Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ކައިލީން

Krystal Level 210 Stories100 Login100 Comments
May 10, 2020 6 Mins Read
17 Comments

މުޅި ސުކޫލުގެ މާހައުލަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ޖީސީއީ އޯލެވެލް އިމްތިޙާން ނިމުނު ދުވަހެވެ. ހުރިހާ ކުދިން އެއްފަހަރާ ސުކޫލް ހޯލުން ނިކުމެގެން އައިއިރު ހީވަނީ ގިނަ ދުވަސް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖަނަވާރު ތަކެއް ދޫކޮށްލިހެންނެވެ.

ކައިލީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިލީން ފަހަތަށް އެބުރި ބަލާލީ އެއީ ކާކުކަން އެނގިހުރެއެވެ.

“ކިހިނެއްވީ ބޭފުޅާ ތިހެން އުޅެނިކޮށް މީހަކަށް ފެނިޖެއްޔާޔޯ…. މަންމަ ރައްޓެއްސަކަށް ފެނިއްޖެޔާ އަހަރެމެން ދެމީހުންނަކަށް ނޫޅެވޭނެ. ދޫކޮށްލަބަލަދެން.” ކައިލީން ވަހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ޔުހާނާއެވެ.

” ތިބުނީ މަންމަ ބުނެފިޔާ ކައި އަހަރެން ދޫކޮއްލާނަމޭތަ؟؟” ޔުހާން ސީރިއަސް ރާގެއްގައި ބުނެލިއެވެ.

***

” އާން ދޫކޮށްލާ ކީކުރަން ދޫނި ކޮށީގަ އިންނަހިތް ނުވަންޔާ ބައިންދަނީ” ކައިލީންގެ މަންމަ ނިޝާ ބުނެލީ ކައިލީންގެ ބައްޕަ ކައުސަރު ކައިރީއެވެ. ގޭގެ ބޮޑު ފެންޑާގައި ތިބެގެން ދެމަފިރިން ދައްކަމުން ދިޔައީ ކައިލީންގެ މުސްތަގުބަލު ބިނާ ކުރާނެ ގޮތަކާ ދޭތެރޭއެވެ. ކައުސަރު މިއަދު އޮފީސް ނިމާލަފައި އަންނަމުން އައި ކައިލީނަށް އޭނާގެ އެކުވެރި ޝިހާމުގެ ފިހާރައިން ވަޒީފާ ހަމަޖައްސައިގެނެވެ. އެދެމަފިރިން އެމީހުންގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅާ ދޭތެރޭ ވަރަށް ފޮނި ހުވަފެންތަކެއް ދެކެއެވެ.

***

“އިނގޭތަ އަހަރެން ހުވަފެނުން ކައި އާ ދުރުވާން ޖެހުނީ. ކައި އަހަންނާ ރުޅިވާން ޖެހިއްޖެޔާ ވާނަންތަ؟؟” ޔުހާން ވަރަށް ލޯތްބާއެކު ކައިލީންގެ ކޮލުގައި ފިރުމާލާފައި އަހާލިއެވެ.

” އަހަރެން ޔުހާން އާ ދުރުވާން ޖެހޭ ދުވަހަކީ އަހަރެންގެ މޫނު މިދުނިޔޭގައި ތިބޭ މީހުންނަށް ފެންނާނެ އެންމެފަހު ދުވަސް.” ކައިލީން މިހެން ބުނުމާއެކު ޔުހާން ކައިލީންގެ ތުންފަތުގައި އަތްއްޅާލިއެވެ. ޔުހާނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ކައިލީން ދިޔައީ ގެއަށެވެ.

” ދަރިފުޅާ ހާދަ ލަހުންތިއައީ” ލަސްވެގެން މަންމަ ކޮއްފާނެ ސުވާލަކަށް ވިސްނައިގެން ހުރި ކައިލީން ވަރަށް ހަލުވިކޮށް ސުކޫލު ޓީޗަރުންނާ ސަލާމް ގަލާމް ކުރަން ދިޔައީކަމުގައި ބުނެލިއެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅިލީ ކައިލީނަށް ވަޒީފާ ލިބުނުކަމުގެ ފޮނި ހަބަރާއެކުއެވެ. ފިހާރައަށް ދިޔުމަށް ނަލަހެދިލައިގެން ނިކުތް ކައިލީން ދިޔައީ ސިއްސައިގެންނެވެ. ކައިލީން އަބަދުވެސް އޭނާގެ ބައްޕަ ފެނުމުން ބިރުގަނެއެވެ. ވަކިން ހާއްސަކޮށް ބައްޕަ އެކަނި ހުންނަ ވަގުތުތަކުގައެވެ. ކަމެއްވީކަމަށް ނަހަދާ ކައިލިން ގެއިން ނިކުމެގެން ބޮޑުމަގުންލާފައިގޮސް ފިހާރައަށް ވަނެވެ.

