Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 3

Rainoppa Level 210 Stories100 Comments
June 23, 2019 One Min Read
14 Comments

އެ އަންހެން ކުއްޖާ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. ސިކުނޑީގެ ބޮކި ދިއްލުނީ ދެނެވެ. އެ ގޮތް ކުޑަ އަޑުގެ ވެރިއަކީ ޝާޔާކަން އަހަރެންނަށް ޔަޤީންވިއެވެ.

“އޭ! ޝާޔާ ފެނިއްޖެ! މި އޮތީ އޭނަ.” ޝާޔާގެ އަތް އަހަރެންގެ ހަށިގަނޑުން ދަމައިގަތެވެ. ސިކުންތެއް ވެސްް ނުވާނެއެވެ. ކޮޓަރީގެ ފިނި ހޫނުމިންވަރު އެއްވަރުވެ ދުވި ފަރުހަކި ވަސް ފިލަގެންދިިޔައެވެ. ޝަހާދަތް އިނގިލި ތެޅުވެން ފެށުނެވެ. އިސާހިތަކު މުޅި މީހާ ތެޅެމުން ފޮޅެމުން ތެދުވެވިއްޖެއެވެ. ކައިރީގައި ހުރި ފެންފުޅިން ފެން ކޯވަރެއް ބޯލަމުން އަހަރެންގެ ދެލޯ ހޯދީ ޓީޝާޓެކެވެ. ޓީޝާޓު ބޮލަށް މަހާލައިގެން ބޮޑު ދޮރުން ނުކުންއިރު ގޭދޮރު ކައިރީގައި ބައިންދާފައި އިން ޖޯލިފަތި ވަށައިގެން މީހުން އެއްވެފައި އޮތެވެ. މީހުންތައް ކޮއްޕަމުން އެންމެ ކުރީ ސަފަށް އަހަރެން އަރައިފީމެވެ. ޖޯލިފަތީގައި ހަމަޖެހިލައިގެން ނިދާފައި އޮތީ ޝާޔާއެވެ. އޭނާގެ މަންމައާއި ބައްޕަވެސް އޭރު އެތާ ހުއްޓެވެ. ޝާޔާގެ ހާލަތު ފެނިފައި އޭނާގެ މަންމަގެ ލޮލުގައި ކަރުނަ ހިލިފައި ހުއްޓެވެ. ވާނީ ވެސް އެހެންތާއެވެ. މުޅި މީހާ ގައިގައި އޮތީ ކިސަޑެވެ. ހެދުން ވީދިފައި އޮތް އިރު އަތުގެ ތަންތަން ވަނީ މަށައިގެން ގޮއްސައެވެ.

“ދެންވެސް ގެންދަން ވީނު.” ރަހުމްކުޑަ ރާގެއްގައި އަހަރެންނަށް އެހެން ބުނެވުމުން މާއިންގެ މޫނު ސަފުތެރެއިން ދިއްލުނެވެ. “ކަލޭ ގޭ ކައިރީގައި ޝާޔާ ކީއްކުރީ؟” މާއިން އަޑުކޮޅަށް ބުންޏެވެ. ހުރިހާ އެންމެން ޝައްކުގެ ނަޒަރަކުން އަހަރެންނަށް ބަލާލިއެވެ. “އަހަންނަށް ތަ އިނގެނީ. މަ އޮތީ މިއޮއް ހުރިހާ އިރު ނިދާފަ.” އަހަރެން ބުނީ މުޅިޔަކުން ދޮގެއް ނޫނެވެ. ރަނގަޅުކަމުން ޝާޔާ ގަތް ގަނޑު ނުބުނެ ހުންނައިރު ވެސް ސަލާމަތެއް ނެތެވެ. ބުނަންވީ އެވެ. ބޭޒާރު ކޮށްލަންވީއެވެ. ވަގުތުން ޝާޔާގެ ދެލޯ ހުޅުވުނެވެ. ކަޅި ވެސް ޖަހާނުލާ އަހަރެންނަށް ބަލަން ފެށިއެވެ. މާއިން އައިސް ޝާޔާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. އޭރުވެސް ކަޅިޖަހާ ނުލާ ޝާޔާ ބަލަން އޮތެވެ. އަހަރެން ބޮލުގައި އަތް އަޅާ ބާރު ކޮށްލީމެވެ. ކުއްލިއަކަށް ބޮލަށް އެރި ތަދެއްގެ ސަބަބުންނެވެ. ބޮލުގައި ފިރުމަމުން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ.

