Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަމޭ އުމުރަށް އެކީ ޔާރާ (ޓްރެއިލަރ)

shushy Level 1
October 1, 2018 2 Mins Read
35 Comments

އިރު އެރުމުގެ ކުލަތަށް އުޑުމަތިން ފާޅުވާން ފެށިއިރު އެ މަންޒަރުގެ ފުރިހަމަކަން ގަލަމުން ބަޔާންކުރަން ދަތިވާނެއެވެ. ދުލަކުން ބަޔާން ކުރަން ނުކުޅެދޭހާވެސް ފުރިހަމައެވެ. ހިތްތަކަށް ހަމަޖެހުން ގެނުވާ މި ފުރިހަމަ މަންޒަރު ބަލަން ޢިމާރާތުގެ އަށްވަނަ ބުރީގެ ބެލްކަނީގެ ހުރި ޔަލްވީގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ހުޅުމާލޭގެ އުސް ޢިމާރާތްތަށް އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކޮފީ ތަށިން އެތިފޮދެއް ދަމާލިއިރު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާގިނަ އިރުތަކެއް ނުވެ ހެނދުނު ވީކަން ޢިއުލާންކުރުމަށް ދޫނި ސޫފާސޫފި އެ ސޮރުމެންގެ ހާލިތަކުން ނިކުތެވެ.

އަމިއްލަ ހިޔާލީ ދުނިޔޭގައި ހުރި ޔަލްވީ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ ގައިގައި ބައްދާލުމުންނެވެ. “ބޭބީ ހާދަ އަވަހަކަށް މޯނިންވީ އަދި ރަނގަޅަށް އިރުވެސް ނާރާ..” ނިދި އަޑަކުން ޔަލްވީގެ ކަންފަތް ބުޑުގައި ޝާމިން ބުނެލިއެވެ. އޭނާގެ ފިރިހެންވަންތަ އަޑު ޔަލްވީގެ އެންމެ ހިމަ ހިމަ ނާރާވެސް ކުޅެލިއެވެ. އެކަމުގެ ހެތްކެއްގެ ގޮތުގައި ހީބިހި ނަގައިގެން ދިޔައެވެ. ހީލިކަރުވާ ގޮތެއް ވިއެވެ.

“އަވަހިއްޔާ ދޭބަލަ ނިދަން…މިއަދު މީ ހުކުރެއްނު.ހުުކުރަށް ދާންވީމަ މަ ގޮވާނަމޭ..” ދުރަށް ޖެހެން މަސަތްކަތް ކުރަމުން ޔަލްވީގެ ހިތްގައިމު އަދި އެހާމެ މަޑުމައިތިރި އަޑު އިއްވާލިއެވެ. “ޕިސް..ކަންނެޔޮ އެއް ނުލާ ނިދަން ވަރަށް އުނދަގޫވާނެ…” ޝާމިން ބުނަން އެ އުޅެނީ ކީކޭކަން ޔަލްވީގެ ސިކުނޑި ދެނެގަތެވެ. “ސޯ ދެން ކަންނެޔޮއެއް ގަންނަވީނު..” އޭނާވެސް ބެލީ މަޢުލޫއަށް ނުގޮސް ވޭތޯއެވެ. “ކަމޯން ބޭބީ..ވައި ބައި އަ ކަންނެޔޮ ވެން ޔޫ ކެން ގެޓްވަން ފޯ ފްރީ..” ހިނިގަނޑެއް ޖަހާލާމުން ބެލްކަނީގައި އިން މޭޒުގައި ޔަލްވީ އަތުގައި ހުރި ކޮފީތަށި ބައިންދާލިއެވެ. އަވަސް ހަރަކާތާއެކު އަތްގަނޑި މައްޗަށް ޔަލްވީ އުފުލާލައިގެން ކޮޓަރިތެރެއަށް މިސްރާބުޖެހިއެވެ. ހިމޭންވެފައިވާ މާހުއުލުގައި އެދެމަފިރިންގެ ހުނުމުގެ އަޑު ގުގުމާލީ ހިމޭން މިއުޒިކެއް ފަދައިންނެވެ.

