Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (22

hattey Level 410 Stories100 Login100 Comments500 Login
October 1, 2018 5 Mins Read
13 Comments

“އަދި ތިހާ އަވަހަށް މާޔޫސްވާާކަށް ނުވެއެއްނު…ކެތްކޮށްބަލަ…އަދި ރީޝާ ދާނިޝްއަށް މަޢާފު ކުރާނެ…އަހަންނަށް ހަމަ ޔަޤީން…” މޮޅިވެރި ގޮތަކަށް އިން ދާނިޝްއަށް ބަލާލަމުން އަޒީލް ބުނެލިއެވެ. ދާދި ކުޑައިރުކޮޅެެއް ކުރިން, ބަނދަރު ތެރޭގައި އޮވެ ރާޅާއި ދެފަރާތަކަށް ހެލުވެެމުންދިއަ ލޯންޗު ތެރޭގައި ހުރެ ދާނިޝް ޙިއްޞާކޮށްލި ވާހަކަ އަޑުއަހައިފައި އަޒީލް ބުނެލިއެވެ. ފަރާތްފަރާތުުން ޖެހެމުން އައި ވައިރޯޅިން ހަށިގަނޑަަށް ފިނިކަން ލިބިލިބި ހުއްޓަސް ދާނިޝްގެ ހިތަކަށް އޭގެ އަސަރެއް ނުކުރެއެވެ. ދާނިޝްއަށް މަޢާފު ނުކުރާނެ ކަމަށް ރީޝާ ބުނިބުނުން އަޒީލްއަށް ހާމަކޮށްލިއިރު ދާނިޝް ހުރީ ފެންކަޅިވެފައެވެ. “މަށަށް ފެންނަނީ ޝިފްނާއާއި އިނާޔާގެ އެހީ ހޯދަަން…އޭރުން ތިކަން ކާމިޔާބު ވެދާނެ..” އަޒީލް ޚިޔާލު ދިނީ އެކަމުގައި ޝިފްނާއާއި އިނާޔާ ވެސް ބައިވެރިވި ކުރާށެވެ. ރަޙުމަތްތެރިންގެ ބަސް ރީޝާ ޤަބޫކުރާާނެ ކަމަށް އަޒީލް ވިސްނިއެވެ. “އެމީހުން އަހަންނަށް އެހީވާނެހެން ހީވޭތަ…؟ އަހަންނަކަށް ހިއެއްނުވޭ…ރީޝާއާއި ދޭތެރޭ އަހަރެންް ކަންތައްކުރި ގޮތުން އެމީހުންވެސް ތިބޭނީ އަހަރެންްދެކެ ރުޅިއައިސްފަ…އިނާޔާގެ އެހީތެރިކަން އެއްވެސް ވަރަކަށް ލިބޭނެކަމަކަށް އަހަރެންގެެ ހިތެއް ނުބުނޭ…” އުއްމީދު ކުޑަވެފައިވާ ކަހަލަގޮތަކަށް ދާނިޝް ބުނެލިއެވެ. “ޝިފްނާ އެހީތެރިވާނެތަ…؟” ޝައްކު މަތީގައި ހުރެ އަޒީލްއަށް ބަލާލަމުން ދާނިޝް އަހާލިއެވެ. “އާނ..ޝިފްނާ ވާނެ…އަހަރެން ޝިފްނާއަށް ވިސްނައިދޭނަަން…” ވަރަށް ޔަޤީން ކަމަކާއިއެކު ޝިފްނާގެ އެހީތެރިކަން ދާނިޝްއަށް ލިބޭނެ ކަމަށް އަޒީލް ބުންޏެވެ. އެހެންކަމުން, ކޮންމެެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ދާނިޝްއަށް ލިބުނެެވެ. ކޮންމެއަކަސް ރީޝާގެ ލޯބި ދެވަނަ ފަހަރަށް ހާސިލު ކުރަން ދާނިޝްގެ ހިތް އެދި ގޮވަމުންދިއެވެ. އެކަމުގައި ގިރާކުރަަން ޖެހުނު ކޮންމެ އޮޅިގަނޑެެއް ވެސްް ގިރާކުރަަން ދާނިޝް ހުރީ ތައްޔާރަށެވެ.

