?ދުރުވާނެބާ – 1
ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް ލައިފައިވުމުން އިތުރަށް ނަލަ ކަމަށް ދައްކައެވެ.
ލޯގަނޑުކުރިމަތީގައި މާޝާ ހުރީ ކޮލެޖަށްދާ ފުރަތަމަ ދުވަސްކަމުން ކޮލެޖަށް ދާން ރީތިވެގެން ފަރިބަލަންށެވެ. އިސްކޮޅުން އެހާ ދިގުނޫން ދޮން ހަންގަނޑެއް ލިބިފައިވާ މާޝާ އަކީ ރީތިކަން ހުސްކޮށްގެން ހުރި މުއްސަނދި ބައްޕަ އެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. ވަށް މޫނާއި ހިތިފަތު ބުމައިގެ އިތުރުން ރީތި ކުޑަ ތުންފަތެކެވެ. ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ލައިގެންހުރީ ފަލަމަސްގަނޑާ ހަމައަށް އަންނަ ރަތް ކުލައިގެ ހެދުމެކެވެ، ހެދުމުގެ މޭމަތި ވަނީ ހުދުކުލައިގެ އެސްތަކުން ޖަރީކޮށްފައެވެ. ތިރިން ލައިގެން ހުރީ ކަކުލަށް ވުރެ ކުޑަކޮށްތިރި އަށް އަންނަ ވަރުގެ ކަޅުކުލައިގެ ސްކާރޓެކެވެ.
މާޝާގެ އުނަގަނޑާ ހަމައަށް އަރާ ކަޅުކުލައިގެ ވަރުގަދަ އިތަށި ގަނޑު ވަނީ އެއްކޮށްލާ ވޫލު ކޮޅަކުން އައްސާލާފައެވެ. އޭގެ އިތުރުން ބޯމަތީގައި ކަޅުކުލައިގެ ބޭންޑެއް އަޅަފައި ވާއިރު އޭގައި އެހާ ގޮތަބޮޑު ނުވާ ގޮތަށް ރަތް ކުލައިގެ ޑިޒައިނެއް ވެއެވެ. އަދި މާޝާގެ ރީތިކަން އިތުރު ކޮށްދެނީ އޭނާގެ މަޑުމުށި ކުލައިގެ ކަޅިއެވެ.
“މާޝާﷲ މިހިރީ ޕަރީއެއްތަ ހާދަ ރީއްޗޭ ، މިހާރު އެއޮށް ގަޑިޖެހެނީ އަވަހަށް ދޭ މަންމަ ޑްރައިވަރ ކައިރީ ބުނީން ކާރު ނެރޭށޭ ދަރިފުޅު ކޮލެޖަށް ދާން ” ދޮރުހުޅާވާލައިފައި ވަން މާޝާގެ މަންމަ މައިޝާ ބުނެލިއެވެ.
“ލައްބަ މަންމާ މިދަނީ” ސޯފާގައި އިން ކަޅުކުލައިގެ ދަބަސް ނަގާ އެއްކޮނޑުގައި އަޅުވާލަމުން މާޝާ މަންމަ ކައިރީ ބުނެލަމުން ހިނގައިގަތީ ބޫޓަށް އެރުމަށެވެ.
ކަޅުކުލައިގެ ތިރި ބޫޓަކަށް އަރައިގެން މާޝާ ދިޔައީ ކޮލެޖަށް ދިޔުމަށް ކާރަށް އަރަންށެވެ.
********************
އޭސީކޮށްފައިވާ ކޮޓަރިއެކެވެ. ނޫކުލަ ލާފައިވާ ފާރުތަކެކެވެ. ފަރުނީޗަރު ތަށް ވަނީ އަޅިކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި މޭޒަކާއި ގޮނޑިއެއް ހުއްޓެވެ.
ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް ލައިފައިވުމުން އިތުރަށް ނަލަ ކަމަށް ދައްކައެވެ.
