Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 12

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 23, 2023 3 Mins Read
9 Comments

“ދަރިފުޅާ ވަރަށް ރަނގަޅު.. ތިހާ އެއްކޮށް އުޅެމުންވެސް އެވާހަކަތައް ފޮރުވައިން ހުރީމަ. އެއީ އަހަރުމެން ދައްކަންޖެހޭ ވާހަކައެއް ނޫނެއްނު. ޒީންގެ މަންމަ އެވާހަކަތައް ކިޔައިދޭނެއްނު. ދެން ބައްޕަ ދަނީ.” ޖައުފަރު އުފަލުންހުރެ ދޮރު ހުޅުވާލިއިރު ކުރިމަތީގައިހުރީ ޒީންއެވެ. ޖައުފަރު ދިޔައީ ސިއްސައިންނެވެ. އަނެއްކާ ދެންމެ ދެކެވުނު ވާހަކަތައް ޒީންއަށް އަޑުއިވުނީ ބާއެވެ؟”

“ޖައުފަރުބެ! ހާދަ ހާސްވެފަ. ކިހިނެއްތިވީ؟” އަހަރެން ސުވާލުކޮށްލީމެވެ.

“ކޮ…ކޮޓަރިއަށް ކުރައްޕެއް ވަނީމަ އެމަރާލަން އުޅެފަ މިހާ ހާސްވެފަ މިހުރީ.” ޖައުފަރު ކުއްލި ޖަވާބެއްދިނެވެ.

“ކޮބާ ނަތޫ؟ ޖައުފަރުބެ މިރޭ ހާދަ ލަހުން ނިދާރެއެއް.” އަހަރެން އެހެން ބުނެލީ ގަސްތުގައެވެ.

“ނަތޫ އޮށޯއްވެއްޖެ. ޖައުފަރުބެވެސް ދެން މިދަނީ ނިދަން” މިހެން ބުނުމަށްފަހު ފަސްއެނބުރި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޖައުފަރު ހިނގައިގަތީ ކުރިޔަށެވެ. ޖައުފަރުގެ ހާސްކަން ކޮންމެސްވަރަކަށް ކުޑަވީ ޒީން އެކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކީމައެވެ. ޒީން ކޮޓަރި ދޮރު ލައްޕަނިކޮށް އަނެއްކާވެސް ޖައުފަރު ގޮވާލިއެވެ.

“މާދަން ދިހައެއް ޖެހީމަ ފުރަނީ.. ނަތޫކައިރި އަދި ނުބުނަން. އެވާހަކަ އަވަހަށް ބުނެލާތި އިނގޭ.” ޒީންއާ ވާހަކަދެއްކުމަށްފަހު ޖައުފަރު ދިޔައީއެވެ.

ކޮޓަރި ފާހާނާއަށްވަދެ ނިދާއެއްޗެހި ލައިގެން އައުމަށްފަހު އަހަރެން އޮށޯއްވެލީމެވެ. ކައިރީގައި އޮތް ނަތޫއަށް ރަނގަޅަށް ބަލައިލިއިރު ނަތޫގެ އެސްފިޔަތައް ކޮންމެސް ވަރަކަށް ހަރަކާތްކުރެއެވެ. އެހެންވެ ނަތޫ ނުނިދާއޮތްކަން އަހަންނަށް ޔަގީން ވިއެވެ.

“ނުވެސް ނިދާއިނގޭ ތިއޮތީ މަކަރު ހަދައިން. ކުރަތްޕެއް ފެނިގެނޯ ތިހާ ބިރުގަތީ.. ކޮބާ މިތާއުޅުނު ކުރަފި. މަރާލަދީފަތަ އެދިޔައީ؟” އަހަރެން ނަތޫއަށް ގޮވާލުމަށްފަހު އަހާލީމެވެ.

