ޑޮކް ޑޭމިއަން، އެ ވައިރަސް އިންޖެކްޓްކުރުމުގެ ސަބަބުން ސަބްޖެކްޓް ވަން އެންޑް ޓޫ އެދަނީ އަހަރުމެން އެންމެ ފަހުން އުފެއްދި މަޚްލޫގުތައްހެން ސެވޭޖްވަމުން… އެކަމަކު އެމީހުންގެ ހަށިގަނޑު ދަނީ ވައިރެސްއާ ހަނގުރާމަ ކުރަމުން.. ” އެތަނަށް ވަދެގެން އައި ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. ” ރަނގަޅު.. އެމީހުން ހީކުރީ އަހަރެންނާ ފިލައިގެން އުޅެވޭނެ ކަމަށްތަ؟ ބަލަ އަހަންނޭ އެމީހުން އުފެއްދީ އެމީހުންގެ ބާރުތައް ދިނީ.. އެކަމަކު އެމީހުން ފިލީ.. މިހާރު އަތުޖެހުނީމަ ވާނެއެއްނުން ރަނގަޅު އަދަބެއްދޭން […]
ދުވަސް ފާއިތު ވެގެން ހިގާ އެބަދެއެވެ . ޒުބައިދާ އަށް ގޮތް ނޭންގޭ އެތަކެއް ކަމެއް ކުރިމަތި ކުރުވައެވެ . ވިއްސާރަ ދުވަސް ވަރު ވެސް ޒުބައިދާ ގެ ގައިން ހޫނު އަރަމުން ގެންދެއެވެ . އަތުގެ ހަމުން ރޫ އަރަމުން ގެންދެއެވެ . ” ދޮންބޭ ބަލާބާ މަންމަ ގެ އަތަށް . އެޔޮށް ރީތި އަތް ބަލާބަލަ ” ޒައިނާ މަޑު މަޑުން ބުނެލިއެވެ . ޒައިނާ އެހެންބުނުމުން އެކަމަށް ވަރަށް ޒަކުވާން ވިސްނިއެވެ […]
މަންމާ ނެތް ތަ ކާނެ އެއްޗެއް ވަރަށް ބަޑު ހައި ” ޒަކުވާން ގެއިން ވަންނަމުން ބުނެލިއެވެ . ” އަބަދު މި ދޮންބެ ހުންނަނީ ކާ ހިތް ވެފާ އަބަދު ކާން ކާން ކާން ” ޒައިނާ ( އަސްލު ނަމެއް ނޫން ) ބުނެލިއެވެ . ޒައިނާ އަކީ ސަކަ މިޒާޖެއްގެ އަންހެން ކުއްޖެކެވެ . އަބަދު ކަހަލަ ގޮތަކަށް ޒަކުވާން އާ ކޯޅެ ކޯޅެ ހުންނަ ހުރެއެވެ. . ޕާރޓް 02 މިހާރު […]
ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން އެންމެ ފަހުގެ ސަލާން ކަރުނައިން ފޮނުވާލަމުން މާޒިވި އެހަނދާންތައް އެކީ ފަސްއަޅާ ފޮރުވާލަމުން ބަލި ހިތަށް ކެތްތެރިވުމަށް ވިސްނައިދެމުން އުމުރަށް އެކީ އުޅުމަށް ވި ވައުދާ އަހުދުތައް ފުއްދޭނެކަމުގެ ޔަޤީން ކަމެއްނެއް މަންޒިލުން ދުވެ އެކީގައި ހިޔަނިހެން ވިހާ ހަނދާނާ ފަސްދެމުން ހެޔޮ ހިތުން، ކޮންމެ ރެއަކަށް ކަރުނައަށް ފުރުސަތުދެމުން ތިޔަ އިސްޤުޤައި ޖެހި ބަދެވިދާކަށް ނޭދެމޭ ދުވަހަކު ކޮޅުން މިނިވަންކަމާއެކުގައި މި ހިތް މިދަނީ އެކަނިވެރި ދިރިއުޅުމަކަށް […]
އަނެއް ދުވަހު އަހަރެން އަޒުމު ކަނޑައެޅީމެވެ. ނީތަން އާއި ކުރިމަތިލާށެވެ. ލޯބިވާ ވާހަކަ ބުނާށެވެ. އޭނާ އަހަންނަށް ވުރެ ބޮޑީ ވެސް އެންމެ ފަސް އަހަރެވެ. ލޯބީގެ ގޮތުން ގުޅުމަކުން މިހާރު ހުރަހެއް ނެތެވެ. އަހަރެން އުޅެނީ ވަޒީފާގަ އެވެ. ކޯހަށް ދައްކާނެ ފައިސާ ނުލިބުމުން ޔުނިވަސިޓީ އިން ކެނޑެން މަޖުބޫރުވުމުން އެކަންވެސް ކޮށްފީމެވެ. މައުލޫމާތު ލިބުނު ގޮތުގައި އެއަންހެންކުއްޖާ އަށް ކިޔަނީ ޒޭރާއެވެ. ނީތަން ދެކެ އެ ކުއްޖާ ވަރަށް ލޯބިވާކަމަށް ވެއެވެ. އެކަމަކު ނީތަން […]
