މޫނަށް ބަލާނުލުމުންނެވެ.

އައްރާދު ރުހާނީއާއި ދިމާލަށް ބަލައިވެސް ނުލައި އައިސްފައި ހުރި ރުޅީގައި ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. ވަގުތުން ހެނދުންތައް އަޅައި ރުހާނީގެ ކުރިމައްޗަށް ދަބަސް އެއްލާލިއެވެ. ރުހާނީ އައްރާދުގެ ހަރަކާތް ތަކަށް ބަލަން ހުރެވުނީއެެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. އެވަރުންވެސް އެއްޗެކޭއެއް ނުބުނެވުނެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ އޭނާ ކުރިން ދުއް އައްރާދެއް ނޫނެވެ. މުނިން އެހެން މީހެކެވެ. ދަބަހާއި ދިމާލަށް ބަލާލާފައި އަނެއްކާވެސް ރުހާނީއަށް ބަލާލެވުނީ އައްރާދަށެވެ. ރުހާނީގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެނެސް އައްރާދު ރުހާނީ ގެއިން ބޭރަށް ނެރުނެވެ. އިސްޖަހާލައިގެން އިން ރުހާނީއަށް ކަންތައް ކުރާނެ ގޮތެއްވެސް ނޭނގުނެވެ.

ކާރުގެ ފަހަތުގެ ސީޓުގައި އިން ރުހާނީގެ މޫނަށް ބަލާލި ރައްޔާން ކިތަންމެ ސުވާލު ކުރަން ބޭނުންވި ނަމަވެސް މިވަގުތު އެސުވާލު ތަކުގެ ޖަވާބު ނުލިބޭނެކަން އެނގެއެވެ. ކަރު އެލުވައިލައިގެން އިން ރުހާނީ އިނީ ރޯންވެސް ހަނދާން ނެތިފައެވެ. އެފަދަ ދޮގު ވާހަަކަ ތަކެއް އޭނާގެ ބޮލުގައި އެޅުވުމުގެ ކުރިން އޭނާ ވަރިކޮށްލިނަމަވެސް މިހާ ދެރައެއް ނުވާނެއެވެ.  ރައްޔާން ދަބަސް ހިފައިގެން ގެއަށް ވަންއިރު ރުހާނީވެސް ފަހަތުން މަޑުމަޑުން ހިނގާފައި އައިސް ވަނެވެ. އެމަންޒަރު ފެނުނު ރިޔާޒު ހިނިތުންވުން ފިލައިގެން ދިޔައީ ރުހާނީގެ މިލާފައިވާ މޫނު ފެނުމުންނެވެ. ރައްޔާންގެ އަތުގައި އޮތް ދަބަސް ފެނުމުން ރިޔާޒު އިތުރަށް ހާސްވާ ގޮތްވިއެވެ.

“ރައްޔު.. މީ ކޮންކަމެއް…” ރިޔާޒު އައިސް ރައްޔާންގެ އަތުގައި އޮތް ދަބަސް އަތުލައިގެން އޭގެއަށް ބާލާލިއެވެ.

“ރޫހީ..” ރިޔާޒުދެން ގޮސް  ހުއްޓުނީ ރުހާނީ ކައިރީގައެވެ. އަދި ދަބަހުގައި ހުރި ހެދުންތައް ނަގަމުން ދައްކާލިއެވެ. ފަހަތުގައި ޝަރޫނާ އައިސް ރުހާނީގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލިއެވެ. އެއާއެކު އެލޮލަށް ޖަމާވެފައިވާ ކަރުނަތަށް އެއްވެސް ހިފެހެއްޓުމަކާއި ނުލައި ފައިބައިގެން ދިޔައެވެ. މަރުވެފައިވާ މީހެއްގެ މޫނުވެސް އެހައި ފުސް ނުވާނެއެެވެ.

