ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަންތެރެ ފެންނަނީ ކުލަގަދަ ކޮށެވެ. މެރޫން ކުލައާއި ރަންކުލައިގެ ވެޑިން ވަރަށްވެސް ޝާހީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރާއްޖޭގެ މަޝްހޫރު ހޮސްޕިޓަލު “ބެސްޓް އެއިޑް”ގެ ވެރިމީހާ ޑޮކްޓަރ އާދިލްގެ ހަގު ފިރިހެން ދަރީގެ ކައިވެނި ޕާޓީ ވިއްޔާއެވެ. މެރޫން ކުލައިގެ މާތަކާއި ރަންކުލައިގެ ބޮކިތަކުން މުޅި މާހައިލު ހިތްގައިމުކޮށްދީ ވިދާ ބަބުޅުން އިތުރު ކޮށްދެެއެވެ. މެރޫންކުލައިގެ ހެދުންތަކުގައި އަންހެންވެރިން ތިބިއިރު އޭގެތެރެއިން ގިނަބަޔެއްގެ ބޯ ރަންކުލައިގެ ޝޯލައަކުން ވަނީ ނިވާކޮށްފައެވެ. ފިރިހެންވެރިން އެބައިމީހުންގެ ފިރިހެންވަންތަކަން […]
އިރު އެރުމުގެ ކުލަތަށް އުޑުމަތިން ފާޅުވާން ފެށިއިރު އެ މަންޒަރުގެ ފުރިހަމަކަން ގަލަމުން ބަޔާންކުރަން ދަތިވާނެއެވެ. ދުލަކުން ބަޔާން ކުރަން ނުކުޅެދޭހާވެސް ފުރިހަމައެވެ. ހިތްތަކަށް ހަމަޖެހުން ގެނުވާ މި ފުރިހަމަ މަންޒަރު ބަލަން ޢިމާރާތުގެ އަށްވަނަ ބުރީގެ ބެލްކަނީގެ ހުރި ޔަލްވީގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ހުޅުމާލޭގެ އުސް ޢިމާރާތްތަށް އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކޮފީ ތަށިން އެތިފޮދެއް ދަމާލިއިރު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާގިނަ އިރުތަކެއް ނުވެ […]