Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 1

Rainoppa Level 210 Stories100 Comments
June 19, 2019 4 Mins Read
14 Comments

ރަށުތެރޭގައި އެންމެ ލާނެތްވާނީ އަހަރެންގެ ރައްޓެހިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަދަރުސާ ނިންމާފައި އެ ނުކުންނަ ގޮތަށް އަހަރުމެން ގެޔަށް ވަންނަނީ ރޭގަނޑު ކާ ގަޑި ޖެހުނީމައެެވެ. ރަށު ސުކޫލުގައި ގްރޭޑު ދިހައެއް ކިޔެވުމަށްފަހު ހުރިހާ އެންމެން އެއްބަސްވީ މޭލެ ގޮސް އޭލެވެލް ކިޔަވާށެވެ. ނަމަވެސް އަދި އެއް އަހަރު އެބަ އޮތެވެ. އޯލެވެލް ހަދާ އަހަރެވެ.

އެދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. މޫސުން ރީތިވެފައި މަޑު ފިނިވައިރޯޅިއެއްވެސް ޖެހެމުންދިޔައެވެ. ސުކޫލް ނިންމާފައި އަހަރުމެން ހިނގަމުންދިޔައީ އަތިރިޔާ ދިމާލަށެވެ. އަހަރެންނަކީ އެހާ ވާހަކަ ގިނަ މީހެއް ނޫނެވެ. ނަމަވެސް ޝާޔާ ހުންނައިރު ބާރަށް އެއްޗެކޭ ނުބުނެ ހުރުމަކީ އިންސާނަކަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫނެވެ. އޭނާ އަނގަ ގަދަ ކަމުންނެވެ. ބޮލަށް އުދަނގޫކުރާ ވަރުންނެވެ. ޝާޔާއަކީ ދޮންވެފައި ބަލާލަން ރީތި ކުއްޖެކެވެ. އޭނާގެ ފުރިހަމަ ސިފަތަކަށް ހިޔަނި އެޅެނީ އޭނާގެ ބޮޑު އަނގަޔާ ހެދިއެވެ. އަނގަ ނުބާނާކަށް ވަކި ކަމެއް ނޯވެއެވެ. ހިމޭނުން ހުންނަ ވަގުތެއް ނުދާނެއެވެ. މީހުނަށް މަލާމާތާއި ފުރައްސާރަކުރުމަކީ އޭނާގެ ކަށީގައި ހިފާފައި ހުންނަ ކަންކަމެވެ. ދެ ބުމަ ގޮށްޖަހަމުން އަހަރެން ހިނގީ ޝާޔާއާއި ވީހާވެސް ދުރުންނެވެ. އޭނާގެ އަވާގައި ޖެހި ހަލާކުވާން ބޭނުން ނުވާތީއެވެ. އޭރުވެސް މާއިން އާއި ފައިނާނަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ. އެމީހުނަށް ޝާޔާ ވަރެއް ނެތެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ރަނާއެވެ. ރަނާއަކީ ހަމުގެ ކުލަ އޮޅަލި ހިކިކޮށް ހުންނަ ހިތްގައިމު ހިނިތުންވުމެއްގެ ވެރިޔެކެވެ. ކުޑައިރުއްސުރެވެސް އަހަރުމެން ދެމީހުން ކިޔެވީ އެއް ކިލާހެއްގައެވެ. ރަނާގެ މަޑުމައިތިރި މިޒާޖާއި ހިތްހެޔޮ ހިނިތުންވުން ފެނިފައި އެންމެ ފުރަތަމަ ދުވަހުވެސް ރަނާއާއި ގަޔާވެވުނެއެވެ. އެ ދުވަސްވަރު އަހަރެންގެ އިހުސާސްތަކަށް ދޭންވި ނަމެއް އަހަރެންގެ ތުއްތު ސިކުނޑިއަށް ނޭނގުނެއެވެ. ދުވަސްތަށް ފާއިތުވަމުން ގޮސް ދެމީހުން ފުރާވަރަށް އެރިއިރު އަހަރެން ރަނާޔާއި ދޭތެރޭ ދެކެނީ ކިހިނެތްކަން ފަހުމުވެގެންދިޔައެވެ. ރަނާއަކީ އަހަރެންގެ ހިތުގެ ހަމަޖެހުމެއެވެ. ހުވަފެނުގެ މަލިކާއެވެ. އަދި ޝާޔާގެ ތިމާގެ ކުއްޖެކެވެ. ކުރު ގޮތަކަށް ބުނަންޏާ އޭނާގެ “ކަޒިން”އެވެ.

