އިރުގެ ރަން ދޯދިތަކުން ފަޒާ އަލިކުރަމުން ދިޔައީ އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންނެވެ. ކާޅާ ކޮވެލީގެ އަޑުން މިއީ ފަތިސް ގަޑިކަން ދެނެގަންނަން ހެކަކަށް ފުދެއެވެ. ބައެއް ގެތަކުން ކީރިތި ޤްރްޢާނުގެ މޫރިތި އާޔަތްތަށް ކިޔަވަމުން ދާއަޑު އިވެއެވެ. އަނެއްބައި ގެތަކުން މަންމަމެން އެމީހުންގެ ދަރިން ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން ދާއިރު އޮފީސްތަކަށް ދާން ޖެހޭ މީހުން އެމީހުން ގޭތެރޭގައި ކުރަން ހުރި މަސައްކަތްތަށް ނިންމުމަށްފަހު އޮފީހަށް ދިޔުމަށް ތައްޔާރު […]
ޝާނާ އަހަންނާ ދިމާލަށް ހިނދުކޮޅަކު ބަލަން އިދެފައި ފުން ނޭވާއެއް ލިއެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ޝާނާ ވަރަށް ވިސްނަން އިނދެފައި އަހަރުމެންނަށް އަދި ކުއްޖަކު ނުލިބެޔެއް ނޫންހޭ ބުނެލީ ހިތް ހަލާކުކޮށްލާފަދަ އަޑަކުންނެވެ. އެ އަޑުންވެސް އެފަކީރު ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. ޝާނާ އެހެން ބުނުމުން އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަހަރުމެންގެ ދެމީހުންގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައިރުވެސް މި ގުޅުމުގައި އަދި މަލެއް ނުފޮޅެއެވެ. ދަރިޔަކު ހޯދުމުގެ މުހިންމު ކަން […]
ދުވަސްކޮޅަކީ ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. ރީތިކޮށް އުޑުމަތި ސާފުކޮށް އޮތް ނަމަވެސް ކަޅުވިލާތަކުން އުޑުމަތި ބައްދާލައި ވާރޭ އޮހިގަންނަނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މާލޭގެވެސް ބައެއް މަގުތަކުގައި ފެންބޮޑުވެ ބިންމަތި ނުފެންނައިރު އަނެއްބައި މަގުތަކުގައި ވަނީ ފެނުގެ ކޯރު ކޯރު ހެދިފައެވެ. ސުކޫލަށް ދާ ކުދިންނާއި އޮފީސް އޮފީސްތަކަށް ދާ މީހުންވެސް ބަލަނީ ފެންކޮޅެއްގައި ނުޖެހި އަވަހަށް ދެވޭތޯއެވެ. ޓެކްސީ އެއް ހޯދުމަށް އެއްބަޔަކު ހޭބޯނާރާ އުޅޭއިރު ސައިކަލު ތަކުގައި ވެސް މީހުން […]
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ހުންނަނީ ތަފާތު ވިސްނުމެވެ. އަދި ހަމައެހެންމެ ކޮންމެމީހެއްގެ ސިފަވެސް ތަފާތެވެ. މިވެނި މީހަކު ފަލައޭ އެވެނި މީހަކު ދޮނޭ ކިޔާފަ އިނގިލި ދިއްކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކިޔެވުމުގެ މައިދާނަށް ބަލައިލި ކަމުގައި ވިޔަސް އެއްފެންވަރެއްގެ ކުދިންނެއް ނުތިބޭނެއެވެ. ބައެއް ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަންނަ ވަރަށް މޮޅެތި ކުދިންނަށް ވެދާނެއެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ކިޔެވުމުގައި ވަރަށް ކޮށި ކުދިންނަށް ވެދާނެއެވެ. […]
