Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާނާ

Rau❤❣ Level 1
October 29, 2018 2 Mins Read
4 Comments

ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެކިއެކި ކަންތަށްތަކާ ދިމާވާނެއެވެ. ބައެއް ދުވަސްތަކަކީ ތިބާގެ ހަޔާތަށް ބަހާރުމޫސުން އައިސްފައިވާ ދުވަސްތަކަށް ވެދާނެއެވެ. އަދި އަނެއްބައި ދުވަސްތަކަކީ ތިބާގެ ހަޔާތް ކަޅުވިލާގަނޑަކުން ފޮރުވިފައިވާ ދުވަސްތަކަކަށްވެސް ވެދާނެއެވެ. ނަމަވެސް މި ދަނޑިވަޅު ތަކަކީ މުޅިން ހިތްވަރު އެލުވައިލާ ހުއްޓެންވީ ދަނޑިވަޅުތަކެއްނޫނެވެ. އޭގެ ބަދަލުގައި އާ ހިތްވަރެއްލައި ކުރިޔަށް ހިނގައިގަންނަންވީ ވަގުތެވެ.

ދަރިންނަކީ މާތް ﷲ އަހަރުމެންނަށް ބަލަން ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެކުދިންނަށް ފުރިހަމަ ރަށްކާތެރިކަން ފޯރުކޮށްދީ ހިމާޔަތް ކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އަހަރުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ނަމަވެސް މި އަމާނާތަށް ޚިޔާނާތްތެރި ވާ މީހުން ވަރަށް ގިނައެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމަށް އިހުމާލުވާ މީހުން މި މުޖުތަމަޢުގައިވެސް ވަނީ އިންތިހާއަށް މަށްޗަށް ގޮސްފައެވެ.

ޝާނާ އަކީ އަހަރެންގެ ހަޔާތަށް އައި ބަހާރު މޫސުން ކަމުގައި އަހަރެން ބަލަމެވެ. އެހާ ހެޔޮލަފާ އަޙުލާޤު ރަނގަޅު އަންބަކު ލިބުނީތީ މާތް ﷲ އަށް ޝުކުރު ކުރެވުނު އަދަދެއްވެސް ނޭންގެއެވެ. ޝާނާ އަކީ އަހަރެންގެ ހަޔާތެވެ. އުންމީދެވެ. އަހަރެންގެ ހަޔާތުގެ ނިވެމުންދިޔަ އުއްބައްތީގައި އަލުން ހުޅުރޯކޮށްދިން ހަޔާތުގެ ބައިވެރިޔާއެވެ. މުސްކުޅިން ބުނާ ހަރުބަހެއްއެ އޮވެއެވެ. އަނބިރީތީ ހެވީއާއެވެ. ވަޅީ ރީތީ ތޫނީޔާ އެވެ. ޝާނާ އަކީ އަހަންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ. ޖަވާހިރަކަށްވެސް ޝާނާ އާއި ވާދަ ކުރެވޭނެހެނެއް ހިޔެއް ނުވެއެވެ.

ޝާނާ އާއި އަހަރެންގެ ކައިވެނިއަށް މިހާރު 5 އަހަރުވެއްޖެއެވެ. މިހާތަނަށް އައިއިރު ދެމީހުންގެ ދޭތެރޭގައި އެއްވެސް ދެބަސްވުމެއް ހިނގާފައެއް ނުވެއެވެ. މިއީވެސް ހެޔޮ ފާލެއްކަމުގައި އަހަރެން ބެލީމެވެ. ދެމީހުންނަކީވެސް ރަނގަޅު ވަޒީފާއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އަދި ދިރިއުޅެމުން ދިޔައީ ދެމީހުންގެވެސް އުފަންރަށުގައި އަހަރެންގެ އާއިލާއާއި އެކުއެވެ. މަންމައާއި ބައްޕައަށް ލިބުނު 4 ކުދިންގެ ތެރެއިން ދުނިޔޭގައި ހުރީ އަހަންނާއި ދޮންތަ ކަމުން އާއިލާއަކީ އެހާ ބޮޑު އާއިލާއަކަށް ނުވިއެވެ.

ދުވަސްތަށް ފާއިތުވަމުން އައީ ވަރަށްވެސް ހަލުވިކޮށެވެ. ބައެއް ދުވަސްތަށް ނިމިގެން ދާގޮތްވެސް ނޭންގެއެވެ. އަހަރީ ޗުއްޓީ ނެގުމުގެ ކުރިނ ކުރަންހުރި ކަންތައްތައް އަވަހަށް ކޮށް ނިއްމާލެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. އެހެން ކަމަކަށް ވަގުތު ހުސްނުކޮށް އަހަރެން އިތުރުގަޑީގައިވެސް މަސައްކަތް ކުރަމުން ދިޔައީމެވެ. ސުޕަރވައިޒަރ ގެ ދަށުން ހުންނަ މީހާކަމުގައި ވާތީ ލައްކަ މަސައްކަތް ކޮށް ނިންމަން ޖެހެއެވެ. އެހެންނޫނީ ޗުއްޓީ ނިންމައިފައި އަންނައިރު ހުންނާނީ މަސައްކަތްތަށް ފުނި ޖެހިފައެވެ.

