ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ […]
18 + ވައިގަދަވެ ވިދާއި ގުގުރަމުން ދިޔައެވެ. ވައިގަދަކަމުން ރުއްގަސްތައްވެސް ހީވަނީ މުލުން ލުހިގެން ހިނގައިދާނެ ހެންނެވެ. ރަށުގެ އަތިރިމައްޗަށް ބޮޑެތި ބިޔަ ރާޅުތަށް ދޮންވެލިގަނޑަށް ބިންދަމުން ދިޔައެވެ. ވެހެމުންދާ ވާރޭގެ ތިކިތަށް ދުނިޔެއަށް އޮއްސަމުންދިޔައެވެ. ހުއްޓުމެއްނެތި ވިދާ ގުގުރަމުންދިޔައެވެ. ފުރަދަންވަރުގެ ތޫފާނީ ރެއެކެވެ. ރަށަކީ ކުޑަރަށެކެވެ. ފެހިކަންގަދަ ރީތި ރަށެކެވެ. މަގުތަކުގައި ހައްދާފައިވާ ބޮޑެތި ހިޔާ ގަސްތަކުން ރަށުތެރެއަށް ހިތްގައިމުކަމެއް ލިބިގެންވާ ރީތި ރަށެކެވެ. ނަމަވެސް ވެހެމުންދާ ވާރެއާއި ޖެހެމުންދާ ވައިރޯޅީގެ ސަބަބުން މަގުތަކުގައި ހައްދާފައިވާ […]
”އަހަންނަށް ހަމަ ތިހާ އަވަހަށް ޓުރަސްޓު ކުރަން ފެށީތަ… ދެން ރަނގަޅުތާ!…”ޝާޔާ އައިސްް ހުރި ރުޅީގައި ބުނެލިއެވެ. ”ޔެސް ޝާ އަހަރެން ވަރަށް ޓުރަސްޓު ކުރަން ޝާ އަށް…” އިވިގެން ދިޔަ ޖުމުލަތަކުން ޝާޔާގެ ހިތައް ތަދުވިއެވެ. ”ލަމް. އައި ތިންކު ޔޫ އާ އަ ފޫލް… މީހެއްގެ ހަގީގަތް ނުބަލާ ޓުރަސްޓު ކުރެވޭތަ އެހާ އަވަހަށް ” ޝާޔާ ބުނެލިއެވެ. ”ވަޓަ އިޒް ދި ޕުރެބްލެމް ޝާ.. އަހަރެންނަށް ޝާ ވަރަށް ރަނގަޅަށް އެނގޭ… މާޒީ […]
“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ. ******** “އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ…” ނައިރާ އާދޭހާއިއެކު އެދުނެވެ. ކައިލަންގެ ގައިގައި އަތް ޖައްސައިލި ނައިރާ ސިހުނީ ކައިލަން އެ އަތް ފޮޅުވައިލުމުންނެވެ. ލިބުނު ސިހުމުގައި މެޔަށް ތޫނު ތަދެއް އެރިއެވެ. ނައިރާއަށް އޭނަގެ މޭގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ކަރުނުން ދެލޯ ފުރެމުން ދިޔައެވެ. “އިތުރަށް ކޮން ވާހަކައެއް ދައްކަން؟… ތި ދައްކާ ވާހަކައަކުން ނައިރާ ކުރި ކަމެއް ނުކުރާ ކަމަކަށް ވޭތަ؟…” […]
ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟ ވަރަށް އާންމު އެހެނަސް ޖަވާބު ދިނުމުގައި ގިނަ ބަޔަކު ނުކުޅެދިފައިވާ ސުވާލުތަކެކެވެ. ނޫންތޯއެވެ؟ ޖަވާބު ދެވުނަސް އެކި މީހުންނަށް ދެވެނީ އެކި ޖަވާބެވެ. މި ލިޔުމުގައި މި އަލި އަޅުވާލަނީ އަހަންނަށް ލޯބި މާނަކުރެވޭ ގޮތަށެވެ. ގިނަ މީހުން ބުނާ ގޮތުގައި، ލޯތްބަކީ އިޚުތިޔާރެއް ނެތި ވެވި ދާ އެއްޗެކެވެ. އެހެނަސް އަހަރެންގެ ޒަމީރު އެކަން ދޮގުކުރެއެވެ. އަހަރެންގެ ސިކުނޑި ބުރަވަނީ، […]