ފާތުމާ އަވިއްސެއް ހެން ދެކޮޅަށް ދުވަމުން ދިޔައީ އިރުއޮއްސުމުގެ ކުރިން ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވޭތޯއެވެ. ނޭވާލާނެ ވަގުތުކޮޅެއް ނުހޯދާ ހަދަރިން އެކަނިމާއެކަނި ބަލަމުން އަންނަތާ ދެއަހަރު ވީއެވެ. ފާތުމާގެ ފިރިމީހާ ހަސަނު މަހަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކާ ގުޅިގެން ނިޔާވީ މީގެ ދެއަހަރު ކުރިން ފާތުމާ 6 ވަނަ ކުއްޖާއަށް ބަލިވެ އިންދައެވެ. އަދި އާއިލާ މީހުންގެ އެހީތެރިކަމެއް ފާތުމާއަށް ލިބެމުން ނުދާތީ ފާތުމާ ވެފައި ވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކަށެވެ. ފާތުމާގެ އެންމެ ކުޑަކުއްޖާއަށް މިހާރު 2 އަހަރު ފުރިފައިވާއިރު އެންމެ ދޮށި ކުއްޖާ އަށް އަދި ވީ އެންމެ 13 އަހަރެވެ. އެހެންކަމުން ގޭގެ ކަންތައްތައް ކުރަންޖެހިފައިވަނީ ފާތުމާއަށް އެކަންޏެވެ. ދަރިންގެ ކަންތައްތައް ބަލަމުން ގޭގޭ މަސައްކަތްތަށް ނިންމުމުގައި އަވަދިނެތި އުޅެމުން އަންނަ ފާތުމާގެ މަސައްކަތް މިއަދު ލަސްވެގެން ދިޔައީ އެދުރުގޭގައި އޮތް ބައްދަލުވުމަަކަށް ދާން ޖެހިގެންނެވެ. ކޮންމެއަކަސް ތެޅެމުން ފޮޅެމުން އިރުއޮއްސުމުގެ ކުރިން ފާތުމާ ހުރިހާ ކަމެއް ކޮށް ނިންމައި ތަންޑުލައިފިއެވެ. މީހުން ދިރިއުޅެ ހިސާބާ ދުރުގައި ފާތުމާއަށް އުޅެން ޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުގެ ކުރިން ކުރަން ހުރި ހުރިހާ ކަމެއްވެސްކޮށް ނިންމޭތޯ ބަލައެވެ. ކުދިންނަށް ކާންދީ އަކުރު ކިޔައިދީ ފެންވަރުވައި ނިންދެވުމަށްފަހު އަވަހަށް އޮށޯތީ މިރޭވެސް އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. ފާތުމާއަށް ނިދި ނިދި އޮއްވާ ކުއްލިއަކަށް ފުންމައިގެން ތެދުވަތީ ބިރުވެރި ހުވަފެނެއް ފެނިގެންވެސް މީހަކު ނުތެދުވާނެ ފަދަ ގޮތަކަށެވެ. ތެދުވުމާއެކު އަޅާއެތިކޮށް ދޮރާއި ދިމާއަށް ދުއްވައިގަތީ ކަމެއް ހަނދާން ވެގެންނެވެ. ކޮންމެ ދުވަހަކުވެސް ހުރިހާ މަސައްކަތެއް ކޮށް ނިންމާ ފާތުމާއަށް މިރޭ ނިދަން ވަދެވުނީ ކާއެއްޗެހި ޑަސްބިން އުކާނުލައެވެ. ޑަސްބިން އުކާނުލައިފިނަމަ މިރޭ ބުޅާ އަރައި މުޅިތަން ހަފުސްކުރާނެ ކަމުގެ ބިރަށްޓަކައި ފާތުމާއަށް ނިދާކަށް ނޯވެވުނެވެ. ދޮރުން ބޭރަށް ބޯދިއްކޮށްެން ކުޑަ ވަގުތު ކޮޅަކު މަޑުކޮށްލީ ކިރިޔާވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލާލުމަށެވެ. މީހެއްގެ ހިލަމެއް ވާން ނެތުމުން މޭގައި އަތްޖައްސާލާއިގެން ހުރެ ދުލަށް އައިހައި ހެޔޮއެއްޗެއް ކިޔަމުން ޑަސްބިން ހިފައިގެން ފާތުމާ ދިޔައީ ގޮނޑުދޮށާ ދިމާއަށެވެ. މިނޫނީ ހަސަނު ނިޔާވިފަހުން ފާތުމާ ރޭގަނޑު ބޭރަކަށް ނުނިކުމެއެވެ. އަދި ހަސަނު އުޅުނު ޒަމާނުގައިވެސް ރޭގަނޑު ބޭރަށް ނިކުތުމަކީ ފާތުމާއަށް ބޮޑު