ނޭދެމޭ ދުރުވާކަށެއް ލޯބިވާ…2
ލާޝާ އާއި ނިއަލް ކައިވެނި ކުރުމަށް މޭޒު ދޮށުގައި ހުރި ގޮނޑި ތަކުގެ ތެރެއިން އެ ދެމީހުން އިޝީނުމަށް ހަމަ ޖެހިފައިވާ ގޮނޑީގައި އިށީނދެގެން ތިއްބެވެ. މާކަ ގިނަ އިރުތަކެއް ނުވަނީސް ގާޒީ ކައިވެނި ޚުތުބާ ކިޔަން ފެށިއެވެ. ކައިވެނި ޚުތުބާ ކިޔަމުން ދިޔައިރު ލާޝާގެ އިތުރުން ނިއަލް ވެސް އިނީ ކަނުލާ އަޑު އަހާށެވެ. “އަނބި ގަބޫލުކޮށްފިން” ނިއަލްގެ ފިރިހެންވަންތަ އަޑުން ބޭރުވި މި ދެ ބަހުން ލާޝާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނިއަލް ލާޝާގެ އަތުގައި ހިފާލިއެވެ. އަދި ލާޝާ އޭނާ އާއި ދިމާއަށް ބަލާލުމުން އެއް ލޯ މަރާލުމަށްފަހު ލާނެތް ގޮތަކަށް ހިނިތުން ވެލިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލާޝާގެ ކޯތާފަތް މައްޗަށް ޖަންބު ކުލަ ވެރިވިއެވެ. މިތަން ފެނުމުން ނިއަލް ގާތަށް ކުޑަކޮށް ހިނި އަންނަ ގޮތް ވިއެވެ.
ލަސްތަކެއް ނުވެ ޕާޓީ ފެށިގެން ދިޔައެވެ. އެތަން އޮތީ އެއްކޮށް ހަލަބޮލި ވެފައެވެ. ނިއަލް އާއި ލާޝާ އިނީ އެ ދެމީހުން ތިބެން ހަމަޖެހިފައިވާ ތަނުގައެވެ. ނިއަލް އިނީ ލާޝާގެ ރީތިކަމަށް ތަޢުރީފު ކޮށްލަން ކެތް މަދު ވެފައެވެ. ލާޝާގެ ހާލަކީ ވެސް ހަމަ އެއީ އެވެ. އޭނާ ވެސް އިނީ ނިއަލް އާއި ވާހަކަ ދައްކާލުމަށް ކެތްމަދުވެފައެވެ. ނަމަވެސް އެކަންވާ ގޮތެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލާތަނާހެން ކޮންމެވެސް މީހެއްގެ ސަބަބުން އެ ކަމަށް ހުރަސް އެޅެއެވެ. ބައެއް ފަހަރު ރައްޓެހިންގެ ސަބަބުންނެވެ. އަނެއްބައި ފަހަރު އެ ތަނަށް އަންނަ މެހުމާނުންގެ ސަބަބުންނެވެ. އެހެންނޫނީ އާއިލާގެ މީހުންގެ ސަބަބުންނެވެ. އެތަނަށް އަންނަ ކޮންމެ މީހެއްވެސް އެ ދެމީހުންގެ ރީތިކަމާމެދު ތަޢުރީފު ކޮށްލައެވެ. އަދި ހަދިޔާ ވެސް ދެއެވެ. ލާޝާ އާއި ނިއަލް ތިބީ ކިތައްމެހާވެސް ވަރުބަލި ވެފައެވެ. ނަމަވެސް ދެމީހުން ކުރެ އެކެއްގެ މޫނު މައްޗަކުންވެސް އެ ކަމެއް ނުދައްކައެވެ. ސަބަބަކީ މިއަދަކީ އެ ދެމީހުންގެ ޙަޔާތައް އައި އެންމެ އުފާވެރި ދުވަހަށް ވާތީއެވެ.
