Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 16

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 21, 2023 3 Mins Read
6 Comments

ކޮންމެ ދުވަހަކު މަންމައާ އަހަރެން ފުރަތަމަ ބައްދަލުވާ ތަނަކީ ކާގެއެވެ. އަވަސްވެފައިވާ ހިތަކާއެކު ޖެހިލުންވެހުރެ އަހަރެން ކާގެއަށް ބަލައިލީމެވެ. މަންމައެއް ނެތެވެ. އެހެން ނޫނީ އާދައިގެ މަތިން މަންމަ އަހަންނަށް ތައްޔާރު ކޮށްފައިހުންނަ ސައިތަށިވެސް މިއަދު އަހަރެންގެ އިންތިޒާރަކު ނެތެވެ. އަހަރެން ވަރަށް ދެރަވިއެވެ. މަންމަގެ ސަމާލުކަން މިއަދު އަހަންނަށް ނުލިބުނީތީއެވެ.

މަޑުމަޑުން ގޮސް މަންމަގެ ކޮޓަރި ކައިރީ އަހަރެން ހުއްޓިލީމެވެ. ތަލި ޖަހާލަން އަތް ނަގާލުމަށްފަހު ހަމަ އެ ސިކުންތުގައި އަހަރެން އަތް ތިރިކޮށްލީމެވެ. މަންމަމެން އަހަންނާ ކުރިމަތި ލާނީ ކޮން މޫނަކައިގެން ބާއޭ އަހަރެން ހިތަށް އެރީމައެވެ. ދެން ނޫނީ އަހަރެންވެސް ދައްކާނީ ވަކި ކޮން ވާހަކައެއް ބާއޭ ހިތަށްއަރާތީ ހިނގައިގަތީ ސްކޫލަށް ދިޔުމަށެވެ.

ކްލާހަށް ވައިންއިރު އަހަރެން ނޫން ހުރިހާ ކުދިން ހަމައަށް ތިއްބެވެ. އަހަންނަށް ހަމަޖެހިފައިވާ ގޮނޑީގައި އަހަރެން އިށީންނަން ދިޔައިރުވެސް ހަށިގަނޑުގައި ވަރުނެތް މީހެކޭ އެއްފަދައެވެ. އެހެން ނޫނީ ކްލާސް ކުދިންނަށް ހިނިތުންވުމެއް ދެމުން ކްލާހަށް ވަންނަ އަހަރެން، މިއަދު އެހެން ކުދިންނާ ދިމާލަށް ބަލައިވެސް ނުލަމެވެ. އަހަންނަށް ގޮވާލި އެއްވެސް ކުއްޖަކަށް އަހަރެން ރައްދެއް ނުދިނީ އެކުދިންގެ އަޑު ނީވޭތީއެއް ނޫނެވެ. އަހަރެންގެ އާންމު ހާލަތު މިއަދު ބަދަލުވެފައި ވާލެއް ބޮޑުކަމުންނެވެ.

ކައިރީގައި ތިބި ކުދިން އަހަންނާ ވާހަކަ ދައްކަން ފެށީ އަހަރެންގެ ފަރާތުން ވީގޮތް އޮޅުންފިލުވުމިގެ މަގްސަދުގައެވެ. އެކުދިންގެ ވާހަކަތައް އަޑު ނީވޭކަމަށް ހަދާލައިން އަހަރެން ފަހަރަކު ފޮތެއް ނަގަމުން ދިޔައީ ވަގުތު އިސްރާފު ކުރުމުގެ ގޮތުންނެވެ. އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން އެކުދިން އަހަންނާ ދުރަށް ދިޔައެވެ. އެވަގުތު ނަތޫ އަހަރެން ކައިރިއަށް އައިސް އިށީނެވެ. އެހެން ކުދިންފަދައިން އަހަންނާ ވާހަކަ ދައްކާލުމުގެ މަގްސަދުގައެވެ.

“ޒީން.. ކީއްވެފަ މިއަދު ތިހުރީ؟ އޭތް.. އަހަރެން ގޮނޑިއަށް ދަނީ ޓީޗަރ އެހެރަ ދުރުވީ..” ނަތޫ ސުވާލު ކޮށްލި ވަގުތު އިއްތިފާގުން ދިމާވީ ޓީޗަރ ކްލާހަށް ވަތްވަގުތާއެވެ. އެހެންކަމުން އެއީ އަހަރެންގެ ނަސީބު ކަމުގައި އަހަރެން ދުށީމެވެ.

