733 ( ދެވަނަބައި )
”ފަކް ” އަހަރެންގެ ގާތަށް ވަރަށް ރުޅި އެރިއެވެ. ދޮރު ހުލުވާލަން ތަޅުގައި ހިފާލަން ބަލާލިވަގުތު ގައިން ހިބިގައިގެން ދިޔައެވެ. އެ ދޮރުގައި އެއިނީ ބޭރުން ތަޅުއަޅުވާފައެވެ.
” ދެން އަހަރެން ނުދާނަން އެ ތަނަށް ” އަވަހައް ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އެނދުމަތީގައި އިށީންނަމުން އަހަރެންބުނީމެވެ.
” ކިހިނެއްވީ ؟ ” މަލަކް އިނީ ވަރަށް ހައިރާންވެފައެވެ.
”އެކޮޓަރި ހުރީ ބޭރުން ތަޅު އަޅުވާފައި…އެކޮޓަރިއަކަށް އެއްވެސް މީހަކަށް ނުވަދެވޭނެ”
” ސޯ….އެއީ ޖިންނިއެށް ؟…މަލަކް ހީގަތެވެ.
” ޖިންނި އަކަށް ނުވިއަސް އެތަނގައި ކޮންމެސް ކަމެއްއެބަ ވޭ ”
މަލަކް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަދި ގައިގައި އޮތް ބްލޭންކެޓް ރީތިކޮށްލަމުން ފުރޮޅިލިއެވެ.
” ރީން ނާރސިން ނުނަގައި ޑްރާމާ މޭޖާރ އަކަށް ވިނަމަ ރަނގަޅުވީސް ” މަލަކް ހިނިތުންވެލިއެވެ.
މަލަކް ނިދިއިރުވެސް އަހަރެންނަށް ނުނިދެއެވެ. ހެނދުނު ކްލާހަށް ގޮސް ފައި އައިވަގުތު އަހަރެންގެ ލޮލުގައި އަޅާގަތީ 733ގެ ކުޑަދޮރުތަކެވެ. ދެ ކުޑަދޮރުވެސް ހުރީ ހުޅުވިފައެވެ. އެހަފްތާގެ ކޮނަމެ ދުވަހަކުވެސް ކުލާހައް ދާއިރު އަހަރެން އެ ދޮރުތަކަށް ބަލަމެވެ. މުޅިހަފަތާ ނިމިގެން ދިޔައިރުވެސް އެދޮތަށް ހުރީ ހުޅުވިފައެވެ.
ބައެއް ފަހަރު ރޭގަނޑު 733 އިން ފާޑެއްގެ އަޑުތަކެށް އަންނަ ހެން ހީވެއެވެ. ފަސްއޮށްތަކެށް ތަށިމުޅިގަނޑުމަށްޗަށް ވެރޭހެންހީވެއެވެ. އަދި އެފަސްއޮސްތަށް ކޮޓަރިތެރެއަށް ފެތުރިގެންދާހެން ހީވެއެވެ. ދެލޯ ބޮޑުކޮއްލައިގެން ކޮންމެރެޔަކު އެޑުތައް އހަން އަހަރެން އެތައް އިރެއް ވާންދެއް އޮންނަމެވެ. މަލަކް އަށް އެއަޑުތަށް އިވިގެން ނުހޭލާތީ އަހަރެން މަލަކްގެ ގާތުގައި އެވާހަކައެއް ނުބުނަމެވެ. ބުންޏަސް ގަބޫލް ކުރާނެ ކަމެއް ވެސް ނޭންގެއެވެ.
މެންދުރުގެ ވަގުތެވެ. ލެޕްޓޮޕް އުނގަށް ލައިގެން އަހަރެން އިނީ ބައެއް އެސައިމެންޓްތަށް ނިމްމާށެވެ. ހެޓްސެޓް ކަންފަތަށް ޖަހައިގެން ލަވައަޑު ބާރުކޮށްލައިގެން އިންއިރު ލަވަޔާއެއް ވަރަށް ބޯވެސް ހަލުވަމުން ދިޔާމެއެވެ.
” އައިމް ސޯ ސިކް އޮފް ދިސް ފޭކްލަވް…ފޭކް ލަވް…ފޭކްލަވް ”
ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވުނުހެން ހީވުމުން ލަވަކިޔުން ހުއްޓާލީމެވެ. އަނެއްކާވެސް ޓަކި ޖެހި އަޑު އިވުވެނެވެ.
