733 (ތިންވަނަބައި)
އަހަރެން ހަމަޖެހިލީމެވެ. އެ ކިޔަނީ ކިކޭތޯ އަޑު އިވޭތޯއެވެ.
”ނޮން ކަޕްތާ އޯރ ސްތޮލްތޯރުމް ”
އަހަރެންނަށް އެކިޔާއެއްޗެއް ސާފުކޮއް އިވުނެވެ. އެއި ދިވެއްސެއް ވެސް ނޫނެވެ. މަލަކްގެ ކަންފަތް ފާރުގައި ޖައްސާލިއެވެ. ވައިއަޑުތައް ކުއްލިއަކައް ހުއްޓި މުޅިތަން ހަމަހިމޭންވެގެން ދިޔައެވެ. ހަމައެއާއެކު ކުއްލިއަކައް ވަރައް ބާރު އަޑުފައްގަނޑެއް އިވިގެންދިޔައެވެ. ހީވީ ބޮޑު ބަރު އެއްޗަކުން ފާރުގައި ވަރައް ބާރަށް ޖެހިހެންނެވެ.
ކަންފަތައް ވީތަދާއެކު މަލަކް ކަންފަތުގައި އަތްއެޅިއެވެ. ޔަގީނުންވެސް މީހަކު އެތަނުގައި އެބައުޅެއެވެ. އައިސްފައި ހުރި ރުޅިއާއެކު ކޮޓަރިން ނުކުމެގެން ގޮސް ހުސްކޮށް ހުންނަންވީ ސަޕްލައި ކްލޯސެޓް ގެ ދޮރުގައި ވަރައް ބާރަށް އަހަރެން ތަޅަން ފެށީމެވެ. ކައިރި އެހެން ކޮޓަރިތަކުގައި އުޅޭ އެހެން ކުދިންނައް އުނދަގޫ ވިޔަސް ހެވެ.
” މީދެން ކޮންކަމެއް ” އަހަރެން ހަޅޭލަވަން ފެށީމެވެ.
” މިކަން މަޖަލެއް ނޫން އިނގޭ ….. ކަލޭ ކީކޭ ހިތައް އަރާގެން ތަ ތިއުޅެނީ ”
” ހަމަމިހާރު ނުކުމޭ ”
އެއްވެސް އަޑެއް ނީވުނެވެ. ކުއްލިއަކައް 733ގެ ދޮރުގެ ތަޅު އެނބުރެންފެށިއެވެ. ވާން އުޅެނި ކޮންކަމެއް ކަން ވިސްނާލާންވެސް ނޭންގިފައި ހުރި އަހަރެން ފަހަތައް ޖެހެމުން ގޮސް ފަހަތުގައި ހުރި ފާރުގައި ޖެހުނެވެ.
ކޮންމެސް ބާރަކުން އެދޮރު ކުރިއަށް ކޮއްޕަންފެށިއެވެ. ދޮރުނުހުޅުވާތާ ވަރައް ދުވަސްވެފައިވާކަމުން ވަރައް ފާޑެއްގެ އަޑެއް ދޮރުން އިވެމުންދިޔައެވެ. ދޮރުގައި ބޭރުން ބޮޑުތަޅެއް ލަފައިވާކަމުން އެދޮރެއް ނުހުޅުވުނެވެ.
ނޭވާލާންވެސް ނޭންގިފައި ހުރި އަހަރެންނައް ކުޑަ ކޮސް ހަމަޖެހިލެވުނީ އެ ދޮރުގެ ތަޅު ދޫވުމުންނެވެ.
އަހަރެންގެ ކޮޓަރީގެ ދޮރުން ބޯދިއްކޮއްލައިގެން މަލަކް ހުއްޓެވެ. ކިހިނެއްވީހޭ އަހާލާ ގޮތަކަށް އަތް ހިތްލާލިއެވެ.
” ކޮންމެވެސް މިހަކައް ހީވަނީ މީ ވަރައް މަޖާކަމެއް ހެން ”އަހަރެން ވަރައް ބާރަށް ބުނީމެވެ. ދެފަރާތައް ބޯހަލުވާލުމައްފަހު ކޮޓަރިތެރެއަށް މަލަކް ވަދެގެންދިޔައެވެ.733ގެ ދޮރާއި ދިމާއަށް އަހަރެން ތިރިވީމެވެ. އިށީންދެ ބޯބިންމަތީގައި ޖައްސާލައި އެކޮޓަރީގެ ދޮރުދަށުން ކޮޓަރިތެރެއަށް ބަލާލީމެވެ. ހުޅުވިފައިވާ ކުޑަދޮރުތަކުން ހަނދުގެ އަލި ކޮތަރިތެރެއަށް ފެތުރިފައިވެއެވެ.