އެތާހުރި އަލަމާރީގެ ލޯގަނޑުކުރިމަތީގައި ހުރީ ދަހުލާން އެވެ
ރަތްކުލައިގެ ގަމީހަކާއި ކަޅޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު ފަހުގެ ގޮތަކަށް ސްޓައިލްކޮށްފައިވާއިރު ދަހުލާން ހީވަނީ މޮޑެލް އެއް ހެންނެވެ. ދަހުލާން އަކީ މުއްސަނދި ބައްޕައެއްގެ ދެ ދަރިން ކުރެ ދޮށީ ދަރިފުޅެވެ.
” ސުބުޙާނަﷲ މިއޮށްކަމެއް މަށަށް ޔަޤީން ސުކޫލް ހުރިހާ އަންހެން ކުދިން މިއަދު ހޭނެތޭނެ ޑޭލް ފެނިފަ ” ދަހުލާންގެ ކޮޓަރިތެރެއަށް ވަންނަމުން ދަހުލާން ގެ އެންމެ ގާތް އެކުވެރިޔާ ޖިޔާން ބުނެލިއެވެ.
ހިނިގަނޑެއް ޖަހާލުމަށް ފަހު ކަޅުކުލައިގެ ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ. ” މަށަށް ކިޔާ އިރު ޔާން ހުރިލެއް ވަކި ހަޑިތަ؟ ނޫކުލައިގެ ގަމީހަކާއި ކަޅޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ޓައީއަޅާފަ އިސްތަށިގަނޑު ފަހުގެ ގޮތަކަށް ސްޓައިލްކޮށްފަ..”
“ހޫންހޫން ހެވޭ ހުއްޓާލާ ގަޑިޖެހިދާނެ ހިނގާ ދާން އަވަސް އަވަސް އޭރަކަށްނު ދެން ” ދަހުލާންގެ ވާހަކަ ހުއްޓުވަމުން ޖިޔާން ބުނެލިއެވެ.
ދަހުލާން އާއި ޖިޔާން ގޭން ނިކުމެގެން ގޮސް ދާނިޔަލް ގެ ކާރަށް އަރައިގެން ކޮލެޖާ ދިމާލަށް މިސްރާބު ޖެހީ އަވަހަށް ދިޔުމުގެ ބޭނުމުގައެވެ.
********************
ކާރު ކޮލެޖް ދޮށަށް މަޑުކުރުމާއިއެކު މާޝާ ކާރުން ފައިބައިގެން މިސްރާބުޖެހީ އޭނާ އަށް ވުރެ ކުރިން އައިސް ފައިވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރިޔާ ކައިރިއަށް ދިޔައެވެ. ރިޔާ އަކީވެސް ބަލާބެލުމަށް ހުތުރު ކުއްޖެއް ނޫނެވެ. މާޝާ އެކޭއެއްފަދައިން ރިޔާވެސް ލާފައިވަނީ ފަލަމަސްގަނޑާ ހަމައަށް އަންނަ ފެހި ކުލައިގެ ހެދުމެކެވެ،ތިރިން ލައިގެން ހުރީ ކަކުލަށް ވުރެ ކުޑަކޮށްތިރި އަށް އަންނަ ވަރުގެ ކަޅުކުލައިގެ ސްކާރޓެކެވެ.ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ތަފާތަކީ ރިޔާ އޮންނަނީ ރާޅުބާނި އިސްތަށިގަނޑެއް ކަމެވެ. ރިޔާ ގެ އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލެވިފައެވެ. ބޮލުގައި ބޭންޑެއް އަޅާފައިވާއިރު އަލައިގެން ހުރީ ފަހުގެ ފައިވާނަކަށް ށެވެ.
މާޝާ ރިޔާ ކައިރިއަށް ގޮސް ހުއްޓިފަ ގަޑިބަލާލިއިރު ހުރީ ގަޑިޖެހެން 10 މިނެޓަށް ވެފައެވެ. މާޝާ ދަބަހުން ބައެއް ފޮތްނަގާ އަތުން ހިފީ ދަބަސް ލުއިކުރުމަށްށެވެ. މާޝާ މިކަން ކުރުމާއެކުހެން ދެ އެކުވެރިން އެކުއެކީހެން ވާހަކައިގައި ތިބެ ކޮލެޖަށް ވަނުމަށް ހިނގައިގަތެވެ.