” ދޮރު ހުޅުވާފާ ހުރީ ” ދޮރާދިމާއަށް ބަލާވެސް ނުލާ އަހަރެން ބުނީމެވެ. އަނެއްކާވެސް ޓަކިޖެހި އަޑު އިވުނެވެ. ހެޑްސެޓް ނަގަމުން ފަހަތަށް އެނބުރި ބަލާލީމެވެ.
” ވަޓް ދަ ފަކް ” ދޮރު އެހުރީ ހުޅުވިފައެވެ. ދޮރު ތަޅު ނުލާބެއްޓިއަސް އަހަރެން ހުންނާނީ ދޮރުލައްޕާފައެވެ.
އަހަރެން ދޮރު ތަޅުނުލާބެހެއްޓީ އިއަން އަންނާނެ ކަމައް ބުނީމައެވެ. އިއަން އާއި އަހަރެން ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްކޮޅެށް ވެއްޖެއެވެ.
ދޮރު ލައްޕަން ވެގެން ހިނގައިގަތްތަނާހެން އަނެއްކާވެސް ޓަކި ޖަހާލި އަޑު އިވުނެވެ. ދޮރަކުން ނޫނެވެ. އަލަމާރިންނެވެ. ސިހިފައި އަލަމާރިއާ ދިމާއަށް ބާލިއިރު އަހަރެންގެ ދެލޮ ހުރީ ބޮޑުވެފައެވެ. އެއަލަމާރި ހުންނަނީ 733 އާ ދިމާލުންނެވެ.
” މަލަކް މަޖަލެށް ނޫން އިނގޭ ” އަހަރެން ގޮވާލީމެވެ. އެއްވެސް އަޑެއް ނީވުނެވެ.
‘’ މަލަކް ” މިފަހަރުވެސް އެއްވެސް އަޑެއް ނީވުނެވެ.
އަވަސް ފިޔަވަޅިތަކެއްގައި ގޮސް އަލަމާރީގެ ދޮރުފަތުގެ އަތް ގަނޑުގައި އަހަރެން ހިފީމެވެ.
” މަލަކް ޔޫ އާރ އަ ފަކިން…”
” އައިމް އަ ފަކިން ވަޓް ؟ ” މަލަކް ގެ އަޑު އައީ އަހަރެންގެ ފަހަތުންނެވެ. ދޮރުފަތުން ދޫކޮށްލަމުން އަލަމާރިއާއި ދުރަން އަހަރެން ޖެހިލީމެވެ.
ދަބަސް އެނދުމައްޗައް އެއްލާލުމަށްފަހު އައިސް އަހަރެންގެ ގާތުގައި މަލަކް މަޑުކޮށްލިއެވެ.
” އައިމް އަ ފަކިން ވަޓް ؟” މަލަކްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
” އަހަރެން ހީކުރީ މަލަކް ހުރީ އަލަމާރި ތެރޭގައި ކަމަށް ” އަހަރެން ދެލޯ ބޮޑުކޮށްލަމުން އަލަމާރިއަށް ބަލާލީމެވެ.
” ވަޓް؟ ވައި؟ ” މަލަކް ހައިރާންވިއެވެ un excelente sitio.
” އަލަމާރިތެރެއިން މީހަކު ޓަކި ޖެހި އަޑުވިނީމާ ”
މަލަކް ހީގަންނަމުން އައިން އަލަމާރީގެ ގާތުގައި މަޑުކޮށްލިއެވެ. އަދި އަހަރެންނަށް ބަލާލަމުން އަލަމާރީގެ ދޮރުހުޅުވާލިއެވެ.
” މިތަނުގައި ނެތް އެކަކުވެސް ” މަލަކް އަލަމަރިތެރެ ބަލާލިއެވެ.
” އެކަމަކު…އަޑު އިވުނޭ ”
އަހަރެން ނާއި މަލަކް ގެ ކަޅި ހަމަވެގެން ދިޔުމާއެކު މުޅި ކޮޓަރިއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.
އިއަން އަށް އާދެވުނީ އަހަރެމެން އެކަކު އަނެކަކަށް ބަލަންތިއްބައެވެ.
” ކިހިނެއް ވީ ؟ ” އިއަން ހުރީ ވާނުވާ ނޭންގިފައެވެ.