ބޮޑުބޮޑު ދެ ކުޑަދޮރެވެ. އަހަރެންގެ ކޮޓަރީގައި ހުރި ކުޑަދޮރާއި ޖައްސާލާހާވެސް ނުވާނެއެވެ. އެހާފަސޭހައިން އެދޮރުން ބޭރައް ފުންމާލެވޭނެކަން ޔަގީނެވެ.
ކުޑަދޮރުތަކާއި ދިމާލުގައި ވަރަށް ހިރަފުސްވެފައި ހުރި ގޮދަޑިތަކެއް ހުއްޓެވެ. މުޅި ކޮޓަރިތެރެ އޮތީ ހުސް ހިރަފުހެވެ. މި ކޮޓަރިއަށް މިހާރު މީހަކު ނުވަންނަތާ ކިތަންމެ އަހަރެއް ވެދާނެއެވެ. އަހަރެންގެ ގައިން ހިބިހި ނަގައިގެން ދިޔައެވެ.
ކޮޓަރިއަށް އަލިކަން ފޯރުކޮށްދެމުންދިޔަ ހަނދުވަރު ފިލައިގެން ދިޔައެވެ. އެއާއެކު މުޅި ކޮޓަރިތެރެއަށް ކަނު އަނދިރިކަން ފެތުރިގެން ދިޔައެވެ.
އެސްފިޔަތައް އަވަސް އަވަހައް ޖަހާލައި އަހަރެން ގެ ލޯ އަދިވެސް ބޮޑައް އެއަނދިރިއަށް ހޭނެތޯ އަހަރެން ބެލީމެވެ. އަދިވެސް ބޮޑަށް ދޮރާގާތްވެލަމުން ދެލޯ ކުޑަކޮށްލާފައި އެކޮޓަރިއަށް ބަލާލީމެއެވެ. އެއާއެކު އަޑުގެނެތްކޮޅަށް ހަޅޭލަވައިނަގެވުނެވެ. ސިއްސައިގެން ގޮސް ފަހަތަށް ޖެހިލެވުނެވެ.
ބޮޑު ރީނދޫ ކުލައިގެ ލޮލެއް އެއޮތި އަހަރެންނާއި ދިމާލައް ބަލާށެވެ. އެވެސް އެންމެ ދެތިން އިއްޗި ދުރުގައެވެ. އަހަރެންގެ މޭގަނޑު ހީވި އަނގަޔަށް އައިހެންނެވެ. އަހަރެން ހަޅޭލަވާގައިތް އަޑައް ވަރަށް ގިނަ ކުދިން ކޮޓަރިން ނުކުމެގެން އައެވެ.
އަހަރެން އެއިން ކުއްޖަކައް ބަލާވެސް ނުލާގޮސް ކޮޓަރިއަށް ވަނީމެވެ. މަލަކް ވެސް ހާސްވެފައި ކިހިނެއްވީހޭ އަހާލިއެވެ.
ފަހުން ކިޔާދޭނަމޭ ބުނެ އަހަރެން އެނދެއްއަރާ ބްލޭންކެޓް ގައިގައި އަޅާލީމެވެ. އޭރުވެސް އަހަރެންގެ މޭގަނޑު ނެގިގެގިފައިޖެހެމުންދިޔައެވެ.ވަރަށް ބިރުވެރި ކަމެއް ވާން އުޅޭހެން ހީވާން ފެށިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ރެސިޑެންޓް އޮފިސްއަށް އަހަރެންމެންގެ ކޮޓަރި ބަދަލްކޮށް ދެއްވުމައްއެދި ސިޓީއެއްލީމެވެ. ރެސިޑެންޓް ޮފީހައް ދިޔައިރު ވަރަށް ގިނަ ކުދިން އަހަރެންނަށް ބަލަމުންދިޔަކަން ފާހަގަ ވިޔެއެވެ.
އޭގެ ފަހުން އަހަރެންނާއި މަލަކް ވަކިން އެކަނި ކޮޓަރީގައި ހޭދައެއް ނުކުރަމެވެ. އާއްމުކޮއް އެކި އެކުވެރިންނާއިއެކު ވަގުތު ހޭދަކުރަނީއެވެ. އެންމެގިނައިން ވަގުތު ހޭދަ އަހަރެން ކުރަނީ އިއަން އާއިއެކުގައެވެ.
އިއަން އާއި އަލްޔަން މާގިނައިން ސުވާލް ކުރަންފެށުމުން ދިމާވި ހުރިހާ ކަމެއް އަހަރެން ކިޔާދިނީމެވެ. އަލްޔަން ބުނީ ޕެރަނޯރމަލް ސޮސައިޓިގާތު އަހާލުމަށެވެ. ކޮންމެ ކޮލެޖް އެއްގައި ވެސް އެކި ކަހަލަގެ ކްލަބްތައް އޮންނަހެން މި ތަނުގައި ޕެރަނޯރމަލް ސޮސައިޓިއެއް އޮވެއެވެ.