“ކިހިނެއްތަ ވީ؟ ރައްޔާން ވީގޮތެއް ބައްޕައަށް ކިޔައިދީބަ؟” ރައްޔާން ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އައްރާދު ބުނި ޖުމްލަތައް އޭނާ ބުނާނެ ގޮތެއް ނޭނގުނެވެ.

“ހީ ލެފްޓް މީ..” ރުހާނީ އެހެން ބުނެފައި ބަލާލީ ރިޔާޒުގެ މޫނަށެވެ.

“ކީކޭ؟” ރުޅިއައި ރިޔާޒު ވަގުތުން ބަލާލީ ރައްޔާންގެ މޫނަށެވެ. އެއީ ދޮގަކަށް ވާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ރުހާނީއަށް އެހެން ނުވާނެ ނަމައެވެ.

“މީއެންނު ބޭނުންވި ގޮތަކީ؟ ބައްޕަ ބޭނުންވީ އަހަރެންނަށް އެއްވެސް އުފަލެއް ނުލިބި އަހަރެންގެ ދިރިއުޅުން ހަލާކު ވާކަށްނު.. ބައްޕަ އުފާވެއްޖެތަ މިހާރު.. ބައްޕަ އެންމެ ކުރިންސުރެ ބޭނުންވި ކަންތައް މިވީ..” ރުހާނީ އެހެން ބުނިއިރު ގައިގަ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ކިރިޔާ އަޑު ނިކުންނަނީއެވެ. ރިޔާޒުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ނޫން… ނޫން..” ރިޔާޒު ބޯހޫރުވާލަމުން އައިސް ރުހާނީގެ އަތުގައި ހިފާލިއެވެ. ނަމަވެސް ރުހާނީ ވަގުތުން އަތް ދަމައި ގަނެއްޖެއެވެ. ހީވީ ބިރުވެރި އެއްޗެއް ފެނުނު  ހެންނެވެ.

“ދަރިފުޅާ…”

“ނޫން…” ރުހާނީ ފަހަަތަށް ޖެހިލިއެވެ. އެއާއެކު ބޮލަށް އެނބުރުން އަަރައި ހޭނެތިއްޖެއެވެ. ރިޔާޒުގެ ރައްޓެހި އަންހެން ޑޮކްޓަރެއް ގެއަށް ގެނެސް ރުހާނީގެ ކަންތައް ބެލުމުން އެމީހުނަށް ލިބުނު ޝޮކްވީ އިތުރަށް ބޮޑެވެ. ރުހާނީގެ ބަނޑަށް ތިންމަސް ކަން އެނގުމުން އުފާވި ނަމަވެސް އެއަށްވުރެ ބޮޑަށް ހާސްވީ ރައްޔާން ދެއްކި ވާހަކަ ތަކުގެ ސަބަބުންނެވެ. ކުރާނީވެސް ފަހެ ކީއްހެއްޔެވެ.

ރިޔާޒުއާއި ރައްޔާން އެތަށް ފަހަރެއްގެ މަތިން އައްރާދު ކައިރިއަށް ގޮސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރުސަތެއް އޭނާ ނުދިނެވެ. ގިނަދުވަސް ނުކޮށް ފުރައިގެން ދިޔައީއެވެ. ރާމިޒުގެ އާދޭހަށްވެސް މަޑު ނުކުރިއެވެ. އައްރާދުވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެެވެ. ރުހާނީކަމަކީ ދުވާލަކު އެތައްފަހަރު އައްރާދަށް ގުޅުމެވެ. ރާއްގެއިން ފުރުމުގެ ކުރިން އޭނާ ފޯނެއް ނުނަގާނެއެވެ. އޭގެ މަހެއް ފަހުން ދެން ގުޅީމަދެން ބުނީ ފޯނު ނިއްވާލާފައި އޮންނަ ކަމެވެ. ހިތުގައި ޖެހުނު ނަމަވެސް ރުހާނީއަކަށް ދާކަށް ނުކެރުނެވެ. އައްރާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން އޭނާއަށް އެނގުނީވެސް މިލްސިއާގެ ފަރާތުންނެވެ.