” ޖެހިގެން ހުރި ކޮޓަރީގަ ކޮންކެސް ކަމެއް އެބަ ވޭ ” އަހަރެން އިއަން އަށް ބަލާލީމެވެ.
” 735 ތަ ނޫނީ ހުސްކޮށް ހުރި ކޮޓަރިތަ ؟” އިއަން ބުމަ އަރުވާލިއެވެ.
” ހުސް ކޮޓަރި ” މަލަކް ހިނގައިގަންނަމުން ބުންޏެވެ.
” 733؟ ސުއިޑް ރޫމް ”
” ހޫމް..އެތަނުގައި ކުއްޖަކު ސުއިސައިޑް ކުރި ވާހަކަ އަޑު އިވުނު ” އަހަރެންގެ އެނދުމަތީ ގައި އިށީނީމެވެ.
” 3 ކުދިން އެވެސް އެއްކޮޓަރިއެއްގައި ވަރަށް ބިރުވެރި ދޯ ”
” 3 ؟ ” މަލަކް ބުމަ އަރުވާލިއެވެ.
” އަހަރެމެންގެ ގާތުގައި ބުނީ 2 ސުއިޑް އޭ ”
” 2 ކުއްޖަކު މަރުވީ 1970 ގެ ހިސާބު ދެން މީގެ ދިހަވަރަކަށް އަހަރު ކުރިން އެތަނުގައި އުޅުނު ފިރިހެން ކުއްޖަކު އެތާ ކުޑަދޮރުން ފުންމާލީ ” އިއަން ބުންޏެވެ.
މަލަކް އާއި އަހަރެން ގެ ދެލޯ ބޮޑުވިއެވެ. އަހަރެންނަވުރެ މަލަކް މާ ބިރުގަތްހެން ހީވިއެވެ. އަހަރެމެން ދެމީހުންނަކީ ވެސް އުސްތަންތަނަށް އަރަން ބިރުގަންނަ ދެ މީހުންނެވެ. މިތަނުގައި އުޅޭއިރުވެސް ކުޑަދޮރުން ބޭރަށް ބަލާލަންވެސް ނުކެރޭނެއެވެ. އުސްތަނަކުން ފުނަމާލައިގެން މަރުމުމަކީ ހާދަހާ ބިރުވެރި ކަމެކެވެ.
” 3 ސުއިސައިޑް އެވެސް އެއްކޮޓަރިއެއްގައި ހާދަހާ ބިރުވެރި އޭ ” މަލަކް ހާސްވެފައި ބުންޏެވެ.
” ބައެއް މީހުން ކިޔާ އެތަނުގައި އެއްޗެއް އުޅޭވާހަކަ ” އިއަން އިތުރު ކޮށްލިއެވެ.
” އެއްޗެއް ؟ ” އަހަރެން ވަރަށް ހައިރާންވިއެވެ.
”އެއްވެސް މީހަކައް ނޭންގެ ކޯޗެއްކަމެއް ”
” އެކި މީހުންގެ ވާވަކަ ތަފާތު…..އާއްމުކޮއް އީދް އާ ކައިރިވުމުން ކޭމްޕަސް އިން ޕަބްލިޝްކުރާ ޕޭޕަރަރުތަކުގައި އެކަހަލަގެ ވާހަކަ ހުރޭ…ކޮންމެ މީހަކު ވެސް ބުނަނީ އެއީ ވަރަށް ނުރައްކާތެރި އެއްޗެއްކަމައް ”
” އެކޮޓަރި ނޫން އެހެން އެއްވެސް ކޮޓަރިއެއްގައި ތިކަހަލަގެ އެއްވެސް ކަމެއް ނުވެތަ؟ ”
” މޭބީ… މި ކޮޓަރީގައި ؟ ” މަލަކް އިނީ ވަރަށް ހާސްވެފައެވެ.
” ނޫން ހުރިހާ ކަމެއް ވެސް ހިނގީ 733 ގައި… މި އަހަރު މިތަން ހުޅުވާވާހަކަ އަޑު އިވުމުން ވަރަށް ހައިރާންވެސް ވި” އިއަން މަލަކް އަށް ބަލާލަމުން ޖަވާބުދިނެވެ.
” އެހެން ކޮޓަރިއެއް ލިބޭތޯ އުޅެން ވ އެންނު ”މަލަކް އަށް އަހަރެން ބަލާލީމެވެ.