މިއީވެސް ހަމަ އެފަދަ ރެއެކެވެ. ގަޑިން 10 ޖެހިއިރުވެސް އަހަރެން އިނީ އަހަރެންނަށް ހާއްސަކުރެވިގެންވާ ކެބިންގައި ލިޔެކިޔުންތަކެއް ނިންމުމަށްފަހު ފައިލް ކުރުމަށެވެ. މި މަސައްކަތް ކުރަމުން ދިޔައިރު ޝާނާގެ އެތަށް ކޯލެއް އައެވެ. އަހަރެން ގެޔަށް ދިޔުން ލަސްވެގެންނެވެ. އަހަރެންވެސް އަވަހަށް ގެޔަށް ދާން ބޭނުމެވެ. ނަމަވެސް މާދަމާއިން ފެށިގެން ޗުއްޓީ ވާނެތީ ކޮންމެހެންވެސް މި ލިޔުންތަށް ނިންމަން އެބަޖެހެއެވެ. އަހަންނަށް އޮފީސް ނިންމާފައި ގެޔަށް ދެވުނު އިރު 11:30 ވެއްޖެއެވެ. އޭރު ޝާނާ އިނީ ބޮޑު ކޮޓަރީ ސޯފާގައި އަހަންނަށް އިންތިޒާރު ކުރާށެވެ. އަހަރެން ފެނުމުން ހީލުމަށް ފަހު ދާން ހިނގައިގަތީ ބަދިގެ ފަރާތަށެވެ. އަހަރެންވެސް ޝާނާ ގެ ފަހަތުން ބަދިގެ ފަރާތަށް ދިޔައީމެވެ. އަދި މިރޭ ނުކާނަން ކަމަށާއި ހަމައެކަނި ޖޫސް ތައްޓެއް ހެދުމަށް ބުނެފައި އަހަރެން ދިޔައީ ފެންވަރާލުމަށެވެ.

ފެންވަރައިލައިގެން އަހަރެން ނިކުންއިރު ކޮޓަރީ ސޯފައިގައި ފުން ވިސްނުމަކަށް ގެއްލިފައި އިން ޝާނާ ލޮލުގައި އަޅައިގަތެވެ. ވަރަށް ހިތާމަވެރި މޫނެކެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އަހަރެން މިހާ ބިރުގަތް ދުވަހެއް އަދި ނާދެއެވެ. އަންނާނެ ކަމެއްވެސް ނޭންގެއެވެ. އަނެއްކާ އަހަންނަށް ޝާނާ ބޭނުންވާ ކަމެއް ކޮށް ނުދެވުނީ ހެއްޔެވެ؟ ނޫނީ ޝާނާ އޭނީ އަހަންނަށް މިރޭ ފޯނު ނުނެގުނީމަ އެކަމާ ދެރަވެފަހެއްޔެވެ؟ އަހަރެން ވަރަށް މަޑުމަޑުން ގޮސް ޝާނާ އާއި ދާދި ގާތުގައި އިށިންދެ ފުރަތަމަވެސް މިރޭ ފޯނު ނުނެގުނީތީ މަޢާފަށް އެދުނީމެވެ. އަދި ދެރަވެފައި ތީނީ ކީއްވެތޯ ސުވާލު ކުރީމެވެ. ޝާނާ އަހަންނާ ދިމާލަށް ހިނދުކޮޅަކު ބަލަން އިދެފައި ފުން ނޭވާއެއް ލިއެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ޝާނާ ވަރަށް ވިސްނަން އިނދެފައި އަހަރުމެންނަށް އަދި ކުއްޖަކު ނުލިބެޔެއް ނޫންހޭ ބުނެލީ ހިތް ހަލާކުކޮށްލާފަދަ އަޑަކުންނެވެ. އެ އަޑުންވެސް އެފަކީރު ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. ޝާނާ އެހެން ބުނުމުން އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަހަރުމެންގެ ދެމީހުންގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައިރުވެސް މި ގުޅުމުގައި އަދި މަލެއް ނުފޮޅެއެވެ. ދަރިޔަކު ހޯދުމުގެ މުހިންމު ކަން ފުރަތަމަފަހަރަށް އަހަންނަށް އިހުސާސް ކުރެވުނެވެ.

(ނުނިމޭ)

ނޯޓް: އައްސަލާމް ޢަލައިކުމް. މި ވާހަކަ އަކީ އަޅުގަނޑު އެންމެ ފުރަތަމަ ލިޔާ ދިގުވާހަކަ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން.

Share Article

Follow Me Written By

Rau❤❣

Level 1

އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ ވާހަކަ ތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށްގެން ލިޔާ ވާހަކަ ތަކެކެވެ. އެހެންކަމުން ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވާހަކަ އަށް ފާޑު ކިޔުމަކީ މައްސަލައެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ފާޑު ކިޔުމަކީ ލިބޭ ކުރިއެރުމެކެވެ. އުނި ކަންތައްތައް ރަނގަޅު ކުރެވޭނީ ކިޔުންތެރިންގެ އެއްބާރުލުން ލބިގެންނެވެ. އަދި ލިބޭ ފާޑުކިޔުންތަށް ހެޔޮހިތުން ބަލައިގަނެ ރަނގަޅުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމުގައި ބަލަމެވެ..❤❣

Other Articles

Previous

ވާލޯބިންނޭ ދީވާނާ ވަނީ -1

Next

ފާތުމާގެ ބިރު

Next
October 29, 2018

ފާތުމާގެ ބިރު

Previews
October 29, 2018

ވާލޯބިންނޭ ދީވާނާ ވަނީ -1

4 Comments!

  1. Ibsha says:
    October 29, 2018 at 9:46 am

    Varah reethi

    1. mannu says:
      October 29, 2018 at 1:19 pm

      vv reethi vaahaka eh☺☺

    2. Rau❤❣ says:
      October 29, 2018 at 2:07 pm

      Thank you @Ibsha?❤❣

    3. Rau❤❣ says:
      October 29, 2018 at 2:08 pm

      Thank you @mannu?❤❣

Comments are closed.



All Right Reserved!