މިހާރު ޕާޓީ ވަނީ ނިމުމަކަށް އައިސްފައެވެ. އެހެންކަމުން މިހާރު އެތާނގައި ތިބީ އެ ދެމީހުންގެ އާއިލާ މީހުންގެ އިތުރުން ނައިހާ އާއި ނާއިކް އެވެ. ނައިހާ ދިޔައީ ކޯކު ތަށިތައް ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ކޯކު ތައްޓެއް ބަލައެވެ. ކޯކު ތައްޓެއް ހިފައިގެން ލާޝާ އާއި ނިއަލް ތިބި ތަނަށް ދާން މިސްރާބު ޖެހި ނައިހާ މީހެއްގެ ގައިގައި ޖެހި އަތުގައި އިން ކޯކު ތަށި އެމީހާގެ ގަޔަށް ބަންޑުންވިއެވެ. “ވަޓް ދަ..” ނާއިކް އަށް ބުނެވުނީ އެހިސާބަށެވެ. “ސޮރީ” ނައިހާ ބުނެލިއެވެ. ނާއިކް އަށް އެ އަޑު އިވުނީ ރީތި މިއުޒިކެއް ހެންނެވެ. ނާއިކް އަށް ހުރެވުނީ ނައިހާގެ މައުސޫމު، އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ ސިހުނީ އަނެއްކާވެސް ނައިހާ ސޮރީ އޭ ބުނުމުންނެވެ. ނާއިކް އިޓްސް އޯކޭ އޭ ބުނުމަށް ފަހު ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނައިހާ ވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށް ފަހު ދިޔައީ ލާޝާ އާއި ނިއަލް ތިބި ތަނަށެވެ. ނާއިކް ވެސް ނައިހާ ދިޔަ ދިމާއަށް ބަލަން ހުރެފައި މިސްރާބު ޖެހީ ވޮޝް ރޫމް އާއި ދިމާއަށެވެ.
ވޮޝް ރޫމް އިން ނިކުމެގެން އައި ނާއިކް އަށް ނިއަލް ފެނުމުން އަވަހަށް އޭނާ ކައިރިއަށް ދިޔައެވެ. އަދި އަވަސް އަވަހާ ނިއަލް ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ނިއަލް އަށް ވާނުވާ ނޭނގޭ ހާލު ކިހިނެއްވީހޭ އަހާލެވުނެެވެ. ނާއިކް ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ނައިހާ އަކީ ކާކުތޯ ސުވާލު ކޮށްލިއެވެ. “ކިހިނެއްވީ؟އެއީ ލާޝްގެ ބެސްޓީ ނައިހާ.. ކަމުދިޔައީ ދޯ..” ނިއަލް ލާނެތް ގޮތަކަށް އަހާލިއެވެ. “އާނއެކޭ މޭން މަށަށް މި ކަން ކޮށްދީބަ ޕްލީޒް” އާދޭހުގެ ރާގަކަށް ނާއިކް މިހެން ބުނުމުން ނިޔަލް އަށް ހެވުނެވެ. “އަހަރެންނަށް ވުރެން ބޮޑަށް ލާޝާ އަށް ތިކަން ކުރަން ފަސޭހަ ވާނީ” ނިއަލް ބުނެލިއެވެ. “ދެން އެހެންވިއްޔާ ފަހަރި ކައިރީ ބުނެބަލަ އަހަންނަށް މިކަން ކޮށްދޭށޭ” ނާއިކް ސީރިއަސް ކަމާއެކު ބުނެލިއެވެ. “މަށެއް ނުބުނާނަން.. ނާއީ ބުނަން ޖެހޭނީ” ނިއަލް ބުނެލިއެވެ. ނާއިކް އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ނިއަލް ކޮޓަރިއަށް ވަތް އިރު ލާޝާ އުޅެނީ ފާޚާނާގައެވެ. ލާޝާ ނިކުންނަންދެން ނިއަލް ގޮސް އިށީނދެލީ ސޯފާގައެވެ. ގިނައިރު ތަކެއް ނުވެ ލާޝާ ނިކުތެވެ. އޭނާ ލައިގެން ހުރީ ކަކުލާ ހިސާބަށް އަރާ ނައިޓީ އެކެވެ. އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެން ތަކުން އޭނާ އެ ނިކުތީ ފެންވަރައިގެންކަން އެނގެއެވެ. ނިއަލް އަށް ލާޝާ ފެނުމުން ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އަދި ލާޝާގެ ފުރަގަހުން ގޮސް ބައްދާލިއެވެ. ލާޝާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނިއަލް ލާޝާ އޭނާ އާއި ދިމާއަށް އަނބުރާލިއެވެ. އަދި އޭނާ އާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. ލާޝާ ރަކި ގޮތަކަށް ހިނިތުންވެލިއެވެ. އެ ވަގުތު ނިއަލް ލާޝާގެ ނިތުގައި ބޮސްދިނެވެ. އަދި ލާޝާ އެނދުގައި ބޭންދިއެވެ. ދެން އެ ދެމެދުގައި ބަދަލު ކުރެވިގެން ދިޔައީ ލޯބީގެ ވަގުތު ކޮޅެކެވެ.
