Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވޭނީ އުދާސް

Rozy Level 210 Stories
October 1, 2018 15 Mins Read
13 Comments

ވޭނީ އުދާސް

މުސައްނިފާ ރޯޒް

1 އޮކްޓޯބަރ 2018

އެއީ މާޒީގެ ސޮފްހާތަކޭ ކިޔާފަ ވަފާ އަށް އޭނާގެ ޑައިރީގެ ގަނޑުތަށް އުކައެއްނުލެވޭނެއެވެ. މިވަގުތު އޭނާ ލިޔަމުންދާ ސޮޕްޙާތަށް އޭނާގެ ކަރުނައިން ފޭދެމުން ދިޔައީ އޭނާގެ ޙަޔާތުގެ ފަލްސޮފާއެކެ އެއްގޮތަށެވެ.  ހިތްދަތި ހަނދާން ތަށް  އޭގައި އެކުލެވިގެންވާފަދައިންނެވެ.

ވާފާ އޭނާގެ ފޮތްލައްޕާ ލުމަށްފަހު އެނދުގައި ފުރޮޅީގޮތުން ހީވީ ދެން އޭނާ އެފޮތުގައި އަތްނުލާނެހެންނެވެ.

ވަފާއަކީ ވަރަށް ދީންވެރި އަންހެންކުއްޖެކެވެ. އޭނާއެވަގުތު އެތެދުވީ ފަތިސް ނަމާދު ކުރުމަށެވެ. އާއެކެވެ. މުޅި ރޭ އޭނާ ހޭދަކޮށްލީ ރުއިމުގަކަން އެނގެއެވެ. އޭނާ އަތްފަޔާމޫނު ދޮވެލިއެވެ. އަދި  ފުރިހަމަ ޔަގީންކަމާއެކު  ﷲ އަށް ދުޢާކުރިއެވެ.

ހިތްވަރު ކުރާށެވެ. ދުނިޔެއާއިމެދު ޔަގީންކުރާށެވެ. މާދަމާޔަކީ އާދުވަހެކެވެ. ވީއިރު އިއްޔެގެ ހަނދާންތަކުން މޫޑް ސަކަރާތް ނުކުރާށެވެ. ވާފާގެ ހިތް ކެނޑި ނޭޅި ވަފާއަށް ނަސީހަތް ދެމުންދަނީ ލޯބިވާ މަންމަޔެއްފަދައިންނެވެ.

ވަފާ އޮފީސް ހުޅުވާލުމަށްފަހު މަޑު ހިނގުމެއްގައި އޭނާއަށް ޙާއްސަކުރެވިފައިވާ ޖާގަޔަށް ދިޔައެވެ. މޭޒް މަތީގައި ހުރި ބައިވަރު ކަރުދާސް ތަކުގެ ފުނިވަރު ފެނިފާ އޭނާގެ އަނގައިން އާހްގެ އަޑެއް ނިކުތެވެ.

ނޫނެކެވެ. މިއީހިތްވަރު އެލުވާލަން ވީވަގުތެއް ނޫނެވެ. ކުރިމަތިލާންވީ ވަގުތެވެ. މިއީ ހެނދުނުގެ ވަގުތެވެ. އަތުކުރި އޮޅާލާފަ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ދެގަޑި އިރުވީއިރުވެސް އޭނާގެ އަތުގެ ބުރު ނޭނގި ހަލުއި ކަމާއެކު އޭނާ މަސައްކަތް ކުރަމުންދިޔައެވެ.

ޕިޔޯނު ލިޔުޝާ އައިސް އޭނާގެ ކޮފީތަށި މޭޒުމަތީ ބަހައްޓާލިއެވެ. ޝުކުރުވެރިކަމާއެކު އޭނާ ލިއުޝާއަށް ހިނިތުންވެލިއެވެ. ލިއުޝާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. އޮފިސް ނިންމާފަ ލިބޭ ހުސްވަގުތު ދެމީހުން އެކުގައި ހޭދަ ކުރެއެވެ.

މަޑުމަޑުން އާވި އަރާއަރާހުރި ކޮފީތަށިން އޭނާ އެތިފޮދެއް ބޯލިއެވެ. ހަމަޖެހުމުގެ ނޭވާއެއް އޭނާ ލީގޮތުން އެވަގުތު އޭނާ އިނީ ވަރަށް ހަމަޖެހިފަ ކަން އެނގުނެވެ. ވާނީވެސް އެހެންނެވެ. ވަރަށް ގިނަ މަސައްކަތް އޭނާ އެކުޑަ ހިދުކޮޅުން ނިންމާލި ކަހަލަ އެވެ.

ވައިބާ މެސެޖާއި އެކު އޭނާ މޭޒުމަތީއޮތް ފޯނަށް ބީރަށްޓެހި ގޮތަކަށް ބަލާލިއެވެ.

“ގުޑް މޯނިން!” ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖުގައި އޮތެވެ.

އެމެސެޖްގެ ސަބަބުން އޭނާ އުފާތިކަމެއް ނުވަތަ ދެރަވި ކަމެއް ނޭނގެއެވެ. އެޔަށް ޖަވާބު ދިނުންވެސް އޭނާ ބެލީ ބޭނުން ނޫންކަމެއް ގޮތުގައެވެ. ފޫހި ކަމާއެކު ދުރަށް އޭނާ ފޯނު ޖައްސާލިއެވެ.

ފޯނު ރިންގުވާންފެށިއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާގެ މެސެޖްގެ ޖަވާބުނުދެވިއްޖެއްޔާ އޭނާ ގުޅާނެއެވެ. ދެން ހުއްޓާލާނީ ހަމަ ފޯނަށް ޖަވާބު ދިނުމުންނެވެ.

ފޯނަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނާ ފޯނު ސައިލެންޓު ކޮށްލިއެވެ.

އަނެއްކާ މެސެޖެއް އައެވެ. ފޯނު ނަގާފަ ވަފާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ފޯނަށް ޖަވާބު ދީބަލަ”

ޝުއައިބުގެ އަޑު އައުމާއެކު ވަފާ ފުންނޭވާއެއް ޖައްވަށް ދުކޮށްލިއެވެ.

ފިނޑި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނުވޭ. ވަފާ ހިމޭންކަމާއެކު ބުނެލިއެވެ.

“މިއަދުގެ ރިޕޯޓް އަހަރެން ހުންނާނީ ވަޓުސް އެޕް މެސެޖަކުން ފޮނުވާފަ އޭތި ލޯޑްވާން ވަގުތު ކޮޅެއް ނަގާފާނެ. އެއީ ބޮޑު ފައިލެއް” ޝުޢައިބު މިހެން ބުނެފަ ވާފާ އެއްޗެކޭ ނުބުނެވެނީސް ފޯނު ކަޑާލިއެވެ.

ފައިލް ލޯޑުވާން ވަގުތު ނެގިއެވެ، އާއެކެވެ. އެއީ މިވަގުތު އޭނާ ކުރަމުންދާ މަސައްކަތަށް އެންމެ ބޭނުންވާފައިލްވެސް މެއެވެ. ޝުކުރުވެރި ނަޒަރަކުން އޭނާ ފޯނަށް ބަލާލިއެވެ. ހީވީ އޭނާ ޝުއައިބުއަށް ޝުކުރު އަދާކުރިހެންނެވެ.

ޝުއައިބު އަބަދުވެސް ވަފާއަށް ތައުރީފްކޮށްފަ އެކުވެރިންގެ ތެރޭ ވާހަކަ ދައްކައެވެ.

‘ވަފާއަކީ ހަމަ ފަތްމިންޏެކެވެ. ފަށުވިކޮޅެއް ކަހަލަ ފަން އިސްތަށިގަނޑެކެވެ. މަޑު މުށިކުލައެއްގެ ކަޅިރަވައެކެވެ. ދޮން މޫނެކެވެ. ވަފާގެ ރީތިކަން ފެނުމާއެކު ﷲ ގެކުޅަދުންވަންތަކަން ހިތަށް އަންނަހާވާނެއެ. މިއީ ރައްޓެހިންގެ ތެރޭ ޝުއައިބު ވާފާއަށް ކިޔާފަ ކޮށްފަވާ ތައުރީފް ތަކެވެ.

ވަފާގެ ލޯބީގެ ދިގު ލިސްޓުގައި ނަން ހިމަނާދިނުމަށް ވަރަށް ގިނަ ފަހަރު ވަފާގެ ކައިރިން ޝުއައިބު އެދިފައިވެއެވެ. އެހެނަސް އެއްވެސް ޖަވާބެއް ވަފާ އޭނާއަށް ދީފައި ނުވެއެވެ. ޝުއައިބު ގޮތަށް މޯޑްވެސް ވަފާގެ ގާތްކަން ލިބުން އެދި ވާހަކަ ދައްކައެވެ. މޯޑް އަކީ ފޭސް ބުކް އިން ވަފާއަށް ދިމާވި މީހެކެވެ. ތަފާތު މެސެޖް ދެމީހުން ކޮށްފައިވެއެވެ. ފޭސް ބުކް އިންނެވެ. ވައިބާއިންނެވެ. އެކަމަކު އެދެވޭ ޖަވާބެއް ވަފާ އޭނާއަށްވެސް ނުދެއެވެ.

އަޅެ މަ ހުތުރީތަ؟” ޝުއައިބު ވަފާއާއި ސުވާލު ކުރެއެވެ.

ޖަވާބުގައި ވަފާ ހިނިތުންވެލަނީއެވެ. ހަވީރު އޮފީސް ނިންމާފަ ގެޔަށްދާން ތައްޔާރުވެލައިގެން ވަފާ އޭނާގެ ގޮޑިން ތެދުވިއެވެ. .

“ހިނގާ ކޮފީބޯން!ދާން”

ޝުއައިބުވެސް އޮފީހަށް ވަންނަމުން ބުނެލިއެވެ.

ވަފާއާއި ޝުޢައިބު މަސައްކަތް ކުރަނީ އެއްކޮމްފެނީއެއްގައެވެ. ދެޑިޕާޓްމަންޓުގައެވެ.

އެވަގުތު ވަފާގެ ފޯނު ރިންގުވާންފެށިއެވެ. ޢިޝާރަތުން ފޯނަށް ޖަވާބުދޭށޭ ބުނަމުން ޝޫއައިބު ގޮސް އޮފީސް ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ވަފާވެސް ހިނިތުންވެލާފަ ފޯނު ނަގާ އަތަށް ހެޔޮވަރު ކޮށްލަމުން ބަލާލިއެވެ.