15062019 ހިސާބު ނަމްބަރ އަކަސް މިއީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައިވާ ވާހަކައެކެވެ . މި ހިސާބު ނަމްބަރ ގެ ސިއްރު މި ވާހަކަ ނިމޭ ހިސާބުގައި ބަޔާން ކުރެވިގެން ދާނެ ވާހަކަ ދަންނަވާލަމެއެވެ . މި ވާހަކަ ކިޔާދިން މީހާ ނަން ސިއްރު ކުރުމަށް ފަހު މި ހާދިސާ ނުގެއްލޭ ގޮތަށް މި ވާހަކަ ކުރިޔަށް ގެންދާނަމެއެވެ . މި ވާހަކަ އަކީ އިބުރަތް ތެރި އަދި އެކި އެކި ބިރުވެރި ކަންކަމާ ކުރިމަތި […]
އެ އަންހެން ކުއްޖާގެ ފަރާތުން ޒައިންއަށް އެތަކެއް އުދަނގުލެއް ކުރަމުން ގެންދެއެވެ . ކިޔެވުން މަތިން ޒައިން ފޫހި ކުރުވާފިއެވެ . ޒައިން ގެ މައިންބަފައިންނާއި ހައިޝަމް އެކަމާ ކަންބޮޑުވެ މާޔޫސް ވެއެވެ . ކުރީގައި މޮޅުކޮށް ކިޔަވަމުން އައި ޒައިން ދައްވަމުން ދިޔައީމައެވެ . މާލެ ވެސް ބަދަލު ވެގެން ދިޔައީ ޒައިން އަށް ކިޔެވޭތޯއެވެ . ނަމަވެސް ޒައިންއަށް މާލޭގައި ވެސް ރަގަޅަށް ކިޔެވުނީ 1 އަހަރުއެވެ . އެ އަންހެން ކުއްޖާ ޒައިންއަށް […]
އާރާގެ ކަރުގައި އޮތް ފަށުފުލުގެ ފުޅީގެ މަތި ނެގުމަށްފަހު ވަސްބަލައިލިއެވެ. އެ ފުޅީގައި ހުރި ނޫކުލައިގެ ރެނދަން ފާޑުގެ ކުޑިތައް އޭނަގެ ހަށިގަނޑަށް ވަނުމުން އާރާގެ ދެލޮލުގެ ކަޅި ކަނޑު ނޫކުލަޔަކަށް ބަދަލުވެގެން ދިޔައެވެ. އާރާގެ އިސްތަށިގަނޑަށް މަޑު ޗޮކްލެޓް ކުލައެއް އަރައިގެން ދިޔައިރު، ލައިގެން ހުރި ހެދުން ހުދު ކުލަޔާއި މަޑު ނޫ ކުލައިގެ ތަންތަންކޮޅުން ވިދާ ފަދައިން ބަދަލުވެގެން ދިޔައެވެ. އަދި އާރާގެ ބޮލުގައިވެސް ހުދާއި ނުލުގެ ތާޖެއް އެޅިގެން ދިޔައެވެ. ***ޕާޓް 3*** […]
މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. މި ދުވަހަށް ތައްޔާރުވުމާ ނުވުން އެއީ އެމީހެއްގެ އަތްމަތީވާ ކަމެއްތާއެވެ. ތިމާ އާއި މަރު ބައްދަލުކުރާނީ ބުނެފައެއްނޫނެވެ. މިއަދު އެ ވަކިވީ ވިރުޝާގެ މައިންބަފައިން އެނާއާއި މުޅި އުމުރަށެވެ. ދެން އެނބުރިއެއް ނާއްނާނެވެ. މާދަމާ މަރުވާނީ ތިމާ ނޫންކަމެއް ވެސް އެނގެނީކީ ނޫނެވެ. ކޮންމެ މީހަކުވެސް އުޅެވޭ އެންމެ ރަނގަޅަކަށް އުޅުމަށް ނަސާާހަތްތެރިވަމެވެ. ނަމާދު އޭގެ ވަގުތުގައި ކުރުމަށް ފަރުވާތެރިވެވިއްޖެނަމަ ކާމިޔާބު ލިބޭނެ ކަން ހަދާންކޮށްދެމެވެ. ވިރުޝާ ހޭއެރީ […]