އަޒީލް ބުނިފަދައިން ރީޝާގެ ނިންމުން ބަދަލު ކުރެވޭތޯ ޝިފްނާ މަސައްކަތް ކޮށްލިއެވެ. ދާނިޝްއަށް މަޢާފު ކުރުމަށް ޝިފްނާ ވެސް ރީޝާއަށް ޚިޔާލު ދިނެވެ. ނަމަވެސް ރީޝާގެ ނިންމުމަކީ އޭނާގެ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެލަމުން އެ ނިންމުން ބަދަލު ނުވާނެ ކަމަށް ޝިފްނާ ގާތު ރީޝާ ބުނެލިއެވެ. ހަމައެހެންމެ އޭނާގެ ނިންމުން ބަދަލު ކުރަން މަސައްކަތް ނުކުރުމަށް ޝިފްނާ ގާތު ރީޝާ އެދުނެވެ. އެހެންކަމުން, އިތުރަށް އެވާހަކަ ދައްކައި ރީޝާގެ ސިކުނޑިއަށް އުނދަގޫ ކުރާކަށް ޝިފްނާ ބޭނުމެއް ނުވިއެވެ. އެކަން އަޒީލްއަށް ވެސް ޝިފްނާ އަންގައިލިިއެވެ. ނުރުހުމާއިއެކު ނަމަވެސް އަޒީލްއަށް ޖެހުނީ ޝިފްނާގެ ބަސް ޤަބޫލުކުރާށެވެ.

އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް އެއްޗިސް ބަދަލުކޮށްލުމަށްފަހު އަނެއްްކާވެސް ދާނިޝް ނިކުތީ ބޭރަށެވެ. އެގާރަ ޖަހަން ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހުއްޓައި ސައިކަލަަށް އަރައި ދާނިޝް މިސްރާބު ޖަހާލީ އޭނާގެ ހިތް އެދި ގޮވަމުންދިއަަ މަންޒިލަށް ދެވޭތޯއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް, ހާސްކަމެެއް ނެތި ބާރު ސްޕީޑެއްގައި ސައިކަލް ދުއްވަމުން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލް މަޑުކޮށްލައިފައި, ވިސްނާލަން ސިކުންތުކޮޅެއް ހޭދަކޮށްލުމަށްފަހު ޖީބުން ފޯނުނަގައި ރީޝާއަށް ގުޅާލީީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބައްދަލުކޮށްލަަން ބޭނުމޭ ބުނެލުމުގެ ނިޔަތުގައެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން އިރުކޮޅަކު ދާނިޝް ހުއްޓެވެ. ރީޝާގެ އަޑު ކަންފަތުގައި ޖެހޭތޯއެވެ. ނަމަވެސް ދާނިޝްއަށް ލިބުނީ މާޔޫސްކަމެވެ. ރީޝާގެ އަޑު ދާނިޝްގެ ކަންފަތުގައި ޖެހޭގޮތެއް ނުވިއެވެ. އަނެއްކާވެސް ރީޝާއަށް ދާނިޝް ގުޅާލިއެވެ. ވީހަމަ އެއްވަރެކެވެ. ދެންވެސް ހިތްވަރު އެލުވާނުލައި އެކަން ކާމިޔާބު ވޭތޯ ދާނިޝް ބެލިއެވެ.

ރިންގު ވަމުންދިއަ ފޯނު ސައިލެންޓަށް ލުމަށްފަހު އަނެއްކާވެސް ކުރިން ބަލަންހުރި ފިލްމަށް ރީޝާ ކަޅި ހުއްޓާލިއެވެ. ކޮޓަރީގައި ހުރި ޓީވީއަަށް ޕެންޑްރައިވް ޖަހައިގެންހުރެ ފިލްމެއް ބަލަމުން ރީޝާ ގެންދިއަ އެވަގުތުގައި ދާނިޝް ގުޅުމުން ފޯނުނަގައި ދާނިޝްއާއި ވާހަކަ ދައްކާކަށް ރީޝާ ގަސްތެއް ނުކުރިއެވެ. ފުލުފުލުން ދާނިޝްގެ ކޯލުތައް އަންނަކަށް އެނގިހުރެ އެކަމަށް ސަމާލުކަން ދޭން އޭނާ ބޭނުމެއް ނުވިއެވެ. އެވަގުތު ހަނާޝް އޮންނާނީ ނިދައިފައިކަން ދާނިޝްއަށް އޮޅިފައި ނުވާނެކަން އެނގޭހާލު, ދާނިޝް ގުޅަމުން އެދަނީ ރީޝާގެ ނިންމުން ބަދަލުކުރާާށޭ ބުނުމަށް ކަމަށް ރީޝާއަށް ވިސްނުނެވެ. ފޯނު އެއްފަރާތުގައި ބާއްވާލި ނަމަވެސް މެދުނުކެނޑި ދާނިޝް ގުޅަމުންދާތީ ރީޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ. ޓީވީއަށް ބަލަންހުރި ކަމުގައި ވިޔަސް ކުރިންހުރި ޝަޢުޤުވެރިކަން ގެއްލި ފޫހިވާގޮތްވިއެވެ.

