Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…1

autti_quin._ Level 110 Stories
May 22, 2020 3 Mins Read
16 Comments

“ދަރިފުޅާ” ލާޝާގެ މަންމަ ރިހާނާ ލާޝާގެ ކޮޓަރިއަށް ވަންނަމުން އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. “ލައްބަ މަންމާ” ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ލާޝާ އޭނާގެ މަންމައަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ބުންޏެވެ. އޭރު ލާޝާގެ ކޮއްކޮ ލާރާ އާއި އަދި، ލާޝާގެ އެންމެ ގާތް އެކުވެރިޔާ ނައިހާ ވެސް އެތާނގައި ހުއްޓެވެ. “ދަރިފުޅު ހާދަ ރީއްޗޭ މިރޭ.” ރިހާނާ އޭނާގެ ދޮށީ ދަރިފުޅު ލާޝާގެ ބޮލުގައި ފުރުމާލަމުން ބުނެލިއެވެ. އޭރު ރިހާނާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ނަމަވެސް އެއީ އުފާވެރި ކަމުގެ ކަރުނަ އެވެ. އުފާ ނުވާނީ ވަކި ކީއްވެ ހެއްޔެވެ؟ މި ރެޔަކީ އޭނާގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅުގެ ކައިވެނި ކުރެވޭ ރެޔެވެ. “މަންމާ، ދެން ނުރޮއެ.. މަންމަ ރޮންނާ އަހަރެން ވަރަށް ދެރަވާނެ.” ރިހާނާގެ ލޮލުން އައި ކަރުނަ ތިކިތައް ފޮހެދެމުން ލާޝާ ބުނެލިއެވެ. އޭރު އެ މަންޒަރު ބަލަން ތިބި ލާރާ އާއި ނައިހާގެ ލޮލުން ވެސް ވާނީ ކަރުނަ ނިރާލާފައެެވެ. ނަމަވެސް ލާޝާ އަށް ފެނުމުގެ ކުރިން ކަރުނަ ތިކިތައް ފުހެލުމަށް ފަހު ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވި އެވެ. އެ ވަގުތު އެންމެންގެ ސަމާލުކަން ދޮރާ ދިމާއަށް ހުއްޓުނީ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ. އޭރު ނިޔާޝާ އެ ކޮޓަރި ތެރެއަށް ވަންނަނީ އެވެ.

ނިޔާޝާ އަކީ ލާޝާގެ ވާން އުޅޭ ފިރިމީހާ ނިއަލްގެ މަންމަ އެވެ. އޭނާ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ނިއަލް އަކީ އޭނާ އާއި ނާއިމް ކައިވެނި ކޮށްގެން ތިން އަހަރު ވާން އުޅެނިކޮށް ލިބުނު ކުއްޖެކެވެ. އަދި މި ދެމަފިރިންގެ އިން ހަމައެކަނި ކުއްޖާވެސްމެއެވެ. އެހެންކަމުން ނިޔާޝާގެ އިތުރުން ނާއިމް ވެސް ނިއަލް ދެކެ އިންތިހާއަށް ލޯބިވެއެވެ. ނިޔާޝާ އާއި ނާއިމް ނިއަލް ބަލާ ބޮޑު ކުރީ ލޯތްބާއި އަޅާލުން ދީގެންނެވެ. އަދި އެމީހުންނަކީ ވަރަށް މުއްސަނދި ބައެއް ކަމުން ނިއަލް ބޭނުންވާ ކޮންމެ ކަމެއް އެމީހުން ނިއަލް އަށް ކޮށްދެއެވެ. ނިއަލް އަކީ ވެސް ނިޔާޝާ އާއި ނާއިމް އެކޭ އެއްގޮތަށް ވަރަށް ދީންވެރި، އަޚުލާޤު ރަނގަޅު، އަދި އެހާމެ ހިތްހެޔޮ ކުއްޖެކެވެ. އޭނާ ވަޒީފާ އަދާކުރަމުން ދަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ޑޮކްޓަރެއްގެ މަޤާމުގައެވެ.