އެ ހިޔާލު އަހަރެން ނަށް އެހާ ކަމަކު ނުދިޔައެވެ. އެކަމަކު އަލްޔަން މާގިނައިން ކިޔަން ފެށުމުން އެއްބަސް ވީއެވެ.
މަލަކް އާއި އަހަރެން އެންމެ ފަހުން ޕެރަނޯރމަލް ސޮސައިޓީގެ ޕްރެސިޑެންޓް އާ ބައްދަލް ކުރީމެވެ. 30 މިނުޓް ވާންދެން އަހަރެންގެ ވާހަކައަޑުއަހަން އިނުމައްފަހު އަމަން ބުންޏެވެ.
” ނިމުނީ؟”
އަހަރެން ބޯޖަހާލީމެވެ.
” އަހަރެން ގެ އެހެން ކޮލީގްސް އާ ބައްދަލް ކޮށްލަންދެއް ބޭރައް ޖެހިލައްވަފާނަނަން ތޯ ” އަމަން އިތުރުކޮއްލިއެވެ.
” އޮފްކޯރސް ” ގޮނޑިން ތެދުވަމުން އަހަރެން ހިނިތުން ވެލީމެވެ.
” ހިނގާ ދާން ” އެތަނުން ނުކުމެވުމާއެކު ހެން މަލަކް ބުންޏެވެ.
” ކޮންތާކަށް ؟”
” އާ ޔޫ ސިރިއަސް ؟”
” މަލަކް އަހަރެމެން ދެމީހުން އެކަނި އެކޮޓަރި ގައި ނުވެސް ނިދަން ބުރާސްފަތި ދުވަހުން ފެށިގެން”
” އޯކޭ” މަލަކް ވަރައް ދަމާލާފައި ބުންޏެވެ.
”އެމީހުން ދައްކާވާހަކަ އަޑު އަހާލާފައި ރެސިޑެންޓް އޮފީހަށް ދާން ވީ އެންނު ”
މަލަކް އާއި އަހަރެން ހޯލްވެތެރޭގައި 15 ވަރަކައް މިނެތް ވަންދެން ހިނގާލަ ހިނގާލަ ތިބީމެވެ.
” އެތެރެއަށް ވަންނަވާ ” އަމަން ދޮރުހުޅުވަމުން އަހަރެމެންނަށް ބުންޏެވެ.
” ތި ބޭފުޅުން ތި ކިޔާދިން ވާހަކަ އަޑު އެހުމުން އަޅުގަނޑަށް ހީވަނީ އެއީ ވަރައް ނުރައްކާތެރި އެއްޗެއް ހެން ”
” ތީ ތި ޓީމްގެ ހުރިހާބޭފުޅުން އެއްބަސް ވި ގޮތް ؟” މަލަކް ބަލާލީ އަމަން އަށެވެ. އަހަރެން ބުމަ އަރުވާލަމުން މަލަކް އަށް ބަލާލީމެވެ.
”ޔެ…ސް ” އަމަން މަޑުން ބުންޏެވެ.
” އެ ރޫހް ބޭނުންވަނީ ބަދަލް ހިފަން ” އަމަން އިތުރުކޮއްލިއެވެ.
” ރޫހް ؟” އަހަރެން ނަށް އަހާލެވުނެވެ. ކީއްވެ ކަމެއް ނޭންގުނެވެ. އެކަމަކު އެއީ ރޫހް އެއްކަމަކަށް އަހަރެންނައް ގަބޫލެއް ނުކުރެވުނެވެ.
” ޔެސް” އަމަންގެ ގާތުގައި ހުރި އެހެން ފިރިހެންކުއްޖަކު ބުންޏެވެ.
” ރޫހް އެއީ ކޯޗެއްކަން އެނގި ލައްވާ ނޫންތޯ ” އެކުއްޖާ އިތުރުކޮއްލިއެވެ.
”ޑޭމްނ ” މަލަކް އަށް ބުނެވުނެވެ. މަލަކްގެ މޫނުމަތިން ހާސްކަން ފާޅުވަން ހުއްޓެވެ.
” ބިރުނުގަންނަވާ އަޅުގަނޑުމެން ތި ބޭފުޅުންނަށް އެވި ވާނަން.. އާއްމުކޮއް ސުއިސައިޑް ހިނގަނީ އެ ރޫހް ރުޅި އައުމުން ހެން އަޅުގަނޑުމެންނަށް ހިވަނީ…އެ ރޫހް ބެނުނަވަނީ ބަދަލްހިފަން..” މަލަކް އާދިމާއަށް ބަލަން އިނދެ އަމަން ކިޔަދިނެވެ.
” ކާކުގެ ގާތުން ބަދަލަ ހިފަން ” އަހރެން ހައިރާންވިއެވެ.