‘ހެލޯ” ވަފާ ފޯނުނަގާފަ ޖަވާބު ދިނެވެ.

ޖައްސާލަބަލަ މި ކޮޅަށް!” ޝާހިދު އެދުނެވެ..

އޭނައަކީ އެ ޑިޕާޓުމަންޓުގެ ވެރިޔާއެވެ. ގުޅައިފިއްޔާ ކޮންމެވެސް މަސައްކަތެއް ހަވާލުކުރާނެއެވެ. ޢާންމުކޮށްވެސް އޭނާ މަސައްކަތް ހަވާލު ކުރަނީ ފަހު ވަގުތުއެވެ ފޫހި ގޮތަކަށް ވަފާ ފޯނު މޭޒުމަތީ ބޭއްވިއެވެ. ވަފާގެ ހަރަކާތް ހުރި ގޮތުން އޭނާ ނުބުންޏަސް ވީގޮތް ޝުޢައިބުއަށް އެނގުނެވެ. ޖަވާބުގައި ޝުޢައިބު ނޫސް ނަގައިގެން ކިޔަންފެށިއެވެ. ވަފާ މިސްރާބް ޖެހީ ޝާހިދު އޮފީހަށެވެ.

“މިއުޅެނީ ދިވެހި ޑުރާފްޓެއް ހަދަންޖެހިގެން. ވާފާއަށް މި ރިޕޯޓް ހަދާލެވިދާނެތަ. މިސިޓީ އުރައިގަ ހުރިހާ މައުލޫމާތެއް ވާނެ، މިއީ މާދަމާ ހެނދުނާ މިނިސްޓުރީއަށް ފޮނުވަންޖެހޭ ޑޮކިއުމެންޓެއް” އެއްނޭވާއިން ޝާހިދު މަސައްކަތް ގަޑެއް ވަފާއާއި ހަވާލު ކުރިއެވެ. ވާފާއަކީ ވަރަށް ޒިންމާދާރު މީހެއް ކަމުން އޮފީސްތަކުގެ ހުރިހާ ލިޔެކިޔުމެެއްވެސް ޝާހިދު ހަވާލު ކުރަނީ ވަފާއާއި އެވެ. އެއްވެސް މިސްޓޭކެއް ނޮއޮންނާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ.

ލިޔެވޭނެ،” .”

ވަފާ މިހެން ބުނެލަމުން ސިޓީއުރައެއް ގޮތަށް އޮތް ފައިލް ނަގައިގެން ހިގައިގަތެވެ.

ވަފާގޮސް އޭނާގެ ގޮޑީގައި އިށީނދެ އަނެއްކާވެސް ޕީސީ އޮންކޮށްލިއެވެ.

“ހިނގާދަމާ! އެއްޗެއް ބޯލައިގެން ހަމަޖެހިގެން އައިސް މަސައްކަތް ކުރާނީ”

ޝުއައިބު ފޫހިގޮތަކަށް ބުނެލިއެވެ.

އާއެކޭ ބުނާގޮތަށް ބޯޖަހާލަމުން އަނެއްކާވެސް ދަބަސް އަޅައިގެން ދާން ވަފާތެދުއިވެ. .

އެދެމީހުން ހިޔާރު ކުރީ މީހުން އެންމެ މަދުން ދާނެހެން ހީވާ ކަހަލަ ކޮފީޝޮޕަކުންނެވެ.

ޝުއައިބު އިނީ ފެހިކުލައެއްގެ ގަމީހެއް ލައިގެންނެވެ. ވަފާގެ ޝޯލްއާއި ގުޅުވާފަ ކަހަލައެވެ. ނޫނީ އެއީ އިއްތިފާގެކެވެ. ޝުއައިބުގެ ހެދުންއެޅުމުގެ ވައްޓަފާޅިއާއި ވަފާއެއްގޮތަކަށްވެސް ގަބޫލެއް ނުކުރެއެ. ކޮންމެވެސް އުނި ސިފައެއް އޭގެން ފެންނަހެން ވަފާއަށް ހީވެއެވެ.

އެވަގުތު ވަފާއަށް ކެނޑި ސިކުނޑި ތާޒާވިކަހަލަ ސެންްޓެއްގެ ވަސް ދުވިއެވެ. އެކަމަކު ކޮންހިސާބަކުން ކަމެއް އޭނާއަށް ނޭގުނެވެ.

ދެ މީހުންގެޙިޔާލު ވަރަށް އެއްގޮތެވެ ބޭނުންވީއެއްވައްތަރުގެ އެއްޗިއްސެވެ. ޕާންފޮއްޗާއި، ބިސްގަނޑަކާއި، ސޮސޭޖެކެވެ. ތާޒާ އޮރެންޖް ޖޫސްއެވެ.

“ކޮންމެ ދުވަހަކު މާލަހުން އޭނާ މަސައްކަތް ހަވާލު ކުރާތީ ފޫހިދޯ”  ތަނުގެ ހިމޭންކަން ދުއްވާލަމުން ޝުޢައިބު ވާހަކަ ދައްކަން ފެށިއެވެ

“އެއީއޭނާ ލައިކްވާގޮތް” ވަފާ ދިނީ ކުރު ޖަވާބެކެވެ.

ބައެއްފަހަރު ކޮމްޕެނީގެ ކަންތަކާއި މެދު އެއްޗެއް ބުނަން ވަފާއަށް އުނދަގޫ ކަހަލައެވެ.ޤައިމުވެސް ޝާހިދު އާއި މެދު އޭނާ ހިތްބަރެއް ނޫނެވެ.

ސަބަބު؟” ޝުއައިބް ޕާންފޮތި އަނގަޔަށް ލަމުން އަނގަޔަށް ގޮތެއް ހަދާފަ ބުނެލިއެވެ..

‘ކީއްވެ ސައި ނުގެނެސް އަހަރުމެން ޖޫސް ގެނައީ؟”  ވަފާ ވާހަކަ އޮޅުވާލަން ބުނެލިއެވެ.

” މިވަގުތަކީ ހަވީރު ވީމާ ކަމުދަނީ” ޝުއައިބުވެސް ކުރު ޖަވާބެއް ދިނެވެ.

” ކޮބާ ފައުންޑޭޝަން ހެދި ގެއަޅާ ނިމުނުތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ ޝުއައިބުއެވެ.

ދެމީހުން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ގެޔާއި އޮފީހުގެ ވާހަކައެވެ.

ވަފާގެ ހުރިހާ ސިފައެއް އޭނައަށް ވަރަށް ކަމުދާކަހަލައެވެ. އެހެނަސް އޭނާ އާއި އެއްވެސް ޝައުގުވެރިކަމެއް ވަފާގެ ނެތް ކަހަލަ އެވެ.

ދެ ގަޑިއެއްހާއިރަށް ފަހު އެމީހުން އޮފީހަށް ދިޔައެވެ.

މުޅި ދުވަހު ވެސް އަހަރުމެން ދެ މީހުން ތިބީ ވައިބާއިން ގުޅިފައެވެ. ވަފާއަށް ނޭނގޭ ބައެއް ކަންތަށް އޮފީސްތެރޭ ޝުއައިބު ކޮށްދެއެވެ.

އޮފީސް ނިންމާފަ ގެޔަށް ވަންއިރު ވެސް އޭނާގެ އަތަކުން ފޯނެއް ދުލެއް ނުވެއެވެ. އެއީ، އޭނާ ކުރިން އުޅުނު ގޮތެއް ނޫނެވެ. އޭނާގެ ހަރަކާތްތަކަށް އޭނާގެ މަންމަ ނަފީސާ ބަލަން ހުރިކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ.

އޯހ!” އޭނާ އަށް ބުނެވުނެވެ. އަދި ފޯނު ޖީބަށް ލަމުން މަންމަ ކާރީ ސޯފާގެ އެއްފަރާތުގައި އިށީނެވެ..

“އޮފީހުގަ ވަރަށް ބޮޑު މަސައްކަތެއް ފަށައިގެން މި އުޅެނީ. ސޮރީ. ގޭގަ ވަގުތު ނުހޭދަވާތީ” ކުއްވެރިޔަކު ހެން ވަފާ ކިޔަމުންދިޔައެވެ.

‘ކޮބާ ދަރިފުޅު ހަދަން ފެށި ގެގެ ހާލަތު” ދެމައިން ވަރަށް ޙިޔާލު ބަދަލުކޮށް ވާހަކަ ދެއްކިއެވެ. ވަފާ އާދައިގެ މަތިން މަންމަޔާއި ވާހަކަ ދައްކަން އިނދެފަ ކޮޓަރިއަށް ދިޔައެވެ.

ވަފާގެ ހަޔާތުގެ ރާސްތާ ދެވުނީ ހަމަ ހަލަބޮލި ކަނޑަކަށެވެ. ފިރިމީހާ ނިޔާވުމާއި އެކު ހަޔާތުގެ ބައްތެލި ބަންޑުންޖަހައިލަފާނެ އެތައް ދަނޑިވަޅުތަކެއް އައެވެ.

ވަފާއަށް ދެކުދިން ލިބިފައިވެއެވެ. ދަރިފުޅު މާހާ އަކީ އެންމެ ކުޑަ މީހާއެވެ. 6 އަހަރުގެ އަންހެން ކުއްޖެކެވެ.އޭނާގެ ކަންކަން ކޮށްފައި ދެން ވަފާއަށް އެހެން ކަމެއް ކުރެވޭނެ ކަމެއްނޯވެއެވެ. މިއިން ކޮންމެ ހިދުކޮޅަކު އޭނާގެ މަންމަ ނަފީސާ އޭނާއަށް އެހީވެއެވެ. އަބަދުވެސް ފިރިހެން ދަރިފުޅު ޒަައިދު 12 އަހަރު ހުންނަނީ އޭނާގެ މާމަ ކާރިގައެވެ.

“”ކީއްވެ މާއެކަނި ތިޔައޮތީ ފަންކާއަށް ބަލަހަށްޓައިގެން. މިއަދު މިގެޔަށް އަހަރެން ހަވީރުވެސް އައިން ވަފާ ގޭގަ ނުޅޭ”

ލިއުޝާ ގެއަށް އައިސް ބުނެލިއެވެ.

