Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މިހިތް އެދޭ (4)

Nashy Level 110 Stories
October 29, 2018 3 Mins Read
9 Comments

އައިރާގެ ކައިވެނީގެ ކަންތައްތައް އަނީސާއްތަ ކުރަމުންދަނީ ވަރަށް ފޯރީގައެވެ. ރަޝާދުވީ ރާއްޖޭން ބޭރުގައެވެެ. އަނީސާއްތަ ބުނާގޮތުން ރަޝާދު ދިޔައީ ކައިވެންޏަށް ބޭނުންވާ ތަކެތި ގަންނަަން ބެންކޮކަށެވެ. އައިރާއަށް އަބަދު ވިސްނެނީ އޭނާއަށް ދިމާވެފައިވާ މަޖުބޫރީ ހާލަތާއި މެދުގައެވެ. މަންމަގެ ހާލަކީވެސް މިއެވެ. ލޯބިވާ ދަރިފުޅު ގޮތް ނޭނގޭ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ހިތައްކެތްވާވަރުގެ ކަމަކަށް ނުވެެއެވެ.
****
ހަވީރުގެ ވަގުތެވެ. އައިރާ ހުރީ ގޭ ކައިރީގައެވެ. އާރާ ފޫހިވެގެން ރޯވަރުންނެވެ. ކުރިމައްޗަށް ހުއްޓާލީ ސައިކަލެކެވެ.
“ހެލޯ އައިރާ” ނާއިލް އައިރާ އަށް ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. އައިރާ ޖަވާބުގައި ހަމައެކަނި ހިނިތުންވެލީއެވެ. އައިރާގެ މޫނުމަތީގައި ލިޔެފަ އޮތް އެއްޗެއް ނާއިލް އަށް އެގޭކަށް މާގިނަ އިރެއް ނުނެގިއެވެ.
“އައިރާ އަހަރެން ދެކެ އަދިވެސް ރުޅި އައިސްފަތަ ތި ހުރީ” އައިރާ ގެ މޫނަށް ބަލަހައްޓައިގެން ހުރެ ނާއިލް ބުންޏެވެ.
” އަހަރެންނަށް މާފްކުރޭ.. ފަހުން އަހަރެންވެސް އެކަމާ ވަރަށް ދެރަވި” ނާއިލް އިސްޖަހާލަމުން ބުންޏެވެ.
” އަހަރެން އެކަން މާ ބޮޑު ކަމަކަށް ނުހަދަން. އެކަމާ އަޅާނުލާ” އައިރާ އެއްވެސް މީހަކާ ދޭތެރޭ ހިތް ބުރަ ކަމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ.
” އައިރާ ވަޒީފާގަތަ މިހާރު އުޅެނީ.. ނޫނީ ކޯހެއް ހަދަނީތަ؟”
ނާއިލްގެ މި ސުވާލުން އައިރާގެ ހިތުގައި ޖެހުނެވެ. އެއީ އައިރާ އަށް ކުލަނުޖެއްސުނު ހުވަފެންތަކެކެވެ.
” މި އުޅެނީ ކައިވެނި ކުރަން” އައިރާ އަށް ދެވުނު ޖަވާބަކީ ނާއިލްގެ ވިސްނުން މުޅިން ބަދަލުކޮށްލި ޖަވާބެކެވެ. އައިރާގެ ބޭނުމަކީވެސް އެއީއެވެ.
” ކާކު އެއީ؟؟. ކޮން އިރަކު ކައިވެނި ކުރަނީ؟؟” ނާއިލް ބޭނުންވީ އަދިވެސް ޔަޤީން ކުރާށެވެ.
“އަންނަ ހަފްތާގައި”އައިރާގެ މި ޖަވާބުން ނާއިލް މުޅިން މާޔޫސް ކޮށްލައިފިއެވެ.
އައިރާއަށް އުފާވެރި ކައިވެންޏަކަށް އެދެމުން ނާއިލް ސައިކަލް ދުއްވާލިއެވެ.
******
ހަވީރުގެ ހިތްގައިމުވަގުތެވެ. އަރީން ހުރީ ގޭ ޓެރަސް މަތީގައެވެ. ޓެރަސްގެ ވަށައިގެން ވަނީ އެކިކަހަލަ މާ ގަސް ހައްދާފައިވާ ގަސްމުށި ތަކެވެ. އޯކިޑުމަލާއި ލިލީމަލެވެ. ފިނިފެންމަލާއި ސައިމާ ގަސްތަކެވެ. އަދިވެސް އެތައް ވައްތަރެއްގެ ގަސްތަކެވެ. މިއީ މަންމަގެ ބުރަމަސައްކަތެވެ. މިއީ މަންމަގެ ހޮބީއެވެ. ގަހަކަށް ކަމެއްވެއްޖެނަމަ އެދުވަހަކު ރަގަޅަކަށް ނުވެސްކެވޭނެއެވެ. ހަދިޔާއަކަށް ވެސް މަންމަ އެންމެ ބޭނުންވާނީ ގަހެކެވެ. އެހެންކަމުން ރައްޓެހިންވެސް ރަށަކަށް ދިޔަޔަސް މަންމައަށް ގެނެސްދޭނީ ގަހެކެވެ.
އަރީން ހުރީ ދުރުން ފެންނަންހުރި އިމާރާތްތަކަށް ނަޒަރުުއްޓިފައިހެން ހީވިޔަސް އަރީން ބަލަމުން ދިޔައީ އައިރާގެ ހިޔާލީ ތަސްވީރެވެ. އަރީންގެ ހިތަކުން އައިރާގެ ހަދާންތަކެއް ނުފިލެއެވެ. އޭނަ އަބަދުވެސް އުއްމީދުކުރެއެވެ. އައިރާ އޭނާއަށް ހާސިލްވާނެއެވެ. އެކަމަށް ބޭނުންވަނީ ކެރުމެވެ. ކަށީގައި ހަރުލާފައިވާ ފިޑިކަން ފިލުވާލަން އޭނަ ވަރަށް މަސައްކަތް ކޮށްފިއެވެ. އައިރާ ހޯދުމަށް ކުރަންޖެހޭ ހުރިހާކަމެއް ޕްލޭން ކޮށް ނިންމާލައިފިއެވެ. އަރީން އޮސްޓްރޭލިޔާ އަށް ފުރުމުގެ ކުރިން އައިރާއާ ގުޅުން ބަދަހިކުރަން ބޭނުމެވެ. ނާއިލް އަށް ގުޅުމަކީ ޕްލޭންގެ ފުރަތަމަ މަރުހަލާއެވެ. ސަބަބަކީ ނަންބަރު އެނގޭ ހަމައެކަނި ކްލާސް ކުއްޖަކީ ނާއިލް ކަމަށް ވުމެވެ. އަރީން ނާއިލްގެ ފޯނަށް ގުޅާލިއެވެ. ދެތިން ފަހަރަކަށް ރިންގުވާއިރަކަށް ފޯނު ނަގައިފިއެވެ.