“ބޭޒާރު ވާނީ އަހަރެންނަށް ވުރެ ބޮޑަށް ކަލޭ.” ބޮލުތެރޭގައި އެއަޑު ގުގުމައިގެން ދިޔައެވެ. ވަށައިގެން މީހަކު ހުރި ތޯ އަހަރެން ހޯދީމެވެ. ނަމަވެސް ޝާޔާ ހޯދަން އައި އެކަކުވެސް އެވަގުތު ނެތެވެ. ކުރިން ވި ކަންތަކާ މިހާރު އެ އިވުނު އަޑުން ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް ކޯއްޗެއް ހެއްޔެވެ؟ ޝާޔާ އަހަރެންގެ ކޮޓަރިއަށް ނޭނގި ވަނީ ކިހިނެތް ހެއްޔެވެ؟

އައު ދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނު ހަގަޑި ބައިވަނީއެވެ. އަވަސް އަވަހަށް އަނގަޔަށް ޕާން ފޮއްޗެއް ލަމުން ހަލުވި ހިނގުމެއްގައި އަހަރެން މިސްރާބު ޖެހީ މަދަރުސާއަށެވެ. ފަހަތުން މީހަކު އައިސް އަތުގައި ހިފާލި ވަގުތު ސިއްސައިގެން ގޮސް އަތް ފޮޅާލީމެވެ. ކުރިމަތީގައި ހުރީ ރަނާއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. “ރައްޔާން. ހާދަ ވަރެއް ވެފަ. މަށޭ.” ރަނާ ތުއި ގޮތަކަށް އަނގަ ހަދަމުން ބުންޏެެވެ. ހިނިތުންވެލާފައި އަހަރެން ރަނާގެ އަތުގައި ހިފާލީމެވެ. “ރައްޔާނަށް އިނގޭތަ. ރޭ ޝާޔާ ފެނުނީ ތިގޭ ކައިރިން ނޯ. ރޭގަ މަ ހުރީ ހޭލާ ފަތިސް އިރުވެސް. ޝާޔާގެ ހުންގަނޑު މައިތިރި ނުވެގެން. ފަތިހު ވީތަނާހެން ހުން ކެނޑުނީ. ބުނީ އަންނާނަމޯ ސުކޫލަށް ވެސް. ދެން ނޭނގެ މަށަކަށް. އެހިން ކިހިނެތް ހޭ ވީ އެދުވަހު. ޝާޔާ ބުނީ ހަނދާނެއް ނެތޯ!” ރަނާ ވާހަކަދައްކަމުން ދިޔައިރު އަހަރެން ހުރީ ކަނުލާ އަޑުއަހާށެވެ. “ދެން މަށޭ ކިޔައިގެން އެއްޗެކޭ ބުނިތަ؟” އަހަރެން އެހެން އެހުމުން ރަނާ މޫނަށް ވައްތަރެއް ޖައްސާލިއެެވެ. “ކީއްވެ ރައްޔާންގެ ވާހަކަ އަހަން ވީ؟” ރަނާ ވެސް ކޮށްލީ ސުވާލެކެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ރޭގަ ޝާޔާ އަަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންނަށް ބެހުނީ އޭ ބުނީމާ ޖޯކަކަށް ވާނީ ހުދު އަހަރެންނެވެ. އެއްޗެކޭ ނުބުނެ ކުރިއަށް ހިނގައިގަތީ ގަޑިޖެހޭތީއެވެ. އޭރުވެސް ބޮލުގައި ނުކުޅަދާނަ ވާވަރުގެ ރިހުމެއް ހުއްޓެވެ.