“އަސްތާ ޝާހިދު މަސައްކަތް ހަވާލު ކުރީ ފަހު ވަގުތު އެހެންވެ ގެޔަށް އާދެވުނު އިރު ހުރީ ދަމަކަށް އިރު އަރާފަ”

“އަސްލުވެސް. މަ އޭރު ކޮފީތަށި ދީފަ ދެން އައީގެޔަށް.. ކިހިނެތް އެނގޭނީ ހަނގުރާމަ އަލުން އިއާދަ ވާނެ ކަމެއް. މަ އައީވެސް ގިނަ ފައިލްތަށް ނިންމާފަ”

“ޝުއައިބުވެސް ހުއްޓޭ އެހީވާން .. ކޮބާ ހިނާ ބޭރަށް ނިކުމެލަން”

” މަވެސް ދާނަން”

މާހާ އެކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއީ އަބަދުވެސް އާދައެވެ. މާހާ ހުންނާނީ ވަފާގެ ފަހަތުގައި އަޅުވާލާފައެވެ. އެންމެފަހުން ތަނަކަށް ދަންޏާ ދާންޖެހެނީ އޭނާ ގޮވައިގެންނެެވެ.

‘އަހަރެން ގެއިން ނުކުތްއިރު ނުވަގަޑިބައެއް ނުވާނެ، މިހާރު ދިހަ ގަޑި ބައިވީ” ގަޑި ބަލައިލަމުން ލިއުޝާ ބުންޏެވެ.

ތައްޔާރުވާން އަހަރެން މާގިނަ ވަގުތެއްނަގާނެތަ؟ އެއީ މާހާ ތައްޔާރު ކުރަން 15 މިނެޓް މަގޭމައްސަލެއް ނޫން އެއީ ވަފާ ހެމުން ހެމުން މާހާގެ ބުރުގާ އަޅާދެމުން ދިޔައެވެ.

 

‘ބަޖެޓް އޮތީ ޕިއްޒާއެއް ކާލަން، މާރަނގަޅު ވާނެ ގުޅައިގެން ގެޔަށް ގެނެސް ކެއީއާދޯ” ގެއިން ނިކުންނަމުން ލިއުޝާ ބުނެލިއެވެ.’

ގުޅައިގެން މީންއިރަކުން ވެސް ނާންނާނެ. ”

މާހާވެސް އޭނާގެ ޅަ ބަހުރުވައިން ބުނެލިއެވެ. މިހާރު އޭނާއަށް 6 އަހަރެވެ. ބައެއް ކަންތަށް އެނގޭ ވަރުވެއެވެ.

” ލިއު އައީ ސައިކް ގަތަ؟” ދޮރާށި ހުޅުވަމުން ވަފާ އަހާލިއެވެ.

އޭ! މަގޭ ސައިކު ސްޓާޓެއް ނުވޭ!” ލިއުޝާ ބުނެލިއެވެ.

ކޮބާ އެވީ ތިންމީހުން ހިނގާފަ ދާން.. ލަސްވެގެން ނޫޅެތި؟”

“ލަސްވެގެން ނޫން ބަނޑު ހައިވެގެން” ތުން އޫކޮށްލާފަ ލިއުޝާ ބުނެލަމުން ތިންމީހުން ގެއިން ނިކުތެވެ. .

ބޭރުގަ ތިބެފަ ގެޔަށް އައިސް ނިދަންއޮށޯވެވުނުއިރު ދަންވަރު އެކެއްޖަހަނީއެވެ. އެހެން މީހުނާ އެކު އުޅޭ ހުރިހާ އިރަކު ވަފާ ހުންނަނީ ހަމަ ހެޖިފައެވެ. އެކަމަކު އެކަނިވާ ކޮންމެފަހަރަކު ވޭނީ އުދާސް ތަކުން އޭނާގެ ހިތްނުތަނަވަސް ވެއެވެ. އިރުއަރަނީ އެނދުގައި އޭނާ ފުރޮޅި ފުރޮޅި ވަރުބަލިވާފަހުންނެވެ. ނިދުމުގެ ފުރިހަމަ އަރާމެއް އޭނާއަށް ނުލިވޭކަހަލައެވެ.

ފޯނު އަތަށް ނަގާފަ އޭނާ މޯޑުގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ..

“‘އަހަރެން ބޭނުން އިރުއަރަންދެން ވާހަކަދައްކަން ތިބެން،” ކެތްތެރިކަން ކުޑަ ރާގެއްގައި މޯޑް ބުންޏެވެ.

ހީވީ އެކޯލް އަކީ މޯޑު އިންތިޒާރު ކުރަމުން ދިޔަ ކޯލް ހެންނެވެ.

މޯޑް އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފެކެވެ. ވަފާ އާއި ދިމާވީ މީހެކެވެ. ގިނަފަހަރު ވަފާ އޭނާއާއި ވާހަކަ ދައްކައެވެ. އެކަމަކު އެމީހުން ދިމާވެފަ ނުވެއެވެ.

ވަފާއަށް އޮފީސް ދަތުރު ރަށަކަށް ދާންޖެހުނެވެ.

މަތިންދާބޯޓަށް އަރަމުން ޝުއައިބުއަށް އޭނާ މެސެޖެއް ފޮނުވިއެވެ ބައެއް ފައިލް ހުންނާތަންބުނެފައެވެ.

އޭނާގެ ޖަވާބު ވަރަށްވެސް ކުރެއެވެ.

“‘ރަނގަޅުވާނެ.

މޯޑުވެސް ޓެކުސްޓު ކޮށްލިއެވެ. އާދަވެ އޭނާގެ ފޮޓޯއަކާއި އެކުގައެވެ.

އަންހެން ކުދިންގެ ސަމާލުކަން އިތުރުވާނީ ފޮޓޯ ކިހިނެއް ނެގީމައިކަން މޯޑްއަށް އެނގޭކަހަލައެވެ. ނޫނީ އޭނާއަކީ ކެރޭ، ކުޅަދާނަ މީހަކީއެވެ.

ވަފާ އަނެއްކާވެސް ފޯނައް ބަލާލިއެވެ. މެސެޖެއް އައިހެން އަޑު އިވިގެންނެވެ.

” މިރަށަށް އައިސް ފުރީވާނެދޯ” މޯޑުގެ މެސެޖް ގައި އިނެވެ.

ތެދެކެވެ. ވަފާ އެދަނީ ކުޅުދުއްފުށްޓަށެވެ. އެމީހުންގެ ކޮމްޕެނީގެ އޮފީހެއް ކުޅުދުއްފުށީގައި ހުރީމާ ބޭނުންވާ ބައެއް އެޑްމިންމަސައްކަތް ކޮށްލުމަށެވެ. އޮފީސް ނިންމުމަށްފަހު ވަފާ ހުންނާނީ ވަރަށް ފުރީކޮށެވެ. އިއްތިފާގުން މިދުވަސްކޮޅު ޗުއްޓީގައި މޯޑްވެސް ވީ އެރަށުގައެވެ.

‘ކިހިނެއްވީ؟”

ވަފާވެސް ފޮނުވީ މެސެޖްއެކެވެ.

ގުޅާނަން އޯކޭތަ؟،” މޯޑްވެސް ފޮނުވީ މެސެޖް އެކެވެ.

“ރެޑީވެގެން ހުންނާތި މިރޭ ބައްދަލުވާނެ” ވަފާ ޖަވާބު ނުދެނިސް ފުލު ފުލުގައި މޯޑް މެސެޖް ކުރިއެވެ. އެއީ އޭނާގެ އާދައެވެ. ގުޅައިގެން ނުނަގައިފީޔާވެސް ހަމަ ފޯނު ނަގަންދެން ގުޅާނެއެވެ. ވަފާ ފޯނު ސައިލެންޓް ކޮށްލިއެވެ. ފުލައިޓްގަ އިނީމައެވެ.

ދުރާލައި އަހަރެން ތައްޔާރުވީމެވެ. އޮފީސް ސާމާނުތައް އެޅީ ލެޕްޓޮޕް ދަބަހަށެވެ. ލެޕްޓޮޕް ބެހެއްޓީ ކުރިމަތީ ހުރި ސީޓް ގައެވެ.

އޮފިހުގެ ގިނަ މަސައްކަތް ނިންމާފަ ވަފާ ރޭގަނޑު އަށެއްޖެހިއިރު ވަފާ ހުރީ ލޯގަނޑު ކައިރީގަ ރިތިވާށެވެ. މިއަދު މޯޑް އާއި ބައްދަލު ވާން ބުނެފަ އޮތީމަޔާވެސް އެކުގައެވެ. ނުވައެއްޖެހިއިރު ވެސް ތައްޔާރުވެއެއް ނުނިމުނެވެ.

އެވަގުތު އޭނާގެ މަންމަ ގުޅިއެވެ.

“ކޮންއިރަކު މާލެ އަންނަނީ”

“މާދަމާ ހެނދުނު ކަންނޭނގެ ގެއަށް އާދެވެނީ،”

ވަފާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އަދިވެސް ބޮޑަށް އޭނާ ލޯގަނޑުން ފަރި ބަލާލިއެވެ. މުޅިން އާމިހަކާއި ބައްދަލުވަތީ އޭނާގެ ހިތް ނުތަނަވަސް ވެފައި ވެއެވެ.

މޯޑް އައީވެސް ސައިކަލުންނެވެ. ވަފާ އުޅޭ ގެކާރިޔަށް އައިސް މެސެޖް ކުރުމުން ތެޅި ތެޅިއޮތް ހިތަކާއެކު ވަފާ ދޮރާށި ކާރިޔަށް ނުކުތެވެ.

ސައިކަލު ބެހެއްޓީ ކާރީގަ ހުރި ފިހާރަ ކާރީގައެވެ.އަދި ވަފާއާއި ދިމާލަށް ހިނގައިގަތެވެ. ވަފާވެސް ދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވައިލުމަށް ފަހު، އިސްޖަހައިގެން މޯޑު އާއި ދިމާލަށް ހިނގައިގަތެވެ. އެނާގެ ހިތުގައި ވަނީ ތޫފާނެއް އުފެދިފައި ކަހަލައެވެ.

‘ރޭގަނޑުއެގާރަޖަހަންދެން އެ ގޭގެ ދޮރު ހުންނަނީ ތަޅުނުލާ. ތި ގޭގެ ގިނަ ބައިތަކުގައި އުޅޭނީ ކުއްޔަށް އުޅޭ މީހުންން.

މޯޑް ވަފާއާއި އަރާހަމަ ކޮށްފަ އެތާ އިން ޖޯލީގައި އިނށީނދެފައި ބުންޏެވެ.

