?ހައިލަން 2
އަނދިރި ކޮޓަރިތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. ވޭނުން ފުރިފައިވާ އެ ގިސްލުން އަޑު އިވޭ ކޮންމެ މީހަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ. ފެން ލައިޓުން އެޅެމުން ދިޔަ އަލިފިޔަވައި އިތުރު އައްޔެއް އެ ކޮތަރިތެރޭގައި ނުވެއެވެ. ކޮޓަރީގެ ކަނުގައި ލެނގިގަނެގެން ކަކުލުގައި ބޯ ޖައްސާލައިގެން އިން އަންހެން ކުއްޖާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ކޮޓަރީގެ ބޭރުގައި ހިނގާ ކަންތަކުގެ އަޑު ވަރަށް ސާފުކޮށް އޭނާއަށް އިވެއެވެ.
“އޭ ބުރޯ..ކޮބާ ކިހިނެތް ކިިހިނެތް..” ޒާވިލްއާއި ޖެހިގެން ހުރި ސޯފާއަށް ވެއްޓިގަންނަމުން އާލިމް އެއްސެވެ. ސިގެނރޭޓު އަނގަޔަށް ޖަހާލަމުންނެވެ. “ހަމަ ބަރާބަރު..މާލޭގެ ހާލަތު ކައެ ބަލައިފިންތަ..” އަތުގައި އޮތް އެކްސެލް ދަޅު އެއްނޭވާއިން ދަމާލި ޒާވިލްވެސް ކޮށްލީ ސުވާލެކެވެ. “އޭ އާން..ހައިލަން ގެއްލުނީމަ އެ ވިޝަލްއަށް ކޮންމެސް ނަފްސަނީ ބައްޔެވެސް ޖެހިފައޭ ކިޔާ އަޑުއަހަން..މިހާރު އަހަރެއް ވަނީ ވިއްޔައް..ފުލުހަށް ރިޕޯޓްކޮށްގެންވެސް ނުހޯދުނެއްނު ދޯ..” ފަރުވާކުޑަގޮތަކަށް އާލިމް ބުންޏެވެ. “އެހެންޏާފަހެ ނުފެންނާނެއެއްނު ހައިލަން އެއީ މަގޭ ހައްގެކޭ ބުނެފަ އޮއްވާ އެ ވިޝަލް އޭނާޔާ އިނީ..މަގޭ ހައްގަކާ ބެހިފިއްޔާ މާ ޑްރާމާ ރީއްޗެއް ނުވާނެ..” ޒާވިލްގެ އަޑުގައި ކިބުރުވެރި އަދި ނުލަފާ ގޮތެއް ހުއްޓެވެ.
އާލިމްވެސް ޖަހާލީ ބަރު ހިނިގަނޑެކެެވެ. “އޭ ކައެ ބުނީމެއްނު ހައިލަން މިތަނަށް ގެނައި އިރު ޕްރެގޭ..” އާލިމްގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. އެ ސުވާލާއެކު ސޯފާގައި އޮތް ޒާވިލް ސޯފާއިން ތެދުވެގެން ގޮސް އާލިމް އިން ސޯފާގެ އަތްގަނޑު މަތީގައި އިށީނދެލިއެވެ. އޭނާ ދައްކަން ފެށި ވާހަކަތަށް ކަނުލާ އަޑުއަހަން އިން އާލިމްގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ.
ކޮަޓަރިން ބޭރުގައި ޒާވިލްއާއި އާލިމް ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަން އިން ހައިލަންގެ ރުއިން ވީ އިތުރެވެ. އޭނާގެ ދެލޯ ކައިރީ ވަޅުވަދެފައި ވާއިރު ތުންފަތް ހިކިގެން ފަޅަފަޅައިގެން ގޮސްފައެވެ. މީގެ އަހަރެއް ކުރިން އޭނާ ވަރަށް ލޯބިން ގެންގުޅުނު އުނަގަނޑާ ހަމައަށް އަރާ އިސްތަށިގަނޑު އެކި ވަރުވަރަށް ކަނދުރާއަށް ވުރެ މައްޗަށް ކޮށާލާފައިވާ ގޮތް ބަލާލަން ދައްޗެވެ. “ވިޝަލް…އައި ލަވް ޔޫ..” ގިސްލުމުގެ ތެރެއިން އޭނާއަށް ކިޔާލެވުނެވެ.
** ** ** ** ** **
އިރުގެ ރަން ދަޅަތަށް ދުނިޔެމައްޗަށް އަލިކޮށްލިއެވެ. ރެއިންސުރެއް ވެހެމުން ދިޔަ ވާރޭގެ ތެތްފިނިކަން ފަޒާގައި ހިފާފައި ހުއްޓެވެ. ފަތިހު ފަރިވި މާތަކުގެ ފިޔަތަކުގައި ޝަބްނަމް ތިކިތަށް ހަރުލާފައިވާ ގޮތް ބަލާލަން ހިތްގައިމެވެ. ކަޅު ވިލާތަކާ އަލްވަދާޢު ކިޔަމުން ހުދު ކަފަތަކެއް ފަދަ ވިލާތަށް ނޫކުލައިގެ އުޑު ޖަރީކޮށްލީ ހިތަށް ހަމަޖެހުން ގެނުވާފަދަ ގޮތަކަށެވެ. ދޫނި ސުފާ ސޫފީގެ ހިތްގައިމު މިއުޒިކީ އަޑު ފަޒާގެ ހިމޭންކަން ފޫއަޅުވާލިއެވެ.
