ކާވެނި… ކާވެނި ކުރަނީ ކީއްކުރަން ހެއް! ކާވެންޏަށް ތައްޔާރުވާއިރު އަޅެ ހިތައް ނާޅާ ހެވެ. އަހަރެން ކައިވެނި ކުރަން އަދި ތައްޔާރު ހެއްޔެވެ. އަހަންނަށް އަނބިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ފިރިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ހަމަގައިމުވެސް ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ދެމީހުން މައްސަލަ ޖެހުނީމާ ވަރިވާނެވެ. ކުދި ކުދި ކަންތައްތަކަށް ޒުވާބުކޮށް ނުހަދާށެވެ. ދެމަފިރިންނަށް މައްސަލަ ޖެހިއްޖެއްޔާ ދެމީހުން ހައްލު ކުރަން އުޅޭށެވެ. ކައިވެންޏަކީ ދެމީހުންނަށް ދިރިއުޅުމުގެ އާ ސޮފްހާއަކަށް އެއްލާލެވޭ މަންޒިލެވެ. އެ މަންޒިލަށް ދެމަފިރިންގެ ދިރިއުޅުން ބިނާކުރުމަށް […]
މަންމައަކީ އަހަރުމެން ހިމާޔަތް ކޮށްދޭ ބައެކެވެ. މަންމަ އަހަރުމެންނަށް އިންތިހާއަށް ލޯބިވާނެވެ. އަދި ކުށެއް ކޮށްފިނަމަ އެކަމަށް އަދަބުވެސް ދޭނެއެވެ. ކުރުކޮށް ބުނަންޏާ މަންމަ އަހަރުމެން ގާތުގަ އަބަދު ހުންނާތީ އުފާވެއެވެ. މަންމައަކީ އަހަރެމެންގެ ސިއްރުތައް ހިފަހައްޓާ މީހެކެވެ. ރަނގަޅު މަގަށް ގެންގޮސްދޭ މީހެކެވެ. އެކަމު މިދުނިޔޭގައި މަންމަ ނެތް ކުދިންވެސް އުޅެއެވެ. އަދި މަންމަ އަމިއްލަ ދަރި ގައިގައި އަނިޔާކޮށް އަދި ކުދިން ނުބަލަން ވެގެން އަމިއްލަ ދަރި ދޫކޮށް ދާ މީހުންވެސް ތިބެއެެވެ. އެކަމަކު […]
ވަނަވަނަ ޗާޓުގެ އިތުރު ބަޔަކަށް ހުރިހާ ކިޔުންތެރިންނަށްވެސް މަރުހަބާ ކިޔަމެވެ. މިއީ އަޅުގަނޑު “އަޞްފާލިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތައް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކުރަމުން ގެންދާ ސީރީޒެކެވެ. މިފަހަރުގެ ވަނަވަނަ ރިޕޯޓުގައި ހިމަނާލާފައިވާނީ 26 ނޮވެމްބަރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް އެސްފިޔަ.ކޮމް އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކުގެ ތެރެއިން ހޮވާލެވިގެން މުޅި ޖުމްލަ 14 ވާހަކައެވެ. ކަނޑައެޅީފައިވާ މުއްދަތުގެ […]
އިރެއް ފަދަ އަލިކަމާއޭ ހަނދެއް ފަދަ ޗާލުކަމާއޭ ރަނެއް ފަދަ ރަނގަޅުކަމާއޭ ފިނިފެންމަލެއް ފަދަ ފޮނިކަމާއޭ ލޮޓަސްއެއް ފަދަ ސާފުކަމާއޭ ބޭބީއެއް ފަދަ ކިއުޓް ކަމާއޭ ސްނޯ ފަދަ ހުދު ކަމާއޭ ވިލާއެއް ފަދަ މަޑު ކަމާއޭ އޭ މަގޭ ދޫންޏާއޭ، ނިކަން ބުނެބަލާށޭ! ކަލާގެ ތި ޖާދޫވަންތަކަމަށް އަހަރެންގެ ހިތް މަޑުން އޮންނާނީ ކިހިނަކުން ހެއްޔެވެ؟
ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ. ” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ. ” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ. ” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް […]
“އަބޫ…” ފިރިހެނަކު ފަހަތުން އަބުރާމު ގެ ނަމުން ގޮވައިލިއެވެ. އަޑު އައީ ފުރަގަހުންނެވެ. ޖޯލި ފަތި އަނބުރައިލަމުން އަބުރާމު ހިނިތުންވެލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހީވަނީ ވަރަށް ގާތްމީހެއް ފެނިގެން ހިނިތުންވެލިހެންނެވެ. އޭނަގެ އެހިނިތުންވެލުމުގައި ޖާދޫއެއް ހުއްޓެވެ. ހިނިތުންވެލާ ވަގުތު ލޯ ކުޑަވެގެންދާއިރު އޭނަގެ މޫނުގެ ހިތްގައިމުކަމެވެ. ބޮލުގެ އިސްތަށިގަނޑު ގައިގެ ކުރިމައްޗަށް ރަނގަޅުކޮށްލަމުން ޖޯލިން ތެދުވިއެވެ.“މައި ބަޑީ……” ފުޅާ ހިނިތުންވުމަކާއެކު އަބުރާމް ޖޯލިން ތެދުވިއެވެ. އޭނަގެ ކުރިމަތީގައި ހުއްޓިލައިގެން ހުރީ އަބުރާމުގެ އެންމެ ގާތް […]
“އަންމާ….” ކޮޓަރިތެރެއިން ކުޑަ އަންހެންކުއްޖެއްގެ މަންމާ އޭ ކިޔާފައި ރޯން ފެށިއެވެ. އެދެމީހުންނަށް ޚިޔާލީދުނިޔެއިން އެނބުރި އާދެވުނީވެސް އެއަޑަށެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން އިރާދާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހަސަނުގެ ދެލޮލުގައި ކަސްތޮޅުއެޅިފައިވާ ކަރުނަތައް އެގޮތަށް ހައްޔަރުގައި ހުއްޓެވެ. އޮއްސާލާނެ ފުރުސަތު ގެއްލުނީކަމަށްވެސް ވެދާނެއެވެ. ހަސަނުގެ ހިތަށްވެސް ވޭނާއި ތަދުކުރުވިއެވެ. ހަޤީޤަތް ފޮރުވިފައިވާ އެދެމަފިރިންގެ ގުޅުމުގައި ވަނީ ކޮންފަދަ ކަޅު ވިލާގަނޑެއްހެއްޔެވެ. ދެމީހުންގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަކުން އެދެމެދުގައި ފޮރުވިފައިވާ ތޫފާނުގެ ބާރުގަދަކަންވެސް ދިޔައީ […]
އެއްމެ މަޤުބޫލު ފަސް ސަތޭކަ ފިލްމަށް ބަލާލާއިރު ފިރިހެނުންނާއި އަންހެނުން ވާހަކަ ދަށްކާފައިވާ މިންވަރު ވަރަށް ވެސް ތަފާތެވެ. ދެޖިންސު މަސައްކަތް ކޮށްފައިވާ މިންވަރު ތަފާތެވެ. އަދި ހަމަ އެހެންމެ އަގުތަށް ވެސް ތަފާތެވެ. މިހެންގޮސް ފިލްމީ ދާއިރާގައި ވެސް ޖިންސީ ތަފާތު ކުރުންތަށް އެބަހުރިއެވެ. އެއްމެ ފުރަތަމަ ކަމަކަށް ބަލާލާއިރު ، ވާހަކަ ދެއްކުމަށް އަންހެނުންނަށް ލިބިފައި ވަނީ 30.8 އިންސައްތައެވެ. ފިރިހެން ތަރިންނަށް ލިބިފަވާ އިންސައްތަ އަކީ 69.2 އެވެ. މިކަމުން ވެސް މި […]
ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް […]