ދިރުމެއްނެތް ދިރިއުޅުން 9
“ދެން ތިބުނީ.. އެކަނިހޭ މާލެދާނީ؟ މީއަހަރެން ބައްޕަގެ ދޯނި. ބައްޕަވެސް އެބަހުރި މީގަމިރޭ. ޒީން! ތެދުވެބަލަ. ހިނގާބަލަ ދާން އަހަރެން ބައްޕައާ ވާހަކަދައްކާލަން.” ޒީންގެ އަތުގަހިފާ ނަގަން މަސައްކަތްކުރަމުން އިޝާލް މަޖާގޮތަކަށް ބުނެލިއެވެ.
“އުނހު… ދެން ސާބަސް.. އެއްކަލަ އިޝާލް. އަހަންނަކަށް ނުކެރޭނެ.” އިޝާލް އަތްތިލައިގެ ތެރެއިން އަހަރެންގެ އަތްތިލަ ދަމައިގަންނަމުން ބުނެލީމެވެ.
“ހޫމް… ހޫމް… ދެން ތިކަން ހުއްޓާލަބަލަ. އެހެރަ އަންނަނީ އަހަރެން ބައްޕަ. މި އިޝާލް ލަދެއްވެސް ނުގަނޭ.” ނަތޫ ބުނި ވާހަކައިން އިޝާލްއާއި އަހަންނަށް ހަމަހިމޭންކަން ލިބުނެވެ.
“އަނހަ… އިޝާލްވެސް މިތާދޯ؟ އިޝާލް ބައްޕަ އެބައުޅޭ ނިދަން ނުގޮސްގެން. މިހާރު ދެން ދޯނިވެސް މިއޮށްފުރީ.. ކޮބާ ދަރިފުޅާ ނަތޫ! ޒީންއާ ދެކުދިން އެކޮޅަށްގޮސް އޮށޯއްވެލާ އިނގޭ. މާދަމާގެ ވަގުތަކަށް އަދި މާލެ ދެވޭނީ. އިތުރު ކަމެއް ބޭނުންވަންޏާ ބުނެލާތި އިނގޭ.” ޖައުފަރު އެހެން ބުނެލުމަށްފަހު އިޝާލްއާއެކު ހިނގައިގަތެވެ.
ހިމަހިމަ އެސްފިޔަތަކުގެ ތެރެއިން އިރުގެ އަލިކަން އަހަރެންގެ ލޯތެރެއަށް އުނދަގޫ ކުރަންފެށުމާއެކު އަހަރެން ދެލޯ ހުޅުވާލީމެވެ. ފަޖުރުގެ އަލިކަން ފާޅުވިވަގުތު މާސިންގާ ކަނޑެއްގައި ދުއްވަމުން ދިޔަ ދޯނި އެހަމަހިމޭން މޫދުގައި ކުރަހަމުން ދިޔައީ މާލެއަށް ދަތުރުކުރަމުންދާ މަގެވެ. މަޑުމައިތިރި ކަނޑުގައި ދުއްވުމުންދާ ކަނޑު އުޅަނދުފަހަރުތައް ގުނާލެވޭހާ މަދެވެ. މަޑުމަޑުން މައްޗަށް ދައުރުކުރަމުންދާ އަލިގަދައިރު އަހަންނަށް މަރްހަބާ ކިޔާހެން އަހަންނަށް ހީވިއެވެ. އެ ހިތްގައިމު މަންޒަރުތައް ބަލަން އަހަރެން އިނީ އަހަރެންގެ ތުނިތުނި ތުންފަތަށް މަޑުމަޑު ހިނިތުންވުމެއް ވެރިކުރުވައިންނެވެ.
“ޝްޝްޝް….. ޒީން!” އަހަރެންގެ ފަހަތުން ކަނާއަތު ކަންފަތާދިމާލުން ކުއްލިޔަކަށް އިވުނު އަޑަށް ސިއްސައިންގޮސް ނަތޫގެ އަތުގައި ބާރަކަށް ހިފާލެވުނެވެ. އޭރު ނިދާފައިއޮތް ނަތޫ ސިއްސައިންގޮސް ދެލޯ ބޮޑުކޮށްލިއެވެ.
“ޒީން!! ސާބަހޭ..” އިޝާލް ބުނެލިއެވެ.
“އިޝާލް! ސާބަހޭ..” ހަމަ އެއްވަގުތެއްގައި އަހަންނަށްވެސް ބުނެލެވުނެވެ.
“ނަތޫ! އަޅާނުލާ.. ވަރަށް ސޮރީ… މަ އަސްލު ފޯއްކޮޅެއް ނޫނީ ސުޕާރިއެއް އޮތްތޯ ބަލަން މިއައީ.. އެކަމު މިތާ އެކަކު ނިދީގަ ހުވަފެން ބަލަނީ… އަނެކަކު ހޭލާއިނދެ ހުވަފެން ބަލަނީ.. އެކަމު ކޮންމެހެން ތިދެމީހުންގެ ހުވަފެންތަކުން ހޭލައްވާލާކަށްނޫން މަދެން މިއައީ.” އިޝާލްގެ ވާހަކަދެއްކުމުގެ ކުޅަދާނަކަމެވެ. އަޑުއަހާ މީހަކަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގޭވަރު ކުރެއެވެ.
