Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 2

Rainoppa Level 210 Stories100 Comments
June 20, 2019 One Min Read
15 Comments

ގަޑިން ރޭގަނޑު 9 ޖެހީއެވެ. އަހަރެން އިނީ ފިލާވަޅު ހަދާށެވެ. ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. އަހަރެން ނޫން އެހެން ދަރިއެއް މަންމައާއި ބައްޕައަށް ނުލިބުމުން ހުރިހާ އެއްޗެއް ދީގެން ފުދިގެން އަހަރެން ބަލާބޮޑުކުރުމަށް ކުރި މަސައްކަތް ކިތަންމެހާވެސް ފުރިހަމައެވެ. ކޮޓަރީގައި ޖަހާލާފައި ހުރި ކަބަޑުގައި މެޑައްޔާއި ތަށިތައް ތަރުތީބުކޮށް އަތުރާލާފައި ވެއެވެ. އަހަރެންގެ ކާމިޔާބީގެ އަސްލަކީ އެ ހެޔޮ ބައިންބަފައިން ކަމާމެދު ޝައްކެއްނެތެވެ.
އަހަރެންނަށްފިލާވާޅަށް ވުރެ ބޮޑަށް ވިސްނެމުން ދިޔައީ ރާނާއާއި ދޭތެރޭގައެވެ. ފޯނުގެ އަލްބަމް ހުޅުވާލީ ވެސް ރަނާގެ ސޫރަ ފެނުމުން ހިތަށް ލިބިދޭ ހިތްހަމަޖެހުން ބޮޑުކަމުންނެވެ. މާދަން ވާނެ ގޮތެއް ނޭނގެއެވެ. ހަމައެކަނި ރައްޓެއްސެއްގެ ގޮތުގައި ރަނާގެ ހަޔާތުގައި އަހަރެން ހުންނާކަށް ބޭނުމެއް ނުވެއެވެ. ރަނާގެ ލޯތްބަށް ފެންބޮވައިގެންފައި ހުރިލެއް ބޮޑުކަމުންނެވެ.

ފުރާޅުގައި ވާރޭގެ ތިކިތައް ތަޅަން ފެށުމުން އޭރު ޝާޔާ ފަހަތުން ނުުދުވެ ގެޔަށް އާދެވުނީތީ އަހަރެން އުފާވިއެވެ. މޯޅިއަކަށް ދަމާލަމުން ގޮނޑިން ތެދުވެގެން އަހަރެން މިސްރާބުޖެހީ ފާރުގައި ބޭރަށް ވާ ގޮތަށް އިން ކުޑަދޮރަށެވެ.

“ރައްޔާން….” މަޑު ފިނި ވައިރޯޅިއެއް ބީހިލާހެން އަހަރެންގެ ކަންފަތުގައި އެ އަޑު ޖެހުނެއެވެ. އެ ވަގުތު ކުއްލިއަކަށް ވައިގަދަވެ ކުޑަދޮރު ބަންބަން ލާފައި ޖެހެން ފެށިއެވެ. ހުރި ފިޔަވަޅު މަތީގައި އަހަރެން ހުރީ އަނެއްކާ އެ އަޑެ އިވޭނެ އިންތިޒާރަކަށެވެ. އަމިއްލަ ނަފްސަށް އެއީ ކުންހީއެއް ކަން ސާބިތުކުރުމުގެ ނިޔަތުގައެވެ.

“އާދެބަލަ……” މިފަހަރު ހީވީ ކަންފަތް ދޮށުގައި އަތް އަޅާފައި މީހަކު ބުނިހެންނެވެ. އަހަރެންގެ ހަތަރަސްފައި ފިނިވެގެން ދިޔައެވެ. މޫނު މަތިން އޮއްދާ ވެސް ހިއްލައި މުޅި މީހާ ރޫރޫ އަޅާފިއެވެ. ގައިމުވެސް އެއީ އަންހެން ކުއްޖެއްގެ އަޑެވެ. އަހަރެން ނޫން އެހެން މީހެއް ކޮޓަރީގައި ނެތްތޯ ލޮލުން ސްކޭން ކޮށްލީމެވެ. އިތުރު މީހެއްގެ ހިލަމެއް ނުވާތާ ދިރޭ ސޫތްޕެއްގެ ހިލަމެއް ވެސް ނުވެއެވެ. .