ކަމެކެވެ. ކޮންމެއަކަސް މިކަންވެސް މިއޮތީ ކުރާން ޖެހިފައެވެ. ފާތުމާ އަވަސް ފިޔަވަޅުމަތީ ގޮސް ގޮނޑުދޮށަށް ފައިބައި ޑަސްބިން އުކާލުމަށްފަހު ބަލިދީ ރީއްޗަށް މުދުން ދޮވެލައިގެން އެއްގަމަށް އެރިއިރު ހުރީ މީހާ ބިރުން ގޮސް އެއްކޮށް ދާހިއްލާ ފޯވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ގެޔަށް ދާން އުޅުމުގެ ތެރޭގައި ފާތުމާއަށް އަދި ވީ މާ ނުބައި ގޮތެކެވެ. މީހާ ބިރުން ހުރި ވަރުން ގެޔަށް ދާ މަގު އޮޅުނީއެވެ. މިހާރު ފާތުމާގެ ހިތެކޭ ދިރޭ މަހަކަށް ފެން ނުލިބުމުން މަރަށް ތެޅޭ އެއްޗެކޭ އެއްފަދައެވެ. ވަކި ހިސާބަކަށް ބާރަށް ހިނގައިފައި އައުމަށްފަހު ދުއްވައިގަތީ ދެބުޅާ ކޯޅެގަތް އަޑަށް ބިރުންނެވެ. ދުވެފައި ދަނިކޮށް އަނެއްކާވެސް ފާތުމާއަށް ދިމާވީ މާ ދެރަ ގޮތެކެވެ. ރުކަކުން ވެއްޓިފައި އޮތް ފަންގަނޑެއްގައި އަޅައިގަނެގެން ފާތުމާ ވެއްޓި އެތާ އޮތް ގާގަޑެއްގައި ބޯ ޖެހި ފާތުމާގެ ބޯ ފަޅައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައިވަރު ލޭތަށް ފެނުމާއެކު އެ އޮތް ތަނަށް ފާތުމާ ހޭ ނެތިއްޖެއެވެ. ފާތުމާއަށް ހޭވެރިކަންވީ އޭނާގެ އެންމެ ކުޑަ ދަރިފުޅު ރޯ އަޑަށެވެ. އޭރު އޭނާ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ. ވީ ގޮތް ރޭކާލީ ހޭއެރިތާ އިރުގަނޑެއް ވީ ފަހުންނެވެ. އަޑުން އަޑުނަގާ ރޯން ފެށީ ރޭގައި އޭނާއަށް ދިމާވި ހާދިސާ ހިތަށް އެރުމުންނެވެ. ފާތުމާ ވަލު ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނީ ފަތިސްނަމާދު ކޮށްލައިގެން ވަލަށް ވަދެ އުޅުނު ބަޔަކަށެވެ. ފެނުމުން އަވަހަށް އެމީހުން ފާތުމާ އޭނާގެ ގެޔަށް ގެނައީ އެވެ. އޭނާ އަށް މިހެން މި ދިމާވީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. އަދި މިހާދިސާއަށް ފަހު ރަށު މީހުންވެސް މީހުން ދިރިއުޅޭ ހިސާބުން ފާތުމާއަށް ޖާގަދިނެވެ. (ނިމުނީ)
ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެކިއެކި ކަންތަށްތަކާ ދިމާވާނެއެވެ. ބައެއް ދުވަސްތަކަކީ ތިބާގެ ހަޔާތަށް ބަހާރުމޫސުން އައިސްފައިވާ ދުވަސްތަކަށް ވެދާނެއެވެ. އަދި އަނެއްބައި ދުވަސްތަކަކީ ތިބާގެ ހަޔާތް ކަޅުވިލާގަނޑަކުން ފޮރުވިފައިވާ ދުވަސްތަކަކަށްވެސް ވެދާނެއެވެ. ނަމަވެސް މި ދަނޑިވަޅު ތަކަކީ މުޅިން ހިތްވަރު އެލުވައިލާ ހުއްޓެންވީ ދަނޑިވަޅުތަކެއްނޫނެވެ. އޭގެ ބަދަލުގައި އާ ހިތްވަރެއްލައި ކުރިޔަށް ހިނގައިގަންނަންވީ ވަގުތެވެ. ދަރިންނަކީ މާތް ﷲ އަހަރުމެންނަށް ބަލަން ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެކުދިންނަށް ފުރިހަމަ ރަށްކާތެރިކަން ފޯރުކޮށްދީ ހިމާޔަތް ކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ […]