” ޒައިން . ޒައިން ރަގަޅު ތަ ” ޒައިން ގެ މަންމަ އާބިދާ ގޮވަމުން ގެންދެއެވެ . ” އާ މަންމާ ރަގަޅު ކޮންތާކު މި އޮތީ ” ޒައިން އަހާލިއެވެ . ” ދަރިފުޅު ފާހާނާ އަށް ދިޔަ ތަނުން މޫނު ދޮންނަ ތަށި ކައިރި އަށް ވެއްޓިގެން . ސްކޫލް މަސައްކަތް ކުރާ މީހާ ހޮސްޕިޓަލަށް ގެނެއީ . އާބިދާ ބުނެލިއެވެ . މާ ދުރު ނޫން ހިސާބެއްގައި ޒައިންނަށް ޗޮކޮލެޓް ދިން […]
ކޮއްކޯ މިޔޮތީ ކޮއްކޮ އަށް ދިން ހަދިޔާ އެއް ، ކޮއްކޮ ރަގަޅަށް ބަސް އަހައިގެން ކިޔަވާތި . ” މުސްކުޅި ފުރާގެ މީހަކު ޗޮކޮލެޓް އެއް ދިނުމަށް ފަހު ބުނެލިއެވެ .. ޒިއާން ހިތާ ހިތުން ކިޔާލިއެވެ . މިހެން ދޭ މީހުން ގެ އަތުން ޗޮކްލެޓް ކެއުން އެހާ ވެސް ރަގަޅެއް ނުމެ ވާނެއެވެ . އަތް ލާކަށް ވެސް ނުމެ ވާނެއެވެ . އެކަމަކު ވެސް މި ފަހަރު މި ބޭބެ ދިނީމާ […]
މި ވާހަކަ އަކީ 3 ވަނަ އަށް ލިޔަން ފަށަން އުޅޭ ދިގު ވާހަކައެކެވެ . ލޯބީގެ އަދި ބިރުވެރި އެތަކެއް ކަމެއް ކުރިމަތި ކުރިމަތި ވެގެން ދާނެއެވެ . އެންމެ ހީ ވެސް ނުކުރާ ކަން ކަމާ ކުރިމަތި ކުރުވައެވެ . އަދި އެންމެ ބޭނުން ވާ ދުވަހު އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުމެވެއެވެ . އަހަރުމެން ގެ ތެރޭގައި އިންސީންނާއި ޖިންނީން ވެސް ހިމެނިގެން ވެއެވެ . އެ އިއްޗިހިން ނަށް އުދަގޫ […]
ދެމަފިރިން މަސްވަރާކުރުމަށް ފަހު ނިންމީ މެލޭޝިޔާއަށް ދާށެވެ. އެއީ އެތަނުގެ ޔުނިވަސިޓީތަކުގެ ފެންވަރު ރަނގަޅުކަމުންނެވެ. އަދި ކޮންމެވެސް ވަރަކަށް ދިވެހި ކުދިންވެސް ކިޔަވަން ގޮސް އުޅޭނެ ތީއެވެ. މިރެއިން މިރެއަށް ދަތުރުގެ ކަންތައް ނޫރީން ނީއްމާލީއެވެ. ފަތިހު ފުރާ ފުލައިޓަކުން 03 ޓިކެޓުވެސް ހަމަޖެއްސިއެވެ. ތައްޔާރުވުމަށް ލަސްނުވެ ވިރުޝާ ގާތު ބުންޏެވެ. ބައްޕަ ؛ ދަރިފުޅާ ދަބަސް ތައްޔާރުކުރޭ މެލޭއަށް ބަދަލުވާން ވިރުޝާ : ލައްބަ ބައްޕަ ދެއްނެވިގޮތެއް ބޮޑުތި މީހުންނަށް އިޚުތިރާމް އަދާކުރަން ވިރުޝާ ދަނެއެވެ. […]
މުމްތާޒު އައީ އަޅުގަޑުގެ ވަރަށް ވެސް ބޮޑު މުޙްސިނެކެވެ .އަޅުގަޑާއި މުމްތާޒުއައީ ތަޢްލީމް ޙާސިލް ކުރަމުން ގެންދިޔައީ ދިއްލީގައެވެ އަޅުގަޑުގެ ބޮޑުބޭބެ އަކީ ފާރިސީ ބަހުގެ ޕްރޮފިސަރ އެކެވެ.އަޅުގަޑު ވަރަށް ޅައިރު ގައި މައިންބަފައިން މަރުވެފައިވާކަމުން ހުރިހާވެސް ކަމެއް ބެލެހެއްޓުމުގެ ވެރިއަކަށް ހުންނެވީ އެބޮޑުބޭބެއެވެ.އަޅުގަޑު ހުންނަނީ ވެސް އެނާގެ އަރިހުގައެވެ.ނަސީބުގެ ދެރަކަމުން ކުއްލިއަކަށް ހިތް ހުއްޓުމެއްގެ ސަބަބުން ބޮޑުބޭބެ ނިޔާވެއްޖެ.އެއިރު އަޅުގަޑަށް އޮތީ 16އަހަރަށެވެ ############################################################# ފަންވަރު 08 ވަނަ ބައި ކިޔަވަނީ 1ވަނަ އަހަރުގައެވެ.މުމްތާޒު އެއިރު […]