‘ތިކަން އަހަންނަށް އެނގޭ’  ހިނިތުންވެލާފަ ވަފާ ބުނެލިއެވެ. އެދެމީހުންނަށްވެސް އަލަށް ބައްދަލުވީޔޭ ހީނުވެއެވެ. ހީވަނީ ދެކެފަރިތަ ދެމީހުން ހެންނެވެ.

“މީހަކަށް މިތާ ތިއްބާ ފެނިދާނެތީ ބިރު ގަނޭތަ” މޯޑް ވަފާގެ ގާތަށް ބޮޑަށް ޖެހިލަމުން ސުވާލު ކުރިއެވެ.

ވަފާ އާއި މޯޑް އެމީހުންގެ ދުނިޔެއެއްގައި ގެއްލިފައި ވާހަކަ ދައްކަން ތިއްބެއެވެ.

ހިމަފޮދު ވާރޭ ވެހެން އުޅޭހެން ހީވިއެވެ. ކުޑަކޮށް ކަނި ބުރާތީއެވެ.

“ބިރު ގަންނާކަށް ނުޖެހޭނެ. ހިނގާ އަހަރުމެންގެޔަށް ދާން” މޯޑްގެ މިއެދުމަށް ވަފާ އެއްވެސް ދެކޮޅުވެރިކަމެއްނެތި އެއްބަސް ވިއެވެ. ހީވީ މިއީ އޭނާވެސް ބޭނުންވި ގޮތް ހެންނެވެ.

މޯޑް އާއިއެކު ވަފާއޭނާގެ ގެޔަށް ދިޔައެވެ.އެޕާޓުމަންޓުގެ ދޮރަށް ފުރަތަމަ ޖަހައިލި ތަޅުދަނޑިން ދޮރު ހުޅުވުނެވެ. އަވަހަށް އެތެރެއަށް ވަނުމަށް ފަހު ދޮރު ތަޅުލިއެވެ. އަލަށް ދިމާވި މީހަކާ އެކު މިހާގާތް ވެވުނީ ކީއްވެބާވައޭ ވަފާ ހިތާ ހިތާ ކިޔާލިއެވެ. ދިއްލައިފައި ހުރީ ފަނޑު އައްޔެކެވެ. ދޮރުފޮތި ބޯކަމުން އެ އަލި ބޭރަކަށް ނުފެނެއެވެ. އިތުރު ބޮތްކެއް އެމީހުން ނުދިއްލައެވެ. ސިޓިންރޫމްގެ އޭސީ އާއި މޯޑްގެެ ކޮޓަރީގެ ހުރި އޭސީ ޖައްސައިލިއެވެ.. އެތާ ހުރި ކަބަޑަކުން އުއްބަތި ތަކެއްނަގާފަ މޯޑް އެ އުއްބައްތިތައް އެކި ތަންތަނުގައި އަތުރައިލީއެވެ. ހުށިޔާރު ފަންނާނު ވެރި އެއް ހެންނެވެ. ހީވީ އުއްބައްތިނ ‘ލަވް” މިއަކުރު އަޅާލި ހެންނެވެ. ވަފާ ސިޓިންރޫމް ގޮޑީގައި އަރާމުކޮށް ލެނގިލައިގެން މިހަރަކާތްތަށް ބަލަން ހެވިފަ އިނެވެ. . ލެވެންޑާ ވަހުން ވެސް މުޅި ތަން އެއްވަސް ކޮށްލިއެވެ.

އެއީ ހުވަފެނީ ކޮޓަރިއެވެ. އެއީ ހަޔާތުގައި އޭނާ ބޭނުންވި ކަހަލަކޮޓަރިއެކެވެ.  ވަރަށް ރީތިއެވެ. ޖައްސާލި ހިމޭން މިއުޒިކުން އިތުރު ފުރިހަމަ ކަމެއް އެމާހައުލަށް ގެނުވާފައިވެއެވެ.ފުރަތަމަ ލަވައަށް “ޕްލޭ” ކޮށްލަމުން ސޯފާގައި މޯޑް އޮށޯވެލަމުން ލޯމަރައިލިއެވެ.  ހީވީ ފިލްމެއްގެ ތަންކޮޅެއް ހެންނެވެ.

‘އަހަރުމެން ވާހަކަ ދައްކާތާ މިހާރު ހަތަރު އަހަރުވީ. އަހަރެން އަބަދުވެސް ބޭނުންވި ވަފާ މިގެޔަށް ގެންނަން. މިއީ އަހަރެން ވަފާޔަށް ހަދާފަ ހުރި ގެޔެއެއް.” މޯޑް ވަފާއާއި ކާރިޔަށް ޖެހިލާފަ ބުނެލިއެވެ. ވަފާ ހިމޭން ކަމާއެކު އިނެވެ. ހިތާހިތުން އުފަލުންނެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުދެއެވެ. އެ ވަގުތު ގުގުރައިލި އަޑު ދުރުދުރުން އިވުނުހެން ހީވިއެވެ. މޯޑް ހީކުރީ ބިރުން ވަފާ ހަރަކާތެއް ގެންނާނެ ކަމަށެވެ. އެކަމަކު ވަފާ އިނީ ގުޑިވެސް ލާން ނޭގިފައެވެ.

ވާރޭ ވެހެން އުޅޭހެން ހީވެއެވެ. އެވަގުތުގެ އެތަަނަށް އެންމެ އެކަށީގެންވަނީވެސް އެގޮތޭ ވަފާގެ ހިތަށް އެރިއެވެ.. ވަރަށް ފޮނި އުންމީދަކާ އެކުގައި ވަފާ އިނެވެ. ތެދެކެވެ. އޭނާގެ ހިތުގައިވެސް ވަނީ މޯޑް އަށްޓަކައި ލޯތްބެވެ. މިކުޑަ ބައްދަލުވުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސް ދިން ކަހަލައެވެ. . މޯޑް އައިސް ވަފާގެ އަތުގައި ހިފާ ތެދުކޮށްލިއެވެ. އެއާއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ.

އެހިމޭން މިއުޒިކަށް ދެމިހުންވެސް ހަރަކާތް ކުރިއެވެ.  ޑާންސެކޭވެސް ބުނެވިދާނެއެވެ. ވަފާހުރި މޯޑުގެ މިކެރުން ފެނިފަ ލަދުންނެވެ. ނަމަވެސް އޭނާއާއިއެކު އެއްބައިވަމުން ދިޔައެވެ. މޯޑުގެ މޭގައި ވަފާ ބޯއަޅާލިއެވެ. ހީވީ އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ވިހެންނެެވެ. ދެމީހުން އެކުގައި އަނެއްކާވެސް ސޯފާގައި އިށީދެއްޖެއެވެ.

މޯޑް ގެ ޢާއިލާ އަކީ ކޮބާކަމެއްވެސް އަހަރެންނަށް ނޭނގޭ ކޮބާ މިގޭ މީހުން. މިތާ މޯޑް އެކަނި އުޅެނީ ކީއްވެ.” ވަފާ ސުވާލު ކުރަންފެށިއެވެ. އޭރު މޯޑު ކާއެއްޗެތި ތައްޔާރު ކުރުގައި ބުރަކޮށް އުޅުނެވެ. ހިނދުކޮޅަކުން ވަފާވެސް ގޮސް މޯޑް އަށް އެހީވަމުން ދިޔައެވެ.

‘އަހަރެންގެ އަނބިމީހާ އަޒީޒާ ނިޔާވީ އެހެންވެ އަހަރެންގެ ގެފަޅުކޮށް މިއޮތީ.” ހުއްޓިލާފަ ވަފާއާއި ދިމާލަށް އެނބުރިފަ މޯޑް ބުެނެލިއެވެ.

މޯޑްވެސް އިށީދެލާފަ ވަފާއަށް އޭނާގެ ވާހަކަ ކިޔާދޭންފެށިއެވެ. ކިތަންމެ ދުވަހަކު އެދެމީހުން ފޭސް ބުކްއިން ވާހަކަ ދެއްކިޔަސް ފެމިލީގެ މިވާހަކަތަކެއް ނުދައްކައެވެ.

އެއާއިލާގެ ދޮށްޓަށް ތިބި އަންހެންދަރިންނަކީ ޒިންމާދާރު ކުދީންނެވެ. މީހުންނާއި އިދެގެން މުޅިން އެބަޔެއްގެ ފިރިންގެގެޔަށް ބަދަލްވީއެވެ. މޯޑްއަކީ ހުރި ހަމައެކަނި ފިރިހެން ކުއްޖާ ކަމުން މުޅިގެ ހަވާލުވީ މޯޑްއެވެ. މަންމަ ބައްޕަ ވަނީ ނިޔާވެފައެވެ.  .

މޯޑްގެ ސުކޫލް ކިޔެވުން ނާކާމިޔާބުވުމުން އެހެން މަސައްކަތެއް ދަސްކޮށްދެވޭތޯ އުޅުނެވެ.  ހޮޓެލް ސުކޫލްއިން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް އޭނާ ހޯދި އެވެ. މިއަދު އޭނާ ރިޒޯޓްގައި ރަނގަޅު ވަޒީފާއެއް އަދާކުރަނީ އެހެންވެގެންނެވެ. ސަމާޖްގެ ކުރިމަތީ އޭނާގެ އިއްޒަތާއި އަބުރު އޮވެެއެވެ. ވަފާއަކީ ޒަމާނުއްސުރެ އޭނާގެ ހިތުގެ މަލީކާއެވެ. ފޭސްބުކް އިން އެޑް ކުރިއްސުރެ ދެމީހުން ވާހަކަ ދައްކައެވެ. އެޒަމާނުގައި ވަފާއަކީ މީހެއްގެ އަންބެކެވެ. އެކަމަކު މިއަދު ވަފާއަކީ ހުސްހަށިބައި އަންހެން ކުއްޖެކެވެ. އޭނާގެ އެގެޔަށް އޭނާ ގެންނަން ބޭނުންވާ ބަހާރު މޫސުމްވެސް މެއެވެ.

ވާހަކަ ދައްކަމުން ތެދުވެ މޯޑް ހޮޅިބުރި ދިއްލާލުމަށްފަހު ޑައިނިން ޓޭބަލް ކާރީ ރީތިކޮށް ގނޑިތަށް އަތުރާލިއެވެ. އެރޭގެ މުނާސަބަތުގައި މޯޑް ގިނަ ކާނާ ތައްޔާރު ކޮށްފަ ހުއްޓެވެ. އޭނާ އަކީ ޝެފަކަށް ވުމުގެ ފައިދާއަކީވެސް މިއީއެވެ، ކާއެއްޗެތި ކާރީ ތިބެގެން ދެމިހުން އެކަކކު އަނެކަކަށް ބަލާލާފަ ހީލިއެވެ. ފުރަތަމަ ކާއެތިކޮޅު ތައްޓަށް އަޅާފަ މޯޑް ލައްވަ ދިނީ ވަފާގެއެވެ.