އުޑުގައި އެންމެ ފުރަތަމަ ފާފައެއް ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުންނެވެ. (އިބިލީސް އާދަމްގެ ފާނަށް ހަސަދަވެރި ވުމުގެ ސަބަބުންނެވެ.) ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރިގެންދިޔައީވެސް ހަސަދަވެރިވުމުގެ ސަބަބުންނެވެ. (ޤާބީލް، ޚާބީލް ޤަތުލުކުރީވެސް ހަސަދަވެރިކަމުގެ ސަބަބުންނެވެ.) އާދެ..! ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަމަކީ ޢަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ނުރަނގަޅު އަދި އެހާމެ ނުރައްކާތެރި ސުންޕާ އާދައެކެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! […]
”އަހަރެން މި ޑައިރީ ލިޔަން ފެށީ އަހަރެންގެ އުމުރުން ފަނަރަ އަހަރުގައެވެ. ކޮންމެ ދުވަހަކު ހިނގާ ހުރިހާ ހާދިޘާއެށް މި ފޮތުގައި ބަޔާން ކުރެވިފައިވާނެވެ.” ނަދުވާ ކިޔަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ޑައިރީ އެވެ.ފޮތުގެެ ބޭރު ގަނޑުގައި ”އަހަރެންގެ ޑައިރީ” ރީތި ފޮންޓަކުން ޖަހާފައި އިނެވެ. ފުރަތަމަ ސަފްހާގައި ވީ ތައާރަފެކެވެ. **** އާދައިގެ މަތިން އަހަރެން ފަތިހު ތެދުވެ ފަތިސް ނަމާދު ކުރުމައްފަހު ސްކޫލަށް ދިޔުމަށް ތައްޔާރު ވީމެވެ. ސްކޫލަށް ދާން ގެއިން […]
ހުރިހާ ރީޑާސްގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެމެވެ. އަޅުގަނޑުގެ ޓެސްޓު ފެށުމާއެކު ވާހަކަ މެދު ކަނޑާލަން ނިންމީ ޓެސްޓުން ރަނގަޅު ނަތީޖާ އެއް ހޯދުމުގެ ނިޔަތުގައެވެ.މިދުވަސް ކޮޅު ބިޒީ ވުމާއި ގުޅިގެން އަދި ޓެސްޓު އޮތުމުގެ ސަބަބުން ވާހަކަ މެދު ކަނޑަލާފީމެވެ. ނެކްސްޓުު ޕާޓްް 15 ޖޫންގައ… ދެ
އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އިތުރަށް ނިދަން ބޭނުން ނުވާތީ އަވަހަށް ތެދުވެގެންް ނަމާދައް ދާން ތައްޔާރު ވީމެވެ. ނަމާދު ކުރުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަހަރެންނަށް ވެގެން ވާނަމަ ރޭގަނޑު ނުނިދާ ހޭލާ އިނދެގެން ރޭ އަޅުކަން ކުރާނެމެވެ. ނަމާދުކުރުމައް ތައްޔާރުވެގެން އަހަރެން މިސްކިތައް ދާން ގެއިން ނިކުތް އިރު ރަތް ކުލައިގެެ ދިގު ހެދުމެއްގައި އަންހެން ކުއްޖަކު ހުއްޓެވެެ. އެކަމައް އަހަންނެއް ސަމާލުކަމެއް ނުދެމެވެ. އަހަރެން […]