ޒީނިޔާ ކޮޓަރިން ނުކުމެ ޒީންގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ކޮޓަރި ހުޅުވާލުމާއެކު އެތެރެއަށް ބަލާލިއެވެ. މޭޒުމަތީގައި ޒީންގެ ދަބަސް ނެތުމުން ސްކޫލަށް ދިޔައީކަން ޔަގީންކޮށް ޒީނިޔާ ކާގެއަށް ހިނގައިގަތެވެ.

“ޒީނިޔާ.. ދެން އެހާވަރަށް ރޭގެ ކަންތަކާ ނުވިސްނާ.. އަހަންނަށް ހީވަނީ ޒީނިޔާ ބުނާގޮތް ޒީން ހަދާނެހެން.” ކާގެ މޭޒުގައި ހުރި ތައްޓަކަށް ފެންފޮދެން އަޅަމުން ފަރީދު ބުނެލިއެވެ.

“އަހަރެން ދެން މިވަގުތަށް ބުނަން ބޭނުންވާ ވަރަށްވުރެ އިތުރަށް މިހާރު މިބުނީވެސް. ދެން ޒީން ހަމަޖެހިލަންދެން ބަހައްޓާނީ.” ޒީނިޔާ ގޮތެއް ނިންމިއެވެ.

“އެމަންޖެ މިއަދު ސައިވެސް ނުބޮއެތަ އެ ދިޔައީ.؟ އަންނަ އިރު ހުންނާނީ ވަރަށް ބަނޑުހައިވެފަ. ރަނގަޅު އެއްޗެއް ކާން ހަދައްޗެ.” ފަރީދު ސައިބޯން އިށީނެވެ.

“ޒީން! ހުރިހާ ކުދިން ވާހަކަ ދައްކާއިރުވެސް ކީއްވެތަ އެއްޗެއް ނުބުނެ ތިއިންނަނީ؟ ޒީންއަށް އަސްލު ކިހިނެއް ވެގެންތަ ތިއުޅެނީ؟ ދެންމެ ކްލާސް ގަޑީގަވެސް ޓީޗަރ ސުވާލު ކުރީމަ ޖަވާބުވެސް ނުދީ ތިއިނީ … ޓީޗަރއާ އަހަރުމެން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެވޭ ވަރުގެ ކޮންކަމެއްތަ ދިމާވީ؟ ޕްލީސް… މިވަރަށް ވާހަކަ ދައްކާއިރު ބުނެބަލަ ކޮންމެސް އެއްޗެއް.. ތިއިންނަނީ ހަމަ އަހަންނާ ދިމާލަށް ބަލާވެސް ނުލާން.” އިޝާލް ކަންބޮޑުވެފައި އިނދެ އާދޭސްކުރުމުގެ ގޮތުން ޒީންގެ އަތުގައި ހިފާލިއެވެ.

“އިޝާލް!… މީ ކްލާސްތެރެއޭ.. ލަދެއް ނުގަނޭތަ؟ އަހަންނަށް ރަނގަޅީ އިޝާލްދެން އަހަންނާ ކައިރި ނުވިއްޔާ.. އިޝާލްއަށްވެސް އަހަންނަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް. މިތަނުން ދުރައްދޭ.” އަހަރެން ވާހަކަދެއްކީ ހިތްހަނަނުޖެހިހުރެ ވަރަށް ބާރަށެވެ. އެހެން ކުދިންގެ ސަމާލުކަން އެވަގުތު ހުއްޓުނީ އަހަރެންގެ ބާރުއަޑު އިވުމުންނެވެ. ވަގުތުން އިޝާލް އަހަންނާ ދުރަށް ހިނގައިގަތީ ގަތްލަދުންނާއި ވީދެރައިން ކަންނޭނގެއެވެ.