“ވަރަށް މީރު” ކޮންމެ އެއްޗެއްކާލަމުން ވަފާބުނެލިއެވެ.

ވަރަށް ހަމަޖެހިލައިގެން ކެއުމަށްފަހު މޯޑް ވަފާ ގެނެސްއޭނާ އުޅޭ ގެޔަށް ލިއެވެ. ވަރަށް ގިނަ ޢަހްދުތަކަކާއި ޥަޢުދުތަށް ދެމީހުންވެސް ވިއެވެ. މާލެއިން ބައްދަލުވުމަށެވެ.

ދަތުރު ނިންމާލުމަށްފަހު ވަފާ މާލެއައީ ޖެހިގެން އައިދުވަހުއެވެ.

މަންމަ އޭނާއާއި ދިމާލަކަށް ފާޑަކަށް ބަލާލިއެވެ. ވަރަށް މާނަ ފުންބެލުމެކެވެ.

މަންމަ ދައްކަމުން ދާ ވާހަކަ ޔަކީ އޭނާގެ ކައިވެނީގެ ވާހަކައެވެ. އެކަމަކު އަދި މަންމަ މެން ކާރީ މޯޑްގެ ވާހަކަ ބުނަން މާއަވަހޭ ވަފާ ހިތަށް އެރިއެވެ. އެހެންނޫނަސް މޯޑް މާލެއައިސް މަންމަ މެންނާ ބައްދަލު ކުރާނެއެވެ. ވީއިރު އަވަސް އަރުވާލުމެއްގެ ބޭނެމެވެސް ނެތްތާއެވެ.

ދެދުވަހެއްގެތެރޭ މޯޑް މާލެ އައެވެ. މަންމަޔާއި ވަފާގެ ދަރިފުޅު މާހާ އާއި ބައްދަލު ކުރިއެވެ. ފުރަތަމަ ނަޒަރުން މަންމަ މެންނަށް  އޭނަ ކަމުދިޔައެވެ.ރަސްފަންނު ބަގީޗާއަށް އޭނަ ދިޔައީ ވަފާމެން އެންމެން ގޮވައިގެންނެވެ. މެންދުރު ގަޑީ އަނބު މަޖާ ހަދައިގެނއާރޓިފިޝަލް ބީޗަށް ވެސް އެމީހުން ދިޔައެވެ.  އެދުވަހަކީ ޗުއްޓި ދުވަހެއްކަމުން މުޅި ދުވަސް ވަފާއަށް މޯޑް އާއި އެކު ހޭދަ ކުރެވުނެވެ، ކޮންމެ ތާކަށް އެމީހުން ދާއިރުވެސް އެންމެ ގާތުގައި ހުންނަނީ މާހާއެވެ. ފުރަތަމަ ދުވަހު ރުޅިން އަނގައިން ބުނަން ނުކެރިފައި ހުރި ކުއްޖާ ޖެހިގެން އައި ދުވަހު މޯޑްކައިރިން ދުރަށް ނުދެއެވެ. މާހާ ހުންނަނީ މޯޑް އާއި ހެދި މޮޔަވެފައެވެ. ކައިރީ ހުރިއްޔާ އޭނަ ހުންނާނީ މޯޑްއަތުގައި ހިފައިގެންނެވެ. މިމަންޒަރުން ވަފާއަށް އުފާތަކެއް ހާސިލް ވިއެވެ.

މޯޑް މިހާރު އެގޭގައި އުޅެނެ ފެށިއެވެ. މަންމަމެންގެ އެދުމުގެ މަތިންނެވެ. ރިސޯޓް އޮފްޑޭއަށް އައިސް ކުރިން އޭނާ ހުންނަނީ ކުއްޔަށް ކޮޓަރި ހިފައިގެންނެވެ. މިހާރު ހުންނަނީ ވަފާމެން ގޭގައެވެ. .

މެންދުރު އޮފީހުން އައިގޮތަށް ވަފާ އޭނާގެ ކޮޓަރިއަށް ގޮސް ޖައްސާލިއެވެ. މިއަދު މޯޑް އަންނަ ވާހަކަ ބުނެފަ އޮތީމާ އަވަހަށް ނިދާލާފަ ހަވީރު ތެދުވަން އޭނާ ބޭނުމެވެ. މޯޑް އައުމަށްފަހު ދާންޖެހޭ ތަންނަނާއި ކުރަންޖެހޭ ކަންތަށް ހިތުން އޭނާ ރާވާލިއެވެ.  ހަވީރު ވާން ކައިރިވެފަ ހުއްޓާ ވަފާއަށް ހޭލެވުނީ ކޮޓަރިއަށް މީހަކު ވަން އަޑަށެވެ. ސިއްސައިގެން ގޮއްސައި ތެދުވެވުނެވެ. ބޮކިއަލީގެ ފަނޑު އަލި ތެރެއިން ކާކުކަން ވަކި ކުރާކަށް ނޭނގުނެވެ. ކޮޓަރިއަށް އައިމީހާ ވަފާގެ އަނގަމަތީ ހިފެހެއްޓިއެވެ. ސިއްރު ކަންފަތް ދޮށުގައި އެއީ ކާކުކަން ބުނެދިނެވެ. އާއެކެވެ. އެއީ އޭނާ އިންތިޒާރު ކުރަމުން އައި އޭނާގެ ރަސްގެފާނެވެ،

ސިއްސަގެންދިޔައީދޯ. އަހަރެންނަށް އަވަހަށް ދަތުރެއް ލިބުނީމާ އައީ. މާހާވެސް އެބައުޅޭ ބޭރުގަ އޭނާ ހައްދާލާފަ މަ މިވަނީ” ހެމުން ހެމުން މޯޑް ކިޔާދިނެވެ.

“ވަރަށް މޮޅު.. ހުރޭ ތައްޔާރުވެލާނަން އަހަރެން އޮންނާނެ ކުރަންޖެހޭ މަސައްކަތުގެ ތާވަލް ލިޔެފަ އޮފީސް މޭޒުމަތީ ބާއްވާފަ ދޭ ބަލާލަން” ވަފާ އެނދުން ތެދުވަމުން ބެނެލިއެވެ.

އެވަފުތަކީ ލިއުޝާވެސް އެގެޔަށް އައިވަގުތެވެ. ވަފާއަށް ގޮވަމުން ސީދާ ވަފާގެ ކޮޓަރިއަށް އައެވެ. މޯޑް އެކޮޓަރީގައި އިންތަންފެނުމުން ސޮރީ އޭބުނަމުން އޭނާ ދޮރުލައްޕާ ލިއެވެ. އެވަގުތު މޯޑްވެސް ބޭރަށް ނިކުތެވެ. ފަހަތުން ވަފާވެސް ނިކުތެވެ. އަދި ލިއުޝާއަށް މޯޑް އިންޓުރޮޑިއުސް ކޮށްދިނެވެ. ދެމީހުން ސަލާމް ކުރިއެވެ. މޯޑްވީ ލިއުޝާވެސް ދަންނަ މީހަކަށެވެ. ކުޅުދއްފުޢްޓަކީ ކުޑަ މާލެއޭ މިހުން ބުނާތީ ލިއުޝާ ވަނީ ތަފާތު ފަހަރު ފަހަރު ގޮއްސަ ޔޯލައެވެ. އެއިން ކޮންމެވެސް ދުވަހެއްގައި ދިމާވެފައި ހުރީއެވެ. އެކަމަކު ގާތް ކަމެއް ނެތެވެ.

“ދެން މިގޭގައި އޭނާ ކީއްކުރަނ”ީ ލިއުޝާ އަހާލިއެވެ

ޖަވާބުގައި މޯޑް އާއި ވަފާވެސް ހީލިއެވެ.

“ރިސޯޓުން އޮފް ލިބޭދުވަސް ދުވަހު އޭނާ ހުންނަނީ މިގޭގައި” އެވަގުތު ވަފާގެ މަންމަ އެތަނަށް އާދެވިގެން އެމީހުންގެ ވާހަކަޔާއި ބައިވެރި ވެލިއެވެ.

ލިއުޝާ އާއި ވަފާ އެކުގައި ހަވީރު ސައި ބުއިއެވެ. ލިއުޝާ ގަނެގެން ގެނައި ހެދިކާއާއި އެކުގައެވެ.

ނޭނގި ހުއްޓާމޯޑްގެ  ޗުއްޓި ނިމުމަކާއި ކައިރިވިއެވެ. މިފަހަރު މޯޑް އައީ 8 ދުވަސް ނަގައިގެންނެވެ. އެމީހުން ބޭނުންވީ އެންގޭޖް މަންޓު ކަންތަށް ފުރިހަމަ ތައްޔާރީތަށް ކުރާށެވެ. ވަފާއެކަނި އެ ކަންކަން ކުރިއަށް ގެންދަން އެހާ ބުރަކޮށް އުޅެން އޭނާ ބޭނުން ނޫންކަހަލައެވެ. އެެއްބަޑު އެއްބަފާ މީހެއް ހެން ލިއުޝާވެސް އެމަސައްކަތުގައި އަތު އޮޅާފައި ހުއްޓެވެ. ދާނެޖެހުނު ކޮންމެ ތަނަކަށް ވަފާއާއި އެކު އޭނާ ދިޔައެވެ. އެމީހުން އާހެދުން ގަތެވެ. ގަހަނާ ފިހާރަތަކުން ދެމީހުންގެ އަތުގައި އަޅަން ރީތި އަނގޮޓި ގަތެވެ. މޯޑް ޙަރަދު ކުރީ އަމިއްލަ ޖީބުންނެވެ. ވަރަށް ދީލަތި ކަމާއެކުގައެވެ. މާހާ އަށާއި ފިރިހެން ދަރިފުޅު ޒައިދުއަށް ވެސް  އާހެދުން ގަތެވެ.

