Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

ހަޔާތުން ޞަފްހާއެއް

MariyamSaula Level 1
May 17, 2020 2 Mins Read
45 Comments

ރަނގަޅަށް ސައިބޯލައިގެން ހަވީރުގެ ހިތްގައިމު މަންޒަރު ދެކިލުމަށް ޓަކައި ނުކުތީ އަތިރިމައްޗަށެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ކުދިވެރިން ދުވެ ފުމެމުންދާ މަންޒަރެވެ. ޒުވާން އުމުރުފުރައިގެ ކުދިން ޖޯޑްޖޯޑަށް އެތުރިފައިވާ ތަނެވެ. އެހެނަސް މިއުފާވެރި މާހައުލުން ވެސް އަހަރެންގެ ހިތަކަށް އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ވާނީވެސް އެހެންނެވެ. މިރެއަކީ އަހަރެންގެ އުފާތައް ކަފުން ކޮށް ވަޅުލާ ރެއެވެ. މިކަހަލަ ވިސްނުމެއްގެ ތެރެއިން އަހަރެންގެ މާޒީއަށް ފީނާލެވުނެވެ.

އަހަރެންނަކީ ޒުވާން އުމުރުގެ އެެހެން ކުދިން ފަދައިން އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުން ދިޔަ ކުއްޖެކެވެ. މައިންބަފައިންގެ ލޯބި ލިބިގެން ބޮޑު ވެފައިވާ ކުއްޖެކެވެ. އެތަކެއް ރައްޓެހިން ތަކެއް ގެންގުޅެމުން އައި ކުއްޖެކެވެ.

ދުވަސްތައް ހަލުވިކަމާއެކު ދައުރުވަމުން ގޮސް އަހަރެންގެ އުމުރުން 17 އަހަރުގައި އަހަރެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީމެވެ. ވަރަށް ދީންވެރި އަޚްލާޤް ރަނގަޅު އެހާމެ ރީތި ކުއްޖެކެވެ. މައިންބަފައިން ދެކެ ނުލާހިކު ލޯބިވާ އަޅާލާ އޯގާތެރި ކުއްޖެކެވެ. އެހެނަސް އޭނާއަކީ ވަރަށް ފަޤީރު ބައްޕަ މަރުވެފައިވާ ޔަތީމު ކުއްޖެކެވެ. މިހުރިހާ ކަމެއް އެނގިހުރެމެ އަހަރެން ދާއިން އާއި ލޯބީގެ ގޮތުން ގުޅުނީ އޭނަދެކެ ވާ  މަތިވެރިވެގެންވާ ލޯތްބަކުން ނެވެ. ލޯބީގެ ގޮތުން ގުޅުތާ 2 އަހަރު ފަހުން އައި އަހަރެންގެ 19 ވަނަ އުފަންދުވަހުގައި އަހަރެންގެ މައިންބަފައިންގެ ގާތުގައި އަހަރުމެންގެ ގުޅުމުގެ ވާހަކަ ހިއްސާ ކުރީމެވެ. އެހެންނަމަވެސް މައިންބަފައިން އެކަމަށް ފާޅުގައި އިންކާރުކުރަމުން ގެންދިޔައެވެ.

މައިންބަފައިންގެ ނުރުހުމުގައި އަހަރުމެން ކުރިން ވެސް އުޅުނުހެން ސިއްރުން ދެ ލޯބިވެރިންގެ ގޮތުގައި އުޅެމުން ދިޔައީމެވެ. ބައްދަލު ކޮށް ހެދީމެވެ. ލޯބީގެ އަހުދު ތަކާއި ވައުދުތައް ކުރަމުން ދިޔައީމެވެ. އެތަކެއް ދުވަހު ކަރުނަ އަޅާ ރުއީމެވެ. ދާއިން ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުންނެވެ. އެހެނަސް އަހަރުމެންނަކަށް ތަޤްދީރު ބަދަލެއް ނުކުރެވޭނެ ތާއެވެ.

ގަޑީގެ ކަށި ހިނގަމުން ދުވަސްތައް ވޭތުވަމުން ގޮސް އެއްދުވަހަކު އަހަރެންގެ މަންމަ ބުންޏެވެ. ” މަންހާއެވެ. ކަލެއަށް ތިޔަ ކަންތައް ގަނޑަކުން މިންޖު ނުވެވުނު ތާއެވެ. ތިކަމުން ކަލޭ މިންޖު ކޮށްލާނަމެވެ.” މިހެން ބުނުމަށް ފަހު މަންމަ ދިޔައީ އަހަރެން ނުތަނަވަސް ކޮށްލުމަށް ފަހު އެވެ. ހަމަ އެވަގުތު ބައްޕަ އަހަރެންނަށް ދިން ހަބަރަކުން އަހަރެންގެ ހިތް ފޮތިފޮތި ވެގެން ދިޔައެވެ. އޭގެ ދެތިން ދުވަސް ފަހުން އަހަރެންނަށް ބޭރަށް ނުކުތީ ހިތްހަމަ ޖައްސާ ލުމަށް ޓަކައެވެ. އެހެންނަމަވެސް ބޭރަށް ނުކުތް އިރު ފެނުނު މަންޒަރަކުން އަހަރެން ހޭނެތިގެން ވެއްޓުނެވެ. ލޯބިވާ މީހަކު މަރުވެގެންދާ ތަން ބަލަން ކެތް ވާނީ ފަހެ ކާކަށް ހެއްޔެވެ؟