އެނދުގައި ބުރަކަށި ޖައްސާލައިގެން އިން ރުހާނީ އަތް ޖައްސާލައިގެން އިނީ އޭނާގެ ބަނޑުގައެވެ. 8މަހަށްދާ ރުހާނީގެ ބަނޑު ހުންނަނީ ވަށްކޮށް ކުޑަކޮންނެވެ. ނުކައި އެހެން ހުންނަން ފެށުމުން ހަށިގަނޑުވެސް ވަނީ އަނަރޫފަވެފައެވެ. ރުހާނީ ބަލަހައްޓައިގެން އިނީ ކޮޓަރީގެ ފާރުގައި ބަހައްޓާފައިވާ އޭނާގެ އާއިލާގެ ފޮޓޯއަށެވެ. މަންމައާއި ބައްޕަ އަދި ދޮންބެއާއެކު މިއަދު އޭނާވެސް އެހުރީ އެފޮޓޯގައެވެ. ނަމަވެސް އެމޫނުގައި އެއްވެސް އުފާވެރި ކަމެއް ނެތެވެ. ކުރިން ރުހާނީގެ އަބަދުވެސް ބޭނުންވަނީ އެކަހަލަ ފޮޓޯއެއްގައި އޭނާ ހުރުމެވެ. ނަމަވެސް މިއަދު އެފޮޓޯއިން އޭނާ ފެނުމުން އުފަލެއް ނުވެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

“ރޫހީ…” ރިޔާޒު އައިސް ރުހާނީ ބަލަން އިން ދިމާލަށް ހުއްޓުމުން ރުހާނީ ބަލާލީ ތިރިއަށެވެ. ރިޔާޒު ބަލާލި އެފޮޓޯއަށެވެ. އަދި ހިނިތުންވެލިއެވެ.

“ބައްޕައަށް އިނގޭ ރޫހީ ބައްޕައާ ވާހަކައެއް ނުދައްކާނެކަން… ބައްޕަ އެނގެން ބޭނުންވަނީ ރާދު އެދައްކާ ވާހަކައެއްގެ ހުރި ތެދުކަން… ބައްޕައަށް އެނގޭ ރޫހީ އެހެން ނޫޅޭނެކަން…” ރިޔާޒު އަދިވެސް އިނީ ރުހާނީ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް އޭނާއަށް ރުހާނީ ނުބަލާނެކަން އެނގެއެވެ. އެއްވެސް އެއްޗަކަށް ޖަވާބުވެސް ނުދޭނެކަން އެނގެއެވެ. ރުހާނީ ބުނީ ތެދެކެވެ. އޭނާދެން އެގެއަށް ވައްދަން ޖެހުނީ އޭނާ މަރުވި ފަހުންނެވެ. ރިޔާޒު ހަނދާން ވަމުން ދިޔައީ ރުހާނީގެ ސަކަ މިޒާޖެވެ. އޭނާއަށް ފިލައިގެން ތަންތަނަށް ދާން އުޅޭ މަތިންނެވެ. މިއަދު އޭނާގެ ކުރިމަތީގައި އެހުރީ ރުހާނީގެ ފުރާނަނެތް މަސްގަނޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.  ރިޔާޒު ކަރު ކެހެލީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ.

“ބައްޕަ ހުންނާނަން ރޫހީ ބައްޕައާ ވާހަކަ ދައްކަންދެން…”  އެހެން ބުނެފައި އެތަނުން ނިކުތެވެ. ރިޔާޒުގެ އާދައަކީ އެއީއެވެ.