” ކޮންއިރަކު މަންމަމެން ކައިރީ އަހަރެމެން ރަޓެހިވެގެން އުޅޭވާހަކަ ބުނާނީ.” ކައިލީން ފަހަތުން އެއަޑު އިވުމާއެކު ފަހަތަށް އެބުރި ޔުހާންގެ ގައިގާ ބައްދާލީ މިހާރުވެސް ބުނަންވީޔޭ ބުނާކަހަލަ ގޮތަށެވެ.ބައްޕަ ނޫނީ މަންމަ ކޮންމެވަގުތެއްގައިވެސް ފިހާރައަށް އައިސްދާނެކަން ކައިލީނަށް އެނގެއެވެ.އެހެންކަމުން މިރޭ ގެއަށްގޮސް އެންމެ ފުރަތަމަވެސް އެވާހަކަ ދައްކާނޭ ކަމަށްބުނެ ހިތާ ދެކޮޅަށް ޔުހާން ފޮނުވާލިއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ކައިލީނާއި އޭނާގެ އާއިލާ ތިބީ ކާގޭގައެވެ. ވާހަކަ ފައްޓަންވީ ރަނގަޅު ގޮތެއް ކައިލީން ވިސްނާ ވިސްނާ ނޭނގުނެވެ. އެންމެފަހުން ނީދެވިގެން ކައިލީން ބުނެލިއެވެ.

“މަންމާ، ބައްޕާ އަޅުގަނޑު މިއުޅެނީ ކުއްޖަކާ ރައްޓެހި ވެގެން. އަޅުގަނޑު….” މިހާހިސާބަށް ބުނެވުމާއެކު ކައިލީނަށް އިހުސާސް ކުރެވުނީ އޭނާގެ ބައްޕަގެ ހޫނު އެތިފަހަރެކެވެ. ވީތަދުން ކައިލީނަށް ރޮއެގަނެވުނެވެ. ކައިލީންގެ ކޮއްކޮ ކައިލް ހަޅޭއްލަވައިގަތީ އޭނާގެ ދައްތަގައިގާ ބައްޕަ ޖެހުމުންނެވެ. 3 އަހަރުގެ ތަފާތެއް ދެބެންގެ ހުރިކަމުގައިވިޔަސް ކައިލަށް އޭނާގެ ދައްތަގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ދައްތަ ގޮވައިގެން ކައިލް ވަނީގޮސް އޭނާގެ ކޮޓަރިއަށެވެ.

“ކޮއްކޯ ދޮންތަ ވަރަށް…ވަރަށް ލޯބިވޭ ޔުހާންދެކެ. ހަމަ ތެދެއް… މިބުނީ…ދޮންތައަށް ޔުހާން ނުލިބިޖެއްޔާ…. ދޮންތަ މިދުނިޔެ އަކު… އަކު ނުހުންނާނަން…” ރޮމުން ރޮމުން ކައިލީން އޭނާގެ ކޮއްކޮއާ ވަހަކަ ދެއްކިއެވެ.

“ޔުހާން. ތިބުނީ ކިޔަވަން ވިލިގިލިން އައި ޔުހާންތަ. ދޮންތައަށް ހަމަ ރަނގަޅަށް އެނގޭނެ މަންމަމެން ތިކަމާ ނުގަބޫލުވާނެކަން އަނެއްކޮޅުން އެއީ އެހާ ފަގީރުބައެއް އަހަރެމެންނާ އެއްހަމައެއްގެ ބައެއްވެސް ނުންއެއީކީ.” ކައިލް އޭނާގެ ދައްތައަށް ވިސްނަދެމުން ދިޔައެވެ.

