Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

733

e.m.p.r.e.s.s Level 1
June 22, 2019 4 Mins Read
16 Comments

ސްކޫލް ނިމުނު ހިސާބުން ފެށިގެން އަހަރެން ހުރީ ކޮލެޖަށް ދާހިތުންނެވެ. ނާރސިން ކިޔަވާހިތުން އުޅޭތަން ވަރަށް ދުވަސް ވެއްޖެއެވެ. އެންމެފަހުން  އެތަށް ކޮލެޖުތަކައް އެޕްލިކޭށަން ލައިގެން އެއްކޮލެޖުން ހޮވިއްޖެއެވެ. މަލަކް ވެސް ހޮވުމުން ވަރަށް އުފާވިއެވެ. މަލަކް އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކުގައި އުޅޭތަން ވެސް ވަރަށް ދުވަސް ވެއްޖެއެވެ.

މާލޭގައި އާއިލާގެ އެއްވެސް ބަޔަކު ނޫޅޭތީވެ އަހަރެމެން ވިސްނީ ކޮލެޖް ޑޯރމް ގަ އުޅޭށެވެ. ނަސީބަކުން އެތަނުން އެއް ޑޯރމް ލިބުނެވެ. އެވެސް ވަރަށް މަސައްކަތުންނެވެ.

ރޫމް 734 އެވެ. އެއީ ކޮލެޖްގެ ބައިމާރާތުގައި އިންނަ ކޮތަރިއެކެވެ. އާ އިމާރާތާ ބަލާފައި މިތަނުގައި ހުރި ކޮޓަރިތަށް އެހާ ބޮޑެއްޗެއް ނޫނެވެ. އެހާ ރީއްޗެއްވެސް ނޫނެވެ. 7 ވަނަ ފްލޯގައި މިތަން ހުރެފައި މިތަނުގައި ލިފްޓެއް ވެސް ނުހުރެއެވެ. އެކަމަކު ކޮޓަރިއެއް ލިބުނުކަން ވެސް ނަސީބެކެވެ.އަދި މަލަކް އާއި އެކުގައި އުޅެވޭކަން ވެސް ނަސީބެކެވެ.

ޑޯރމް އަށް އާދެވުމާއެކު މަލަކް އައި އަހަރެން ގެނައެއްޗެހިތަށް އަލަމާރިއަށް އަޅަން ފެށީމެވެ.

” ހާއި… ކުދިން ކިހިނެއް ؟ އަޅުގަނޑަކީ ސާރާ….އަޅުގަނޑު މި ޑޯރމްތައް ބަލަށްޓަނީ  ”

ކޮޓަރިއަށް ވަތް އަންހެއްކުއްޖާ ހިނިތުންވެލަމުން އަހަރެމެންނަށް ބަލާލިއެވެ.

” ހާއި” އަހަރެން ވެސް ހިނިތުން ވެލީމެވެ.

” ހޫމ…. ތިކުދިން ހާދަ އަވަހޭ އެއްޗެހި އަތުރަން ” ރީތިކޮށްފައިވާ އެނދާއި އަލަމާރީ ގައި އަޅުވައިފައިވާ ހެދުން ތަކަށް ބަލާލަމުން ސާރާ ބުންޏެވެ.

” މިތަން އާ އިމަރަތް ހާ ރީތި ނުވިޔަސް އެއްވެސް މައްސަލައެއް ނޫޅޭނެ…މިތާގެ ހިސްޓްރީ ވަރަށް ބޮޑުވާނެ…މި ބިލްޑިންއަށް މިހާރު 60 އަހަރު ވެއްޖެ”

” އެބަ އެނގޭ ތިކަން މި ކޮޓަރިތަށް ކިހާކުދި..” ކޮޓަރިއަށް ބަލާލަމުން އަހަރެން ބުނީމެވެ.

” 1950 ގެ ހިސާބުގައި އުޅު މީހުން ވަރަށް ކުދީ ކަންނޭންގެ ”  ސާރާ ކޮނޑު އަރުވާލިއެވެ.

” އަސްލުވެސް ތަ ” ކުރަހަން އޮތް މަލަކް ވެސް ބޯހިއްލާލައި ސާރާއާ ދިމާއަށް ބަލާލިއެވެ.

” ޔަޕް” ސާރާ މަލަކް އާ ދިމާއަށް ބަލާލިއެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. މުލި ކޮޓަރި ތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

” ރޫމް 733 އަހަރެމެން ނަށް ނުލިބުނީ ކީއްވެ އެކޮޓަރި ހީވަނީ ވެސް މިތަނަށް ވުރެ ބޮޑުހެން އަހަރެމެން ނަށް…”

” އެތަން އެއީ ރަނގަޅު ތަނެއް ނޫން” އަހަރެން ގެ ޖުމްލަވެސް ފުރިހަމަ ނުވަނިސް ސާރާ ބުނެލިއެވެ.