“ރޫހީ އެއްވެސް ކަމަކަށް ބޭނުން ވިއްޔާ ބައްޕައަށް ގޮވާލާ….” އެއީ މިހާރު އަބަދުވެސް ރިޔާޒުގެ އާދައެވެ. އަބަދުހެން އައިސް ރުހާނީއާއި ވާހަކަ ދެއްކުމެވެ. ނަމަވެސް ރުހާނީއަށް ކައިރީގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އާރާ ވިހަންދެންހެން ރުހާނީ އުޅުނީ އެހެންނެވެ. ހަމަސްވަންދެން އޭނާ އެއްވެސް މީހަކާއި ވާހަކަ ނުދައްކައެވެ. އާރާ ވިހައިގެން އެންމެ ފުރަތަމަވެސް ބުނީ އައްރާދުއާއި ވައްތަރުކަމެވެ. ދެން މަޑުމަޑުން ވާހަކަ ދެއްކުން ގިނަވާން ފެށިއެވެ. އޭނާގެ ދިރިއުޅުމަށްވީ ކުޑަކުޑަ އާރާއެވެ. ފިރިހެނުންނަށް ނުވިސްނޭ ތަންކޮޅަކީ އެއީއެވެ. އަންހެނުންނަކީ ފިރިހެނުންނަށްވުރެ އެތަށް ތަނެއް ހިތްވަރު ގަދަ ބައެކެވެ.

*****

ރުހާނީ މަޑުކޮއްލައިގެން އިނީ ރިޔާޒު އެޑްމިޓް ކޮއްފައި އޮތް އެނދު ކައިރީގައެވެ. އޭނާ ބައްޕައަށް ގޮތެއް ވެދާނެތީ އޭނާއަށް ވިސްނެމުން ދިޔައީ ކިއްވެ ހެއްޔެވެ؟ އޭނާ ބައްޕަ ދެކެ އައިސްފައިވާ ރުޅި އެއްފަހަރުން ދިޔަ ކަހަލައެވެ. ރުހާނީ އެނދުގައި އައިވީ ގުޅާފައިވާ ރިޔާޒުގެ އަތުގައ ހިފާލަމުން ހިނިތުންވެލިއެވެ. މާތް ﷲގެ އިރާދަފުޅުން ރިޔާޒުއަކަށް ކަމެއް ނުވެއެވެ. ހަމައެކަނި މެއަށް ގަދަ ތަދެއް އެރީއެވެ. ރުހާނީ ލޯމަރާލަމުން ބައްޕަގެ އަތުގައި ހިފައި ހިއްލާލާއިފައިވެސް އަނެއްކާވެސް ބޭއްވިއެވެ. ހީވީ އެއްޗެއް ބުނަން އުޅުނު ހެންނެވެ. ނަމަވެސް އޭނާއަކަށް ނުބުނެވުނެވެ. ރޮވެސް އުޅޭހެން ހީވުމުން ރުހާނީ ފުންކޮށް ނޭވާއެއް ލާފައި ލޯބޮޑުކޮއްލަމުން ދެތިން ފަހަރަކު އެސްފިޔަ ޖަހާލިއެވެ. އެއްވެސް މީހަކު އަނެކާއަށް ދެރައެއް ދީގެން ނުވާނެއެވެ.

ކުޑަކޮށް ލޯހުޅުވާލި ރިޔާޒުއަށް އެމަންޒަރު ފެނުމުން ހީލިއެެވެ. ނަމަވެސް ލޯމަރާލައިގެން އޮތީ ރުހާނީ އެއްޗެކޭ ބުނޭތޯއެވެ. ރުހާނީ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ރިޔާޒު ލޯ ހުޅުވާލަމުން ހީލައިފިއެވެ. ވަގުތުން ރުހާނީގެ މޫނު މައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ.

“އާހ.. ބައްޕަ ތި ހިނިތުންވުން ނުފެނިގެން އުޅޭތާ ކިތަށް ދުވަސް ވެއްޖެ…” ރިޔާޒު ހިނިތުންވުން ފުޅާވީ ރުހާނީގެ ލޮލުން ފޭދުނު ކަރުނަތިކި ފެނިފައެވެ.