އެސެބްލީ ގަޑިއެވެ. ހުރިހާ ދަރިވަރުން ތިބީ ސުކޫލް ހޯލުގައެވެ. އަހަރެން އިނީ މާއިން ކައިރީ އިށީދެގެނެވެ. މާއިން ހުރީ އަދިވެސް ރުޅިއައިސްފައި ކަން އޭނާގެ ކުނި މޫނުން ވެސް އެނގެއެވެ. އަހަރެންގެ ލޯ ހޯދަމުން ދިޔައީ ޝާޔާއެވެ. އަންހެން ކުދިންގެ ފަޅިއަށް ދެލޯ އުކަމުން ދިޔައިރު ކައިރީގައި ހުރި މާއިންގެ ރުޅި ހައްތަހާ އިތުރުވިއެވެ. “ކާކު ތަ މާ ވަރަކަށް ތި ހޯދަނީ؟ ރަނާ އެއިނީ ނު އެންމެ ކުރީ ސަފުގަ؟” މާއިންެ ނުރުހުންވެފައި ހުރެ ސުވާލުކުރިއެވެ. މި ހޯދަނީ ޝާޔާއޭ ބުނެފިއްޔާ އަހަރެން އަތުކޮޅަށް ހޫރާލާނެކަން ޔަޤީނެވެ. އަހަރެން ހިނިތުންވެލާފައި ހިމޭނުން އިނީމެވެ. ސުކޫލަށް އައިއްޔާ ކޮންމެވެސް އެއް އިރަކުން ފެންނާނެވެ. ޝާޔާ ރޭގައި އެގޮތަށް ކަންތައް ކުރީ ކީއްވެތޯ އަހަރެން އޭނާ ގާތުގައި އަހަން ބޭނުމެވެ.

އެސެބްލީ ނިންމާފައި ހުރިހާ ދަރިވަރުންތައް ޓީޗަރުންގެ އިންޒާރަށް ސަމާލުކަމެއް ނުދީ ދޮރު ކައިރީ ނުކުންނަށް ފުނިޖެހުނެވެ. ކޮއްޕާ ގަޅުވަމުން ހުރިހާ އެންމެން ވެސް ބޭނުންވީ އަވަނެއް ކަހަލަ ހޫނު ހޯލު ތެރެއިން ނުކުންނާށެވެ. އެންމެ ފަހަތު ސަފުގައި މާއިންއާއި އަހަރެން ހުރީ ތިމާގެ ދަލުން ފެންވެރިފައެވެ. ރުޅިއައިސް ދަތް ކުޑިވިކަމުން މާއިން އޭނާގެ ކުރިމަތީ ހުރި ފުދޭވަރަކަށް ފަލަ ފިރިހެންކުއްޖެއްގެ ބުރަކަށީގައި ބޮޑިއެއް އަޅާލިއެވެ. އެ ކުއްޖާ ރުޅިއައިސް މާއިންއަށް ބަލާލި ވަގުތު އޭނާގެ ރުޅިގަނޑުހިދިއްޖެއެވެ. ވާނީ ވެސް އެހެނެއެވެ. މާއިން އަކީ ޖާނުން ވަރުގަދަ އިސްކޮޅު ހުރި ފަނާކުރުވަނިވި ރުޅިއެއްގެ ވެރިއެއްކަން ހުރިހާ އެންމެނަށް އިނގޭތީއެވެ. އަހަރެން އަނގަމަތީގައި އަތް އަޅާލީ މަޖާވެގެނެވެ.