“ކޮން ކުރަތްޕެއްބާ؟ ޔަގީން އެވާނީ ބައްޕަ ހަދާލި ވާހަކައަކަށް. އާނ އެހެންޏާދެން އަމުދުން މިތަނަށް ކުރަތްޕެއް ނުވެސް ވަދޭވިއްޔަ” ނަތޫ ހިތަށްއެރިއެވެ. އެހެނަސް އެކަމަށް ނަތޫ ވަކި ޖަވާބެއް ނުދެއެވެ.

“ޖައުފަރުބެ ބުނި މާދަން ދިހައެއް ޖެހީމަ ފުރަމޯ. ނަތޫގާތު ބުނެދެއްޗޭބުނީ. ކުރަފި މަރަން މިތާއުޅުނީމަ އެހެން ބުނެފަ ނުކުންނަން ހަނދާން ނުވިއްޔޯ.” އަހަރެން އެހެން ބުނުމުން ރަކި ގޮތަކަށް ހިނިތުންވެލުމަށްފަހު ނަތޫ އަނެއްފަރާތަށް އެނބުރި ނިދަން މަސައްކަތްކުރިއެވެ.

“އަހަރެން އަދި ނިންޖެއްނާދެ. ނިދިއައިއްޔާ ފަރީދު ނިދާ.” ޒީނިޔާ އޭނާގެ ކަނާއަތް ނިތްކުރިމަތީ ބާއްވާލަމުން ބުނެލިއެވެ.

“ކީއްވެ މިރޭ ޒީނިޔާ ނިދިނައިސްގެން ތިއުޅެނީ.” ފަރީދު ޒީނިޔާއާ ދިމާލަށް އެނބުރިލަމުން ސުވާލުކޮށްލިއެވެ.

“ފަރީދު ތިހުރީ މިއަދު ނަޖުމާއާ ވާހަކަދެއްކިނީމަ ވަރަށް އުފާވެފަދޯ؟ އެކަން އަހަންނަށް އެނގޭ. އެކަމު ފަރީދު ދެން ޒީންއާ ވަހަކަ ދައްކާލިނަމަ… ނަޖުމާއަށް ލަހެއްވެސް ނުވާނެކަންނޭގެ އަހަރެން ހިތުން… ޒީންއެހި ފަރީދުގެ ވާހަކަ. އަމިއްލަ ދަރިއެއް ނޫނަސް އޭނަކިހާ ލޯބިވޭ ފަރީދުދެކެ. އެކަމު އަހަންނަށް އިނގޭ ފަރީދަށް ހުރެވޭނީ ނަޖުމާ ކޮޅަށްކަން.” ޒީނިޔާގެ ޝަކުވާތައް އެއްފަހަރާ ފަރީދަށް އިއްވާލިއެވެ. ހިތްހަމަ ނުޖެހުމާއި ހިތާމަވެރި ރާގެއްގައެވެ.

“ތީދޯ ތިވީގޮތަކީ؟ އެހެންވެ ނުނިދިފަ ތިއޮތީ؟ ނަޖުމާއާ ވާހަކަދެއްކީމަ ޒީނިޔާއަށް ތިގޮތް ވާނެކަން އަހަންނަށް އެނގޭ. އެކަމަކު ޒީންއާ ވާހަކަ ނުދެއްކީ ހަމަ ހަގީގަތުގަވެސް ނަޖުމާއަށް ލަސްވެދާނެތީ. ޒީނިޔާ…. ބޭކާރު ކަންކަމާ ޝަކުވާނުކޮށް ނިދޭތޯ ބަލަންހިނގާ.” ފަރީދު އެހެން ބުނުމަށްފަހު އަނެއްފަރާތަށް އެނބުރި ބާލީހުގައި ހަމަޖެހިލިއެވެ.