“ފަގީރުވުން އެއީ… ޔުހާންކުރާ ކަމެއްތަ… ތިބުނީ ކޮއްކޮވެސް މަންމަމެން ބުނެފިއްޔާ ކޮއްކޮއެންމެ ލޯބިވާ މީހާ ދޫކޮށްލާނަމޭތަ؟” ކައިލީން މިހެންބުނުމުން ކައިލް ހުއްޓުންއެރިއެވެ.

***

“އާން ދޫކޮއްލަންޖެހޭނީ. އަނެއްކާ އެއީ މިރަށު މީހެއްވެސްނުނޭ އޭނަ މޮޔަވެގެން އުޅޭކަށް. މަށަށްކުރިންވެސް އެނގެޔޭ އެދެމީހުން ގަޑުގަންނަކަން މަމިހުންނަނީ އޭނަ އަމިއްލަ އަގައިން ބުނަންދެން. މިރަށު ނޫނަސް މުއަސަނދިނަމަ ރަނގަޅު.” ކައުސަރު ދަތްކުދިވިކާލަމުން ބުނެލިއެވެ.

“މިއަދުންފެށިގެން ނިޝާޖެހޭނެ އޭނަ ފިހާރައަށް ގެންގޮސް ގެންނަން އަދި އެ ކިޔާ ޔުހާނަކާ އޭނަ ވަހަކަ ދައްކާތޯބަލާތި. ” ކައުސަރު އަމުރިވެރި ގޮތަކަށް ނިޝާއާ ދިމާލަށް ބުނެލިއެވެ. ނިޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އާދުވަހަކަށް އިރުއެރީ ކައިލީންގެ ހުވަފެންތައް ފުޑުފުޑު ކުރަމުންނެވެ. މިއީ އޭނާ ދުވަހަކު ހުވަފެނުންވެސް ފެނިދާނެއޭ ހީނުކުރާކަމެކެވެ. މިއަދު އޭނާއަށް އިހުސާސް ވަމުންދިޔައީ ދުނިޔޭގައިދެން އިތުރަށް ހުރުމުގެ މާނައެއްނެތް ކަމުގައެވެ. ޔުހާނާއި ބައްދަލު ކޮއްލަން ކައިލީން ހުރީ ކެއްމަދުވެފައެވެ/

ފިހާރައަށް ވަދެ ގޮޑީގައި ހަމަޖެހިލުމަށްފަހު މަންމަ ދިޔުމާއެކު ޔުހާންގެ ފޯނަށް ކައިލީން ޑައިލް ކޮށްލިއެވެ. ރޭގައި އޭނާގެ ފޯނުވެސް ބައްޕަ އަތުލާފައިވުމުން ފިހާރަ ފޯނުންގުޅަން ކައިލީނަށް މަޖުބޫރު ވިއެވެ. ކައިލީން ޔުހާނަށް ގުޅިތާ 5 މިނެޓުވެސް ނުވަނީސް ޔުހާން ފިހާރައަށް އައެވެ. ރޭގެ ހާދިސާ ފަށައިގެން ނިމެންދެން ވަރަށް ތަފްސީލްކޮށް ޔުހާނަށް ކައިލީން ކިޔާދިނެވެ. ޔުހާނަށް ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދެމިގަތްހެނެވެ. ކައިލީން ކައިރީ ހިތްވަރުކޮށް އަދި އިތުރަށް މަންމަމެނާ ވަހަކަ ދެއްކުމަށް ނަސޭހަތްތެރިވުމަށްފަހު ޔުހާން ފިހާރައިން ނިކުމެގެނަދިޔައީ ކަރުނައިން ފުރިފައިވާ ދެލޯފޮހެމުންނެވެ.