އޭގެ ދިހަވަރަކަށް މިނެޓްފަަހެވެ. ޓީވީ ނިވާލަައިފައި ސޯފާއިން ތެދު އެނދާއި ދިމާއަށް ރީޝާ ހިނގައިގަތް ވަގުތު ކޮޓަރިން ބެލްކަންޏަށް ނިކުންނަން ހުންނަ ދޮރު ހުޅުވިިގެންދިއަަ އަޑު ރީޝާގެ ކަންފަތުގައި ޖެހުނެވެ. ހައިރާންވެފައި އެދިމާއަށް ކުއްލިއަކަށް ރީޝާ ބަލާލިއިރު, ހުޅުވާލި ދޮރު ލައްޕާލައިފައި ރީޝާއާއި ދިމާއަށް ދާނިޝް އެނބުރިލިއެވެ. ރީޝާއަށް ހީވީ މޭގަނޑު އަތަށް އައިހެނެވެ. “ދާނިޝް…” ރީޝާގެ ހުއްދައެއްނެތި އެވަގުތު އެފަދަ ގޮތަކަށް ދާނިޝް އެ ކޮޓަރިއަށް ވަނުމުން ރީޝާ ހިތްހަމަނުޖެހުން ފާޅުކުރިއެވެެ. ނުރުހިފައި ދާނިޝްއަށް ރީޝާ ބަލަންހުރިއިރު ދާނިޝްއަށް ބަލާލެވުނީ އޭނާގެ އަތަށެވެ. ކޮންމެވެސް ވަރަކަށް ތަދު އިޙްސާސް ކުރެވިގެން ރަނގަޅަށް އަތަށް ބަލާލިއިރު އަތުުގެ އެތަން މިތަނުން ލޭ އައިސް ހުއްޓެވެ. އެކޮޓަރިއަށް ވަންނަން ދާނިޝް ކުރި މަސަައްކަތުން އޭނާގެ އަތް ޒަޚަމު ވެފައިވާ މަންޒަރު ފެނުމުން ރީޝާގެ ރުޅިގަނޑު މައިތިރިވާން ފެށިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ހިތަށް ކެތްނުވުމުން ދާނިޝްއާއި ދިމާއަށް ރީޝާ ހިނގައިގަތެވެ. އެއަށްފަހު ދާނިޝްގެ ޒަޚަމުވެފައިވާ އަތުގައި ހިފާލަމުން ސޯފާގައި ދާނިޝް ބައިންދާލިއެވެ. “ކީއްވެތަ ތިވަރުން ތިއުޅެނީ…؟ އަހަރެންް ބުނެފީމެއްނު އަހަރެންގެެ ހިތެއް ދެން ބަދަލެއް ނުވާނެއޭ…” އަލަމާރީީގައި އޮތް ފަސްޓްއެއިޑު ބޮކްސް ނެގުމަށްފަހު ދާނިޝްގެ އަތުގައި ބޭސްއަޅައިދެމުން ނުރުހުމާއިއެކު ރީޝާ ވާހަކަ ދައްކަންފެށިއެވެ. “ސޮރީ…” ރީޝާގެ މޫނަށް ބަލަންހުރެ ދާނިޝް ބުނެލިއެވެ. އާދޭހުގެ ރާގަަކަށް ދާނިޝް މަޢާފަަށް އެދުނު އެ ވަގުތު ރީޝާގެ ހަރަކާތްތައް ކުޑައިރުކޮޅަކަަށް މަޑުޖެހިގެންދިއެވެ. “ޕްލީޒް…ރީޝާ…! އަހަންނަށް މަޢާފު ކުރޭ…! ރީޝާއާއި ނުލައި ދެން އަހަންނަކަށް ނޫޅެވޭނެ…” ރިހުން ލިބެމުންދިއަ ހިތަށް ފިނިކަމެއް ލިބޭތޯ އަނެއްކާވެސް ދާނިޝް ރީޝާގާތު މަޢާފަށް އެދުނެވެ. ރީޝާއާއި ވަކިން ނޫޅެވޭނެ ކަމަށް ދާނިޝް ބުނެެލިއެވެ. “އެކަމަކު…އަހަންނަކަށް ދާނިޝްއާާއި އެކީގައެއް ނޫޅެވޭނެ…އަހަރެންް ކިހިނެއް ލޯބިނުވާ މީހަކާއެކީ އުޅޭނީ…؟” ދާނިޝްގެ އަތުގައި ބޭސްއަޅައިދިިނުމަށްފަހު އަލަމާރި ތެރެއަށް ފަސްޓްއެއިޑު ބޮކްސް ލަމުން ރީޝާ ބުނެލިއެވެ. “ތީ ހުސް ދޮގު…އަދިވެސް ރީޝާ އަހަރެންްދެކެެ ލޯބިވޭ…އެހެންނޫންނަމަ…” ސޯފާއިން ތެދުވަމުން ރީޝާއަށް ދާނިޝް ރައްދުދިނެވެ. ރީޝާގެ ދުލުން އެވަގުތު ބޭރުކުރީީ ޙަޤީޤަތް ނޫންކަމަށް ބުނެ ދާނިޝް އޭނާގެ އަތަށް ބަލާލަމުން އޭނާގެ ފަހު ޖުމްލަ ކުރުކޮށްލިިއެވެ. “ތިއަށް ކިޔާނީ އިންސާނިއްޔަތުކަން އަދާކުރުން…ދާނިޝް ނޫން އެހެން މީހަކު ތިފަދަ ހާލެއްގައި ހުރިނަމަވެސް އަހަރެން ކަންތައް ކުރާނީ ހަމަ ތިގޮތަށް…” އަލަމާރިގެ ދޮރު ލައްޕާލަމުން ރީޝާ ބުނެލިއެވެ. “ދާނިޝްއަށް މިހާރު ތިކުރެވެެނީ ބޭކާރުކަމެއް…އެދުވަސް ފާއިތުވެގެން ހިގައްޖެ…ދާނިޝްދެކެ އަހަރެންް އިންތިހާއަށް ލޯބިވީ ދުވަސްތައް މާޒީއާއި އެކުވެގެން ހިގައްޖެ…ދެން އެދުވަސް ތަކެއް އަލުން އިޔާދައެއް ނުވާނެ…އާދޭސްކޮށްފަ ބުނަން…އިތުރަށް އަހަރެންގެ ހިތްނުތަނަވަސްް ކުރަން ނޫޅެެ މިތަނުން ދޭ…!” ލަސް ހިނގުމެއްގައި އައިސް ދާނިޝްގެ ކުރިމަތީގައި ހުއްޓިފައި ރީޝާ ބުނެލި ޖުމްލަތަކުން ދާނިޝްގެ ހިތުގައި ޖެހުނެވެ. އޭގެ އަސަރުގައި ލޮލުން އޮހިގަންނަން ކަރުނަތައް ތައްޔާރުވެލިއެވެެ. “ރީޝާ ޕްލީޒް…!” ދާނިޝްގެ ނިކަމެތި ހިތް މަޢާފަށް އެދި ރީޝާގާތު އާދޭސްކުރިއެވެ. ނަމަވެސް އެހިތަކަށް ރީޝާގެ ފަރާތަކުން މަޢާފެއް ނުލިބުނެވެ. ލިބުނީ އިތުރު ހިތްދަތިކަމެވެ. އެ މަޢުޟޫއަށް އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ބުނެ, އެތަނުން ދިއުމަށް ދާނިޝްގާތު ތަކުރާރުކޮށް ރީޝާ ބުންޏެވެ. ދާނިޝްއަށް އެކަން ކުރަން މަޖުބޫރުވި ހާލެއްގައި އެތަނުން ނިކުމެ ގެއާއި ދިމާއަށް މިސްރާބު ޖަހާލިއެވެ.