އެއްދުވަސް ފަހެވެ. މެންދުރު ވަގުތެވެ. ޒީންއާ ނަތޫ ރަށުގެ ފަސްގަނޑުގައި ފައި ޖައްސާލީ މާލޭގެ ހަލަބޮލި މާހައުލު ދޫކޮށް އައުމަށްފަހުއެވެ. އަހަރެން މަންމައާ ބައްޕައާއެކު ގެއަށްދިއުމަށްޓަކައި ހިނގައިގައިންއިރު ނަތޫވެސް އޭނާގެ މަންމައާއެކު ގެއަށްދިއުމަށް މިސްރާބު ޖެހިއެވެ. އަހަރެން ގެއަށް އައިސް ކައިން ކޮޓަރިއަށްވަދެ އެނދުގައި އޮށޯއްވެލީމެވެ. ދަތުރުގު ދިގުކަމުން ބޮލުގައިވަނީ ދެމިގެންދާ ރިހުމެއް އުފެދިފައެވެ.

“ދަރިފުޅާ! ޗުއްޓީވެސް ނިމުނިމީ.. މާދަމާ އަނެއްކާ ކިޔެވުން ފެށޭނެ.” ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންނަމުން ޒީނިޔާ ބުނެލިއެވެ.

“އާނ!.. މިއޮތީ ބޮލުގަ ރިއްސާފަ.” ފަރުވާ ކުޑަގޮތަކަށް އަހަރެން އާނއެކޭ ބުނީ ބޮލުގެ ރިހުން ގަދަވާކަން އިހްސާސް ވުމުންނެވެ.

އާދުވަހަކަށް އިރުއެރީއެވެ. ކިޔެވުން ފެށިގެން ކުރިޔަށް ދާންފެށިތާ ދެހަފްތާއެއްވަރު ވެއްޖެއެވެ. ޒީންގެ ކެތްތެރިކަން ކޮޅުންލާހިސާބަށް ދާވާރު ވެއްޖެއެވެ. އަހަރެން މިހާރު ބޭނުންވަނީ އިޝާލްއާ ބެހޭގޮތުން މަންމަގާތު ވާހަކަދައްކާ ރުހުން ހޯދުމަށެވެ. އެހެނަސް އެކަން ހިތަށްއަރާ ކޮންމެފަހަރަކު ޖެހިލުންވަނީއެވެ.

އެއްރެއެއްގެ އެކްސްޓްރާ ކްލާސް ނިމުނު ވަގުތެވެ. އަހަރެން ކްލާހުން ނުކުންނަންދެން އިޝާލް ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. އަހަރެން ނުކުތުމާއެކު އިޝާލް ކުއްލިޔަކަށް އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި އަހަރެންގޮވައިން ކުރިޔަށް ހިނގައިގަތެވެ.

އަހަރެމެން ދެމީހުންވެސް ގޮސް އިށީނީ އަބަދުވެސް އަހަރެމެން ބައްދަލުކުރާ ހޮޅުއަށީގައެވެ. އިޝާލް އަހަރެންގެ ދަތްދޮޅީގައި ހިފާލުމަށްފަހު އަހަރެންގެ މޫނު އިޝާލްއާދިމާލަށް އަނބުރާލިއެވެ. އެވަގުތު އަހަރެން ރަކިވެފައި އިނދެ އިސްދަށަށް ޖަހާލީ ހިނިތުންވަމުންނެވެ.

“އޭތް! ދެން ހާދަލަދެކޭ އަދިވެސް… ކޮންމެގޮތެއްވިޔަސް އަހަންނަށް ވަރަށް ކަމުދޭ ޒީންގެ ތިލަދުރަކި ސިފަ… ދެން އެކަމު ތިހާލަދުން އުޅެންޏާ އަހަރެންވެސް ޒީން ފެންނައިރަށް ރަކިވެފަ ތުއިވާނީ…” ޒީން ހެއްވާލުމުގެ ނިޔަތުގައި އިޝާލް ބުނެލިއެވެ.