” އެހެން ކޮޓަރިއަކަށް ބަދަލް ވަންޔާ އެކުގައި އުޅެވޭނެ ކަމެއް ނޭންގެ އެންނު ” އަހަރެންގެ ހިޔާލް މަލަކް އަށްކަމަކު ނުދިޔައެވެ.
” އަފްރީން އާ އަހަރެން އެކުގައި އުޅޭތަން މިހާރުރު 15 އަހަރައް ވުރެ ގިނަވެދާނެ…އެހެންނޫނަސް އެހެން ކުއްޖަކާއެކުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން ” މަލަކް ބަލާލީ އިއަން އަށެވެ.
” މަލަކް އަށް އޯކޭ ދޯ ފުރޭތައެއްގާތުގައި އުޅެން ؟ ” އަލަމާރިއާ ދިމާއަށް ބަލާލަމުން އަހަރެން ބުނީމެވެ.
” ކޮލެޖް އިން ގްރޭޖުއޭޓް ވީމާ މީސްމީހުންނަށް ކިޔާދޭން މަޖާވާނެ އެންނު މިވާހަކަ ތައް” މަލަކް ހިނިތުން ވެލިއެވެ.
” މީ އަހަރެން ކިޔާދޭން ބޭނުންވާކަހަލަކެ ވާހަކަ އެއް ނޫން ” އަހަރެން އަދިވެސް އިނި އަލަމާރި އަދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
އަހަރެންގެ ވާހަކަ ގަބޫލްކުރަން މަލަކް އަށް ދުވަސް ކޮޅެއްނެގިއެވެ. އެއަލަމާރި އަކި އަހަރެން އަދި މަލަކް ވެސް ވަރައް ފޫހިވާއެއްޗަކައް ވެއްޖެއެވެ.
އަހަރެންނައް ހޭލެވުނީ މީހަކު ވައިއަޑުން ވާހަކަ ދައްކާ އަޑަށެވެ. ދަންވަރު 2 ޖަހަނީ އެވެ. ތެދުވެ މަލަކް އަށް ބަލާލިއިރު މަލަކް އިނި އަހަރެންނައް ނަޒަރު ހުއްޓާލައިގެންނެވެ. މަޑު މަޑުން މަލަކް އޭނާގެ ޝަހާދަތް އިނގިލި ނަގާ ތުންފަތުގައި ޖައްސާލިއެވެ.
އަހަރެން އެއްވެސް އެއްޗެކޭ ނުނުނެ އެއިވޭ އަޑު ސާފުވޭތޯ ބަލާލީމެވެ. އަޑު އެހާ ސާފެއްނޫނެވެ. މަޑުމަޑުން އެނދުން ތެދުވެ އެއްވެސް އަޑެއް ނީވޭނެހާ މަޑުން ފިޔަވަޅު އަޅަމުން ގޮސް މަލަކްގެ އެނދުގާތުގައި މަޑުކޮށްލީމެވެ. އެތަނަށް ތަންކޮޅެށް ބާރަށް އަޑުއިވެއެވެ. އެއަޑު އެއަންނަނީ 733 އިންނެވެ، މަލަކްގެ އެނދު އިންނަނީ އެ ކޮޓަރި ގާތުގައިކަމުން އެތަނައް ތަންކޮޅެއް ސާފުކޮށް އިވެއެވެ.
އަހަރެން ހަމަޖެހިލީމެވެ. އެ ކިޔަނީ ކިކޭތޯ އަޑު އިވޭތޯއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

V salhi
Vvvvvvv reethi.. Masha ❤️❤️❤️❤️Allah… Habbu stry.. ekamu thankolheh dhigu koh genesdhybala.. ehaa kiyaa hithun indha e nimmaaly thi.. ???.. waiting for the nxt prt ingey..
?
Wow vv nice….ehn stries aa vv thafaathu…i mean v unique….ehnve adhi rythy ves….next part avahah up kohlahchey….curiously waiting for the next part….
Dhen hadi ehchehi nikiyaahama nuvanytha…
Ma Sha Allah❤❤❤???…So nice..Next one is uploaded dhw..kiyaafa comment eh kohlaanan ingey???????????????:)
BTS Army eh dhw? Mivaahaka eba varah enjoy kuran….thanks to you