ޖަޒްބާތުގައި ޖެހިފައޖވާ އަހަރެންގެ އިހްސާސްތައް އެންމެ ފަހުން ކޮޅުންލީއެވެ. އިޝާލްއާ ދިމާލަށް ހުރިހާ ކުދިން ކުރިމަތީ އިހްތިރާމް ކުޑަކުރެވުނީއެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެއީ އަހަރެންގެ ދުލުން އިޝާލްގެ ކަންފަތަށް ދުވަހަކުވެސް އަޑު އިއްވަން ބޭނުންވާ ޖުމްލަތަކެއްވެސް ނޫނެވެ. އެކަމަކު މިއަދު އަހަންނަށް މަޖުބޫރެވެ. ލޯތްބާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. ހިތް އެދޭ ގޮތާއި ދެކޮޅަށް ކުރިޔަށް ދިއުމަށެވެ.

“އޭތް… ބަލަބަލަ.. ޒީން… އިޝާލްއާ ދިމާލަށް ކިހިނެއް ވާހަކަތިދައްކަނީ؟ ވީކަމެއްވެސް ބުނީމަދޯ އެނގޭނީ. ހަމަ ބޭނުންވީމަ ބާރުބާރަށް ތިއެއްޗެސް ކިޔާލަނީ… ބަލަ އިޝާލް ކިހާ ރީތިކޮށް ޒީންއާ ވާހަކަދައްކަން މިތާ ދެންމެ އިނީ.” ނަތޫ ހަރުކަށިކޮށް ދެތިން ޖުމްލަ ބުނެލުމަށްފަހު އަހަންނާ ދުރަށް ހިނގައިގަތެވެ. ވަގުތުން އަހަރެން ނަތޫގެ އަތުގައި ހިފެއްޓީމެވެ. މަޑުކޮށްބަލާށޭ ބުނާފަދަ އިޝާރާތަކުންނެވެ.

“ނަތޫ.. ސޮރީ.. އަހަންނަށް ހަމަޖެހިލަން ވަގުތުކޮޅެއް ބޭނުން. އަހަރެން ހުރި ހާލަތުގަ ނަތޫ ހުރިނަމަވެސް ވާނީ މީހެންކަންނޭނގެ. އަހަރެން ފަހުން ނަތޫއާ ވާހަކަ ދައްކާނަން. މިހާރު އެހެރަ ޓީޗަރ ކްލާހަށް ވަންނަނީ. ދެންދޭ ގޮނޑިއަށް.” އަހަރެންގެ ވާހަކަތައް ނިމުމުން ނަތޫ ކުއްލިއަކަށް އަހަރެން ހިފަހައްޓާފައިވާ އޭނާގެ އަތްފޮޅުވާލީ ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ.

“އިޝާލްއާ ދިމާލަށް ކިޔާނެ އެއްޗެއް ކިޔާފަ އަދިވެސް މައާފަށް އެދެންވީ އަހަރެން ކައިރިންތަ؟” ހިތްހަމަ ނުޖެހުމުގެ މޫނަކާއެކު ނަތޫ ހިނގައިގަތީ ގޮނޑީގައި އިށީނުމަށެވެ.

ދެދުވަސް ފާއިތުވެ ދިޔައިރުވެސް އިޝާލްއަށް އަހަރެން ފެންނަ ކަމަކަށް ނުހެދިއެވެ. އަހަންނާ ވާހަކަ ދައްކާލާ ހާލު ބަލާލަންވެސް އިޝާލް ބޭނުންނުވާ ކަހަލައެވެ. އަހަންނަށް އެކަން އިހްސާސްވަމުން ދިޔަވަރަކަށް އަހަރެންގެ ހިޔާލުތައް ގިނަވާން ފެށިއެވެ. އަހަރެންގެ ކުރިމަތީގައި އަހަންނަށް އަޅާނުލާ އިޝާލް އުޅޭތަން ފެނުމުން އަހަރެންގެ ހިތުގައިޖެހުނެވެ. އަހަރެން ގޮތްދޫކުރަން ބޭނުމެވެ. އެކަމަކު އަހަރެން މިގުޅުން ދަމަހައްޓާނީ ކިހިނެއްހެއްޔެވެ؟