” އެތަނުގައި ދެ ސުއިސަޑެއް ހިނގި….އެއްކުއްޖަކު ދަނަޖެހުނު އެހެންކުއްޖެއް ކުޑަދޮރުން ފުންމާލީ…އޭގެ ފަހުން އެކޮޓަރީ ގައި އެއްވެސް ކުއްޖެއް ނޫޅޭ…”

”ދެން އެވާހަކަ ބާއްވަމާ ދޯ…..މީ ހުސް އަންހެއް ކުދިން އުޅޭ ތަނެއް ސޯ 11ގެ ފަހުން އެއްވެސް ފިރިހެން ކުއްޖެއް ނުފެންނާނެ މިތަނުން…އެއް ވެސް ސުވާލެއް އޮތިއްޔާ އަހަލަޔާ އިނގޭ ” އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާން ވާއިރަށް ސަރާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ފޮތް އެނދުމަތީގައި ބާއްވަމުން މަލަކް ތެދުވ އެނދުމަތިގައި އިށީންގެ ހޯލަށް ބަލާލިއެވެ.

” އައި ހޭޓް ހާރ”

” އެ ދެން ކޮންކަހަލަގެ ވާހަކައެށް ”

” ސުއިސައިޑްސް ؟ ”

” އަފްރީން…ކީއްވެ އެއްވެސް އެއްޗެކެ ނުބުނެ ތި ހުރީ ” މަލަކް އަހަރެންނާއި ދިމާއަށް ބަލާލަމުން ލޯ ކުޑަކޮށްލިއެވެ.

” ކޮންކަމަކާ ހާސްވަނީ…ސުއިސައިޑް އަކި  އާއްމު ކަމެއް ކޮލެޖްތަކުގައި…އެހެން ނޫނަސް އެއި ކޮންއިރެއްގެ ވާހަކައެށް ކަމެށް ވެސް ނޭންގެ” އަހަރެން ހާހެއް ނުވިއެވެ.

” އެހެން ނޫނަސް ހާދަ ކުޑަ ކުޑަދޮރެކެ ތިޔާ.. ތިތަނުން ފުނަމާލަން ހާދަ އުނދަގޫ ވާނެޔޭ…5 ވަރަކަށް ސިކުންތް ނަގާނެ ދޯ ބިމުގައި ޖެހެން ؟؟” މަލަކް ކޮނޑު އަރުވާލިއެވެ.

” ބޭނުމިއްޔާ ސުއިސައިޑް ރޫމް އަށް ވެސް ބަދަލް ވެވިދާނެ” އަހަރެން ބޭނުންވީ މަލަކް ރުޅި އަރުވާލާށެވެ.

” ދެން ތި ވާހަކަ ބާއްވާ.. އެހެން ނޫނަސް ހައިޓްދެކެ އަހަރެން ވަރަށް ބިރުގަނޭ..އަހަރެންގެ ބްލަޑް ޕްރެޝާ ހައި ކުރާކަށް އަހަރެން ބޭނުމެށް ނޫން” މަލަކް ގެ މުނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.

” އަހަރެންނަށް ފެންނަނީ 733 އަށް ބަދަލްވާން ”

” ފަކް ޔޫ ”

” އޯކޭ އޯކޭ ” އަހަރެން ހިނިތުން ވެލީމެވެ.

” އެކަމަކު އަސްލުވެސް ކިހިނެއް އެހާ ކުޑަދޮރަކުން ފުންމާލާނީ ؟ އަހަރެންނައް ވާ ނުވާނެ ”

” ސާރާ ދެންމެ ބުންޏެއްނު ކުރީގެ މިހުން ވަރަށް ކުރޭ ” މަލަކްގެ އެނދު ކުޑަދޮރައި އަދިވެސް ބޮޑަށް ދުރުކޮށްލަމުން ބުންޏެވެ.

….

މަލަކް އާއި އެކުގައި ކޮލެޖްގައި އުޅުން ވީ ވަރަށް މަޖާ ކަމަކަށެވެ. އަބަދުވެސް ރައްޓެހިންނާއެކު ކޮންމެވެސް މަޖާކަމެއް ކޮއްލަމެވެ. ފޫހިވާނެ ވަގުތެއްވެސް ނޯވެއެވެ. މިހެން އުޅެމުން މަސްދުވަސް ފާއިތްވެ ދިޔައިރު މަލަކް ބޯއިފްރެންޑެއް ވެސް ހޯދައިފިއެވެ.

އަލްޔަން މި ތަނުގައި ކިޔަވަން އުޅޭތަ މިހާރު އަހަރެއް ވެއްޖެއެވެ.

