Skip to content
އެސްފިޔަ

ރޫޙާނީ ބިރު – 2 –

“އެއްކަލަ ދޮންބެ.. އަނެއްކާ އެފެށީ…ވަރަށް ފޫހިވޭ” ޔާނާ ތުންކޮޅު ހަދާލިއެވެ. ޔާނާ ތުންފަތަށް ހަދާލިގޮތުން ޒީދާން ގެ އިތުރުން އެތާތިބި އެންމެން ހިނިއަތުވެއްޖެއެވެ.އެ މަންޒަރުބަލަން ސަލީމް އާ އެލީސާ ތިބީ ހިތްހަމަޖެހިފައެވެ.އެލީސާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ރޯޒް ފްލޭމް” އަށް މީގެ 26 އަހަރުފަހުން އުފާވެރިކަން ވެރިވީއޭ އެލީސާގެ ހިތަށްއެރިއެވެ. އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނޭ ފަދަ ގޮތަކަށް އެ ހަންދާންތަށް ވަނީ ހިތުގެ އެންމެ އަޑީގައި ހަރުވެފައެވެ.އެ ރޫޙާނީ ބިރުވެރިކަން އަބަދުމެ އަބަދަށް އޭނާއަށް އުނދަގޫކުރާނެއެވެ.

– “ރޯޒް ފްލޭމް” ގެ އެންމެން މާލެ އައިތާ ހަފްތާއެއް ފަސް. –

ހަވީރުގެ ހިތްގައިމު ވަގުތެވެ. މުޅި މާހައުލު އެއްވަސް ކުރަމުންދިޔައީ ކޮފީގެ ހިތްގައިމު ވަހުންނެވެ. އިރުއިރުކޮޅާ ފަޒާގައި ގުގުމާލަމުން ދަނީ ތިންބެއިން ކަމަށްވާ ޒީދާން ، ޝެލީން ، އަދި ޔާނާގެ ހުނުމުގެ އަޑުންނެވެ. ތިންމީހުންވެސް ވަރަށް ފޯރިޔާއެކު ކެރަމް ކުޅެމުން ދިޔައެވެ.

“އެހެމް..އެހެމް..”ރިށްވާން ކަރުކެހެލިއެވެ. އެވަގުތު ކުޅުމުގެ ފޯރީގައި ތިބި ތިން މީހުންވެސް ރިޝްވާންއަށް ބަލާލިއެވެ.
“ކިހިނެށްވީ ދޮންބޭ..” ޒީދާން އަހާލިއެވެ. އެވަގުތު ރިޝްވާން ހީލުމްށްފަހު އެކަޅުކަންގަދަ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
“ގުޑް ނިއުސްއެއް އެބަ އޮތް..މާދަން ނޫން އަނެއްދުވަހު އެންމެން ޕިކްނިކް ދަނިއްޔޯ މަންމަމެން އެބަ ކިޔާ…ތްރީ ޑޭސްއަށް..”ރިޝްވާން ހީލަމުން ބުނެލިއެވެ.
“ދޮންބޭ..ކޮންތާކަށް ދަނީ…ވަރަށް ރީތި ރަށްކައްތަ..” ޔާނާ އަވަސް އަވަހަށް އަހާލިއެވެ.
“ހިމިތި ކިޔާ ރަށެއް..ވަރަށް ރީތި ރަށެކޯ..ބޮޑުވެފައި ކަނޑުއަޑިވެސް ނުލާހިކު ރީއްޗޯ…އަދި ގެތައްވެސް ތިބޭ..އެކަމު އެއީ ފަޅުރަށެއް އަދި..” “ދަރިފުޅާ ރިޝްވާން..މިތާ ކީއްތިކުރަނީ..މިހާރު އެރަށަށް ދާވާހަކަވެސް ބުނީދޯ..ހެހެ..” ރިޝްވާން ހޯދަމުން އައި އެލީސާއަށް ރިޝްވާން ބުނި ޖުމުލަ އަޑުއިވުނެވެ. އަދި އެއުޅެނީ ޔާނާ އާ ޝެލީން ބިރުގަންދުވަންކަން އެލީސާއަށް އެނަގުނެވެ. އެލީސާ އޭނާގެ ހަތަރު ކުދިންނަށް ބަލާލުމަށްފަހު ހީލިއެވެ. އަދި ނުހަނު ލޯބިން ކޮންމެކުއްޖެއްގައިގައި ބައްދާލުމަށްފަހު ވަކިވަކިން ކޮންމެ ކުއްޖެއްގެ ނިތުގައި ބޮސްދިނެވެ. އަދި އެތަނުން ދިޔައީ ރިޝްވާން ގޮވައިގެންނެވެ.އެލީސާ އާ ރިޝްވާން ދިޔުމާއެކު އަނެއްކާވެސް ވަރަށް ފޯރިޔާއެކު ޒީދާންމެން ކެރަމް ކުޅެން ފެށިއެވެ.

