ވަނަވަނަ – ޕާޓް 03
ވަނަވަނަ ޗާޓުގެ އިތުރު ބަޔަކަށް ހުރިހާ ކިޔުންތެރިންނަށްވެސް މަރުހަބާ ކިޔަމެވެ. މިއީ އަޅުގަނޑު “އަޞްފާލިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތައް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކުރަމުން ގެންދާ ސީރީޒެކެވެ.
މިފަހަރުގެ ވަނަވަނަ ރިޕޯޓުގައި ހިމަނާލާފައިވާނީ 26 ނޮވެމްބަރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް އެސްފިޔަ.ކޮމް އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކުގެ ތެރެއިން ހޮވާލެވިގެން މުޅި ޖުމްލަ 14 ވާހަކައެވެ. ކަނޑައެޅީފައިވާ މުއްދަތުގެ ތެރޭގައި އަޕްލޯޑު ކުރެވިފައިވާ ވާހަކައެއް ކަމުގައިވިއަސް މަދުވެގެން 500 ވިއުސް ލިބިފައިނުވާނަމަ ވަނަވަނަ ޗާޓަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ.
ވަނަވަނަ ހޮވިފައިމިވަނީ ނޮމިނޭޓް ވެފައިވާ ވާހަކަތަކަށް 05 ޑިސެމްބަރުގެ ނިޔަލަށް ލިބިފައިވާ ވިއުސް، ލައިކްސް އަދި ކޮމެންޓުން ޕަސެންޓޭޖް ނަގައިގެންނެވެ.
މިހާހިސާބުން މިފަހަރުގެ ގަދަ ފަހެއް ބަލާލަމާ ހިންގަވާށެވެ.
05ވަނަ: ލޯބިވަން ޔާރާއޭ 14
މިވާހަކަ އަކީ ލޯބި، ހިތާމަ އަދި އެތައްގިނަ ރަހަތަކެއް އެކުލަވާލެވިގެން –އިފޫ- އަޕްލޯޑު ކުރައްވަމުން ގެންދަވާ ކާމިޔާބު ވާހަކަ ސީރީޒެކެވެ. މިހާތަނަށް މިވާހަކައަށް ވަނީ 89 ލައިކްސް އަދި 24 ކޮމެންޓްސް ވެސް ލިބިފައެވެ. %78.51 މާރކްސް އާއިއެކު ޗާޓުގެ 5 ވަނައިން މިވާހަކައަށް ޖާގަ ލިބުނެއްކަމަކު މިވާހަކަ ވަނީ 2190 ވިއުސް އާއިއެކު މުޅި ޗާޓުންވެސް ދެވަނަޔަށް އެންމެ ގިނަ ވިއުސް ހޯދި ވާހައިގެ ލަގަބު ހޯދާފައެވެ.
04ވަނަ: ހާސިލް ވުމަށް އެދި 24
މިވާހަކައަކީވެސް ލޯބީގެ އިތުރުން ހިތާމަ އަދިވެސް އެހެނިހެން އަސަރުތައް ހިމަނައިގެން ލިޔެވި –ނަފޫ- އަޕްލޯޑު ކުރައްވަމުން ގެންދަވާ ރީތި ވާހަކައެކެވެ. މިފަހަރުގެ ޗާޓުގެ 04 ވަނައިގައި މިވާހަކަ މިއޮތީ %81.44 މާރކްސް އާއިއެކުގައެވެ. މިހާތަނަށް މިވާހަކައަށް ވަނީ 1637 ވިއުސް ލިބިފައެވެ. އަދި 92 ލައިކްސްގެ އިތުރުން 29 ކޮމެންޓްސްވެސް މިވާހަކައަށް ލިބިފައިވެއެވެ.