** ** ** ** **

ހުކުރު ދުވަހެއްކަމުން ބަދިގެ ތެރެ ފެންނަނީ ފުދޭވަރަކަށް ފުރި ބާރުވެފައެވެ. މުރާލި އަންހެނުންތަށް އެމީހުންގެ މަސަތްކަތްތަކުގައި މައްސޫލްވެ އުޅުނު އިރު ކުޑަ ކުދިން ބެލުމާއި ގޭތެރެ ފޮޅާ ހެދުމުގެ މަސަތްކަތާ ފިރިހެންވެރިން ހަވާލުވިއެވެ. ނަމަވެސް ދެކޮޅަށް ހިނގާލާއިރަށް އެމީހުން ތިބެނީ ހަންވެފައެވެ. އަންހެނުން ވަރުގެ ބައެއް ނޫޅޭނެކަން ގަބޫލުކުރަން އެމީހުން ޖެހޭނެތާއެވެ.

ކެރެޓު ކޮށަން ހުރި ޔަލްވީއަށް ފަހަތް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. ފަހަތުގައި ހުރީ އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި އީވާންއެވެ. ހިނިތުންވުމެއް ރައްދުކޮށްލަމުން އެނބުރި މަސަތްކަަތަށް ޔަލްވީ ރުޖޫޢަވިއެވެ. ހިތުގައި ކުޑަ ނުަތަނަވަސްކަމެއްވީ އީވާންބަލަން ހުރި ގޮތް ކަމުނުދިޔައީމައެވެ. ސޯޓަކާއި ކަރުބޮޑު ޓީޝާރޓެއްގައި ހުރި ލޫޅާފަތި ޔަލްވީއަކީ ފިރިހެން ކުދިންގެ ހިތްތަށް ކަތިފާ ޕަރީއެކެވެ.

ލަސް ފިޔަވަޅުތަކެއްގައި ބަދިގޭގައި މީހަކު ނެތް ވަގުތަކަށް ބަލާފައި ޔަލްވީ ކައިރިއަށް އީވާން ޖެހިއެވެ. އޭނާގެ އަތުގައި އޮތް ފޮތިގަނޑު ޔަލްވީގެ އަނގައިގައި ފަހަތުން ބަނދެލިއެވެ. ޔަލްވީގެ ދެލޯ ބޮޑުވިއެެވެ. “ޝާމް..” އަނގަ ބަނދުވުމުގެ ކުރިން ޔަލްވީއަށް ބުނެވުނީ ހަމައެކަނި ޝާމިންގެ ނަމުގެ އެއްބައެވެ.

އިންތިޒާރު ކޮށްލައްވާ!!!

ނޯޓް؛ 11 އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ހުރިހާ ކިޔުންތެރިންގެ ފަރާތުންވެސް ބިނާކުރަނިވު ފާޑުކިޔުމެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.

Share Article

Follow Me Written By

shushy

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް (ދެވަނަބައި)

Next

މަގުމަތި

Next
October 1, 2018

މަގުމަތި

Previews
October 1, 2018

ނޭދެން ވަކިވާކަށް (ދެވަނަބައި)

35 Comments!

  1. ? Unknown ? says:
    October 1, 2018 at 7:56 am

    Yeyy. V nice vaane hen heevany. Waiting waiting ?????

    1. shushy says:
      October 12, 2018 at 9:22 am

      Thank you so much ❤❤❤❤???

  2. xeyboooo says:
    October 1, 2018 at 9:30 am

    reethi waane hen hywany..waiting waiting..<3…bunelan beynun wany ehkon wahaka ninmahchey ….readers trust hoadhan waane..good luck.<3

    1. shushy says:
      October 1, 2018 at 2:52 pm

      Thank you so much ❤❤❤ yes almost vaahaka ehkkoh liye nimenyy ???

  3. kookie says:
    October 1, 2018 at 9:35 am

    Varah reethi vane hen heevey..waiting ..

    1. shushy says:
      October 1, 2018 at 2:49 pm

      Thanks kookie ❤❤❤ happy to know.?

  4. Haaf says:
    October 1, 2018 at 2:44 pm

    Maaaaaa kuru

    1. shushy says:
      October 1, 2018 at 2:48 pm

      Duuud trailer ekey ?

    2. ??? says:
      October 1, 2018 at 4:09 pm

      Lol

  5. Khaleesi says:
    October 1, 2018 at 7:15 pm

    Vaahaka ekkn nimendhn genesdheyne kmh heekuran. Trailer seems v interesting ?

    1. shushy says:
      October 2, 2018 at 1:40 pm

      Yesh insha allah ❤❤❤ Thank you ?