އަހަރެންނާއި ރަނާ ހިނގަމުންދިޔައީ ބަޔޮލޮޖީ ފިލާވަޅު މަޝްވަރާ ކުރަމުންނެވެ. ރަނާއާއި އުދަނގޫ ސުވާލެއް މުޠާލިޢާކުރަން ދިޔައިރު އޭނާގެ ތުންފަތް އޫ ކޮށްލާލެއް ލޯބި ކަމުން އަހަރެންގެ އަނގައިން ސޮނި ނުވެއްޓުނީ ކިރިޔާއެވެ.

“އައްޗީޑި! މިއޮށް މީހެއް!”

ކުއްލިއަކަށް އަހަރެންގެ މޫނު މައްޗަށް ޖެހި ތެތްވެފައި އޮތް ޓިޝޫ ފެނިފައި ރުޅި އައިސްގެން ގޮސް ދެލޯ މަރާ ތަގުޅި ކޮށްލެވުނެއެވެ. ދުރުގައި ހެވިފައި ބަލަން ހުރި ޝާޔާ ފެނިފައި ކައިރީގައި އޮތް ފަންވަތުން ޖަހާ ހެޔަރުވާލާނަމޭ އަހަރެން ހިތަށް އެރިއެވެ. ޝާޔާ ސަލާމަތްވީ ރަނާ ރަކި ގޮތަކަށް ހީލި މަންޒަރު ފެނިފައި އަހަރެންގެ ރުޅިގަނޑު ފިނިވީމައެވެ. ހުރިހާ އެންމެނަށް ވެސް އަހަރެން ރަނާއާއި ގަޔާވާކަން އިނގެއެވެ. ރަނާއަށް ވެސް ބައެއް ފަހަރު އިނގޭހެން އަހަންނަށް ހީވެއެވެ. އަހަރެންގެ ލޯތްބަކީ ޝާޔާ ކަހަލަ ކެރޭ މީހުނަށް ބޮޑު ޖޯކެކެވެ. ބައެއް ފަހަރު ޝާޔާގެ ޖެހިލުން ކުޑަކަމާއި ދޭތެރޭ ހަސަދަވެރިވާ ވަގުތު ވެސް އާދެއެވެ. އަހަރެންގެ ފިނޑިކަމާއި މެދު އަމިއްލަ ނަފްސަށް މަލާމާތް ނުކުރާ ދުވަހެއް ނުދާނެއެވެ. ލޯބި ހުށަހަޅަން ނުކެރޭނީ ރަނޑުންނޭ ޝާޔާ ނުސީދާ ގޮތަށް ކިތަންމެ ފަހަރަކު ބުނެފިއެވެ. އަހަރެންނަކީ ފިނޑިއެއްކަން ގަބޫލުކޮށް އެ ހިތި ތެދު ހިތުގެ އެންމެ އަޑީގައި ވަޅުލާ އެކަން ނިންމާލާފީމެވެ. މާދަން ގައިމުވެސް އަހަރެން ރަނާ ކައިިރި ލޯބިވާ ވާހަކަ ބުނާނަމެވެ.

“އޭ! މިއަދު ސަންސެޓް ހާދަ ރީއްޗޭ! ހިނގާބަ ވޮލީ ކުޅެން.”