އިރުފެނުން ތޮޅެލުމާއެކު “ރޯޒް ފްލޭމް” ގެ މެންބަރުން ފަރުޟު ފަތިސް ނަމާދުން އަވަދިވުމަށް ފަހު އެއްތަންވިއެވެ. އެންމެންވެސް ތިބީ ގަޔަށް ފަސޭހަވާނެ ކަހަލަ ހެދުންތަކުގައެވެ. އާންއެކެވެ. މިޔަދު އެމީހުން އެދަނީ ދަތުރުދާންށެވެ. ފަޅުރަށެއްކަމަށް ވާ ހިމިއްޗަށެވެ.

“ރޯޒް ފްލޭމް” ގެ ގޭޓުކާރީގައި އެންމެން މަޑުކޮއްލައިގެން ތިބީ ވޭންގެ އިންތިޒާރުގައެވެ. އެހެނިހެން ސާމާނު ކުރިޔާލާ އެލީސާމެން ވަނީ ލޯނޗަށް އަރުވާފައެވެ. ޝިޔާޒް ވޭން މަޑުކޮއްލުމާއެކު އެންމެން ވޭނަށް އަރާހަމަޖެހެލިއެވެ. އިރުކޮޅަކަށް ދުއްވުމަށް ފަހު ލޯނޗުއޮތް ދިމާލުގައި ވޭން މަޑުކޮއްލިއެވެ. ހުރިހާއެންމެން ފޭބުމާއެކު ސަލީމް ޝިޔާޒް ގާތު ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުމުން ޝިޔާޒް ވޭން ދުއްވާލިއެވެ.
އެންމެން އެރިއިރުވެސް ޔާނާއެއް ނާރައެވެ.ދެލޯ ބޮޑުކޮއްލުމަށްފަހު ދެކޮޅަށް ކިރިލަ ކިރިލަ އޮތް ލޯނޗަށް ބަލާލާފައި އުންދަގޫ ގޮތަކަށް ލިތް ދިރުވާލިއެވެ. ލޯނޗު އޮތީ ވާޓަރާއި ދުރުގައިކަމުން އަރަން ޖެހެނީ ހިމަ ދިގު ފިލައެއްގެ އެހީގައެވެ. ރިޝްވާން ޔާނާއަށް އަތް ދިއްކޮއްލުމުން ބޭއިޙްތިޔާރިގައި ޔާނާއަށް ދެފަރާތަށް ބޯހޫރުވާލެވުނީ އެބޮޑު ދެލޯ އިތުރަށް ބޮޑުކޮއްލަމުންމެވެ. ރިޝްވާން ދެވަނަ ފަހަރަށްވެސް އަތްދިއްކޮއްލުމުން ޔާނާ ދެފަރާތަށް ބޯހޫރުވާލިއެވެ. ކުއްލިޔަކަށް ރިޝްވާން ބުމަގޮށްޖަހާލުމަށްފަހު ޔާނާއަށް ފުރަގަސްދެމުން ލޯނޗަށް އެރުމަށް ހިނގައިގަތެވެ.

“ނޫން ދޮންބޭ..މި..މިއަންނަނީ”ޔާނާ އެހެން ބުނުމުން ރިޝްވާން ކާމިޔާބުގެ ހިނިތުންވުމަކާއެކު ޔާނާގެ އަތުގައި ހިފައިގެން ލޯނޗަށް އެރިއެވެ. ޔާނާ އެރުމުން ކައްޕި ލޯނޗު ދުއްވާލިއެވެ. ލޯނޗު ހިމިއްޗާއި ކައިރިވަމުން ދިޔަވަރަކަށް އެ ފަޅުރަށުގެ ރީތިކަން ފެންނަންފެށިއެވެ. ފެހިކަން ގަދަ ގަސްތަކާއި ރީތި މޫދެކެވެ. ޗާލު ދޮންވެލިގަނޑު މަތީގައި އެކިއަޑުން ލަވަކިޔާ ދޫނިތަށް ކޮޅުކޮހަށް ހޫރެމުންދާތަން ފެނެއެވެ.