***

“ނާރސް ލެންޑްމީ ދަ އިންޖެކްޝަން ޕްލީޒް” އިންޑިޔާގެ ޑޮކުޓަރު ކައިލީންގެ މޫނުގައި ތަޅާލަމުން ބުނެލިއެވެ. ހޮސްޕިޓަލުގައި އެވަގުތު ތިބި އެންމެންގެ މޫނުމަތިން ހާސްކަން ފާޅުވޭވެހުއްޓެވެ. ބޮޑަށް ބެލެވޭ ގޮތުގައި ކައިލީން އަނބުރައިގަތީއެވެ. ކައިލީން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލީ އެރޭ 10 ޖަހާކަށްހާއިރެވެ. ކައިލީން ހޮސްޕިޓަލަށް ގެނައިކަން އެނގުނީސުރެ ޔުހާން ހޮސްޕިޓަލް ކައިރީހުރި ހޮޅުއަށީގައި އިނެވެ.ކައިލީނަށް ޔުހާން ފެނުމާއެކު ބަނޑިފަޅާގެން ދިޔައެވެ. އޭނާ މިހާރު އެރޮނީ އޭނާގެ ނިކަމެތިކަން ހިތަށް އެރުމުނެވެ. ދުނިޔޭގައި އެންމެ ލޯބިވިމީހާ ދޫކޮށްލަން ޖެހުމުން ވާ ދެރަ އިހުސާސް ކުރެވޭނީ އެކަހަލަ ކަމެއް ކުރިމަތިލާފައި ތިބި ބަޔަކަށެވެ. އެއަޅާވޭނަކާއި ހިތަށް ކުރާ އަސަރުވެސް އެނގޭނީ ހަމަ އެކަން ތަޖުރިބާކޮއްފައިވާ ބަޔަކަށެވެ.

ޕޮޒިޓިވް ޕްރެގްނެންސީ ކިޓްއިން ފެނުމާއެކު ކައިލީނަށް ރޮއެގަނެވުނެވެ. ހުރިހާ ވަހަކައެއް ޔުހާނަށް ކިޔާދޭން ކައިލީން ބޭނުންވިއެވެ. އޭނާ ގެއަށްދިޔައީ މަންމައަށްވެސް އެވަހަކަ ކިޔާދިނުމަށެވެ. ގެއަށް ވަދެވުމާއެކު ނިޝާއައިސް ކައިލީންގެ ގައިގާ ވަރަށް ބާރަށް އަޅުވާލިއެވެ.

“ބަލަ މަރިޔަމް ކައިލީން ކައުސަރު ކަލޭއަކަށް ނޭނގޭތަ ފިހާރަތެރޭ އިދެ ރުއީމަ މީހުން އެޗެހި ކިޔާނެވަރެއް. ލަދުން ބޯހަލާކު މިއަދު މިކުއްޖާ އަހަރެމެންގެ އިއްޒަތާ ގަދަރު ވެއްޔާ މޮޑެލައިފި. ހުރެބަލަ ނިކަން.” ނިޝާ ތަނެއްދޮރެއް ބަލާލިމެއް ނެތި ކައިލީންގެ ގައިގާ ތަޅައިގަތެވެ.

“މަންމާ… ދެން ހުއްޓަލަންވީނުން ކޮބާތަ ދޮންތަގެ ކުށަކީ އޭނ.. ތިހެން ތެޅިޔޭކިޔާފަ ތިކަމެއް ހުއްޓޭނެތަ… ދޮންތާ ދޭ ކޮޓަރިއަށް” ކައިލް ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. ކައިލް ބެލީ އޭނާގެ މަންމައަށް ވިސްނަދެވޭތޯއެވެ.

ސިކުންތުތަށް މިނެޓުތަކަށް ބަދަލު ވަމުން މިނެޓުތަށް ގަޑިއިރަށް ބަދަލުވަމުންގޮސް 3 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ކައިލީންގެ ހަބަރެއް ނުވިއެވެ. އެތައްފަހަރަކު ކޮޓަރީ ދޮރުގައި ޓަކިވެސް ޖެހިއްޖެއެވެ. ކައިލްގެ ހިތަށް ހާސްކަން ވެރިވީ ބައްޕަ ކައިލީންގެ ގައިގާޖެހި ދުވަހު ކައިލީންބުނި ބަސް ހަނދާންވުމުނެވެ. ވަގުތުން ކައިލް އެންގީ ބައްޕައަށް ގުޅާފައި ގެއަށް އަންނަން ބުނުމަށެވެ. ނިޝާ ދުވެފައިކަހަލަ ގޮތަކަށްގޮސް ފޯނުނަގައި ކައުސަރަށް ގުޅިއެވެ.