“ދެން…” ބަހެއް ނުބުނެވުނު އި ރުހާނީ ރިޔާޒުގެ މޫނަށް ބަލާލިއެވެ. އަދި ކަރުނަ ފުހެލަމުން ހިނިތުން ވެލަމުން ތިރިއަށް ބަލާލިއެވެ. އޭނާގެ ހިތުގައި އޮތް ވާހަކަ މިވަގުތުތަ ބުނުން ރަނގަޅު ނުވާނޭ ހިތަށް އެރުމުން ރުހާނީ ދެރަވިއެވެ.

“ބައްޕަ ކައިރީގަ ވާހަކައެއް ބުނާކަށްނު ތިއުޅެނީ.. ބުނެބަލަ” އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ރުހާނީގެ މިޒާޖު ދަސްވެފައިވާ ރިޔާޒު ބުނެލިއެވެ.

“ބައްޕާ…” މަޑުޖެހިލި ރުހާނީ ފުންކޮށް ރިޔާޒުގެ މޫނަށް ބަލާލިއެވެ. ބުނަން ނުބުނަން ހުރެފައި އަނެއްކާވެސް ބަލާލީ ރިޔާޒަށެވެ.

“ބައްޕާ.. އަޅުގަނޑު އެގެއަށް ފޮނުވަން މަސައްކަތް ނުކޮށް ފާނަންތަ؟ ރާދު ބޭނުމެއް ނުވާނެ އަޅުގަނޑާއި އިންނާކަށް..  ރާދު ލޯބިވަނީ ޔަލާދެެކެ.. އަޅުގަނޑުވެސް އެތަން ދެކޭކަށް ބޭނުމެއް ނޫން.. އަޅުގަނޑު…”

“ރޫ.. ހީ… ބައްޕަ ބުނިތަ ރުހާނީއަށް ގޭގައި ނޫޅެވޭނޭ..” ރިޔާޒުއަށް އެހެން ނުބުނެވިގެން އުޅެނިކޮށް އޭނާއޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި ރާމިޒުމެން އެތެރެއަށް ވަނެވެ. ފަހަތުގައި ހުރި އައްރާދު ހުރީ އިސް ޖަހާލައިގެން ކުއްވެރިއެއް ހެންނެވެ. އައްރާދު ވަގުތުން އެތަނުގައި ހުރި ރުހާނީ ފެނުމުން ކުޑަކޮށް ހިނިތުން ވެލިއެވެ.

“ރޫހީ.. ބައްޕައަށް މާފުކޫރޭ” ރާމިޒު އައިސް ރުހާނީގެ ބޮލުގައި އަތް ފިރުމާލަމުން ބުނެލިއެވެ. ރުހާނީ ހިނިތުންވެލިއެވެ. ތަންކޮޅެއް ދުރުގައި ހުރި އައްރާދު އޭރުހުރީ ރުހާނީއަށް ބަލަހައްޓައިގެންނެވެ. އެމޫނުގައި އެހިނދުވީ ކާމިޔާބު ކުރާނެ ކަހަލަ ހިނިތުން ވުމެކެވެ. ކަންދިމާކުރި ގޮތުން ޝަރޫނާވެސް އާރާ ގޮވައިގެން އެވަގުތު އައިސް އެތަނަށް ވަނެވެ. އައްރާދު ވަގުތުން ހަށިގަނޑު ސީދާކޮށްލަމުން އާރާގެ މޫނަށް ބަލާލިއެވެ. އައްރާދުއަށްވީ ގޮތް ފެނުނު ރިޔާޒު ހިނިތުންވެލީ އައްރާދު ހިތުގައި އޭނާގެ ދަރިއަށް ލޯބިއޮތްކަން ޔަޤީން ވުމުންނެވެ. އާރާ އައްެރާދު ފެނުމާއެކު ވަގުތުން އެދިމާލަށް އެލި ގަނެއްޖެއެވެ.