ލޯނޗު އެރަށާ ގާތްކޮއްލުމާއެކު އެންމެން ފޭބިއެވެ. ރިޝްވާން އޭނާގެ ދެއަހަރުގެ ދަރިފުޅު ރީމް ގޮވައިގެން ފަޅުރަށެއް ކަމަށްވާ ހިމިއްޗަށް އެރުމާއެކު ރީން ރޯންފެށިއެވެ. އެވަގުތު ރީމްގެ ބޮދުވެފައިވާ ދެލޮލުން ބަލަމުންގެންދިޔައީ ނިކަގަހާދިމާލަށެވެ.

….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. malsamalkkomal

    I am 12 years old girl who loves to write dhivehi stories.

  2. malsamalkkomal

    Salaam dear readers. Here is the 2nd part of my story.hope you will like this part too.feel free to comment your views. Love you all..♥❤♥❤♥

  3. Luc!f3r

    Dhe aharuge reem ey.. main character tha e ee? Anyway story is interesting.. Waited for a longtime.. Shorter than expected.. Waiting for next episode

  4. malsamalkkomal

    Thanks …keep waiting..next part Insha Allah miahu vure dogukolaanan..?♥

  5. Mãee

    Just wow????storyy varahh habeyys??????whn next??

  6. Dhonthee

    Malkko❤️❤️❤️ mi vaahakaige second part ves v reethi ingey… ????Ekamaku dhonthi au faahagavi mistake eiy kiyaaladheynan… ?????. ‘gethauves thibey’ miee Dhivehi bahuge gavaaidhaa khilaafau liyevifavaa thankolheiy. ‘gethauves hurey’ migothau liyumun E ibaaraai reethivaane ingey malkko❤️❤️❤️❤️???????. Negative koh maana nunagachchey…. Hama kuda mistake eiy veema bunedhinee ingey malkko….. Take very great care…. And love you so much❤️❤️❤️❤️????????????????

  7. malsamalkkomal

    Thank you Mãee..Insha Allah liyevunu emme avahakah…keep waiting….♥❤?

  8. malsamalkkomal

    Thanks dhonthee..oh olhumakun even liyevunee.. Next time balaanan ekahala mistake eh nujassaa veythoa…thank you for pointing out the mistake..
    Love you more and more..?❤♥♥

  9. jiji

    Malko..Mi part vec rythi..ekm thankolheh kury..next part dhigukohlachey..waitingg??????????❤❤❤❤❤❤❤??????????????????????????

  10. malsamalkkomal

    yes.. next part mi ahvurj digital koalaanan..thank you jiji..ly❤♥❤♥

  11. malsamalkkomal

    I mean miah ahvure dhigu koalaanan..?

  12. Rai

    malsamalkkomal kon irakun tha next.Insha Allah varah reethi vane kan yageen

  13. malsamalkkomal

    Liyevunu emme avahaka..keep waiting Rai..ly..?♥❤

  14. mallll

    mi vaahaka liya meehun vaki hisaabun vaahaka medhu kendun mee vaajibehtha? vai vejje kiyan ves esfiya vaahaka

  15. 2121

    Huvaa tha…

  16. Leen

    Yeah im 13 and what i f0und was hurun inun 0thun rangalhah brynun kurun ;eg gethah ves thibey ehn00n gethah ves hurey ☺☺☺☺!!

  17. malsamalkkomal

    Thanks for pointing out the mistake…Next time rangalhu koalaanan …..?

  18. Aho0

    V reethi story eh ❤️
    but kiyamun dhaairu confuse vey, bcox saleem aa aleesha ge dharin naai; maama dharin naky kobai kameh neyngeh- I think need a small intro?

  19. malsamalkkomal

    Thanksss Aho0……yeah…..but dheneh nuvaanun…?but mal bunefa eyneenun aleeshage 4 dharinge vaahaka……dhen rishvaan ge wife zoya…edhemeehunge kudhin reem……ok….BTW thankssshh again….?

  20. Imsha

    Mal anehkaa ei mithaakairee oi rah noonbaa?? ??

    1. Malsa Moosa (Lysh)
      Imsha

      Ahah Yesh ikrr

Comments are closed.