ވެލިގަނޑުގައި އޮތް ވޮލީ ބޯޅަ އަތަށް ހެޔޮވަރުކޮށްލަމުން ޝާޔާ ބުނެލިއެވެ. އެވަގުތު އަރާކާ އެއްޗެއްހެން ފައިނާން އާއި މާއިން އުފަލުން ފުމެން ފެށިއެވެ. ޝާޔާއާއި ދިމާވުމުގެ ކުރިން ފައިނާންއަކީ މަޑުމައިތިރި ކުއްޖެކެވެ. އަދި މާއިން އަކީ އަންހެން ކުއްޖަކާ ދިމާލަށް ލޮލުކުރިން ވެސް ބަލާ ނުލާ މީހެކެވެ. ދެމީހުން ޝާޔާގެ ޖާދޫގައި ޖެހުނީ ކިހިނެތް ބާވައޭ ހިތަށް ނާރާ ދުވަހެއް ނުދާނެއެވެ. ފައިނާންއަކީ

ސުކޫލް ޑެޕިޔުޓީ ކެޕްޓަންގެ އެންމެ ގާތް ރަހުމަތްތެރިޔާއޭ ކުދިން ކިޔާތީ އޭނާ އެކަން ބަލައިގަތީ ކަރުގައި އެޅެވުނު މެޑައްޔެއްހެނެވެ. މާއިންއަށް ޝާޔާގެ މަޑު މުށިކުލައިގެ ލޮލާއި ވެނީލާ ކުލައިގެ ހަންގަނޑު ފެނިފައި ކުޅި ދިޔާވި ގޮތަށް އަދިވެސް އެހެރީ ޝާޔާގެ ލޯބި ލިބޭނެ ކަމުގެ އިންތިޒާރުގައެވެ.

ސުކޫލް ކެޕްޓަނަކީ އަހަރެން ކަމުގައި ވިޔަސް އޮއްޓަރެއް ހުރި މީހަކީ ޝާޔާއޭ ބުނާ މީހުންގެ އަދަދު މަދެއް ނޫނެވެ. ބޮޑު އަނގަޔެއް އޮތިއްޔާ ދެން އެހެރީ ހުރިހާ ކަމެއް ފުރިހަމަވެފައެވެ.
އަހަރެން ތުންގަނޑު އަނބުރާލާފައި ރަނާޔާއި އެއްކޮށް ކުޑަކުދިން ހެއްލަން ބޭނުންކުރާ އުދޯއްޔެއްގައި ހަމަޖެހިލީމުއެވެ. ރަނާ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައިރު ފޯރީގައި ޝާޔާއާއި ދެންތިބި މީހުން ކުޅެން ތިބިތަން އަހަރެންނަށް ނުފެންނަ ކަހަލައެވެ. އެއަށް ވުރެވެސް ކުރިމަތިން ފެންނަ މަންޒަރު މާ ހިތްގައިމެވެ.

“ރަނާ! ފޫއްސެއް ނުވޭތަ ތިތާ އިންނާކަށް ތި ރައްޔާނު ކައިރީ؟ އާދެބަ ކުޅެލަން!”