ބަންދުދުވަސް ތަށް އަހަރެމެން ހޭދަ ކުރަނީ ސަކަރާތް ޖެހުމުގައެވެ. އެކަމަކު ޓެސްޓް ތަށް ކައިރިވަމުން އަންނާތީ ކިޔަވަން ވެސް މަސައްކަތް ކުރަން އެބަޖެހެއެވެ.

…

އަހަރެންނަށް ހޭލެވުނީ ވަރަށް ބާރު އަޑެއް އިމުނުންނެވެ. ތެދުވެ އެނދު މަތީގައި އިށީން އިރު މަލަކްވެސް އިނީ ހާސްވެފައެވެ.

” އެއީ ކޮންއަޑެއް ؟” މިވަގުތަކު މިތަނަށް އެއްވެސް މިހަކު ނާންނާނެއެވެ. އެހެން ނޫނަސް ދުވާލު ގަޑީގައިވެސް މިތަން އެހާ އަޑުގަދައެއް ނުވާނެއެވެ.

އަނެއްކާ އެއަޑު އެއަންނަނީ ޖެހިގެން ހުރި ކޮޓަރިން ބާއޭ ހިތަށް އެރިއެވެ. އަނެއް ކާވެސް އެއަޑު އިވުނެވެ.

” އެއީ..”

” ހޫމ…އެއީ އެ ކޮޓަރީގެ ކުޑަދޮރު ޖެހޭ އަޑު ” މަލަކް އަހަރެންނަށް ބަލާލީ ހާސްވެފައި އިނދެއެވެ.

އަހަރެމެންގެ ކޮޓަރީގެ ދޮރު އަހަރެމެންބަހައްޓަނީ އަބަދުވެސް ލައްޕާފައެވެ. ޔަގީނުންވެސް އެއަޑު އެއަންނަނީ 733  ކުޑަދޮރުންކަން އެބައެނގެއެވެ. ހީވަނީ ދޮރުތަށް ހުޅުހުޅުވިފައި ލެއްޕޭހެންނެވެ.

ކުއްލިއަކަށް ބާރަށް ދޮރު ޖެހުނު އަޑު އިވުނެވެ.

” ކާކު؟….ކިހިނެއްވެގެންތަ ތި އުޅެނީ؟” މަލަކް ތެވެގެން ގޮސް ކުޑަދޮރުގެ ގާތުގައި މަޑު ކޮށްލިއެވެ.

އަހަރެން އިނީ ކުރާނެކަމެއް ނޭންގިފައެވެ.

” މީ ދެން ކޮންކަމެއް ؟ ” މަލަކް ހުރީ ވަރަށް ރުޅި އައިސްފައެވެ.

” ވެދާނެ މިތަނުގައި ބައެއް ކުދިންތަކެއް ވެގެން މީހުން ބިރުގަނަންނަވަން ވެގެން އުޅެނީ ކަމަށް”

 

އަނެއް ކާވެސް ދޮރުހުޅުވިގެން ދިޔަ އަޑު އިވުނެވެ.

” ކާކު އަހަރެމެންނަށް އުނދަގޫ ކުރާނީ.. މިތަނުގައި އަހަރެމެން ދަންނަ ބައެއްވެސް ނޫޅެއެންނު”

އަނެއްކާވެސް ބަންލާފައި ދޮރުޖެހިއްޖެއެވެ. މިހާރު އަހަރެންގެ ބޮލަށް ވެސް ވަރަށް އެބަ އުނދަގޫވެއެވެ.

” މި ވަރުން މިރެ ނުވެސް ނިދޭނެ ” އެނދުމަތިން ބާލިހެއްނަގާ މަލަކްއާ ދިމާއަށް އަހަރެން އެއްލާލީމެވެ.

” އެތަނުގައި އުޅޭ މީހާގެ ގާތުގައި ބުނަބަލަ ދެން މަޑުން ތިބޭށޭ ”

”މަށެއް ނުދާނެން…ކުޑަދޮރުން އެއްލާފާނެ ” މަލަކްގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ.

” ރީން ދާންވީ އެންނު ” މަލަކް އަހަރެންނާއި ދިމާއަށް ބަލާލިއެވެ.

” ސާރާއަށް ގުޅާން ވީ އެންނު ؟ ” އަހަރެންގެ ހިޔާލު މަލަކް އަކަށް ކަމަކު ނުދިޔައެވެ.

” ދެން އެހެން ވީރު އަޅާނުލަ..އެކަމެއް އެކުރާމީހަކު ފޫހިވެގެން ހުއްޓާލަފާނެ ” މަލަކް އެނދަށް އަރާ އޮށޯތެވެ.

އަހަރެންނަށް މާދަމާ ހެނދުނު 30 7 ގަ ކުލާސް އޮންނާނެއެވެ. މިވަރަށް އަޑު ގަދަވިއްޔާ ދެން ނުވެސް ނިދޭނެއެވެ.