” ކިޔަވާ ކުދިން ”
” އަޅުގަނޑުމެންނަށް ހީވާގޮތުގައި މި ރޫޚް މީ ބުލީގެ ޝިކާރައަށް ވެ ސުއިސައިޑް ކުރި ކުއްޖެއް..އެހެންވެ މިހާރު އެހެން ކުދިންނަށް އުނދަގު ކުރަނީ ”
އަމަން ހީކުރީ މަލަކް އިނި ބިރުންކަމައް ކަންނޭންގެއެވެ.
” ތިބެފުޅުން ބެނުމިއްޔާ އަޅުގަނޑުމެއް އެހީވެދާނެން ” ހަމަޖެހިލަމުން އަމަން ބުންޏެވެ.
” އެކަމަކު މި ސޮސައިޓީއަށް ކުޑަ ޑޮނޭޝަން އެއް ބޭނުންވާނެ”
” އޯކޭ ” މަލަކް އަހަރެންގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ބުންޏެވެ.
” މި ހަފްތާގެ ބަންދުގައި އަޅުގަނޑުމެން ތިކަމަށް ހައްލެއް ހޯދަދެންތޯ ” އަމަން އަހާލިއެވެ.
” ވިސްނާލާފައި އަޅުގަނޑު ބުނާނެން ” މަލަކް އަހަރެންގެ އަތުގައި ހިފާ ދަމަމުން އެތަނުން ނުކުތެވެ. އަދި ނުކުމެ އަހަރެންނަށް ބަލާލަމުން ދެލޮ ކުޑަކޮއްލިއެވެ.
” ރީން އެމީހުން ދެއްކި ވާހަކަ ގަބޫލްކުރީތަ ؟ ”
” ސޯ މަލަކް ގަބޫލެއް ނުކުރޭ އެއީ …..” އެބަސް ބުނާނެ ގޮތެއް އަހަރެންނަށް ނޭންގުނެވެ.
” ޖިންނިއެއް ކަމައް ؟ ”
” ނޭންގެ މަށަކަށް ”
” ޔަގީނުން ވެސް އެތަނުގައި އެ އުޅެނީ ފަންޑިތަވެރިންނެއް ނުން….ޖިންނިއަކަށް ވިޔަސް އެމީހުންކައް އަހަރެމެންނައް އެއްވެސް ކަމެއް ނުކޮށްދެވޭނެ”
ރެސިޑެންޓް ސާރވިސް އޮފީހާ ހިސާބައްދެވުނުއިރުވެސް މަލަކްވެސް އަހަރެންވެސް އެއްވެސް ވާހަކައެއް ނުދައްކަމެވެ.
” މިގޮތައް ބަލަމާ….އެމީހުން އެ ކުޅެނި ގޯސްޓް ބަސްޓާރސް މީހުން މިދިރިއުޅެނީ އެކްސޯރސިސްޓްގަ ” އޮފީސް ދޮރާއަރާ ހަމަވުމާއެކު މަލަކް ބުންޏެވެ.
” އެކަމް ދެން އަހަރެމެން ކިހިނެއް ހަދާނީ ؟”
”ކޮލެޖް ނިމެންދެން އަލްޔަންގެ ގާތުގައި ތަ އޮންނަންވީ ؟ ”
” އަހަރެން ބޭނުމީ މިކަން ވިހާވެސް އަވަކައް ނިމެން ” އެއީ އަހަރެން ވެސް ބޭނުންނާ ގޮތެވެ.
” ދުވާލުގެ ވަގުތު އެކަނި އެތާ ހޭދަކުރަންޏާ އަހަރެމެންނަށް އެއްވެސް ނުރައްކަލެއް އޮތް ހެނެއް ހިއެއް ނުވެ އެނނު… ސޯ ރޭގަނޑު ބޯއިފްރެންޑްގެ ގާތުގައި ތިބޭނީ ”
”އޯކޭ ” މަލަކް ބޯޖަހާލިއެވެ.
ޑެސްކް ގައި އިންކުއްޖާ އާ އަރާހަމަވުމުން ހައިރާންވެފައި އެއަންހެން ކުއްޖާ އަހަރެމެންނަށް ބަލާލިއެވެ.
” ހާއި…އަހަރެން މީ…’
” ތި ރޫމް ބަދަލްކުރަން ރިކްއެސްޓް ކުރި ކުއްޖާ ދޯ ”
” އެތަނުން އެއްކުއްޖެއް…ކިހިނެއް އެނގުނި ؟ ” އަހަރެން ވަރަށް ހައިރާން ވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Varah reethi
NICE .KUDAKOH DHIGU KOHLADHEHCHEY
Hey…. V.. Salhi dear
Salhi
Hey I’m waiting for the next part ?
Salhi