ދާއިން ވަކިވެ ދިޔަ ކަމުގައި ވިޔަސް އަހަރެން ދާއިން ދެކެ ވީ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތާއަބަދުމެ އޭނާގެ ހަނދާނުގައި އެކަނި ވެސް ވާ ވަގުތު ތަކުގައި މުޅި ދުނިޔެއަށް ސިއްރުން ހިތާމަ ކުރަމެވެ. ރޮވެއެވެ. ހަމަ އެހެންމެ ދާއިން އަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާތޯ އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

ދާއިން ވަކިވެ ދިޔަތާ ދުވަސްތަކެއް ނުވަނީސް އަހަރެންގެ މައިންބަފައިން އަހަރެންގެ ކައިވެނި އެހެންމީހަކާ ކުރުމަށް ހަމަޖެއްސިއެވެ. އަހަރެންގެ ނުރުހުމުގައެވެ. އެމީހަކީ ކިހިނެއް ހުރި ކާކު ކަމެއް ނޭނގޭތީ އެވެ. ހަމައެހެންމެ ދާއިން ގެ ލޯބި ހިތުން ފުހެލަން ބޭނުން ނުވާތީއެވެ.

މިރެއަކީ އަހަރެން އެމީހާއާއި ކައިވެނި ކުރަން ހަމަޖެހިފައިވާ ރެއެވެ. އަހަރެންގެ ހުރިހާ އުފާތައް ކަފުން ކޮށް ވަޅުލާ ރެއެވެ. މިކަހަލަ ޚިޔާލުތަކުގައި ހުރެ މާޒީގެ ފުން ކަނޑުން ނުކުމެވުނީ އަމާނީގެ އަޑު އިވުމުންނެވެ. އަހަރެންގެ ހުރިހާ ސިއްރުތަކާއި އަހަރެން ކުރާ ހުރިހާ ހިތާމަތަކެއް އެންމެ ގާތުން ބަލާ އަހަރެންނަށް އަޅާލާ ހަމައެކަނި ފަރާތުގެ އޯގާތެރި ބަސްތައް އަޑު އިވުމުން އެތަކެއް އިރު ވަންދެން ހިފަހައްޓާލައިގެން ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބަން ފެށިއެވެ.

⁦♥️⁩ ނިމުނީ⁦ ♥️⁩

 

 

Share Article

Follow Me Written By

MariyamSaula

Level 1

I'm a 15 years old girl who loves to read dhivehi stories since childhood... And wanted to write stories.... U may find some mistakes in my stories...if then comment below... So that I can correct them in next ...

Other Articles

Previous

އިންތިޒާރު 6

Next

ހުދާއްކޮ(ތިންވަނަ ބައި)

Next
May 17, 2020

ހުދާއްކޮ(ތިންވަނަ ބައި)

Previews
May 17, 2020

އިންތިޒާރު 6

45 Comments!

  1. euemme says:
    May 18, 2020 at 12:47 am

    I am a 15 years girl too and i have always wanted to write stories too
    Just wanted to tell you that you have inspired me to go forward with my dreams

    I think if the story was a bit detailed like how dhaain died and who amaany actually was to the person who told the story, the story could have been a bit better ( just a suggestion)

    Overall the story was pretty ❤️❤️❤️

    1. MariyamSaula says:
      May 19, 2020 at 1:36 am

      Thank you so much euemme ♥️

  2. MariyamSaula says:
    May 18, 2020 at 4:13 am

    Salaam… Again here is a new short story written by me… This is the second story which I uploaded to this website… Hope u will all like this story toooo♥️ If any mistakes let me know ?♥️
    #staysafe #stayhome

  3. Anonymous says:
    May 18, 2020 at 4:25 am

    Not bad …keep it up ❤

    1. MariyamSaula says:
      May 18, 2020 at 5:35 am

      Thanks Anonymous ♥️

  4. Anonymous says:
    May 18, 2020 at 5:38 am

    Ur most wc ♥?

  5. Some 1 says:
    May 18, 2020 at 5:42 am

    ❤❤

    1. MariyamSaula says:
      May 18, 2020 at 6:21 am

      ♥️♥️♥️

  6. Park Jimin says:
    May 18, 2020 at 10:50 am

    Vaahaka Varah reethi…. Keep it up… Kurin U liyunu stry ah kiyanee Kon nameh tha….. I thought this stry was the first stry written by U…. U ge new stry akah mihaaru mi inthixaaru kuranee…. Varah Avahah kiyaalan lebeyne kamah ummiidhukuran….. Luv you my dear ???