“ހެހެ… ދެން އިޝާލް.. އަހަންނަށް މަލާމާތް ކުރާނކަމެއްނެތް.. އިޝާލް! އަހަރެންގެ ހިސާބު ފޮތް ގެއްލިއްޖެ. އިޖޫއަތަށް އެންމެފަހުން ދިނީ. އިޖޫކައިރި އެހީމަ ބުނީ އެފޮތް ކޮންމެސް ކުއްޖެއް އަތަށް ދެވިއްޖެޔޯ.. ކޮން ކުއްޖެއްކަމެއް ނުބުނެ. ކްލާހުގަ ތިބި ކުދިން ކައިރި އަހާފަ އަހަރެން މިއައީވެސް. މާދަމާއަށް ނިންމަންޖެހޭ ފިލާވަޅެއްވެސް އެބައޮތް. އެކަމު އަހަންނަކަށް ކްލާސް ހޯދާހޯދާވެސް އެފޮތެއް ނުފެނުނު. އިޝާލްއާ ނަތޫވެސް އަހަންނަށް އެހޯދައިދޭން މަޑުނުކޮށް ތިއައީވިއްޔަ.” އަހަރެން އިޝާލްއަށް ޝަކުވާކޮށްލީމެވެ. އަހަންނަށް އެކަމުގައި އެހީތެރިވެދޭން މަޑުނުކުރީތީއެވެ.

“އަހަރެން ޒީންގެ ލޯމަތީ އަތްތިލަ ބޭއްވީމަ ލޯމަރާ.. މިރޭ ވާނެ ޖާދޫއެއް ހަދަން.” އިޝާލް ވަރަށް މޮޅުގޮތް ދައްކާލަމުން އަހަރެންގެ ލޯމަތީ އަތްއެޅިމަށްފަހު އަހަރެންގެ އަތުތެރެއަށް އެއްޗެއް ލައިދީފިއެވެ.

ލޯ ހުޅުވާ ބަލައިލިއިރު އެއީ އަހަރެންގެ ހިސާބު ފޮތެވެ. އުފަލުން އިނދެ އަހަރެން އެފޮތުގެ ގަނޑުތައް ބޭއިޚްތިޔާރުގައި ހުޅުވާލީމެވެ. އެވަގުތު ފޮތްތެރެއިން އަހަންނަށް ފެނުނީ ހުދު ސާފު ގަނޑުކޮޅެކެވެ.

“އިޝާލް! މީ… މީކޮން ފޮޓޯއެއް. އަހަރެންމީ ފޮތްތެރޭ ފޮޓޯ ގެންގުޅޭމީހެއްނޫން. މިދެން.. މިއަނެއްކާ އިޖޫ..” އަހަރެން ހާސްވެފައި އިނދެ އިޝާލްއާ ދިމާލަށް ބަލާލަމުން ބުނެލީމެވެ.

“އަޅެ ބަލާބަލަ. ތީހަމަ ޔަގީނުންވެސް ފޮޓޯއެއް. އެކަމު އިޖޫ ކީއްކުރަން ތިޔަށް ފޮޓޯއެއް ލާންވީ. ގައިމުވެސް ތިފޮތް އަހަރެން އަތަށް ގެނެސްދިނީ އިޖޫ.” އަހަރެންގެ އުފާވެރިކަން ގެއްލި ހާސްވެފައިވާ މޫނަށް ބަލައިލަމުން އިޝާލް އަހަންނާ ސުވާލުކޮށްލިއެވެ.

އިޝާލްގެ ކުރިމަތީގައި އަހަރެން އެފޮޓޯ އަނެއްފުށަށް ޖަހަން ޖެހިލުންވިއެވެ. އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލާލަން އިނުމަށްފަހު އަނެއްކާވެސް އަހަރެން އަޝާލްއަށް ބަލައިލީ ހާސްވެފައި އިނދެއެވެ.

“ޒީން……. ކިހިނެއްވެފަ ތިއިނީ.. އަހަރެން ހުއްޓަ ބަލާބަލަ.” އިޝާލް އަނެއްކާވެސް ބުނެލިއެވެ.