ހަމަ އެފަދައިން ލާޝާ އަކީ ވެސް އޭ.ޑީ.ކޭ ގައި މަސައްކަތް ކުރަމުންދާ ޒިންމާދާރު ނަރުހެކެވެ. ލާޝާގެ އިތުރުން ރިހާނާ އާއި ރީހާންގެ އިތުރު ދަރިއަކު ވެސް ހުރެއެވެ. މި ކުޑަކުޑަ އާއިލާގެ އެންމެންނަކީ ވެސް ނިއަލްގެ އާއިލާ އާއި އެއް ފަދައިން ވަރަށް މުއްސަނދި، ހިތްހެޔޮ، ދީންވެރި، އަދި އެހާމެ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ.

“މާޝާ ﷲ” ކޮޓަރި ތެރެއަށް ވަދެގެން އައި ނިޔާޝާ އަށް ލާޝާ ފެނުމުން ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެހެން ނުބުނެވެންވި ސަބަބެއް ވެސް ނެތެއްނޫން ހެއްޔެވެ. މިރޭ ލާޝާގެ ރީތިކަން ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ތުންފަތް ވަނީ ގަދަ ރަތް ކުލައިން ފަވާލާފައެވެ. އަދި ލައިގެން ހުރި ބޮޑު ހެދުމުން ވެސް އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. އިސްތަށިގަނޑުގައި ރީތި ގޮތަކަށް ހުޅިއެއް ޱަހައިފައި ވާއިރު މޫނު މައްޗަށް ކުޑަ އިސްތަށިކޮޅެއް ވައްޓާލާފައި ވެއެވެ. މީގެ އިތުރުން ހުދު ކުލައިގެ އެސްތަކެއް ޖަހައިފައިވާ ތާޖެއް ބޮލުގައި އަޅާފައި ވެއެވެ.

“އަސްލުވެސް މިރޭ ދޮންތަ ވަރަށް ރީތި ދޯ ދައްތާ” ނިޔާޝާ އަށް ދޯ އެއްލަމުން ލާރާ ބުނެލިއެވެ. އަދި ނިޔާޝާ ވެސް އެ ކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޱަހާލިއެވެ. އެހިނދު ލާޝާގެ ތުންފަތް މައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. “އެ ތެދެއް ނިއަލް އަށް ހާޓްއެޓޭކެއް ނުޱެހުނިއްޔާ ވެސް ރަނގަޅު” ލާޝާ އާއި ދިމާކޮށްލުމުގެ ގޮތުން ސަމާސާ ރާގަކަށް ނައިހާ ބުނެލިއެވެ. އެ ވަގުތު މުޅި ކޮޓަރި ތެރޭގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ. “ދަރިފުޅާ ދެން ހިނގާ އަވަހަށް ދާން.. މިހާރު ނިއަލް ހުންނާނެ ދަރިފުޅުގެ އިންތިޒާރުގަ” ނިޔާޝާ ބުނެލިއެވެ. ލާޝާ ވެސް އެ ކަމަށް އެއްބަސް ވުމުގެ ގޮތުން އާނއެކޭ ބުނުމަށްފަލު ލޯގަނޑުން އަމިއްލަ ސޫރަ އަށް ބަލާލި އެވެ. މި މަންޒަރު ފެނުމުން ލާރާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ލާޝާ އާ ކިތަންމެ ދިމާ ކޮށްލަން ބޭނުންވި ނަމަވެސް ވަގުތު އެ ކަމަށް ތަން ނުދިނީއެވެ.