    1. MariyamSaula says:
      May 19, 2020 at 1:12 am

      Love you more Park Jimin ♥️? Thank you ♥️

  7. eekko❤ says:
    May 18, 2020 at 11:17 am

    stry vrh vrh reethi ingeyyy❤❤❤❤..Love it❤❤❤

    1. MariyamSaula says:
      May 19, 2020 at 1:23 am

      Thank you eekko?♥️

  8. Anonymous says:
    May 18, 2020 at 11:56 am

    Varah reethi ❤️❤️❤️ waiting for another story…

    1. MariyamSaula says:
      May 19, 2020 at 1:22 am

      Thank you so much ❤️ sooon will upload a new one ♥️ wait for it ?

  9. Alfiya says:
    May 18, 2020 at 1:32 pm

    wow. a nice intro

    1. MariyamSaula says:
      May 18, 2020 at 4:19 pm

      Thankooo Alfy ♥️

  10. Samko says:
    May 18, 2020 at 2:01 pm

    V reethi. V kiyaalan hihvii. Keep it up. ❤️?

    1. MariyamSaula says:
      May 18, 2020 at 4:20 pm

      Thanks Samko ♥️

  11. Aisha says:
    May 18, 2020 at 2:33 pm

    V reethi…. ehkamu vaahaka ehaa kiyaa hithun indhaa nimijjeh❤️? Keep it on

    1. MariyamSaula says:
      May 19, 2020 at 1:24 am

      Thank you Aisha ♥️?

  12. Mimmi says:
    May 18, 2020 at 2:39 pm

    v reethi ❤️ masha allah ❤️❣️ keep it up ❣️❣️

    1. MariyamSaula says:
      May 18, 2020 at 4:21 pm

      Thankiu Mimmiiii♥️

  13. Yan♥️ says:
    May 18, 2020 at 3:14 pm

    Sau wow story is brilliant Masha Allah

    1. MariyamSaula says:
      May 18, 2020 at 4:23 pm

      Thank you Yan ♥️ So happy to see ur comment♥️ glad that you’ve read it♥️♥️

  14. Yazaan says:
    May 18, 2020 at 3:44 pm

    V salhi vaahaka ❤️

    1. MariyamSaula says:
      May 19, 2020 at 12:46 am

      Thanks yax♥️

  15. Kylie says:
    May 18, 2020 at 7:21 pm

    This story is amazing… ??????

    1. MariyamSaula says:
      May 18, 2020 at 8:34 pm

      Thank you Kylie ❤️❤️

  16. Neekko says:
    May 18, 2020 at 8:32 pm

    Wow very nice this part ?

    1. MariyamSaula says:
      May 18, 2020 at 8:35 pm

      Thank you Neekko ❤️

  17. Shai Dhonthy says:
    May 18, 2020 at 9:58 pm

    Miwaahaka warah loabi ige sau ♥️ maasha Allah you’re so talented ♥️?

    1. MariyamSaula says:
      May 19, 2020 at 1:25 am

      Thank you Shai dhonthi ♥️

  18. Anonymous says:
    May 18, 2020 at 11:03 pm

    Dhigukoh liyunu nama ithurah furihama vys..v reethi

    1. MariyamSaula says:
      May 18, 2020 at 11:39 pm

      Thanks Anonymous ♥️ next time dhigu koh liyevey thoa try kuraanan ? Insha Allah

  19. Moomina Ibrahim says:
    May 19, 2020 at 12:09 am

    Sau wow varan salhi I bless u my bestie sau

    1. MariyamSaula says:
      May 19, 2020 at 8:33 pm

      Thanks Iman ♥️ iloveyoumore ♥️

  20. ♡ESH♡ says:
    May 19, 2020 at 12:35 am

    Nice…?

    1. MariyamSaula says:
      May 19, 2020 at 1:30 am

      thank you love ❤️ love you more more iman ☺️❤️

    2. MariyamSaula says:
      May 19, 2020 at 1:31 am

      thank you esh ❤️

  21. Anonymous says:
    May 19, 2020 at 1:42 am

    Vara reethi

    1. MariyamSaula says:
      May 21, 2020 at 11:47 am

      Thank you Anonymous ♥️

  22. Nooon boon says:
    May 19, 2020 at 5:08 am

    Feshun vrh Salhi.. dhaain ge Maru vi kihineii kamehh bunedhevun nama vrh furihama.. overall kohh vaahaka Salhi.. keep try ????

    1. MariyamSaula says:
      May 21, 2020 at 11:51 am

      Thank you Nooon boon ♥️

  23. No one says:
    May 19, 2020 at 7:11 am

    Nice!!!

    1. MariyamSaula says:
      May 19, 2020 at 12:55 pm

      Thanks No one ❤️

Comments are closed.



All Right Reserved!