އެދުވަސްތަކުގައި ޝުއައިބުވެސް އާއިލާ މިހެއް ހެން އެގޭގައި އުޅެއެވެ. އޭނާ މޯޑް އާއި މެދު ގޮތަކަށް ހަސަދަވެރިވާހެންވެސް ހީވެއެވެ.  ދުވާލު ހަތަރު ދަމާއި ރޭގަޑުވެސް ވަރަށް ދަންވަންދެން ތާސް ކުޅެން އެގެގައި އެމީހުން ހޭދަކުރެއެވެ. ތަފާތު ފަހަރު ވަފާއާއި ކައިރިވޭތޯ އުޅެއެވެ. އެކަމަކު މޯޑް ހުންނާތީ މާގިނަ ފުރުސަތެއް އޭނާއަށް ވަފާއާއި އެކަނި ބައްދަލުކޮށްލާކަށް ނުލިބެއެވެ. ޝުއިއިބުގެ އެވިސްނުން ވަފާއަށް ސިއްރެއް ނުވެއެވެ. އެހެނަސް ވަފާއެއްވެސް އިރެއްގަ ޝުއައިބުގެ އެ އެދުމަށް ޖަވާބެއް ނުދެއެވެ. އަދި ކަނޑައޅިގެން އެއްވެސް ވަގުތެއް ޝުއައިބުއަށް ނުދެއެވެ.

މޯޑް އަށްޓަކައި ވަފާގެ ހިތުގައިވަނީ ސާފު ލޯތްބެވެ.ތެދުވެރި ކަމެވެ. މިއީ ދިވެހި އަންހެންކުދިންގެ ގޮތެވެ. އަންހެނާގެ ދެވަނަ ނަމަކީ ވަފާތެރިކަމެވެ. އަންހެނަކު ލޯބިވާނީ އެންމެ ފަހަރަކު އޭވެސް ބުނެވިދާނެއެވެ.  ފިރިމީހާނިޔާވުމަށްފަހު އޭނާއާއި މާހާގެ ހަޔާތަށް އައި ފުރަމަތަ މީހަކީވެސް މޯޑުއެވެ.  އޭނާގެ ފިރިހެން ދަރިފުޅު އުޅެނީ އަބަދުވެސް ދުރުގައި ކަމުން މާބޮޑު ހިއްސާއެއް އޭނާގެ ނޯވެއެވެ. އެކަމަކު މޯޑް އާއި އެދަރިފުޅުވެސް ވާހަކަ ދެއްކިއެވެ. ވާފާގެ ވިސްނުން ހުރިގޮތުން ޝުއައިބު ވަރަށް ދެރަވިއެވެ. އޭނާއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫންކަން އެނގި ހިތްހަލާކުވާކަހަލަ ތަފާތު ލަވަ އެކި ހަފްލާތަކުގައި އޭނާ ކިޔާލިއެވެ. ތާސްކުޅެން ތިބޭ ގަޑީގަވެސް ލަވައިގެ ތަންތަން ކޮޅު ކިޔާލައެވެ. ގިނަފަހަރު ޖަވާބުދެނީ ލިއުޝާއެވެ.

ވަފާގެ އުފަންދުވަހު  އެމީހުންގެ އެންގޭޖް މެންޓު ވެސް ބޭއްވީއެވެ. އެގޭގައި ހަފްލާއެއް ދެމުނާސަބަތަށް ހަމަ ޖެއްސީއެވެ. ކެއުމުގެ ފަހުން ޝުއައިބު ލަވައެއް ކިޔާދޭގޮތަށެވެ.

“އެއީ ތެދެއް ލަވައެއް ކިޔާދީފާނަންތަ؟” ވަފާ ޝުއައިބު ކާރިން އަހާލިއެވެ. އެވަގުތު މޯޑް އައިސް ގިޓާ ޝުއައިބުގެ އަތަށް ދިނެވެ. ޝުއައިބު އެއްފަހަރު ގިޓާއަށް އަނެއްފަހަރު މޯޑުއަށް އަނެއްފަހަރު ވަފާއަށް ބަލާލިއެވެ.މިބަލާލުމުގައި ވަނީ ހިތާމަޔާ ހިތްދަތި ކަމެވެ. ފުން އާހް އަކާއެކު އޭނާގެ އަތުން ގިޓާގެ ހިމަ ނަރުތަކާއި ކުޅެން ފެށިއެވެ. ވަރަށް ހުނަރުވެރިކަމާއެކުގައެވެ.

އިންތިހާޔަށް ހިތާމަވެރި މިއުޒިކެއްގެ އަޑު ފެތުރިގެން ދިޔައެވެ. މޯޑް ވަރަށް މާނަވީ ގޮތަކަށް ވަފާއަށް ބަލާލިއެވެ. ވަފާއިސްދަށަށް ޖަހާލިއެވެ. އަދި ލިއުޝާ  އާއި ކައިރިވެލިއެވެ. މޯޑް ކާރިގަ ހުންނަންވެސް އޭނާއަށް އުނދަގޫވިކަހަލަ އެވެ.  ދެކުދިން ޒައިދު އާއި މާހާތިބީ މޯޑް ކާރިގައެވެ، މާހާއެކޭ އެއްގޮތަށް ޒައިދުވެސް މޯޑް އާއި ވަރަށް ގަޔާވެއެވެ. އަބަދު ކާރީ ހުރެއެވެ.

ޝުއައިބު ލަވަފެށިއެވެ.

ޝުއައިބު:  އަހަރެންގެ ހިތުގެ އަޑު ފޮރުވާކަށް އަހަރެންނަށް ނޭނގުނެވެ.

އަހަރެންގެ އަޑު ކަލާއަށް އިއްވާކަށްވެސް އަހަރެންނަށް ނޭގުނެވެ.

އަހަރެންގެ ހަޔާތުން އަހަރެންނަށް ލޯބިވެވުނީ ކަލާދެކެކަން ބުނެދެވޭނީ ކިހިނެއްހެއްޔެ.

އަހަރެންގެ ހިތުގެ އަޑު ފޮރުވާކަށް އަހަރެންނަށް ނޭނގުނެވެ.

އަހަރެންގެ އަޑު ކަލާއަށް އިއްވާކަށްވެސް އަހަރެންނަށް ނޭގުނެވެ.

އަހަރެން ކަލާގެ ނަމުން އަހަރެންގެ އަތުގެ ރޮނގުތަކުގައި ލިޔެފަ ކަލާ ފެންނައިރަށް އެނަން ފޮހެލަނީއެވެ

އަހަރެން ކިހާނަސީބުދެރަ ހެއްޔެވެ. މިވަހަކަވެސް ބުނަން އަހަރެންނަށް ނޭގުނެވެ.

މިއީ އަަހަރެން ކަލާދެކެ ވާލޯބިކަން ބުނެދޭކަށް އަހަރެންނަށް ނޭނގުނެވެ.

ކަލާދެކެ ލޯބިވުމަށްފަހު އަހަރެން އެލޯބި ކަލާއަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ

ތުންފަތާއި ހަމަޔަށް މި ވާހަކަ އާދެއެވެ. އެހެނަސް ކަލާއަށް ހާމަ ކޮށްދޭން އަހަރެން ލަދު ގަތެވެ.

ލޯބިވުމަކީ ކޮބައިކަން މީހަކު އަހަރެންނަށް ދަސްކޮށްދޭނެ ނަމައޭ މިއަދު ހިތަށް އަރައެވެ

ދެން އަހަރެންގެ ޢުމުރު ފަނާވާނީ މިހެންނެ. ސިއްރުން ކަލާދެކެ ލޯބި ވުމުގައެވެ.

އުފާވެރިކަމާއި ހިތާމަޔާ އެކު ހަފްލާ ނިމިގެން ދިޔައީ ޝުއައިބުގެ މިލައިންނެވެ. ލަވަނިންމާފަ ޝުއައިބު ވަނީ ގޭރެއަށެވެ. ތައުރީފްގެ އަޑު އަހަންވެސް އޭނާ ބޭނުންނުވީ ކަހަލައެވެ. ނޫނީ އޭނާގެ ކަރުނައިން ފުރިފައިވި ލޯ އެއްވެސް މިހަކަށް ދައްކާ އިތުރަށް ބޭޒާރުވާން އޭނާ ބޭނުންނުވީ ކަހަލައެވެ. ވަފާ ހުރީ ހިމޭންކަމުގެ ބުދެއް ހެންނެވެ.

ދެދުވެއްގެ ތެރޭ  މޯޑްވެސް ކިޔަވަންދާން އޫކޭ އަށް ފުރީއެވެ. 2 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަފާކާރީ ތަފާތު ވައުދުތަށް ކުރުވާފައެވެ. އެނބުރި އައިސް ކައިވެނި ކުރަން ނިންމާފައެވެ. މިފަހަރު ކައިވެނި ލަސްކުރަންޖެހުނީ އެކޯހުގެ ސަބަބުންނެވެ.

މޯޑް އާއި އެކު ވާފާގެ ދަރިފުޅު ޒައިދުވެސް ފުރީއެވެ. އޭނާގެ ވެސް ޗުއްޓީ ނިންމާފަ ޖޮބަށް ދާށެވެ. އެއީ ބަސް އަހާ ރަނގަޅު ކުއްޖެކެވެ. ވަފާއަށް ވަރަށް އޯގާތެރިއެވެ. މަންމަދެކެ އިންތިހާޔަށް ލޯބިވާ ދެކުދިންނެވެ.

މޯޑް އާއި ޒައިދު ފުރުމުން ވަފާ މުޅިން އެކަނިވިއެވެ. މާހާއާއި ލިއުޝާ ކާރީގަ ތިބޭއިރުވެސް އޭނާ އަށް އެކަނި ވެރިކަން އިހްސާސް ވަނީއެވެ. ދެ އަހަރު މޯޑް ނެތި އޭނާ ހޭދަ ކުރަން ޖެހެއެވެެ. ހުސްވަގުތުތައް އޭނާ ދޭން ފެށީ މާހާާއަށެވެ.  އެދުސްކޮޅަކީ ވަރަށް ކައިރި ކަރިހެން ޝުއައިބް އެގެޔަށް އަންނަ ދުވަސްކޮޅެކެވެ. ބައެއްފަހަރު ވަފާއާއި ގޭގެ މިހުން ނުތިބޭ ގަޑީގަވެސް އޭނާޔަށް އެގެޔަށް އާދެވެއެެވެ.  ގާތްގަޑަކަށް މަހެއް ހާދުވަހު މިކަހަލަ ގޮތަކަށް ދުވަސް ހޭދަވިއެވެ.