ޝަރޫނާ ހަދާނެ ގޮތެއް ނޭނގުނެވެ. އެތަން ފެނުނު ރުހާނީ ތެދުވެގެން އައިސް އާރާ އުރާލައިގެން ނިކުތީ ބޭރަށެވެ. އޭނާ އައްރާދުއާއި އާރާ ކައިރި ވާކަށް ބޭނުމެއް ނުވިއެވެ. އައްރާދުއަކީ މާދާވެސް ދާންހުރި މީހެކެވެ. އައްރާދު ކަރުމަތީގައި އަތް ހާކާލަމުން ރުހާނީގެ ފަހަތުން ނިކުމެއްޖެއެވެ. ރުހާނީ ފަަހަތަށް އެނބުރިލީ އައްރާދު އަންނަކަން އެނގޭތީއެވެ. އޭނާ ވަގުތުން ހުއްޓި ފަހަތަށް އެނބުރިލިއެވެ. އަދި ބުމަ އަރުވާލީ ކިހިނިެއްވީތޯ އަހާލާފަދަ ގޮތަކަށެވެ. އައްރާދު އޭރުވެސް އިނީ ހޭން ނުހޭންށެވެ. ރުހާނީގެ އެކަހަލަ ކިތަންމެ ކުޑަ ކަމަކީވެސް އަައްރާދުގެ ހިތަށް ހަމަ ޖެހުން ގެނެސްދޭ ކަންކަމެވެ. އައްރާދު އެއްޗެކޭ ނުބުމުން ރުހާނީ ސިޑިއާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ. ސިޑިން ތަންކޮޅަކަށް ފޭބުނުތަނާ އޭނާގެ ބުރުގަލަށް ވާން ވުމުން ރުހާނީ ފަހަތަށް ބަލާލިއެވެ.

“ދޫކޮއްލާ ޝޯލް އިން..” ރުހާނީގެ ޝޯލްގައި ހިފައްޓާލައިގެން ހީގަނެގެން އިން އައްރާދު ފެނުމުން ރުހާނީ އިތުރަށް ރުޅިއައެވެ. ވަގުތުން ޝޯލްގައި ހިފައި ދަމައި ގަންނަމުން ތިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ރުހާނީ ސިހުނީ އައްރާދުގެ ވަރުގަދަ އަތް އޭނާގެ އުނަގަނޑުގައި އަޅުވާލާފައި ހިފަހައްޓާލުމުންނެވެ.

“ވަޓް.. ދަ..” ރުހާނީ ސިހުނު ވަރުން އެެހެން ބުނެލުމުން އައްެރާދު ވަގުތުން އާރާ ދައްކާލިއެވެ. އޭރު އާރާ ހުރީ އައްރާދަށް ބަލަހައްޓައިގެން ހީލައިގެންނެވެ.

“ސީރިއަސްލީ… ޔޫ އާ ގޮއިން ޓު ސްޓާޓް އިޓް ހިއަރ…” އެހެން ބުނެލި ރުހާނީ ދެންމެ ދެންމެ ހީވަނީ އައްރާދުގެ މޫނުގައި ހުރި ހަންތައް ނޮޅާލައިފާނެހެނެވެ. އައްރާދު މަޑުމަޑުން އޭނާގެ މޫނު ރުހާނީގެ މޫނާއި ކައިރި ކޮއްލިއެވެ. އެހިނދު ރުހާނީގެ މޫނުގައި ހުރި ހުރިހާ ލެއެއް ހުސްވި ކަހަލައެވެ. ހުދުވެގެންދިޔަ މޫނުން ދާތިކިތައް ފާޅުވާން ފެށިއެވެ. ރުހާނީއަށް ހިނދުކޮޅަކަށް ނޭވާ ލާންވެސް އުނދަގޫވި ކަހަލައެވެ. އައްރާދު ބަލަމުން ދިޔައީ ރުހާނީގެ މޫނަށް އަރަމުން ދިޔަ ކުލަ ތަކަށެވެ. ވަކި ހިސާބަކަށް ކައިރިވެފައި އަައްރާދު އާރާގެ މޫނުގައި ނޭފަތް ޖައްސާލިއެވެ. އަދި ރުހާނީގެ އުނަގަނޑުން އަތް ދޫކޮއްލަމުން ބޮޑުކޮށް ހީލައިފިއެވެ. ރުހާނީ ވަގުތުން އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އެއަށްވުރެ އައްރާދު ހުޝިޔާރެވެ. އޭނާ ފައިބިމަށް ހަރުކޮއްލަމުން އާރާ ދަމައިގަނެފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ވޭނީ އުދާސް