“ދަރިފުޅާ ރައްޔާން. ތި ކުޑަދޮރު ލައްޕަބަލަ. ހާދަ އަޑު ގަދައޭ!” މަންމަގެ އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. ތެދެކެވެ. ވަރަށް އަޑުގަދައެވެ. ވައިވެސް ގަދައެވެ. މަންމަގެ އަޑުވެސް އިވުނީ ކިރިޔާއެވެ. ދެން ކޮންތާކުން އިވޭ އަންހެން ކުއްޖެއްގެ އަޑެއް ހެއްޔެވެ؟ މޭ ފުއްޕާލާފައި އަހަރެން ކުޑަދޮރުގެ އަތްގަނޑުގައި ހިފާލީމެވެ. އެވަގުތު މަގުގެ އަނެއް ފަޅީގައި މީހެއްގެ ހިލަމެއް ވާހެން އަހަރެންނަށް ހީވިއެވެ. މޫނަށް ވާރޭގެ ތިކި ބުރާވަރުން އެއީ ކާކުކަމެއް ސާފެއް ނުވެއެވެ. އަންހެނެއްގެ ސިފަ ޖެހޭހެން އަހަރެންނަށް ހީވިއެވެ. އޭނާ އަހަރެންނަށް ހަނާ އެބަ އަޅައެވެ. މޫނު މައްޗަށް އިސްތަށިގަނޑު ވައްޓާލާފައި ހުރިއިރު ހުދު ކުލައިގެ ހެދުމުގެ ތަންތަން ވީދިފައި ހުރިހެން ވެސް ހީވިއެވެ. އެވާނީ ކޮންމެވެސް ބޯ ކުއްޖަކަށް ކަމަށް ނިންމާފައި އަހަރެން ކުޑަދޮރު ލައްޕަން އަތަށް ބާރުލީމެވެ. ޖެހި ލުއްކެއްގެ ބާރުކަމުން އަހަރެން ފަހަތަށް ވެއްޓުނެވެ. ނަމަވެސް ކުޑަދޮރު އަތަކަށް ގުޑާވެސް ނުލިއެވެ. ކުދި ކިޔަމުން އުނަގަނޑުގައި އަތް އަޅާފައި އަހަރެން ތެދުވީމެވެ. އަނެއްކާވެސް ކުޑަދޮރު ލައްޕަން  އުޅުނު ތަނާހެންާ ފިނި އަތެއް އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

“ކާކު؟ ކާކު ހޭ؟ އަތުން ދޫކުރޭ!” އަޑު ތުރުތުރުއަޅާ ހާލުގައި އަހަރެން އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ގެންދިޔައީމެވެ. ކުޑަދޮރު ކުރިމަތީގައި އަހަރެން ހުއްޓިގެން ހުރިއިރު މަގުގެ އަނެއްފަޅީގައި ހުރި އަންހެން ކުއްޖާ ފެންނާކަށް ނެތެވެ. އަނެއްކާ މީ އޭނަ ބާވައެވެ؟

“ދޮރު ފަހަތަށް ނުވަދެ މޫނު ދައްކާ!” އަތަށް ނިޔަފަތި ހަރަން ފެށުމުން އަހަރެން ގާތަށް ރުޅިއައެވެ. މި އަންހެންކުއްޖާ ލާރި ބޭނުން ވަނީނަމަ މިޔަށްވުރެ ރީއްޗަށް އެހިޔަސް އަހަރެން ދޭނަމެވެ. ކުޑަކުދިން ކުރާ ކަހަލަ ކަންތައް ކުރަން ޖެހޭ ހެއްޔެވެ؟