އިޝާލް އެހެން ބުނުމާއެކު އިޝާލްގެ ކުރިމަތީގައި އަހަރެން ޖެހިލުންވެފައި އިނދެ އެފޮޓޯ އަނެއް ފުށަށް ޖަހާލީމެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ރާނީ 2

Next

އެ ހަނދާންތައް

Next
June 24, 2023

އެ ހަނދާންތައް

Previews
June 22, 2023

ރާނީ 2

9 Comments!

  1. Anonymous says:
    June 23, 2023 at 2:01 pm

    Mi vahthary kury zamaanuge thaakun thaakun nujehey loabiige vaahka akaa vrh foohi mi dhen baeh faharu vaa eh nuvaa eh neynge

    1. Shaleen says:
      June 23, 2023 at 4:57 pm

      Thanks for the comment.
      Aslu Alah adhi mi libunee negative comment eh.
      Ekamves hama ufalaa eki balaigannan mi comment.
      Yes aslu mi vhk Hama innaanee kuree zamaanuge vaahakaeh gothah genesdheefa.
      And mi vaahakaiga vaanuvaa Hama adhi nengunee. Cox mi vaahaka tricky kuranveenu ehen liyefa in vaahaka eh mee.
      Also thanks …
      Bt ummeedhu kuran mi vaahaka nimendhen kiyaalaane kamah. Eyrun vhk GA aslu mi vaagoy ingeyneeves.
      Once again thank you very much.

    2. Shaleen says:
      June 23, 2023 at 5:18 pm

      Thanks for the comment.
      Adhi alah mi libunee negative comment eh.
      Ufalaaeku balaigannan.
      Aslu thibuni gothah miee Hama kuree zamaanuge base kohfa liyefa in vaahaka eh . Ehnveema varah foohi vaagoy vunves ekasheegenvey. Ekan alhugandu gaboolu kuran. Ehen namaves ufalaaeku bunelan beynunvey..
      “Vaanuvaaeh nengey” bunelaafa ineema,
      Aslu mi vaahakaiga vaanuvaa ingeynee varah kehtheri kamaaeku mi vaahaka nimendhen kiyaalan madukolleema.
      Vaahaka liyefa innaanee adhi vaanuvaa nengey gothah… Komme parteiggaves tricky kankan himanaigen.
      Ummeedhakee adhives mi vaahaka kehtherikamaa eki kiyaalun.
      Once again thank ❤️❤️❤️

  2. Anonymous says:
    June 23, 2023 at 9:38 pm

    Lahba alhugandu kiyaalaanan ekam ehaa kamaku nudhey kury zamaan v ma aneh hen ibaaraih kurumaa sifa kurun thah vrh reethi masha allah

    1. Shaleen says:
      June 23, 2023 at 10:37 pm

      Thanks ingey
      Kurin bunihen inthizaaru kollaa ingey
      Mi zamaanuge gothah kankan change vegen vaahaka nimeynee…
      Ehenve shaleen beynunvanee hurihaa kiyuntherinves Hama adhi foohi viyas kehtherikamaa eku vaahaka kiyaalan madukollan.
      Also mi vhk akee shaleen liyunu furathama dhigu vaahaka. Mi vhk liyefa inthaa 16 years varu vejje. Ekam Hama kommes varakah changes gennamun Hama mi liyaneeves.
      Adhives shaleen beynunvey v bodah shukuru adhaakuran .
      👍👍👍

  3. Aakko Aakko says:
    June 24, 2023 at 12:26 pm

    Maashaa Allah

    1. Shaleen says:
      June 24, 2023 at 8:55 pm

      Alhamdhu lillah 🙂🙂🙂

  4. PINKYY🌺🌺 says:
    June 24, 2023 at 6:09 pm

    When next part is
    Mi part ves varah reethi

    1. Shaleen says:
      June 24, 2023 at 8:58 pm

      Hi thanks for the comment
      Next part innaanee Friday GA .
      Komme part ehves publish kuraanee fridayga
      Next part ah inthizaaru kuraane kamah umeeedh kuran

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 13←


All Right Reserved!