މާހާގެ އުޅުން ކުޑަކޮށް ބަދަލުވާހެން ވަފާއަށް ހީވިއެވެ. އެމަންޖެ އެކަނި އިންނަ ވަގުތު ގިނަވިއެވެ. ކުޅެ މަޖާ ކުރުމުގެ ބަދަލުގައި ފިކުރު ކުރަން އިންދާ ފެންނަން ފެށިއެވެ. އެމޫނުގެ އުޖާލާކަން ކެނޑި މޫނުމަތިން ބަލި ފާޑު ޖަހާލައިފިއެވެ. އެމައުސޫމް މޫނުގައި ނޭނގޭ ވާހަކަ ތަކެއް ހުރިހެން ވަފާއަށް ހީވާން ފެށިއެވެ. އެއީ މަންމަޔަށް ވީމާ ހީވާގޮތް ބާވައެވެ. ނޫނީ މޯޑު ފުރައިގެން ދިޔާމާ މާހާ މާދެރަވީ ބާވައެވެ. ތަފާތު އެތަށް ޙިޔާލު ތަކުން އޭނަގެ ހިތާއި ސިކުނޑި އުދާސް ކުރުވަމުން ދިޔައެވެ.

ރިސޯޓަށް ދިޔަފަހުން ޒައިދުގެވެސް ޙަބަރެއް ނުވެއެވެ. ހަމައެކަނި ވަފާފޯނު ކޮށްފިޔާ ގުޅެއެވެ.  އޭނާ މާބިޒީ ވަނީޔޯލައެވެ. މާހާހުންނަނީ މާހިމޭންކޮށެވެ. ކުރީގަ އޭނާގައިގަ ބައްދާހެން ބައްދާލާކަށް ކައިރިޔަށްްވެސް ނާދެއެވެ. އެކަނި ނިދަން ބިރުން އުޅޭހެން ހީވާ ފަހަރު ދެއެވެ. ސީރިއަސް ނަޒަރަކުން މާހާގެ ކަންތަކަށް ބަލަން ފެށުނީ އޭގެ ފަހުންނެވެ. ހިތަށް އެރިއެވެ. އަނެއްކާ ވަފާއަށް މާހާ މާދުރުކޮށްލެވުނީ ބާވައެވެ. އަނެއްކާ މާހާއަށް ކޮންމެވެސް  އުނދަގުލެއް ވަނީ ބާވައެވެ.  މޯޑް އާއި ގުޅައިގެން މާހާލައްވާ ވާހަކަ ދެއްކުވިއެވެ. އެހެނަސް މާހާގެ ހިމޭންކަން ދިޔައީ ހައްތާ އެގޮތަށެވެ. ތަފާތު ގޮތްގޮތަށް ވަފާ މާހާގެ ކަންތަކާއި މެދު ވިސްނަމުން ދިޔައެވެ. އެހެނަސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ.  ތަފާތު ވަހުމުތަކުން އެނާގެ ސިކުޑި ހާސްކުރުވަމުން ދިޔައެެވެ.  .

ޝައްކު ޔަޤީން ކުރުމަށްޓަކައި ފޯނުން ޝުއައިބުގެ ފޮޓޯއެއް މާހާއަށް ދެއްކިއެވެ. މާހާ އެވަގުތު ފޯނު އަތުލާފައި ޖެހީ ބިމަށެވެ. ވަަފާ ދިޔައީ ސިއްސައިގެންނެވެ. ވަފާ އަށް އިތުރު ހަރަކާތެއް ނުގެނެވެނީސް ބަލާލިއިރު މާހާ ގިސްލަގިސްލާފަ ރޮނީއެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ވަފާ ކެތްމަދުވިއެވެ. މާހާ އެހާ ރުޅިއެއް ޝުއައިބު އެއީ މަންމަ މާގާތް މީހަކަށް ވާތީ ބާވައެވެ. ނޫނީ ޝުއައިބުގެ ކޮންމެވެސް ހަރަކާތަކުން ބާވައެވެ. ފުރަތަމަ ދުވަހުން ފެށިގެން މާހާ ޝުއައިބުއާއި ގަޔާ ނުވާކަން ވަފާއަށް އޮތީ އެނގިފައެވެ. ކުރީމަހު ވަފާގެ އުފަންދުވަހު ޝުއައިބު ލަވަކިޔާ ހެދި އިރުވެސް މާހާ މާދުރުގަ ހުއްޓެވެ. އޭނާގެ ދޮންބޭބެ ޒައިދުގެ އަތުގައި ހިފައިގެންނެވެ. ވަފާ ކާރިޔަށް އައިސް މާހާ ބުނީ “އެއްވެސް ރީއްޗެއްނޫން” މިހެންނެވެ. މިކަމާ ހުރިހާ މީހުން މަޖާވެގެން ހުނެވެ. އެކަމަކު އެހެން އެންމެން އެލަވަޔަށް ތައުރީފް ކުރިއެވެ. ވަފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އެއްވެސް ކަމަކާ ނުލާ މީހަކަށް ރުޅިއަންނާކަށް ނުވާނެއޭ ކިޔާ މާހާ ޝުއައިބުއާއި ވާހަކަ ދައްކާތޯ ވަފާ މަސައްކަތް ކުރިއެވެ. އެއްވެސް ތަނަކަށް ވެސް ޝުއައިބު ދަންޏާ މާހާ ނުދާނެއެވެ.  މިކަން ވަފާއަށް މިއަދު ނޯޓިސް ކުރެވުނެވެ، ވާހަކަ ދައްކާ އުޅެނީވެސް ވަރަށް ދުރުންނެވެ. މާހާ މިހާ ރުޅިއެއް އައީ ކިއްވެ ބާވައެވެ. ވަފާ ހިމޭންކަމާއެކު އެނާގެ ދަރިފުޅު ނަގާ އޭނާގެ މޭގައި ލައްކޮށްލިއެވެ. އެއީ މައިވަންތަކަމުގެ ލޯތްބެވެ. ދުނިޔޭގެ ހުރިހާ ލޯތްބަކަށް ވުރެ މަތިވެރި ލޯތްބެކެވެ. އެއީ ރައްކާތެރި ކަމެވެ. އެއީ މިސާލެއް ނެތްފަދަ ގާތް ގުޅުމެކެވެ. ވަފާ ނުހަނު ލޯބިން މާހާގެކަރުނަ ފޮހެދިނެވެ. އެހެނަސް އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ ސުވާލު ކުރަން އެންމެ މުނާސަބު ވަގުތު ނޫންކަން ވަފާއަށް އެނގެއެވެ. ދަރިފުޅު ހަމަޖެހުމުން އޭނާ އެދަރިފުޅާ ސުވާލު ކުރާނެއެވެ. އަދި އެފުން ކަނޑުގެ އަޑިޔަށް އޭނާ ފީނާނެއެވެ. އެދަރިފުޅުގެ ހިތުގައި ވާއެއްޗެއް އޭނާ ހޯދާނެއެވެ.  އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އަންހެންދަރިންގެ އެންމެ ގާތް އެކުވެރިޔަކަށް އަބަދުވެސް ވާންޖެހެނީ މަންމަކަން މާހާއަށް އޭނާ ކިޔާދޭނެއެވެ.މިއަދާއި ހަމަޔަށް ވެސް އެދެމައިންގެ ގުޅުން އޮތީ އެހެންނެވެ، ވީއިރު މިއަދު އެމީހުން ދުރުވެދާނެ ހެއްޔެވެ. އަދި މާހާގެ ހިތުގައި ފޮރުވިފައިވާ ހިތާމަ އޭނާ ފޮހެދޭނެއެވެ.

އެރޭ ނިދަން މާހާ އައީ ވަފާ ކޮޓަރިއަށެވެ. ބުލެންކެޓްތެރެއަށް ވަދެ ދެމީހުން ވަރަށް ސަމާސަ ކުރިއެވެ. އޭސީ އެންމެ ފިނިކޮށްލިއެވެ. މާހާއަށް ބޭނުންވަނީ ހަމައެކަނި މަންމަގެ ބީހުމެވެ. މައިވަންތަ ކަމުގެ ހޫނެވެ. ލޯތްބެވެ.

“ދަރިފުޅު އެއްވެސް ކަމަކާ ބިރުގަންނަނީތަ؟” ވަފާ މާހާ އޭނާޔާއި ބޮޑަށް ކާރި ކޮށްލުމަށްފަހު ކަންފަތްދޮށުގައި އަހާލިއެވެ.

އެސުވާލުގެ ޖަވާބު ހިމޭންކަމާއެކު މާހާ މަންމަގެ ގައިގާ ބޮޑަށް ބައްދާލީއެވެ. ހީވަނީ މަންމާއޭ އަހަރެން ދޫކޮށްފަ ނުދާށޭ ބުނެލިހެންނެ. .ދެތެކެވެ. މިދިޔަ ދުވަސްތަކުގައި އޭނާއަށް އޭނާގެ މަލެއްފަދަ ދަރިފުޅާއި މެދު ފަރުވާކުޑަކޮށްލެވުނެވެ. ހުރިހާ ރުޅިއެއް ހިތުގެ އަޑިން އޭނާއައީ މޯޑްދެކެއެވެ.

“މަންމާ އަހަރެން ވަރަށް ބިރުގަނޭ….” މިހެން ބުނަމުން މާހާ ރޯންފެށިއެވެ.

ދެމައިންގެ ލޮލުންވެސް ހޯސްލާފަ ކަރުނަ ފައިބަންފެށިއެވެ. އެކަމަކު މިއަދަކީ ވަފާ ކަރުނަ އަޅަންވީ ވަގުތުކަން އޭނާ އަވަހަށް ސަމާލު ވެލުމަށްފަހު ދެނެގަތެވެ. އަދި ހިތްވަރުކޮށްފަ އޭނާގެ ކަރުނަ، އަތުގެ ނުފުށުން ފޮހެލިއެވެ. އަދި ލޯތްބާއެކު މާހާގެ މޫނު ނަގާފަ ނިންމަތީ ބޮސްދިނެވެ.  އަދި މާހާގެ ލޮލުން އައިސް ހުރި ކަރުނަ ފޮދިނެވެ. ލޯބިންނެވެ.