ދެން ފެށުނީ ވާ ދެމުމުގެ ކުޅިވަރަކެވެ. ތަފާތަކަށް ވީ ދަމަން ބޭނުންކުރީ އަހަރެންގެ އަތްކަމެވެ. އޭރުވެސް މަންމައާއި ބައްޕަގެ ހިލަމެއް ވެސް ނުވެއެވެ. އަހަރެން މިއޮށް ބާރަށް ހަޅޭއްލަވާއިރު ހަމަ އެކަކަށް ވެސް އަޑުނީވެނީ ހެއްޔެވެ؟ ކުއްލިއަކަށް އަތް ސަލާމަތްވެ އަހަރެން ބިންމައްޗަށް ގުޅަޔަކަށް ޖެހުނެއެވެ. އެވަގުތު މޭޒުމަތީގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ކުޑަދޮރަށް ބަލަމުން އަހަރެން ފޯނާއި ކައިރިވެލީމެވެ.

ސްކްރީނުގައި އިން ރަނާގެ ނަން ފެނުމުން ޓީޝާޓުގައި ތެމިފައި ހުރި އަތް ފޮހެލާފައި ފޯނު ކަންފަތުގައި ޖަހާލީމެވެ.

“ހަލޯ. ރައްޔާނު! މިއުޅެނީ ވަރަށް ސަކަރާތް ކަމެއް ވެގެން.”

ރަނާގެ ހާސްވެފައި ހުރި އަޑު އިވުމުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ.  ރަނާ އެހާ ހާސްވެގެން މިއުޅެނީ ކޮންކަމަކާ ހެއްޔެވެ؟ “ކިހިނެތްވީ؟” އަހަރެންގެ ހުރިހާ ސަމާލުކަމެއް ދެވުނީ އެ ފޯނު ކޯލަށެވެ. ތަންވަޅު ބަލަންހުރި މީހަކަށް

ފުރުސަތު ދެވުނުކަމެއް އަހަރެންނަކަށް ރެޔަކައެއް ނުލައެވެ.

“ޝާޔާ އަދިވެސް ގެޔަށް ނާދޭ! އޭނަ ގެއްލިއްޖެ! މަންމަމެން އެބައުޅޭ އޭނަ ހޯދަން ނުކުމެ! އަޅޭ! މަހާދަ ވޮރީ ވެޔޭ އެބަ!” ރަނާގެ އަޑުން އޭނާ ރޮނީކަން އިނގުމުން އަހަރެން ހިތުގައި ޖެހޭގޮތް ވިއެވެ. މި ސުންޕާ ޝާޔާ އަހަންނަށް ފެނިއްޖިއްޔާ މަންމަގެ އިލޮށިފަތީގައި ހުރި ވަރެއް ދައްކާލާނަމެވެ. އަބަދުވެސް މީހުން ރޮއްވާ މީނަ ފަހަތުން ހުރިހާ އެންމެން ނުދުވުނިއްޔާ އޭނަޔަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

“ރަނާ. ޝާޔާ ފެންނާނެ. ކުރިންވެސް އޭނަ މިކަހަލަ ކަމެއް ކުރިއެއްނު” އަހަރެން އެހެން ބުނީ މިދިޔަ އަހަރު ޝާޔާ އޭނަގެ މަންމަ ދެކެ ރުޅިއައިސްގެން ގެއިން ފިލި ވާހަކަ ހުރިހާ އެންމެނަށް މަޝްހޫރު ވާހަކައަކަށް ވީމައެވެ. ހަޤީޤަތުގައި ވެސް މީހުންގެ ސަމާލުކަން ހޯދަން ޝާޔާ ވަރެއް ނޯންނާނެއެވެ.ފޯނު ބާއްވާފައި އަހަރެން އެނދުގައި ޖައްސާލީ ކުޑަ ދޮރު ލައްޕާލާފައިއެވެ. ބޭރުގައި މީހެއް ނެތުމުން  ފުންނޭވާއެއް ލާ ބޭރުކޮށްލީ މިފަހަރުވެސް ޝާޔާ އަހަރެންގެ ރާވާފައި އޮތް ކަންތައް ފަނި ކޮށްލީމައެވެ. މިކަހަލަ ވަގުތެއްގައި ރަނާއަށް ލޯބި ހުށަހަޅާއިފިއްޔާ އަހަރެން ވަރު ނުބައި ފިރިހެނެއް މިރަށަކު ނުހުންނާނެއެވެ. ބޭރުން ޓޯޗު ބައްތިތަކާއި މީހުންގެ ހަޅޭކުގެ އަޑު އިވުނެއެވެ. ޝާޔާ ގެއްލިއްޖިއްޔާ މާއިންގެ ލޮލަށް ނިދި ނާންނާނެކަން އަހަރެންނަށް އިނގެއެވެ. ނަމަވެސް ފޫނެތް ފަޔަކަށް ފެންފުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ޔަޤީނުންވިއްޔާ މިފަހަރުވެސް ޝާޔާ އޮންނާނީ ކޮންމެވެސް ފަޅު ގެޔަކަށް ވަދެ ފިލައެވެ. އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގިގެން އުޅޭ މަންޖެއެކެވެ.