“ހަލޯ” އަރީން ހަލޯ އޭ ގޮވާލުމުން ޖަވާބުދިނީ ކާކުކަން އެގޭތީއެއް ނޫނެވެ.
“މީ އަރީން” ނާއިލް ހުރީ ހައިރާންވެފައެވެ. ދުވަހަކުވެސް ނުގުޅާ މީހަކު ގުޅީމައެވެ.
އަރީން ހުރިހާކުދިންގެ ވާހަކަ އަހަމުންގޮސް އައިރާގެ ވާހަކަ އަހާލިއެވެ. އައިރާ އުޅޭތަނެއް އެނގޭތޯ އަހާލިއެވެ.
“އައިރާ މީހަކާ އިންނަނީ ނުން.. އަންނަ ހަފްތާގަ..” ނާއިލް އައިރާއާ ބެހޭގޮތުން ލިބިފައިވާ ހުރިހާ މައުލޫމާތެއް އަރީންނަށް ދީފިއެވެ.
ނާއިލްގެ މި ޖަވާބުން އަރީންނަށް ވީގޮތްވެސް ނޭގެއެވެ. ފޯނު ކަޑާލެވުނީ އިޚްތިޔާރަކާ ނުލައެވެ. އޭނާ ނާއިލް އަށްގުޅީ ހާދަ ފޮނި އުއްމީދުތަކަކާއި އެކުގައެވެ.މިއޮތް ހުރިހާ ދުވަހު ސިކުނޑީގައި ރޭވި ހުރިހާ ރޭވުންތައް ފެނަށް ވެގެން ދިޔައީއެވެ. މަންޒިލް ހޯދަން ކުރި ދަތުރުގެ ފެށުމާ ހިސާބުން ހުއްޓާލަން ޖެހުނީއެވެ.ކިތަންމެ ބޮޑު ތަދުބީރުތަކެއް ރޭވިޔަސް ކަންހިގާނީ ތަޤުދީރު ރޭވިފައިވާ ގޮތަށެވެ. ދެން އޭނާ ހަމަގައިމުވެސް މަސައްކަތް ކުރާނީ އައިރާގެ ހަދާންތައް އެ ހިތުން ފިލުވާލެވޭތޯއެވެ. އައިރާއަށް އުފާވެރި ފާގަތި މުސްތަޤުބަލަކަށް އެދެމުންނެވެ.
*****
މިއަދަކީ އައިރާގެ ކައިވެނި ކުރެވޭދުވަހެވެ. ކައިވެނީގެ ވަގުތު ކައިރިވިއިރުވެސް ރަޝާދުއެއް ނާދެވެ. ހަސީނައްތަގެ ފައި އެއްތާކު ހަރެއް ނުލައެވެ. މިހާބޮޑު ކެއްސެއް ދީފާނެއެކޭ އޭނާގެ ހިތް ނުބުނަނީއެވެ. ހަސީނައްތަ މިވަރަށް ހާސްވެގެން އުޅޭއިރުވެސް އައިރާގެ މަންމަގެ މޫނުމައްޗަކުން ކަމެއްވާހެނެއްވެސް ހިޔެއްނުވެއެވެ. ބުނާކަހަލައެވެ. އަހަރެންނަށް ރަގަޅީ މި ކައިވެނި ނުކުރެވުނިއްޔާއެވެ. ހަސީނާއްތަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާއައީ ފޯނެކެވެ. ފޯނު ނިމުނު އިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ފޯނު ބާއްވާފައި ވާހަކަ ފަށާނެ ގޮތެއް ނޭގިފަވެސް އެތައް އިރަކު ހުއްޓެވެ.
” އެއައީ ރައްޓެއްސެއްގެ ފޯނެއް” އެހެން ބުނެވުނީވެސް ހާދަ ހާލަކުންނެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. އައިރާ އާ ހަތަރުކަޅި ހަމަކުރަންވެސް ނުކެރިގެން އުޅޭކަހަލައެވެ. ނިތްކުރީ ހިއްލާފައިވާ ދާތައް އިރު އިރު ކޮޅުން ފޮހެލަމުން އެއްޗެްްއް ބުނަން އުޅޭހެންވެސް ހީވެއެވެ.
“ރަޝާދު ފުލުހުން ހައްޔަރު ކޮށްފި. މަސްތުވާތަކެތި ވިއްކަން ހުއްޓަ އަތުލައިގަތީ ” ހަސީނައްތަ އެއް ނޭވާއިން ބުނަން ބޭނުންވާއެތި ބުނެ ނިންމާލިއެވެ.
” އަހަރެންނަށް މާފްކުރޭ.. އަހަރެންނަށްވެސް އެއީ ކިހިނެތް އުޅޭ މީހެއްކަމެއް ނޭނގެ ކުރިއަކުން” ހަސީނައްތަ އިސްޖެހީ ކުރެވުނު ކަންތައް ހިތަށް އަރާފަ ލަދުންނެވެ. އައިރާގެ ބޮލުގައި ފިރުމާލަމުން ގެއިން ނުކުމެގެން ދިޔައީ އިތުރަށް ވާހަކަދައްކާނެ ގޮތެއް ނޭނގިގެންނެވެ.
އައިރާ އެ އިން ގޮތައް އިނީއެވެ. ވާންވީ އުފާ ކަމެއް ކުރަންވީ ހިތާމަކަމެއް ނޭގިފައެވެ. އެ ހަބަރު ލިބުނު ވަގުތު މަންމަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން އައިރާ އަށް ހަމަ ރީތިކޮށްވެސް ފެނުނެވެ. ދަރިފުޅު ދަންތުރައެއްގަ ނުޖެހި ސަލާމަތްވުމުން ރޯނީ ކޮން މަޔެއް ހެއްޔެވެ. މި ދުވަސް ނުދައްކަވާތޯ އެ މަަަންމަ ހާދަ ދުޢާއެއް ކުރިއެވެ. ދަރިއަކަށްޓަކައި މަންމައަކު ކުރާ ހެޔޮ ދުޢާ އިޖާބަ ނުކުރައްވައިނުދެއެވެ.
*****
އައިރާގެ އާއިލާއެކު ވެއްޓިފައި މިވާ ވަޅުގަނޑުން އެރޭތޯ އައިރާ ކެޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ގޮތެެއް ނިންމައިފިއެވެ……
(ނުނިމޭ)