ވިރެމުންދިއަަ ހިތަކާއިއެކު ގެއަށް ވަދެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްއިރު ދާނިޝްއަށް ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ކޮޓަރިއަށް ވަދެ ބާރުލާފައި ދޮރު ޖަހާލުމަށްފަހު ކުރިމަތީީގައި ހުރި ގޮނޑި އެއްފަރާތަކަށް ބުރުވާލާފައި ގޮސް ޑްރެސިން ޓޭބަލު މަތީގައި ދެއަތުން ޖަހާލިއެވެ. ހިތަށް ލިބިފައިވާ ތަކުލީފު ތަކާއިއެކު ލޮލުން އޮހޮރެމުން އައި ކަރުނައާއި ދާނިޝްގެ ރުޅިވެރިކަން އެކުވެެގެން ދިއަކަހަލައެވެ. އަމިއްލަ ނަފުސަށް ރުޅިވެރިކަމާއިއެކު މުޚާޠިބުކުރަންފެށީ ލޯގަނޑުން ފެންނަންހުރި އޭނާގެ ސޫރައަށްް ބަލަންހުރެއެވެ. “ތީ އަނިޔާވެރިއެއް…އޯގާތެރިއެއްނޫން…ތީ މަޑުމައިތިރި އިންސާނެއް ނޫން…ރުޅިއިސްކުރަަން ދަންނަ ހަރުކަށި އިންސާނެއް…ތީ ލޯބިވާން ދަންނަ އިންސާނެއް ނޫން…ތީ ނަފުރަތުކުރަަން ދަންނަ އިންސާނެއް…ނަފުރަތު ކުރަން ދަންނަ އިންސާނެއް…” ދާނިޝް މިހެން ބުނެ ޑްރެސިން ޓޭބަލު މަތީގައި ހުރި ހުރިހާ އެއްޗެއް ފަރާތްފަރާތަަށް ބުރުވާލިއެވެ. ރުއިމާއިއެކުު އޭނާގެ ދިގުވެފައިވާ ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފާލަމުން މުށިތައް މަތީގައި ދާނިޝްގެ ކަކޫ ޖެހިގެން ދިޔައީ އެހަށިގަނޑުން ވަރުދޫވެފައިވާ ކަހަަލަ ގޮތަކަށެވެ. ގިސްލަގިސްލާފައި ދާނިޝްއަށް ރޮވެންފެށުނެވެ. ފާއިތުވި ވަގުތު ތަކާއި އެ ޒަމާންތައްް އަލުން އެނބުރި އަންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ރީޝާއަށް އަނިޔާތަކެއް ނުދެވުނު ނަމައޭ އޭނާގެ ހިތަށް އަރަމުން ދިއެވެ. އެހެނަސް…ކުރާނެ ކަމެއް ނެއްތާއެވެ. އޮއްސުނުު އިރެއް އަދަކަށް ދެނެއް ނާރާނެތާއެވެ.

މެންދަން ފަހަނައަޅައި ގޮސް ފަތިހުގެއަލިކަން ދުނިޔެތެރެ އަމާންކޮޮށްލިއެވެ. ކަޅު އަނދިރިކަން ނެތިގޮސް އަލިކަމުގެ ވޮއް ދިއްލިި ޖައްވާއިފަޒާ ޒީނަތްތެރި ވެގެންދިއެވެ. އާދައިގެ މަތިން މީހުންތައް ހޭލަމޭލަވާާން ފެށިިއެވެ. ރޭގަނޑުގެ އަރާމު ނިދީީގެ ފޮނިކަން ހާސިލުކުރުުމަށްފަހު އެ ފިނިފިނި ފަތިހަށް ލޯހުޅުވައިލި އެންމެން އެމީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން އަވަސްވެގަތެވެ. އުފަލުން ފުރިގެންވީ ހިތްތަކެއް ވީއިރު ނުތަނަވަސްކަމާއެކު ތަކުލީފު ތަކެއް އުފުލަމުންދިއަ ހިތްތަކެއް ވެސް ވިއެވެެ. އުުޖާލާ ވެފައިވާ ހިތްތަކެއް ވީއިރު ޒަޚަމު ވެފައިވާ ހިތްތަކެއްވެސް މަދެއްނޫނެވެ. ޝައްކެއްވެސް ނެތެެވެ. ދާނިޝް ވީ ހިތް ޒަޚަމުވެ ތަކުލީފު އުފުލަމުންދިއަ މީހުންގެ ތެރޭގައެވެ. ލޯބީީގެ މައިދާނުން ބާކީކުރެވި ހިތް އެކަނިވެރި ވެފައިވާ މީހުންގެ ތެރޭގައެވެ. އޭގެ ސަބަބެއް ކަމުގައި ދާނިޝްގެ އަމިއްލަ ނަފުސު ހިމެނިިފައި ވާކަމަށް އޭނާ އިޢުތިރާފުުވާހާލުގައި ކުރެވުނު ކުށާއި ހެދުނު ގޯސްތައް ކަޅު އަނދިރި ހުވަފެނަކަށްވީ ނަމައޭ އޭނާގެ ހިތަށް އަރަނީ މަދުފަހަރަކުނޫނެވެ. ރޭގަނޑުގެ އަރާމު ނިދިން އެއްކިބާވެ ހުރެ, ދާނިޝް އޭނާގެ ހަލަބޮލި ހަޔާތުން މާޒީވެފައިވާ ދުވަސްތަކާއިމެދު ފިކުރުކޮށްލަަން ކޮޓަރީގެެ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. އެ ޚިޔާލުތަކުން އޭނާގެ ހިތް ރޮއްވަމުން ދިއަކަން ތެމިފައިވާ އޭނާގެ ލޯ ހެކިދެމުން ދިއައިރު މޫނުމަތިން ހާމަވާން ހުރި މޮޅިވެތިކަން ދާނިޝްގެ ހަޔާތުުގެ ބަދުނަސީބުކަން ސާބިތުކޮށްދެމުން ދިއެވެ. ކިތަންމެ ބޭނުންވިިއަސް ރީޝާގެ ލޯބި ދާނިޝްއަށް ލިބުމުގެ ނަސީބެއް ނެެތޭ އޭނާގެ ހިތް ބުނަމުން ދިއައިރު ރީޝާގެ މަޢާފު ވެސް ނުލިބޭނެކަން ދާނިޝްއަށް ޔަޤީން ކުރެވިފައި ވާކަހަލައެވެ. މާޔޫސްކަމާއި ހިތްނުތަނަވަސް ދާނިޝް ވަށާލައިފައި ވާއިރު އެކަނިވެރިކަމާާއި ހިތްދަތިކަމުގެ ކޮޅެއްނެތެވެެ. ކުރާނެކަމެއް ނެއްތާއެވެ. ދާނިޝްގެ ތަޤުދީރު ނިޔާކުރިި ގޮތަކީ އެއީތާއެވެ.