އިސާހިތަކު ލޮލަށް ބަރުވެ ނިދި އަހަރެންގެ ބޮލަށް ސަވާރުވިއެވެ. ނިދި ލިބުނެހެނެއް ހިޔެއްނުވެއެވެ. ބަޔާންކުރަން ދަތި ނުތަނަވަސްކަމެއް އަހަރެންގެ ހިތުގައި އުފެދުނެއެވެ. ދެލޯ މަރައިގެން އޮތެއް ކަމަކު ކޮޓަރީގައި އެހެން މީހެއް އުޅޭ ކަމުގެ އިހުސާސް ކުރެވުނެއެވެ. މި ވަގުތު އަހަރެންގެ ކޮޓަރިއަށް ވަދެގެން އުޅެނީ ކާކު ހެއްޔެވެ؟ ކަރު ހިއްކައިގަނެއްޖެއެވެ. އާދަޔާ ހިލާފަށް ފިނި ވާން ވެސް ފެށިއެވެ. ދެލޯ ހުޅުވަން ބޭނުންވިޔަސް އަހަރެންގެ ހަށިގަނޑަށް ބާރެއްނުފޯރުވެއެވެ. މި އޮތީ ހޭލާކަން އިނގެއެވެ. ނަމަވެސް އަތެއް ފައެއް ގުޑާނުލެވުނެއެވެ. ނުފެންނަ ވާފަށަކުން އަހަރެން ބަނދެވުނެއެވެ. ދެލޮލުގެ ކަޅި ހިނގައެވެ. ލޮލެއް ނުހުޅުވެއެވެ. އަނެއްކާ އަހަރެންނަށް ވާ ބަލި ޖެހުނީ ހެއްޔެވެ؟ ވާނުވާ ނޭނގި އޮއްވާ ފިނި އަތެއް އަހަރެންގެ ބަނޑުގައި ބީހިލިއެވެ. ޓީޝާޓެއް ނުލާ އޮތުމުން މޭމަތީގައި ހުރި ލޯލިތައް ކޮއްޅަށް ޖެހުނެއެވެ. މީހެއްގެ ފިނި ނޭވާ މޫނަށް އެޅެމުންދިޔަ އިރު ކޮޓަރި ތެރޭ ހިއްޕާލާފައި ހުރި ފަރުހަކި ވަހުން މޭނުބައި ކޮށް އަރު ތެރޭ ހޮޑު ތާށިވިއެވެ. އެވަރު ވީއިރު ހިންވެސް ދިރުވާނުލެވެއެވެ. ހޭވެރިކަން އޮތް ކަމުގައި ވިޔަސް ކޯމާއެއްގައި އޮތް ބަލި މީހެކޭ އަހަރެންނެކޭ އެއްފަދައެވެ.