03ވަނަ: ކަލާޔާ ނުލާ 19
-އެޝްލީ- އަޕްލޯޑު ކުރައްވަމުން ގެންދަވާ މިވާހަކައަކީ ވަރަށްވެސް ލޯބީގެ ސިލްސިލާ ވާހަކައެވެ. ނަވީން ޒޯޔާއަށް ލޯބި ހުށައަޅާ ހިސާބުން މިބައި ނިމިގެން ދިޔައިރު ގިނަ ބަޔަކު ތިބީ ދެންއޮތްބައި ކިޔާލުމަށް ކެތް މަދުވެފައެވެ. އެކަން މިވާހަކައަށް ލިބިފައިވާ 19 ކޮމެންޓް ކިޔާލުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
%81.53 މާރކްސްއާއި އެކު މިއަދުގެ ޗާޓުގެ ތިންވަނައިން މިވާހަކަ ޖާގަ ހޯދާފައި މިވަނީ 96 ލައިކްސްއާއި 1755 ވިއުސްއާއި އެކުގައެވެ.
02ވަނަ: ރާސްތާ2 ނަވާރަވަނަ ބައި
މިވާހަކައަކީ –ކިޔާރާ- އަޕްލޯޑު ކުރައްވަމުން ގެންދަވާ ލޯބީގެ ކާމިޔާބު ވާހަކައެކެވެ. ޗާޓުގެ ދެވަނައިން ޖާގަ ލިބިފައިވީނަމަވެސް 108 ލައިކްސް އާއިއެކު މުޅި ޗާޓުންވެސް އެންމެ ގިނަ ލައިކް ހޯދި ވާހަކައިގެ ލަގަބު މިވާހަކައަށް ލިބެއެވެ. 1798 ވިއުސް އާއި 17 ކޮމެންޓާއެކު މިވާހަކައަށް މުޅި ޖުމްލަ %92.27 މާރކްސް ލިބިފައިވެއެވެ.
01ވަނަ: ވަޢުދު (ބައްތިރީސްވަނަ ބައި)
ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ޗާޓުގެ އެއްވަނަ ހޯދާފައިމިވަނީ މިރީތީ ވާހަކައެވެ. 104 ލައިކްސްއާއި އެކު އެންމެ ގިނަ ލައިކްސްއިން ދެވަނަ މިވާހަކަ ހާސިލް ކުރިއެއްކަމަކު، 3706 ވިއުސް އަދި 30 ކޮމެންޓާއެކު މިވާހަކަ މިވަނީ އެންމެ ގިނަ ވިއުސް އަދި ކޮމެންޓްސްވެސް ހޯދި ވާހަކައިގެ ޝަރަފުވެރި ލަގަބު ހޯދާފައެވެ. މިއީ %93.99 މާރކްސްއާއި އެކުގައެވެ.
ވަނަވަނަ ހޯދި ވާހަކަތަކަށް ވަރަށް ބޮޑަށް މަރުހަބާ
(ވަނަވަނަ ޗާޓު ގެނެސްދޭ ގޮތާއިމެދު ކިޔުންތެރިންގެ ހިޔާލެއް އަޅުގަނޑަށް ދެއްވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ކޮމެންޓް ގޮޅީގައި ހިޔާލު ހުށައަޅާ ދެއްވާށެވެ.)
-ޝުކުރިއްޔާ-
3 Comments!
Comments are closed.

Alhugadhu ge vaahaka ah vaahaka kiyun therin thidhey tharuheebah varah bodah shukuru Veri van .. ??????
Episodes thah genesdhinmuge badhaluga overall koh vaahakaige ratings thah genesdheyn feney.. and konme maheh ninmaalaafa e mahehga nimey vaahaka thakun gadha 5 hovan feney vaahaka thah overall koh views and comments balaafa.. ebahuri oct and nov ga ves nimifa huri varah gina vaahaka.. adhi liyuntherikamuge hunarah alialhuvaalan feney… vaahakaige reyvun.. husaelhun adhi sifa kurun. Mi baithah.. ummeedhu kuran mi badhal thah fenigen dhaane kamah.. thikuraa masahkathah ahsari bahaa saabas.. adhi vana thakah thiya liyuntherinah maruhabaa
masahkaih kuraaanan thibaives ekulavaaleveytho