” މާދަމާ ހެނދުނު ކްލާސް އޮވޭ ” އަހަރެން މަލަކް އަށް ބަލާލީމެވެ.

” ދެން އެހެންވީރު މިކަން ހުއްޓުވަން ކޮންމެސް ކަމެއް ކުރަބަލަ ” މަލަކް ހިނިތުންވެލަމުން އަހަރެންނަށް ބުންޏެވެ. އޭރުވެސް އިރުކޮޅުކޮޅުން ދޮރުޖެހޭ އަޑުއިވެއެވެ.

ފޫހިގޮތަކަށް ގައިމަތީގައއި އޮތް ބްލޭންކެޓް ދުރުކޮށްލަމުން އަހަރެން ތެދުވީމެވެ. ވަރަށް ބާރަށް ދޮރުހުޅުވާލާފައި ހޯލަށް ނުކުންނަމުން މަލަކް އާދިމާއަށް ބަލާލަމުން ލޯ ކުޑަކޮށްލީމެވެ. އަހަރެން 733 ގެ ދޮރުގާތުގައި މަޑުކޮށް ލީމެވެ. ” ސަޕްލައި ކްލޯސެޓް ” ދޮރުފަތުގައި ޖަހާފައި އިނެވެ.

” ކުރާނެ ކަމެއް ނެތިގެންތަ ތި އުޅެނީ މިއޮށް ދަންވަރު ” އަޑުގެ ކޮޅަށް އަހަރެން ގޮވާލީމެވެ.

ކޮޓަރި ތެރެ އެއްކޮށް ހަމަހިމޭންވެގެން ދިޔައެވެ. އެއާއެކު ހަމަ ކުއްލިއަކަށް އަނެއްކާވެސް ދޮރު ބަންލާފައި ޖެހުނު އަޑުއިވުނެވެ.

”ފަކް ” އަހަރެންގެ ގާތަށް ވަރަށް ރުޅި އެރިއެވެ.

ދޮރު ހުލުވާލަން ތަޅުގައި ހިފާލަން ބަލާލިވަގުތު ގައިން ހީބިހިނަގަައިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

e.m.p.r.e.s.s

Level 1

I'm a curious 18 year old who loves reading and writing ...............

Other Articles

Previous

ލޯތްބެއްގެ ފެށުން 4

Next

ވާނަން އުމުރަށް – 3 –

Next
June 22, 2019

ވާނަން އުމުރަށް – 3 –

Previews
June 22, 2019

ލޯތްބެއްގެ ފެށުން 4

16 Comments!

  1. Azker says:
    June 22, 2019 at 10:13 pm

    Not bad… Keep up the good work ??

    1. e.m.p.r.e.s.s says:
      July 16, 2019 at 8:46 pm

      ?

  2. drax says:
    June 22, 2019 at 10:55 pm

    Mi part reethi. Waiting for next part.good work.???????
    Please upload the story up to end please

    1. e.m.p.r.e.s.s says:
      July 16, 2019 at 8:46 pm

      ?

  3. Anonymous says:
    June 22, 2019 at 11:43 pm

    Eyyh adhives upload nukurevey??

  4. Anonymous says:
    June 22, 2019 at 11:44 pm

    Sorry rangalhah date nubalaa ehen e bunevunyh

  5. Luc!f3r says:
    June 23, 2019 at 10:40 am

    This be quite fun i guess

  6. Eyna says:
    June 23, 2019 at 12:54 pm

    Reethi.. next part when? And fuck ehn nujahaa star thakeh laafa jehun ragalhi.. hama buneli

  7. jiji says:
    June 26, 2019 at 3:04 pm

    ❤❤Not bad…Salhi ingey

  8. Vikovikko says:
    July 2, 2019 at 12:00 pm

    Wow vrh Rythi??? I want to read it all

  9. shal says:
    July 4, 2019 at 12:02 pm

    intresting

  10. Min holly says:
    July 5, 2019 at 1:31 am

    Cool story

    1. e.m.p.r.e.s.s says:
      July 16, 2019 at 8:48 pm

      ?

  11. ?mariyam ? says:
    July 11, 2019 at 2:01 pm

    ިިި އިންޓްރެސްޓިިިިިިިިިން ރިއަލީ

  12. Axker ge friend eh says:
    July 15, 2019 at 5:58 pm

    Ok hama

  13. Lal says:
    July 22, 2019 at 5:07 pm

    Haadha kuh gina ey. Varah undhagu kiyan ehenve. Story line reethi. Ebai rangalhu kollaa. Alif sukun hunna n jehey thanthaa Shaviyani sukun mulhinves

Comments are closed.

Next Episode733 ( ދެވަނަބައި )←


All Right Reserved!