“ރަނާ ދެކެ ލޯބި ވޭތަ؟” އަހަރެންނަށް ބޮލުގައި އަތް އަޅައި ބާރުކޮށްލެވުނެވެ. ހީވަނީ ސިކުނޑިތެރެއަށް އެ އަޑު ފޭދިގެން ވަންނަހެނެވެ. ވަށައިގެން އަހަރެން ހޯދަން ފެށިީމެވެ. އޭރު މާއިންއާއި އަހަރެން ހުރީ ހޯލުން ބޭރުގައެވެ. ހުރިހާ އަންހެން ކުދިން ކިލާހަށް ދިޔަކަން އަހަރެންނަށް އިނގެއެވެ. އެއީ އެވެރިން ނިކުތީ އަހަރުމެންނަށް ވުރެ ކުރިން ކަމަށް ވާތީއެވެ. ބޮލުގައި ހަރުފައެއްގެ ދުލުން ލައްވާއަޑުތައް ލައްވަމުން ވާހަކަ ދައްކަނީ ޔަޤީނުންވެސް އަންހެން ކުއްޖެކެވެ. އަނެއްކާ ޝާޔާ ހެއްޔެވެ؟

“ޝާޔާ؟” މަޑުމަޑުން ފޫޅަށް އިވޭ ވަރަށް އަހަރެން ޝާޔާއަށް ގޮވާލީ ހިތުގައި ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނީމައެވެ. ޝާޔާ ކޮންމެވެސް ސިހުރެއް އަހަރެންނަށް ހަދަނީ ހެއްޔެވެ؟ ބޮލުގައި އަތް އަޅަމުން އަހަރެން ހިނގައިފައި ދިޔައީ ސުކޫލުގެ ކޯޓްޔާޑަށެވެ. އެތާ ހުރި ގޮޑިއެއްގައި ހަމަޖެހިލައިގެން އަހަރެން އިށީނީމެވެ. އެވަގުތު ލޮލުކޮޅަށް އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް އަހަރެން ފަޒާއަށް ދޫކޮށްލީމެވެ. ބިޔަ އަނބުގަހުގެސަބަބުން ހިތަށް ފިނިކަން ލިއްބައިދިނެވެ. ގައިމުވެސް މިހިސާބަކު ޝާޔާއެއް ނެތެވެ.  “ކިހިނެތް ވީ؟” އަހަރެން ގޮޑިން ނުވެއްޓުނީ ކިރިޔާއެވެ. ޝާޔާ ބިން ފަޅާފައި އެތަނަށް ފާވި ކަހަލައެވެ.

“ކޮންއިރަކު މިތަނަށް ތި އައީ؟ އަހަރެން ހައިރާންވެފައި ޝާޔާގެ މޫނަށް ބަލަމުން އެހީމެވެ. އެވަގުތުވެސް ރޭގައި ވި ކަންތައް އަހަރެންގެ ސިކުނޑިއަށް ސިފަވުމުން ލަދުން އިސްޖެހުނެވެ.

“ތީ އެއް ނޫން އަހަން ޖެހޭ ސުވާލަކީ. ހެހެހެހެ. ރޭގައި މެދުކަނޑާލަން ޖެހުނީމަ ވަރަށް ފޫހި. ހިނގާ އެހެރަ ގަސްތަކު ތެރެއަށް.” ޝާޔާ އަހަރެން ފަލަމަސްގަނޑުގައި ފިރުމަމުން ތުންފަތް އޫކޮށްލިއެވެ. އަހަރެން އަނގަ ހުޅުވައިގެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝާޔާއަކީ ލޮލުކޮޅުން ވެސް ދުވަހަކު އަހަރެންނަށް ބެލި މީހެއް ވެސް ނޫނެވެ. މީހެއްގެ މިޒާޖު އެއް ރެއިން ބަދަލެއް ނުވާނެއެވެ.

“ތީ ޝާޔާތަ؟” އަހަރެން އެހެން އެހުމުން ޝާޔާގެ މޫނުން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ.

“ޝާޔާ ހެނެއްނު ހީވަނީ. އަހަރެން ބޭނުން ވާ ކަންތައް ރައްޔާންއަށް ނުކޮށްދެވިއްޖިއްޔާ ހަނދާންކުރާތި ރައްޔާން ލޯބިވާ ހުރިހާ އެންމެންގެ ދުވަސް ދުއްވާލާނަން.” ޝާޔާ އެހެން ބުނެލި ވަގުތު އޭނާގެ މޫނަށް އައި ބަދަލު ފެނިފައި ހުރި ތަނަށް ކުޑަކަމު ނުދެވުނީ ކިރިޔާއެވެ. އަވަސްއަވަހަށް ނޭވާލަމުން އަހަރެން ފަޔަށް ލެވުނު ހުރިހާ ބާރެއް ލާފައި ދުއްވައިގަތީމެވެ. ފަހަތުން އެއްޗެއް ވެއްޓުނު އަޑެއް އިވުނެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލިއިރު ޝާޔާ ބިންމަތީގައި އޮވެގެން ތެޅި ފޮޅެނީއެވެ.