ތަޅުލެވިފައިވާ ރީޝާގެ ކޮޓަރީގެެ ދޮރުގައި ޓަކިދެެމުން އާދިލް ގޮވާލި އަޑަށް ރީޝާއަށް ހޭލެވުނެވެ. މޯޅިއަކަށް ދެމިލައިފައި ރަނގަޅަށް ލޯހުޅުވާލުމަށްފަހު އެނދުން ތެދުވެ މޫނުމައްޗަށް ވިހުރިފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން ކޮޓަރީގެެ ދޮރު ހުޅުވަން ރީޝާ ހިނގައިގަތެެވެ. “އަދިވެސް ނިދަނީތަ…؟ މިހާރު އެއޮތްގެން މެންދުރުވަނީ…”ރީޝާ ދޮރު ހުޅުވާލުމާއިއެކު ކޮޓަރިއަށް ވަންނަމުން އާދިލް ބުނެލިއެވެ. “އޭނ…މެންދުރުވަނީއޭ…” އާދިލް އެބުނިި އެއްޗަކުން ރީޝާ ހައިރާންވިއެވެ. “ދައްކަބަލަ ގަޑި…” އެކަން ޤަބޫލުުނުކުރެވިގެން އާދިލްގެ އަތުގައި ހިފާލަމުން އޭނާގެ އަތުކުރި ގަޑިިއަށް ބަލާލިއެވެ. ގަޑިން ހަތްގަޑިބައި ވަނީއެވެ. މެންދުރު ވާން އަދި ހަތަރުފަސް ގަޑިއިރު އެބަހުއްޓެވެ. “ދެން އާދިލް…! ބިރުން މަރު ނުވީ ހަމަ ކިރިޔާ…” އާދިލްގެ ކޮނޑުގައި ޒާތަކަށް ޖަހާލަމުން ރީޝާ ބުންޏެވެ. ރީޝާ އެހެން ބުނީ ހަނާޝްއަށް ވިސްނާލާފައެވެ. “އަދިވެސް މަ ކުރާ ސަމާސާ ދެނެގަންނާކަށް ނޭނގޭޭތަ…؟” ސޯފާ ތެރެއަށް ޖެހިގަންނަމުން ހެވިލައިފައި އާދިލް ބުނެލިއެވެ. “ކީއްވެގެންތަ މިއަދު މާއަވަހަކަށް ހޭލައިގެން ތިއުޅެނީ…؟ ތާކަށް ދާންވެފަ އޮތީތަ…؟” އެނދުގެ ބޯލާކޮޅުގައި ލެގިލައިިފައި ކައިރީގައި އޮތް ބާލިސް ނަގައި މޭގައި ލައްކޮއްލަަމުން ރީޝާ ބުނެލިއެވެ. އެެހެން ދުވަސްތަކާ ޚިލާފަށް މިއަދު މާއަވަހަށް އާދިލް ހޭލައިގެން އުޅުމުން ކޮންމެެސް ތަނަކަށް ދާންއުޅޭހެން ރީޝާއަށް ހީވިއެވެ. “މިއަދަކު ނޫން…މާދަމާ…މާދަމާ ހަމަ މި ގަޑީގަ ޑިއުޓީއަށް ނިކުންނަން ޖެހޭ…މީ ފަރިތަކޮށްލުމެއް…ދެން ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ހޭލަން މިޖެހުނީ…” ނިކަން ހިތްހަަމަ ޖެހިލައިގެން ހުރެ އާދިލް ބުނެލިއެވެ. ގާތް ރައްޓެއްސެއްގެ އެހީތެރިކަމާއިއެކު ލިބުނު ވަޒީފާ ބީވެގެން ދާން ނޭދޭހިނދު އާދިލް ހުރީ އެކަމުގައި ވާންޖެހުނު ޤުރުބާނީއެއް ވާގޮތަށެެވެ. “ދެން ނުބުނައްޗޭ ތިވެސް ސަމާސާއެކޭ…ވަރަށް އުފާވެއްޖެ އާދިލްއަށް ތިވަޒީފާ ލިބުނީމަ…ރަނގަޅަށް އުޅޭތި…! ވަރަށް ބުރަވެސް ވާނެދޯ…އެކަމަކުވެސް ހިތްވަރުއެލުވާ ނުލާތި…! ބުރަ މަސައްކަތުގެ ނަތީޖާ ފޮނިވާނެއޭ ބުނެއެއްނުު…” އާދިލްއަށް އޭނާގެ ރައްޓެއްސެއްގެ ބައްޕަގެ ރިސޯޓުުން ވަޒީފާއެއް ލިބުނުކަން ހާމަކުރުުމުން ރީޝާ އެކަމަށް މަރުޙަބާ ކިޔާލިއެވެ. ހަމައެހެންމެ އެކަމަށް އުފާ ކުރާކަމަށް ބުނެލީީ ހިނިތުންވުމާާއި އެކުގައެވެ. ރީޝާގެ މަރުޙަބާ އާދިލް ބަލައިގަތީ ޝުކުރު އަދާކުރަމުންނެވެ.