މަންމަ ބައްޕައަށް ގުޅަންދިޔަވަގުތާ ދިމާކޮށް ކައިލް، ކައިލީންގެ ކޮޓަރި ދޮރުގައި ފައިންޖަހައި ދޮރު ފަޅަލިއެވެ. ފެނިދާނެ މަންޒަރެއް އެއްގޮތަކަށްވެސް ވިސްނާނުލައެވެ.

“ދޮންތާ……………” ކައިލް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ. ދުވެފައި އައިސް ދޮންތަގެ ދެފައިގައި ހިފައިގެން އިތުރު އެހީއެއްލިބެންދެން ހުއްޓެވެ. އާނއެކެވެ. ކައިލީނަށް ކެތްނުކުރެވުނީއެވެ. މުސްކުޅިންބުނެ އުޅެއެވެ. އިންސާނުންނަށް ކެއްކުރެވޭނީ ވަކި ވަރަކަށެވެ. ކައިލީން ފަކީރުވެސް ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން އަމިއްލައަށް ދަންޖެހުނީއެވެ. މިހާރުގެ ޒުވާނުންބުނާގޮތުންނަމަ ސުއިސައިޑް ކުރީއެވެ.

ނިޝާ އަނބުރައިގަނެގެން ވެއްޓުނީ ކައުސަރުގެ އަތްދަނޑި މައްޗަށެވެ. ނިޝާ އެނދުގައި ބޭއްވުމަށްފަހު ރޮވިފައިވާ ހާލުގައި ކައުސަރު ގޮސް ގޮނޑިއަށްއަރާ ފަންކާގައި ޖަހާފައިވާ ވާގަނޑު މޮހާލިއެވެ. އަދި ވަގުތުން ވަގުތަށް އެމްބިއުލާންސަށް ގުޅައި ގެނެސް ދެމައިންއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. ނިޝާ ހޭޖެހުމާއެކު ދުވެފައި ވަނީ ކައިލީން ބާއްވާފައި އޮތް ކޮޓަރިއަށެވެ.

” މާލެގެންދަންޖެހެނީ މިކޮޅަކުން އެންމެފުރިހަމަ ފަރުވާއެއް ނުދެވޭނެ. ވީހާވެސް އަވަހަކަށް މާލެ ގެންދެވިއްޖެއްޔާ ފުރާނަ ސަލާމަތް ކުރެވިދާނެ 50/50 ” ޑަކުޓަރު ބުނެލީ އެއްވެސް އުންމީދެއް ނެތްކަހަލަ ގޮތަކަށެވެ. ކައިލް ވަގުތުން އެއާރޕޯޓަށް ގުޅައިގެން މާލެ ދިޔުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ.

“ދޮންތަ ދަންޖުހުނީ އިންގޭދޯ ޔުހާންބެއަށް… އަހަރެމެން މިދަނީ އެމެޖެންސީކޮށް މާލެދާން. މީ ޔުހާންބެއަށް ދޮންތަ ފެންނަ އެންމެ ފަހު ފަހަރަށްވެސް ވެދާނެ. މިކަމުން މި ރަމްޒުކޮށްދެނީ ޔުހާންބެދެކެ ދޮންތަ ލޯބިވިވަރު. ޔުހާންބެގެ ލޯބީގައި ދޮންތަ މިދުނިޔެ ދޫކޮށް ދާނީ…. ހިތްހެޔޮކުރާތި އަހަރެން ބަލާނަން އަދިވެސް މަންމަމެންނަށް ވިސްނަދެވޭތޯ” ރޮމުން ރޮމުން ކައިލް ވާހަކަ ދެއްކީ ޔުހާނާ ފޯނުންނެވެ.

މާލޭ އިންޓާރނޭޝަނަލް އެއާޕޯޓަށް ފުލައިޓު ޖައްސާލިއިރު މާލެ ދިޔުމަށް ހަމަޖައްސާފައިއޮތް ލާންޗުއޮތީ ތައްޔާރަށެވެ. ކައިލީން އެރެވުމާއެކު ލާންޗުގެ މިސްރާބު ޖެހީ ސީދާ މާލެއަށެވެ. 5 މިނެޓުގެ ދަތުރަށް ފަހު ކައިލީން ގެންދެވުނީ އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލަށެވެ. އައި.ސީ.ޔޫ އަށް ވެއްދުމަށްފަހު ނަރުހުން އިޝާރާތް ކޮއްލީ ނިޝާމެން ބޭރުގައި މަޑުކޮށްލުމަށެވެ.