“ކިހިނެތްވެފަތަ ކަލެއަށް ތި ހުންނަނީ؟!” މާއިން ފަހަތުން ދުވެފައި އައިސް ޝާޔާ އޭނާގެ އަތްދަނޑިމައްޗަށް ލިއެވެ.

“ދެންވެސް ހެލްތު ރޫމަށް ގެންދެބަ. ދައްކަބަ. އަޅޭ. އެއްކަލަ ހުންގަނޑު އަނެއްކާވެސް.” ރަނާވެސް މާއިންގެ ފަހަތުން އައިކަން އަހަރެންނަށް ރެޔަކާލީ އޭނާގެ އަޑުންނެވެ. އަހަރެން ހުރީ ގަބުކައިފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް އަހަރެން ކިޔަމުން ދިޔައީމެވެ. އެއީ ޝާޔާއެއް ނޫނެވެ. ޔަޤީނެވެ. އެއީ ޝާޔާއެއް ނޫނެވެ.

*****************************************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

އިންތިޒާރުގައި ހުންނާނަމޭ ލޯބިން….2

Next

ލޯތްބެއްގެ ފެށުން 5

Next
June 23, 2019

ލޯތްބެއްގެ ފެށުން 5

Previews
June 23, 2019

އިންތިޒާރުގައި ހުންނާނަމޭ ލޯބިން….2

14 Comments!

  1. Ibsha says:
    June 23, 2019 at 10:11 pm

    Varah reethi

  2. Rai says:
    June 24, 2019 at 9:48 am

    salhi.ekam maabodah kada kameh nukuruvahchey

  3. Rose says:
    June 24, 2019 at 12:37 pm

    Simple and cute ?

  4. Prince says:
    June 24, 2019 at 1:01 pm

    Varah Reethi. Maasha allah???

  5. Dr. Mashoor gulati says:
    June 24, 2019 at 1:04 pm

    Hi Rainoppa❤️❤️❤️ I m doctor mashoor gulati F. A. M…..
    This is the most beautiful story I have ever read…. Vvvv salhi ingey.. So as well this story is
    Fabulous
    And
    Marvellous

  6. Inaayaa says:
    June 24, 2019 at 2:15 pm

    Vara vara salhi ingey..this is like the best story I’ve ever read ☺️☺️

    1. The Alpha says:
      June 29, 2019 at 12:17 pm

      That’s true

  7. jiji says:
    June 24, 2019 at 6:59 pm

    Yageen aee shaayaa eh noon kan??????..dear the story is just fabulous , Execellent, marvellous ,cute etc; ???…I just donno hw to say that story rythi kamuge vhk…v thafaathu interesting story eh mii??????..As well as mi part vec v rythi…whn next part dear…Hope yuh will upload it soon..ly loadss sis???????????????

  8. Rainoppa says:
    June 25, 2019 at 2:12 am

    Thank you everyone.
    Next episode will be longer and will be uploaded very soon.

  9. Mihee says:
    June 25, 2019 at 9:50 am

    Vvvvv reethi…… v avahah nxt part up kohdhehchey… plx Plx

  10. Maa says:
    June 26, 2019 at 8:14 am

    Fantastic

  11. ?mariyam ? says:
    July 11, 2019 at 12:49 pm

    INTERESTINGLY FANTASTIC

  12. Bitto says:
    July 17, 2019 at 10:00 pm

    Varah salhi ….feel like real

  13. Maii says:
    July 20, 2019 at 12:16 pm

    Varah reethi???

Comments are closed.

Next Episodeދުޝްމަން – 4←


All Right Reserved!