*************
ފިރިހެންވަންތަ ހިނގުމެއްގައި ދަހުލާން އާއި ޖިޔާން ކޮލެޖްތެރެއަށް ވަދެގެން ދިޔައީ ވާހަކައިގައި ތިބެގެންނެވެ. ކުއްލިޔަކަށް ދަހުލާން އަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދަހުލާންގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ.
ދަހުލާން ގެ ކުރިމަތީހުރީ ދަހުލާން އަށްވުރެ އިސްކޮޅުން ކުރު ދޮންހަންގަނޑެއް ލިބިފައިވާ ރީތި ރީތި އަނހެންކުއްޖެކެވެ. އެކުއްޖާގެ ބޯ ދަނިޔަލް ގެ ކޮނޑާ ހަމައަށް ފޯރަނީ ކިރިޔާ އެވެ. ެ. ވަށް މޫނާއި ހިތިފަތު ބުމައިގެ އިތުރުން ރީތި ކުޑަ ތުންފަތެކެވެ. ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ލާފައިވަނީ ރަތްހެދުމަކާ ކަޅު ސްކާރޓެކެވެ. ދަހުލާން އަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި ހުރެވުނީއެވެ. އުމުރުން ސަތާރަ އަހަރުވެގެން އައި އިރު އޭނާއަށް އެފަދަ ފުރިހަމަ އަދި ރީތި އަންހެން ކުއްޖަކު މިވީހާތަނަށް ދެކިފައި ނުވެއެވެ. ހިތުގައި އެތަށް ދުވަހެއް ވާންދެން ނުތެޅި އޮތް ބައެއްގައި ކުއްލިޔަކަށް ވިންދުޖަހަން ފެށިއެވެ.
” އޭ ޔޫ މިސްޓަރ.. ތަންކޮޅެއް ބަލައިގެން ހިނގަން ވީނު ދޯ.. ދެލޯ މަތީ އަތް އަޅައގެން އައިސް މީނާ ވީ ދެން ދާ މީހުން ގައިގަ ޖެހެން.. މީ އެންމެ މީހަކު ހިނގަން އޮތް ތަނެއް ނޫނޭ.. އެންމެންނަށް އޮތް ތަނެއް.. ދެންވެސް ވިސްނާލައިގެން ހިނގާތި މީގެ ފަހުން..” ދަހުލާން އަށް ހޭވެރިވީ އެ އަންހެންކުއްޖާ އެހެން ބުނުމުންނެވެ. އެކުއްޖާގެ ވެއްޓުނު ފޮތްތައް ނަގަމުން ދަހުލާން ” ސޮރީ ” އޭ ބުނެލިއެވެ. “އަދި ކަމެއް ވާއިރަށް ސޮރީ ބުނާނެ.. އެޔަށްވުރެ އަވަހަށް އެކަންތައް ހަނދާން ނައްތާލާނެ.. ހުއް ހެވޮލޭދެން ގަޑިނުޖެހި ކުލާހަށް ވެސް ނުދެވޭނެ ކަންނޭގެ ސަހާދެއް ” އެ އަންހެން ކުއްޖާ އެހެން ބުނެލަމުން ހިނގައިގަތެވެ.
” ކޮބާ ބަލައިގެން ހިނގާށޯ! މަށަށް ހީވަނީ ޑޭލްގެ ހިތްވެސް ހިފައިގެން ހެން އެ މަންޖެ އެދިޔައީ “އެވަގުތު ޖިޔާން ދަހުލާން އާ ދިމާ ކޮށްލިއެވެ.
“ހޫން ހެވޭ ހިނގާ ކުލާހަށް ދާން” އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލަން ހުރެފަ ޖިޔާން ގެ ބަހަށް ސިއްސައިގެން ގޮއްސަ ދަހުލާން ބުނެލިއެވެ.
ކުލާހަށް ވަދެ ދެ އެކުވެރިން ގޮސް އިށީނެވެ. ދަހުލާން އިށީނީ ޖިޔާން ގެ ކަނާތް ފަރާތުގައެވެ. ޖިޔާންގެ ވާތް ފަރާތުގައިވެސް ހުސްގޮނޑިއެއް ހުއްޓެވެ.