” އަހަރެން އޭރުވެސް ބުނިން ދޮންތަ ބޭނުންވާކަންތަށް ކޮށްދޭށޭ. މިހާރުދެން މަންމަވެސް އަދި ބައްޕަވެސް ރުއިމުގެ ބޭނުމަކީކޮބާ؟ ކޮންމެ މީހަކު އެހިޔަސް އަހަރެން ބުނާނީ މަންމަމެންނޭ ދޮންތައަށް އެހާލު ޖެއްސީ” ކައިލް ލޯއަޅާލަމުން ބުނެލިއެވެ.

“ޔުހާންއަކީ ކޮންބޭފުޅެއްތޯ..” ޑޮކްޓާރ އެމެޖެންސީ ރޫމްއިން ނިކުތުމާއެކު އެއްސެވެ. ކައުސަރާ ނިޝާއާ ދެމީހުން މޫނަށް ބާލާލީ އަހަރެމެން ތިކަމަށް ޒިންމާނަގަމޭ ބުނާކަހަލަ ގޮތަކަށެވެ. ކައުސަރު ވަގުތުން ޔުހާންގެ ނަންބަރު ކައިލް އަތުން އަތުލުމަށްފަހު ގުޅައިގެން ޔުހާނާއި އޭނާގެ ބައްޕަ ރައްޒާޤު މާލެ ގެނައެވެ.

“ޔުހާން މިވަގުތު ޕޭޝަންޓަށް ފެނުން ވަރަށް މުހިންމު…. ލޯހުޅުވާލުމާއެކު ޔުހާނަށް ގޮވީ.” ޑަކުޓަރު އިތުރު ކޮއްލިއެވެ. ކައިލަށް އޭނާގެ މަންމަގައިގާ އޮޅުލައިގަނެފައީ ރޮއެގަނެވުނެވެ. 3 ގަޑިއިރު ވީއިރު ޔުހާންހުރީ އެމެޖެންސީ ރޫމްތެރޭ އެވެ.

” ކައި ޕްލީސް އަހަރެން ދޫ..ދޫކޮށްފަ ނުދޭ.. ކައި ލޯހުޅުވާލަބަ މީ ޔު..ޔުހާނޭ.. ކައިގެ ލޯބި ޔުހާނޭ މީ..އަޅެ ބުނެބަ އަހަރެން ދެކެ ލޯބިވެޔޭ.. ކައި ބުނެބަ.. އަހަރެން މިހިރީ ކައި ބައްޕަގެ ގަބޫލުގަ މިތަނަށް އައިސް. ކައި… ކައި..” ޔުހާން ރޮމުން ކައިލީންގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ވަހަކަ ދެއްކިއެވެ. ޔުހާން ހީވަނީ މޮޔަވެފައިވާ މީހެއްހެނެވެ. ބައެއްފަހަރު ހެމުން ހެމުން ކައިލީނަށް ގޮވާލާއިރު އަނެއްބައިފަހަރު ގިސްލަ ގިސްލާފައި ކައިލީނަށް ގޮވާލައެވެ. ޔުހާން މައްޗަށް ބޯހިއްލާލީ ކައިލީން ޔުހާންގެ މޫނުގައި އަތްލުމުންނެވެ.

“ޔުހާން އައި… އައި.. އައި ލަވް ޔޫ..” ކައިލިން ބަލިކަށި އަޑުން ބުނެލި މިޖުމުލަވީ އޭނާގެ އެންމެ ފަހުގެ ނޭވާ މިދުނިޔެއަށް ބޭރުކޮށްލި ޖުމްލަކަމުގައެވެ. ޔުހާން ހާޅޭއްލަވަމުން ކައިލީން ގައިގާ ހިފާތަޅުވައިގަތެވެ. އެންމެފަހުން ޔުހާން މައިތިރިވީ ކައުސަރާ، ކައިލް އެތަށް ނަސޭހަތެއް ދިނުމުންނެވެ. އަދި ޔުހާންގެ ކިބައިން ކައުސަރު މަޢާފަށް އެދުނެވެ. ނިޝާ އަނބުރައިގެން ވެޓުމުން އައިވީ ގުޅަފައި އެނދުމަތި ކުރެވުނެވެ.