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 46

Next
October 3, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 46

Previews
October 1, 2018

ވޭނީ އުދާސް

18 Comments!

  1. Reader says:
    October 2, 2018 at 9:00 pm

    Omg balan indha up v

  2. Ruhy says:
    October 2, 2018 at 9:01 pm

    Haadha reechey mi part.. ❤️❤️❤️?? dhn konirakun aneh part up kuraanee ..

  3. Aki says:
    October 2, 2018 at 9:32 pm

    adhi one part mirey up kohla dheebaa pls pls

  4. ????????? says:
    October 2, 2018 at 9:34 pm

    vvvvvv reethi mi part vs……………..waiting for next part………………………….????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  5. shaan says:
    October 2, 2018 at 9:56 pm

    nice ☺????

  6. Anonymous says:
    October 2, 2018 at 10:25 pm

    vr lahun mihaaru mi stry up kirany. vr inthizaaru kurevey mi stry ah. plx thihen nahadhaa komme dhivahakuves up kohdhdheeba

    1. Ninnu says:
      October 2, 2018 at 10:31 pm

      guys i try very hard to upload every day but i get caught up with work. The thing is these days in particular is very busy at office.. But i will try to upload everyday

  7. Naax says:
    October 2, 2018 at 10:35 pm

    Salhi but dhenfaharakun thankolheh dhigu kohla dhehchey plx

  8. Shaina says:
    October 3, 2018 at 1:29 am

    Ninnu engey thy busy kuhjjeh kann ekam kanbuloa haadha Las v ey….. When next part ninnu…..????????

  9. Yiuu says:
    October 3, 2018 at 5:09 am

    Vvvvvvvvvvvvv reeeeethi…obi….
    Finally story up vi yaaaa

  10. Giggle says:
    October 3, 2018 at 5:11 am

    Yaaa story up vi….thanks ninnu
    ……..suberb

  11. Anonymous says:
    October 3, 2018 at 6:38 am

    haadha kurukoh thi genes dhinee adhi ehaa laskohfa ????? ????

  12. Reen says:
    October 3, 2018 at 9:34 am

    Vvvvv vvv. Awesome story…I love it..
    Next part avas

  13. Yiuu says:
    October 3, 2018 at 11:53 am

    Vvvvv sali ….
    Next part Ava’s kolachay pls

  14. Farrey says:
    October 3, 2018 at 1:22 pm

    Vvvvvvvvvvv cute mi part…
    Muharu boda RAAd and ruhi baths kiyahivabi. ..vvvvvvvvv lobi mistry…
    It one of my favourites stry

  15. Giggle says:
    October 3, 2018 at 1:25 pm

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????had a digu inthizaara ka fahua kiyalan milibuni…..wonderful stry

  16. kamana says:
    October 3, 2018 at 8:51 pm

    v reethi

  17. Yiuu says:
    October 4, 2018 at 9:19 am

    When next part

Comments are closed.

Next Episodeވީމޭ މަ ކައިރީގާ 14←


All Right Reserved!