ދަހުލާން ފޮތް ނަގަން އެނބުރުން ހައިރުން ސިއްސައިގެން ގޮސް ކުރިމައްޗަށް އެނބުރުނީ މީހަކު އައިހެން ހީވެގެންނެވެ. ބަލަލި އިރު އެއީ މިއަދު ކުލާހަށް އަންނަނިކޮށް ދިމާވި އަންހެންކުއްޖަ އެވެ. “ޕިސް ޕިސް އަނެއްކާވެސް މީނަ ބައްޔެއްނު ” ދެޓްސް މައި ސީޓް ” ” އެ ކުއްޖާ ބުނެލިއެވެ.
އެވަގުތު ކުލާސް ތެރެއަށް ކުލާސް ޓީޗަރ ވަދެގެން އައެވެ.
އެވަގުތު ދަހުލާން ކޮޅަށް ތެދުވިއެވެ. ކުލާސް ޓީޗަރ ވެގެން އުޅޭގޮތެއް ބެލުމަށް ފަހު ޖިޔާން ކައިރީ ޖިޔާން ގެ ވާތް ފަޅީގައިން ގޮނޑިއަށް ދިއުމަށް ބުންޏެވެ. ދެން ދާނިޔަލް ކައިރީ ކުރިން ޖިޔާން އިން ގޮނޑީގަ އިށީނުމަށް ބުންޏެވެ. ދެން އެ އަންހެން ކުއްޖާ ގާތު ދަހުލާން ކައިރީ އިށީނުމަށް ބުންޏެވެ. ދެން އެޔާ ޖެހިގެން އިނީ އެކުއްޖާ އާއި އެކު ވަންނަން އައި ކުއްޖައެވެ.
ދަހުލާން ޖިޔާން ގާތު ސިއްރުން ކުދި ކިޔާލިއެވެ. ޖިޔާން ހިނިއައިއްސަ ދިމާކުރާފާޑަށް ބަލައިލިއެވެ.
“ޕިސް ޕިސް މަ ފަހަތުން ނުނެއްޓި އަންހެނެއް ، ބައްޔެއް” ދަހުލާން ބުނެލިއެވެ.
މަހީކުރީ އެކަމް “ލަވް އެޓް ފާރސްޓް ސައިޓް ކަމަށް ޔޫ މެން “ޖިޔާން ބުނެލިއެވެ.
“އައްޗި ނުވާނެ ތިކަމެއް ” ދަހުލާން ރުޅިވެރި ގޮތަކަށް ބުނެލިއެވެ.
” ~ ނަފުރަތަކީ ލޯބީގެ ފެށުމޭ ~ ޑޭލް ، ކޮންނަމެއް ކިޔަނީ އެ މަންޖެ އަށް ސެޓު ކޮށްދެންތަ” ޖިޔާން ހިނިއައިއްސަ ދަހުލާން ރުޅިއަރުވާލަން ބުނެލިއެވެ.
“ޖަސްޓް ޝަޓް ޔޯ މައުތް ” ދަހުލާން ވައްތަރަކަށް ބުނެލިއެވެ.
*************
މާޝާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. އިނދެފަ މަޑުމަޑުން ރިޔާ ކައިރީ ބުނެލިއެވެ ” މި ފިރިހެނެއް ފުލުން ނުނެއްޓި މިޔަދު ސަހާދެއް ސަރ ވެސް އޭނަކައިރީ މަ ބޭންދީ ބައްޔެއް “.
“ހަހަހަހަހަ ދެން މަޑުވޭ، އެއޮށް ރީތި ސޮރަށް ވެސް ފުރަތަމަ ވެސް ބަވާލީ ވިއްޔަ މާޝް ދެން މަށަށް ހީވަނީ ތިހާ ރުޅި އަންނަންޔާ އަދި ތިދެމީހުން ރައްޓެހިވާނެހެން” ~ ނަފުރަތަކީ ލޯބީގެ ފެށުން ~ ” އެހެން ބުނެޔެއް ނު މީހުން” ރިޔާ މާޝާ އަށް ރައްދު ދިނެވެ.