އިރު މަތި ފަރާތު އުދަރެހުން އިރު ފާއްދާލިއެވެ. ރީތި ދުވަހަކަށް އަލިވާން ތައްޔާރުވިއެވެ. މަތީގައި ހޯރައަޅަމުން ދިޔަ ދޮންދޫނިތަކަށެވެ. ބައިގަނޑު ގަނޑަށް ރަށް މަތީ އުދުހެމުން ދިޔަ ކާޅުތަކަށެވެ. އިރުގެ ނަލަ ނަލަ ރޯޅިތަކުން މުޅި ޖައްވަން އަރާމު ކުރުވައެވެ. ހިރިމަރަދޫ “އޮރެންޖު” ގޭގައި އުޅޭ އަނާން އަނާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަށް ޒުވާނެކެވެ. ހިތްވަރުގަދަ އަންހެނެކެވެ. އެކި މީހުންގެ ދިރިއުޅުމުގައި ތަހަމަލުކުރަންޖެހޭ ވޭން ތަފާތުވާނެއެވެ. އެކަން ޤަބޫލުކުރާށެވެ. އިންސާނާ އުފައްދަވާފައި ވަނީ ބަލިވެސް […]
ދުވަސްތައް ފާއިތު ވެގެން ހިގައްޖެއެވެ . ޒައިން އާއި ރާނިޔާ ގެ ގުޅުމަށް އެތަކެއް ގޮން ޖެހުން ތަކާ އެތަކެއް ވޭނެން ލިބިގެން ހިގައްޖެއެވެ . ރާނިޔާ އާއި ޒައިންގެ ދިރިއުޅުމަށް ވެސް ހީނަރު ވެގެން ހިގައްޖެއެވެ . ވާހަކަ ދެއްކުން މަދު ވެއްޖެ ކަހަލައެވެ . ” ޒައިން . ” މަޑުމައި ތިރިކޮށް ރާނިޔާ ޒައިން އަށް ގޮވާލިއެވެ . ” ކީކޭ ރާނިޔާ .. ” ޒައިން . އަހަރެން ވަރަށް ބޮޑު […]
އިރު އެރި ގޮތުން ކަމަށްވެސް ވެދާނެއެވެ. ޒުބޭރުގެ ހިތް ދިޔައީ އިރަކަށް ވުރެ އިރެއް ނުތަނަވަސް ވަމުންނެވެ. ފޯކައިދޫ އުތުރު ފަރާތު ގޮނޑު ދޮށުގައި ހުއްޓި ހުރި ޒުބޭރުގެ ހިތަށް ، ކުޑަވެސް ހަމަޖެހުމެއް ލިބެނީ ގޮނޑުދޮށަށް ބީހިލަމުންދާ ހިތްގައިމު ރާޅު ތަކުގެ އަޑުންނެވެ. ހެނދުނުގެ އެ ހިތް ފަސޭހަ ވަގުތުގައި ދޫނި ސޫފާސޫފީ އެސޮރުމެންގެ ހެނދުނުގެ ނާސްތާ ނެގުމުގައި އަވަދި ނެތި އުޅެމުން ދިޔައިރު ކިޔަމުން ދިޔަ ހިތްގައިމު ލަވަތަކުންނެވެ. މޫސުން ރީތިވެފައި ޖެހެމުން ދިޔަ […]
ބާބު 3 އިޝްޤުސޭ ޠަބީޢުތުނޭ ޒެސްތުކާ މަޒާ ޕާޔާ ދަރުދުކީ ދަވާޕާއީ ދަރްދުކާ ދަވާ ޕާޔާ މިއީ އަންވަރު އެގޮތަށް އިންނަތާ ހަތަރު ވަނަ ރެއެވެ.ވަގުތަކީ ތިނެއް ޖެހިއިރެވެ . ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ.ކޮޓަރީގައި ބައްތި ދިއްލާފައި ހުރި ކުމުގައި ވިއަސް އެވަނީ ވަރަށް ވެސް ކަނިކޮށްލާފައެވެ. ކިޝްވަރު ހުން މިހާރު ވަރަށް މަޑު ވެއްޖެއެވެ އޭނާއަށް އަދިވެސް އޮތީ ނިދިފައެވެ.ބަލިވީއްސުރެ އާދައިގެ ގޮތެއްގައި ފުރަތަމަ އޭނާއަށް ނިދުނު ރެއަކީ މިއެވެ.ކިޝްވަރު އޮތް އެދުގެ ކައިރީގައި […]