Skip to content
އެސްފިޔަ

ކަޅު ހިޔަނި 2

ރުޤްގިޔާ ކުރާ މީހާ ބުނާ ގޮތަކަށް އަހަރެން މަސައްކަތް ކުރީމެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ މަންމަ ސަލާމަތް ކުރުމަށެއެވެ . ކޮންމެ ކަމަކީ ވެސް ފެށުމަކާއި ނިމުން އަންނަ ފަދައިން އަހަރެން ވެސް އުޅުނީ އެކަމުގައި ކަމުން ކޮންމެވެސް ދުވަހަކުން ރަގަޅު ވާނެ ކަމަށް ބަލާފާ އަހަރެން ހިތް ވަރު ކޮށް ފައި މަސައްކަތް ކުރީމެއެވެ

އަހަރެންނަކީ ކުރީގައި ފައްޑިތަ އަދި ސިހުރު ގަބޫލް ނުކުރާ މީހެކޭ ބުނެވިދާނެއެވެ . ނަމަވެސް އަހަރެންނަށް ޖެހުނީ މިކަން ވެސް ގަބޫލް ކުރާށެއެވެ . އަހަރެންގެ ކާފަ ވެސް ދުނިޔެ އާ ވަކި ވެގެން ދިޔައީ ސިހުރު ޖެހިގެން ކަން އަހަރެންނަށް ވަރަށް ސާފް ކޮށް އެގެން އެބޯތެއެވެ . ކުރި މީހުން ވެސް އަހަރެންނަށް އެގިގެން ދެއެވެ . ނަމަވެސް އަހަރެން އެކަމަކަށް އެއްވެސް ފަރުވާ އެއް ނުބަހައްޓަމެއެވެ .

އަހަރެން ގެ ކާފަ މަރު ވުމަށް ފަހު އެންމެ ފަހުން އަހަރެންގެ މަންމަ އަށް އެކަން ދިމާވީ ކޮންމެވެސް ބައެއްގެ ހަސަދާގެ ސަބަބުން ކަން އަހަރެންނަށް ގަބޫލް ކުރަން ޖެހުނެއެވެ ، ކޮންމެ އަކަސް އަހަރެންނަށް މިކަން މި ވަނީ އަހަރެންނަށް އިމްތިހާނަކަށް އަހަރެން ގަބޫލު ކުރަން އުދަގޫ ވިޔަސް އަހަރެންނަށް ޖެހުނީ އެކަން ގަބޫލް ކުރާށެއެވެ ،

މިކަމުން އަހަރެން އަރައި ނުގަނަވެނިސް އަހަރެންނަށް ދިމާވީ އެހެން ފަދަ ކަމެކެވެ . އަހަރެން އެންމެ ގާތް އެކުވެރިން ތައް ގެއްލި ހިގައްޖެއެވެ . އަހަރެންނަށް ޖެހުނީ އެކަމާވެސް ބޯ ގާނާށެއެވެ . ކޮންމެ އަކަސް އަހަރެން ގަބޫލް ކުރީ މި ކަންތައް މެދުވެރި ކުރައްވަނީ އަހަރެން އިމްތިހާން ކުރެއްވުމަށެއވެ ، ކޮންމެ އަކަސް އަހަރެންނަށް މިކަން އާދަ އަކަށް ވެ އަދި އެނޫންވެސް ކަންކަމާ ވިސްނިގެން ދިޔައެވެ . ކޮންމެ އަކަސް އަހަރެން މީ ކާކު ކަމެއް ނޭގޭ ހިސާބަށް ދިޔައެވެ .

އަހަރެންނަކީ ކާކު ކަމެއް ވެސް އަހަރެންގެ އަމިއްލަ ޒަމީރު ވެސް ގަބޫލް ނުކުރެވެ . އަހަރެން 5  މަހު މާލޭގައި ދިރިއުޅުނީމެއެވެ . މިހާ ގިނަ ދުވަހު އަހަރެން މާލޭގައި އެއްވެސް ވަރަކަށް ނޫޅެމެވެ. އެކަމަކުވެސް އަހަރެންނަށް މަޖުބޫރު ހާލަތު މެދުވެރި ކުރުވީއެވެ .

މަސައްކައް ތައް ވެސް ހުއްޓި މުޅި މީހާ އަދަވަޅަކަށް ވެއްޓި ގެން ދިޔައެވެ . އުސްގަނޑަކަށް ފަހު ހަމަ ބިމަށް އާދެވުނެއެވެ .އަދި އަދިރި ކަމަކަށް ފަހު އަލި ކަމެއް އާދެވޭނެއެވެ .

އެ ގޮތުން އަހަރެން ދިރި އުޅުން އެފުއް މިފުށަށް ޖެހި އަދި އުޅޭ ގޮތް ތަފާތު ވިއެވެ ކާ ހިތް ވެސް ކެޑި އަބަދު ވެސް ކޮފީގައި ހޭދަ ކުރިމެއެވެ . އަހަރެންނަށް ކޮފީ އަކީ އާއްމު އެއްޗަކަށް ވެ ހިގައްޖެއެވެ . އަދި މިޔުޒިކަކީ އަހަރެންގެ ހިތް ހަމަޖެހުމަކަށް ވެއްޖެއެވެ .

އަހަރެންނަށް އެހީވާން ހުރީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ . ދެން ހުރީ އަހަރެން ބައްޕައެވެ . ބައްޕަ ރަށު ގައި ހުރެގެން އަހަރެން ބުނާ ކަން ކަން ކުރަމުން ގެންދެއެވެ .. އަހަރެން ބުނަމުން ގެންދަނީ ރުޤްގިޔާ ކުރާ މީހާ ބުނާ ގޮތް ގޮތެއެވެ .

ﷲ ރަހުމަތުން 5 ވަނަ މަހަކީ އަހަރުންނަށް ވަރަށް ވެސް ހިތްހަމަ ޖެހުނު މަހަކަށް ވިއެވެ . އެއީ އަހަރެންގެ މަންމަ އެކަންތައްތަކުން ސަލާމަތް ވީތީއެވެ .

ލޮބުވެތި އަހުންނާއި އުހުތުން ފަޑިތަ ނުވަތަ ސިހުރަކީ ވާ އެއްޗެކެވެ . އަދި ހަސަދައިގެ ފަންޑިތަ އާއި އަދި އެނޫންވެސް ފަންޑިތަ ހަދަމުން ދެއެވެ . އެއީ އެމީހެއް ނަފުރަތު ކުރަމުން ގެންދާ މީހަކު ނައްތާ ލުމަށެއެވެ . ނުވަތަ 2 ލޯބި ވެރި އަކު ދުރު ކުރުމަށއެވެ . ނަމަވެސް މިއީ ވަރަށް ގޯސް ވިޔާ ނުދާ ސިފައަކަށް ވެސް ވެދެއެވެ .

ނަމަ ނަމަވެސް މިކަހަލަ ކަންކަން ނުކުރުމަށް އަޅުގަނޑު ގޮވާލަމެއެވެ . ސުކުރިއްޔާ ވާހަކަ ނުމުނީ

Comments (4)

  1. Yan♥️

    My aunt also went through this imean hasdhaage fanditha but Insha Allah now she is ok.vaahaka Hama reethi Masha Allah

  2. ??

    Vrh reethi vaahaka eh masha allah ?

  3. Anonymous

    Ks

  4. unnknownn

    varah salhi
    is this a real story ?

Comments are closed.