އެވަގުތު ފުރަތަމަ ގަޑި ފެށެން ބެލް ޖެހިއެވެ، ކުދިންތަކުގެ ޗުކުޗުކު ލެއްވުން ހުއްޓުނީ މުދައްރިސް ވަދެގެން އައީމައެވެ.
*************
ޓީޗަރު ކުލާހަށް އައިސް ވަނުމާއެކު ކުލާސް ހިމޭން ވިއެވެ.” ފުރަތަމަ އޮންނާނީ ކުދިން ތަޢަރަފް ވުން ކޮންމެ ކުއްޖެއް ވެސް ނަންބުނެލާނީ މިކޮޅުން ފަށާ” މުދައްރިސް ބުނެލިއެވެ. ކުދިން ތަޢާރަފް ވަމުން ގޮސް ފުރަތަމަ ޖެހުނީ ރިޔާ އަށްށެވެ. ރިޔާ ތެދުވެފައި ” ފާތިމަތު ރިޔާ ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ މާޝާ އަށްށެވެ. މާޝާ ތެދުވެފައި ” ޢާއިޝަތު މާޝާ ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ ދަހުލާން އަށްށެވެ. ދަހުލާން ތެދުވެފައި ” އަހުމަދު ދަހުލާން ދާނިޝް ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ ޖިޔާން އަށްށެވެ. ޖިޔާން ތެދުވެފައި ” މުހަންމަދު ޖިޔާން ޖަޒްލާން ” މިހެން ބުނެ އިށީނެވެ.
އެވަގުތު ” ޓީޗަރ ވާހަކަ ދައްކަން ފެށިއެވެ.
ދަހުލާން ގާތު ޖިޔާން ވައިއަޑުން ބުނެލިއެވެ ” މާޝާ އޯ ” އެވަގުތު ދަހުލާން ޖިޔާން ގައިގަ ޖަހާލާފަ ރިޔާ އޭ ބުނެލިއެވެ.
އޭގެ އިރުކޮޅެއްފަހުން ރިޔާ އަށް ޖެއްސުމަށް ” ޖިޔާން އޭ ” މާޝާ ބުނެލިއެވެ. ބުނި އިރަށް އެޔާ ވިއްދާ ރިޔާ ބުނެލިއެވެ. ” ދަހުލާން އޯ ” ބުނި އިރަށް މަޑުމަޑުން ” ދަހުލާން އެއްވެސް ނޫން ބައްޔެއް ދެޓް އިޑިއަޓް ” މާޝާ ބުނެލިއެވެ.
އެއަޑުވަރަށް ސާފުކޮށް ދަހުލާން އަށް އިވުނެވެ. ދަހުލާން މަޖާވެލާފަ މައިންޑް ޔޯ ލޭންގުއޭޖް އޭ ބުނެލީ މާޝާ އަށް އެކަނި އިވޭ ވަރަށްށެވެ. އެވަގުތު އެއަޑު އަހާފަ ދަހުލާން އަށް އޭނަ ކީ އެއްޗިހި އިވުންކަން އެނގި ލަނދުން މަރުވާވަރު ވިއެވެ.
އެވަގުތު ބެލްޖެހުމާއެކު އެ ޓީޗަރު ގޮސް އެހެން ޓީޗަރެއް އައިސް ވަނުމާއެކު އަނެއް ގަޑި ފެށުނެވެ.
(ނުނިމޭ)
3 Comments!
Comments are closed.

Ok let me first tell you how old r u ………. And you have a Lord pa spelling mistake you should improve that .and i dont realy like the start . And to be honest i dont like the story .
Varah varah reethi…Maa sha allah..First are balaafa hama varah reethi nd varah rangalhu…..when is next part.??waiting for the next part…Hey yaa sis Alhugandakah ehaa reecheh noon maasha nd dhahulaan name eh e name change kohdheyn veenu..Maasha ge badhaluga Shaayan ah..nd dhahulan badhaluga Aisham
Vrh reethi maashaa allah keep it up??