“އަބޫ…” ފިރިހެނަކު ފަހަތުން އަބުރާމު ގެ ނަމުން ގޮވައިލިއެވެ. އަޑު އައީ ފުރަގަހުންނެވެ. ޖޯލި ފަތި އަނބުރައިލަމުން އަބުރާމު ހިނިތުންވެލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހީވަނީ ވަރަށް ގާތްމީހެއް ފެނިގެން ހިނިތުންވެލިހެންނެވެ. އޭނަގެ އެހިނިތުންވެލުމުގައި ޖާދޫއެއް ހުއްޓެވެ. ހިނިތުންވެލާ ވަގުތު ލޯ ކުޑަވެގެންދާއިރު އޭނަގެ މޫނުގެ ހިތްގައިމުކަމެވެ. ބޮލުގެ އިސްތަށިގަނޑު ގައިގެ ކުރިމައްޗަށް ރަނގަޅުކޮށްލަމުން ޖޯލިން ތެދުވިއެވެ.“މައި ބަޑީ……” ފުޅާ ހިނިތުންވުމަކާއެކު އަބުރާމް ޖޯލިން ތެދުވިއެވެ. އޭނަގެ ކުރިމަތީގައި ހުއްޓިލައިގެން ހުރީ އަބުރާމުގެ އެންމެ ގާތް […]
“އަންމާ….” ކޮޓަރިތެރެއިން ކުޑަ އަންހެންކުއްޖެއްގެ މަންމާ އޭ ކިޔާފައި ރޯން ފެށިއެވެ. އެދެމީހުންނަށް ޚިޔާލީދުނިޔެއިން އެނބުރި އާދެވުނީވެސް އެއަޑަށެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން އިރާދާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހަސަނުގެ ދެލޮލުގައި ކަސްތޮޅުއެޅިފައިވާ ކަރުނަތައް އެގޮތަށް ހައްޔަރުގައި ހުއްޓެވެ. އޮއްސާލާނެ ފުރުސަތު ގެއްލުނީކަމަށްވެސް ވެދާނެއެވެ. ހަސަނުގެ ހިތަށްވެސް ވޭނާއި ތަދުކުރުވިއެވެ. ހަޤީޤަތް ފޮރުވިފައިވާ އެދެމަފިރިންގެ ގުޅުމުގައި ވަނީ ކޮންފަދަ ކަޅު ވިލާގަނޑެއްހެއްޔެވެ. ދެމީހުންގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަކުން އެދެމެދުގައި ފޮރުވިފައިވާ ތޫފާނުގެ ބާރުގަދަކަންވެސް ދިޔައީ […]
“ހަސަން.. ގެނޭ ކުއްޖާ…” ޓޯޗު ބައްތިއަކުން އަލިކުރަމުން އައި މީހަކު އައިސް ހަސަނުގެ ނަމުން ގޮވާލަމުން ކުއްޖާ ދިނުމަށް އެދުނެވެ. *** އިރާދާއަށް ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ދެލޯ ހުޅުވާލަމުން ކޮޓަރިތެރެ ހޯދަންފެށިއެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދުނެވެ. އެނދަށް ރަނގަޅަށް ހޯދައި ބެލުނެވެ. ދިއްލާފައިވާ ފަނޑުބޮކީގެ އަލިކަމުގެ ތެރެއިން އިރާދާ ހޯދަމުން ދިޔައީ ކޮންއެއްޗެއްކަމެއް ނޭންގެއެވެ. އޭނަ ނިދާފައި އޮތް އާދައިގެ ލަކުޑި އެނދުމަތީގައި ތިން އަހަރަށްދާ އަންހެން […]
18 + ވައިގަދަވެ ވިދާއި ގުގުރަމުން ދިޔައެވެ. ވައިގަދަކަމުން ރުއްގަސްތައްވެސް ހީވަނީ މުލުން ލުހިގެން ހިނގައިދާނެ ހެންނެވެ. ރަށުގެ އަތިރިމައްޗަށް ބޮޑެތި ބިޔަ ރާޅުތަށް ދޮންވެލިގަނޑަށް ބިންދަމުން ދިޔައެވެ. ވެހެމުންދާ ވާރޭގެ ތިކިތަށް ދުނިޔެއަށް އޮއްސަމުންދިޔައެވެ. ހުއްޓުމެއްނެތި ވިދާ ގުގުރަމުންދިޔައެވެ. ފުރަދަންވަރުގެ ތޫފާނީ ރެއެކެވެ. ރަށަކީ ކުޑަރަށެކެވެ. ފެހިކަންގަދަ ރީތި ރަށެކެވެ. މަގުތަކުގައި ހައްދާފައިވާ ބޮޑެތި ހިޔާ ގަސްތަކުން ރަށުތެރެއަށް ހިތްގައިމުކަމެއް ލިބިގެންވާ ރީތި ރަށެކެވެ. ނަމަވެސް ވެހެމުންދާ ވާރެއާއި ޖެހެމުންދާ ވައިރޯޅީގެ ސަބަބުން މަގުތަކުގައި ހައްދާފައިވާ […]