އާއެކެވެ. ހަމަ މިގޮތުގައި މަންމަ އަބަދުވެސް ދަރިފުޅާއެކު ވާނަމޭ ބުނާ އުސޫލުންނެވެ. މާހާ ވާހަކަ ކިޔާދޭން ފެށިއެވެ. ހަނގުރާމަޔަކުން ކާމިޔާބު ލިބުނު ކަހަލަ އިޙްސާސެއް ވަފާއަށް ކުރެވުނެވެ. މާހާގެ ޅަބަހުރުވައިން ގިނަ ވާހަކަތަށް އޭނާއަށް ކިޔާދިނެވެ. ކޮންމެ ވާހަކައެއް ބުނަމުން ވަފާގައިގާ ބާރަށް އޭނާ ހިފެހެއްޓިއެވެ. މާހާގެ ކޮންމެ ވާހަކަޔަކުން ހީވީ ފުންކަނޑަކަށް އޭނާ ގެނބުނުހެންނެވެ. މާހާއި މެދު ފަރުވާކުޑަކޮށްލެވުނީތީ ހިތުގެ އަޑިން އޭނާ ހިތާމަ ކުރިއެވެ. އެކަމަކު މާހާގެ ހިޔަނިހެން އަބަދުވެސް މާހާ ކާރީ ހުންނާނަމޭ ބުނެ އޭނާ ވަޢުދު ވިއެވެ. އެރޭ އެދެމައިން ނިދީ ހިތްހަމަޖެހިގެންނެވެ.

“ބަލަ ދަރިފުޅާ މިގޭގަ ހުރި ބީރައްޓެހިސޮރު ގޮއްސި ރޭގަ ނުވެސް ބުނެ”  ހެނދުނު ސައިގަޑީގަ  މަންމަ އައިސް މިދިން ޙަބަރުން މާހާއާއި ވަފާއަށް ލިބުނީ އުފާވެރި ކަމެކެވެ. އޭނާ ނުގޮސް ހުރިނަމަ ޙުދު ވަފާ އޭނާ ގެއިން ނެރެލީމުހެވެ.  ދެމީހުންވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.. އޭނާ އެގެއިން ދިޔުމަކީ އެންމެ މަސްލަހަތު ރަނގަޅު ކަންކަމުގައި ވަފާވެސް ހިތާހިތާ ކިޔާލިއެވެ.

. އޭގެ މަހެއްހާ ދުވަސްފަހުން މާހާާ މާބޮޑަށް ހޮޑުލައި ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދެވުނެވެ. ޓެސްޓްގެ ނަތީޖާ ދެކެފައި  އެންމެން ތިބީ ޝޮކެއްގައެވެ. މާހާ ރަހިމްގެ މައްސަލަ ޖެހުނީއެވެ. އަދި އެނާއަށް ވީ ހަތް އަހަރެވެ. ޑޮކްޓަރުގެ ވަފާއާއި ބައްދަލުކުރިއެވެ. އަދި މާހާއަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާ ކިޔާދިނެވެ. ވަފާ އޭނާގެ ކަންފަތުގައި އަތްއަޅައިގެން ޑޮކްޓަރުގެ ކޮޓަރިން ބޭރަށް ނިކުތެވެ. ކުރިމަތިން މަންމަ ފެނުމާއެކު… ދުވެފަގޮސް މަންމަގައިގަ ބެއްދިއެވެ

ވަފާ އޭނާގެ މަންމަގެ ގައިގާ ބައްދައިގެން ކުޑަކުއްޖެއްހެން ރޯންފެށިއެވެ. އައިސީޔޫ ތެރޭ މާހާވެސް ރޮނީއެވެ.

“މާހާއާއި މެދު އިހުމާލުވީ އަހަންނެވެ.. މަންމާއެވެ. އަހަރެންގެ މާހާ…”. ރޮމުން ރޮމުން ވަފާ އަށް ވާހަކަވެސް ނުދެއްކުނެވެ.

ޝުއައިބު އޭނާގެ އަތުން ބަދަލު ހިފީއެވެ، އެއްވެސް ކުށެއްނެތް މަޢުސޫމް ކުއްޖަކު އޭނާގެ ޝިކާރަޔަކަށް ހަދާލީއެވެ. ޝުއައިބު  ބޭނުންވީ ވަފާއާއި ގުޅުން ބަދަހި ކުރާށެވެ. އެކަމަކު އެފުރުސަތު އޭނާއަށް ނުލިބުނީ އެދުވަސްކޮޅު މޯޑު އެދެމެދަށް އައުމުން އެވާހަކަ ނުދެއްކުނީއެވެ. ހަމަ އެކަނި  އެއެއްވެސް ނޫނެވެ. ވަފާ އެއްއިރެއްގަވެސް ޝުއައިބުއާއި ގަޔާނުވެއެވެ. އޭގެ ބަދަލުގައި ވަފާގެ ފަރާތުން ބަދަލު ހިފުމަށް އެގެޔަށް އައިސް އޭނާ މި ނަގާލީ ވަފާގެ އެންމެ އަގުބޮޑު ޖައުހަރުގެ އިއްފަތްތެރި ކަމެވެ. .

އޭނަ ފުރަތަމަ އައި ދުވަހުއްސުރެ ލޯ ހުރީ މާހާއަށެވެ. މިކަން ވަފާއަށް އިހްސާސް ނުވީ ކީއްވެބާވައެވެ. ވަފާ ނުލިބޭެނެކަން އެނގޭތީ އިތުރަށް މާހާގެ ސަބަބުންވެސް ވަފާ ކާމިޔާބު ވެދަނެއެ އޭނާ ހީކުރީއެވެ. އެހެނަސް އެހެންވެސް ނުވީއެވެ.

މަންމަ އާއި ބައްޕަ ނެތިސް ގޭގައި އެދެމީހުން ބަހައްޓާފައި ވަފާ ކިތަންމެ ފަހަރަކު ބޭރަށް ގޮއްސައި ހުންނާނެއެވެ. އެކަމަކު މިފަދަ ކަމެއް މާހާއާއި މެދު ހިނގާކަން ޝައްކަކަށްވެސް އޭރުގަ ވަފާއަށް ހީކުރެވިފައެއް ނެތެވެ. މާހާގެ އިޙްސާސް އޭނާއަށް އިހްމާލް ވެވުނީ ކިއްވެބާވައެވެ. ހުރިހާކަމެއް ބޮއްސުން ލައިގެން ދިއައީ މޯޑް އާއި އޭނާ މާގަޔާވިމައެވެ. މީގެ ފަހުން ދެން އޭނާ މޯޑްއާއިވެސް ވަހަކަ ނުދައްކާނެވެ.  ކުށްވެރިޔަކުހެން އޭނާއަމިއްލަޔަށް އަދަބުލިބިގަތް ކަހަލައެވެ.

މާހާ ފަދަ ކުއްޖަކަށް ޝުއައިބު ފަދަ ޝައިތާނީ މީހެއްގެ ޝިކާރައަކަށް ވެދާނެކަން ކުރިން ވަފާއަށް ނުވިސްނުނީއެވެ.އެއްވެސް މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ، މާހާ، އެންމެ މަންމެގެ ފަރާތުން ބޭނުންވި ހިމާޔަތާއި ލޯބި ނުދެވުނޭ އޭނާގެ ހިތަށް އެރިއެވެ.މިއަދު އޭނާއަކީ އޭނަގެ ނަޒަރުގައިވެސް ކުށްވެރިއެކެވެ.  ދެންވެސް އޮތީ ރުއިމެވެ، އާއެކެވެ. ވޭނީ އުދާސް ތަކެވެކެވެ. މާހާގެ ކުށަކީ ކޮބާހެއްޔެވެ؟. މަޑުމަޑުން އޭނާ އޭނާގެ ފޮތްލައްޕާލިއެވެ. މިއަދު ބޭނުންވާހިސާބަށް ލިޔެވުނީއެވެ. މާދަމާއަކީ އަނެއްކާވެސް އާދުވަހެކެވެ. މާހާ ގޮވައިގެން ބޭސްފަރުވާއަށް އޭނާ ދާނީ އިންޑިޔާއަށެވެ. އިރާދަ ކުރެއްވީޔަ ހުރިހާކަމެއް ރަނގަޅުވާނެއެވެ. އޭނާ ހިތާ ސިކުނޑިޔަށް ވިސްނާދިނެވެ.

ނިމުނީ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (22

Next

ވީމޭ މަ ކައިރީގާ 13

Next
October 2, 2018

ވީމޭ މަ ކައިރީގާ 13

Previews
October 1, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (22

13 Comments!

  1. Anonymous says:
    October 1, 2018 at 5:02 pm

    Vaahaka salhi. Ekam ekamuga wafaa ah faruvaa kudakohlevunu iru keehve mode theke rulhi aee? Mode ah engigen kuri kameh noonennu aee ? Ehn v ma ekamuge adhabu mode ah libeyn v keehve ? Btw story salhi. Avas mustaqbalehge ehn story eh rozy ge faraathun fennaane kamah ummeedhu kuran.☺️?

    1. Rozy says:
      October 1, 2018 at 5:45 pm

      Thank you
      Rozy

  2. Rozy says:
    October 1, 2018 at 5:45 pm

    Thank you
    Rozy

  3. Anonymous says:
    October 1, 2018 at 6:12 pm

    Haadha kuda iru zaidh resortah vazeefaa ah gosgen thiulheny??? Umurun Baara noony 13 aharuga. Ehenvma hama ekani anhen dharifulhaa dheythereaku noon ihumaalu miothy.

  4. ❤?? says:
    October 1, 2018 at 7:21 pm

    ??????????❤❤❤❤❤

  5. ❤?? says:
    October 1, 2018 at 7:26 pm

    v v v salhi but…..im waiting for next part ……Btw story vvv reethi….❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??❤??

  6. ??? says:
    October 1, 2018 at 7:28 pm

    \???????????????

  7. Eeko says:
    October 1, 2018 at 7:52 pm

    v v v salhi!

    1. Rozy says:
      October 1, 2018 at 8:08 pm

      🙂 I am so happy you like my story
      Thank you huriha kudin

  8. Shazu says:
    October 1, 2018 at 11:25 pm

    Vaahaka vara reethi.vara ibraitheri.mi dhivehi rajega kantha vagoi..Rozy yaki vara hunaru veri kuje..vara ufavi Rozy he story libunima..Rozy well done…we love you..insha Allah rangalu life Rozy ya libun eden Ameen

  9. Naahi says:
    October 1, 2018 at 11:51 pm

    Roxy story vara fake.. given I filmed balaalevunu hen..mi story filmaka hadan hiyalu den vara meanful reethi story he mi
    Love all your stories

    1. Rozy says:
      October 3, 2018 at 12:56 am

      Thank you Naahi
      you are always very much helping me Thank you again

  10. Zidhan Mohamed says:
    October 2, 2018 at 5:42 am

    Story salhi. Imla kuh ginakan faahagakollevunu. Hama superb! ?❤✨

Comments are closed.



All Right Reserved!