އަހަރެން އުފާވާ ކޮންމެ ކަމެއް ފޭރިގަތުމަކީ ޝާޔާގެ ދިރިއުޅުމުގެ ލަޑުދަނޑި ހެއްޔެވެ؟ ރަނާ ދެ ކޮޅަށް ކިރާލަ ކިރާލަ ހުއްޓާ ޝާޔާ އައިސް އޭނާ އަތުގައި ހިފާފައި ގެންދިޔައެވެ. ކުޅިވަރެއް ވެއްޖިއްޔާ ނުކުޅެން މީހަކު ގަދަހަދައިފިނަމަ ޝާޔާއަށް ހަޖަމެއް ނުވާނެއެވެ. ހުރިހާ އެންމެން ވެސް އޭނަ ގަންނަހާ ގަނޑެއް ގަންނަން ޖެހޭނެއެވެ. އެއީ އޭނާގެ އުޞޫލެވެ.
އަހަރެން އުދޯލި ހެއްލަމުން ވިސްނަން އިނީ މާދަމާ ރަނާ ކައިރީ ރައްޓެހިވާން އަހާނެ ގޮތަކާ މެދުގައެވެ. އިންޓަވަލް ރުފިޔާ ރައްކާ ކޮށްގެން މާބޮނޑިއެއް ގަންނަ ވަރަށް އެއްވެއްޖެއެވެ. މިދިޔަ އަހަރު ގަތް ފަށް ވެސް އެބަ އޮތެވެ. އެވެސް ދޭން ނުކެރުނީ ޝާޔާ އެ ވަގުތު ކޮޅުގައި ކިލާސް ފަޅާފައި ކެރޭނެއްހެން ދެމިގަތީމައެވެ. އެކަނި ރަނާޔާއި އެއްކޮށް ވަގުތުކޮޅެއް ވެސް ހޭދައެއް ނުކޮށްލެވެއެވެ. އެންމެ ހިތްދަތިވާކަމަކީ ރަނާވެސް ޝާޔާ އެޅިހާ ބަތަކަށް ރިހަ އަޅާތީއެވެ. ދުވަހަކުވެސް އަހަރެން ދިފާޢުކޮށް ވާހަކައެއް ނުދައްކައެވެ. ލޯބި ހުށަހަޅާ ފަހުން ރަނާގެ އުޅުން ބަދަލުވެދާނެ ކަމުގެ އުއްމީދު އަހަރެންނަށް ނޭނގިނަމަވެސް ކުރެވެން ފެށިއެވެ.

އިރު އޭގެ ވާޖިބު އަދާކޮށްފައި އޮއްސެމުން ދިޔައީ އުޑުތަކުގައި ރަތާއި އޮރެންޖު ކުލަ ޖައްސަމުންނެވެ. އުޑުމަތި ފެންނަމުން ދިޔައީ ސަަންކުއިކް އަނބު ޖޫސްތައްޓެއް ހެނެވެ. ދޫނި ސޫތްޕާއި އެހެނިހެން ޖަނަވާރުތަށް އޭގެ ހޮހޮރަޔަށް ވަދެ ކަންނެތްކަމާއި އެއްކޮށް ލޯ މަރާލީ ރޭގަނޑުގެ މަހުލޫގުތަކަށް މަރުހަބާ ކިޔަމުންނެވެ.

ފުން ހިޔާލަކަށް ގޮސް އަހަރެން ގެއްލިފައި އިންދާ ފައިނާންގެ އަޑަށް އުދޯލިން ނުވެއްޓުނީ ކިރިޔާއެވެ.

“ޝާޔާ! ބޯޅަ ފެނިއްޖެތަ؟!!”

ފައިނާން ކުރިމަތީ އޮތް ގަސްގަހުން ބަރާވެފައިވާ ވަލާ ދިމާލަށް ބޯ ދިއްކުރަމުން ހަޅޭއްލަވަމުން ދިޔައެވެ. ފަހަތުގައި ހުރި ރަނާޔާއި މާއިންގެ މޫނުމަތިން ވެސް ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވެގެން ދިޔައެވެ. އަނެއްކާ އެ ޝާޔާ ކޮންތާކަށް ވަނީ ބާއެވެ؟

“ކިހިނެތް ވީ؟ ކޮބާ އޭނަ؟”

ދަބަސް ކަނާތު ކޮޑަށް އެއްލަމުން އަހަރެން ރަނާގެ އަތުގައި ހިފާ ބާރުކޮށްލީމެވެ. ރަނާގެ ހިތަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ.

“ޝާޔާ ބޯޅަ ބަލާ ވަން ގޮތަށް އަދިވެސް ނުނިކުމޭ! މިހާރު ވެއްޖެ އިރުކޮޅެއް ވެސް!”

މާއިން ވާހަކަ ދައްކަމުން ދިޔައިރު ފައިނާން އަދިވެސް ގަސްތައް ފޭކުރަމުން ޝާޔާގެ ހިލަމެއް ވޭތޯ މަސައްކަތްކުރިއެވެ.

“ވެދާނެ އޭނަ ސަމާސާ ކުރަނީ ކަމަށް. އިނގެއެއްނު އޭނަގެ ގޮތް. މިހާރު ޔަގީން އޭނަ ހުންނާނީ ގޭގަ.” އަހަރެން އެހެން ބުނީ އެއްވެސް މީހެއް ހިތްހަމަޖައްސައިދޭކަށް ނޫނެވެ. ޝާޔާއަކީ ހަމަ އަސްލުވެސް އެކަހަލަ ކަމެއް ކޮށްފާނެ މީހެއްކަން ހުރިހާ އެންމެނަށް އިނގޭތީއެވެ.

“ހިނގާބަ ދާން!”

ފައިނާނަށް އެއްްޗެއް ބުނަން ފުރުސަތު ނުދީ އަހަރެން އުޅުނީ ވާހަކަ އޮއްބާލާފައި އަވަހަށް ގެޔަށް ދާށެވެ. ޝާޔާ ހޯދަންށޭ ކިޔާފައި ވަލަށް ވަންނަން ބޭނުން ނުވާތީއެވެ. ޔަޤީނުންވެސް މީ އޭނާ ކުރި ސަމާސާއެއްކަން އަހަރެންނަށް އިނގޭތީއެވެ. ދެން ތިބި ދެމީހުންވެސް ހަތިޔާރު ބެހެއްޓީ މަޣްރިބު ނަމާދުގެ ބަންގި ފަޒާގައި ގުގުމާލީމައެވެ. ހުރިހާ ކުދިން ފައްޗަކަށް ގަސްތަކުން ޖާގަ ހަދާލާފައި އޮތް މަގުން އަރައިގެން މިސްރާބު ޖެހީ އެކަކު އަނެކަކުގެ ގެޔަށެވެ. އޭރުވެސް ދުވަމުން ދިޔަ ފަރުހަކި ވަހަކަށް ބަދަލެއް ނާދެއެވެ.

*******************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

ވެވުމުން ލޯބި 1

Next

ނާއިންސާފް 17

Next
June 19, 2019

ނާއިންސާފް 17

Previews
June 19, 2019

ވެވުމުން ލޯބި 1

14 Comments!

  1. eny says:
    June 19, 2019 at 11:19 am

    varah reethi mi story ge feshun… when next

    1. Rainoppa says:
      June 19, 2019 at 12:27 pm

      Very soon. 🙂

  2. Dr. Mashoor gulati says:
    June 19, 2019 at 12:49 pm

    Hi Rainoppa❤️❤️❤️
    I m doctor mashoor gulati F. A. M

  3. Luc!f3r says:
    June 19, 2019 at 12:59 pm

    Caught my interest.. Lets see

    1. Luc!f3r says:
      June 19, 2019 at 1:01 pm

      Rain Oppa as in Ji Hoon?

  4. Rainoppa says:
    June 19, 2019 at 1:07 pm

    As in ji Hoon, yes.
    Thank you for reading.

  5. Drax says:
    June 19, 2019 at 2:16 pm

    Oh interesting ???
    Reethi idea ???
    Keep up the great work ?????

  6. jiji says:
    June 19, 2019 at 4:01 pm

    Shaayaa aee jinni eh baa???or jinni eh eyna kaaly baa???hehe..yuh caught my interest??????❤❤❤??????????????????????..Whn next.. Will b waiting inge…keep it up rainoppa!!!.. Um thy gurl eh dhw..hihi

  7. Rai says:
    June 19, 2019 at 4:38 pm

    If you don’t mind can I ask you something? what’s your real name. Anyways story hama habbu.when next.

  8. Rainoppa says:
    June 19, 2019 at 7:26 pm

    Raayaa is my real name..

    1. Rainoppa says:
      June 20, 2019 at 3:53 pm

      Shukuriyaa

  9. SHABA says:
    July 1, 2019 at 6:01 pm

    Vv salhi??

  10. ?mariyam ? says:
    July 11, 2019 at 12:15 pm

    ❤❤❤❤❤❤❤fen varuga habeys❤❤❤❤❤❤❤❤ love it ❤❤❤

  11. Bitto says:
    July 17, 2019 at 9:38 pm

    Salhi feshumeh …love it…

Comments are closed.

Next Episodeދުޝްމަން – 2←


All Right Reserved!