ލާޝާ ގޮވައިގެން ހަތަރު މީހުން ޓެރެސް އަށް އެރީ ކައިވެނި ކުރަން ހަމަޖެހިފައިވަނީ އެތަނުގައި ކަމަށް ވާތީއެވެ. އެ ތަން ޒީނަތްތެރި ކުރެވިފައިވާލެއް ރީތި ކަމާ މެދު ލާޝާ ހިތާ ހިތުން ތަޢުރީފު ކޮށްލިއެވެ. ދެން އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ދުރުގައި ނާއިކް އާއި ވާހަކަ ދައްކަން ހުރި ނިއަލް އަށެވެ. ލާޝާ އެކޭ އެއްފަދައިން ނިޔަލްގެ ރީތިކަން ވެސް ވަނީ އިތުރު ވެފައެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނެއް ލައިގެން ހުރި އިރު އެތެރެއިން ހުދުކުލައިގެ ގަމީހަކާއި ޓައީ އެއް އަޅައިފައި ވެއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައިވާއިރު ނިއަލްގެ ފިރިހެންވަންތަކަން ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ.

ނާއިކް ދެލޯ ބޮޑު ކޮށްގެން އިންނަން ފެށުމުން ނިއަލް އޭނާ ކައިރީ ކިހިނެއްވީހޭ އަހާލަން ވެގެން އަނގަ ހުޅުވާލިތަނާހެން ލޮލުގައި އަޅައިގަތީ ނާއިކް ބަލަން އިން ދިމާލުގައި ހުރި އަންހެން ކުއްޖާ އެވެ. އެ ކުއްޖާ ފެނި ނިއަލް އަށް ވެސް ވީ ނާއިކް އަށް ވެސް ވީ ވަރެވެ. އެއީ ދެވަނަ އިތުރު މީހެއް ނޫނެވެ. އެއީ ނިއަލްގެ ވާން އުޅޭ އަނބިމީހާ އެވެ. އާނއެކެވެ. އެއީ ލާޝާ އެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 15

Next

ކޮޅިގަނޑު

Next
May 23, 2020

ކޮޅިގަނޑު

Previews
May 21, 2020

ލޯ ފޮހެލާދޭށެ މަގޭ 15

16 Comments!

  1. MariyamSaula says:
    May 23, 2020 at 4:15 am

    MASHA ALLAH ❤️ ? V REETHI ? WAITN FOR NXT PART ❤️ ?

    1. autti_quin._ says:
      May 24, 2020 at 1:13 am

      Thank yuh?❤️

  2. laisha says:
    May 23, 2020 at 12:44 pm

    Waah waah ?? ?
    Koniraku next part ???

    1. autti_quin._ says:
      May 24, 2020 at 1:15 am

      ❤️❤️❤️

  3. Eekko says:
    May 23, 2020 at 2:47 pm

    Wow vrh vrh reethi??
    Good luck kokky

    1. autti_quin._ says:
      May 24, 2020 at 1:19 am

      Thankx sisss❤️?

  4. Devil08 says:
    May 23, 2020 at 3:05 pm

    Laashaa????

    1. autti_quin._ says:
      May 24, 2020 at 1:21 am

      Heiii youuuu?

  5. Ahuu says:
    May 23, 2020 at 6:32 pm

    Wooooowww ❤️❤️?mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss

    1. autti_quin._ says:
      May 23, 2020 at 7:58 pm

      Thankx❤️

  6. Aish says:
    May 24, 2020 at 9:46 pm

    Vvv salhi vaahaka eh hen hyvany ❤️❤️❤️❤️ ❤️ when next ? curiously waiting

    1. autti_quin._ says:
      July 22, 2020 at 1:48 pm

      ?♥️

  7. ❤️lamee❤️ says:
    July 1, 2020 at 9:38 am

    Laashaa?? v majaa

    1. autti_quin._ says:
      July 1, 2020 at 10:44 am

      ???❤️

  8. _.rēm._11 says:
    July 2, 2020 at 9:58 pm

    Heii

    1. autti_quin._ says:
      July 22, 2020 at 1:49 pm

      Hii♥️

Comments are closed.

Next Episodeނޭދެމޭ ދުރުވާކަށެއް ލޯބިވާ…2←


All Right Reserved!