ބެލްކަނީގައި ކޮފީ ތައްޓެއް ހިފައިގެން ހުރި ވިޝަލްގެ ނަޒަރު ހުއްޓިފައިވަނީ މި މަންޒަރު ތަކަށެވެ. ކަޅު ކުލައިގެ ސޯޓެއްގައި ހުރިއިރު އޭނާގެ ހިކި ދިގު ހަށިގަނޑު އޮތީ ހާމައަށެެވެ. ބެލްކަނީގެ ރެއިލިންގް ގައި ހުރި މަލުގެ ވެޔޮތަކާ އޭނާ ކުޅެލިއެވެ. އެ ބެލްކަނީގެ ބަލާލި ކޮންމެ ދިމާއަކުންވެސް މާޒީގެ ހަނދާންތަށް އާވުން ނޫންކަމެއް ނުވެއެވެ. މަލުގެ ފިޔަތަކުގައި ހުރި ވާރޭ މުތީތަކާއި އެއްވެގެން ދިޔައީ ވިޝަލްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެވެ.
ކޮފީތަށި އެއްކޯވަރުން އޭނާ ދަމާލިއެވެ. ހަމަ އެވަގުތު ފަހަތުން އޭނާގެ ކޮނޑުގައި މީހަކު އައްބާއްވާލިއެވެ. ފަހަތަށް އެނބުރިލެވުމުން އޭނާއަށް ސިފަވީ ހައިލަންގެ އަންހެން ވަންތަ ސޫރައެވެ. ވިޝަލްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “ހައިލަން..” ގަބޫލުނުކުރެވިފައި އޭނާއަށް ބުނެވުނެވެ. ދެލޯ އުނގުޅާލީ ޔަގީން ކުރުމަށެވެ. އެހެންނަމަވެސް ލޯމަތިން އަތް ނެގިއިރު ކުރިމަތީގައި ހުރި މަންމަ ފެނުމުން ވިޝަލްގެ ތުންފަތް މަތީގައިވީ އުފާވެރި ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެލޮލަށް ކަރުނަ ބޮނޑިވީ އިޙްތިޔާރަކާ ނުލައެވެ.
އޭނާގެ ލޮލުން ވެއްޓުނު ބޮޑު ތިކި މުތީގެ ކަރުނަތިކި މަންމަ އާމިރާގެ ނިއްކުރީގައި ބީހިލިއެވެ. އާމިރާގެ މަދުންނަމަވެސް ރޫ އަރާފައިވާ އޭނާގެ އަތް މައްޗަށް ހިއްލާލިއެވެ. ބޮޑުވައި އިނގިލީގެ ކަނުން ހަގު ފިރިހެން ދަރިފުޅުގެ ކަރުނަތަށް ފޮހެދިނެވެ. ދެފަރާތަށް ބޯ ހޫރާލީ ނުރޯށޭ ބުނާ ފަދައިންނެވެ. “ފިރިހެން ކުދިން އެހާ..” އާމިރާގެ ވާޙަކަ ނުނިމެނިސް ދެފައި މައްޗަށް ވިޝަލް ތިރިވެ އޭނާގެ ބަނޑުގައި ބައްދައިގަތެވެ. ވިޝަލްގެ ފަން ބޯ އިސްތަށިގަނޑުގައި ފިރުމާލުން ނޫންކަމެއް ނުކުރެވުނެވެ.
“ފިރިހެން ކުދިން އެހާ ފިނޑިވާކަށް ނުވާނޭ ދަރިފުޅާ…ހައިލަން އަދި އަންނާނޭ..އޮފީހަށް ދާން ތައްޔާރުވޭ އަވަހަށް..އޮފީހުގަ ބުރަކޮށް އުޅެން ފެށީމަ ތި ޙީޔާލުތަކާވެސް ދުރުވެވިދާނެ.” އާމިރާ ބުނެލިއެވެ. އޭނާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ފަންސަވީސް އަހަރުގެ ފުރާފުރިހަމަ ވެފައިވާ ފިރިހެން ދަރިފުޅު ރޯތަން ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ. “ބޭސްކެއިންތަ..” އޭނާ އެއްސެވެ. އަނގައިން ނުބުނެ ވިޝަލް ބޯ ޖަހާލިއެވެ.