“ދެންތިވީނު.. ދުފާކަށްނޫން ތިއާއީ.. ސިއްރުން މާފޮޅުވަން އައިސްއުޅެނިކޮށް ނުފޮޅިހުރިމާތައް މިލާމޯޅިވީ…” ނަތޫ ރީތިގޮތަކަށް ދިމާކޮށްލިއެވެ.
“ނޭނގެ.. އިޝާލް ތިހާއަވަހަށް ހޭލައިން އަންނާނެކަމެއް އިނގޭތަ.؟” އަހަރެން ފާޑަކަށް އަހާލީމެވެ.
“ބައްޕަ ދަބަހުގަ އޮންނާނެ ފޯއްކޮތަޅެއް. ސުޕާރީތީ އަހަރުމެން ކާއެއްޗެއް ނޫން.” ނަތޫ އެހެން ބުނަމުން ހިނގައިގަތީ ޖައުފަރު ބަހައްޓާފައިހުރި ދަބަހާ ދިމާލަށެވެ.
ނަތޫ ފަހަތުން އަހަންނާ އިޝާލްވެސް ދިޔައީމެވެ. އަދިި ނަތޫއެކޭ އެއްގޮތަށް އަހަރެންވެސް އެދަބުގެ އެކިދިމަދިމާ ހޯދަންފެށީމެވެ. މަގްސަދެއްގައެވެ. އިޝާލްއަށް ދުފަންދޭން ބޭނުންވަނީ އަހަރެންގެ އަތުންނެވެ. ކުއްލިޔަކަށް ވަރަށް ހާސްވެފައި ހުރެ ނަތޫ އަހަރެންނާ ދިމާލަށް ވަރަށް އަޑުގަދަކޮށްލިއެވެ. އެހާ ބާރުބާރަށް އަހަރެންނާ ވާހަކަދެއްކުން އެއީ މީގެ ކުރިން ނަތޫ ކުރިކަމެއް ނޫނެވެ.
“ޒީން! އޭތް ޒީން! ދުރައްދެބަލަ… ތިބައިގަ ހުންނާނެ ބައްޕަގެ ފައިސާތަކެއް ބަހައްޓާފަ. މަށަށް އެނގޭ މަޑިސީލަވީތަން. ޕްލީސް ދުރައްދެބަލަ.” ނަތޫގެ ގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އެހަރުކަށިކަމަށް އިޝާލް ސިއްސައިންދިޔައެވެ. އެހެނަސް ނަތޫގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ވަގުތުން އިޝާލްގެ ހިތުގައި ފޮރުވާލީ ސުވާލެއް އުފައްދަމުންނެވެ.
އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒީން ހާވަމުންދިޔައީ ހުރިހާ ލިޔެކިޔުންތައް ބައްޕަ ފޮރުވާފައިހުރި ވަތްގަނޑެވެ. އޭގައިވާ އެންމެ އަގުބޮޑު އެއްޗަކީ ޒީންގެ އައިޑީ ކާޑާއި އުފަންދުވަހުގެ ސެޓްފިކެޓެވެ. އެތަކެތި ޒީންއަށް ފެނުމަކީ ނަތޫ ބޭނުންވާގޮތެއް ނޫނެވެ. ދަތުރަށް ތައްޔާރުވިރޭ، ޖައުފަރަށް ލޯޝަން ފުޅިއެއް ހިފައިން ވައިން ވަގުތު އެތަކެތި ފޮރުވަނިކޮށް ނަތޫއަށްވަނީ ފެނިފައެވެ.
“އަން… މިއޮތީ އިޝާލް.” ފޯއްކޮތަޅު އިޝާލްއަށް ދިއްކޮލަމުންލަމުން ނަތޫ ބުނެލިއެވެ.
“ދެންވެސް ބައްޕަގެ ދަބަސް ހާވަން ނޫޅެއްޗެ. އޭގަހުރީ ކިހާ މުހިންމު ލިޔުންތަކެއް ކަންވެސް ޒީންއަކަށް ނޭނގޭނެ.” ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ނަތޫ ބުނެލިއެވެ. އަހަންނަށް ހަގީގަތުގައި ނަތޫއެބުނި އެއްޗެއްގެ މާނައެއް ނުވިސްނުނެވެ. އަހަންނަށް ބޮޑަށް ހީވީ އެއީ ނަތޫ ބައްޕަގެ އަމިއްލަ ލިޔެކިޔުންތައް ހުރެގެން ނަތޫ ބުނެލި ވާހަކައެއް ކަމެވެ. އެހެންވެ ނަތޫ ކިތަންމެ ރުޅިއަޔަސް އެކަމާ އަހަރެން އަޅައެއްނުލަމެވެ.