އެދެދުވަސްތެރޭގައި ނަތޫވެސް އަހަރެންކައިރި ކޮންމެހެން ބުނަން ބޭނުން ވާހަކައެއް ނޫނީ ނުބުނެއެވެ. އަހަރެން ކޮންމެ ދުވަހަކު އެކަމާ ރޮމެވެ. އަހަރެންގެ ސަބަބުން އިޝާލް ގެއްލުނީތީއެވެ. އެންމެ އެކުވެރި ނަތޫއާ އޮތް ގުޅުން ހީނަރުވީތީއެވެ. ބައްޕައާއި މަންމަގެ ކަންކަންވެސް ހަމަ އެފަދައެވެ. ކޮންމެހެން ބުނަން ބޭނުންވާ އެއްޗެއް ނޫނީ ނުބުނެއެވެ. އަބަދުވެސް ހަމަހިމޭން ގޭތެރޭގައި މިހާރު ވަނީ ފަޅުކަމެވެ. އަހަންނާ އަހަރެންގެ އެކަނިވެރިކަމެވެ.

މިއަދަކީ އިޝާލްގެ އުފަންދުވަހެވެ. ކްލާހަށް ވަންނަމުން އައިކުދިން އިޝާލްއާ ސަލާމްކޮށް ތަހުނިޔާ ކިޔަމުންދިޔައެވެ. ބައެއް ކުދިން ސަލާމް ކުރަމުންދިޔައިރު އިޝާލްއަށް އެކިވަރުގެ އުނދަގޫތައް ކުރަމުން ދިޔައީ މަޖާކުރުމުގެ ގޮތުންނެވެ. އަނެއްބައި ކުދިން ތަހުނިޔާ ކިޔުމުގެ ގޮތުން ކާރޑް ހަދާފައިދިނެވެ. އެހުރިހާ މަންޒަރެއް އަހަރެން ދުށީމެވެ. އެއިން އެއްވެސް ކަމެއްގައި ބައިވެރިނުވެ އެކަހެރިވެގެން އިން މީހަކީ ހަމައެކަނި އަހަރެންނެވެ. އަހަރެންގެ ހިތުގެ އެދުންތައް ގުރްބާން ކުރަމުންނެވެ.

އަހަރެންގެ މަޑުމައިތިރި މިޒާޖު ބަލަން އިޝާލްއަށް މިއަދު ކެތްނުވީ ކަންނޭނގެއެވެ. ދެލޯ ހަނިކޮށްލައިން ހުރެ ހަލުވި ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ އަހަރެން އިޝާލްއާ ހަތަރުކަޅި ހަމަކޮށްގެން އިންދައެވެ. ވަގުތުން އަހަރެން އިސްދަށަށް ޖަހާލީމެވެ.

 

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ގަނޑުވަރުގެ ސިއްރު 3

Next

ދޮންތަބޭގެ ސަމާސާ

Next
July 22, 2023

ދޮންތަބޭގެ ސަމާސާ

Previews
July 20, 2023

ގަނޑުވަރުގެ ސިއްރު 3

6 Comments!

  1. love imko 💝 says:
    July 21, 2023 at 7:51 am

    I love this story
    So when is next part of this story

    1. Shaleen says:
      July 21, 2023 at 11:38 am

      V v v bodah Thanks imko
      Next part anekkaaves Friday GA in sha Allah..
      Komme Friday aku vhk kiyaalan libeyne

  2. love imko 💝 says:
    July 21, 2023 at 12:18 pm

    I break up 💔 my boyfriend
    Because my mom said she is now death. Yesterday
    I am so sad 😭
    What am I do
    I was come to mal’e my grandmother was said my mom is death so I was crying.
    I am so sad 😭.
    Thanks shaleen I will waiting for next Friday your story will upload in Friday
    I will waiting 😌😌

    1. Shaleen says:
      July 21, 2023 at 7:21 pm

      (😔😔😔😔😔) so sad
      Btw thanks for waiting

  3. Aluu says:
    July 21, 2023 at 8:32 pm

    Literally the story is beautiful!!
    Could you write miah vure thankolheh dhigu koh?
    week aku part kiyaalan libey iru ig it’s too short

    1. Shaleen says:
      July 22, 2023 at 1:45 am

      Thanks Aluu😘
      Yes v balaanan ingey dhigukoh dhen liyeveytho… Ekam one week fahun in sha Allah. Liye nimifa in vhk eh noon veema thankolhei undhagoo…
      Ekam ves time vaa varakun v balaanan Aluu thi buni gothah parts dhigukureveytho
      In sha Allah….
      Hope for the best ingey.
      Again thanks for the comment dear

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 17←


All Right Reserved!