** ** ** ** ** **
ފޮލިސް ސްޓޭޝަންގެ ކޮމްޕިއުޓަރެއް ކައިރީގައި އިން ޒިޔާން ނަޒަރު ހުއްޓިފައިވަނީ ސްކުރީނަށެވެ. އޭނާގެ ލޮލުގައި އަޅާފައިވާ ނަންނަބަރު އައިނު ރަނގަޅުކޮށްލައެވެ. “ޔާން..” ކޮމްޕިއުޓަރުން އޭނާގެ ނަޒަރު ދުރަށް ގެންދަން މަޖުބޫރުވީ އޭނާ ކައިރީގައި ހުއްޓުނު އީވާންގެ ސަބަބުންނެވެ. އީވާންއަށް އޭނާ އެއްބުމަ އަރުވާލިއެވެ. އެއްޗެއް ނުބުނެ އީވާންވެސް ގޮނޑިއެއް ދަމާލަމުން ޒިޔާންގެ މޭޒު ކައިރީގައި ހަމަޖެހިލިއެވެ. “ރެއިއްސުރެއް ކައެ ހޭވައްޓާލާފަ ކުރާ މަސަތްކަތަކީ ތީ ދޯ..” ދެފަރާތަށް ބޯ ހޫރާލަމުން އީވާން ބުނެލިއެވެ. “ރެއިއްސުރެއްނެއް ނޫން..މީގެ އަހަރެއް ކުރިން ފެށި މަސަތްކަތް މީ..ވިޝަލްގެ ހާލު ފެނުނީމަ މަށަކަށް ކެތެއް ނުވޭ…” ޒިޔާންގެ އަޑުގައިވަނީ ވަރުބަލިކަމެވެ. “ހައިލަން ޓްރެކެއް ނުކުރެވޭތަ..” އީވާން އެއްސެވެ. އޭނާގެ އަޑުގައިވެސް އެކުވާރިޔާއެކޭ އެއްފަދައިން މޮޅިވެރިކަމެއް ވިއެވެ.
“އާން..ހަމައެކަނި ހޯދުނު އެއްޗަކީ ހައިލަން އުޅެނީ ރާއްޖޭަގަ ނޫންކަން..އެކަމު ދެން އޭނާ އެކަނި ވަކި ދާނީވެސް ކޮންތާކަށް..” ޒިޔާން ކޮށްލީ ސުވާލެކެވެ. އަހަރެއްވެފައިވާއިރުވެސް އެއްވެސް މީހަކަށް ޖަވާބު ދެވިފައިނުވާ ސުވާލެކެވެ. “އޭ މަށަށް ހީވާ އެއްޗެއް ބުނަންތަ..” ވިސްނުމެއްގެ ތެރޭގައި އިން އީވާން ބުނެލިއެވެ. ކޮމްޕިއުޓަރުގެ ކީބޯރޑާ ކުޅެމުން ޒިޔާންވެސް އެއްބުމަ އަރުވާލިއެވެ. “މަ ބުނީމެއްނު ދޯ ހައިލަންއާ މަށާ ސްކޫލުގަ އުޅުނީ އެއްކުލާހެއްގައޭ..އޭރު އުޅޭނެ ޒާވިލް ކިޔާ ވަރަށް ނުލަފާ ގޮލައެއް..އޭނާ ހުންނަނީ ހައިލަންއާ ހެދި މޮޔަވެފަ..ހައިލަންގެ ވެޑިން ޕާރޓީއަށް އައިސްވެސް ކޮންމެސް އެއްޗެހި ތަކެކޭ ކީ އޭނާ ކައިރީ..” ވިސްނުންތެރިކަމާއެކު އީވާން ތަފްސީލުކޮށްދިނެވެ.
“އެހެންމަ ތިބުނީ..ހައިލަންގެ ގެއްލުމުގެ ފަހަތުގަ ވަނީ ޒާއިލްއެކޭ ތަ..” ދެލޯ ކުޑަކޮށްލާފައި ޒިޔާން ބުުނެލިއެވެ. އޭނާގެ ދެބުމަވެސް ގޮށްޖެހުނީ އަވަސް ހަރަކާތާއެކުގައެވެ. އީވާން ބޯ ޖަހާލިއެވެ. “ވިޝަލްއަށް އިނގޭތަ ތި ޒާވިލެއްގެ ވާހަކަ..” ޒިޔާންގެ އަޑުގައިވީ ރުޅިވެރިކަމެވެ. އީވާން ދެފަރާތަށް ބޯ ހޫރާލުމުން އޭނާ އިންތަނުން ތެދުވިއެވެ. ޒިޔާންއަށް ވިސްނާލަން ވަގުތުކޮޅެއް ދެމުންނެވެ.
** ** ** ** ** **
(ނުނިމޭ)
6 Comments!
Comments are closed.

Alhey??masha allah??hama vrh vrh loabi stry eh..nxt prt kon irakun?
Masha Allah. varah reethi mi part vx. when next part..??
Masha allah varah reethi mi part ves♥️♥️♥️♥️♥️♥️ ….when next part…????pls avahah upchodhechey cant wait❤️❤️❤️❤️❤️
V reethi…wen next???miss ya bro…lov yuh
Man vrh reethi when next part waiting ???
Haadha lahey …..kobaatha next part mihaaru kiyaahithun hurevenykynoon avas khobala …why no reply for any comments