ކައިލީންގެ މަރުގެ ހަބަރުން މުޅި ރަށް ރޮއްވާލިއެވެ. އެއްބަޔަކު ކައިލީންގެ ލޮތްބަށް ތައުރީފުކުރަމުން ދިޔައިރު އަނެއްބަޔަކު ކައިލީންގެ މޮޔަކަމަށް މަލާމާތް ކުރަމުން ދިޔައެވެ. ކައިލީންގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމާލުމަށްފަހު ރަށަށް ދިޔުމަށް އެންމެން ތައްޔާރު ވަމުން ދިޔައެވެ.

“ހަލޯ ކީކޭ ބޮޑުބޭ… އޭނ” ކައިލަށް ހީވީ މީހަކު އެނާގެ ބޮލުގައި މަރުތެޔޮއަކުން އަޅުވާލިހެންނެވެ. މިއަދު އޭނާއަށް އެ އަޑު އިވުނީ ފިލްމުތަކުން މީހުން ދައްކާ ކަހަލަ ވާހަކައެކެވެ. ކައިލަށް ގަބޫލު ނުކުރެވިގެން ދެވަނަފަރަހު ނަވީން ބޮޑުބެ ކައިރީ އަހާލިއެވެ.

” އާންއެކޭ ކައިލް ކައިލީން ލިޔެފައިން ޑައިރީއާ އަދި އެޑައިރީތެރޭ އިން ޕްރެގްނެންސީ ޓެސްޓިންވެސް އެބަބުނޭ ކައިލީން ބަނޑުބޮޑުކަން އަދި އެދަރިފުޅުގެ ބައްޕައަކީ ޔުހާން ނުންކަމަށާ އެއި އޭނާގެ އުފަންބައްޕަ ކަމަށް.. ބޭބެ ހިޔެއްނުކުރަން ކައުސަރު އެހާ ހަޔާތް ކުޑަ ވާނެ ކަމަކަށް.. އެކަމް ކައިލް މިވާހަކަ ނުދައްކާތި އެއްވެސް މީހެއްކައިރީ ކައިލީން ކޮއްފައިން ވަސިއަޔަތެއްމީ… ކައިލީންގެ އުމުރުން 15 އަހަރުގައި ކައުސަރު އެކަމެއް އެފެއްޓީ… ދެން ބޭބެ ފޯނު ބާއްވާލާނަން އެއްވެސް މީހެއް ކައިރީ މިވާހަކަ ނުދައްކާތި..” ބޮޑުބެ މިހެން ބުނުމަށްފަހު ފޯނުކަޑާލިއެވެ.

ކައިލަށް މަޖުބޫރުވީ އޭނާގެ ދޮންތައަށް ޓަކައި އެކަންތައް ސިއްރުކުރުމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ދޮންތައަކީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ. އޭނާ ދެން އޭނާގެ ބައްޕައަކާ ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް އޭނާ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހަކީ ކައިލީންގެ ހައްޤު ކައިލީނަށް ހޯދަދޭނެ ދުވަހެވެ. އަދި މިކަމުގެ ސަބަބުން ގިނަ މައިންބަފައިންނަށް ވިސްނޭނެކަމަށް ކައިލް ޤަބޫލުކުރެއެވެ.

އަންހެން ދަރިންނަކީ އަބަދުވެސް ފިރިހެނުންގެ ހިމާޔަތް ލިބެންޖެހޭ ބަޔެކެވެ. ވިހާ ދުވަހުއްސުރެ މީހަކާއި ކައިވެނި ކުރަންދެން އެކުދިން ބެލުން ހަވާލު ކޮށްފައި ވަނީ އެކުދިންގެ ބައްޕައާއި އެވެ. އަދި މީހަކާ އިނުމަށްފަހު އެމީހުންގެ ޒިންމާ އުފުލަން އަންގަވާފައިވަނީ އެމީހުންގެ ފިރިންނާއިއެވެ. މީގެންވެސް ދޭހަވަނީ އަންހެން ކުދިންނަށް އިސްލާމްދީނުހގައި ދެވިފައިވާ އަހަންމިއްޔަތެވެ. އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެކުދިންގެ މައިންބަފައިންގެ މަސްއޫލިޔަތަކާއި ވާޖިބެކެވެ. ނަމަވެސް އަހަރެމެންގެ މި މުޖްތަމައުގައި އާންމުކޮށް ފެންނަމުން ދަނީ މިއާއި މުޅިން ހިލާފް ކޮށް ކަންތައްތައް ވާތަނެވެ. މައިންބަފައިން ދަރިން އިންނަންބޭނުންވާ މީހުންނާއި ނުދެވުމުގެ ސަބަބުން އެތައް ކުދިންނެއްގެ ދިރިއުޅުން ވިއްސި ވިހާލިވެގެން ދާތަން އެބަ އާދެއެވެ. މައިންބަފައިންނަށް ކުދިންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވުމުގެ ސަބަބުން އެތައް އެތައް ކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެންދާތަން އެބަ އާދެއެވެ. މީ އަޅުގަނޑުމެން ވިސްނާ ފިކުރު ކޮށްލަންވީ ކަންތައްތަކެވެ.