“އެންމެރަނގަޅު…ތިކަން ވޭތޯ އަހަރެންް ބަލާނަން…އެކަމަކު…މިއަދަކު ނޫން…ދެދުވަހެއް ވަރު ފަހުން…” އިނާޔާ މިހެން ބުނުުމުން ދާނިޝްއަށް ކުޑަ ހިތްވަރެއް ލިބިގެން ދިއެވެެ. އަޒީލް ހުށަހެޅި ޚިޔާލާއި އެއްގޮތަށް ކަންކުރާނެ ކަމަށް އިނާޔާ އެއްބަސްވީ ދާނިޝްގެ އާދޭސް އަޑުއަހައިފައެވެެ. އެހެންނަމަވެސް އެކަމަށް ވަގުތު ބޭނުން ކަމަށް އިނާޔާ ބުނެލިއެވެ. ކެތްމަދުވެފައިވާ ހިތާއިދެކޮޅަށް ނަމަވެސް ދާނިޝް އެކަން ބަލައިގަތެވެ. އަޒީލް ބުނިފަދައިން ކަންތައް ވެއްޖެނަމަ ހަމަޖެހިލައިގެންހުރެ ރީޝާއާއިި ވާހަކަ ދައްކާލަން ފުރުސަތެއް ފަހިވެގެންދާނެ ކަމަށް ދާނިޝްގެ ހިތް ބުނަމުން ގެންދިއެވެ. ދެން އޮތީ އެދުވަހަަށް އިންޒާރު ކުރުމެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