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

އެ ސިއްރު 2

Next

ވާލޯބިންނޭ ދީވާނާ ވަނީ -1

Next
October 29, 2018

ވާލޯބިންނޭ ދީވާނާ ވަނީ -1

Previews
October 29, 2018

އެ ސިއްރު 2

9 Comments!

  1. Sazoo says:
    October 29, 2018 at 10:03 am

    I Love this story . when next part.,

    1. Nashy says:
      October 29, 2018 at 11:17 am

      Thak u ? insha Allah v avahah… ☺️

  2. Farah says:
    October 29, 2018 at 11:57 am

    Haadha kuree. Vv reethi

    1. Nashy says:
      October 29, 2018 at 6:24 pm

      Thank u☺️

  3. Noor says:
    October 29, 2018 at 6:19 pm

    Ebunaahen Hurihaa baehves varah kuru genesdheyleh but nice story eh keep it up ummeedhu kuran thankolheh dhigu kohla dheyne kamah

    1. Nashy says:
      October 29, 2018 at 6:26 pm

      thank u dear… vaa gothakee evarah vaguthu nuvany ☺️ ekam v v v masakkaiy kuraanan dhigu koh genesdheyn

  4. Mal says:
    October 29, 2018 at 11:03 pm

    Vrh reethi story??

    1. Nashy says:
      October 29, 2018 at 11:10 pm

      Thank u Mal ?❤️❤️

  5. RHAI says:
    October 31, 2018 at 4:28 pm

    Maa bodah kuru ingey. Anyway gud work. Keep going

Comments are closed.


All Right Reserved!