“ރައްޔާނު ހާދަ ރީއްޗޭ!” މަސްތީ ވައި އަޑަކުން ވާހަކަ ދައްކަމުން ދިޔަ އަންހެން ކުއްޖަކީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ދެކެފަރިތަ ގޮތެއް ހުއްޓެވެ. ދެލޯ ހުޅުވާފައި ބެލޭނީ ވެސް ބެލޭ ނަމަތާއެވެ. އަހަރެންގެ ހަށިގަނޑުގެ އެކި ތަންތާގައި އަތްލަމުން ދިޔައިރު ހީވަނީ ކާއެއްޗެއް އަލަށް ފެނިގެން އެޔާ އޮޅުލާހެނެވެ. ހިތުގައި ކިތަންމެ ސުވާލެއް އުފެދުނަސް އެންމެ ބޮލަށް އުދަނގޫ ކުރުވި އަޖައިބަކީ އަހަރެންނަށް ގުޑާނުލެވޭ ކަމެވެ. ޔަޤީނުންވެސް މިއީ ހުވަފެނެއް ނޫނެވެ. ބޭރުން ޓީވީގެ އަޑާއި ޝާޔާ ހޯދަން ނުކުމެ އުޅޭ މީހުން ހޭލަމޭލައަށް ދުވާ އަޑު ވެސް އެބަ އިވެއެވެ. ވީމާ އެހާ ދަނެއް ވެސް އަދި ނުވެއެވެ.

އެ އަންހެންކުއްޖާ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. ސިކުނޑީގެ ބޮކި ދިއްލުނީ ދެނެވެ. އެ ގޮތްކުޑަ އަޑުގެ ވެރިއަކީ ޝާޔާކަން އަހަރެންނަށް ޔަޤީންވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

އަސްލާން 8

Next

ވެވުމުން ލޯބި 3

Next
June 20, 2019

ވެވުމުން ލޯބި 3

Previews
June 20, 2019

އަސްލާން 8

15 Comments!

  1. jiji says:
    June 20, 2019 at 6:23 am

    Me first dhw..kiyaafa comment eh kohlaanan ingey???❤❤

  2. Luc!f3r says:
    June 20, 2019 at 6:41 am

    Shaya gellun kujjakah vaanybaa noony fennaany baa.. Jinni host eggothu?

  3. Ibsha says:
    June 20, 2019 at 7:21 am

    Reethi

  4. jiji says:
    June 20, 2019 at 10:05 am

    Oh my..Yuh are 23 years dhw..I thought 14 years kakah…btw mi part vec v v rythi ingey…shaayaa ge sifaiga ulhey jinni eh baa aee..I’m so curious..plc upload next part soon ingey???❤❤❤???????

    1. Rainoppa says:
      June 20, 2019 at 2:01 pm

      14 years ey tho? Anehkaa ehn heevee keehve baa?
      dhn oi bai ves varah avahah upload vaane.
      intizaaru kohlahvaa.
      shukuriyaa thi dhehvaa tharuheeb ah! 🙂

  5. Rose says:
    June 20, 2019 at 1:12 pm

    When next?

    1. Rainoppa says:
      June 20, 2019 at 1:57 pm

      Very soon.

  6. drax says:
    June 20, 2019 at 1:33 pm

    Omg ?????????
    This story is awesome ????
    So unique idea I am loving this story a lot
    Please write the story up to end please please

    1. Rainoppa says:
      June 20, 2019 at 1:59 pm

      lahbba. Nimen dhn mi story liyaanan, ingey tho. Haas kandaala. 😉
      Shukuriyya vaahaka kiyuhvee thee

  7. Rai says:
    June 20, 2019 at 6:44 pm

    rainoppe keeve lap in kiyaairu ehbai fennany.Rai akah nukiyunu.sorry.ekam varah reethi vaanehen heevanee.

  8. Räyyäñ says:
    June 22, 2019 at 10:17 am

    When is the new part coming

  9. Ibsha says:
    June 22, 2019 at 7:05 pm

    Koba part 3

  10. The Alpha says:
    June 29, 2019 at 11:42 am

    Vaahaka varah salhi
    Ekamu baeh than kolhu kolhu Hama nujehey gothah ebahuri
    E rangalhu kohleema varah salhi

  11. ?mariyam ? says:
    July 11, 2019 at 12:32 pm

    shaayaa akee handi ehtha . rayyan ah evany kihineh .gayaku ehves baareh netho . anehkaa dhovanee faru haki vaheko.

    i really like reading dhivehi horrow stories .
    i love this one so far ???????????????????

  12. Lovly says:
    July 20, 2019 at 12:04 pm

    This story v nice

Comments are closed.

Next Episodeދުޝްމަން – 3←


All Right Reserved!