  6. Lam❤❤ says:
    October 1, 2018 at 9:43 pm

    Interesting vaane hen heevanee ee waiting waiting

    1. shushy says:
      October 2, 2018 at 1:42 pm

      Thank you so much lam dear ???❤❤

  7. Amysha says:
    October 2, 2018 at 1:24 am

    Hmmm varah keh madhu dhen thi stry ah ???varah reethi vaan hen hyvey bst of luck for u’r first stry????

    1. shushy says:
      October 2, 2018 at 1:44 pm

      Thanks a lot amysha dear??? so sweet of you ingey sis ❤❤❤ mo luv ???

  8. Shaya says:
    October 2, 2018 at 7:36 am

    Curiously waiting????….nimmndhn up kohleveythw balacheyyy…best of luck????

    1. shushy says:
      October 2, 2018 at 1:45 pm

      Thank you very much shaya sis ❤❤❤❤ yesh insha allah ??????

  9. Emra says:
    October 2, 2018 at 12:11 pm

    Woooow… So interesting..hykuran dhn anna baivs mi gothah salhi vaane kamah♥️

    1. shushy says:
      October 12, 2018 at 9:25 am

      Ooooooh thank you emra deah ❤❤ yes insha allah ?????

  10. hisaaa says:
    October 2, 2018 at 2:17 pm

    neydhemey dhuruvaakasheh loabivaaa
    story reethi vaane hen heeve

    1. shushy says:
      October 12, 2018 at 11:56 am

      Nuvaanamey badhaleh huvaa yaaraa..???

  11. Flower ?? says:
    October 2, 2018 at 4:59 pm

    Omg Jess and Gabriel❤. Vaahaka v reethi vaane hen heevey best of luck

    1. shushy says:
      October 12, 2018 at 12:06 pm

      Yaaa..❤❤❤?so sweet flower thank youu??

  12. Maya says:
    October 2, 2018 at 7:20 pm

    Vv reethi vaanehen hyvany.. Nice trailer ???????bt enmen vs liyan fashaane vaki hisaabakun vaa gotheh nengi story huhteyni.??????????. Hope mi story ehkoh kiyaalan libeyne kamah… Gud luck… ???????????????????

    1. shushy says:
      October 12, 2018 at 12:27 pm

      Awwwwn thank you so much maya sis ❤❤ insha allah eheneh nuvaane I’ll try my best ?? yaa ??? thanks again ???

  13. ur best bro says:
    October 2, 2018 at 8:34 pm

    vrh salhi..bst of luck…n nimendhen genesdhehchey…plz bro
    I’m ehkala esfiya kujja egijje dhw…hahaha jeydaa

    1. shushy says:
      October 12, 2018 at 12:09 pm

      Eyy vaa thanks mae fav broh ?❤❤ ikr I’m too good ?? aan maa bodaves ingijje ?

  14. love it says:
    October 2, 2018 at 9:28 pm

    Vrh reethi feshumeh love it waiting for the story curiously ehen readers hadhaahen stop nukurachey -Aishath Aalaa Salaam☺☺☺☺☺☺☺☺???❤❤❤❤???

    1. shushy says:
      October 12, 2018 at 12:33 pm

      Thank you so much loab ❤❤❤ insha allah I will not stopp ?????? hmmmm aalaa dho nice name ???

  15. Mamee says:
    October 2, 2018 at 10:28 pm

    V reethi vaane hen heevany waiting…

    1. shushy says:
      October 12, 2018 at 12:38 pm

      Yea ☺ Thank you very much ❤❤❤??

  16. Shafoo says:
    October 4, 2018 at 11:04 am

    V reethi vaane kamah mi balanee.. ummeedhuga hurin dear

    1. shushy says:
      October 12, 2018 at 12:39 pm

      Insha allah ? Thank you shafoo dear ❤❤❤???

  17. Queen Dandelion says:
    October 4, 2018 at 12:20 pm

    Awwn??☺??I’m outta of words..masha allah..vrh vrh vrh vrh reethi mi stry ge trailer..kudhi kudhi typing mistakes ???☺You are talented and u can improve those typing mistakes…It would be great..???Just I’m waiting for 14th October..much loves sissy??????❤❤??May allah would escape you from evil eyes..Tc

    1. shushy says:
      October 12, 2018 at 12:48 pm

      Alheyyyyyy be my queen sis ❤❤❤❤❤ swwetest comment evah ??? I’m outta words too ???? awwwn yes insha allah dho I’ll try my best ??? yaah ? it’s 11th October ey dear ??alhe love more ???? may Allah protect u from the evil and accept ur prayers ? TC u too☺

Comments are closed.



All Right Reserved!