އުޑުގައި އެންމެ ފުރަތަމަ ފާފައެއް ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުންނެވެ. (އިބިލީސް އާދަމްގެ ފާނަށް ހަސަދަވެރި ވުމުގެ ސަބަބުންނެވެ.) ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރިގެންދިޔައީވެސް ހަސަދަވެރިވުމުގެ ސަބަބުންނެވެ. (ޤާބީލް، ޚާބީލް ޤަތުލުކުރީވެސް ހަސަދަވެރިކަމުގެ ސަބަބުންނެވެ.) އާދެ..! ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަމަކީ ޢަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ނުރަނގަޅު އަދި އެހާމެ ނުރައްކާތެރި ސުންޕާ އާދައެކެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! […]
ގާތްގަނޑަކަށް ވިހިހާސް މީހުންގެ އާބާދީއެއް އޮތް އެރަށަކީ އެފަދަ ދެވަނައެއްނުވާ ޒަމާނީ ވަސީލަތްތަކާއި ރީތިކަމުގެ ނަން މަޝްހޫރު ރަށެކެވެ. އެތަނުގައި އެމީހުން ބިނާކޮށްފައިވާ ގެދޮރާއި، މަގުތަކާއި، އިމާރާތްތަކަކީ އެޒަމާނުގެ އެންމެ ޗާލުވީ ތަންތަނެވެ. ފަރުބަދަތަކުގެ އަޑިން ހެދިފައިވާ ގޮނޑުދޮށްތަކުގެ ހިއްގައިމު މަންޒިލާއި ވަށައިގެންވާ ފަރުބަދަތަކުގެ ގުދުރަތީ ރީތިކަމަކީ އެތަނުގައި އެދުވަސްވަރު ހަމަ ދިރިއުޅެމުންދިޔަ ކޮންމެ މީހަކު އެކަމަކަށްޓަމައި ފަޚުރުވެރިވާ ކަންތައްތަކެކެވެ. އެހެންކަމުން އެރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް އެ ރަށް ދޫކޮށްލާފައި ހިތާއި ދެކޮޅަށް ނަމަވެސް ދާކަށް […]
ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމަކުން ސަލާމަތްވެވޭނީ ހަމައެކަނި މި އުނދަގޫ ދަތި ދިރިއުޅުމުން ވަކިވެގެންކަމުގައި އަހަރެން ދެކުނީ އެހެން ގޮތެއް ނެތިގެންނެވެ. ހުރިހާ ކަމަކާ ވިސްނުމަށް ވުރެ ، އެހުރިހާ ކަމަކުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކަށް ފެނުނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑެތި ބިޔަ ރާޅުތަކުގެ ބަނޑުތެރެއަށް ވަނުމެވެ. އެންމެފަހުފަހަރަށް ދަތުރުކުރަމުން ދިޔަ ބޮޑު ބޯޓަށް ބަލާލުމަށްފަހު، މީހަކު ފެންނަން ނެތުމުން އިތުރަށް އެއްވެސްކަމަކާ ވިސްނުމަކާނުލައި، ކަނޑުގެ އެންމެ ފުންހިސާބަށް ފުންމާލީ ވަރަށް ފުން ނޭވައެއް […]
އެއްދުވަސްވަރެއްގައި ވަރަށް މުއްސަނދި ރަސްކަލަކު އުޅުނެވެ. މީނާގެ ހަތަރު އަނބިން ތިބެއެވެ. ރަސްގެފާނު އެންމެ ލޯބިވަނީ ހަތަރުވަނަ އަނބި ދެކެއެވެ. މި އަނބިމީހާ އުފަލުގައި ބެހެއްޓުމަށްޓަކައި ރަސްގެފާނު ޖާނާއި މާލުން ޤުރުބާންވަމުން ދިޔައެވެ. އެންމެ ރީތި ހެދުމާއި އެންމެ އަގުބޮޑު ގަހަނާ ހޯދައިދެމުން ދިޔައެވެ. އެންމެ މީރު ކާނާ ދެމުންގެންދިޔައެވެ. އެންމެ ލޯބިވާ އަނބިމީހާ ކަމަށްވާތީ، އެއްވެސް ކަމެއް އުނިވިޔަ ނުދީ، ހުރިހާކަމެއް އެންމެ ފުރިހަމައަށް އޭނާއަށް ކޮށްދެމުން ދިޔައެވެ. ރަސްގެފާނު ތިންވަނަ އަނބިމީހާ ދެކެވެސް […]