މަގުމަތި

Next

ވޭނީ އުދާސް

Next
October 1, 2018

ވޭނީ އުދާސް

Previews
October 1, 2018

މަގުމަތި

13 Comments!

  1. Hazu says:
    October 1, 2018 at 1:18 pm

    Haadha lahuney up vane but story is nice keep it up n I’m first ????❤❤❤❤❤❤

    1. hattey says:
      October 2, 2018 at 11:33 am

      Initially i have to say sorry…thank you for the comment…

  2. Aisha says:
    October 1, 2018 at 2:47 pm

    Mi vaahaka upveytho iru kolhaka beley……just wow??????

    1. hattey says:
      October 2, 2018 at 11:48 am

      Thank you ??

  3. Ishaan says:
    October 1, 2018 at 3:31 pm

    finally up vejje dhw…….??vrh vrh salhi??…….. ekamaku haadha lahey up kolli leh?……..

    1. hattey says:
      October 2, 2018 at 11:50 am

      Thankss..???

  4. Mau says:
    October 1, 2018 at 5:15 pm

    Ehaa lasss up vaaleh keehve? Vaahaka kithamme reehchas lasvanya kiyaahiyy nuvey … Mahaku ehfaharu kanne mi up vaneee … Ehn v ma Kada…

  5. ? says:
    October 1, 2018 at 8:13 pm

    Mi dhen haadha lahun up vaa vaahaka ekey. Vaahaka reethi viyas thihen hadhaathy v foohivey. Ehaa dhuvas kohfa up kuraa iruves thanfukeh liyefa onnany. Mieh noon kanneynge dhen writer ah vaane varaky. Mi vaahaka dhen ma kiyaany ahareh fahun.. eyrah nimeyne kamah mibalany

    1. hattey says:
      October 2, 2018 at 9:34 pm

      Sorry….k..as u wish…

  6. Loabi says:
    October 2, 2018 at 12:00 am

    Wow. V v v reethi. Asarun furigenvaa loabi vaahaka eh.

  7. Maii? says:
    October 3, 2018 at 3:33 pm

    Alheyyy… haadha lahunney up vanyy…. inthixaar koh koh neyva kolhuvii ma mivaahaka up vanii… bt stry hama obi..keep up the gud hardwork dear?????

  8. Aisha says:
    October 4, 2018 at 10:43 am

    Keehvetha abadhu shakuva kurany kudhinn….Hama ekani mikamah hus Koh geneh eh kujjakah vx noolheveyne dhw….plx shakuva nukohbala…thihen hadhathy mihaaru vx ba eh kudhin story up kurin huttaa vx laifi….star ge e oh reethi vaahaka vx mihaaru kiyaalan nulibey ☹️☹️☹️☹️ hattey plx lahun viyas up kohlan dheythi…kudhin kiyaa ehchehi ah alhaa nukaathi…

    1. ?? says:
      October 18, 2018 at 10:39 am

      Thi Hattey eh ma varah rangalhah dhannan.aee ehves kameh kuraa meeheh noon.eyna ah story gavaidhun genesnudheveyne sababeh mashakah hama ehgothakahves nuvisney. Shauguverikan nethyma vaany mihen dhn. Vaahaka nuliye hunnanama.mihaa lahun upload kuraa iruves onnany thanfukeh liyefa. Mi dhn thankolheh boduvaru ekam!!

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (23←


All Right Reserved!