 

Share Article

Follow Me Written By

Krystal

Level 210 Stories100 Login100 Comments

Other Articles

Previous

އަބަދުވެސް މި ހިތުގާ ވެޔޭ (13)

Next

ފުހެވިގެން ނުދާނޭ – 02 –

Next
May 10, 2020

ފުހެވިގެން ނުދާނޭ – 02 –

Previews
May 10, 2020

އަބަދުވެސް މި ހިތުގާ ވެޔޭ (13)

17 Comments!

  1. Esherr says:
    May 10, 2020 at 3:34 am

    Nice♥..vrh iburaihtheri story eh♥♥

  2. eysha says:
    May 10, 2020 at 8:37 am

    Vaahaka fesgigen diya goth vrh reethi ekm
    ithurah reethivees mammayah hageegath egunnama

    1. Sau says:
      May 10, 2020 at 9:03 am

      Yesh Mamma yah engigen nimunu nama varah furihama vees…. Btw It’s nice…. Iburathun furigen vaa story eh…

  3. blue bird says:
    May 10, 2020 at 9:39 am

    Sisy this story is also very nice…..
    Aslu why did u started to write stories????

  4. Inaasha Moosa says:
    May 10, 2020 at 10:27 am

    Yasfa Moosa?

    1. Zaaya says:
      June 1, 2020 at 11:02 pm

      Krystal ab kiyany yasfa tha…

  5. Liyaa says:
    May 10, 2020 at 11:20 am

    Mashaa allah vaahaka v reethi n fahubain iburaethari

  6. Krystal says:
    May 10, 2020 at 11:24 am

    Thought about that… thank you for the feed back eysha… will try to improve… ?

  7. Krystal says:
    May 10, 2020 at 11:26 am

    Thank you sweety…
    Aslu kurin ves varah kuraa hih vaa kameh mee.. but hesitated.. meehunnah reethi nuvedhaane. I feel like my stories wont be interesting.. so didnt write anything till now..
    Still have two stories in my mind. Insha allah abadhuves mi hithuga veye nimunyma start kuraanan dhen in vahaka liyan… ????

  8. Krystal says:
    May 10, 2020 at 11:27 am

    Hehe. Who is that?

  9. Anonymous says:
    May 10, 2020 at 11:33 am

    Ongoing vaahakaetha

  10. Ahuu says:
    May 10, 2020 at 2:50 pm

    Mi Vaahaka mi nimuneetha

  11. Krystal says:
    May 10, 2020 at 3:55 pm

    Sadly yes ahuu…

  12. blue bird says:
    May 10, 2020 at 4:04 pm

    Sisooo….don’t think like that………????if you dream about it you can do it…….. See….. Everyone loves your story…….. Feel positive….
    GWAENCHANASSEYO?????

  13. Krystal says:
    May 10, 2020 at 4:20 pm

    Your comments are really motivating. Insha allah i wont stop writing…

  14. Krystal says:
    May 11, 2020 at 3:14 pm

    Kuru vahaka eh.. e nimuny vahaka..

  15. zzaann says:
    October 12, 2024 at 11:07 pm

    I just can’t believe that even though it’s a story, that’s so disgusting I know all men out there are the same but at worst how could someone do that to his own blood. I donno but it may be the reality in few days

Comments are closed.


All Right Reserved!