ލާޝާ އަށް ހޭލެވުނީ ގަޑި އެލާމްވާ އަޑަށެވެ. އޭރު ގަޑިން ހަ ގަޑި ބައި ވަނީއެވެ. ލާޝާ މަޑުމަޑުން ނިއަލްގެ އަތް އޭނާގެ ބަނޑުމަތިން ނަގާފައި ގައިގައި ބެޑުޝީޓު އޮޅާލައިގެން ގޮސް ތިރީގައި ހުރި އެމީހުންގެ އަންނައުނުތައް ހޮވާލުމަށްފަހު ވަނީ ފާޚާނާ އަށެވެ.
ފާޚާނާ އިން ނިކުތުމަށްފަހު ލާޝާ އަވަސްވެގަތީ ސައި ތައްޔާރު ކުރުމަށެވެ. ސައި ތައްޔާރު ކުރުމަށްފަހު ލާޝާ ކޮޓަރި އަށް އައީ ނިއަލް ކޮބާތޯ ބަލާށެވެ. އޭރު ވެސް ނިއަލް ނުތެދުވާކަން އެނގުމުން ލާޝާ އުޅުނީ ނިއަލް އަށް ގޮވާށެވެ. ނަމަވެސް ނިއަލް އެއަށްވުރެ ކުރިން ލާޝާ އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ. ލާޝާ ދިޔައީ ސިއްސައިގެންނެވެ. ނިއަލް ލާޝާގެ މޫނާ ކައިރި ވަމުން ދިޔައެވެ. ނަމަވެސް އެ ވަގުތުކޮޅު މެދު ކަނޑުވާލަން ޖެހުނީ ނިއަލްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ނިއަލް މޫނަށް ގޮތެއް ހަދާލަމުން ފޯނު ނެގިއެވެ. ނިއަލް މޫނަށް ހަދާލި ގޮތުން ލާޝާ އަށް ނުހީއެއް ނީނދެވުނެވެ.
*****************
“އޭ މޭން ކޮބާ މަ ބުނި ކަންތައްވާ ގޮތް ވެއްޖެތަ؟” ނާއިކް އަހާލިއެވެ. “ދެން މިގަޑީގަތަ ނާއީ އަށް ވެސް ގުޅަން އެނގުނީ؟” ނިއަލް ބުނެލިއެވެ. “ދެން އެހަށް އަހަރެން ކުރި ސުވާލަށް ޖަވާބު ދީބަލަ” ނާއިކް ސީރިއަސް ކަމާއެކު ބުނެލިއެވެ. “އޯކޭ.. އަދި އެ ކަމެއް ނުވޭ… ސޯ މިރޭ ހިނގާ ދޯ ޑިނާއަކަށް ދާން…” ނިއަލް ބުނެލިއެވެ. “ކޮން ބައެއް؟” ނާއިކް ކޮށްލީ ސުވާލެކެވެ. “އަހަންނާ، ލާޝް އާއި، ނާއީ އާއި ،ދެން ގެންދާނީ ނައި.. އޯކޭ؟” ނިއަލް ނާއިކް ކުރި ސުވާލަށް ޖަވާބު ދިނެވެ. “ސޯ މިރޭ 9 ގަ” ނާއިކް މިހެން. ބުނުމަށްފަލު ފޯނު ބޭއްވިއެވެ.
***********
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.


Mi Bai vx reethi Masha Allah ❤️ keep it up :?❤️
Thanks dear♥️?
Sis waah waah ??
I love you sis
Vrh salhii Mii part vex❤️✨❤️✨
I Love you too sis♥️
Wooow ❤️❤️❤️❤️❤️❤️❤️
MI part ves vvvvvvvvvvvvvvvvv reethi ??
Nd waiting 4 nxt part ??
Thank u❤️
Vrh vrh reethi story….whn nxt …..curiously waiting???
Thankx❤️
nxt part miadhu up kohdhevey thw balaanan?❤️
Woooow?…… Mi part ves vrh vrh reethi??
Thankxxxx❤️??
Reethi
Thank yuuu❤️
V reethi… Waiting fr nxt… Ly
Thanks☺️
Lym❤️
Sis
Hi…. writter….. kihineyta mi story ge 1st prt hoadany…. realy im tired… pls help me…
Mi part ves varah salhi ☺️☺️☺️ when next ?
Be safe
Take care
Ly?❤️??
Thankyu aish♥️?
Lym❤️
Tc?
OMG.. vrh vrh reethi story eh kamah umeedhu kuran and when nxt part wll be uploaded
Insha allah vrh avahah kohdheynan?
Masha allah reethi mi part vx❤❤❤❤❤????????????
Waiting for the next part
Thankkk yuuu sooo muchhh❤️❤️❤️???