އަހަރެމެން މާލެ ދިޔަފަހުން ހަތަރުދުވަސްވީއެވެ. މިއަދަކީ އަހަރެންގެ މަންމައާއި ބައްޕަ އަހަންނަށް ގުޅަންބުނި ދުވަހެވެ. އެހެނަސް ކަންތައް ދިމާވީ ގޮތުން މަންމައަށް ނާދެވުނެވެ. މަންމަގެ ބޮލުގައި ރިއްސާތީ މިއަދު އަހަންނާ ވާހަކަ ދައްކަން ބޫތު ކައިރިއަށް އައީ ބައްޕައެކަންޏެވެ.
އާނއެކެވެ. މިފަހުން ޒީންމެން މާލެދިޔުމާއިއެކު ޒީނިޔާގެ ވިސްނުންތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒީންގެ ހާލަތު ހިތަށް އަރާފައެވެ. މާލޭގައި ހުއްޓާ ޒީންއަށް އެއްވެސް އެއްޗެއް އެނގިއްޖެނަމަ ކަންތައް ވާނެގޮތް ނޭނގޭތީއެވެ. ޖައުފަރަށް އިތުބާރުކޮށް ލިޔުންތައް ފޮނުވިޔަސް، ޒީނިޔާގެ އަމިއްލަ ހިތަށް ޒީނިޔާ އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ. ޒީނިޔާގެ ބޮލުތެރޭގައިވާ ސިކުނޑި އެތައް ގޮތަކަށް ޒީނިޔާގެ ހިތަށް ވިސްނައިދެމުން ދަނީއެވެ. އެފިކުރުތަކުގައި ހަނާ ވަމުންދާ ޒީނިޔާގެ ހާލު ޒީންއަށް އެނގިއްޖެނަމަ ހާލަކީ ކޮބައިހެއްޔެވެ؟
ފަރީދު ބޫތުކައިރިޔަށް އައިއިރުވެސް ފޯނު ރިންފުވަމުން ދިޔައެވެ. ފަރީދު ބޫތުކައިރިޔަށް އައީ ޖައުފަރު ބުނެފައިވާ ގަޑިއަށެވެ. ވީވެސް ހަމަ އެހެންނެވެ. އެއީ ޖައުފަރުގެ ފޯނެކެވެ. ޖައުފަރަށް ފާރިދުކަން ޔަގީންވުމާއިއެކު ޒީންއަކަށް ފޯނުދީފައި ސިޓިންރޫމަށް ހިނގައްޖެއެވެ.
ޒީންގެ އެންމެ ގާތުގައި ވާހަކަތަށް ކަނުލާ އަޑުއަހަމުން ދިޔައީ ނަތޫއެވެ .
“ބައްޕާ! ކިހިނެއްތަ؟ ބައްޕަމަތިން އަހަރެން ވަރަށް ހަނދާންވޭ. ކޮބާ މަންމަ؟” އަހަރެން ބުނެލީ ވަރަށް ލޯބިން ތުއިގޮތަކަށެވެ
“ބައްޕަ ރަނގަޅު. ދަރިފުޅު މާލެ ދިޔައިއްސުރެން މަންމަ ވިސްނަނީ ދަރިފުޅާ ދޭތެރޭގަ. އެހެން އުޅެ ބޮލުގަރިއްސާތީ އެއުޅެނީ. އެހެންވެ ފޯނުކައިރިޔަށްވެސް ނާދެވުނީ އިންގޭ. އެކަމު މަންމަ ވަރަށް ގިނަ ސަލާމްފޮނުވި ދަރިފުޅަށް. ކުރަންދިޔަ ކަންކަން ކުރިޔަށްދޭތަ؟ ” ފަރީދު ބުނެލިއެވެ.
“މަންމަދެން ވިސްނާނެ ކަމެއް ނެތޭ. އަހަރެން ވަރަށް ރަނގަޅަށް މީރުމީރު އެއްޗިސް މިތަނުން ކައިގެން މީހުންނަނީ. ބަސްއަހައިން މިއުޅެނީވެސް. ޖައުފަރުބެ ކައިރިއެހިޔަސް ބުނާނެ، ބަސްއަހައޭ. ދެން
ބައްޕާ.. ނަތޫގެ ކާރޑް ލިބޭނެ މިއަދު. ޖައުފަރުބެ ބައެއް ކަންކަން ނިންމާފަޔޯ ބުނާނީ އަހަރެން ދާންވީމަ. ހީވަނީ މާދަމާހެން އަހަރެން ދާންޖެހޭނީ. ދެން މިދުވަސްކޮޅު ބަންދުވީމަ އެހާ މީހުންވެސް ގިނަ.” އަހަރެން ބައްޕައަށް އޮޅުންފިލުވައިދިނީމެވެ.
“ކޮބާ ނަތޫ؟ އޭނަ އިނީޔާ ދީބަލަ. ވާނެއްނު ނަތޫއާވެސް ވާހަކަ ދައްކާލަން.” އަހަރެން ކުއްލިޔަކަށް ނަތޫއަށް ފޯނު ދިއްކޮލުމުން ނަތޫއަށް ލިބުނީ ސިހުމެކެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






